އައިލީން އޭނަގެ މަންމަ ޔަށް ބަލަން ހުރީ ސުވާލްގެ ނަޒަރުންނެވެ. އެ ކާކުތޯ ބަލަން އައިލީން ގެ އިތުރުން މިއުވާން ވެސް ހުރީ ކެތް މަދުވެފަ އެވެ. މިއުވާން އަށް ފޯނެއް އައުމުން އައިލީން ކާރި ދަނީ އެ ބުނެ ހިގަށްޖެ އެވެ. އާލިޔާ ވާހަކަ ދެއްކުމުގެ ކުރިން އަހުމަދު އައިލީން އާ ވާހަކަ ދެއްކި އެވެ. “އަހަރެން މީ ދަރިފުޅުގެ ބައްޕަގެ ވަރަށް ގާތް ރަށްޓެއްސެއް. މުހައްމަދު ނިޔާވި އިރު ބޭބެ ހުރީ ބޭރުގަ ކަމުން […]
މެޗު ނިންމިކަން އިޢުލާންކުރަން ރެފްރީ ކަށިގަނޑު ފުންމުމާއިއެކު، މިޝްޔާގެ ލޯމަތީގައި މީހަކު އަތްއެޅިއެވެ. އެމީހާގެ ދެއަތުގައި ހިފަހައްޓާލަމުން ކާކުތޯ މިޝްޔާ އަހާލިއެވެ. ޝިއުރީއާއި ޔަލްވީވެސް އެއީ ކާކުތޯ ބަލާލުމަށްޓަކައި ފަހަތް ބަލާލިއެވެ. މިޝްޔާގެ ލޯމަތީގައި އަތްއަޅައިގެން ހުރި ޒުވާނާ ފެނުމުން ޔަލްވީގެ ހައިރާންކަންވީ އިތުރެވެ. އިސްކޮޅުން ދިގު އެ ޒުވާނާއަކީ، މާ ހިކިނޫނަސް ހެޔޮވަރެއްގެ ހަށިގަނޑެއްގެ ވެރިއެކެވެ. ކަޅުކަންގަދަ ބޯ އިސްތަށިގަޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ފުދޭވަރަކަށް ބޯކޮށްހުރި ތުނބުޅި މަތިމަހުން ދޮންމޫނުގެ އަލިކަން އިތުރަށް ފާޅުވެއެވެ. […]
ކުރީގެ އަދަދާއި ގުޅޭ: ސްކޫލް ނިންމާފައި ބައެއް ދުވަސްދުވަހު، ޒާރާ ލައިބްރަރީއަށްދާން ހިތަށްއަރައެވެ. އެހެންނަމަވެސް، ދެވެން އޮންނަ ދުވަސްދުވަހުވެސް ޒާރާއަށް، ހަމަ އެންމެ ފަހު ގަޑީގައި، ދިއުން ކެންސަލް ކެންސަލްކޮށްލެވެނީއެވެ. އެއީ ކީއްވެ ކަމެއް ބުނެދޭކަށް ޒާރާއަކަށްވެސް ނޭނގުނެވެ. ޒާރާ ހަމަ ދާހިތްނުވަނީއެވެ. އެހެންނަމަވެސް ރިޝްވާން ކައިރީ އެހެން އެހެންބުނާކަށްވެސް ޒާރާއަކަށް ނުކެރުނެވެ. ޒާރާ، ރިޝްވާން ކައިރީ ބުނަނީ ނުދެވެނީ ކަމުގައެވެ. އެހެންނަމަވެސް ރިޝްވާން، ޒާރާއާ ވާހަކަދައްކަން ފެށުމުން، އެކަނިވެރިވެ އިންނަ އިހްސާސް ކޮންމެވެސް ވަރަކަށް ކެނޑިގެން […]
އައިލީން ހިނިތުން ވެ އަނބުރާ ވާހަކަ ކިޔަން މަޝްއޫލް ވި އެވެ. އިރުކޮޅަކުން މިއުވާން އައިލީން ގެ ފޮތް ޖަހާއިގަނެގެން ދުއްވާގަނެއްޖެ އެވެ. އައިލީން އެހާ ކިޔާ ހިތުން އިންދާ ގެންދިޔުމުން މިއުވާން ފަހަތުން ފޮތް ހޯދަން ދުއްވާގަނެއްޖެއެވެ. ދެމީހުން ދުވަމުން ގޮސް ނުކުތީ ބޭރު ގާރޑެން އަށެވެ. ދެމީހުން ގެ ސަކާރާތް ބަލަން އައިލީން ގެ މަންމަ އާލިޔާ ހުރީ ހިނިތުންވެ ބަލާށެވެ. އެހާ ދުވަސް ފަހުން އައިލީން ހެވޭތަން ފެނުމުން އުފާވިއެވެ. މީގެ 5 […]
އާދައިގެ މަތިން އަހަރެން ޖަލީން އަށް ފަތިސް ނަމާދަށް ގޮވާލީމެވެ. ފާޚާނާއަށް ވަދެ ވުޟޫ ކޮށްގެން ނުކުމެ ކުރުތާއެއް ލުމަށް ފަހު ފުނާ ނަގައި ބޯ އޮމާންކޮށް ރީތިވާންފެށުމުން އަހަރެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަހަރެންނަށް ހުރެވުނީ ކޮޓަރީގެ ދޮރުކައިރީގައި ކަމުން އަހަރެން ޖަލީން ދިއުމަށް ތަން ދައްކާލުމުން އޭނާ ދިޔަތަން ބަލަން ހުރެވުނީ އާގަމަވެފައެވެ. އިއްޔެ އޭނާ ނަމާދު ކުރީ ގެއަށެވެ. އެކަމަކު މިއަދު ފުރިހަމަ މުއުމިނު ފިރިހެނެއް ފަދައިން އެދިޔައީ މިސްކިތަށެވެ. އަހަރެންވެސް ފާޚާނާއަަށް […]
އެކުވެރިޔާއެވެ. އަހަރެންނަކީ ކިހާ ބޮޑު ކުށްވެރިއެއްކަން މިއަދު އަހަންނަށް އިހްސާސް ކުރެވެން ފަށައިފިއެވެ. އަހަރެން ޒަރާގެ ދިރިއުޅުން ވެއްޔާއި މި މޮޑެލީ އެއްމެ ފަހަރަކުވެސް ހަގީގަތާއި ކުރިމަތި ނުލައެވެ. އަހަރެންނަށް ޒަރާއަށް މިދެވެނީ ވޭނެވެ. އަމިއްލަ އެދުން އިސްކުރެވުނީއެވެ. އެކުވެރިޔާއެވެ. ހަގީގަތް ކުރިން އެގުނުނަމަ އަހަރެންގެ ޒަރާ މިހާލަކަށް ނުދިޔައީހެވެ. ޒަރާ އަހަރެން ނޭނގޭ ކަމަށް ހަދައިލީ ޒަރާގެ ކައިވެންޏަށް އިހްތިރާމް ކުރުމުގެ ގޮތުން ހެއްޔެވެ؟ މިއަދު މީ އަހަރެން އުފާ ކުރަން ވީ ވަގުތެވެ. ޒަރާ […]
އައިލީން އިނީ ޓެރެސް މަތީ ވާހަކަ އަކަށް ގެއްލިފަ އެވެ. އިރު އިރު ކޮޅާ ހިނިތުން ވެލައެވެ. އެ މަންޒަރު ބަލަން ދުރުގާ އިން މިއުވާން އިނީ މަޖާ ވެފައެވެ. މިއުވާން އާ އައިލީން އަކީ ކުޑަ އިރުއްސުރެ ދެ ރަށްޓެހިންނެވެ. އައިލީން އަށް މިއުވާން އަކީ އައިލީން ގެ ބެސްޓް ފްރެންޑް ވި ނަމަވެސް މިއުވާން ގެ ހިތުގައި އެ ގުުޅުމަށް ވަނީ އެހެން ނަމެކެވެ.. މީހެއް ހުރިހެން ހީވެގެން އަޢީލީން ބަލާލި އިރު މިއުވާން ހުރީ ކަޅި ޖަހާ ނުލާ ބަލަންށެވެ. ވީކީއްތޯ އެހުމަށް އައިލީން ބުމަ އަރުވާލި އެވެ. “ކަމެއް ނުވެ.. މާ ވަރަކަށް އައިލް ހިނުތުން ވާތީ ބަލަން ހުރެވުނީ” އައިލީން އަށް ޖަވާބް ދެމުން މިއުވާން އައިލީން ގެ ބޯހާވާލި އެވެ…………….. ވަރަށް އަވަހަށް އަންނަނީ އިމް ގެ ދޫކޮށް ނުދާށޭ….
ދެބައި މީހުން އެހާވަރަށް ހިފާލައިގެން އެއުޅެނީ، މާދަމާ، މަދަރުސާއަށް ދާންވާއިރަށް އެ ސުވާލުގެ ރަނގަޅު ޖަވާބު، ހަދައިގެން އައުމަށް، މުދައްރިސް ބުނެފައި އޮތުމުންނެވެ. މިޝަލަކީ، މަދުރަސީ ދައުރުގައި، އެކައުންޓަށް މޮޅު މީހެއްކަމުން، ދެބައި މީހުންވެސް ދުވެފައި، އޭނާގެ ގާތަށް އައީއެވެ. “ހުއްޓާލާ…..” އެންމެ ފަހުން ކަންފަތަށް ކެތް ނުވެގެން، މިޝަލް، ބާރަށް ބުނެލިއެވެ. އެއާއިއެކު، އެންމެން ހިމޭންވީ ނަމަވެސް، އެއް ބަޔަކު، އަނެއް ބަޔަކަށް، ވައްތަރު ޖައްސަމުން ދިޔައެވެ. ——————– “ތީ ކުޑަ ކުދިންތަކެއް ނޫނެއްނު…. އަހަރެން […]
” ޒިވާން އާއި މެރީ ނުކުރޭ.. އަހަރެން ވަރަށް ލޯބިވޭ އަރުޝީ ދެކެ” އާރާވް ޖުމްލައިން އަރުޝީގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އާރާވްގެ މޭގައި ބޯއަޅާލެވުނީ އަރުޝީވެސް ލޯބިވެޔޭ ބުނަމުންނެވެ. އެވަގުތު ދެމީހުން ސިއްސައިގެން ގޮސް ދުރަށް ޖެހުނީ ޒިވާންގެ ބަރުއަޑުންނެވެ. …………………………………….. ނިދިފައި އޮތް އަރުޝީއަށް ފުންމައިގެން ތެދުވެވުނެވެ. ފެނުނު ހުވަފެނާ މެދު ވިސްނާލުމާއެކު ހިތަށް ބިރުވެރިކަން ވަނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި އިންއިރު މޭގައި އަތް އަޅާލައިގެން އިނީ […]