Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (5)

Crystal Level 210 Stories100 Comments
July 28, 2017 4 Mins Read
15 Comments

ކުރީގެ އަދަދާއި ގުޅޭ: ސްކޫލް ނިންމާފައި ބައެއް ދުވަސްދުވަހު، ޒާރާ ލައިބްރަރީއަށްދާން ހިތަށްއަރައެވެ. އެހެންނަމަވެސް، ދެވެން އޮންނަ ދުވަސްދުވަހުވެސް ޒާރާއަށް، ހަމަ އެންމެ ފަހު ގަޑީގައި، ދިއުން ކެންސަލް ކެންސަލްކޮށްލެވެނީއެވެ. އެއީ ކީއްވެ ކަމެއް ބުނެދޭކަށް ޒާރާއަކަށްވެސް ނޭނގުނެވެ. ޒާރާ ހަމަ ދާހިތްނުވަނީއެވެ. އެހެންނަމަވެސް ރިޝްވާން ކައިރީ އެހެން އެހެންބުނާކަށްވެސް ޒާރާއަކަށް ނުކެރުނެވެ. ޒާރާ، ރިޝްވާން ކައިރީ ބުނަނީ ނުދެވެނީ ކަމުގައެވެ.

އެހެންނަމަވެސް ރިޝްވާން، ޒާރާއާ ވާހަކަދައްކަން ފެށުމުން، އެކަނިވެރިވެ އިންނަ އިހްސާސް ކޮންމެވެސް ވަރަކަށް ކެނޑިގެން ދިޔައެވެ. އެއީ ޒާރާވެސް ބޭނުންވާގޮތެވެ. އާހިލްހެން އެހައި ރީތިނޫނަސް އާހިލްއަށްވުރެ ރިޝްވާން މާރަނގަޅު ވާނެހެން ޒާރާއަށް ހީވިއެވެ. މީހާ ރަގަޅު ނޫނީއާ ރީތި ކަމުގެ އަގެއްވެސް ނެތެވެ. އާހިލް މަތިން އެންމެ ފަސޭހައިން ދެން ހަނދާން ނެތޭނީވެސް އެހެންމީހަކާ ގުޅިގެންކަން ޒާރާއަށް އެގެއެވެ.

އެހެންވެ، ފަހުންފަހުން ޒާރާވެސް ރިޝްވާން ހިތްހަމަ ޖެހޭ ގޮތަށް ގިނަގިނައިން ވާހަކަދައްކަން ފެށިއެވެ. މިކަމުން ރިޝްވާންއަށް އިތުރު ހިތްވަރެއް ލިބިގެން ގޮސް އެންމެފަހުން ޒާރާ، ރިޝްވާންއަށް ކަމުދާ ވާހަކަ ބުނެލިއެވެ.

” ހަވީރު އަންނަންވީނު މީޓްކޮށްލަން.. ” އެއްދުވަހު، ޒާރާއާ ޗެޓް ކުރަމުން ރިޝްވާން އެދުނެވެ. ” އާނ ” އަބަދު ރިޝްވާންއަށް ނޫނެކޭ ބުނެވިފައިވާތީ ޒާރާ ބޭނުންވީ މިފަހަރު އެގޮތް ބަދަލުކޮށްލާށެވެ.

” އޯކޭތަ އަހަރެން ރައްޓެއްސެއް ގޮވައިގެން ދިޔައަސް؟ ” އެކަމަކު، ފުރަތަމަ ބައްދަލުވުމަށް ވާތީ ޒާރާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އެއީ އަބަދުވެސް ޒާރާއަށް ވާގޮތެކެވެ. އޭރު، ރިޔާވެސް ދެތިން ދުވަހަކަށް މާލެ އައިސް ހުރުމާއެކު، ޒާރާ ގަސްދުކުރީ ރިޔާ ގޮވައިގެން ދާށެވެ. ” އުނހު.. އެކަނި އަންނާނީ.. ” ރިޝްވާން ބުނީ އެހެންނެވެ.

” ޒާރާ.. މޮޔަކަމެއް ނުކުރާތި.. އެކަނި ނުދާތި.. ކިތަންމެ ރަނގަޅުހެން ހީވިއަސް އެކަނި ދަނިކޮށް ލަނޑެއް ލިބިދާނެ.. ޒާރާ ދާނީ ރިޔާ ގެންދެވެންޏާ.. ހަނދާންކުރާތި.. ނުދާތި.. ޒާރާއާމެދު ވިސްނަންޖެހޭނީ ޒާރާ އަމިއްލައަށް.. ” އެވަގުތު، ކުއްލިއަކަށް، ޒާރާގެ ހިތަށް އެރީ އެހެންނެވެ. އާހިލްއާ ބައްދަލުކުރި ފުރަތަމަ ދުވަހުވެސް ޒާރާ ދިޔައީ ރިޔާ ގޮވައިގެންނެވެ. ކިތަންމެ ލޯބިވިއަސް، އާހިލް ކައިރިއަށްވެސް، ޒާރާ އެކަނި ދާންފެށީ އެއްކޮށް ޖެހިލުންވާގޮތް ކެނޑުމުންނެވެ. އެހެންވެ، ޒާރާވެސް ހިތަށްއެރި އެބަސްތައް ގަބޫލްކޮށްފައި، ރިޝްވާން ކައިރީ އަނެއްކާވެސް ބުނީ އެކަނި ނުދެވޭނެކަމަށެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ޒާރާއާ ރިޝްވާން އަށް ބައްދަލުނުކުރެވުނަސް ދެމީހުންގެ އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ޒާރާގެ ހިތުގައި އެއްވެސް ލޯތްބެއް ނުވާކަން ރިޝްވާންއަށް އެނގޭހެންވެސް ޒާރާއަށް ހީވެއެވެ. އެހެންނަމަވެސް ދެމީހުންވެސް ދެމީހުންގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާކުރިއެވެ.

ރިޝްވާންވީ އެއްގޮތަކަށްވެސް އާހިލްފަދަ މީހަކަށް ނޫނެވެ. ޒާރާގެ ވާހަކަތައް، ރިޝްވާން އަޑުއަހައި ދެނެގަތީ ވަރަށް ގާތް ރައްޓެއްސެއް ފަދައިންނެވެ. ޒާރާއަށް އިހްސާސްކުރެވުނީވެސް އެގޮތަށެވެ.

އެހެންވެ، އަނެއްކާވެސް ރިޝްވާން އެދޭ ގޮތަށް ކަންތައް ނުުކުރެވޭތީ ޒާރާ ދެރަވިއެވެ. އެކަނި އަންނަން ބުނި ތަންކޮޅު ފިޔަވައި އެހެން އެއްވެސް ހިތްހަމަނުޖެހޭކަމެއް ރިޝްވާންގެ ކިބައިން ޒާރާއަކަށް ފާހަގައެއްވެސް ނުކުރެވުނެވެ. އެއްވެސް މީހެއް ފުރިހަމަ އެއް ނުވާނެއެވެ. އެކަން ޒާރާއަށްވެސް އެނގެއެވެ. ކޮންމެގޮތެއްވިއަސް އާހިލްއަށްވުރެ ރަނގަޅިއްޔާ ރަނގަޅުތާއެވެ.

” މާދަމާ އެބައޮތެއްނު ސްކޫލް އަހަރީީ ދުވަހުގެ ކަންތައްތައް.. ރިޝްވާން ދަންތަ؟ ” ޒާރާ ބޭނުންވީ ރިޝްވާން ދޭތޯ ބަލާށެވެ. ” އާނ.. ދަން.. ޒާރާ ދަންތަ؟” ޒާރާ ކުރި ސުވާލަށް ޖަވާބުދީފައި ރިޝްވާންވެސް ކުރީ ސުވާލެކެވެ. ” ހުމްމް.. ދަމުން ރިޝްވާން އަންނަން ވީނު އަހަރެން ބަލާ؟ ދެމީހުން އެއްކޮށްދާނީ.. ” ޒާރާ ބޭނުންވީ މިފަހަރު ހަމަ ރަގަޅަށްވެސް ރިޝްވާންއަށް ފުރުސަތެއް ދޭށެވެ. ރިޝްވާންވެސް އެކަމަށް އެއްބަސްވީ ވަރަށް އުފަލުން ހުރެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ސްކޫލް އެކްޓިވިޓީ ޔުނިފޯމްލައިގެން ޒާރާ ތައްޔާރުވެލިއެވެ. ޒާރާ ތައްޔާރުވެފައި ގުޅާށޭ ރިޝްވާން ބުނެފައި އޮތުމުން ތައްޔާރުވެގެން ޒާރާ ރިޝްވާންއަށް ގުޅިއެވެ. ގުޅާލުމުން، ރިޝްވާންގެ ފޯނު ރިންގްވާއަޑު ޒާރާއަށް އިވުނެވެ. އެހެންނަމަވެސް ރިޝްވާން ފޯނެއްނުނަގައެވެ. ޒާރާ އަނެއްކާވެސް ދެފަހަރަކު ގުޅާލިއެވެ. ދެންވެސް ރިޝްވާން ފޯނަކަށް ޖަވާބެއް ނުދިނެވެ. އަނެއްކާ ރިޝްވާން ކޮބާ ބާއޭ ހިތަށް އަރާފައި ބަލާއަންނާށޭ ކިޔާފައި ރިޝްވާންއަށް މެސެޖެއްވެސް ކުރިއެވެ. އެހެންނަމަވެސް ގަޑިހަމަވެގެން ބައިގަޑިއިރު ފާއިތުވިއިރުވެސް ރިޝްވާންގެ އެއްވެސް ފޯން ކޯލެއް ނޫނީ މެސެޖެއްވެސް ޒާރާއަކަށް ނުލިބުނެވެ.

ދެން، ޒާރާ ގުޅީ ނިޝާއަށެވެ. ނަސީބަކުން ނިޝާވެސް ހުރީ އެތަނަށްދާން ތައްޔާރުވެގެންނެވެ. ޒާރާއަށް ގުޅުނީވެސް ނިޝާ ބޭރަށް ނިކުންނަނިކޮށެވެ. ރިޝްވާންއަށް ނާދެވުނު ވާހަކަ ބުނެފައި ޒާރާ އެތަނަށް ދިޔައީ ނިޝާއާއެކީގައެވެ.

އެތަނަށް ގޮސްފައިވެސް ޒާރާއަށް އިހްސާސްވީ އެކަނިވެރިކަމެވެ. ޒާރާއާ ނިޝާއާ ތިބީ އެކަނިވެފައެވެ. އެންމެ ކުޑަމިނުން ކުލާސް ކުދިންވެސް ޒާރާމެންނާ ވާހަކަދައްކާލަން ވެސް ނައެވެ. ދެންތިބީ ހުސް ނުދަންނަ ކުދިންނެވެ. ނިޝާ ދަންނަ ބައެއް ކުދިންނާ މަދުމަދުން ދިމާވިނަމަވެސް ޒާރާ ދަންނަ ކުއްޖަކާ ދިމާއެއް ނުވިއެވެ.

އެހެން އުޅެނިކޮށް ރިޝްވާންއާ އެކީ އުޅޭ ރިޝްވާންގެ ރައްޓެހި ކުދިންކޮޅަކާއި ދިމާވިއެވެ. ” އޭ.. ކޮބާތަ ރިޝްވާން؟ ” ނިޝާ އެކުދިން ކައިރީ އަހައިލިއެވެ. ” އޭނަ އޮތީ ނިދާފަ.. ދެންމެ އެބައޮތް އެހެން މެސެޖްކޮށްފަ.. ” އެކުދިން ބުނެލިއެވެ. ޒާރާ އެވަގުތު ފޯނު ބަލާލިއެވެ. ރިޝްވާންގެ މެސެޖެއް އައިސްފައި އިނެވެ.

” އައިމް ސޮރީ ޒާރާ.. އެވަރަށް ގުޅީމަވެސް އަހަންނަކަށް ނުވެސް ހޭލެވުން.. މެންދުރުވާން އުޅެނިކޮށް އެ ހޭލެވުނީ.. ވަރަށް ދެރަވެއްޖެ މިއަދު ނުދެވުނީމަ.. ” ރިޝްވާންގެ މެސެޖުގައި އޮތީ އެހެންނެވެ. ރިޝްވާންއަށް ނާދެވުމުން ޒާރާވެސް އަސްލު ހުރީ ކޮންމެވެސް ވަރަކަށް މޫޑު ކަޓައިފައެވެ. އެކަމަކު، ޒާރާއަށް ހުރީ އެއަށްވުރެ މާގިނަ ދުވަހު ރިޝްވާންއަށް ނޫނެކޭ ބުނެވިފައެވެ. އެހެންވެ ޒާރާވެސް އޯކޭ ކަމަށް ބުނެފައި، އެތަނަށް އައީ ނިޝާއާ އެކީ ކަމަށްވެސް ބުނެލިއެވެ.

އެދުވަހު ނިޝާގެ ބޭބެއެއް ނިޝާ ބަލާ އައުމުން ގެއަށް ޒާރާއައީ ހިނގާލާފައި އެކަންޏެވެ. ދިޔަ މަގުމަތީގައި ޒާރާ ހިތަށް އެރިއެވެ. އަނެއްކާ މިދެވެނީ ރަނގަޅަށްބާ؟ އޭރު، މަގުމަތީގައި ތިބި ފިރިހެން ކުދިންގެ ލޯތަށް ޒާރާއަށް އަމާޒުވަމުންދާތީ ޒާރާ ހުރީ ވަރަށް ބިރުންނެވެ. އެއީވެސް ޒާރާއަށް ވަރަށް ގިނައިންވާ ގޮތެކެވެ.

ގެއަށް އާދެވުނުއިރު ޒާރާ ހުރީ ފޫހިވެފައެވެ. ” ދެން ސްކޫލް އަހަރީގެ ހަރަކާތްތައް އޮންނަ ދުވަހަކު އަހަންނެއް ނުދާނަން.. އެތާ ވަރަށް ފޫހި މިއަދުވެސް.. ” ޒާރާ، ހިތާހިތާ އެހެން ކިޔާލިއެވެ.

ބަތްކައިގެން ފެންވަރައި ނަމާދުކޮށް ހަދައިގެން ޒާރާ އޮށޯވެލީ ނިދާށެވެ. އެތަނުގައި ހުރިއިރު އަވިގަދަކަމުން ޒާރާ ހުރީ ވަރުބަލިވެފައެވެ. ނިދަންއޮތްއިރު، އަނެއްކާވެސް ޒާރާ ހަނދާންވީ އާހިލް މަތިންނެވެ. ރިޝްވާންއާ ކިތަންމެ ވަރަކަށް ވާހަކަދެއްކިއަސް އާހިލް މަތިން ހަނދާން ނެތޭގޮތެއްވެސް ނުވެއެވެ. އެހެންވެ، އަނެއްކާވެސް ޒާރާއަށް ރޮވިއްޖެއެވެ. އާހިލް ކުއްޖަކާ ރައްޓެހިވީ ވާހަކަވެސް ޒާރާ ވަނީ އަޑުއަހައިފައެވެ.

ޒާރާއަށް ނިދުނުއިރުވެސް ލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ފައިބަމުން ދިޔައެވެ. ޒާރާ ނިދުމުން މި މަންޒަރު ބަލަން ދުރުގައި ހުރި ފިރިހެން ޖިންނި، ޒާރާ ކައިރިއަށް އައެވެ. ޒާރާއަށް ނޭނގުނަސް، ޒާރާ އުޅޭގޮތް، ދުރާއި ގާތުން މި ޖިންނި އަބަދުވެސް ބަލަމުންގެންދެއެވެ. ޒާރާގެ އެކަނިވެރިކަމާއި ހިތާމަތައްވެސް އެނގޭ ތިންވަނަ ފަރާތަކީ މި ޖިންނިއެވެ.

ޒާރާގެ ގާތަށް އަންނަ މި ޖިންނިއަކީ ޒާރާމެން ރަށުގައި އުޅުނުއިރު ގެއަށާއި ގޭގެ މީހުންނަށް ޖެހިފައިހުރި ސިހުރުގެ ސަބަބުން އަންނަ ޖިންނިންތަކުގެ އާއިލާއިން އައިސްފައިވާ ޖިންނިއެކެވެ. ޒާރާ ނަމާދުކޮށް އުޅުނަސް ޖިންނިންނަށް ޒާރާއާ ކައިރިވެވޭ ސަބަބަކީ އެއީއެވެ. ސިހުރު ޖެހިފައި ހުރުމުންނެވެ.

އެހެން ޖިންނިންތަކާއެކު، އެއްދުވަހަކު ޒިލާލް އައީ ބަލާލަން ނަމަވެސް، ޒާރާ ފުރަތަމަ ފެނުނުއިރަށް ޒިލާލްއަށް ޒާރާދެކެ ލޯބިވެވުނެވެ. އޭގެފަހުން، ޒާރާއާ ދުރަށް ދާހިތެއްވެސް ޒިލާލް ނުވެއެވެ. އާހިލް ޒާރާއާ ރައްޓެހިވެގެން އުޅުނުއިރުވެސް ދުރުގައި މިމަންޒަރުތައް ބަލަންވެސް ޒިލާލް ހުރެއެވެ.

ނިދާފައި އޮތް ޒާރާގެ ކަރުނަތައް ޒިލާލް ފުހެލިއެވެ. ޒާރާ ކުރާ ހިތާމަ ފެނުމުން، އާހިލްދެކެ ރުޅިއައިސްގެންގޮސް އޭރު ޒިލާލްގެ ދެލޯ ހުރީ އަނގުރު އަލިފާންކޮޅެއްހެން ވެފައެވެ. ޒާރާ އާހިލްދެކެ ލޯބިވާތީ އާހިލް ޒާރާއާ ރުޅިވަންދެންވެސް ޒިލާލްހުރީ ޒާރާ އާހިލްއަށް ދޫކޮށްގެންނެވެ.

އެހެންނަމަވެސް އާހިލްގެ ސަބަބުން ޒާރާ ކުރާ ހިތާމަ ފެނިފައި މިހާރު އެހެންއެއްވެސް މީހަކަށް ޒާރާ ދޭހިތެއްވެސް ޒިލާލް ނުވެއެވެ. އަދި އެހެން ބައެއް އިންސާނުންގެ ސަބަބުންވެސް ޒާރާއަށް ހުއްޓުމެއްނެތި އެތަކެއް ހިތާމަތަކެއް ލިބެމުން ދާކަންވެސް ޒިލާލަށް އެނގެއެވެ.

ރިޝްވާން އެކަނި އަންނަން ބުނި ދުވަހު ނުދާށޭ ކިޔާފައި ޒާރާގެ ހިތަށް އެގޮތަށް އަރުވައިދިނީވެސް ޒިލާލްއެވެ. އެއީ ޒާރާ އެކަނި ގޮސް އުޅެނިކޮށް، ރިޝްވާންގެ ސަބަބުން ޒާރާއަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައެވެ. އެކަަހަލަ ވަަގުތުތައް ފިޔަވައި އެހެންވަގުތުތަކުގައި، ޒިލާލް އެއްވެސް ވަރަކަށް ޒާރާގެ މައްޗަކަށް ބާރެއް ނުފޯރުވައެވެ. ޒިލާލްއަކީ ޖިންނިއަކަށްވިއަސް ޒާރާ ނިދާާފައި އޮއްވާ ލޯބީީީގެ އެދުމެއް ފުއްދާކަށްވެސް ޒިލާލް ނޫޅެއެވެ. އެކަމަކު، ހެދުން ބަދަލުކުރަން އުޅޭ ވަގުތުތަކުގައްޔާއި ހަނދާން ނެތިގެން ދުއާ ނުކިޔާ ފެންވަރަން ވަދެވޭ ވަގުތުތަކުގައި، ޒާރާގެ ރީތި ހަށިގަނޑުވެސް އެތައް ދުވަހަކު ޒިލާލްއަށް ފެނިފައިވެއެވެ. ޒިލާލް ބޭނުންނަމަ ލިބިފައިވާ ޖިންނި ބާރުގެ ބޭނުންކޮށްގެން ޒާރާއަށް ނޭނގޭގޮތަށްވެސް އެކަން ކުރެވިދާނެއެވެ. އެެެެެެެހެނަސް، ޒިލާލް ބޭނުންވަނީ ކަމެއްނުކޮށް، ޒާރާކުރާ ކަންތައްތަކާއި އުޅޭގޮތް ބަލަން ހުންނާށެވެ.

ޒާރާ ކައިރިއަށް ޒިލާލް އަންނަނީވެސް ޒާރާއަށްވެސް އަދި އެހެންމީހަކަށްވެސް ނޭނގޭގޮތަށް ސިއްރުންނެވެ. ޒާރާ ހޭލައި ހުންނައިރުވެސް ޒިލާލް އިންސާނުންގެ ލޯތަކަށް ނުފެންނަ ގޮތަށް ފޮރުވެގެން އައިސް ހުރެއެވެ.

އަނެއްކާވެސް ރިޝްވާންއާ ޒާރާއާ ޗެޓްކުރަން ތިބި ދުވަހެކެވެ. ” ރޭގަ އަހަންނަށް ޒާރާ ފެނުނު ހުވަފެނުން.. ” ރިޝްވާންއަށް ހުވަފެނެއް ފެނުނު ވާހަކަ ޒާރާ ކައިރީ ބުނެލިއެވެ. ” އެހެންތަ؟ ކީކޭ ފެނުނީ؟ ” ޒާރާ އަހައިލިއެވެ. ” ފެނުނީ.. ފެނުނީ އަހަރެމެން އިރުއޮއްސޭ މަންޒަރު ބަލަން ތިބެތިބެފަ ކިސް ކުރީތީ.. ދެން އޮތްބައި ކިޔާދޭކަށް ނުކެރޭނެ.. ” ވަރަށް ނުބުނަން އުޅެއުޅެފައި އެންމެފަހުން ރިޝްވާން ބުނީ އެހެންނެވެ.

އެހެންބުނުމުން ޒާރާއަށް ހަނދާންވީ އެންމެ ފުރަތަމަ އާހިލް ޒާރާގެ ތުންފަތަށް ކިސްކޮށްލި ދުވަހެވެ. އެދުވަހު އާހިލް ދިއުމުންވެސް ޒާރާއަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައި އެއްވެސް ހަރަކާތެއް ނުކޮށެވެ. ދަމުންދަމުން އާހިލް، ޒާރާއަށް ބަލާލިއިރު، ޒާރާ ހުރިގޮތް ފެނެފައި، އާހިލް ދިޔައީ ހެމުން ހެމުންނެވެ.

އެދުވަސް، ޒާރާ ދުވަހަކުވެސް ހަނދާން ނެތޭނެ ހެއްޔެވެ؟ ރިޝްވާން ދައްކާ އެކަހަލަ ވާހަކައިންވެސް އާވަނީ އާހިލްގެ ހަނދާންތަކެވެ. އާހިލް ނޫން މީހެއްދެކެ ލޯބިވެވޭނެ ކަމާއިމެދުގައިވެސް ޒާރާއަށް ޝައްކުވަނީ އެހެންވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

އެ ތޫފާނީ ރޭ (15)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތަރުވަނަ ބައި)

Next
July 29, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތަރުވަނަ ބައި)

Previews
July 28, 2017

އެ ތޫފާނީ ރޭ (15)

15 Comments!

  1. song joong ki..KOREAN says:
    July 28, 2017 at 7:16 pm

    wowww

  2. Haw Shia Shiba says:
    July 28, 2017 at 7:33 pm

    Soooooo beautiful when next part

  3. Xna says:
    July 28, 2017 at 8:45 pm

    Ohhhh zilaal? v rythi mi part..

  4. Ibrahim yaish says:
    July 29, 2017 at 2:31 am

    Aharen vaahaka kiyan iny kotaryge boki nivvaigen jinni ge vaahaka feshunuthanun dhiyaee sissaigen…??

    1. song joong ki..KOREAN says:
      July 29, 2017 at 6:12 am

      hahaha

    2. Ash? says:
      July 29, 2017 at 3:23 pm

      Me too

    3. Ash? says:
      July 29, 2017 at 3:23 pm

      Hehehe?

  5. Reem says:
    July 29, 2017 at 10:57 am

    Vaahaka vrh reethi. BT meehuhge kuraa kahthah sifakohdhey gothah maahaul or mahzaru ves sifakuruh himanaaleema ithurah furihama vaaneheh heevey! Pls b+. Just share my idea. BEST of luck☺☺

  6. khajja says:
    July 29, 2017 at 11:57 am

    Masha allah v rythi wen nxt prt plx avahah up kolladhybala plx

  7. V says:
    July 29, 2017 at 12:29 pm

    Ehwes thaakun thaakun nujehey waahaka eh Hamas kulliakah hurelaafa jinnieh ge entry

    1. Happy says:
      July 29, 2017 at 2:54 pm

      ????? dho. Mashah heevanee mi kuda kuhjeh liyaa vaahaka eh hen .

    2. Abbe says:
      September 5, 2017 at 10:01 pm

      Eyah kiyany suprise ekey brw.. Adhi reethi vaane kamah mi balany mi vaahaka.

  8. V says:
    July 29, 2017 at 3:47 pm

    You are right happy

  9. Pop says:
    July 29, 2017 at 6:04 pm

    Hehe v eiy dhen writer ge amilla choice ehnnu.. Ehnnoonas e hama va kanthah thah.. Jinni eh balaigathun.. My close one have experienced that that’s why I know..
    Kurin part eh ga vx story ga ai dhw zaara knmes kameh foruva kan.. So adhi kuriah mihury parts thakuga ingeyne
    Just read and enjoy
    Knme kamaka nubehi
    Btw
    It doesnt matter if the writer is young or old as long as it doesn’t affect the writing

  10. Pop says:
    July 29, 2017 at 6:06 pm

    Ma writer aa othy enme shakuvaa eh.. Readers ge Suvalu thakah reply nukurathi..

Comments are closed.

Next Episodeޒާރާ (6)←


All Right Reserved!