Skip to content
އެސްފިޔަ

ލޯބި އަހަރެން ވާނަމޭ (16)

އެހެން އެތައް އިރަކު އަފްރީން އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި އިންތަނުން ތެދުވެ ޑުރެސިންޓޭބަލް ލޯގަނޑު ކައިރިއަށް ގޮސް އަމިއްލަ ސޫރައަށް ބަލާލިއެވެ. މިހާރު ވާވަރު ވެއްޖޭ ހަޔާގެ ކުޅިގަނޑު ނިންމާލަފައި ނޫނީ އޭނާއަށް ދެން ހަމަ ނޭވާވާއެއް ނުލެވޭނެއެވެ. މިއޮތްހައި ދުވަހު އޭނާ މަޑުން ހުރީ އަމާން ހުރީ އުފަލުގައި ކަމަށް ހީކޮށެވެ. އަމާން އޭނާއަށް ބަރޯސާ ނުކުރިއަސް އެއަނދިރިގަނޑުން އަމާން ނެރެފައި ނޫނީ އޭނާއަށް ހަމަ ނޭވާއެއް ނުލެވޭނެއެވެ. އަފްރީން އޭނާގެ އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެެވެ. “ހަޔާ ޔޫ އާރ ގޮނަ ޕޭ އަދި މި އަފްރީންގެ ގައިގައި ހުރި ވަރު ނުފެނިގެން ތިއުޅެނީ.. ޔޫ ވިލް ލޫސް ދިސް ޓައިމް” ދިރިއުޅުމުގައި ގިނައިން ވެއްޓޭމީހުން ވަރުގަދަ ވާނޭ ބުނެއެވެ. އާނއެކޭ ވެއްޓޭ ކޮންމެ ފަހަރަކު ތެދުވަނީ އާހިތްވަރަކާއި އެކު ވިއްޔާއެވެ. ވީމާ ވަރުގަދަ ނުވާންވީ ސަބަބެއް ނެތެވެ.

އާދުވަހަކަށް އިރުއެރިއިރުވެސް އަމާން އެންމެ ލޮލުފިޔައެއްވެސް ޖަހާނުލައެވެ. މިއަދުވެސް އޮފީހަށް ދާގޮތަށް ސައިން އިންވެފައި ހަތަރު ދަމުހެން އުޅެން ޖެހޭނީ އަފްރީންގެ އޮފީހުގައެވެ. ކުދި ކުދި ވެފައިވާ ހިތަކާއިއެކު އަމާން ފާހަނައަށްވަދެ ފެންވަރާލައިގެން ނިކުމެ ތައްޔާރުވާންފެށީ އޮފީހަށް ދިއުމަށެވެ. އަފްރީންގެ ވިޔާނުދާ އަމަލުން އޭނާގެ ހިތުގެ އެދުން އިސްކުރެވޭކަށްވެސް ނެތެވެ. އެހެން ކަންތައްް ކޮށްފިނަމަ ހަޔާއާއި މެދު ކަންތައްވާނީ އިންސާފަކުންނެއްނޫނެވެ. ރޭހަތަރުދަމު ވިސްނާ ވިސްނާވެސް އޭނާގެ ހިތް އަފްރީންގެ އަމަލު ޤަބޫލްކުރާކަށް އެއްބަހެއް ނުވިއެވެ. އަމާންގެ ހިތުގެ ކަނަކުން އަފްރީންގެ އެއްވެސް އަތެއް މިކަމުގައި ނުވާކަމަށް ބުނަމުން ދިޔަ އިރު ސިކުނޑި ދިޔައީ އެއީ އަފްރީން ކުރިކަމެއް ކަމަށް ބުނަމުންނެވެ. ތައްޔާރުވެލައިގެން އަމާން އޮފީހަށް ދާން ކާރުގައި ނިކުތީ އުޑަމަތި ކޮޑަކޮށް ބަނަކޮށް އޮތުމުންނެވެ. އޮފީހަށް ގޮސް ސައިން އިންވެލާފައި ކޮށްލަން ވެފައި އޮތް ދެތިން މަސައްކަތެއް އޮތުމުން އަމާން ގަސްތުކުރީ އެކަންތައްތައް ނިންމާލާފައި ޔުނީކް އިންޑަސްޓުރީއަށް ދިއުމަށެވެ.

އާދައިގެ މަތިން އަފްރީން ފަތިހު ފަތިހާ ދެތުވެ އޭނާގެ މަސައްކަތް ފެށިއިރު އެމޫނުމަތިން އޭނާ ހިތްހަމަޖެހިފައި ހުރިވަރު ފާޅުވާން ހުއްޓެވެ. “ދަރިފުޅު ހާދަ ހިތްހަމަޖެހިފައި ހުރިހެން ހީވޭ” މިޝާ ބަދިގެއަށް ވަތް ގޮތައް އަފްރީންއަށް ބަލާލަމުން ބުންޏެވެ. “ޔެސް މޮމް އައި ގޮޓް އަ ސޮލިއުޝަން ފޯރ މައި ޕުރޮބުލަމް” ހިނިތުންވެހުރެ އަފްރީން މިޝާއަށް ޖަވާބުދިނެވެ. “އެހެންތަ އެކަލާންގެއަަށް ހަމްދު ހުރި… އެކަމު މިއަދު ދަރިފުޅު އޮފީހަށްވެސް ނުދާ ދުވަހަކީތަ؟؟” “ނޫނޭ މަންމާ.. މިއަދު ދަންކޮޅެއް ލަހުން ދާނީ” ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާލުމަށްފަހު ސައިބޮއިގެން އަފްރީން މައްޗަށް ދިޔައީ އޮފީހަށްދާން ތައްޔާރުވުމަށެވެ.

އޮފީހަށް ވަދެގެން ދިޔަ އަފްރީންގެ މޫނުމަތީ ވަނީ އެހެންޏާވެސް އެހުންނަ ހިތްހެޔޮ ހިނިތުންވުމެވެ. އެދިޔަގޮތަށް ގޮސް ކެބިންއަށްވަދެ މުޅި ކެބިން ރަނގަޅަށް ބަލާ ފާސްކުރިއެވެ. އެއްވެސް ކަހަލަ އެއްޗެއް ނުފެނުމުން ގޮނޑީގައި އިށީނދެ ގޮނޑީގެ ދެއަތްގަނޑުމަތީ އަތްބާއްވާލިއެވެ. އަދި ރީތިކޮށް ގޮނޑީގައި ލެގިލަމުން ދެލޯ މަރާލީ ހަޔާ އެނާ އޮފީހަށް ވަތް ގޮތަކާއި މެދުގައި ވިސްނަމުންނެވެ. “ސީސީޓީވީ ފުޓްއެޖް ޔެސް” އަފްރީން ހިނިތުންވެލަމުން ދެލޯ ހުޅުވާލުމަށްފަހު ހިނިތުންވެލަމުން ކުރިމަތީ ހުރި ލެޕްޓޮޕް ހުޅުވާލިއެވެ. ކުރިންވެއް އަފްރީން ވަނީ މިހުންމު ބޭނުމެއް ޖެހިއްޖިއްޔާމު އެލޮޕުޓޮޕުން ފުޓެއިޖް ބާލާލެވޭ ގޮތް ހަދާފައެވެ. އަފްރީން ހޭންޑް ބޭގުން ހެޑްސެޓެއް ނަގާ ލެޕްޓޮޕައް ގުޅާލުމަށްފަހު އިއްޔަގެ ފުޓެއިޖް ޕުލޭކޮށްލިއެވެ. ހަޔާގެ ކައިރީގައި ހުރި ޒުވާނާ ސެކުއިރީޓީއަށް ކާއެއްޗެއް ދިނުމަށް ފަހު 10 ވަރަކަށް މިނެޓް ފަހުން ފެނުނީ ސެކުއިރިޓީ ގާޑް ނިދިގެން ވެއްޓިނު ތަނެވެ. އެޒުވާނާ ސެކިއުރިޓީގެ ލޯކުރިމަތީ ދެތިން ފަހަރަކު އަތް ހިންގާލުމަށްފަހު އަތުން އެއްފަރާތައް އިޝާރަތްކޮށްލިއެވެ. ދެން ފެނުނީ އޭނާގެ ކައިރީ ހިނިތުންވެލަމުން އައިސް ހުއްޓުނު ހަޔާއެވެ. އަފްރީންއަށް ދަތްތަކަށް ބާރަށް ފިއްތާލެވުނީ ރުޅިއައިލެއް ބަޑުކަމުންްނެެވެ. އެއްވެސް އުދަނގުލަކާ ނުލާ އެމީހުން އަފްރީންގެ ރޫމް އިންނަ ފުލޯއަށް ގޮސް ވަނުމުން އަފްރީން ހުރީ ހައިރާންވެފައެވެ. އެމީހުން އެކޮޓަރިއަށް ވަތްއިރު އަފްރީން ވާނީ އޭނާގެ ކެބިންގައިކަން ތިރިއަށް އަރާއިން ގަޑި ފެނުމުން އަފްރީންއަށް ޔަޤީންވިއެެވެ. އެކަމަކު އަފްރީން ކެބިންއަށް ވަތް ވަގުތު އަންނަން އެމީހުންނަށް އެނގުނީ ކިހިނެއްތޯ އަފްރީންގެ ހިތުގައި ސުވާލު އުފެދުނެވެ. އަފްރީން އެނެއްކާވެސް ކެބިން ފާސްކުރަން ފެށިއެވެ. މިފަހަރުވެސް އޭނާއަށް ކެބިންއިން އެކައްޗެއްވެސް ނުފެނުނެވެ. އަފްރީން ބޮލުގައި އަތް އަޅާލަމުން ލެޕްޓޮޕުގައި އިން ފޮޓެޖް ފޯނަށް އަޅާލިއެވެ. އަދި ދެތިން ޕެންއަކަށްވެސް އޭތި ކޮޕީކޮށްލީ ސޭފްޓީއަށެވެ. އަފްރީންއެހެން އިންދައި ކެބިންގައި މީހަކު ޓަކިޖަހާލިއެވެ. “ކަމް އިން” އަފްރީން އޭނާ ކުރަންއިން މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ކެބިންއަށް ވެންނި އަމާންއަށް އަފްރީން ފެނުމުން އެހިތުގެ އިހްސާސްތައް އުތުރި އަރައިގަތެވެ. “ޑެކަރޭޓުކުރަން ބުނެފިން” އަމާން ކުރަން އުޅުނު ސުވާލުގެ ޖަވާބު އަފްރީން ދިނެވެ. އަދި އަމާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެމޫނުމަތިން އެއްވެސް އިހްސާސްއެއް ދައްކާނުލާ ކެއްކުރަމުން ދިޔަ އެހިތުގައި އަޅަމުން ދިޔަ ވޭން މީހަކަށް އިހްސާސްވެސް ކޮށްނުލެވޭނެވެ. އަމާންގެ ހާލުވެސް ވަކި ކުޑައެއް ނޫނެވެ. އެހިތް އަފްރީންއަށް އެދެމުން ދިޔައިރު އޭނާ މަސައްކަތްކުރަމުން ދިޔައީ އަމިއްލަ ހިތައް ވިސްނާދެވޭތޯއެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތް ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ. އެންމެ ފަހުން ކެއްނުވެދާނެހެން ހީވުމުން އޭނާ ބެލީ އަފްރީންގެ ކުރިމަތިން އަވަހަށް ދުރަށް ދެވޭތޯއެވެ. ދެހިތް އެއްވިންދެއް ޖަހަމުން ދިޔައިރުވެސް އެދެމެދުގައި ލެވިފައިވާ ފާރު ވަނީ އެކަކު އަނެކަކު ހާލު އެގޭ ވަރަށްވުރެ ބޯވެފައެވެ. “މާން ބޮޑުބެރު ޖަހާ ބައެއް ހަމަޖެއްސިއްޖެތަ” އަފްރީންގެ އަޑަށް އަމާން ހުއްޓި އޭނާއާއި ދިމާލަށް ބަލާލިއެވެ. އަދި އެއައި ބާރުމިނުގައި އައިސް މޭޒު ކައިރީ ހުރި އަފްރީން ކައިރިއަށް ގޮސް ހުއްޓުނީ ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭ ވަރަށެވެ. “އަހަރެންގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ކޮށްލާފައި ކޮށް މާންއެއް ކިޔާކަށް.. އަފްރީން ހީކުރީ ދޯ އަފްރީންއަށް ހުރިހާ އުފަލެއް ލިބުން ހައްގޭ.. އާނ އެހެންނު ވާނީ ހުރިހާ ބޭނުންތަކެއް ފުއްދާދީގެން ބޮޑުކުރީމަ އެނޫން ގޮތަކަށް ޤަބޫލުވެސް ނުކުރެވޭނެއްނު ދޯ” އަމާން އޭނާގެ ޝަކުވާތައް އަފްރީންގެ ކުރިމަތީ ބަންޑުންކޮށްލިއިރު އެންމެ ފަހުން ބުނެލި ޖުމްލަ އޭނާ ބުނެލީ މަލާމާތް އެކުލެވޭ ރާގެއްގައެވެ. އަފްރީން އަމާން ދުރަށް ކޮއްޕާލިއެވެ. އޭރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ. “ބުނަން އަމާން ތިބުނާހާ ދަށު ދަރަޖައަކަށް މަށެއް ނުވެއްޓެން ޤަބޫލްކުރިޔަސް ނުކުރިޔަސް މަށަށް ހެޔޮ އަމާން ކޮންމެ ގޮތަކަށް ވިސްނިއަސް.. ތިއީ އަމާން އަމިއްލައަށް ނިންމި ގޮތެއް.. އަދި ބުނަން އަހަރެންގެ މައިބަފައިން އަހަރެންނަށް ބުނެދީފައި އޮތީ ހުރިހާ އުފަލެއް ނުލިބޭނެކަމަށް.. މާން ބަލާ މާންގެ ހަޔާއަށް.. ސޮރީ އަމާން” އަކުރަތަކަށް ބާރުލަމުން އަފްރީން އެހެން ބުނެފައި ކެބިން އިން ނިކުމެގެން ހިގައްޖެއެވެ. އަމާންއަށް ހުރިތާ ހުއްޓުންއަރާފައި ހުރެވުނީއެވެ. އަފްރީން އެބުނީ ކީކޭހެއްޔެވެ؟؟ އޭނާގެ ކުށެއް ނެތީ ހެއްޔެވެ؟؟

ހޮޓެލްގެ އެނދުމަތީ އަރާ އިށީނދެލައިގެން އޮތް ހަޔާގެ މޫނުމަތީވަނީ ހިނިތުންވުމެކެވެ. އަމާން އޭނާއާއި ދުރަށް ނުދާނެކަން އޭނާއަށް މިހާރު ޔަޤީންވެއްޖެވެ. ދެން އޭނާ އަނބުރާ މާލެ ދާނީ އަމާން އޭނާއާއި ކައިވެނިކުރުވަން އެއްބަސް ކުރުވާފައެވެ. އެހެން އޮއްވައި ހަޔާގެ ފޯނު ރިންގުވާންފެށުމުން ފޯނުގެ ސުކުރީނަށް އަރާފައި އިން ނަން ބަލާލިއެވެ. އެވަގުތު އޭނާގެ ދެބުމަ ގޮއްޖެހިގެން ދިޔައެވެ. “ކަލޭ ކައިރީ އަހަންނަށް އިތުރަށް ނުގުޅާށޭ ބުނީމަވެސް ހަމަ ގުޅަނީއޭ.. އިތުރަށް ފައިސާ ބޭނުންވީތަ؟؟ އޭނ ބުނެބަލަ އޭރުން ދޯ މަށަށް އެނގޭނީ އިތުރަށް ރުފިޔާ ދޭން” ރުޅިވެރިކަމާއެކު ހަޔާ ވާހަކަދައްކަމުން ދިޔައީ އޭނާއަށް ގުޅައިގެން ހުރި މީހާއަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީއެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ހަޔާގެ މޫނުން ހާސްކަން ފާޅުވެގެން ދިޔައެވެ. ފޯނު ކަނޑާލުމަށްފަހު މޫނުގައި އަތްހާލާލަމުން އިސްތަށިގަނޑު ކުޑަކޮށް ރަނގަޅުކޮށްލާފައި ދޮރު ހުޅުވާލިއެވެ. “މޭމް އަ ލެޓާ ފޯރ ޔޫ” ކުރިމަތީ ހުރި ނޯކަރު އަދަބު ވެރިކަމާއިއެކު ސިޓީއުރައެއް ދިއްކޮށްލިއެވެ. “ފޮރޮމް ހޫމް؟؟” ނޯކަރު މީހާ ނޭނގެއޭ ބުނުމުން ހަޔާ އެމީހާ ފޮނުވާލުމަށްފަހު ދޮރުޖަހާ ތަޅުލުމަށްފަހު އެނދަށް އަރާ އެސިޓީ އުރަ ކަޑަންފެށީ އޭގައިވާ އެއްޗެއެއް ބަލާލުމުގެ ޝައުޤުވެރިކަން އޮތްލެއް ބޮޑުކަމުންނެވެ. އޭގައި ހުރީ ފޮޓޯތަކެކެވެ. އެފޮތޯތައް ފެނުމުން ހަޔާ ދެލޯ ބޮޑުކޮށްލީ ބިރެއް ފެނުނުހެންނެވެ. “ވަގުތުން ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރު އެމޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. އެކޮޅުން ފޯނު ނިއްވާލާފައި އޮތް ވާހަކަ ބުނުމުން ހަޔާގެ ރުޅިވީ ހައްތަހާ ގަދައެވެ. ނަމަވެސް ރުޅިއާއި އެއްވަރަށް އެހިތުގައިވަނީ ބިރުވެރިކަންވެސް އުފެދިފައެެވެ. އެފޮޓޯތައް މީހަކަށް ފެނިއްޖެނަމަ އޭނާ ބޭޒާރުވާނެކަން ގައިމެވެ. އެހެންވާތަން ބަލަން ހަމަ ހިލާ އޭނާ މަޑަކުން ނުހުންނާނޭ.. އޭނާ އެރަށަށް އައި މަގްސަދު ހާސިލް ނުވެއްޖެނަމަ އޭނާ ކުރަމުންމިދާ މަސައްކަތުގެ އެއްވެސް އަގެއް ނުހުންނާނެއެވެ. ހަޔާ ފޯނުން އަނެއްކާވެސް އެހެން ނަންބަރަކަށް ޑައިލްކޮށްލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. މިފަހަރުވެސް އައީ ހަމަ އެޖަވާބެވެ. އައިރުޅިން ހަޔާ ފޯނު އެނދުމަށްޗަށް ޖެހިއެވެ. އަދި އިރުކޮޅަކު ވިސްނަން ހުރެފައި ސައިޑު ކަބަޑް މަތީ ހުރި ހޭންޑް ބޭގް ނަގާ ކޮނޑުގައި އަޅުވާލިއެވެ. އަދި އެނދުމަތީ އޮތް ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ.

ރަށުގެ އުތުރު ފަރާތަށް ޔުނީކް އިންޑަސްޓުރީ އަދި ޓުރެޑިޝަން ކޮންޕެނީގެ މުވައްޒަފުން ޖަމާވަމުން ދިޔައެވެ. ފަނުން މުޅިތަން ޑެކަރޭޓް ކޮށްލާފައި އޮތް އިރު އެންމެންވެސް ތިބީ ސަޤާފީ ގޮތައް ހެދުން އަޅައިގެންނެވެ. އަމާން އަތިރަށް ފައިބަން އޮންނަ މަގުގައި ހުއްޓިލައިހެން ހުރީ ލޫކަސްއާއި ވާހަކަ ދައްކާލުމަށެވެ. އެހެންތިއްބައި ކަޅުކުލައިގެ ކާރެއް އެތަނަށް އައިސް މަޑުކޮށްލިއެވެ. ކުރިން އެކާރު ފެނިފައި ނެތުމުން އެދެމީހުން ތިބީ ކާރުން ނިކުންނަ މީހެއް ބެލާލުމަށް ޝައުޤުވެރިވެފައެވެ. ކާރުގެ ދޮރު ހުޅުވާލާފައި ނިކުތީ ދެވަނަ މީހެއް ނޫނެވެ. އެއީ އަފްރީންއެވެ. ރަތް ކުލައިގެ މަތިކޮޅެއްލަަފައި ހުރިއިރު މޭމަތީގައި ބައިވަރު ރަން ހިމަ ފައްތަކެއް ކޮނޑުން ފެށިގެން އަޅާލާފައި ހުއްޓެވެ. ލައިގެން ހުރި ކަޅުކުލައިގެ ބޮޑު ސްކާޓް ހުރީ ކުޑަކޮށް ފުއްޕާލާފައެވެ. އިސްތަށިގަނޑު ފަހަތައް ދޫކޮށްލާފައި އޮތް އިރުކޮށްލާފައިވާ މޭކަޕުން އެރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އަމާންމެން އެންމެ ހައިރާންވީ ޑުރައިވަރު ސީޓުގައި އަފްރީން އިނުމުންނެވެ. ހިނިތުންވުމަކާއިއެކު އަފްރީން ގޮސް އެދެމީހުން ކައިރީގައި ހުއްޓުނެވެ. “އަފްރީންއަށް ކާރު ދުއްވަންވެސް އެނގޭތަ؟؟” އަފްރީން ލުއި ހީލުމަކުން ފުއްދާލާފައި ޕާޓީ އޮތް ދިމަލަށް ދާން ހިނގައިގަތެވެ. 9 ޖެހިއިރު ޕާޓީ ފެށިގެން ދިޔައީ ބޮޑުބެރާއި އެކުއެވެ. ގެސްޓުންވެސް މޭޒުތަކުގައި ތިބެ ކެއުމަށް އިންސާފް ކުރަމުން ބޮޑުބެރުޖަހާ ގުރޫޕްގެ ހަރަކާތްތައް ބަލަމުން ދިޔައެވެ. އެންމެން ކައިނިމުން ބޮޑުބެރު ޖަހާ ސްޓޭޖް ކައިރީގައި ތިބެ އެންމެން ފޯރި ނަގަމުން ދިޔައެވެ. ދަންވި ދަންވިހެން ފޯރި ގަދަވަމުން ދިޔައެވެ. ލޫކަސް އާއި އަފްރީން އަދި އަމާންވެސް އަތްޖަހަމުން އެމަޖަލުގައި ބައިވެރިވަމުން ދިޔައެވެ. “ތިދެމީހުން ދޭބަލަ ނަށާލަން” ލޫކަސް އޭނާގެ ކަނާތް ފަރާތުގައި ތިބި އަމާންއާއި އަފްރީންއަށް ބުންޏެވެ. “ނޫން” އަމާން ވަގުތުން އެކަމަށް އިންކާރު ކުރިއެވެ. ކުއްލިއަކަށް އެންމެން އެއްއަޑުން ހަޅޭއްލަވައިގަތީ ނަށަން އެރި އަފްރީން ފެނިއެވެ. ބޮޑުބެރާއި އެއްވަރަށް ނަށަމުން ދިޔައިރު އަމާންއަށް އަފްރީންއަށް ތައުރީފް ކޮށްލެވުނެވެ. އޭނާވެސް ގޮސް އަފްރީން ކައިރިއަށް ނަށަން އެރީ އޭނާއަށް ވާނެކަން ދައްކާލުމަށެވެ. ނަމަވެސް ހަޤީގަތަކީ އަފްރީންގެ ކައިރީގައި ވުމަށް ހިތް އެދި ގޮވާވަރުން ކެއްނުވީކަމެވެ. ދެޒުވާނުން ނަށަމުން ދިޔައިރު ގެސްޓުންވެސް ތިބީ އެހާރީތިކޮށް ދެޒުވާނުން ނަށަމުން ދިއުމުން އެކަމާ ވަރަށް ގަޔާވެފައެވެ. “މާން ޔޫ ނީޑް ޓު ލުކް ކުލޯސާ އޯރ ޔޫ ވިލް ބީ އިން އަ ޓުރޭޕް ސޫން” އަފްރީން އަމާންގެ ކަންފަތް ކައިރީގައި ބުނެލި ޖުމްލައިން އަމާން ހައިރާންވެފައި އަފްރީންގެ މޫނަށް ބަލާލިއެވެ. އަފްރީން ގޮސް ދެންތިބި ސްޓާފުން ގެނެސް ސްޓޭޖަށް އަރުވަމުން ދިޔައެވެ. ދުރުގައި މިމަންޒަރު ބަލަން ހަޔާ ހުރި އިރު މުޅިމީހާ ދިޔައީ ރުޅިން ރަތްވަމުންްނެވެ. އަފްރީންގެ ލޮލުގައި ހަޔާ އަޅައިގަތުމުން ގަސްތުގައި އަމާން ކައިރީ ހުއްޓި ނަށަންފެށިއެވެ. އެހެން ހުރި އިރު އަފްރީންއަށް އަމާންގެ ރީތިކަމަށް ހިތާހިތުން ތައުރީފްކޮށްލެވުނެވެ. ކަޅުކުކައިގެ ގަމީހުގެ އަތްކުރި އޮނޅަބޮއްޓާއި ހަމައަށް އޮޅާލާފައި ހުރި އިރު އުނަގަނޑުގައި ހުރީ ފޭއްޔެއް އައްސާލާފައެވެ. އިސްތަށިގަނޑު އެހެންޏާވެސް ހުންނަހެން ޖެލްލާ ތަތްކޮށްލާފައި ހުރި އިރު އެހިތް އެދެމުން ދިޔައީ އެއިސްތަށިގަނޑު ވިއްސާލުމަށެވެ. އަފްރީން ބަލަން ހުރުމުން އަމާން ލާނެތް ވައްތަރަކަށް ހީލިއެވެ. އަފްރީން ނުވާ ކަމަށް ހަދާފައި ދުރަށް ދާން ހިނގައިގަތެވެ. އެވަގުތު ގެނައި ކުއްލި ހަރަކާތާއިއެކު އަމާން އަފްރީން އެއަތުތެރެއަށް ގެނައެވެ. އަފްރީންއަށް ހީވީ ކަރުތެރޭގައި ނޭވާ ތާށިވިހެންނެވެ. ދެލޯ މަރާ ތަގުޅިކޮށްލައިގެން ހުރިއިރު އެމޫނު ވަނީ ރަތްވެފައެވެ. އަމާން މަޑުމަޑުން އަފްރީން އޭނާއާއި ދިމާލަށް އަނބުރާލިއެވެ. އޭރު އެހިތުގައި އަފްރީންއަށްޓަކާ ލޯބި އުތުރި އަރަމުން ދިޔައެވެ. އަމާން ވަރަށް ލޯތްބާއި އެކު އަފްރީންގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އޭނާގެ ނިއްކުރިއާއި އަފްރީންގެ ނިއްކުރި ޖައްސާލިއެވެ. “އަފޫ ޓެލް މީ ދަ ޓުރޫތް” އަމާން އެހުރިގޮތަށް ހުރެ ބުންޏެވެ. “ޔޫ ވިލް ނޮޓް ބިލީވް މީ” “ޓުރައި މީ” އަފްރީން އޭނާގެ ފޯނު ނަގާ ސީސީޓީވީ ފުޓެއިޖް ދައްކާލިއެވެ. ފެނުނު މަންޒަރުން އަމާންގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. ހަޔާ މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟؟ އޭނާގެ ދިރިއުޅުމަށް ކޮންމެ ފަހަރަކު އައިސް ވިހަ އެބަލައެވެ. “ވަޓް ދަ ހެލް.. އައިވިލް ކިލް ހާރ” “މާން ހަމަޖެހިބަލަ.. ހަޔާއަށް ހެޔޮވިސްނުން ލިބުނީ މާން އޭނާ ދޫކޮށްދިޔައީމަ.. ސީ އިޒް ޖަސްޓް ސާރޗިން ފޯރ ލަވް” އަމާން އަފްރީން ގައިގައި ބައްދާލިއެވެ. “އައިމް ސޯ ސޮރީ.. ރިއަލީ ސޮރީ” އަފްރީންއަށް ދެލޯ މަރާލެވުނެވެ. “އިޓްސް އޯކޭ” އަފްރީންވެސް އަމާންގެ ގައިގައި ދެއަތް ވަށާލަމުން ބުންޏެވެ.

“އުޝް މަގޭ ހިތައްއަރާ މާންއާއި އަފޫ އަލުން ގުޅޭނެނަމައޭ ހަމަ ގައިމުވެސް އެއީ ހަމަ ޕަރްފެކްޓް ކަޕުލް އެއް” ލިއުޝާމެންގޭގެ ބޭރު ޖޯލިފަތީގައި ތިބެ އަފްހަމްމެން ވާހަކަދައްކަމުން ދިޔައެވެ. “އަހަރެންވެސް ހިތައްއަރާ މާންބެއަށް ވިސްނޭނެނަމައޭ އަފޫހާ ރަނގަޅު ބައިވެރިއެއް ދެން މާންބެއަކަށް ނުލިބޭނެ” އުޑުގައި ބަބުޅަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލަމުން ލިއުޝާ ބުންޏެވެ. “އަޅެ ޓުރައި އެއް ކޮށްލަންވީނު” އަފްހަމްވެސް ޖޯލީގައި ރީއްޗައް އިށީނދެލަމުން ބުންނެވެ. “އިރާދަކުރެއްވިއްޔާ އަހަރެމެންގެ އަފޫއަށް އަދި މާންއަށްވެސް ދެރަގޮތެއް ނުވާނެ” ލިއުޝާ އަފްހަމްގެ އަތުގައި ހިފާލަމުން ބުންޏެވެ.

ސިޓިންރޫމުގައި ޓީވިބަލަން އިން މިޝާ ހިނިތުންވެލީ އަފްރީން ފަރަގަހުން އައިސް އޭނާގެ ގައިގައި ބައްދާލުމުންމެވެ. “އިނގޭ ބުންޏަސް މަންމަ އަފޫ ނާންނަންދެން ނުނިދާނެކަން އެހެންވެ އަވަހަށް މިއައީވެސް” “ދަރިފުޅު ސަލާމަތުން އެނބުރި ގެއަށް ނުވަންނަންދެން މަންމައަށް ނިދިދާނެތަ” “މިހާރު މިހިރީ އައިހެއްނު ދެން ހިނގާ ނިދަންދަމާ އަފޫ ވަރަށް ވަރުބަލިވެސްވެއްޖެ” “މީރުތަ މަންމަމެން ކެއްކި ކާއެއްޗެހިތައް؟؟” މައްޗަށް އަރަމުން މިޝާ އެއްސެވެ. “ވަރަށް މީރު އެެންމެ އެތިކޮޅެއްވެސް ބާކީ ނުވެ” “އެހެންތަ” މިޝާ އާއި އަފްރީން އެކަކު އަނެކަކަށް ބާއްޖަވެރި ރެއަކަށް އެދެމުން ކޮޓަރިއަށް ވަނެވެ.

އިރުގެ ރަންދޯދިތަކުން ދުނިޔެ އަލިކުރަމުން ދިޔައިރު މުޅި މާހައުލުގައިވަނީ ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ. ބާގީޗާގައި ކޮފީ ބޯން އިން އަފްރީންގެ މޫނުމަތިން އެހެންދުވަސްތަކާ ހިލާފައް މިއަދު ފެންނަން ހުރީ ހިތްހަމަޖެހުމެވެ. އަފްރީންގެ ހަރަކާތްތައް ބަލަން ހުރި އަފްހަމްއަށް މިކަން ފާހަގަވުމުން ހިނިތުންވެލާފައި އައިސް ބެންޗުގައި އިށީނދެ އަފްރީންގެ ކޮނޑަށް އަތް ވައްޓާލަމުން އޭނާއަށް ބުމަ އަރުވާލިއެވެ. “އެވްރިތީން އިޒް ފައިން ނައު” އަފްރީން ހިނިތުންވެލަމުން ޖަވާބުދިނެވެ. އެހެންބުނެ އަފްރީން އަފްހަމްއަށް ހަޔާ ކަންތައްކުރި ގޮތުގެ ވާހަކަ ކިޔާދިނެވެ. “އެހާ ބޮޑުކަމެއްވީ އިރުވެސް އަފޫ ބުނެވެސް ނުލާ” އަފްހަމް ރުޅިމޫނު ހަދާލަމުން ބުންޏެވެ. “ބުރޯ އައި ހޭޑް ޓު ފޭސް އިޓް އެލޯން” ހެލްޕެއް ބޭނުން ވެއްޖިއްޔާ ބުނާނަމޭ” “ދެޓްސް މައި ގާލް” ހިނިތުންވެލަމުންް އަފްހަމް ބުންޏެވެ.

ފުންނިންޖަކުން ނިދާފައި އޮތް ހަޔާއަށް ހޭލެވުނީ ކޮޓަރީގައި ޓަކިދޭ އަޑަށެވެ. “މަޑުކޮށްލާށޭ” ބުނެފައި ފާހަނައަށް ވަދެ ދަތް އުނގުޅާ މޫނުދޮވެލައިގެން ނިކުމެ ކުޑަކޮށް ތަންމަތި ރީތިކޮށްލުމަށްފަހު ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި އަމާން ފެނުމުން ހިނިތުންވެލަމުން ދޮރު ބޮޑަށް ހުޅުވާލިއެވެ. އަމާން އެއްޗެކޭ ނުބުނެ އެތެރެއަށް ވަދެ އެތާ ހުރި ކައުޗެއްގައި އިށީނނެވެ. “ހަޔާ ކޮޅަށް ނުހުރެ އާދަބަލަ މިތާ އިށީނނަން” ހަޔާ ކޮޅަށް ހުންނަން ފެށުމުން އަމާން ބުންޏެވެ. އަމާން ފުންނޭވާއެއް ލުމަށްފަހު ވާހަކަދައްކަން ފެށިއެވެ. “ހަޔާ ބުނަން ބޭނުންވާ އެއްވެސް ވާހަކައެއް އެބައޮތްތަ؟؟” އަމާން ސީދާ ހަޔާގެ ލޮލަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ. “ނު..ނޫން” އަޅައަޅައިގަންނަމުން ހަޔާ ޖަވާބުދިނެވެ. “ހަމަ އެއްވެސް ވާހަކައެއްނެތް” ހަޔާ ބިރުން އިނދެ ބޯޖަހާލިއެވެ. “ކީއްކުރަން ދޮގުތި ހަދަނީކީއެއް؟؟ މަށަށް ހުރިހާ ކަމެއް އެނގިއްޖެ؟؟” އަމާން ހިންހަމަނުޖެހިފައި އެހެން ބުނިއިރު އެއަޑުގައިވަނީ ރުޅިވެރިކަމެވެ. “މާން އެއީ އެޑިޓްކޮށްފައި ހުރި ފޮޓޯތަކެކެވެ. އަފްރީން އަހަރެމެން ދުރުކުރަންވެގެން ދައްކާ ތާކުން ތާކުން ނުޖެހޭ ވާހަކަ އެއީ” ހަޔާ އަމާންގެ ދެއަތުގައި ހިފާލަމުން ބުންޏެވެ. “އަދި ވެސް އެހެން މީހުންގެ ބޮލުގައި އެބަ އަޅުވައޭ.. ކޮން ފޮޓޯތަކެއް މަށެއް ތިބުނާ ފޮޓޯތަކެއް ނުދެކެން” އަމިއްލައަށް ބޭޒާރު ވެއްޖެކަން އެގުމުން ހަޔާ ހިމޭންވިއެވެ. “އަހަރެން ބޭނުމެއް ނޫން އިތުރަށް ހަޔާއާއި އެކީ އުޅޭކަށް ތިއުޅޭ ވައްތަރަކަށް އުޅެންދޭ މާލެއަށް” އެހެން ބުނެފައި އަމާން ކޮޓަރިން ނިކުންނަން ދިޔައެވެ. “މާން އަހަރެން ވަރަށް..” “ހަބަރުދާރު.. މަށަށް ކިޔަނީ އަމާން.. ތިވަނީކީ ލޯތްބެއްވެސް ނޫން.. އަަހަރެން ފަހަތުން ނާންނާތި” އެހެން ބުނެފައި އަމާން އެކޮޓަރިން ނިކުމެގެން ދިޔައެވެ. ހަޔާ ރޮމުން ރޮމުން ހުރިތަނަށް ތިރިވިއެވެ. އަދި އެހެން އިނދެފައި ދެލޯ ފޮހެލިއެވެ. “އަހަންނަށް މާން ނުލިބިއްޖިއްޔާ އެ އަފްރީންއަކަށްވެސް ނުލިބޭނެ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (96)

  1. Shaa

    Nice!!

    1. Aisha
      Shaa

      Thank u shaa ?

  2. Shaa

    Dhn avahah maan kathilaaa.. loabivegen gos heybali vefa ehnnu hayaa e hury.. eyah kiyany geri loabi ??

    1. Aisha
      Shaa

      Haha… Thank u shaa

  3. Anonymous

    Vv reethi

    1. Aisha
      Anonymous

      Thank u Anonymous ❤

  4. Shaa

    Wooohooo.. i the first dhw … hihihihi..

    1. Shaa
      Shaa

      I am*

    2. Aisha
      Shaa

      Yes dear u r first ❤

  5. zuloo

    Aisha haadha salhi ey mi first

    1. Aisha
      zuloo

      Thank u zuloo?..ekamu mi faharu third libuniee dear next time dho ?

  6. shaxu

    nice

    1. Aisha
      shaxu

      Thank u shaxu ?

  7. sam♥

    wow… stry haadha lovely ey dhwwww …. hayaaa adhivess eulhenyy afoo ah laduu dheynthaaa …. Aisha dhen afoo dheraa nukuraathiii .plx plx. maan n afoo gulhuva… hayaaa konmevess nubayeh hadhaaane adhii . balaathiii…..hehehehe thankoo aisha ..waiting next part …i love it♥♥♥

    1. Aisha
      sam♥

      Thank u dear❤.. Hehe aarn hayaage gotheh neygeyne.. Welcome dear ?

  8. malkoo

    Woow it’s awesome aisha varah avahah up kohdhehchy next part

    1. Aisha
      malkoo

      Thank u dear.. Last part dhen innanee dhigukoh genesdheyn beynun so I need time Wednesday igey but I will try my best eahvure avahah genesdheveythoa ?

  9. Aisha

    Hi hurihaakudhin.. mi faharu ves delay vehje dho really sorry 4 that.. Let me know the mistakes igey ? hope u will like this part as well.. Dhen innaniee last part.. As its the last I need time ehenve Wednesday ga up vaany hope u will understand.. Love u all ❤ enjoy.. Have a good day ?

  10. aish

    Story vvvvv reethi… Mi part kuruhen hyvey..next part koniraku?

    1. Aisha
      aish

      Yes dear Mi part kuru hama.. Dhen innaniee ending dhigukoh genesdheynan iraadha kurehvihyhaa wednesdayga ? thank dear ❤

  11. Fathun

    V reethi?

    1. Aisha
      Fathun

      Thank u faathun ?

  12. Layaa

    Ma sha allah .. mibaivess varah reethi..? keep going.. Aisha vareh hamanai..?

    1. Aisha
      Layaa

      Thank u layaa ❤❤❤ thihaa loabi comment eh kohladhineema ?

  13. Afoo

    Story haadha reehchey dhw.. waiting for the next part..konirakn next part kiyaalan libeyny Aisha??I can’t even wait to read it!!????

    1. Aisha
      Afoo

      Alhey afoo thank u igey varah?? bodah last part dhen innaniee.. Wednesday will do my best avas kohdheveythoa ?

  14. Jeem

    V reethi

    1. Aisha
      Jeem

      Thank u jeem

  15. Ainth

    v salhi… waiting for next part..

    1. Aisha
      Ainth

      Thank u ainth ?

  16. Desentends of the sun

    Mi hayaa fonu vaalan viy guraidhoo ah!!!!
    Aadhen ehenya!! Hurihaa enmen ge dhiriulhun ebadin mibadin eba jahaa viya!!!
    Mi part varah reethi Aisha?

    1. Aisha
      Desentends of the sun

      Thank u my dear ? aarn Aisha ebas igey thikamaa

  17. Naxy

    Salhi

    1. Aisha
      Naxy

      Thank u naxy

  18. Chum handi

    Interesting…. so hayaa fahun ebuni jumla inn ingeny afoo noony maan ah konmes gotheh vaane kan… they rather die on be someone else’s…. but that’s not what We want…. hope to see a happy ending….?

    1. Aisha
      Chum handi

      Alhey dear don’t think that much.. Lets see dhw vaagotheh ? insha Allah

  19. Kuddy

    Wow varah salhi… luv it.. heevany vaahaka therey ulheveyhen.. ?

    1. Aisha
      Kuddy

      Alhey thank u Aisha varah try kuran ehen feel vaahen genesdheveytho ? thank u so much kuddy ?

  20. Friend

    V nice mi part vx.? Alhe last part eyyy….? Adhi ninmaanulaa Aisha… Afoo aa maan v gulheyy..❤

    1. Aisha
      Friend

      Let’s see dhw what happends thank u friend ???

  21. Bahee

    Haadha lahakun saturday ga up eah nuoureaveanea tha

    1. Aisha
      Bahee

      Yes dear Aisha class ovey saturdayga ehenve not possible ekamu try kuraanan avah genesdheveythoa..

  22. nonns

    Wow. Story vv reethi. Thank god. Atlast haya is busted. Alhe anekka hayaa gos afreen maraa nulaifiyyaa rangalhu. Ekaaves nubai ifreetheh viyya eiy.

    1. Aisha
      nonns

      Thank u nonns ?.. Aarn hayaage gotheh neygeyne ?

  23. Any

    V.v.v reethi story alhey aisha ehaa avahah vahaka nunih mahchey any varah kiyahihvey mivaahaka love you more ?❤❤❤

    1. Aisha
      Any

      Alhey thank u any ❤ last part Aisha varah dhigukoh genesdheynan.. And aisha raaavafa oiy goiy miee thank u dear 4 the support ❤❤❤ and love u even more ?

  24. Shaai

    Wow nice… superb

    1. Aisha
      Shaai

      Thank u shaai ?

  25. Noor

    Alhe mioh reethi vaahaka nimeythy varah dheravey…mi part ves vv.salhi

    1. Aisha
      Noor

      Thank u noor ❤❤❤ thank u 4 the support really appreciate it ?

  26. Ary

    Wow, ?

    1. Aisha
      Ary

      Thank u ary ??

  27. §ámå?

    Maa shaa ALLAH nice

    1. Aisha
      §ámå?

      Thank u dear ?

  28. Maany

    It’s an honour to read this story
    Masha Allah vvvv nice keep it up
    ❤❤❤❤❤❤❤❤ #loveumore

    1. Aisha
      Maany

      Thank u maany ❤❤❤ really glad u feel that way ? love u even more u dear ?

  29. Sanaa

    Vrh reethi mi prt vx

    1. Aisha
      Sanaa

      Thank u Sanaa ??

  30. Some one

    V v v v v v v v lwbi! Kiyaahiyvanii… When nxt part??

    1. Aisha
      Some one

      Thank u dear ??? alhey dhen innaniee last part dear wait for Wednesday.. Aisha baalaanan ekamu eahvure avahah up kohdheveythoa

  31. Khajja

    Wow masha allah v rythi ??❤❤ Aisha hayaa ah surprise eh dhybala kulli akah hayaa avves neyngi misha mennaa eku afoo aa maangeves wedding baavvan ulhey ehennoony hayaa afoo noony maan ah dhera gothen hadhaifaane mifaharu afoo ah dhera eh libuna nudhechchey plx plx stry v rythi ???

    1. Aisha
      Khajja

      Thank you khajja ??? higaa balaalama dhw vaagotheh ?

  32. Adha?

    Varah habeys ingey mi part ves? Hehehe.. finally haya ge kanthah falhaaeree? ekam varah heevey next part ga afoo or maan ah knmes gotheh vaanehen….. dhen fahu part dw.. mihaa reethi vaahakaeh nimethy varah dheravey???..

  33. naash

    Its lovely as always??
    Really excited for next part

    1. Aisha
      naash

      Thank u naash ❤

  34. Nana

    Waaaaaaaau… Mi part vx varaaaaaaaaaaaaaah salhi… ❤Mi hayaa maithiri vaakah hama nulhey dhw..?? waiting ingey next part ah.. No last part ah.. Hehe

    1. Aisha
      Nana

      Thank u my dear ??? hehe aarn

  35. song joong ki..korean

    vvvv reethi masha allah!! Enme fahun hayaa ah landeh dhw e libuny!! hehe keep it up!! waiting for the nxt part!! 🙂

    1. Aisha
      song joong ki..korean

      Thank u Korean fan ???

  36. song joong ki..korean

    eyyy dhn othee last part dhwwww. waiting waiting

    1. Aisha
      song joong ki..korean

      Yes.. Keep waiting insha Allah.. Aisha Wednesday ga enme lasvegen last part genesdheynan

  37. song joong ki..korean

    hehe korean fanun vx mivaahaka kiyaa kan aee kihaa bodu sharafeh dhw!! hahah 🙂 🙂

    1. Aisha
      song joong ki..korean

      Yes.. Hehe

  38. Adha?

    Varah habeys ingey mi part ves? Hehehe.. finally haya ge kanthah falhaaeree ? ekam varah heevey next part ga afoo or maan ah knmes gotheh vaanehen ? dhen othy fahu part dw.. varah dheravey mi story nimeythy ??

    1. Aisha
      Adha?

      Thank u dear ?? alhey kiehkuraniee dho

  39. Rau

    wow…awsome mi part vx…waiting for next part…?❤

    1. Aisha
      Rau

      Thank u dear ???

  40. writer

    vvvvvv furihama… i enjoyed it… but let maan feel the pain…afreen v maan kudakoh thalhuwan…ehaa hurt kuryma…. dhn hama haya anna irah maan dhaan jehey viyyaa… hihi…. haya ah evy hama ragalhah… keep it up.. i love this

    1. Aisha
      writer

      Thank u writer ❤❤❤ I am really happy to hear that ?

  41. Some one

    Yaa dww amman thalhuvaalan vaaane afriin lavva!!! ?? alhe last prt dw!!! Waiting…… Waiting…

    1. Aisha
      Some one

      Hehehe.. Keep waiting ?

  42. Princess

    Varah reethi mivaahaka.ماشا الله

    1. Aisha
      Princess

      Thank u princess ?

  43. Princess

    HAYAA haadha goheyy. Hama rangalhah evii… N mi story vvvv reethi…

    1. Aisha
      Princess

      Thank u dear.. ?❤

  44. Saran

    How many parts left? ?

    1. Aisha
      Saran

      Last part dhen innaniee

  45. Azu

    Kuhjaku mi vaahaka reethi vaahaka buneem mi kiyaalee….asluves hama vv reethi….eulhey haya eh dho…varugadha anheneh huvaa….dhen neynge kuraanee konkahalaane kameh ves…konme fadha kameh ves kohfaane….dhen ekam afoo ah dhera gotheh nuhadhahchey……
    Aisha thee laamu atoll kuhjehtha???

    1. Aisha
      Azu

      Ehentha thank u varah bodah ❤❤❤ noon

  46. Shizu

    Asluves v reethi mi vaahaka aisha thanks ❤❤❤

    1. Aisha
      Shizu

      Thank u shizu bodukoh ??? n welcome hama

  47. Aphy

    Hayaa ah visney iru vaguthu faaithu vaane..anyways hama v salhi vaahaka dhaagoiy..baraabarah vaahaka kiyan bt v dhuvas kohllaafa comment kohlleemi..whn is the nxt part..hama waitting?

    1. Aisha
      Aphy

      Thank u thihaa dhuvas kohlaafavex comment eh kohlieema❤.. Insha Allah varah avaha genesdheynan last part ?

  48. Ainth

    Waiting fr next part… V kiyaahithun kiyaa vaahakaeh..ekam dhen nimaalaairuga maan Aa afreen ehkoladehchey…

  49. Aphy

    Alhey…last part ah haadha inthizaarekey thikiruvanee..knirakun up vaanee

    1. Aisha
      Aphy

      Insha Allah mi adhu up kohladheynan

Comments are closed.