މަލާކް… 7ވަނަބައި
އެއީމީގެ ސައުވީހަކަށް އަހަރުކުރިއެވެެ. ހިޝާމް އާއި ސަމީހުުގެ ޒަމާންވީ ގާތްގުޅުމަށް އިންޤިލާބެއްގެނުވީ އޭރުގައެެވެ. ސަމީހުގެ ހިތުގެރާނީ ހިޝާމްއާއި ހަވާލުކުރަންޖެހުނީ އެހިތުގައި ވޭންނާޅާތީއެއްނޫނެވެ. ނަމަވެސް ދެމީހުނަށް ވެސް އުފާވެރި ހަޔާތެއްލިބެން އޮތީ އެފަދަގުރުބާނީއެއް ވެގެބް ކަމުގައި ތަގްދީރުގައި ލިޔެވިފައިވުމުން ނެވެ. ނަމަވެެސް ސަމީހުގެ އެމަޖުބޫރީ ކައިވެނި ވެވުނީ ހިޝާމް އާއި ޒިޔާދަގެ ކައިވެންޏަށް ދަރިއަކުލިބުން ފަހުންނެވެ. އެހުރިހާދުވަހުވެސް ހިތުގައި އަތްއަޅާލައިގެން އެމީހުންގެ ހާލުބަލަމުން ގެންދިޔަ ސަމީހުއަށް އެއްވެސް ގޮތެއްނެތި މަައިންބަފައިންގެ އަގު ހިފޭއްޓުމަށް ކުރިކައިވެނި ވެގެންދިޔައީ ހިޝާމް އާއި ޒިޔާދާގެ ދިރިއުޅުމުން ދުރުކޮށްލި ކަމަކަށެވެ. އާއިލާގެ އިތުރުން ހަޔާތުގެ ބައިވެރިޔާއަށް ޒިޔާދާއަކީ ކާކުކަން އެނގުމުން އެގުޅުން ކަނޑާލަން ޖެހުންވީ ސަމީހު ދިރިހުއްޓައި ވަޅުލުން ފަދަކަމަކަަށެވެ. އޭރުވެސް މިހާރުވެސް ސަމީހުގެ ދިރިއުޅުން އޮތީ ހަމަ އެމަޖުބޫރީހާލަތުގަައެވެ. މައިންބަފައިން ނިޔާވުމާއެކުހެން އަނބިމީހާގެ އަޅުވެތިިކަމުގައެވެ.
ހިޝާމް އާއި ސަމީހު އެކަކު އަނެކަކާއި ގާތްވެ އެތައްދުވަހަކަށް ފަހު ބައްދާލީރު ދެމީހުންވެސް ތިބީ ހަޔާތުގައިދިމާވި ހައިޖާނުގަނޑުގައި އެކަކު އަނެކަކާ ބައްދަލް ނުވެވިގެން އެކަމަށް އެދިއެދިއެވެ. އެކަމުގެ މެދުވެރިއަކަށްމިވީ އެމީހުންގެ ދަރިންނެވެ. ތަގުދީރުގެ ނިޔާ ކިހާމޮޅުހެއްޔެވެ. އެއްގޮތަކުން ނުވީޔާ އަނެއްގޮތަކުންވެސް އެދެއެކުވެރިން އެއްތަން ކުރުވައިފިއެވެ. ވާނުވާނޭންގިފައި އަރޫންމެންނާއި މައިޝާމެން އަނގަހުޅުވިފައި ތިއްބައި މަލާކްމެންވެސް ފެންފުޅިތައް ގަނެގެން އައިސްހުއްޓުނެވެ. ތަނަށްވެރިވެފައިވާ ހިމޭންކަން މެދުކަނޑާލީ ހިޝާމްގެ އަޑުންނެވެ. ” މައިޝާ، މިޝާ، މަލާކް ނިކަން އާދެބަލަ ބައްޕަކައިރިއަށް .. މީރާން އާއި ޝަމާލް ވެސް.. ހުރިހާކުދިން އަޑުއަހާ.. މީ ބައްޕަ ސްކޫލް ދައުރުންފެށިގެން އެމީހަކާއި ވަކިނުވެވުން ރަހްމަތްތެރިޔާ ސަމީހް.. އަރޫން އާއި ބިންޔާގެ ބައްޕަ.. ޖަޒްލާން ދަރިފުޅާާ ދުރިގަނުހުރެ އާދެބަލަ ބޭބެދެކެނީ ތިވެސް ހަމަ ބޭބެގެ ދަރިއެއްގޮތުގައޭ.. ” ތަންކޮޅެއް ދުރުގައި ޖަޒްލާން ހުރުމުން ހިޝާމް އޭނާއަށްވެސް ގޮވާލިއެވެ. ” ސަމީހުއަށް އިނގޭތަ.. މީ ޒިޔާދާގެ ހަމައެކަނި ހުރި ދައްތަ ޒާހިދާގެ ދަރިފުޅު.. ” ” އެހެންތަ.. އެކަމަކުތީ އަހަރެންގެވެސް ކުއްޖެކޭ.. ” ސަމީހުވެސް ހިޝާމްއާއި ބައިވެރިވެލަމުން އެބުނިއެއްޗެއް އެނގުނީ ހަމައެކަނި އަރޫންއާއި ބިންޔާގެ އިތުރުން ޝަމާލް، މިޝާ އަދި މަލާކްއަށެވެ. ހިޝާމްއަށް ވެފައިހުރިގޮތް ފެނުމުން ހީލަމުން ބިންޔާއާއި ޖަޒްލާންގެ ވާހަކަ ސަމީހު ބުނެދިނެވެ. އެއާއެކު ހިޝާމްގެ އިތުރުން މައިޝާއާއި މީރާންވެސް ޖަޒްލާން އާއި ބިންޔާއަށް ހޫނުމަރުހަބާއެއް ކިޔެވެ.
ހިޝާމްއާއި ސަމީހު މާޒީގެ ސަފުހާތަށް ހިއްސާކޮށްލުމަށް އެއްކައިރިއަށް ޖެހިލިނަމަވެސް ހުރިހާކުދިން ބާބެކިއުގެ މަސަައްކަތް ފެށިއެވެ. އޭރު މަލާކްތޯއެވެ. އަރޫންގެ މޫނުން ނަޒަރު ވަކިކޮށްނުލައެވެ. ހިތްފުރެންދެން ބަލާލާފަދައެވެ. ނަމަވެސް ވަގުވަގުވަގަށް އަރޫން ކަޅިއެއް އެއްލާއިރަށް އިސްޖަހާލަނީ ވަރަށް ނޫންކަމަށް ހެދިއެވެ މިމަންޒަރު ބަލަން ޝަމާލް އެތެރެން ހީލަ ހީލާހުރިކަމެއް އަރޫން އަކަށް އަދި މަލާކް އަކަށްވެސް ނޭންގެއެވެ. ހުރިހާކަމެއް ނިމިކެއުންފެށުނީ އަށެއްޖަހާން ވެފައިވަނިކޮށެވެ. އުފާވެރިވަގުތުކޮޅެއް ހޭދަކުުރުމަށް ފަހުގައި ވަކިވާވަގުތުޖެހެނީއެވެ. މަލާކް އެޏަގެ ބައްޕަކާއިރީގައި އިންދައި މެސެޖްއެއްލިބުނެވެ. ” ހެއި މަލާ.. އާދެބަ މިކޮޅަށް.. ” އަރޫންގެ މެސެޖްއެކެވެ. މާނޫންކަމަށް ހަދާލާފައި މަޑުމަޑުންގޮސް އަރޫންގެ ފުރަގަހުގައި ހުއްޓިލާފައި މަލާކްވެސް މެސެޖްކޮށްލިއެވެ. އަރޫން ނަޒަރުއެކިދިމާއަށް ހިންގާލިއެވެ. މިމަންޒަރުވެސް މިފަހަރު ޝަމާލްއަށް ފެނުނެވެ. އެއާއެކުހެން އަިސް އަރޫން އާއި މަލާކް ގޮވައިގެން އެއްކައިރިއަށް ޖެހިލީ ސީކްރެޓްއެއް ކަމަށް އެހެންމީހުން ކައިރީގައި ބުނެފައެވެ. ޝަމާލްއަކީ ވަރަށް ގިނައިން އެކަހަލަ މަޖާކަންތައް ކުރާމީހެއްކަމުން ހުރިހާމީހުންވެސް އެކަމާއަޅާނުލައެވެ.
” ހޫމް .. ދެން ތިކިޔާއެއްޗެއް ކިޔާބަލާ.. ” އެެހެެންމީހުނާ ނިވާ ވާ ހިސާބަށް ޖެހިލުމަށް ފަހު ޝަމާލް އެހެން ބުނުމުން އަރޫން އަދި މަލާކްވެސް އިނީ ވަގުހިފުނީކަން އެނގި ލަދުން އިސްޖެހިފައެވެ.
“ބަލަ ތީދެމޮޔައިންތަ.. އަހަންނަށް ތިދެމީީހުންގެ ކަންކަން ވަރަށް ރަނގަޅަށް އެބަފެނޭ.. ހެެހެ ކީއްކުރާނީދޯ.. އެންމެ ފުރަތަމަ އައިދުވަހު އެއަރޕޯޓުން ފެށިގެން ގޭގެ ޓެރަހަށް ދިޔަދުވަހާ މަލްކޮއަށް އަރޫންނުލައިދިޔާމަ ވީގޮތާ.. އަދި މިއަދު ތިދެމީހުންގެ ރިއެކްޝަން ހުރިގޮތްވެސް އަހަރން ދުށީމޭ.. ” ” ދެންކުޑާބޭ.. މަލާކް އެންމެެ ފަހުން ރަކިވެގެން ޝަމާލް ގައިގަ ބައްދާލީ އެމޫނު ބްލަޝްވީތީ އަވަހަށް ފޮރުވާލަންވެގެންނެވެ. ” އަސްލު ކުޑާބެ ބުނަންތަ ވާހަކައެއް.. ތިދެމީހުން ގުޅުން އެއީ ކުޑާބެއަށްވެސް ލިބޭވަރަށް ބޮޑުއުފަލެއް.. އެެކަމަކު…” ޝަމާލް ހުއްޓާލުމުން އަރޫން އާއި މަލާކް ވެސް ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލާލިއެެވެ. “އެކަމަކު ކިހިނެއްވީޔަ ޑޫޑް..” އަރޫންއަށް އިތުރަކަށް ކެތެއްނުވިއެވެ. އެހާފަސޭހައިން ހެއްވާލާފަ ދެން އެބުނީ އަނެއްކާ މިކަންނުކުރާށޭހެން އޭނާއަށް ހީވިއެވެ. ” އަރޫން .. ހަމަޖެހޭ އަރޫންގެ ގޮތް އެންމެ ރަނގަޅަށް އިނގޭނެ އެކަކަށްވާނެ އަހަރެން .. އެހެންވީމަ މިބުނަނީ.. އަދި މަލްކޮއަށްް ޓައިމްދޭން އަހަންނަށްފެންނަނީ… ކުރިއަށް މިއޮތް އަހަރު އެސިކުންޑީގައި ކިޔެވުމަށް ތަންދޭންޖެހޭ މިންވަރު ބޮޑުވާނެ ތިގުޅުމަށްވުރެ.. އޭރުންދޯ މަލްކޮގެ ޑްރީމްވެސް ފުލްފިލްވާނީ.. ” އަރޫން ބޯޖަހާލީ ޝަމާލްއެބުނިއެއްޗެއް އެނގެއޭ ބުނާ ފަދައަކުންނެވެ. “މަލްކޮ އޯކޭއެއްނު.. ދޯ.. ” މަލާކް ވެސް ބަސްއަަހާ ކުޑަކުއްޖަކުހެން ބޯޖަހާލީ މުސްތަގުބަލަށް ވިސްނާލާފައެވެ. އޭނާގެ ޑްރީމް ނޭޝަލްޓޮޕްޓެންގެ އެއްވަނަ ހޯދަން ކޮންމެެހެންވެސް ބޭނުންވާތީއެވެ. “ހޫމް މިހެންތިބެވޭކަށް ނެތެއްނު ހިނގާބަލަ މޮޅުކަމެއްރާވާލަން.. އެހެންނުނީ އެމީހުން ސުވާލުކުރާނެ..” އެދެމީހުން ހަމައަކަށް އަޅުވަާލުމަށް ފަހު ޝަމާލްވާހަކަ ދެއްކިއެވެ. ” ހިނގާ.. ޓަރމިނަލްއަށް.. އަދި ވިއްސަކަށް މިނެޓްފަހުން ފެރީގެ ދަތުރުއިންނާނީ.. އެކޮޅަށްގޮސް އަހަރެން ޓިކެޓްނަގާލާފަ މަޑުކުރާނަން.. އޭރަށް އެމީހުން އަންނައިރު އެހާބޮޑުކިއޫއެއްގަ ނުޖެހޭނު..” ގަޑިއަށް ބަލަމުން އަރޫން ވާހަކަދެއްކިއެވެ. ” އެހެން ވީމަ ތިލޯބިި ލޯބި ލަވްބަރޑްދޭ.. އެކަމަކު ބަލައިގެން އުޅޭތި.. އަހަރެން މިދަނީ އެމީހުނާއެކު ރެޑީވެލައިގެން.. ” ޝަމާލް އެދެކުދިން ވަގުތުކޮޅެއް ދިނުމުގެ ގޮތުން ފޮނުވާލިއެވެ.
ވަކިހިސާބަކަށް ގޮސް އަރޫން ސައިކަލް މަޑުކޮށްލުމަށްފަހު ފެއިބިއެވެ. މަލާކްގެ ނިއްކުރީގައި ބޮސްދިނީ ދުވަހަކުވެސް ވަކިނުވާނަމޭ ބުނާފަދަގޮތަކަށެވެ. މަލާކް ޖެހިބުދެންހެން އިނދެވުނީއެވެ. ” މަލް.. އަހަރެން އެވާހަކަ ދައްކަން ވަރަށް ބޭނުންވެފަ ހުންނަތާ ކިތަންމެ ދުވަހެއް.. އެކަމު ހަމަފަސްޖެހެވެނީ.. އެކަމަކު މިރޭ ބޭނުމެއް ނޫން ދޫކޮށްލާކަށް.. ” މަލާކް ކައިރިއަށް ޖެހިލާފައި އަރޫން ވާހަކަދެއްކިއެވެ. ‘ މަލާ.. އައި ލަވް ޔޫ..” މަލާކްްއާއި ހަތަރުކަޅި ހަމަކޮށްލަމުން އަރޫން އެބުނީ މިހުރިހާދުވަހު މަލާަކް އެންމެ އަޑުއަހަންބޭނުންވި ޖުމްލައެވެ. ޖަވާބު އަނގައިން ބުނުމގެ ބަދަލުގައި މަލާކް އަރޫން ގައިގަ ބައްދާލީ އެއީ ޖަވާބުކަމުގައި ބުނަމުންނެވެ. ” އެކަމަަކު މަލާ ކިޔަވާނިމެންދެން އަހަރެން މަޑުކުރާނަން.. އިނގޭ.. ކިޔެވުމަށް ބުރުލެއް އަރާނެ އެއްކަމެއްވެސް ވާން އަހަރެން ބޭނުމެއްނުން..” ” ތީމަލާވެސް ބޭނުންގޮތް.. ” އަރޫންގެ މޭގައި މޫނުފޮރުވާލައިގެން އިނދެ މަލާކްބުނެލިއެވެ. ” އޮހްް.. އަވަހަށް ހިނގަދާން މިހާރު އެމީހުންވެސް އެކޮޅުން ނައްޓާލަފާނެ.. ” އަރޫން މަލާކްއަށް ވިސްނައިދެމުން ބުންޏެވެ.
އަރޫންމެން ދިޔައިރު ނަސީބަކުން ސައިކަލް ގެ ކިއުއެއް ނެތެވެ. ވުމާއެކު އެންމެނަށް ޓިކެޓްނަގައިގެން ކިއުވަދެލިތަނާހެން އެމީހުންވެސް އައިސްް ވަނެވެ. އޭރު ފެރީފުރަން މަގިނަ ވަގުތެއް ނެތުމުން ސައިކަލްތަކާއެކު އެމީހުނަށް އެންމެފުރަތަމަ ފެރީއަށް އެރުނެވެ. 20 މިނެޓްގެ ދަތުރަކަށް ފަހު ދެ އާއިލާ ވަކިވެގެން ދިޔައީ އަރޫން އާއި މަލާކްގެ ހަޔާތަށް ބަހާރުމޫސުން ގެނެސްދީފައެވެ.
މަަލާކް ވެސް ވަރަށް ހިތްހަމަޖެހިގެން ދުވަސްތަށް ގުނަމުން ދިޔައީ ހިތްއެދޭ ބައިވެރިޔާ ލިބުން އެކަމާ ޝުކުރުވެރިވާ ހާލުގައެވެ. އަރޫންގެ ކޯލެއް އަދި މެސެޖެއް އަބަދުވެސް ލިބިލިބި ހުރެއެވެ. ވުމާއެކު މަލާކްގެ މޫނުމަތީގައި ނުފިލާ އުފާވެރިކަމެއް އަބަދުވެސް މިހާރުވެއެވެ.
ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ ކަންތަށް އެންމެ ފުރިހަމަށް ނިންމާލުމަށް އަވަދިނެތި އުޅެމުން ދާއިރު ގ.ޒިޔާދާާމަންޒިލް އަށް ވަނީ އީދު އައިސްފައެވެ. މިރެއަކީ މައިޝާމެންގެ ކައިވެނީގެ ރޭކަމުން އަވަސްހިނިތަކެއް ހެން މީރާންގެ އާއިލާގެ އިތުރުން ބިންޔާ ވެސް މިއަދު އެމީހުނާއެކު ބައިވެރިވެއެވެ. ބަލްޤިސް އެފަހަރު ރިޒޯޓަށް ގޮސްފައި އައިސް އަނެއްކާ ހަފްތާއަކަށް ދުބާއީއަށް ދިއުމުން ބިންޔާއަށް ވަނީ ފުރިހަމަ މިނިވަން ކަން ލިބިފައެވެ. ހުރިހާފިރިހެނުން ހަރަކާތްތެރިވަމުން ދިޔައީ ހޮޓެލް ޖެންގެ ޓެރަސްރެޑީކުރިމަށެވެ ކެއުންވެސް އެހޮޮޓަލުން ހަމަޖައްސާފައިވުމުން އެކަމާ ހާސްވާކަށް ނުޖެހުނެވެެ. ކަޕްލްސް ތިބޭ ސްޓޭޖް ތައްޔާރުކުރީ އަރޫން އާއި ޝަމާލް އަދި ޖަޒްލާންއެވެ. މީރާން ހަރަކާޔްތެރިވީ ހިޝާާމް އާއި ސަމީހުއާއިއެކު އެހެނިހެން ކަންކަމުގައެވެ. މަައްކަތް ކުރުމަށް ސަމީހުގެ ފަރާތުން އޭނާގެ އޮފީހުގެ ބައެއް މުއައްޒަފުން ވެސް ހަރަކާތެރިވަމުން ދާތީ ހީކުރިވަރަސް ވުރެ އަވަހަށް ނިންމާލެވުނެވެ. ސެޓް ތައްޔާރު ކުރެވިފައިވަނީ ފެއްސާއި ހުދުންނެވެ. ބަލާލިކޮންމެ މީީހަކު އާޝޯހުކުރުވާފަދަ ރީތިގޮތަކަށް ސްޓޭޖް ވަނީ ހަދާލާފައެވެ.
ހުރިހާމީހުން ވެސް މަސައްކަތްތައް ނިންމާލުމަށްފަހު ހަވީރުވުމުން އަވަދިނެތިއުޅުނީ ޒީނަތްތެރި ވުމުގައެވެ. މައިިޝާ ތައްޔާރުކުރަން ގެއަށް ބިއުޓީޝަނުން އަންނަގޮތައް އޮތުމުން މިޝާ އާއި މަލާކް ގެ އިތުރުން ބިންޔާވެސް ތައްޔާރުކޮށްދިނީ އެމީހުންނެވެ. މައިޝާ ހުދުކުލައިގެ ބޮޑުވެޑިންގް ޑްރެސްގައި ތައްޔާރުކޮށްލާފައިވަނީ މިދުނިޔެމަތީގެ ޕަރީއެއްފަދައިންނެވެ. ހުދުކުލައިގެ ޝޯލްގެ މަތީގައި ބައިންދާފައިވާ ފެހިކުލައިގެ ކްރައުންގެ ސަބަބުން މައިޝާ ރީތިކަން އެތައްގުނައެއް ދައްކުވާދެއެވެ. އަތުގައި ފެހިކުލައިގެ އެކި މާމެލާމެލިން ތައްޔާރުކޮށްފައިވާ ބޮނެކުއެޓްއެއް އޮތެވެ. މިޝާވެސް ހުދުކުލައިގެ ބަޓަފްލައި އަބަޔާއެކު ފެހިކުލައިގެ ޝޯލްއަކުންް ބޯފޮރުވާލާފައިވާއިރު އެދޮން މޫނު ފެންނަނީ ހަނދެއްފަދައިންނެވެ. ބިންޔާވެސް ހުދުކުލައިގެ ޖައުންއެއްލާފައިވާއިރު ފެހިކުލައިގެ ބެލްޓެެއް އުނނަގަނޑުގައި ހައްޔަރުކޮށްލާފައިވެއެވެ. ހަމައެހެންމެ އިސްތަށިގަނޑު އެންމެޒަމާނީގޮތަށް ކުރިމަތިންބައެއް ހިއްލާލާފައި ހުދުކުލައިގެ އެސްޖެހިދަތިތަކަކުން ވަނީ ހަރުކޮއްލެވިފައެވެ. ކަންފަތުގައިވެސް އިނީ ހުދުރަނުގެ ބޮޅެއްލައްވާލާފައެވެ. ހުރިހާކުދިންނަށް ވެސް ގަނެވިފައި ހުރީ ހުދުކުލައިގެ ހީލްސްްއެވެ.
ކާރުގައި ކައިވެނިކުރުމަށް މައިޝާގޮވައިގެން ހޮޓެލްޖެން އަށް ދިޔައީ މިޝާމެންނެވެ. އެމީހުނަށް އެހިސާބައްދެވުން އިރު ރިސީވްކުރުމަށް ޖަޒްލާން އާއި މީރާން ތިއްބެވެ. އެމީހުންވެސްތޯއެވެ. ފެންނަފެނުމަށް ހީވަނީ ޝާހީއާއިލާއަކުން އައިސްތިބި ޕްރިންސްތަކެއް ހެންނެވެ. މީރާން އަދި އެހެންމީހުނަށްވުރެ މާޝާހީގޮތްގަޑުހުއްޓެވެ. ލިފްޓުގައި އެންމެން ވެސް ތިބީ ހިމޭންވެފައެވެ. ހޮޓެލްގެ ޓެރަހުން އެމީހުނަށް މަރުހަބާކީ ޝަމާލްއާއި އަރޫންގެ އިތުރުން ހިޝާމްއާއި ސަމީހުއެވެ. އޭރުއަދި ހަމައެކަނި އެތާާންގައި ތިބީ މީރާން އާއި މައިޝާގެ އާއިލާގެ އިތުރުން ސަމީހުގެ އާއިިލާއެވެ. ހުރިހާމީހުން ލިފްޓުން ފެއިބުމުން އެންމެ ފަހުން ނިކުތީ މަލާކް އެވެ. އެއާއެކު ޓެރަހުގައި ތިބި އެންމެންގެ ނަޒަރު އެކުއްޖާފުޅަށް ހުއްޓުނުމެވެ. އަރޫން އަށް ވެސް އަނގަހުޅުވިފައި ހުރެވުނީ މަލާކްއަށް އައިިސްފައި ހުރިބަދަލުން ނެވެ. އެބަދަލާއެކުހެން މަލާކްގެ ރީތިކަން އެތައްގުނައެއް އިތުރުވެގެން ގޮސްފައިވެއެވެ. އަރޫންގެ ސީދާނަޒަރު މަލާކްއަށް ހުރުމުން ބްލަޝްވެގެން އެފަކީރު އިސްޖެހުންއިރުވެސް އަރޫންއަކަށް އެހެނަދިމާއަކަަށް ނުބެލުނެވެ. ” ބަލަ .. ބްރޯ ތިއނަގަލައްޕަބަލަ މަތިންދާ ފްލައިޓެއްވެސް ވަދެދާނެ ތިހެން އަނގަހުޅުވައިގެން އިނީމަ..” ޝަމާލްއައިސް އަރޫންއަށް އެކަނިއަަޑު އިވޭވަރަަށް އެެހެން ބުނެލީ އެހެންމީހަކަށްފެނި ޝައްކެއްވެދާނެތީއެވެ. އަރޫންއަށް ހޭވެރިކަން ވުމުން ރަކިވިނަމަވެސް ޝަމާލްގައިގަ ބޮންޑިއެއް އަޅަލީ އެކަން ނުދައްކަންވެގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.






Assalaam alaikum.. kihinehtha hurihaaekuverin.. layaa asslu bunidhuvahhhvure luring vaahaka miupkohlee .. kuriyah oidhuvassthakuga assignment athah hadhaalanvegen.. ehenveema dhen vaahakagenesdheveynee anna hoama dhuvahah fahuga .. v bodah sry dear all.. Bt insha allah Monday ah fahuga hama mihaaruvess upkuraagothah vaahaka upkohladheynan.. unmeedhukuran mibaivess thihurihaa ekuverinnah kamudhaanekamah.. love u all ? ? ?
Hama great as always.? waiting for next part?
Thankyou so much adha ???
masha allah v v reethi. Aish keep it up…
Aish? Btw thankyou dear yaania ?
V lwbi story!!! Waiting 4 da nxt prt!!! V sad news eh thi dhiniii layaa!!! Bt itss owkey!!
Thank you dear some one.. v ufaavey.. thikahala loabi kiuntherinthakeh libuneema.. insha allah Monday ahfahu continue kohdheynan.. ?? ?
Nyc as usual❤
Thanks dear 5 hrt ??
wow… so cute .. hehee thankoo asiha … lovely story …. waiting next part
sorryy * thankoo layaa
Thank you so much dear sam♥ ? .. Hehe its k hama olhidhaane ??
Layaa haadha ragalhey thigotha avahah nerehchey☺☺☺☺☺
Beautiful ❤❤❤ love it dear ? waiting 4 the next part
Thankyou dear Aisha ???
Hiii Layaaa!!!!!
Mi part ves haadha reecheyy!!
Layaa komme faharakuves komme part eh ves thi nimmaalanee curious kohlaafa!! In my opinion hama buneveynee mi story haadha haadha reecheyy…layaa vvvv molhu vaahaka he idea plan kuran….keep going and you’ll do great layaa!!??
Layaa….
Aslu haadha avahakashey Aroon aai Malaak this gulhuvy?? Malaak ah thirteen tha fourteen tha??
Layaa…but story vvvvvvvvv reethi ingey…but this is my question…can anyone answer…
Thankyou dear book lover.. ? thank you so much.. Adhi story ehaa hithaamaveri nunveema ehaa avahahgulhunass rangalhuvaanehnudhw .. btw! Malaak ah 13+
Oh…btw thanks..??
V nice
Tanks dear ??
Vrh loabi mi bai vx …. great job aishh
You mean ‘ Layaa ‘ ( just bunely??)
Ooops sorry great job layaa
Ya olhuny sorry
Hehe haadha kudhinnakahebaolheya layaa and Aisha..? aeemahsalaehnun insaanunah kuhvess liyeveynee.. btw thanks Shai??
V nice waiting for next part….?
Thank you dear juvey .. ???
vrh reethi… ekam mathin dhaa flight eh nukiyaane… mathin dhaa boat kiyanee…. ethan kolhu rangalhu koh lachey… whn next part….
Hey thanks dear chumm .. thigothah rangalhukohladhineema v ufaavey? btw! Thankyou for the lovely comment ???
Vaahaka hama kiyaahivanee?.v salhi mi part ves?.moday a inthizaaru kuravee dhw
Thank you saadhu…thank you so much..? yah dhen monday ah inthizaaru kohlaaneedhw?
Layaa enme ragalhy. Thigothah Vaahaka avahah up kohdheythy ve.dhn baeh faharu lasvias OK vaane. Its OK☺.. And mi part ves varah salhi hama❤?
Thank you dear Robin..? thankx for the lovely comment.. ??
Wow varah reethi. Keep it up layaa
Thank you dear nonns ??
V rythi mi baivess
Thank you dear 3hrt ??
Haadha ey Hady ehves fashuvi kameh neh Raastas
Hhhj ehentha ? hadeeyaa dhen reethikohlaaneedhw aee ehaavarukameh nun .. ?
Mashaa Allah you are a good story writer. Mi part ves varah reethi ingey.♡♡♡♡
Thank you dear.. ??
Vaahaka v.reethi. ekam feshunuirah enmen gulhuvaalyma aslu kudakoh foohi. Mihaa gina meehun ulhay vaahaka ehga enmen ekkoh ulhay ulhumutherayn 2 couple or 3 gulhuvaalinama v.reethivaane. thankolheh majakoh ulhemun. N scenethah kudakoh thafseelkoh liyefa hunnanamavx v.reethi vaane. Misaalakah hulhumale ah gos ulhunu iru bbqga konmes maja kanthahthakeh kuruvaafa or game eh jassaafa like trueth or dare kahala dhn ehn meehunahvx Mala n aroon ah shakku kuruvaafa e dhemyhun thankolheh lahun gulhuvinama. . .
Vaahaka reethi. Ekam hama hithah ery miahvurevx reethivaan3y egothah liyehja. 3hnve hama bunely
Aaww thank you dear jannath.. v ufaavejje thihaabodah kiyaaladhineema ?? btw.. story ga ehaavahah gulhunass adhi kuriyah othee … dheningeynudhw mibuniehchah.. insha allah dhen huri part thakuga mensionkohli kanthah himaanaladhevythw balaanan ? ?
v reethi… kn irakuthr aneh part up kohlaany!!!!
Insha allah mirey??
Layaa avass kurey
layaa dhooni konirakun up kohla dhey nee
Konn irakunn vaahaka aneh baii nereniii