ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ 5
އެކުވެރިޔާއެވެ. އަހަރެންނަކީ ކިހާ ބޮޑު ކުށްވެރިއެއްކަން މިއަދު އަހަންނަށް އިހްސާސް ކުރެވެން ފަށައިފިއެވެ. އަހަރެން ޒަރާގެ ދިރިއުޅުން ވެއްޔާއި މި މޮޑެލީ އެއްމެ ފަހަރަކުވެސް ހަގީގަތާއި ކުރިމަތި ނުލައެވެ. އަހަރެންނަށް ޒަރާއަށް މިދެވެނީ ވޭނެވެ. އަމިއްލަ އެދުން އިސްކުރެވުނީއެވެ. އެކުވެރިޔާއެވެ. ހަގީގަތް ކުރިން އެގުނުނަމަ އަހަރެންގެ ޒަރާ މިހާލަކަށް ނުދިޔައީހެވެ. ޒަރާ އަހަރެން ނޭނގޭ ކަމަށް ހަދައިލީ ޒަރާގެ ކައިވެންޏަށް އިހްތިރާމް ކުރުމުގެ ގޮތުން ހެއްޔެވެ؟
މިއަދު މީ އަހަރެން އުފާ ކުރަން ވީ ވަގުތެވެ. ޒަރާ އަހަރެންގެ މީހަކަށް ހެދުމަށް މަގެއް ތަނަވަސްވީއެވެ. ޒަރާއަށް ލޯބިދީ އުފާ ކޮށްދޭން ބޭނުމެވެ. އެހެންނަމަވެސް މިހާލަތުގައި ޒަރާ އަށް އަހަރެން ކަހަލަ ގޯސް މީހެއް ހައްގު ހެއްޔެވެ؟ ހަދަން ވީ ކިހިނެތް ހެއްޔެވެ؟ ނާއިމްއަށް ހަގީގަތް ކިޔައިދީ ޒަރާއަށް ފިރިމީހާގެ ލޯބި އަދި ޒަރާގެ ބަނޑުގައި އޮތް ފުރާނައަށް ބައްޕައެއްގެ ލޯބިދޭން އަންނަން ބުނަން ވީ ހެއްޔެވެ؟ ނޫނީ އަހަރެން ޒަރާ ދެކެވާ ލޯބި ހާމަކޮށް އެމަގާމް އަހަންނަށް ދޭން ބުނަންވީ ހެއްޔެވެ؟
އަހަރެން ޒަރާއަށް ހިތްވަރުދޭން އުޅުނީމެވެ. ނަމަވެސް ޒަރާއަށް ލިބިފައިވާ ހިތާމަ ކުޑަ ކުރެވޭ ވަރެއް ނޫނެވެ. ގިސްލުންތައް މަޑު ޖެހުނަސް ނޭވާގައި ވަނީ ބަރުކަމެވެ. ވަގުތު ފާއިތުވާ ވަރަކަށް ޒަރާގެ މުޅި ހަށިގަނޑަށް އެބަރުކަން އަންނަމުން ދެއެވެ. އަހަރެން ގެޔަށް ދާން ހިގާށޭ ބުންޏަސް ޒަރާ އެގޮތް ބޭނުމެއް ނޫނެވެ. ނާއިމް ނާންނަނީސް ނުދާނެ ކަމަށް ބުނެ ބޮޑާހާކަމުން ދިޔައެވެ.
“މުނާޒު… ޒަރާއަށް” ޒަރާއަށް ބުނެވުނީ އެހާ ވަރަށެވެ. އަހަރެން އިނީ ޒަރާ އާއި ޖެހިގެން ކަހަލަ ގޮތަކަށް ކަމުން ދެލޯމެރި ބޯ އަޅައިލީ އަހަރެންގެ ކޮނޑުގައެވެ.
“ޒަރާ، ދެން ހިނގާ ހޮސްޕިޓަލަށް ދާން. މިހާރު ވަރު ދޫވާން ތިފެށީ” އަހަރެން ޒަރާގެ ކޮނޑުގައި ތެދުކުރުވީމެވެ. ޒަރާ އަހަންނާއި އެކު ދާން އުޅުނީ އެނޫން އެހެން ގޮތެއް ނެތުމުންނެވެ. އިތުރު ގޮތެއް އޮތް ނަމަ ނާއިމް އަންނަން ދެން ހުންނާނެއެވެ.
ޓެކްސީއަށް އަށް އަރައި އަހަރެން އޭޑީކޭ އަށް ދިޔުމަށް ޑްރައިވަރު ކައިރިން އެދުނީމެވެ.
“ނޫން…ހ.މީނާޒު ގެޔަށް” ޒަރާ ހޮސްޕިޓަލަށް ދާން ދެކޮޅު ހެދިއެވެ.
“ޒަރާ ހޮސްޕިޓަލަށް ދިޔައިމައޭ ރަގަޅުވާނީ. ގެއިން ކޮން ފަރުވާއެއް ލިބޭނީ”އަހަރެން ޒަރާއަށް ވިސްނައިދެވޭތޯ އުޅުނީމެވެ.
“ނޫން ހ.މީނާޒަށް” ޒަރާ އަހަރެން ކުރި ސުވާލަށް ޖަވާބު ނުދިނެވެ.
އަހަރެމެންނަށް އެގެޔަށް ދެވުނު އިރު ޒަރާގެ ބައްޕަ ޒަރާ ވީ ތަނެއް ނޭނގި ފިކުރު ބޮޑުވެފައި ހުއްޓެވެ.
“ދަރިފުޅާ ކޮންތާކުން. ބައްޕަ ކޮން އިރެއް ދަރިފުޅު ދިޔަ ތަނެއް ނޭނގިގެން އުޅޭތާ..ނައު އަށްވެސް ގުޅިއްޖެ އެތައް ފަހަރަކު ދަރިފުޅު އެގެޔަށް ދިޔަތޯ ބަލަން” އަހަރެމެންނަށް އެތެރެއަށް ވަދެވުމާއި އެކު ޒަރާގެ ބައްޕަ ބުންޏެވެ. ހަބަރު ފެތުރެނީ އަވަހަށް ކަމުން ޒަރާގެ ބައްޕައަށްވެސް ޒަރާގެ ވަރީގެ ހަބަރު ލިބިއްޖެއެވެ.
ޒަރާ ބަލައިލީ އަހަންނަށެވެ. ބައްޕަ ކުރި ސުވާލުގެ ޖަވާބު ޒަރާއަށް ދޭނެ ގޮތެއް ނޭނގުނެވެ.
“ބައްޕާ ތިހާ ހާސްވެ ނުލައްވާ. އަޅުގަނޑު ރަގަޅޭ” ލުއި ހިނިތުންވުމެއް ބައްޕައަށް ހަދިޔާ ކުރުމަށްފަހު ޒަރާ ހިގައިގަތީ ޒަރާގެ ކޮޓަރިއަށެވެ. ޒަރާގެ ބައްޕަ ނުރުހުމުގެ ބެލުމަކުން އަހަންނަށް ބަލައިލުމަށްފަހު ޒަރާގެ ފަހަތުން ދިޔައެވެ.
ޒަރާގެ ބައްޕަ އަހަންނާއި ދޭތެރޭ ދެކޭނެ ގޮތް އެބެލުމުން އެކަނިވެސް ދަނެގަނެވިއްޖެއެވެ. އެހެންނަމަވެސް ހިތްވަރުކޮށްލާފައި ޒަރާގެ ބައްޕަ އަންނާނެ އިރަކަށް މަޑުކޮށްގެން ހުރީ ޒަރާގެ ހާލު އަހަރެން އެގެން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.
ގޭގައި އެހީވެދޭން އުޅޭ ދެތިން މީހެއް ފިޔަވައި އިތުރު މީހެއް ނުފެނެއެވެ. އަގު ބޮޑެތި ފަރުނީޗަރާއި އެއްޗެހިން މުޅި ގެ ފުރާލާފައި އޮތަސް މުޅި ގޭތެރެއިންވެސް ފެންނަނީ ފަޅުކަމެވެ. ޒަރާ ބުނިހެން މަންމައެއް ބޭބެ އެއް މިއަދަކުވެސް ނެތެވެ.
އަހަރެން ގޭގެ ދޮރު ކައިރީގައި މަޑުކޮށްގެން ހުއްޓައި އެތެރެއަށް ވަދެގެން އައީ ސޫޓް ކޭހަކާއި އެއްކޮށް އައި މެދު އުމުރުގެ މީހެކެވެ. އެމީހާ ސީދާ ގޮސް ވަނީ ޒަރާގެ ކޮޓަރިއަށެވެ. އަހަރެން ގޭގެ މަސައްކަތު މީހެއް ކައިރިން އެއީ ކާކުތޯ އޮޅުންފިލުވީމެވެ. އޭނާ ކިޔައިދިން ގޮތުން ނަމަ އެއީ އެއާއިލާގެ ޑޮކްޓަރެވެ. ޒަރާ ހޮސްޕިޓަލަށް ދާން ދެކޮޅު ހަދާތީ ޑޮކްޓަރު ގެނައީއެވެ.
އެއްގަޑި އިރަށް ފަހު ޒަރާގެ ބައްޕައާއި ޑޮކްޓަރު އެކޮޓަރިން ނުކުތެވެ. އަހަރެން އެމީހުން ކައިރިއަށް ދާން އެއް ފިޔަވަޅު ކުރިއަށް އެޅި ނަމަވެސް މަޑުކޮށްލީ އެމީހުން އަހަންނާއި ދިމާލަށް އަންނަމުން ދާތީއެވެ.
“ކޮންތާކު ހުއްޓައި ޒަރާއަށް މިހެންވީ” އަހަންނާއި ސުވާލުކުރީ ޒަރާގެ ބައްޕައެވެ.
“އަޅުގަނޑު އޮފީހުގައި ހުއްޓައި ޒަރާ އައީ. ދެމީހުން ވާހަކަ ދައްކަން ތިއްބައި ޒަރާގެ ވަރުދޫވާން ފެށީ.އަޅުގަނޑު އެދުނިން ހޮސްޕިޓަލަށް ދާން އެކަމަކު ޒަރާ ބޭނުންވީ ގެޔަށް އަންނަން” އަހަރެން ވީ ގޮތް ކުރުކޮށް ކިޔައިދިނީމެވެ.
“ޒަރާގެ ހާލު ސީރިއަސްވަމުން އެދަނީ. އަހަންނަށް ފެންނަނީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގޮސް އިތުރު ޓެސްޓު ހަދަން. އޭރުން ޒަރާގެ ހާލާއި ބޭބީގެ ހާލު އެގޭނީ” ޑޮކްޓަރު ޒަރާގެ ބައްޕަ ކައިރީ ދެން ހަދަންވީ ގޮތް ކިޔައިދިނުމަށްފަހު ދިޔައެވެ.
“ޒަރާއާއި ކޮން ގުޅުމެއް އޮންނަނީ” ނުރުހުންވެ ހުރެ ޒަރާގެ ބައްޕަ އަހާލިއެވެ.
“އަޅުގަނޑުގެ ރައްޓެއްސެއް ޒަރާއަކީ” އަހަރެން ދޮގެއް ހަދާލީ މިވަގުތު ތެދު ބުނެފިނަމަ ދެން ވާނެ ގޮތް އެގޭނެތީއެވެ.
“ތީ ދޮގެއްކަން އަހަންނަށް އެނގޭ.. ޒަރާގެ ނުހުންނާނެ ނައުޝާ ފިޔަވައި އިތުރު ރައްޓެއްސެއް. އަދި އަމުދުން ފިރިހެން ކުއްޖެއް” ޒަރާގެ ބައްޕަ ޔަގީންކަމާއި އެކީ ބުނެލިއެވެ. އަހަރެން ކުށްވެރިއެއްހެން ބޯކަހައިލީމެވެ.
“އަޅުގަނޑަކީ ނާއިމްގެ ފަރާތުން ޒަރާގެ ރައްޓެއްސެއް” ދޮގެއްގެ މައްޗަށް އަހަރެން އިތުރު ދޮގެއް ހެދީމެވެ.
“އެހެންތަ.ނާއިމްއަށް ވަރަށް އިތުބާރުކޮށްފަ ޒަރާ އޭނައާއި ހަވާލުކުރީ. އެކަމަކު އެއްމެ ފަހުން ޒަރާއެއްނު ހާލުގަ މިޖެހުނީ.. އަހަންނަށް ޔަގީން ޒަރާ އެހެން ފިރިހެން ކުއްޖެއް ފަހަތުން ނުދުވާނެކަން. އަހަރެން ޒަރާ ބަލާ ބޮޑުކުރީ އެޔަށް ވުރެ ތެދުވެރިކޮށް. ދުވަހަކުވެސް އަހަރެން ކައިރީ ދޮގެއް ނުހަދާނެ. މީހަކަށް އޮޅުވައެއް ނުލާނެ. ނާއިމް ކައރީ ބުނޭ ކޮންމެހެން ދޮގު ތުހުމަތު ނޭޅުވިޔަސް ޒަރާ ދޫކޮށްލެވިދާނޭ. އަދި ހަނދާންކޮށް ބުނާތި ޒަރާ ހޯދަން ދެން އައިސްގެންނުވާނޭ” ޒަރާގެ ބައްޕަ ހަރުކަށި ކަމާއި އެކު ބުނެލިއެވެ.
“ލައްބަ.. އަޅުގަނޑުވެސް ގަބޫލުކުރަން ނާއިމް ހަގީގަތް ނުބަލައި މާ އަވަހަށް ނިއްމާލީ ކަމަށް.. އަޅުގަނޑު ނަސޭހަތްތެރިވާނަން…… ޒަރާ ހޮސްޕިޓަލަށް ގެންދަންތޯ ތިއުޅެނީ” ވަރިއަށް ވުރެ ބޮޑަށް މިހާރު އަހަރެން ހާސްވެފައި މިހުރީ ޒަރާގެ ސިއްހަތަށެވެ.
“އަހަރެންނަށް ވީ ވަރަކުން އެބަ މަސައްކަތްކުރަން ޒަރާ ހޮސްޕިޓަލަށް ގެންދެވޭތޯ.. އަހަންނަށް ވުރެ ބޮޑަށް ޒަރާއަށް ވިސްނައިދޭން ޒަރާގެ މަންމަ މޮޅުވާނެ. އެކަމަކު..” ޒަރާގެ ބައްޕަ ބުނެލިއެވެ.
“އަޅުގަނޑު ޒަރާއާއި ވާހަކަ ދައްކާލަންތޯ..” އަހަރެން ފުރުސަތަކަށް އެދުނީމެވެ. ޒަރާގެ ބައްޕަ ފާޑަކަށް ބެލުމަށްފަހު ބޯ ޖަހައިލިއެވެ.
އަހަރެން ޒަރާގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަނީމެވެ. ޒަރާ އޮތީ ބާލީހަކުން މޫނު ފޮރުވައިގެންނެވެ.
“ޒަރާ” އެނދުގެ މަގަތުގައި އިށީންނަމުން އަހަރެން ގޮވާލީމެވެ. ޒަރާ މޫނުމަތީ އޮތް ބާލީސް ނަގައި އަހަންނަށް ބަލައިލިއެވެ. ރޮއިފައި ހުރިވަރުން ދެލޯ ކައިރި އޮތީ ދުޅަވެފައެވެ. އަދި މޫނުމަތިން އަނަރޫފަކަން ފެންނަމުން ދިޔައެވެ.
“ހިނގާ ހޮސްޕިޓަލަށް ދާން. އަހަންނަށް އެނގޭ ތީ ގޮތުގައި ހިފަހައްޓާ ކުއްޖެއްކަން. އެކަމަކު ޒަރާ!! މިއަދަށް އެކަނި އެކަން ދޫކޮށްލާ.. ޒަރާގެ ބައްޕަ އެހެރީ ޒަރާއަށް ހަދާނެ ގޮތް ނޭނގި ގޮތް ހުސްވެފަ.. ދެން ބޭބީގެ ހާލުވެސް ޒަރާއާއި އެއްވަރަށް ސީރިއަސްވަމުން ދާނީ..ޑޮކްޓަރު ދެއްމެ ވިދާޅުވި ހޮސްޕިޓަލަށް ގޮސް ޓެސްޓު ހަދަން ޖެހޭ ވާހަކަވެސް. “އަހަރެން ލަސްލަހުން އޯގާތެރިކަމާއި އެކީ ވާހަކަ ދެއްކީމެވެ.
“ދެން ނާއިމް” ޒަރާ ބަހަނާ ދައްކަން އުޅުނެވެ.
“ނާއިމްއާއި ދޭތެރޭ ވިސްނާނީ ފަހުން. އިހަށް ޒަރާގެ ހާލަތާއި މެދު ވިސްނާނީ. އަހަރެން ޒަރާއަށް ވައުދުވަން ނާއިމްއަށް ހުރިހާ ހަގީގަތެއް ކިޔައިދޭނެކަމަށް. އެކަމަކު އެއީ ޒަރާ ހޮސްޕިޓަލަށް ދާ މަތިން” އަހަރެން ޝަރުތުކޮށްލީމެވެ. ނާއިމްއަށް ހަގީގަތް ކިޔާދޭ ގޮތަށް ޒަރާއަށްވެސް ނާއިމްގެ ހަގީގަތް ކިޔައިދޭން ބޭނުމެވެ. އެކަމަކު މި ވަގުތަކީ އެކަމަށް އެއްމެ އެކަށޭނެ ވަގުތެއް ނޫނެވެ.
އަހަރެންގެ ނަސޭހަތަށްފަހު ޒަރާ ހޮސްޕިޓަލަސް ދާން އެއްބަސް ވުމުން ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އަހަރަމެންނަށް ހޮސްޕިޓަލަށް ދެވުނު އިރު ޒަރާގެ އެއްމެ ގާތް ރަހުމަތްތެރިޔާ ނައުޝާ އިންތިޒާރުގައި ހުއްޓެވެ. ނައުޝާއަކީ ހޮސްޕިޓަލުގެ ނަރުހެއް ކަމުން ޒަރާ އަންނަން ދެން ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ހުއްޓެވެ. ޒަރާއަށް އެއްމެ ފުރަތަމަ ފަރުވާ ދެވުނީ އަވަސް ފަރުވާދޭ ބައިގައެވެ. އަދި އެޔަށްފަހު އިތުރު ޓެސްޓުތައް ހެދުމަށްފަހު ޕުރައިވެޓް ކޮޓަރިއަކަށް ބަދަލުކުރެވުނެވެ. ނައުޝާ ޒަރާ ކައިރީ ހުރި އިރު އަހަންނާއި ޒަރާގެ ބައްޕަ ޒަރާއަށް ބޭނުންވާ އެހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުޅުނީމެވެ.
އަހަރަމެންނަށް ހަމަ ނޭވާއެއް ލެވުނީ ދެ ގަޑިއިރަށްވުރެ ގިނަ ވަގުތައް ފަހުގައެވެ. އަހަރަމެންނަށް ޒަރާގެ ކޮޓަރިއަށް އާދެވުނު އިރު ޒަރާއާއި އެއްކޮށް ނާއިމްގެ މަންމައާއި ނައުޝާ ތިއްބެވެ. އަހަރެން ކޮޓަރީގައި ހުރި ސޯފާގައި އިށީދެގެން އިނީ ބީރައްޓެއްސެއް ފަދައިންނެވެ. އެއެއްމެން ތިބުމުން ޒަރާ ކައިރިއަށް ދާން ނުކެރިފައެވެ. އެނދުގެ ވަށައިގެން ކާޓެއިން ދަމާފައި ހުރުމުން މަންޒަރު މަންޒަރު ނުފެނުނަސް ދެކެވޭ ވާހަކަތައް ސާފުވާ ވަރުވެއެވެ.
“ދަރިފުޅާ.. މަންމައަށް މާފުކޮށްދީ..މަންމައަށް އެގުނުނަމަ ނާއިމް ހުއްޓުވީސް” ނާއިމްގެ މަންމަގެ އަޑުގައި ވަނީ ހަމްދަރުދީއެވެ.
“ދެން އެކަން ނުވާ ކަމަކަށް ނުވާނެއެއްނު. ދަރިފުޅާ ހިތްވަރުކުރޭ.. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ”ޒަރާފެ ބައްޕަ ބުނި އަޑު އިވުނެވެ.
އެއްމެންވެސް ކުށްވެރިކުރަމުން ދިޔައީ ނާއިމްއެވެ. އެކަމަކު އަހަރެންމީ ހަގީގީ ކުށްވެރިޔާއެވެ. ޒަރާގެ ކައިވެނި ރޫޅުނީ އަހަރެން ކުރި އަމަލުތަކެއްގެ ސަބަބުންނެވެ. އަހަރެން އެހިޔާލުގައި އިންދައި ނައުޝާ އައިސް އަހަރެން ކައިރީގައި އިށީނެވެ.
“ޒަރާ ކިހިނެތް މިހާރު” އަހަރެން އިސްވެ އަހާލީމެވެ.
“އައިވީ ލާއި ލޭގުޅައިފާ އޮތުމުން ވަރު ޖެހެމުން ދަނީ. އެކަމަކު ލޯކައިރިއާއި ތަންތަން ދުޅަވެ ކަޅު ކުލައަށް ބަދަލުވޭ އެބަ. ބޮލުގަ ރިއްސައޭވެސް ބުނި.. ނާއިމް ކީކޭ ބުނީ.. ނުވެސް އާދޭތަ ޒަރާ ކައިރިއަށް” އަހަންނަށް ބަލާލަމުން ނައުޝާ އަހާލިއެވެ.
” ފޯނު ނުނަގާ އަދިވެސް .. ބިޒީއޭ ބުނަނީ. މެސެޖުކޮށްފިން ޒަރާ ހޮސްޕިޓަލުގައޭ ކިޔާފަ. ރިޕްލައި ނުކުރޭ” ހޮސްޕިޓަލުގައި ބުރަކޮށް އުޅެމުންވެސް އަހަރެން ނާއިމްއަށް ގުޅާ ވަރެއް މަދެއް ނޫނެވެ. ކޮންމެ ފަހަރަކު ފޯނު ބިޒީކޮށްލަނީއެވެ. އެއޮފީހަށްވެސް ދެތިން ފަހަރަކު ގުޅިއްޖެއެވެ. ނަމަވެސް ނާއިމްއާއި ބައްދަލުވާ ގޮތެއް ނުވެއެވެ.
“އަހަރެން އޭރުވެސް ބުނިން ލޯބިނުވާ މީހަކާއި ޒަރާ އިނީމަ މިދުވަސް އަންނާނޭ. އެކަމަކު ޒަރާގެ ބައްޕަ އަކަށް އެތަން ނުފެނުނު. ވަގުތީ ހައްލެއް ލިބުނަސް އާހިރު ނަތީޖާ އަށް މިލިބުނީ ވަރަށް ބޮޑު ގެއްލުމެއް” ނައުޝާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އަހަރެންނަށް އަޑު އިވޭ ވަރަށް އެކަންޏެވެ.
“ވަގުތީ ހައްލެކޭ ތިބުނީ ކީއްވެ” އަހަރެން ހިތުގައި އުފެދުނު ސުވާލުކޮށްލީމެވެ.
“ކާރު އެކްސިޑެންޓުގެ ސަބަބުން ޒަރާ މާ އެކަނިވެރިކޮށް އުޅޭތީ އޭ ކިޔާފަ ކުރި ކައިވެންޏެއްމީ. ޒަރާއަށް ނުކެރޭނެ ދޯ ބައްޕަގެ އެދުމަށް ފުރަގަސްދޭކަށް. ޒަރާގެ ބައްޕަ ހީކުރީ ނާއިމްއާއި އިނީމަ އެ ފިކުރުތަކާއި ދުރުވެދާނެ ކަމަށް” ނައުޝާ ވާހަކަ މެދު ކަނޑައިލީ އަހަރެންގެ ފޯނު ރިންގްވާން ފެށުމުންނެވެ. ގުޅަނީ ނާއިމްއެވެ. އަހަރެން އެކްސިޑެންޓުގެ ހަގީގަތް ވަރަށް އެގެން ބޭނުން ވެއްޖެއެވެ. ނަމަވެސް ނާއިމް ގުޅުމުން މަޑުނުކޮށް ދިޔައީއެވެ.
ނާއިމް އަހަންނާއި ބައްދަލުކުރީ އެގެއިންނެވެ. އަހަރެން ހުރީ އެ މެސެޖުތަކުގެ ވާހަކަ ދައްކާނެ ގޮތެއް ނޭނގިފައެވެ. ހަގީގަތް ކިޔައިދޭން ވީހެއްޔެވެ؟ ނޫނީ އެއީ ސަމާސާއެއް ކަމަށް ބުނެ އިތުރަށް އޮޅުވާލާންވީ ހެއްޔެވެ؟
ވަގުތު އައިސް ޖެހުމުން އަހަރެން އަކުރުން އަކުރަށް ނާއިމްއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އެއްމެ ފުރަތަމަ ދުވަހު ޒަރާ އާއި ދިމާވި ވަގުތުން ފެށިގެން މިއަދާއި ހަމަޔަށެވެ.
“ތީ ހާދަ ހަމަނުޖެހޭ ވާހަކައެކޭ. ޒަރާއަށް އެވަރުގެ ލޯބިވެރިއެއް މަތިން ހަނދާން ނައްތާލެވޭނެތަ؟” ނާއިމް ދެއްކި ވާހަކައަކީ އަހަރެންވެސް ޖަވާބު އެގެން ބޭނުންވާ ސުވާލެކެވެ.
“ވެދާނެއެއްނު ޒަރާ ނާއިމްއަށްޓަކައި ނޫނީ މިކައިވެންޏަށްޓަކައި އަހަރެންމީ ކާކުކަން އެގުނަސް އެކަން ދައްކަން ނޫޅުނީ ކަމަށް” އަހަރެންނަށް އެއްމެ ހީވާ ގޮތަށް ބުނެލީމެވެ.
“އަހަރެން ހިޔެއް ނުކުރަން ކަލޭ އޭނަގެ މަޅީގަ ޖެހިދާނެ ކަމަކަށް. ބަލަ އަހަންނަށޭ އޭނަ ބޭވަފާތެރިވީ ކޮންމެ ގޮތަކުން ވިޔަސް. ނާއިމްވެސް އިތުރު ބަހަނާ ޒަރާއޭ ކިޔައިގެން ނުދައްކާ…ތީ ތެދެކަށް ވާނަމަ އަދި ކިތައް ކަންތައް ސިއްރުކޮށްފައި އޮންނާނެ” ނާއިމްއަށް ޒަރާގެ ހާލަތު ވިސްނޭވަރެއް ނޫނެވެ.
“މަ ގަބޫލުކުރަން ޒަރާ އެކަން ނާއިމްއަށް ސިއްރުކުރިކަން..އެކަމަކު އެކަން އެއްފަރާތްކޮށްފަ އިހަށް އާދެބަލަ ޒަރާ ކައިރިއަށް. ނާއިމްގެ ދަރިއެއް އެބަނޑުގައި އެބަ އޮތޭ.. ޒަރާ ރޮއިރޮއި އެއޮތް ހަލާކުވަނީ ނާއިމް ނައިސްގެން” އަހަރެން އާދޭސްކުރީމެވެ. ޒަރާއަށްޓަކައެވެ.
“ނޫން.. އަހަރެން އޭނަ ކައިރިން މިންޖުނުވެގެން އުޅޭތާ ކޮން ދުވަހެއް މިހާރު. މަށެއް ނެތިން އޭނަ ފަހަތުން ދާކަށް. އަހަރެންގެ މަންމައާއި ޒަރާގެ ބައްޕަ އެދިގެން ކުރި ކައިވެންޏެއް މީ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިނުވާއިރުވެސް އެމީހުން މާ ވަރަކުން އުޅޭތީ ކުރިކަމެއްމީ. އަހަރެން އޭރުވެސް އުޅުނީ މިހާރު ރައްޓެހިވެގެން މިއުޅޭ ކުއްޖާއާއި ގުޅިގެން. މަންމައަށް އެކަން އެނގޭ އިރުވެސް ޒަރާއަކީ ދެވަނައެއް ނެތް ފަދަ ކުއްޖެކޭ ކިޔާފަ އުޅުނީ.. އަހަރެން މިހުންނަނީ ޒަރާގެ އެބަލި ރަގަޅުވިހާ އަވަހަކަށް ވަރިކުރަން ނިއްމައިގެން”
“ދެން ކީއްކުރަން ހޯދި ދަރިއެއް އެއީ” އަހަރެން ނާއިމްގެ ވާހަކަ މެދުކަނޑާލުމަށްފަހު އެހީމެވެ.
“ދެން އިނދެގެން އުޅޭއިރުވެސް އެކަހަލަ ކަންތައް ވާނެއެއްނު” ނާއިމް ހެމުން އެހެން ބުންޏަސް އަހަރެންގެ ގާތަށް އައީ ރުޅިއެވެ. އަތް މުއްކަވާފައި ނާއިމްގެ ކޯމަތީ ޖެހީ ރުޅި ކޮންޓުރޯލް ނުވުމުންނެވެ.
“ލޯބިނުވާއިރު އަދި އަމުދުން ވަރިކުރަން ނިއްމައިގެން ހުރެ ލަދެއް ނުގަނޭތަ އެފަދަ އަނިޔާއެއް މީހަކަށް ދޭން. ވަރި ކުރިއަސް އެދަރިވާނީ ކަލޭގެ ލެޔަށް. ޒަރާ އެކަނިތަ އެކުއްޖާ ބަލަންވީ. ކަލޭ ހިތަށް އެރީމަ ބޭނުން ގޮތެއް ހަދަން ހުރި މީހެއްތައެއީ.. ލަދެއްވެސް ނުގަނެއެއްނު” ނާއިމްގެ މޫނުން ލޭ އަންނަވަރު ވި އިރުވެސް އެކަމަށް އަހަރެން ފަރުވާލެއް ނުދެމެވެ. އަހަރެންނަށް އިމުން ބޭރުވެވިއްޖެއެވެ. ދެމީހުން އިދެގެން އުޅޭއިރު ހިނގާ ކަންތަކަށް ބަސް ބުނަން އަހަރެންމީ ކާކު ހެއްޔެވެ؟ ނާއިމް ދެކެ އަންނަ ރުޅިއާއި އަމިއްލަ ނަފުސު ދެކެ އަންނަމުންދާ ރުޅި ނާއިމްއަށް ބާލަމުން ދިޔައީމެވެ.
“ޒަރާ އެހާލުގަ އެތޮޅެނީ ކަލޭ ކުރި ކަމެއްގެ ސަބުބުންނޭ. އެބަނޑުގެ އޮތް ފުރާނައަށްޓަކައި ޒަރާ އުފުލާ ބުރަ ނޭގިގެންތަ މާ ފަހުރުވެރިވެފަ ތިހުންނަނީ. ޒަރާ ކަލޭ ދެކެ ލޯބިނުވާ އިރުވެސް އެ ދަރިފުޅު ދެކެ ޒަރާ ލޯބިވޭ. ހިލަ ހިތެއް އޮންނަ މީހެއްތަތީ އެއްވެސް ރަހުމެއް ނުވަނީ”އަހަރެން ނާއިމް ގައިން ދޫކޮށްލީމެވެ. އަދި އިތުރަށް މަޑުނުކޮށް ދިޔައީ މަޑު ކުރިނަމަ އަހަރެންގެ އަތުން ގޯހެއް ހެދިދާނެތީއެވެ.
އަހަރެންނަށް ހޮސްޕިޓަލަށް ދެވުނު އިރު އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކުރިން ނުފެންނަ ވަރުގެ ހާސްކަމެކެވެ. އަހަރެން ހިތް ބިރުން ތޮޅިލިއެވެ. އަހަރެން ވީ ކީއްތޯ އެހުމުން ޒަރާގެ ބައްޕަ އަހަރެން ގޮވައިގެން ބޭރަށް ނުކުތެވެ.
“ޓެސްޓުތަކުގެ ނަތީޖާ ލިބިއްޖެ” ބޭރުގައި ހުރި ސޯފާގައި އިށީންނަމުން ޒަރާގެ ބައްޕަ ބުނެލިއެވެ.
“އުފާވާންވީ ހަބަރެއްވެސް ލިބިއްޖެ. ޒަރާއަށް ޑޯނާރއެއް ހަމަޖެހިއްޖެ”
“ދެން ކީއްވެތޯ އެއްމެން ދެރަވެފަ އެތިބީ” އަހަރެން ހުރީ ވާނުވާގައެވެ.
“އޮޕެރޭޝަން ކުރަން ޖެހޭނީ ބޭބީ އެބޯޓްކޮށްލަން”
“ބޭބީ އެބޯޓުނުކޮށް ނުވަނީތޯ” އަހަރެން އެހެން އެހީ ޒަރާގެ ގޮތް އެގޭތީއެވެ.
“އާން .. މިހާ ބޮޑު އޮޕެރޭޝަނެއް ކުރާއިރު އެއްމެ ރަގަޅު ގޮތް ކަމަށް ޑޮކްޓަރުން ލަފާ ދެއްވަނީ. އެކަމަކު ޒަރާ ބޭނުން ނުވާނެ އެގޮތެއް. އެދަރިފުޅަކީ އޭނަގެ ހުރިހާވެސް އުފަލަކީ” ޒަރާގެ ބައްޕަ ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ ވިސްނަމުން ދިޔައީ ޒަރާގެ ހިޔާލު ބަދަލު ކުރެވޭނެ ގޮތެއް ހޯދުމަށެވެ.
“ޒަރާގެ މަންމަ މިއަދު ހުރި ނަމައޭ ހިތަށް އަރާ. އަހަރެންގެ ދަރިފުޅަށް ރަގަޅު ގޮތް ހޯދައިދޭވޭތޯ އުޅުނީ. ޒަރާއަށް އުފާ ހޯދައިދެވޭތޯ.. ނާއިމްއާއި އިދެގެން ރައްކާތެރިކަމާއި އެހީ ލިބޭނެ ކަމަށް އުއްމިދު ކުރީ.. އަހަރެންމީ ކިހާ ގޯސް ބައްޕައެއް. ދަރިފުޅުގެ ދިރިއުޅުން ހަލާކު މިކުރީ އަމިއްލަ އަތުން” ހަރުކަށި މިޒާޖުގެ ޒަރާގެ ބައްޕަގެ ލޮލުން ކަރުނަ ނިރާލިއެވެ.
“އަޅުގަނޑަށް ޒަރާގެ އެކްސިޑެންޓުގެ ވާހަކަ ކިޔައިދެވިދާނެތޯ” އަހަރެން ޒަރާ ބައްޕަ ކުރެން އެހީ އެއީ އަހަންނަށް ހުރިހާ ކަމެއް އޮޅުންނާރާ ގޮތަށް ކިޔައިދެވޭނެ ހަމައެކަނި މީހާ ކަމަށް ވުމުންނެވެ.
“އެއީ މީގެ ދެ އަހަރު ކުރި.. އަހަރަމެން ދެމަފިރިންނާއި ޒަރާއާއި ޒަރާގެ ބޭބެ ގޮވައިގެން ޗުއްޓީއަށް ލަންކާއަށް ދިޔަ ދަތުރެއް.. އެކޮޅަށް ދިޔަތާ ދެވަނަ ދުވަހު އެއްމެނަށް ކާރު އެކްސިޑެންޓެއް ދިމާވީ. އަހަރެން އިނީ ކުރީ ސީޓުގައި ކަމުން މާ ބޮޑު ޒަހަމްތަކެއް ނުލިބޭ. އެކަމަކު ޒަރާގެ މަންމައާއި ބޭބެ މިދުނިޔެއާއި އަލްވަދާއު ކީ.. ހޮސްޕިޓަލަށް ގެންދެވުނު އިރު ޒަރާގެ ސިކުޑިއަށް ލޭ އެޅި ވަރަށް ބޮޑަށް އަނިޔާ ލިބުނު. އެއްފައި ބިންދައިގެން ގޮސް އަދިވެސް އެތައް ކަމެއްވި. ޒަރާއަށް ލިބުނު ކުއްލި ސިހުމުގެ ސަބަބުން ޒަރާއަށް އޭނަގެ މާޒީ މަތިން އެއްކޮށް ހަނދާން ނެތުނު. ހުދު އަހަންނަކީ ކާކުކަންވެސް ޒަރާއަށް ނޭނގޭ.. ޑޮކްޓަރު ވިދާޅުވީ ޒަރާ އަމިއްލައަށް ހުރިހާ ކަމެއް ހަނދާންވާން ވަރަށް ދުވަސް ނަގާނެއޭ، އެކަމަކުވެސް އެއްވެސް ގޮތަކަށް ގަދަކަމުން ހަނދާން އާކުރުވަން ކަމެއް ކޮށްގެން ނުވާނޭ. އެހެންވެ އަހަރެން ޒަރާގެ ހުރިހާ މާޒީއެއް ފޮރުވިން. އަހަރެން ބޭނުން ނުވީ ޒަރާއަށް އިތުރު ހިތާމައެއް ދޭން. ޒަރާގެ ރައްޓެހިން އަންނާނެ. އެކުގައި ވަގުތުވެސް ހޭދަކުރާނެ. އެކަމަކު މިއަދާއި ހަމަޔަށްވެސް ޒަރާއަށް އެގެނީ އޭގެން މަދު ބަޔަކު. އަހަރެން ހަނދާންވޭ ޒަރާ ގެންގުޅޭނެ ޒާން ކިޔާ ކުއްޖެއް. އޭނަގެ މަންމަ ދުނިޔޭގައި އުޅުނު އިރުވެސް ޒާންގެ ވާހަކަ މަދެއްނުވާނެ. ބުނިން ގެޔަށް ގެންނާށޭވެސް. އެކަމަކު ނޭނގެ ކީއްވެ ކަމެއް އެދުވަހެއް ނައި. ބުނީ ބޭރަށް ކިޔަވަން ގޮއްސިއޭ”
“ޒާން ކޮބާތޯ މިހާރު” އަހަރެން ޖަވާބު އެގިހުރެ ސުވާލުކޮށްލީމެވެ.
“ނޭނގެ. ކާރު އެކްސިޑެންޓުގެ ސަބަބުން ފޯނުވެސް ހަލާކުވީ. އެހެންވެ ފަހުން ހަބަރެއް ނުވޭ. އަހަރެން އުޅުނިން އެކުއްޖާ ހޯދަންވެސް. އެކަމަކު ކަންތައް ދިވާމި ގޮތުން ހޯދަން މާބޮޑު ކަމެއް ނުކުރެވޭ” ޒަރާގެ ބައްޕަ މާޒީގެ ހިތި ސޮފުހާތައް ކިޔަމުން ދިޔައިރު އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެތައް ސުވާލެއްގެ ޖަވާބު ލިބިއްޖެއެވެ. ލޮލުން ކަރުނަ ހިލާލީ ހަގީގަތް އެގި ހާމަވާ ވަރަކަށް އަހަރެންގެ ކުށް ބޮޑުވަމުން ދާތީއެވެ.
އެކުވެރިޔާއެވެ. ޒަރާ އަހަންނަށް ކެހި ނުދެއެވެ. ޒަރާ ނާއިމްއަށް ބޭވަފާތެރިއެއް ނުވެއެވެ. ހިތުގައި ރިއްސާލީ މާޒީ އެއްކޮށް ބަދަލުވެގެން ދިޔުމުންނެވެ. ތޫފާނެއްގައި ޒަރާ ބެހެމުން ދިޔައިރު އަހަރެން ޒަރާއަށް އެހީވެ ދިނުމުގެ ބަދަލުގައި އިތުރަށް ކޮއްޕާލީ އަހަންނަށް ކޮން ހައްގެއް އޮވެގެން ހެއްޔެވެ؟
ޒަރާގެ ހަނދާނުގައި އެތައް ރެއެއްގެ ނިދި ނަގާލިއިރު ޒަރާ އުޅުނީ އަމިއްލަ ހަނދާންތައް އާނުކުރެވިގެންނެވެ. ހަގީގަތާއި ކުރިމަތި ނުލައި ހުރިހާ ކަމެއްގެ އިލްޒާމް އަހަރެން އެޅުވީ އެމައުސޫމް ފުރާނައަށެވެ. އަމިއްލަ ހިތުގެ ހާލަތާއި މެދު ޝަކުވާ ކުރެވުނު އިރު ޒަރާއާއި ދޭތެރޭ ނުވިސްނަމެވެ. ގަބޫލުކޮށްގެން ހުރީ ދުނިޔެ ދައްކަމުންދާ އަވާމެންދުރެއް ފަދަ ތަސްވީރެވެ. ކޮންމެ ކަމެއްގައިވެސް އަހަރެން ބުނަމުން ދިޔައީ “ޒަރާ އަށް އެނގޭނެ”އެވެ.
އެފުން ހަނދާނުން އަހަރެން ރޮއްވާލާފިއެވެ. ޒަރާ އަހަންނަށް ކުރި ވައުދުތަކުގައި ސާބިތުކަމާއި އެކީ ހުރިއިރު އަހަރެން މިހެދީ ކިހިނެތް ހެއްޔެވެ؟ ޒަރާއެވެ! އަހަންނަށް މާފުކުރާށެވެ. ހަގީގަތް ކުރިން އެގުނުނަމަ… އަހަންނަށް ހިތާ ހިތާ ކިޔާލެވުނެވެ.
“ޒަރާ!” މީހަކު ނެތް ވަގުތެއް ބަލާފައި އަހަރެން ޒަރާ ކައިރިއަށް ދިޔައީމެވެ. އަހަރެންގެ އަޑު އިވުމާއިއެކު މެރިފައިވާ ދެލޯ ޒަރާ ހުޅުވާލިއެވެ.
“ނާއިމް ނައިދޯ” ލުއި ހިނިތުންވުމަކު ހިތުގެ ވޭން ފޮރުވަމުން ޒަރާ ބުނެލިއެވެ. އަހަރެން ބޯ ޖަހައިލީމެވެ. ޒަރާ އޭގެ މާނަ އެނގި ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ސޮރީ” އަހަރެން މަޑުމަޑުން ބުނެލީމެވެ. ސޮރީއަކުން އަހަރެންގެ ކުށްތަކުގެ މާފެއް ނުލިބޭނެކަން އެނގިހުރެއެވެ.
“އިޓްސް އޯކޭ” ޒަރާގެ ލޮލުން ވެރުނު ކަރުނަތައް ލޮލުން ފައިބައިގެން ގޮސް ބާލީސް މައްޗަށް ވެއްޓުނެވެ.
“ޒަރާ.. ވާހަކައެއް ބުނަންތަ.. ޒަރާއަށް އެނގޭ ދޯ ނާއިމް ޒަރާ ދެކެ ލޯބިނުވާކަން” އަހަރެން ޒަރާއަށް ނާއިމްގެ ބޭނުންތައް ކިޔައިދިނީމެވެ. ފޮޓޯތައް އިތުރު ހެއްކަކަށް ދައްކަމުންނެވެ.
“ތީ ޒަރާއަށް އެނގޭ ކަމެއް. ޒަރާ ފެނި އަޑުވެސް އިވޭ ނާއިމް އެކުއްޖާއާއި ވާހަކަ ދައްކާތަން. އެކަމަކު މުނާޒު.. ޒަރާއަށް ކޮންކަމެއް ކުރެވޭނީ” ޒަރާ ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. އަހަރެން ޒަރާއަށް ހިތްވަރު ދިނީމެވެ. އެތައް އިރަކަށް އެމައުޟޫއަށް ވާހަކަ ދެއްކުމަށްފަހު އަހަރެން މައުޟޫ ބަދަލުކޮށްލީމެވެ.
“ޒަރާ.. އެގޭ ދޯ ޒަރާއަށް ޑޯނާރ އެއް ލިބިއްޖެކަން..ޒަރާގެ ބައްޕަ ބުނި ޒަރާ އެކަމަށް ދެކޮޅު ހަދާ ވާހަކަ” އަހަރެން ވާހަކަ ފަށައިގަތީމެވެ.
“ބައްޕަ މުނާޒުގެ ބޮލަށް ވަނީދޯ” ޒަރާ ބުނެލިއެވެ.
“ތިހެންވެސް ވެދާނެ. އެކަމަކު ޒަރާ… ޒަރާ ތީ ނުވިސްނޭވަރުގެ ކުޑަ ކުއްޖެއްނޫނެއްނު.. ބޭބީއަށް ވުރެ ޒަރާގެ ފުރާނަ މާ މުހިއްމު”
“ތިބުނީ ބޭބީ މަރާލަންވީއޭތަ” އަހަރެންގެ ވާހަކައިގެ މެދު ތެރެއިން ޒަރާ ބުނެލިއެވެ.
“ނޫން ޒަރާ..ތިހާ ގޯސްކޮށް މާނަ ނުނަގާ.. ޒަރާ ވިސްނާލަބަ..ޒަރާ މި އޮޕެރޭޝަން ނުކޮށްފިއްޔާވެސް ބޭބީގެ ފުރާނައަށް ގެއްލުންވާނެ. އަދިއެވެސް ޒަރާގެ ފުރާނަ ނުރައްކާގެ ތެރެއަށް އެއްލާލުމަށްފަހު…އެޔަށް ވުރެ މާ ރަގަޅެއްނު އެކައްކެ ފުރާނަ ސަލާމަތް ކުރުންވެސް..” އަހަރެން މަޑުމައިތިރި ކަމާއިއެކު ޒަރާއަށް ވިސްނައިދިނީމެވެ. ޒަރާއަކީ އަހަރެންގެ މިލްކުވެރިއަކަށް ނުވިނަމަވެސް އެފުރާނަ ދެކެ އަބަދަށްވެސް ލޯބިވާނަމެވެ
އެއްމެންގެ އެތައް އެދުމަކާއި އާދޭހަކަށް ފަހު ޒަރާ އޮޕެރޭޝަން ކުރަން ނިއްމިއެވެ. ޒަރާގެ ބައްޕަ، ނާއިމްގެ މަންމަ، ނައުޝާ އަދި އަދި އަހަރެންވެސް ޒަރާއަށް މަދު ނުވާވަރަށް އަޅާލުމާއި ލޯބި ދެމުން ގެންދިޔައީމެވެ. ޒަރާއަށްޓަކައި ގުރުބާންވާން އެއްމެން ތިބީ ތައްޔާރަށެވެ.
ޒަރާ އޮޕެރޭޝަން ކުރަން ބޭރަށް ގެންދިޔައިރު އެއްމެން ޒަރާގެ އަރިހުގައި ހިދުމަތުގައި ތިބީމެވެ. އޮޕެރޭޝަން ކުރަން ތިއޭޓަރަށް ވައްދާފައި އޮތް އިރު އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ހިތާއި ދުލުން ﷲ ހަޟުރަތުގައި ޒަރާގެ ފުރާނައާއި ހަށިގަނޑު ހެޔޮ ސިއްހަތެއްގައި ލެއްވުމަށް އެދި މެދު ކެނޑުމެއް ނެތި ދުއާކުރަމުން ދިޔައީމެވެ.
އެތައް އިރަކަށްފަހު ޒަރާގެ އޮޕެރޭޝަން ކާމިޔާބު ކަމަށް ހަބަރު ލިބުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައީ އުފާވެރިކަމާއި އެކީގައެވެ. ޒަރާގެ ބަލި ހާލަތު ރަގަޅުވެ ފުރިހަމަ ސިއްހަތެއްގައި އުޅެމުން ދެއެވެ. ޒަރާގެ ބައްޕަ މަދު ނުވާވަރަށް ޒަރާއަށް ލޯބި ދެމުން ދިޔައެވެ. ނާއިމްގެ މަންމަ އަދިވެސް ޒަރާ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެއީ ޒަރާގެ ދެވަނަ މަންމައޭ ބުނެވޭހާ ވަރުވާނެއެވެ. އެގެޔަށް އަންނަ ދުވަހެއް ވެއްޖެއްޔާ ޒަރާއަށް ގެންނަ ހަދިޔާތަކުން ކޮތަޅުތައް ފުރާލާނެއެވެ. އެހާވެސް ލޯބި ދެއެވެ.
ނާއިމް އެކުއްޖާއާއި އިނދެގެން އުޅޭ ހަބަރު އަހަންނަށް ލިބުނެވެ. ނާއިމް ޒަރާއާއި އެއްކޮށް ދުރުވީއެވެ. އެއީ އަހަރެންވެސް ބޭނުން ގޮތެވެ. ނާއިމްގެ ހިޔަނިވެސް ޒަރާއަށް އެޅެން އަހަރެން ބޭނުމެއް ނޫނެވެ. ނާއިމްގެ މަންމަ އެގެޔަށް އަޔަސް ނާއިމްގެ ވާހަކައެއް ނުދައްކައެވެ.
ދެން އަހަރެންނެވެ. އަހަރެން ޒަރާއާއި އެކު ހޭދަކުރާ ވަގުތުތައް އިތުރު ކުރީ އިހްތިޔާރަކާއި ނުލައެވެ. ޒަރާ ނުފެންނަ ދުވަހެއް ނަމަ އަހަރެންގެ ދެލޮލަށް ނިންޖެއް ނާދެއެވެ. ޒަރާވެސް އަހަރެން ލަސްވެއްޖެއްޔާ ގުޅައި އަވަހަށް އައުމަށް އެދޭނެއެވެ. ޒަރާގެ ބައްޕަވެސް އަހަރެންގެ ހަބަރެއް ނުވަންޏާ ވީ ކީއްތޯ އަހައި އޮޅުން ފިލުވާނެއެވެ. ޒަރާގެ ބައްޕަ އަދި ނައުޝާވެސް ބުނެލާ ވާހަކައެއް ހިއްސާކޮށްލާނަމެވެ. އަހަރެން ޒަރާ ކައިރީ ހުންނަ އިރު ޒަރާގެ ހުންނަނީ ވަރަށް އުފަލުންނެވެ. އަބަދު ހެވިފައެވެ. އަހަރެންނަށްވެސް މިހާރު ސިފަވަމުން ދަނީ ޒަރާއާއި ދެމީހުންގެ މާޒީގެ ފޮނި ދުވަސްތަކެވެ. ޒަރާގެ ހީވަނީ ވާހަކަ ފޮއްޓެއް ހެންނެވެ. ހިނިތުންވެފައި ހުންނައިރު ބަލާ މީހަކު ފޫހިނުވާވަރެވެ. އެހުރިހާ ކަމެއްގެ ތެރެއިންވެސް އަހަރެން އެއްމެ ދެރަވަނީ ޒަރާއަށް އަހަރެންމީ ކާކުކަން ނޭނގޭތީއެވެ. ޝަކުވާ ނުކޮށް ހުއްޓަސް އިންތިޒާރުކުރެވެމުން ދަނީއެވެ. ވާ ލޯބި ވަރު ހިތުގައި ފޮރުވައިގެން އަހަރެން އުޅެމެވެ. އިސްވެ ލޯބި ހުށަހަޅަން އަހަރެން ބިރުގަނެ ލަދުވެތިވަމެވެ.
އެއްދުވަހަކު އަހަރެން އޮފީހުގައި އިންދައި ޒަރާ ވަރަށް އަވަހަށް ގުޅާފައި އައުމަށް އެދުނެވެ. ޒަރާގެ އަޑުގައި އެހެންޏާ ނުހުންނަ ހާސްކަމެއް ހުރިކަން އަހަންނަށް ފާހަގަކުރެވުނެވެ. އެހެން ކަމުން މަސައްކަތް މެދުކަނޑާލުމަށްފަހު އަހަރެން އެގެޔަށް ދިޔައީމެވެ.
ދޮރުން އަހަންނާއި ބައްދަލުކުރީ ޒަރާއެވެ. އަތުގައި ހިފައިގެން އަހަރެން ގެންދިޔައީ ގޭގެ އެއްކަނެއް ގައި ހުރި ކޮޓަރިއަށެވެ. ހީވާ ގޮތުންނަމަ އެއީ ބޭނުން ނުކުރާ ސާމާނު ލާފައި ހުންނަ ތަނެކެވެ.
ކޮޓަރީގެ ބޮކި ދިއްލުމަށްފަހު ޒަރާ އަހަރެންގެ އަތުގައި ހިފައިގެން ގެންދިޔައީ މޭޒު ކައިރިއަށެވެ. މޭޒުމަތި ފުރފައި ހުރީ އެކި ތަކެތީންނެވެ. ފުރަތަމަ ފެނުމާއި އެކުވެސް އަހަންނަށް އެއީ ކޯއްޗެއްކަން އެގިއްޖެއެވެ.
“ބައްޕަ ހުރީ ހުރިހާ އެއްޗެއް ފޮރުވާފަ.. ޒަރާ އެއްޗެއް ހޯދަން އުޅުމުގެ ތެރޭގަ ހުރިހާ އެއްޗެއް ފެނުނީ. ފުރަތަމަ ނޭނގުނު ކޯއްޗެއްކަން. އެކަމަކު ކުޑަކޮށް ވިސްނާލުމުން އެގިއްޖެ..” ޒަރާ ހުރީ ހެވިފައެވެ.
“ތީ އައިސްކޯން ބޯއީއެއްނު.. މިއޮތީ އެތާނގެ ކާޑެއް.. ދެން މިއޮތީ ޒާން ދިން މާބޮޑި.. ސެންޓު ފުޅި…” ޒަރާ މޭޒުމަތީ ހުރި ހުރިހާ އެއްޗެއް ފަހަރަކު އެއްޗެއް ކަމަށް ނަން ކިޔަމުން ދިޔައެވެ.
“ޒަރާއަށް އެގިއްޖެ ތީ ކާކުކަން. އެއްމެ ފުރަތަމަ ދުވަހު ވެޑިންއިން ފެނުނީމަވެސް ހީވި ދަންނަ މީހެއްހެން. ދެން ފަހުން ގެޔަށް އަންނަން ފެށިމަވެސް. ޒާން ކުރިން ކިޔައިދިން އެއްޗެހިން ޒަރާއަށް އެގުނު ތީ ޒަރާގެ ހަޔާތުގައި ހާއްސަމީހެއްކަން. އެކަމަކު ނޭނގޭ ކޮން ގޮތަކުން ކަމެއް.. ޒާން… ތީ ޒަރާގެ ޒާން އެއްނު” ޒަރާއަށް ރޮވުނެވެ. އަހަރެން ޒަރާގެ މޫނުގައި ހިފައި އެކަރުނަތައް ފުހެލަދިނީމެވެ.
“ސޮރީ ޒަރާއަށް ކުރިން ނޭނގުނީމަ. ޒަރާ ވަރަށް ޓްރައި ކުރިން… ޒާން މާފުކޮށްދީ” ޒަރާ ބުނެލިއެވެ.
“ހޭ… އެއީ ޒަރާގެ މައްސަލައެއްނޫން..ޒަރާގެ ކުށަކަށް ނުވާކަމަކަށް މާފަށް އެދޭނެ ކަމެއް ނެތް.. އައި ވިލް އޯލް ވޭސް ލަވް ޔޫ” އަހަރެން ޒަރާގެ ގައިގައި ބައްދާލުމުން ބުނެލީމެވެ.
އެކުވެރިޔާއެވެ. އަހަރެން މިއަދު މިވާ އުފާ ގަލަމަކުން ބަޔާން ކުރެވޭނެ ވަރަށް ވުރެ ބޮޑެވެ.
“އެއްޗެއް ދައްކަންތަ” ޒަރާ އަހަރެންގެ އަތު ތެރެއިން ވީއްލިގެން މޭޒުމަތީގައި އޮތް ޓިޝޫ ހުޅުވާލިއެވެ.
“ތިޔަ ނޫން އެހެން ހިތެއް ނޭދެން” ދެމީހުންނަށް އެއްފަހަރާ ކިޔާލެވުނެވެ. އެއީ ދެމީހުން އެކަކު އަނެކަކަށް ވީ އެއްމެ ބޮޑު ވައުދެވެ. އާއެކެވެ. އެތައް ގަލެއް ހުރަސް ކުރުމަށްފަހުވެސް ދެމީހުން އެއްތަންވީއެވެ. ދުނިޔޭގެ ކެހިވެރި ކަމުގައި އަނިޔާ ލިބުނު އިރުވެސް އެއިމްތިހާނުން ފާސްވީ އެނޫން އެހެން ހިތެއް ނޭދިއެވެ.
މަންމަ އަބަދުވެސް އަހަންނަށް ދޭ ނަސޭހަތެއް ހިއްސާކޮށްލާނަމެވެ. ދަރިފުޅާއެވެ. ދުނިޔެއަކީ ކެހިވެރި ތަނެކެވެ. އިންސާފަކީ މަދު ބަޔަކަށް ލިބޭނެ އެއްޗެކެވެ. ނަމަވެސް ކެތްތެރިވާށެވެ. އެއްމެ އޯގާވަންތަ ރަސްކަލާނގެ އަހަރެންމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. މިއަދު ނުލިބޭ އިންސާފު މާދަމާ ލިބޭނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ދުއާ ކުރާށެވެ. މަދަދު ދެއްވާނެއެވެ.
71 Comments!
Comments are closed.







Here is the final episode.. kuru vaahaka ekey kiyaafa v dhigu kurevijje dhw sorry about that.. hama liyevuny fashaigaiy gothah ?
Hope you will like the story. Mee ehen gothakah husha halhai dheefa in story eh. Readers like veythw balaaly.kamudhanya bunelahchey ngey. n for those who comment a big THANKU.. you give a lot of support ? so some of you have the most brilliant ideas. Love reading them?. Gonna miss you so much ❤❤❤
Love u all…TC all my readers ?
Mivaahaka varah reethi
Mi part kiyaafa hama rovijje
Thanku hello ???
Ehaa vrh nurohchey ekam. Just a story ?
masha allah….
Thanku chum handi ???
Vvvvv salhi.nimuneetha mi story
Thanku amyy yes nimunyy ???
Maroon is best? vaahaka v reethi?
Maroon is best? vaahaka v reethi?ithuru vaahaka avahah genes dhehchey
Thanku liyaa ???
I have an idea. Try kuraanan avahah genesdheyn ? loves ?
Superb. Masha Allah
Thanku psenhi ???
wowwwww. yeyyyy zaan ah zaraa libuniyyo!!!! vvvvvvvvvvvvvvvvvvvvvvvvvvvvvv reeeethi mi storyyy!!! u’re best!!! 🙂
Maroonge korean fan dhw ?
Thanku song joong ki KOREAN
Yes emme fahun gulhuny ekudhin… ❤?❤
Forgot to tell u r also among my fav readers.. a huge thanku again?
yesss ur one n only KOREAN FAN. 😉 🙂 mikahala cute ehn story eh v avahaa genesdhehcheyy. will miss u..
In sha Allah …. will miss u too dear. Loves tc ❤❤❤
🙂 🙂 😀 :*
Hey dear,story iz just amazing like ur other stories.nice ending…keep it up…???????plz come soon with a new story???????????????
Thanku xxxx ☺
In sha Allah.. loves
Tc…v happy vejje reethi vyma ?❤?❤
Just woww.. Vrh vrh vrh reethi.. ??❤????????
Thanku Imm???
wow roon stry v lobii … finalyy zara n zaan gulhunyy dhwww hehehe …. love u roon ♡♥♥♥… waiting next stry… 🙂
Thanku my sweet fan ???
Loves tc ❤
Varah short and sweet, feel good story eh. Keep it up ❤
Thanku Tara ???
Wow…..
V furihama
Thanku shaai ???
just wow wow wow
v furihama nimun out standing ???? new story eh v avahah kiyaalan libaynekamah unmeedhukuran tnx maroo thihaa reethi storythakeh kiyaalan geness dheuthy luv????
Thanku nux… ???
Love reading ur comments .. in sha Allah… loves ❤
Wow ❤
Thanku nau ???
This is the first story I have read from urs n it’s amaizing I love it ekm ending dhigu kuri nama like emyhun ge wedding aa hisaaba atleast
Coco thanku… mifaharu mihaa hisaabah nimmaaly dhn.. my other stories nimmaafa hunnany wedding aa hisaabah gos. Thafaathu kolly. ???
Story v salhi!!! Idea hama prrfct!! ❤❤ kiikey dhn bunaanii es! V molhu! Ma sha allah! Btw maroon tha hama maroon ah kiyaniii? Is that ur real name?
Thanku some one ❤ so much…
Dhn maroon eh nukiyaane dhw aslah ? hehe… ? Amany kiyany… ??? m sure you are a girl and v loabi nameh some one ah kiyaany ? dhw hehe ❤
Maroon ge ehen vaahakaeh fenaany kon irakun?…….finally the last part of this story☺️….I was waitting?…..maroon ge stry ash ah varah reethi?….I’m a big fan of you?….btw ending of this stry is awesome?Tc
Wow minimum varah salhi…keekai bunaani ?☺️?
Marvelous ?
Awesome☺️
Reethi ?
Obiness to the max?
Obiness to the max ?
Nice?
Wow.Maroon???
Thanku ash… love ur comment… v happy vejje thihaa reethi vyma.. thanku for all the support ❤❤❤
Loves Tc ?
*ninmun varah salhi
yeah maroon ge real name buneladhyba
Amany ?
woww. amany is one of my friend. and ur name is amany too. hehe!!! nice name btw 🙂 😀
Aslu MAROON aee kihineh haahsavi name eh??? 🙂 😉 can u tell ne plxxxx
Song joong ki.. maroon is my favourite colour.. story liyaa iruves i prefer maroon among all… first two stories ge wedding ves..??. n plus real name jahan eyru beynun nuvyma maroon choose kury. ?
I updated ur comment song joong ki ?
heyyyyyy my favourite colour is MAROON too. EHNVE ASLU THY EHAA BODU FAN AKAH VYVX. N MAROON GE STORIES REETHI KAMUN. WOW… 🙂 thanks 4 answering 😉 🙂 😀 “eyy amany” ey kiyaafa govaalaafa inna dhivehi song ehvx indheydhw hehe 😀 🙂 🙂 😉
Hehe ? idhey dhw… ❤
yaaa indhey.. 😀 hehehe. e vedhaanennu maroon ah govaalaafa kamahvx, vaahaka liyan fahtaatho govaalykamah vaany. haha… 😉
Song joong ki?.. in sha Allah.. idea eh libunyma start kuraanan ?
haha ok dear maroon 🙂 eagerly waiting for ur beautiful new story, hope u’ll get a great idea veryy soooon.. till then, INTHIZAAR SHUROO!!! 😉 😀
Hey varah salhi mi stry ge ninmunves? its fantastic ? hope to see more from you dear..? will miss u again❤ tc❤ loves❤
One of my fav reader.. kurin genesdhin story in feshigen gavaidhun comment kuraane. V v happy vejje ❤❤❤
Tc loves from maroon ?
ماشاء الله …v v v reethi. maroon ge idea ninni ah v salhi. Story kiyamun dhaairu heevanee hama asluhen. Keep it up maroon.???
Oh ninni ❤
V v glad u like it … thanku you for all the support… fav reader ehthy ???
Hw 2 tell u ??hmmmm.?? 4get 2 smile today but wen I saw ur stry wz updated, just a second I jumped here..? and while I waz reading i 4get everything and enjoyed.❤❤ A bigggg thankoo my one n only hardworking writer❤❤. wish u more n more success ..ur stry wz wow?? . Lvs. Hope 2 see ur stry everyday ??
Xna maroonge gavaidhun comment kuraa fav reader ehthy❤
Your comment ?
Thanku so much for all the support.. always love reading your comments.. A huge thanku and LOVES from maroon…Tc… ?❤?❤?❤
Will miss u so much ?
Yaaah! I’m a girl!!! Bttt nan v huthuru vaane! Hehe! Bt maroon e nan v v riithi! V unique❤❤
Thanku some one ?
No every name is beautiful and unique in its own way ?
good point maroon 😀
Hey maroon , ur stories are awesome!!! I always will read ur stories here after.. can u make a story where the boy is an mndf .. pleeeeeaaaaaase!!! My regards to u??????
Thanku Maany ?
That is unique… will think about it ?❤❤
Maroon ge age bunedhevidhaanetha.
ulhey island ves
yeah alhey bunedhyfaanantha?
21 years old
Live in Male’
ohh. 🙂
Varah reethi.. loved this story a lot.. keep it up!! 🙂
Thanku addu manje ???
Wow..v rythi..maroon adhi dhigu lwbiige vaahakaeh genes dhehchey..❤❤
Thanku blume ???
In sha Allah
Bxy koh ulhen jehumun story kiyaa milevuny miadhu??.
V reethi nimunu goiy..??inthixaaru kuran mikahala loabi loabi ehen story akah???
Thanku chim. V happy u like it ?
???