Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އެދުމޭތީ (12ވަނަ ބައި)

Maahee Level 110 Stories100 Comments
July 19, 2017 3 Mins Read
28 Comments

“މަޑުކޮއްބަލަ އާހިލް……. އާހިލްއަށް މީޝާއާ މެރީއެއް ނުކުރެވޭނެ…….. ޝީ އިޒް އޯލްރެޑީ މެރީޑް….”

ޔާނީޝްގެ ޖުމްލައިން އެންމެންގެ ދެލޯބޮޑުވިއެވެ. އެންމެންވެސް ޔާނިޝްއާ ދިމާލަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އިތުރަށް ވާހަކަ ފުރިހަމަ ކުރާނެގޮތެއް ނޭނގި ފަހަރަކު މީހެއްގެ މޫނަށްބަލަން ޔާނިޝްއަށް ހުރެވުނީއެވެ.

“ކީކޭ….. މީޝާ މެރީޑްއޭ…………..”

ދުރުގަހުރި އާޔާ އައިސް ޔާނިޝްގެ ކައިރިއަށް ހުއްޓެމުން އަހާލިއެވެ. އޭރު އާހިލް އާއި މީޝާ އައިސް އެހެންމީހުން ކައިރީ ހުއްޓިލިއެވެ. ފުރަތަމަ ފަހަރަށް ހަގީގަތް ހާމަނުކުރުމަށް އެދި ހިތާހިތުން މިޝާއަށް ދުއާކުރެވުނެވެ. ރައުފާގެ ރުޅިވެރި ބެލުމުން މީޝާހުރީ ސިހިސިހިއެވެ.

“މީޝާ……. ޔާނިޝް ކީކޭތަ އެކިޔަނީ…………..”

ޔާނިޝްގެ ޖަވާބެއް ނުލިބުމުން އާޔާ ދުވެފަ މީޝާގެ ކައިރިޔަށްއައެވެ.

“ޔާނިޝް….. ކީކޭތަ ތިކިޔަނީ……………”

އަޔާން ރުޅިވެރި ރާގަކަށް އަހާލިއެވެ.

“އާން……….. މީޝާ އުޅެނީ މެރީކޮއްގެން…………”

މިހެންބުނުމަށްފަހު ޔާނިޝް އިސްޖަހާލިއެވެ. މީޝާގެ ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ ދެންމެދެންމެ މޭ ފަޅާ ނުކުމެދާނެ ހެންނެވެ.

“ކާކާ…. ކޮންއިރަކު……”

އާޔާ އަނެއްކާވެސް ޔާނިޝްގެ ކައިރިއަށް އައިސް ސުވާލުކުރިއެވެ. ޔާނިޝް މަޑުމަޑުން މީޝާއާ ދިމާލަށް ހިނގައިގަތެވެ. ބޭއިހްތިޔާރުގައި މީޝާއަށް ފަހަތަށް ޖެހެވުނެވެ. މީޝާގޮސް ޖެހުނީ ފަހަތުގަހުރި އަމަރްގެ ގައިގައެވެ. އަމަރް ހުރިކަންވެސް މީޝާއަށް އެނގުނީ ދެނެވެ.

“މީޝާ މެރީކޮއްގެން އުޅެނީ………………………………..”

ފޫޓެއްހާ ދުރުގަ މަޑުކޮއްލަމުން ޔާނިޝް ވާހަކަދެއްކިއެވެ.

“ކާކާ ހޭ…………………………”

އަޔާން ރުޅިގަދަވިއެވެ.

“މީޝާ މެރީ ކޮއްގެން އުޅެނީ..”

“އަމަރް އާ……….”

ޔާނިޝްގެ ޖަވާބު ފުރިހަމަ ނުކުރެވިގެން އުޅެނިކޮން މީޝާ ބުނެލިއެވެ. މީޝާގެ ޖަވާބުން އަމަރްގެ ދެލޯބޮޑުވިއެވެ. ޔާނިޝްއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. މީޝާ އެބުނީ ހަމަ އަމަރްއާ ބާއޭ ޔާނިޝްގެ ހިތަށްއެރިއެވެ.

“ވަޓް……. މީޝާ މޮޔަވީތަ……………”

މީޝާގެ އަތުގަހިފާ އަމަރްއާ ދިމާލަށް އަނބުރާލަމުން އޭނާ ބުނެލިއެވެ.

“އަމަރް ޕުލީސް………… އިތުރަށް ސިއްރުނުކޮއްބާ…. އެންމެން ކައިރީ ބުނެބަލަ އަހަރެމެން އުޅެނީ މެރީކޮއްގެންނޭ…………. ހަގީގަތަށް ކިޔައިދީބަލަ އަމަރް… ޕުލީސް…………….”

މީޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މީޝާ އަމަރްގެ ގަމީހުގަ ހިފާ އާދޭސް ކުރަމުން ގެންދިޔައެވެ.

“އަމަރް…. މީ ކޮންއިރަކު ވީކަމެއް……..”

އަޔާން ޔާނިޝް ދުރުކޮއްލަމުން އައިސް އަމަރްއާ ސުވާލުކުރިއެވެ. އަމަރްއަށް އަދިވެސް ހުރީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ގަބޫލުކުރަން ދަތިވެފައެވެ.

“ތިދެމީހުން އެންމެފަހަރަކުވެސް އަހާލިނަމަ އަހަރެމެން ތިކަމެއް ކޮއްދިނީމުހޭ……. ސިއްރުން މެރީ ކުރުމުގެ ބޭނުމަކީ ކޮބާ……… ކޮއްއިރަކުހޭ ތިކަމެއްވީ…………..”

އަޔާންހުރީ ކޮންމެސް ވަރަކަށް ހިތަހަމަ ނުޖެހިފައެވެ. އަމަރްގެ ފަރާތުން ޖަވާބަކަށް ނުހަނު ބޭނުންވެފައެވެ.

“އަހަރެން ލަންކާގަހުރެފަ އައިސްމެރީ ކުރީ………. އޭރު މީޝާ ކިޔަވާ ދުވަސްވަރު ވެގެން އަޔާން ގަބޫލުނުވެދާނެތީ ސިއްރުން މެރީ ކުރީ….”

ވަރަށް ވިސްނުމަށްފަހު ކަންތައްވީގޮތް އަމަރް ކިޔައިދިނެވެ.

“އަހާލެވިދާނެ ދޯ………….”

އަމަރްގެ އުޒުރު އަޔާންއަށް ގަބޫލުކުރަން ދަތިވިއެވެ.

“އަޔާން……… އިންސާނުންނަށް ކުއްވެސް ކުރެވޭނެ……. ބޭބެ ބުނެލަން އޮތީ ކުރިއަށް އޮތްތާގަ ދެކުދިން އެކީގަ ރަނގަޅަށް އުޅޭށޭ…………..”

ޔާނިޝްގެ ބައްޕަ އަކްރަމް އަޔާން ކޮޑުގައަތް އަޅާލަމުން ވާހަކަ ދެއްކިއެވެ.

“މީޝާ….. މީޝާ ނުދެކެންތަ އަހަރެންމީ މީޝާގެ ބޭބެއެއް ކަމަކަށް………. ތިހާބޮޑުކަމެއް ސިއްރުކުރީ ކީއްވެ…….”

އަޔާން މީޝާގެ ދެކޮނޑުގަ ހިފާއްޓާލަމުން ބުނެލިއެވެ. އިސްޖަހާލައިގެން ހުރެ ރުއިންނޫން ޖަވާބެއް މީޝާ ނުދިނެވެ.

ޔާނިޝް ކޮޓަރިއަށް ދާން ހިނގައިގަތީ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އިތުރު މީހަކަށް ދައްކަން ބޭނުންނުވާތީއެވެ.

“ދެންކީއްވެ ތިރޮނީ………. މިހާރު ހުރިހާ ކަމެއްވެސް ރަނގަޅުވީއެއްނު….. ދެންނުރޮއެބާ…….”

އެއްފަރާތުން މީޝާގެ ގައިގަ ބައްދާލަމުން އާޔާ ބުނެލިއެވެ.

     “ދެންއަހަރެން މިތާހުރުމުގެ ބޭނުމެއްނެތް ކަންނޭނގެ….. މީޝާ…. ވަރަށް ބޮޑަށް ސޮރީ………. ސޮރީ އަމަރް…. ދަނީ………”

މިހެން ބުނުމައްފަހު އާހިލް ނުކުމެގެން ދިޔައެވެ.

“ހޫނ…. އެހެންވެ ދޯ އާހިލް މީޝާއާ ގާތްވީމަ އަމަރްއެހާ ރުޅިގަދަވީ…..”

އަމަރްއަށް ބަލާލަމުން އާޔާ ބުނެލިއެވެ.

“ދެން އެހެންދޯ ވާނީ…….. އަނބިމީހާ ވިޔަ……”

އާޔާއާ ބައިވެރިވަމުން ރައުފާވެސް އަމަރްއާ ދިމާކޮއްލިއެވެ. އަމަރް ހިނިތުންވެލަމުން އިސްޖަހާލިއެވެ.

“ހޫނ… ދެން ދިމާކުރަންވީއެއްނޫން އިނގޭ…… ދެމީހުންގޮސް މީޝާގެ ފޮށިތައްޔާރުކުރޭ……”

ރައުފާއާއި އާޔާއަށް އިޝާރަތްކޮށް އަޔާން ވާހަކަދެއްކިއެވެ.

“ފޮށިތައްޔާރު ކުރާށޭ………… އެކީއްކުރަން…………”

ހައިރާންވެހުރެ އަމަރް އަހާލިއެވެ.

“ކީއްކުރަންހޭ………. މީޝާ މިގޭގަ ގެންގުޅޭ ގޮތަށްތަ މެރީ ކުރީ…….. މީޝާ އަމަރްމެން ގެޔަށް ބަދަލުވާން ޖެހޭނެއެއްނު ފޮށިތައްޔާރުކުރަން……………..”

އަމަރްއަށް ބަލާލަމުން އަޔާން ވާހަކަދެއްކިއެވެ.

“އޯނ…. އާނ…..”

މީޝާއާ ދިމާލަށް ބަލާލަމުން އަމަރް ހީލިއެވެ. އިތުރަށް އަމަރްއަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. މީޝާވެސް މަޑުންހުރީ އެގޮތަށް ރުހިގެންނެވެ.

އިރުކޮޅެއްފަހުން ރައުފާއާއި އާޔާ ކުޑަ ދެފޮށި ހިފައިގެން ތިރިއަށް ފޭބިއެވެ. އަމަރް އެދެފޮށި ހިފައިގެން ނުކުތީ ބޭރަށެވެ.

“އައި ވިލް މިސް ޔޫ ސޯ މަޗް……..”

މީޝާގެ ގައިގަ ބައްދާލަމުން އާޔާ ބުނެލިއެވެ. އެންމެންނަށް ހިނިތުންވުމެއް ރައްދުކުރަމުން މީޝާވެސް އަމަރްގެ ފަހަތުން ނުކުތެވެ.

މީޝާ ސިހުނީ ދުރުގައޮތް ކާރުގަ ލައްގަނެލައިގެން ހުރި ޔާނިޝް ފެނުމުންނެވެ. އިސްޖަހާލައިގެން ހުރެ ކާރާ ދިމާލަށް ހިނގަމުންދިޔަ މީޝާގެ ހިތްބާރަށް ތެޅެމުންދިޔައެވެ. ޔާނިޝްގެ ފަރާތުން ލިބިދާނެ ސުވާލަކާމެދު މީޝާ ވިސްނަމުން ދިޔައެވެ.

“އަހަރެން މީޝާގާތު ކޮއްލަން ބޭނުމީ ހަމަ އެންމެ ސުވާލެއް…..”

މީޝާއައިސް ކައިރިއަށް ހުއްޓުމުން ޔާނިޝް ވާހަކަދެއްކިއެވެ.

“އަހަންނަށް މިހާބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ…….. ކީއްވެ އަހަރެން ކައިރީ ނުބުނީ މީޝާއަކީ މީހެއްގެ އައިނންބެކޭ……..”

ޔާނިޝްގެ ވާހަކަތަކުން މީޝާ ސިހުނެވެ.

“ޔާނިޝް އަހަރެން…………”

“ދެންހެޔޮ މީޝާ……… މިހާރު ފުދިއްޖެ…………. އިތުރަށް ދޮގުތަކެއް ހަދަން ނޫޅޭ……”

ޔާނިޝްގެ އަތްއުފުލާ މީޝާގެ ވާހަކަ ހުއްޓުވިއެވެ.

“އަހަރެން މީޝާދެކެ ވީލޯބީގެ އަގަކީ މީދޯ………. އެންމެ ފަހަރަކުވެސް ބުނެލިނަމަ މީޝާ ލޯބިވަނީ އަމަރްދެކެ އޭ…………. އޭރުން އަހަރެން މަޑުން ހުރީމުހޭ…….. ތިހާ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ………”

ޔާނިޝްގެ ވާހަކަތަކުން މީޝާއަށް ގިސްލާ ކޮވިއްޖެއެވެ.

“އަހަރެން މީޝާއާ މެރީ ކުރީ މީޝާ އަމަރްގެ އައިނންބެއްގެ ގޮތުގަ ހުއްޓާ ދޯ……

ސޯ އޮބްވިސްލީ އަހަރެމެންގެ ކައިވެނި ސައްހައެއްނުވާނެ އެއްނު…..”

“ޔާނިޝް…. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ………..”

ޔާނިޝްއަށް ކިޔައިދެވޭތޯ މީޝާ ކުރި މަސައްކަތްވީ ބޭކާރެވެ.

“އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫނޭ މީޝާ……. އައި ހޭޓް ޔޫ….. އައި ޖަސްޓް ހޭޓް ޔޫ މީޝާ………..”

މީޝާގެ ގިސްލުމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ޔާނީޝް ދިޔައެވެ.

ދެކަކޫ މައްޗަށް އިށީދެ މީޝާއަށް ބާރަށް ރޯންފެށުނެވެ.

 ނުނިމޭ    

Share Article

Follow Me Written By

Maahee

Level 110 Stories100 Comments

Please Give Me Your Comments and Advice......???

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (އަށްވަނަ ބައި)

Next

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

Next
July 20, 2017

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

Previews
July 18, 2017

ހިތުގެ މިލްކުވެރިޔާ (އަށްވަނަ ބައި)

28 Comments!

  1. AKI says:
    July 19, 2017 at 1:43 pm

    haadha kurukon up kohla dhinee…. adhi miadhu one part up kohla dheebaa pls pls

    1. AKI says:
      July 19, 2017 at 1:44 pm

      yey first libunee dho mi

  2. ainthu says:
    July 19, 2017 at 1:50 pm

    Mivarun ragalhu vaane up nukuriyas haada kurey .ekamakuves vaahaka reethi

  3. Rauuu says:
    July 19, 2017 at 1:52 pm

    Cheedi… bayyeh… ehaa kiyaa hithun kee vaahaka hadi kohly thi. Chee

  4. nishaa says:
    July 19, 2017 at 2:07 pm

    what the hell??? Mekonkamwh mivarun ragalhuvaane up nukuriyas

  5. ? says:
    July 19, 2017 at 2:13 pm

    Its Boring nw …… ?

  6. maany says:
    July 19, 2017 at 2:45 pm

    v gabool nukurevey.. kaiveni kurany heki verin valee verin vs nethis.. vaahaka liyaa iru evaru visnaalaa nama.. dhen v joke aslu vs.. yaanish ge vs hurihaa kameh ge baaru othy Ayaan thuga.. evs adhi frndeh.. ekam vs yaanish ge kankan nimmu muge baaru ovey.. what a joke.. ?

  7. Rauuu says:
    July 19, 2017 at 2:46 pm

    what the **** is this

  8. Psenhi says:
    July 19, 2017 at 2:53 pm

    Mee raajen beyruga hinga kanthahthakehtha?? I mean kaiveni kurin kohfa othiyya obviously engeyne dhw. 2 firihenunnaka Mary nukureveynekan engeyne. Waiting 4 next episode

  9. khajja says:
    July 19, 2017 at 2:57 pm

    Alhey haadhakurey mihaa lahun upvaairuves ehaa kurukon thigenesdheny a keevve??? Miashaa ves eynage firimyhaa kurimathyga ebuny ehenmyhekey eynage firimyhaa aky dhenkykkuranbaa sirrunviyas iny kaiveni kulhivarakah dhw thihadhany??

  10. ...... says:
    July 19, 2017 at 3:02 pm

    Pix pix kiihiinehh miiwyyy… Wrhh hadii miihaar mii stwryy… Miiahhwure stwyy nuliiye huhhtaaliiyax rangalhuwaane… Ehaa dhuwax kohhfa kurukohh up kuryywx.. ?not intrested

  11. song joong ki..KOREAN says:
    July 19, 2017 at 3:31 pm

    v reethi. if can, thankolheh dhigukh up khla dhiniyya rangalhy 🙂 🙂 gud luck,

  12. song joong ki..KOREAN says:
    July 19, 2017 at 3:32 pm

    *if u can

  13. cya says:
    July 19, 2017 at 3:32 pm

    Gina dhuvas kohffa up kuraairuves ehaa Kuru migotheh kamakunudhey

  14. Sweetie says:
    July 19, 2017 at 4:10 pm

    Mee dhen boduvaru dho???

  15. Azoo says:
    July 19, 2017 at 4:40 pm

    Cheedi had I vaaka

  16. Blume says:
    July 19, 2017 at 6:28 pm

    Wowwwww…amazing v rythi..kyp it up maahee..nd thankolheh dhigu koh daily koh up kohdhehchey???

  17. Adha? says:
    July 19, 2017 at 8:10 pm

    Aslaves varah kuru dw.. but varah reethi mi story? nd suvaaleh eba oiy.. mi story mi raajjen beyru ge kanthah hinga story eh dw ??

  18. Happy says:
    July 19, 2017 at 8:24 pm

    Heheheh.. heevanee hindhi drama ehge copy eh hen. Varah hama nujehey. And ehaa gina dhuvas kohfa up kuraa iru ehaa kuru koh thi kureeves. ??

  19. hope says:
    July 19, 2017 at 9:22 pm

    Kahaanee mey twist

  20. Mic Neem says:
    July 19, 2017 at 9:59 pm

    https://web.facebook.com/18vaahaka-1513656732029970/?ref=admin_hovercard

  21. who am i? says:
    July 20, 2017 at 2:11 am

    v reethi story

  22. ReeXa says:
    July 20, 2017 at 4:34 am

    Really mihen vaahaka dhiyaima vaahaka reethi vaane thr… totally unbelievable. . Emmennah hageegaii haama kohba

  23. Too much says:
    July 22, 2017 at 12:59 pm

    Haadha fake eyh.
    Sharuthu hama nuvaa kaivenyyeh furathama kuree.
    Dhe vanayah kuri kaiveni olhuvaaly. Bala kaiveni certificate ga ves onnaaney kithah vana kaiveni tho, yaanish ah ingen vaanedho eyrun meesha ithuru kaivenyyeh koffa othiyyaa. Adhi Aayaa ah ves ingeyne yaanish ithuru kaivenyyeh kuriyyaa. Ehn noonas Meesha meeheh ge aiynbeh ge gothuga indha dhuniyey ge evves courtakun dhe van kaivenyyeh nukohdheyney.
    Mi heevany kuda kujjaku liyefa oiy ehcheh hen. Vrh foohi. Hama lol vaneee ?

  24. yaanish says:
    July 25, 2017 at 6:47 pm

    Mashah heevanee mi vaahaka liyaa kuhja maahee dhn mi vaahaka nuliye huhtaa lyhen… ?.. Hyvany kuda kuhjaku liyefa oi vaahaka ehh hen.. Vrh hama nujehay.. Dhamakun badieh jahaahen vaahaka up vanee wx.. Cheeeeeedi?

  25. mavx says:
    August 26, 2017 at 11:41 pm

    mi vaahakaige next part up vaany kon garunakun tho

  26. Commenters says:
    November 24, 2017 at 3:35 am

    Alhe dhn thee kn kamwh…ehaa vr ehchis kiyaa hadhaafa adhi kn irakunho up kuraany kiyaafa…mihaaru up nuves kure ehnu thimeehinna hedhi .. .. .nulaahiku nice stwry eh hama…hadiyya kiyaahihnuvanya alhe ehchekey nukiyaa nukeema veenu…kaakutha firce kurany amdhakun….mi ulhey meehunna hedhi maahee mihaaru up kurin vs huttaaly ey…f*** you guys!!!!

  27. Commenters says:
    November 24, 2017 at 3:37 am

    Inge ehnu writer hurt vaane vr…hama vr massaikathun dhw liyanee e…evaru visnaalaa nama?

Comments are closed.



All Right Reserved!