ސީޑީ ޑްރައިވް ހުޅުވާލުމާއިއެކު ޔުއާންއަށް ގަބޫލު ނުކުރެވިފައި ބަލަން އިނދެވުނީ އޭނާ މިއަދު ހޯދި ސީޑީ އޭގައި އޮތްތަން ފެނުމުންނެވެ.އެ ފެނުމާއިއެކު ޔުއާންއަށް ވާނުވާވެސް ރޭކާލައިފިއެވެ. އޭނާ އިއްޔެ ގެންދިޔަ ލެޕްޓޮޕް ބައިންދާފައި ގޭގައި އިން ލެޕްޓޮޕް މިއަދު ގެންދިޔައީ އޭގައި މީޓިންއަށް ބޭނުންވާނެ ބައެއް އެއްޗެހި ހުރީމައެވެ.އިއްޔެ ގެންގުޅުނު ލެޕްޓޮޕަށް އެ ޗެކްކުރަން ލެއްވިގޮތަށް އޭނާއަށް އެ އޮތީ ސީޑީ ހަދާންނެތިގެން ނުނެގިފައެވެ.އެކަމަކު އޭނާއަށް އެކަން މިގަޑީ ނުވިސްނި ކުރިން ވިސްނުނު ނަމަ ކޮންފަދަ ހެއްޔެވެ؟އޭނާ […]
އަވަސްވަމުން ދިޔަ ހިތް ހަމަޔަކަށް އަޅުވާލަމުން އަމާން އަފްރީންއާއި ދުރަށް ޖެހިލިއެވެ. އަފްރީންްވެސް ހަމަބިމަށް އާދެވުމުން މޫނަށް ވައްތަރެއް ޖައްސާލީ އޭނާ އެއްކޮށް ތެމިފައި ހުރުމުންނެވެ. އޭރު ދެންތިބި މީހުން ތިބީ އަފްރީން މޫނަށް ޖައްސައިގެން ހުރި ވައްތަރުން މަޖާވެފައެވެ. “އަދި ވެސް އުޅޭތި ފެން ޖަހަން” އަފްހަމް އަފްރީންގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. “މޮޅުވިކަމަށް ހީނުކުރާތި އަފޫ ތެންމަން ހަދައިގެން ތިއެންމެން ތި ތިބީ ތެމިފަ” އަފްހަމްއާއި ދިމާލަށް ދޫނެރެލާފައި އަފްރީން ގޮސް ކޮޓަރިއަށް ވަނެވެ. […]
ބަރަކާ ދިޔުމުން ޔަމީނާ ފުންނޭވާއެއް ދޫކޮށްލީ އެ ޝަކުވާތައް މީހަކަށް ކިޔާދެވުމުން ސިކުނޑިއަށް ލިބުނު ލުޔަކުންނެވެ. އެއަށްފަހު ކޮޓަރިއަށް ވަނީ މަޣްރިބް ވަގުތުޖެހޭތީ ނަމާދަށް އަރަން ތައްޔާރުވެލާށެވެ. ނަމަވެސް އަދި ފަނަރަ ވަރަކަށް މިނެޓް އޮތުމުން އަންވާރު ސައިޓަށްވަދެ އޭނާ ކުރިން ލިޔެލާފައިއިން ލިޔުމަކުން ސައިޓް އަޕްޑޭޓް ކޮށްލިއެވެ. ފެޝަން އިންޑަސްޓްރީ ފެޝަނަކީ ކޮބާތޯއެވެ؟ ފެޝަނަކީ އެންމެ ފަހުގެ ސްޓައިލްތަކާއި އުޅުންތަކެވެ. މިޒަމާނުގައި އިންސާނުން ގެންގުޅޭ ހުރިހާ އެއްޗަކާއި، ކުރާ ހުރިހާކަމެއްގައިވެސް ފެޝަންވަނީ ހިމެނިފައެވެ. ފެޝަނާނުލާ ދިރިއުޅުމެއްނުވެއޭ […]
ދިމްރާ ހިތުގެ އަޑިން ނުފެނުމަށް ދުއާ ކޮށްލަ ކޮށްލަ އިނީ ބިރުން ހަލާކުވާވަރުވެފައި އިނދެއެވެ.ކުޑަކޮށް ލޯ ހަނި ކޮށްލައި ބަލައިލިއިރުވެސް ޔުއާން ކައިރިއަށް އަންނަތަން ފެނުމުން އޭނާ ހައްތަހާ ބިރުގަތެވެ. ކަންދިމާކުރިގޮތުން ޔުއާން އައިސް ހުއްޓުނީ ހަމަ އޭނާ އިން ކަބަޑާ ކައިރިއަށެވެ.އެހެނަސް ފެނުނީ ކަމަށް ނިންމައިގެން އިންދާ ނަސީބަކުން ޔުއާން އައިސް ހުޅުވާލީ ކަބަޑުގައި އޭނާ އިން ފަރާތް ނޫން އަނެއްފަރާތުގެ ދޮރުފަތެވެ.ދިމްރާއަށް ޔުއާން އައިސް ކައިރިއަށް ހުއްޓުނީއްސުރެ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނީ ޔުއާން […]
އިސާހިތަކު އެދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެދިގު އެސްފިޔަތައް ތެމިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިދުކޮޅެއް ތެރޭގައެވެ. އެހެން އެތައް އިރަކު އިނުމަށްފަހު އަމާން ތެދުވީ ގެޔަށް ދިއުމަށެވެ. އޭރުގަޑިން މެންދުރު ދޭއްޖަހައިފިއެވެ. ކޮޓަރިތެރޭގައި ކޮޅުކޮޅަށް ހިނގާލަ ހިނގާލަ ހުރި ހަޔާގެ މޫނުމަތީން ކަންބޮޑުވުން ފާޅުވާން ހުރިއިރު އިރުއިރުކޮޅާ ފޯނުން ލަޔާންއަށް ގުޅަމުން ދިޔައެވެ. މިހާރު އޭނާއަށް ލަޔާންގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. ފޯނުވެސް ނުނެގިއެވެ. ހާސްވެފައި ހުރިވަރުން ކުރަންވީ ކަމެއްވެސް ހަޔާގެ ސިނކުޑިއަށް ނައެވެ. […]
ޔުއާން ވެއްޓިފައި އޮތް މަންޒަރު ފެނުމުން ދިމްރާއަށް ވީގޮތްވެސް ނޭނގުނެވެ.އޭނާގެ ދެލޯ ބޮޑުވެގެން ދިޔައިރު ދޮރު ހުޅުވޭ އެންމެ ބޮޑަކަށް ހުޅުވާފައި އޭނާ އެތެރެއަށް ދެމިގަތެވެ.އަދި އަވަސް ހަރަކާތަކާއިއެކު ޔުއާންގެ ކައިރީ އިށީންދެ ޔުއާންގެ ބޯ ގެނެސް އޭނާގެ އުނގަށް ލިއެވެ. “ޔުއާން..ޔުއާން..ލޯ ހުޅުވަބަލަ..އަޅެ ޕްލީޒް ލޯ ހުޅުވަބަލަ” އެ އަޑުގައި އެވަގުތުވީ އިންތިހާއަށް ހާސްކަމެވެ. ޔުއާންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައިރު ހެއަށް ގޮތްވެފައި އޮތީ ހުން އިންތިހާއަށް ގަދަވެފައި ހުރުމުގެ ސަބަބުންނެވެ.ދިމްރާ އެންމެ ބިރުގަތީވެސް […]
ކުރިމަތީ ހުރި ޒުވާނާ ކުއްލިއަކަށް ސިހިފައި ހަޔާ އާއި ދިމާލަށް ބަލާލީ އުންމީދުވެސް ނުކޮށްހުއްޓާ ހަޔާ އޭނާގެ ކަންކަށިމަތީގައި ޖެހުމުންނެވެ. “ޑިޑް ޔޫ ޖަސްޓް ސުލެޕް މީ؟؟” އެޒުވާނާ ހަޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެކަން ޤަބޫލުނުކުރެވިފައި ހުރިކަން އެމޫނިމަތިން އަރާ ފައިބަމުން ދިޔަ ކުލަތަކުން ސާފުވާންހުއްޓެވެ. “ހަޔާ” ދެމީހުންގެ ނަޒަރު ހުއްޓުނީ ފެހިކުލައިގެ އަތްދިގު ޓީޝާޓަކާ ކަޅުކުލައިގެ ސޯޓެއް ލާފައި ހުރި ޒުވާނާއަށެވެ. އަންހެންކުދިންގެ ހިތްތައްކަތިލާފަދަ ހިގުމެއްގައި ހަޔާމެންނާ ދިމާލަށް އައިއިރު ޓީޝާޓު ގަޔަށް […]
“އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438” ސްޕްންސަރ ކުރުމުގެ ފުރުސަތު ވަނީ އާންމު ކޮށް ހުޅުވާލެވެިފައެވެ.
މެއިލް ކިޔާ ނިމުމާއެކު ތިން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ފުން ނޭވާ އެއް ދޫކޮއްލިއެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިހިނެއްހޭ ސުވާލު ކުރާ ފަދައިންނެވެ. އެ ހިނދު އެންމެންވެސް ހިނިތުންވެލާ ބޯ ޖަހާލީ ރަނގަޅޭ ބުނާ ގޮތަށެވެ. އެއަށްފަހު އެތަނުން އެކަކުގެ ފޯނު ހުޅުވާލައި އޮންލައިން ވެލިއެވެ. އެއާއެކު ދެންތިބި ދެކުދިންވެސް އޭނާ ކައިރިއަށް ގާތްވެލައި އެ ފޯނައް ބަލަންތިބީ މީހަކާ ވީޑިއޯ ކޯލް އެއް ހަދަން އުޅޭތީއެވެ. ވައިބަރ ހުޅުވާލައި ނަމްބަރެއް […]