ލޯބި އަހަރެން ވާނަމޭ (5)
ކުރިމަތީ ހުރި ޒުވާނާ ކުއްލިއަކަށް ސިހިފައި ހަޔާ އާއި ދިމާލަށް ބަލާލީ އުންމީދުވެސް ނުކޮށްހުއްޓާ ހަޔާ އޭނާގެ ކަންކަށިމަތީގައި ޖެހުމުންނެވެ. “ޑިޑް ޔޫ ޖަސްޓް ސުލެޕް މީ؟؟” އެޒުވާނާ ހަޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެކަން ޤަބޫލުނުކުރެވިފައި ހުރިކަން އެމޫނިމަތިން އަރާ ފައިބަމުން ދިޔަ ކުލަތަކުން ސާފުވާންހުއްޓެވެ. “ހަޔާ” ދެމީހުންގެ ނަޒަރު ހުއްޓުނީ ފެހިކުލައިގެ އަތްދިގު ޓީޝާޓަކާ ކަޅުކުލައިގެ ސޯޓެއް ލާފައި ހުރި ޒުވާނާއަށެވެ. އަންހެންކުދިންގެ ހިތްތައްކަތިލާފަދަ ހިގުމެއްގައި ހަޔާމެންނާ ދިމާލަށް އައިއިރު ޓީޝާޓު ގަޔަށް ހިފިފައި ހުރިގޮތުން ބަރާބަރަށް ކަސްރަތު ކުރާ ޒުވާނެއްކަން އިނގެއެވެ. “ލަޔާން” ހަޔާގެ ދެތުންފަތް ދޭތެރެއިން ނިކުތް ލަފްޒް އޭނާގެ ކުރިމަތީ ހުރި ޒުވާނާއަށް ވަރަށް ސާފުކޮށް އަޑުއިވުނެވެ. ހަޔާގެ ކުރިމަތީ ހުރި ޒުވާނާ ހައިރާންވެފައި ހަޔާގެ މޫނަށް ބަލަހައްޓައިގެން ހުރީ އެއީ ކާކުހޭ އަހާލާފަދަގޮތަކަށެވެ. “މިއީ ކާކު؟؟” ލަޔާން ހަޔާގެ ލޮލަށް ބަލަހައްޓައިގެންހުރި ގޮތުން ހަޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަދި އޭނާ ދެފެރާތަށް ބޯހަލުވާލީ ނޭނގެއޭ ބުނާ އުސޫލުންނެވެ. ވަގުތުން ލަޔާން ހަޔާގެ އަތުގައި ހިފާ އޭނާގެ ގާތަށް ދަމާލުމުން ހަޔާގޮސް ތަތްވީ ލަޔާންގެ ތަނަވަސް މޭމަތީގައެވެ. “މީގެ ފަހުން ހަޔާގެ ގައިގައި އަތްލަން ހިތައްވެސް ނާރުވާތި” ދަތްކުޑިވިކާލަމުން އަކުރުތަކަށް ބާރުލައިފައި ލަޔާން އެނުދަންނަ ޒުވާނާއަށް އިންޒާރެއް ދީފައި ހަޔާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ގޮސް ކަޅުކުލައިގެ ކާރަކަށް އަރާ ދުއްވާލިއެވެ. އޭރުވެސް އެޒުވާނާ ހުރިތާގައި ހުރީ ގުޑިލަންވެސް ނޭގިފައެވެ. ދެންމެ އެފެނުނީ ބިރުވެރި ހުވަފެނެއް ކަމަށް ވުމަށް ދުޢާ ކުރެވުނު އަދަދެއްވެސް އޭނައަކަށް ނޭނގެއެވެ.
ކޮޓަރީގައިއޮތް އަމާންއޮތީ ހަޔާ އާއި ފޯނުން ވާހަކަދައްކާށެވެ. ހަޔާ ދައްކާވާހަކަ އެއްވެސް ފޫހިކަމެއް ނެތި އަމާން އަޑުއަހަން އޮތް އިރު އެދުންފަތްމަތީވަނީ ހިނިތުންވުމެކެވެ. “ބޭބް ވަރަށް މިސްވެ..” ހަޔާ ދެރަވެފައި ހުރިކަން އަޑުންވެސް ފާހަގަވާން ހުއްޓެވެ. “ދެން ނެތެއްނު މާގިނަ ދުވަހެއް އެންމެ 1 ވީކް ދެން ބާކީ އޮތީ… މަގޭ ޕުރިންސެސް ކައިރިއަށް ދާން” “ތިދުވަހަކަށް ކެއްތެރިކަމެއްނެތި މި އިންތިޒާރު ކުރަނީ” ފަޑު ހިނިތުންވުމެއް ވެރިކޮށްލަމުން ހަޔާ ބުންޏެވެ. ” އިރާދަކުރެއްވީއްޔާ މަގޭ ޕުރިންސެސް ދެން މާ ގިނަދުވަހަކު އިންތިޒާރު ކުރާކަށް ނުޖެހޭނެ… ދާދުވަހު އެބަ ބޭނުންވެ ވެލްކަމް ޕުރެޒެންޓެއް ދޭން ވާނެ އިނގޭ” ލާނެއް ވަތަރަކަށް އަމާން އެހެންބުނެލުމާއެކު ހަޔާގެ ކޮލަށް ޖަންބު ކުލައަރައިގެން ދިޔައެވެ. “ދެން މާން”އަމާންއަށް ހެވުނީ ހަޔާ ލަދުގަތީކަން އެނގުމުންނެވެ. “މަގޭ މިލްކަކަށް ވާ ދުވަހުން ތިހެން ލަދަކުން ނީދެވޭނޭ އިނގޭ” ދެން މި މާންވެސް އުޅޭނެ ހަމަ ހަޔާ ލަދުގަންނަވަން” “އަހަރެން އެހެން ނުބުނިނަމަ ތިކޮލަށް ޖަންބަކުލައެއް ނާރެއެއްނު” ހަޔާއަށް ވަގުތުން ބަލާލެވުނީ އެނދުގެ ކަނާތް ފަރާތަށް ހުރި ޑުރެސިން ޓޭބަލް ލޯގަނޑަށެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ހަޔާއަށް ހިނިތުންވެލެވުނެވެ.
ރޭނގަނޑު 8 ޖެހެއިރު ގޭގެ ދޮރުމަތީ ހުރި ހަޔާ ހުރީ ފޯނުން ގަޑިބަލާލަ ބަލާލައެވެ. ލައިގެން ހުރި ކަޅުކުލައިގެ ޓޮޕްކޮޅު އެދޮންހަށިގަނޑާ ނުހަނު ގުޅެއެވެ. ލައިގެން ހުރި ޖިންސު ހުރީ ކަށިމައްޗާ ހަމަޔަށް އޮޅާލާފައެވެ. ލުއިމޭކަޕެއް ކޮށްލާފައި ހުރި އިރު ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާލާފައި ހުއްޓެވެ. ހަޔާ ފެންނަ ކޮންމެ މީހެއް ދެވަނަ ފަހަރަށް އޭނައާއި ދިމާލަށް ބަލާލަނީ ހިތުގެ އަޑިން އެރީތިކަމަށް ތައުރީފް ކުރަމުންނެވެ. ހަޔާގެ ތުންފަތްމައްޗަށް ހިނުތުންވުމެއް ވެރިވެގެން ދިޔައީ އޭނަގެ ކުރިމައްޗައްހުއްޓި ކަޅުކާރު ފެނުމުންނެވެ. އަވަސް އަވަހަށް ގޮސް ކާރުގެ ކުރީ ސީޓަށް އަރާ އިށީނނިއިރު ހީވަނީ މީހަކަށް ފެނިދާނެތީ އަވަހަށް ކާރަށް އެރިހެންނެވެ. ޑުރައިވަރު ސީޓުގައި އިށީނދެއިން ލަޔާން ކަޅިޖަހާ ނުލާ ހަޔާއަށް ބަލަމުން ދިޔައިރު ހަޔާ ވަށިގެން ހޯދަމުން ދިޔައީ މީހަކު އޭނަށް ބަލަހައްޓައިގެން ހުރިތޯ ޔަޤީންކުރުމަށެވެ. މީހަކު ބަލަން ނެތްކަން އެނގުމުން ފުންނޭވާއެއް ލަމުން ސީޓުގައި ބުރަކަށިޖައްސާލިއެވެ. އަދި ލަޔާން އާއި ދިމާލަށް ބަލާލީ އޭނާ ބަލާހެން ހީވުމުންނެވެ. ހަޔާ ބުމަ އަރުވާލަމުން ކިހިނެއްވީތީ އަހާލުމުން ލަޔާންއަށް ހަމަބިމަށް އާދެވުނެވެ. ކަމެއް ނުވޭ ބުނެ ލަޔާން ކާރު ދުއްވާލިއިރު އެމީހުންނަށް ނޭނގުނީ އެމީހުންނަށް ފާރަލަމުން މީހަކު ދިޔަކަމެވެ. ހަޔާއާއި ލަޔާން ގޮސް ކާރުމަޑުކޮށްލީ އުސްކޮށްހަދާފަހުރި ބޮޑުއިމާރާތެއްގެ ކައިރިއަށެވެ. ކާރުންފައިބައިގެން އެމީހުންގޮސް އެބޮޑު އިމާރާތަށްވަދެ ލިފްޓަށް އަރާ އެއިމާރާތުގެ 6 ވަނަ ފަންގިފިލާއަށް ދިއުމަށް ހަޔަކަށް ފިއްތާލިއެވެ. ލަޔާން ހަޔާ ގޮވައިގެން ގޮސް ވެންނީ ވަރަށް ރީތިކޮށް ހަދާފައިހުރި އެޕާޓުމެންޓަކަށެވެ. ބޮޑު ސިޓިންރޫމެއް ހުރިއިރު ބަދިގެޔާ ކާގެވެސް ހުރީ ވަކިންނެވެ. 3 ކޮޓަރި ހުރިއިރު ކޮންމެ ކޮޓަރިއެއްވެސް ޒީނަތްތެރި ކޮށްލާފައި ހުރީ އެންމެ ފަހުގެ ފަރުނީޗަރު ތަކުންނެވެ. ބަލާލާ ކޮންމެ ދިމާލަކުންވެސް ފެންނަން ހުރީ ތަންވަސްކަމެވެ. ލަޔާންްއާއި ހަޔާ ގޮސް އިށީނނީ ކާއެއްޗެހިން މުއްސަދިވެފައި އޮތް ސުފުރާދަށުގައެވެ. އެކިވާހަކަ ތަކުގައި ތިބެ ދެޒުވާނުން ކެއުން ނިންމާލިއިރު ގަޑިން ރޭގަނޑު ނުވައެއް ޖަހައިފިއެވެ. ކައިގެން ދެޒުވާނުން ސޯފާގައި އިނށީންދެ ޓީވީ ހުޅުވާލިއިރު ޓީވިން އަންނަމުން ދިޔައީ ހިންދީ ލޯބީގެ ލަވައެކެއެވެ. ދެޒުވާނުން ލަވައިގެ އަވައިގައި ޖެހިފައި ތިއްބައި ސިއްސައިގެން ދިޔައީ ލަޔާންގެ ފޯނު ރިންގްވާން ފެށިއަޑަށެވެ. ލަޔާން ފޯނުހިފައިގެން ބެލްކަަޏަށް ނިކުމެ ފޯނަށް ޖަވާބު ދީފައި އައިއިރު ހަޔާ އިނީ ޓީވީގެ ޗެނަލްތައްބަދަލު ކޮށްލަކޮށްލައެވެ. ލަޔާންގޮސް ހަޔާގެ ކައިރީ ސޯފާގައި އިށީނދެފައި ގެނައި ކުއްލި ހަރަކާތަކާއެކު ހަޔާ އޭނާގެ އުނގުގައި ބޭންދިއެވެ. އެވަގުތު މުޅި ދުނިޔެވެސް ހީވީ ހަމަހިމޭންވިހެންނެވެ. ލަޔާންގެ ލޮލުން ފެންނަން ހުރި މަސްތުކަމުން ދެޖިސްމުގައި ހުޅުރޯވަމުން ދިޔައެވެ. ލަޔާން ހަޔާގެ މޫނާ މޫނު ކައިރި ކޮށްލާފައި ހަޔާގެ ތުންފަތަށް ބޮސްދޭންފެށިއިރު ދެމީހުންގެ ނޭވާ ވަނީ އަވަސްވެފައެވެ. އަންހެނަކާ ފިރިހެނަކު އެކަހެރި ވެއްޖެނަމަ ޝައިތޯނާ މަގުފުރައްދާލެއް އަވަސްވާނެއޭ މީހުން ބުނެއެވެ. ހަޔާމެންނަށްވެސް ވީއެހެންނެވެ. ޖަޒުބާދުގައި ޖެހިފައި ތިބި ވަރުން މިއަރާގަނެވުނީ ކިހާ ވަރެއްގެ ފާފައަކަށް ކަމެއް ދެމީހުންނަށް ނުވެސް އެނގެއެވެ. އެތެރެހަށީގައި ރޯވަމުން ދިޔަ ހުޅުގަނޑު މައިތިރި ކުރަމުން ދިޔަ ދެޒުވާނުންގެ އަންނައުނުތަށް ގަޔާވަކިވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. ދެޖިސްމު އެކުވެގެން ދިޔައިރު ވަރުބަލިވެފައި ހުރިވަރުން ދެމީހުންގެ އެސްފިޔަތަށް މެރެމުންގޮސް ނިދީގެ ތެރެއަށް ފީނައިގަތެވެ.
އާދުވަހަކަށް ދުނިޔެ މަރުހަބާ ކީއިރު އެއްބައެއްގެ ދިރިއުޅުން ވަނީ އެފުއްމިފުށަށް ޖެހިފައެވެ. އަނެއް ބަޔަކު ދިޔައީ ލިބެން ދިޔަ އުފަލާ ހިތްހަމަޖެހުމުގައި އުފާވެރި ވަގުތުތަކެއް ހޭނދަކުރަމުންނެވެ. އޭއާޕޯޓުތެރިން ނިކުތް އަފްހަމް އާއި އަމާން ގޮސް ފެރީއަށް އެރީ މާލެދިއުމަށެވެ. ހަޔާއަށް ސަޕްރައިޒްއެއް ދިނުމައްޓަކާ އަމާން މާލެ އައީ ހަޔާ ކައިރީ ނުވެސް ބުނެއެވެ. އަފްހަމްއާއި ހަޔާ ބައްދަލު ކުރުވަންވެސް އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. އަމާން މިފަހަރު މަޑުކުރީ އަފަހަމްމެން މަންމަމެން ހިފާފައި ހުރި ގޭގަގައެވެ. އަމާންގެ އިތުރުންވެސް އެމީހުންގެ ރައްޓެއްސުންވަނީ އެގޭގައިތިބުމަށް ހަމަޖެހިފައެވެ. އެމީހުން އަންނަނީ އަދި ހަފްތާއެއްހާ ދުވަސްފަހުން ކަމުން މިވަގުތު އެގެ އޮތީ ހުސްކޮށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޮޑު ސިޓިންރޫމެއް ގޭގައި ހުރިއިރު އެއްފަރާތުގައި ކާމޭޒު ހުއްޓެވެ. ބަޑުބަދިގެއެއް ހުރިއިރު 4 ކޮޓަރި ހުއްޓެވެ. ކޮޓަރިތައްވެސް ބޮޑުކަމުން ހިތްހަމަޖެހިލައިގެން އުޅެވޭހާވެއެވެ. ގެޔާމެދު އަމާން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަމާންމެން ގެޔަށް ވަތްއިރުވެސް އަފްހަމްގެ މަންމައާއި އަފްރީން އަވަދިނެތި އުޅުނީ ގެސާފުކޮށް އެއްޗެހިތައް ހުންނަންވާ ތަންތަނަށް ލުމުގައެވެ. މިޝާއަށް އަފްހަމްއާއި އަމާން ގެޔަށް ވެންނީތަން ފެނުމުން ކޮޓަރިދައްކާފައި އަވަހަށް ފެންވާރާލައިގެން ކާން އައުމަށް ބުނީ އެދެބެން ތިބޭނީ ވަރުބަލިވެފައިކަން އެނގޭތީއެވެ.”ގެވަރަށް ރީތި ދޯ” “އާން މަންމަ ގެ ހޯދަން ހަވާލުކުރީ އަފޫއާ އޭނާ ހޯދަހޯދާފަ މަންމަމެންނަށް ދެއްކި ތަނެއް މިއީ” ކޮޑުގައޮތް ދަބަސް އެފަރާތުގައު ބަހައްޓާލަމުން އަފްހަމް ބުންޏެވެ. “ނައިސް ޖޮއިސް” އަމާން އެހެން ބުނެފައި ދަބަހުން ގަމީހަކާ ޖިންސަކާ ނަގައި އަފްހަމް އަތަށް ދެމުން ގޮސް ފާހަނައަށް ވެންނީ ފެންވަރާލުމަށެވެ.
ފެންވަރައިގެން ނިކުމެ ކައިގެން އަމާން ގެއިން ނިކުތީ ހަޔާއާއި ބައްދަލުކޮށްލަން ދިއުމަށެވެ. އޭނާ ކުއްލިއަކަށް ފެނުމުން ހަޔާއަށް ވާނެގޮތް ވިސްނާލައިފައިވެސް އަމާންގެ ގާތަށް ހިނިއަންނަގޮތްވިއެވެ. ނަމަވެސް އަމާންއަށް ނޭނގުނީ ބޯމަތިވަމުން އަންނަ ވިލާގަނޑު އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެކަމެވެ. ހަޔާމެންގޭ ކައިރިއަށް ދެވުމުން އަމާން ފޯނުނެގީ ހަޔާއަށް ގުޅައިގެން ބޭރަށް ގެނައުމަށެވެ. ނަމަވެސް ފެނުނު މަންޒަރުން އޭނާއަށް ހީވީ ބޯމައްޗަށް ބަރެއްވައްޓާލި ހެންނެވެ. ނޭނގި ހުއްޓާ އޭނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހިގެން މިދަޔީ އޭނާއަށް ކޮންކުށެއް ކުރެވިގެން ހެއްޔެވެ؟؟ ހުރިތާ ހުއްޓުންއަރާފައި ހުރިއިރު އޭނާ ހުރީ ރުޅިއާއި ހިތާމައިންފޯވެފައެވެ. ވާނީވެސް އެހެންތާއޭ އޭނާގެ ލޯކުރިމަތީ އެނާ ހިތާއިފުރާނައިން ލޯބިވިމީހާ އެދިޔައީ އެހެންމީހެއްގެ އަތުތެރޭގައި އިދެފައެވެ. ލޯބިން ސަމާސަކޮށްފައެވެ. ހަޔާގެ ކައިރީ ހުރި ޒުވާނާ އެބުނި ޖުމްލަ އަޑު އެހުމުގެ ކުރިން އެކަންފަތް ބީރުނުވީ ކީއްވެހެއްޔެވެ؟؟ އޭނާ މާލެގައި ނެތް ވަގުތު ހަޔާއެވަނީ އެހެންމީހެއްގެ އަތުތެރޭގައި އެއްރޭ ހޭދަކޮށްފައެވެ. ގޭއަށް ވަންނަންވެގެން ދިޔަ ހަޔާގެ މޫނުކޮޅު ހުދުވެގެން ދިޔައީ ކުރިމަތީހުރި އަމާން ފެނުމުންނެވެ. ހިނގައިގަންނަންވެސް ނޭނގިފައި ހުރިތާގައި ހަޔާ ހުރިއިރު އޭނާގެ ހިތްދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. އަމާން މަޑުހިނގުމެއްގައި އައިސް ހަޔާގެ ކުރިމަތީ ހުއްޓުނުއިރު ހަޔާ ހުރީ އަމާންގެ މޫނަށް ބަމަހައްޓައިގެންނެވެ. ” ކީއްވެ؟ ކީއްވެގެންހޭ؟؟” އަމާންގެ އަޑު ކުއްލިއަކަށް ބާރުވުމުން ހަޔާ ދިޔައީ ސިއްސައިގެންނެވެ. ”ކޮންކަމެއް ނުކޮށްދެވިގެން ހަޔާ އެހެންމީހެއް ކައިރިއަށް ދާންޖެހުނީ؟.. ބުނެބަލަ؟.. ރީތިކޮށް ބުނިނަމަ އަހެރެން ހަޔާ ދިޔަދިނީހޭ” އަމާންގެ އަޑުގައި ހުރި ހަރުކަށިކަން ކެޑި ހިތާމައަށް ބަދަލުވެގެންދިޔައެވެ. “މާން” “އިތުރު ދޮގުތަކެއް ހަދަން ދި އަނގަ ނުހުޅުވާތި؟” ހަޔާއާއި ދިމާލަށް ޝާހާދެއް އިނގިލި ދިއްކޮށްލަމުން އަމާން ބުންޏެވެ. “ހަޔާ ހަނދާންނައްތާލާ އަމާން ކިޔާ މީހަކު ތިދިރިއުޅުމަށް އައިކަންވެސް” އެހެން ބުނެފައި އަމާން އެދަނުން ދާން ހިނގައިގަތީ އެވެސް މިސްރާބެއް ނެތިއެވެ. ހަޔާތުގެ ހުންގާނު ހަވާލުކުރަން ނިންމި ބައިވެރިޔާ ކެހިދީފައި އޭނާދޫކޮށް ހިނގައްޖެވެ. ތަގުދީރުގައި ވާން ލިޔެވިފައި އޮތްގޮތެއް ބަދަލުކުރެވޭނީ ފަހެ ކާކަށް ހެއްޔެވެ؟ ދިރިއުޅުމުގައި ދިމާވި އިމްތިހާނުން ފުރަތަމަ ފަހަރަށް ބަލިވިކަމުގެ އިހްސާސް އޭނައަށް ކުރެވިއްޖެއެވެ. ހިތުގައި އަޅާވޭނަށް ޝިފާ ހޯދައިދެމުން އައި ދެއަތުން އެހިތް ޒަހަމްކޮށްލާފިއެވެ. އަމާންގޮސް ހުއްޓުނީ ރަސްފަންނުގައެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށް ވުމުން އެތާގައި އެކަކުވެސްނެތެވެ. މެއިން ނަގަމުން ދިޔަ ދިލަ އާތްވުން މީހާ ފިއްސަމުން ދިޔައިރު އެދެލޯ ފެންކަޅިވެއްޖެވެ. އަޑު ހުރީ މިނަކަށް ހަޅޭއްލަވައިގަތީ އެވޭން ކޮންމެވެސް ވަރަށް ކުޑަވޭތޯއެވެ. އެވަގުތު ފަޒާގައި އެއަޑު ގުގުމައިގެން ދިޔައެވެ. އެވަގުތު އަމާންގެ އަނގައިން ވޭނީ “އާހްއެއް” ބޭރުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.




wow varah reethi mibaivess waiting for the next part love u aisha avahah up kohladhehchay??
Thank u leen.. Love u too ?.. Insha Allah next part viee enme avahakah genesdheynan
me 1st dhw????
Yes dear u r first ?
Fudhy varakah mistakes EBA huri.. Misaalaka Dhe thanrgai ebain ” ge ah venee”” Dhivehi bahuga innanee ge vanun.. Ge ah vannanee , vanee mi fadha gothaka..anyways story reethi.. Next part mi ah vure rangalhu vaane kamah ummedh kuran.. Adhineh paragr aneh paragraph aa dhemdhu Kuda Hus thankolhe dhookohlachry
. eyra kiyan faseyha vaane ingey. 🙂
Thanks dear beneladhinieema Aisha ah fenunu Ethan ekamu mi part fonun liyhefa up kurieema ragalhu nuviee.. Dhen up kuraa part ga thikanthah ragalhu kohlaanan.. Thanks amin ?
Hi guys miothiee 5 the part up vefa..mi part mistakes kuredhaane phn in liyhunieema sorry 4 that beneladheynthi mistake thah.. Hope u mi part ves kamudhaane kamah.. Enjoy u r day ?
Alhey hadha rychey mivaahaka thanks aisha an love you ????
Alhey thank u thihaa loabin commenteh kohlieema ? luv u too dear ?
Wow…. V lwbi storyy… Haadha molhey alhe.. Ma sha allah..?? Alhe when nxt prtt???
Aslutha glad u love it..? Liyan fashaifin aniy part ves varah avahah genes dheynan
Aishaa, .. Kohmedhuhuku vx 1 up kohdhybalaaaaa.. V salhi masha allah .
Ummeedhu kuran mi buni kanthah kohdheyne kamah… 🙂
Yah dear.. trying igey thibuni kantheh veytho.. Varah ufaavehje vaahaka kamudhiyaima ☺
Yaaa thedheh asssu v salhi vaaane knme dhuhuku up khdhey nama!!! Hope kuran aisha try kuraane kamah!! ???
OK.. Balaanan maadhama aneh part genesdheveytho ?
Vvv nice
Thank u zee
Varah reethi mi part..keep it up dear.?
Thank u noor
Wow masha allah v rythi v furihama mikahala anhenunge sababun firihenunge kurimathyga aharemen anhenunge aguvette nikamethi vany kykkuraany ebbayaku kuriyas hurihaamyhunge boluga elheyne dhw ??? anyway v rythi stry n thanks keep it up
Yah dear.. ? thank u ?
Wow dear vrh reethi mi part vx ✨keep it up ❤️
Thank Yuh niher ?
Mashaa Allah v reethi mi vaahaka,miadhu mikiyaalee mi part a hama ah,vaahaka reethi v ma hithah a ree ,6th part kiyaanee commend eh kohlaafa a,v v reethi story,thanks aisha
Thank u dear.. Varah ufaavehje story kamudhiyamu
Varah salhi mi part
Thank u ?