Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތަރުވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
July 29, 2017 8 Mins Read
59 Comments

މެޗު ނިންމިކަން އިޢުލާންކުރަން ރެފްރީ ކަށިގަނޑު ފުންމުމާއިއެކު، މިޝްޔާގެ ލޯމަތީގައި މީހަކު އަތްއެޅިއެވެ. އެމީހާގެ ދެއަތުގައި ހިފަހައްޓާލަމުން ކާކުތޯ މިޝްޔާ އަހާލިއެވެ. ޝިއުރީއާއި ޔަލްވީވެސް އެއީ ކާކުތޯ ބަލާލުމަށްޓަކައި ފަހަތް ބަލާލިއެވެ. މިޝްޔާގެ ލޯމަތީގައި އަތްއަޅައިގެން ހުރި ޒުވާނާ ފެނުމުން ޔަލްވީގެ ހައިރާންކަންވީ އިތުރެވެ. އިސްކޮޅުން ދިގު އެ ޒުވާނާއަކީ، މާ ހިކިނޫނަސް ހެޔޮވަރެއްގެ ހަށިގަނޑެއްގެ ވެރިއެކެވެ. ކަޅުކަންގަދަ ބޯ އިސްތަށިގަޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ފުދޭވަރަކަށް ބޯކޮށްހުރި ތުނބުޅި މަތިމަހުން ދޮންމޫނުގެ އަލިކަން އިތުރަށް ފާޅުވެއެވެ. އިރުގެ އަލިން ދެލޯ ފޮރުވުމަށްޓަކައި އަވިއައިނެއް އަޅާލާފައިވާއިރު، އެ ޒުވާނާ އެއީ މީގެ ކުރިން ޔަލްވީ ދެކެފައިވާ މީހެއް ނޫނެވެ.

——————–

 

އެވަގުތު އެތަނަށް އަޔާނީވެސް އައެވެ. އަޔާނީއާއި ޝިއުރީގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އެމީހުން އެޒުވާނާ ދަންނަކަން، ޔަލްވީއަށް ދެނެގަނެވުނެވެ.

“އަހަންނަށް އެނގޭ ދޮންބެގަނޑުކަން….. ހަމަ މިހާރު އަތްނަގަންވީ….” އެ ޒުވާނާގެ އަތުގައި ނިޔަފަތިގަނޑު އަޅުވައި ވިކައިގަންނަމުން މިޝްޔާ މިހެން ބުނެލީ އެއީ އޭނާގެ ދޮންބެކަމަށް ހީކޮށްށެވެ. މިޝްޔާ ވިކައިގަތްތަނުން ދިލަނަގަންފެށުމުން އެ ޒުވާނާ ކުއްލިއަކަށް މިޝްޔާގެ މޫނުން އަތްނެގިއެވެ. މިޝްޔާ ދަނޑިވަޅުގެ ބޭނުންކޮށް ފަސްއެނބުރި އަތްމަޅާލީ ދޮންބެގެ ގައިގައި ބޮނޑިއެއް އަޅާލުމަށެވެ. ނަމަވެސް ކުރިމަތީގައި ހުރި ޒިކާން ފެނުމުން އޭނާއަށް ކުއްލި ޝޮކެއް ލިބިގެން ދިޔަކަހަލައެވެ. ހުއްޓުން އަރާފައި ޒިކާނަށް ބަލަން ހުރެވުނީއެވެ. މިޝްޔާ އެގޮތަށް ބަލަން ހުރުމުން، މިޝްޔާގެ މޫނުމަތީ ޒިކާން ފުށްޓަކެއް ޖަހާލިއެވެ. ޒިކާންގެ މިހަރަކާތުން ސިހިފައި، މިޝްޔާއަށް ޒިކާންގެ ނަން ކިޔާލެވުނެވެ. އޭރު ހެމުން ހެމުން މިޝަލް އައިސް އެތާ މަޑުކޮށްލަނީއެވެ.

“ކޮބާ ޒީކް…. އަހަރެން އޭރުވެސް ބުނީމެއްނު މިޝް ހީކުރާނީ އަހަރެންކަމަށްށޭ…..” ޒިކާންގެ ކޮނޑަށް އަތްލައިގެންހުރެ ހެމުން ހެމުން މިޝަލް ބުނެލިއެވެ. އޭރު ޒިކާންވެސް ހުރީ ހިނިތުންވެލައިގެން މިޝްޔާއަށް ބަލަހައްޓައިގެންނެވެ.

“ޒީކް ކޮންއިރަކު އައީ…؟؟؟ އަންގާވެސް ނުލާ….” މިޝްޔާ އަދިވެސް ހުރީ ކުރިމަތިން ފެންނަމުދާ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. ވާނީވެސް އެހެންތާއެވެ. ކުރިއަށް އޮތް ތިންމަސްތެރޭ ނާދެވޭނެކަމަށް ބުނި މީހާ މިހާރު އެހުރީ އޭނާގެ ކުރިމަތީގައެވެ.

“ހަމަދެންމެ މިއައީ…. މިޝީ ސަޕްރައިޒް ކޮށްލަންވެގެން ނުބުނީ….” މިޝްޔާގެ އަތުގައި ހިފާލަމުން ޒިކާން ބުނެލިއެވެ.

“ރަނގަޅަށް ޒީކް ތިހެދީ…. ކުރިން އަންނަ ވާހަކަ ބުނިނަމަ ހަމަބިމުގައި ފައިވެސް ނުޖެހޭނެ ކަންނޭނގެ….” މިޝްޔާގެ ކޮލުގައި ހިފާލަމުން އޭނާ ރުޅިއަރުވާލުމަށްޓަކައި މިޝަލް ބުނެލިއެވެ. މިޝްޔާ އައި ރުޅިން ދަތްވިކާލާފައި މިޝަލްގެ ފަޔަށް އޭނާގެ ފައިން އެރިއެވެ. އަދި މިޝަލާއި ދިމާއަށް ވައްތަރު ޖައްސާލާފައި ޒިކާންގެ އަތުގައި ހިފައިގެން އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ. އޭރު އެހިސާބުން މީހުންތައްވެސް ވަރަށް މަދުވެއްޖެއެވެ. އިރުއޮއްސެން ގާތްވެފައިވުމުން އަޔާނީމެންވެސް މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. ކުރިޔަށް ދާން އެޅިފިޔަވަޅާއިއެކު، ބިންމަތީގައި އޮތް ގައުގަނޑެއްގައި އަޅައިގެންފައި ޝިއުރީ ވެއްޓެން ދިޔައެވެ. އެވަގުތު އެތާ މަޑުކޮށްގެން ހުރި މިޝަލަށް މިމަންޒަރު ފެނުމުން ހުޝިޔާރުކަމާއިއެކު ޝިއުރީގެ އަތުގައި ހިފަހައްޓާލިއެވެ. ވެއްޓެން ދިޔަ ޝިއުރީވެސް މިޝަލް ހިފެހެއްޓުމުން، ހަށިގަނޑު ތެދުކޮށްލުމަށްޓަކައި މިޝަލްގެ އަތުގައި އަނެއް އަތުން ބާރަށް ހިފަހައްޓާލިއެވެ.

“ބީ ކެއަރފުލް ބިއުޓީ…” ޝިއުރީގެ ކަންފަތްދޮށުގައި މަޑުމަޑުން މިޝަލް ބުނެލިއެވެ. ޝިއުރީ އަވަސްއަވަހަށް މިޝަލްގެ އަތުން އަތް ދޫކޮށްލުމަށްފަހު، އޭނާއަށް ޝުކުރު އަދާކޮށްލިއެވެ. އަދި އަޔާނީމެންގެ ފަހަތުން ހިނގައިގަތެވެ. ޝިއުރީމެން ދިޔަ ދިމާއަށް ބަލަން ހުރި މިޝަލް ޖީންސްގެ ދެޖީބަށް އަތްޖަހާލިއެވެ.

********************

 

މިޝަލް ގެއަށް އައިއިރު އޭނާގެ ބައްޕައާއި ޒިކާން ތިބީ ކޭމޭޒު ދޮށުގައެވެ. ހަވީރުގެ ސައި ތައްޔާރު ކުރުމަށްޓަކައި މިޝްޔާ އޭނާގެ މަންމައަށް އެހީވަމުން ދިޔައެވެ. މޭޒުމައްޗަށް ތަށިތައް އަރުވާ ނިމުމުން އެންމެން ހަވީރުގެ ސަޔަށް އިންސާފްކުރަން ފެށިއެވެ.

“ޒިކާން ކީއްވެތަ މިފަހަރު މަންމަމެން ނައީ….” ސައިފޮދެއް ބޯލަމުން މާހިރު، ޒިކާނާއި ސުވާލުކޮށްލިއެވެ. ކޮއްކޮގެ އިމްތިހާން ދުވަސްކޮޅަށްވުމުން މަންމަމެންނަށް ނާދެވުނީކަމަށް ބުނެ ޒިކާން މާހިރަށް ހިނިތުންވެލިއެވެ.

“ޒިކާން ތިއައި ކިހާ ދުވަހަކަށްތަ…؟؟؟ އެއްކޮށް ނިމުނީތަ މިހާރު….؟؟؟” ހެދިކާ ތަށި އިތުރަށް ޒިކާނާއި ގާތްކޮށްލަދެމުން މެހެރީންވެސް ސުވާލުކޮށްލިއެވެ.

“ނޫނޭ…. އަދި އެއް ސެމިސްޓަރ އޮންނާނެ… ދެހަފްތާއަށް މިއައީ…..” ޒިކާން ޖަވާބު ދިނެވެ.

“ޒީކް މިހާރު ހާދަ ހިއްކޭ…. ކުރިން ނުލާހިކު ވަރުގަދަކޮށް ހުރެފަ ކިހިނެއް ތިހެދީ….” ޒިކާނަށް ބަލާލަމުން މިޝަލް ސުވާލުކޮށްލިއެވެ. ޒިކާން ހިނިތުންވެލަމުން އުޅެންޖެހޭލެއް ބުރަކަމުން ހަށިގަނޑަށް ނުބެލެނީކަމަށް ބުނެލިއެވެ.

މިޝްޔާއާއި ޒިކާން ރައްޓެހިވެގެން އުޅެނީ ދެފަރާތުގެ ޢާއިލާގެވެސް ރުހުމުގައެވެ. ޒިކާން ހުންނަނީ ޢާއިލާ ގާތުގައި ލަންކާގައި ކިޔަވާށެވެ.

 

ސައިބޮއެ ނިމިގެން ޒިކާނާއި މިޝަލް ދިޔައީ ބޮޑުކޮޓަރިއަށެވެ. ތަށިތައް ދޮވެ ނިންމާލާފައި މިޝްޔާވެސް އައިސް އެމީހުންގެ ގާތުގައި އިށީނެވެ.

“މިޝަލް…. ހިނގާ ދަތުރެއް ރާވަމާ….” ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން މިޝަލަށް ބަލާލަމުން ޒިކާން މިހެން ބުނުމުން މިޝަލްވެސް ޒިކާންގެ ޚިޔާލަށް ތާއީދު ކުރިއެވެ. އެއާއިއެކު، އިވިގެން ދިޔަ މިޝްޔާގެ ތޫލި ހަޅޭކުގެ އަޑުން ދެމީހުންނަށް އެއްފަހަރާ މިޝްޔާއަށް ބަލާލަމުން ކިހިނެއްވީހޭ އަހާލެވުނެވެ.

“ޔޭ…. ޕިކްނިކް….. މި ވީކްއެންޑްގަ ދޯ ދާނީ….” ފޯރިއާއި ޖޯޝް އެކުލެވިގެންވާ އަޑަކުން މިޝްޔާ ބުނެލިއެވެ. އުފާވީވަރުން އޭނާއަށް އިނދެވުނީވެސް ސޯފާއަށް ދެފައި އަރުވާ ވަށްކޮށްލައިގެންނެވެ. މިޝްޔާ ބުނެލިގޮތުން މަޖާވެގެން ޒިކާނާއި މިޝަލް އެކަކު އަނެކަކަށް ބަލާލަމުން ހޭންފެށިއެވެ.

“މިޝް ނުގެންދާނަން… ހަމަ އެކަނި ބޯއީސް ދާނީ…..” މިޝަލް، މިޝްޔާއަށް ނުފެންނާނެހެން ޒިކާނަށް އެއްލޯމަރާލަމުން ބުނެލިއެވެ. އެއާއިއެކު މިޝްޔާ ތުންކޮޅު ދަމާލުމަށްފަހު އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު ޒިކާން މިޝްޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“މިޝަލް ބުނީ ހަމަ ރަނގަޅަށް…. މިޝީ ހީވަނީ ހަމަ ބޭބީ ކުއްޖެއްހެން… ތުންކޮޅު ދަމާލި ގޮތުން ހީވީ ދެންމެ ދެންމެ ބަޑި ފަޅައިގެން ހިނގައިދާނެހެން….” ޒިކާންވެސް މިޝަލާއި ބައިވެރިވެގެން އިތުރަށް މިޝްޔާ ރުޅިއަރުވާލުމަށްޓަކައި ބުނެލިއެވެ. މިޝްޔާ އައި ރުޅިން ޒިކާންގެ އަތުތެރޭގައި އޮތް އޭނާގެ އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވީ ޒިކާން މާ ބާރަށް ހިފަހައްޓައިގެން އިނުމުންނެވެ. މިޝްޔާއަށް ކާމިޔާބު ލިބޭގޮތް ނުވުމުން ތުން އަނބުރާލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ.

“ދެން މިޝީ…. ތިހާވަރަށް ނުފުއްވަ އާދެބަލަ މިތާ އިށީންނަށް…. މިޝީއަށްވެސް އެނގޭނު މިޝީ ނުލާ އަހަރެމެން ދަތުރު ނުދާނެކަން…..” ޒިކާން މިފަހަރު ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ޒިކާން މިހެން ބުނުމާއިއެކީ މިޝްޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދެން ފެނުނީ އަނެއްކާވެސް ސޯފާއަށް އަރާ ދެފައި ވަށްކޮށްލައިގެން އިންތަނެވެ.

“މިފަހަރު ދާނީ ވަރަށް ގްރޫޕް ބޮޑު ކޮށްލައިގެން… މިހިސާބުގައި އުޅޭ އަހަރެމެންވަރުގެ އެންމެން ދިޔައީމަ ކިހާ މަޖާވާނެ ދޯ…” އުފާވީވަރުން ކުޑަކުއްޖެއްހެން މިޝްޔާ ބުނެލިއެވެ.

“ހޫމް… ތީ ރަނގަޅު ޚިޔާލެއް… އަހަރެން މިކޮޅަށް އައުމުގެ ކުރިން ވައިބަރއިން ދިމާވެގެން ޝައިމަންމެން ގާތުގައިވެސް ދަތުރުގެ ވާހަކަ ދެއްކިން…. އެމީހުން ބުނި މިހަފްތާގެ ހޮނިހިރުގައި ދަތުރުދާން އާދެވޭނެ ވާހަކަ…. އެހެންވީމަ ހޮނިހިރުގައި ދާގޮތަށް ރާވަމާ…..” މިޝްޔާގެ ވާހަކައަށް ތާއީދުކުރަމުން ޒިކާން ބުނެލިއެވެ.

“ދުވަސްގަނޑަކަށްފަހު ޕިކްނިކް ދެވެނީ…. ޔޭ…… ޔާނީމެންވެސް ގޮވައިގެން ދާނީ…. މިދަތުރުގައި ވާނެ ދޯ ވަރަށް މަޖާ ކޮށްލަން” މިޝްޔާ އުފާވެފައި ހުރިވަރު ފެނުމުން މިޝަލްގެ އިތުރުން ޒިކާންވެސް އިނީ ވަރަށް ހިތްހަމަޖެހިފައެވެ.

********************

 

އަފްލާކާއިއެކު، ވަގުތު ކޮޅެއް ހޭދަކޮށްލެވުމުން ހިތަށް ލިބުނު ހަމަޖެހުމާއިއެކު، އަޔާނީ ގެއަށް ވަންނަން ދިޔައީ ރީތި ރާގެއް އަޅުވާލައިގެން ހުރެއެވެ. އެވަގުތު އައި ނައި ތަނެއް ނޭނގި ކުއްލިއަކަށް އިޔާޒް އައިސް ދޮރުގައި އަތް ހުރަސް ކޮށްލަމުން އަޔާނީގެ ކުރި ބެއްދިއެވެ. އިޔާޒްގެ މިޙަރަކާތުން އަޔާނީ ގާތަށް ރުޅިއައެވެ. ތަން ދެއްކުމަށް ބުނެލީ ދެބުމަ ގާތްކޮށްލަމުންނެވެ.

“އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރަން އެއްބަސްވެގެން އެތެރެއަށް ވަދެވޭނީ…..” އިޔާޒްގެ ތުންފަތުގައިވަނީ ލާނެއް ހިނިތުންވުމެކެވެ.

“ނުވާނަން…. ނުކުރާނަން…. އަހަރެން ވަންނަން ތަން ދީ… އެހެން ނޫނީ ދޮންދައްތައަށް ގޮވަނީ…..” ޝަހާދަ އިނގިލި ދިއްކޮށްލަމުން އިންޒާރު ދޭފަދައަކުން އަޔާނީ ބުނެލިއެވެ. ދެންވެސް އިޔާޒް ތަންދޭކަށް ނޫޅެއެވެ.

“އެންމެ ރަނގަޅު…. އެއްބަސް ނުވަންޏާ ހުރޭ…. އަހަރެންގެ މައްސަލައެއް ނެތް… މަންމައަށް ގޮވާ…. ބާރަށް ގޮވާ…. ސިސީގެ މަންމައަށްވެސް ގޮވާ…. އޭރުން އަހަރެން އެންމެންގެ ގާތުގައި ސިސީ ތިއައީ ކޮންތާކުންކަން ބުނެދީފާނަމޭ…. އަތިރިމަތީ… އަފޫއާއިއެކީ….” އިޔާޒަށް މިހާ ހިސާބަށް ބުނެވުމުން އަޔާނީ އޭނާގެ އަނގަމަތީގައި އަތްއަޅާ ހުއްޓުވިއެވެ. އޭރު ރުޅިއައިވަރުން، އަޔާނީއަށް ހުރެވުނީ ދަތް ވިކާލައިގެންނެވެ.

“އެހާ ބާރަށް ނުކިޔާބަލަ…. މަންމައަށް އަޑު އިވިދާނެއޭ…” އިޔާޒްގެ އަނގަމަތިން އަތް ނަގަމުން ވައި އަޑުން އަޔާނީ ބުނެލިއެވެ. އަދި ގޭތެރެއަށް ނަޒަރު ހިންގާލީ އަޑު އިވޭ ހިސާބުގައި މީހަކު ހުރިތޯ ބަލާލުމަށެވެ. މަންމަމެންނަށް އަފްލާކާއި އޭނާގެ ގުޅުން އެނގިދާނެތީ އަޔާނީ ހުރީ ބިރުގަނެފައެވެ. އަނެއްކޮޅުން، އޭނާ މިއަދު އަފްލާކާއި ބައްދަލް ކުރިކަން އިޔާޒަށް އެނގުމުން އޭނާގެ ބޮލުގައި ރިއްސާލިއެވެ. އިޔާޒްގެ އަނގަ މައިތިރި ކުރެވޭނީ އޭނާ ބުނާ ކަމެއް ކޮށްދީގެންކަން އަޔާނީއަށް ޔަޤީންވެއެވެ.

“މަންމައަށް އަޑު އިއްވަން ބޭނުން ނޫނިއްޔާ ޖެހޭނީ އަހަރެން ބުނާ ކަމެއް ކޮށްދޭން…” ލައިގެން ހުރި ގަމީހުގެ ގިރުވާން ރަނގަޅުކޮށްލަމުން އިޔާޒް ބުނެލީ ދެބުމަ އަރުވާލަމުންނެވެ. އަޔާނީ ރުޅިގަދަވެފައި ހުރިނަމަވެސް އިޔާޒް ބުނާކަމެއް ކޮށްދޭން އެއްބަސްވިއެވެ.

“އެހަށް މަޑުކޮށްބަލަ… އިޔާޒްއަށް ކިހިނެއް އެނގުނީ އަހަރެން މިއަދު އަފޫއާއި ބައްދަލް ކުރިކަމެއް….” ކުއްލިއަކަށް ހަނދާންވުމުން އަޔާނީއަށް އަހާލެވުނެވެ.

“މަގޭ ލޯބި ލޯބި ސިސީ…. ހަނދާން ނެތުނީތަ….؟؟؟ ސިސީގެ ލައިފަށް އަފޫ އައުމުގެ ކުރިންވެސް އެއީ މަގޭ ބަޑީއެކޭ…. މިހާރު ދެން ޅިޔަނަކަށް ވަނީ ވިއްޔަ….” އަޔާނީގެ ކޮނޑުގައި އަތް އަޅުވާލަމުން، ލާނެއް ގޮތަކަށް އިޔާޒް ބުނެލިއެވެ. އަޔާނީ، އިޔާޒް އަތުގައި އަތުންޖަހާ ފޮޅާލަމުން، އޭނާއަށް ލޯއަޅާލިއެވެ.

“އަފޫވެސް މީވަރެއްގެ މީހެއް… އެހާވަރަށް އިޔާޒްއަށް ނާންގާށޭ ބުނީމަވެސް” އަޔާނީ އަމިއްލަ ނަފްސަށް އިވޭ ވަރަށް މަޑުމަޑުން ބުނެލިއެވެ.

“ކީކޭ….؟؟؟؟ އެއްޗެކޭ ބުނިންތަ….؟؟؟” އަޔާނީ އެއްޗެކޭ ބުނިހެން ހީވެގެން އޭނާއާއި ދިމާއަށް ކުޑަކޮށް ކަންފަތް ދިއްކޮށްލަމުން އިޔާޒް އަހާލިއެވެ.

“ނުބުނަން…. ދެން އަހަރެން ކުރަންވީ ކަމެއް ބުނަންވީނުދޯ…. އެހެން ނޫނީ އަހަރެން ވަންނަން ތަން ދީ…” ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނު ރަނގަޅު ކޮށްލުމަށްފަހު، ހަށަންބަނދެލަމުން އަޔާނީ ބުނެލިއެވެ.

“ހޫމް… ސިސީ މާ ބޮޑުކަމެއް ކުރާނެކަމެއް ނެތް…. އިއްޔެ ބޮޑުބައްޕަ ދިނެއްނު ފަސްސަތޭކަ ރުފިޔާ… އޭގެއިން ތިން ސަތޭކަ ރުފިޔާ އަހަންނަށް ދީ…..” ލިބުނު ކާމިޔާބީއަށް ފޮނިވެލަމުން އިޔާޒް އޭނާގެ ބޭނުން އިއްވާލިއެވެ.

“އިޔާޒް ކީއްކުރާ ފައިސާއެއް….” ދެލޯ ހަނިކޮށްލަމުން ޖާސޫސީއެއް ފަދައިން އަޔާނީ ސުވާލުކޮށްލިއެވެ.

“ޕިސް… ސިސީ ކުރާ ސުވާލުދޯ…. އަހަރެންމީ ފައިސާ ނުގެންގުޅެވޭވަރުގެ ކުޑަކުއްޖެއްތަ….؟؟؟ އެހެން ނޫނަސް އަފޫ ސިސީއަށް ގިފްޓް ދޭހެން އަހަރެންވެސް އަހަރެންގެ ލޯބިވެރިޔާއަށް ގިފްޓް ދޭން ބޭނުންވާނެއެއްނު…. އަހަރެންނަށް މަންމަ ފައިސާއެއްވެސް ދެނީކީ ނޫންވިއްޔަ…..” އިޔާޒް މިހެން ބުނުމުން އަޔާނީ ފެށީ ހޭށެވެ.

“ލޯބިވެރިޔާއޭ…. އެއުޅޭ މަރީނާއްތަ ގޯތި ޝައިމާ ދޯ… މީހަކަށް ވާކަހަލަ މީހަކާ ރައްޓެހިވެބަލަ…. އެއީ ދެން ކާކުތަ ރައްޓެހިވާން…. މިރަށުގަ މިހާރު މަދުވާނެ އޭނަ ރައްޓެހިނުވާ މީހަކު….” ހިނިގަނޑު މަތަކުރަމުން މަޖާވެފައި ހުރެ އަޔާނީ ބުނެލިއެވެ.

“ހީލާ ހީލާ… އަހަރެން އަންނާނަން ބޮޑު މަންމައަށް އަފޫގެ ވާހަކަ ކިޔައިދީފައި…..” މިހެން ބުނެފައި އިޔާޒް އެތެރެއަށް ދާން ހިނގައިގަތުމުން އަޔާނީ އޭނާގެ ގަމީހުގައި ހިފައި ހުއްޓުވިއެވެ.

“ކީއްކުރަންތަ މަންމައަށް ކިޔައިދޭން ތިއުޅެނީ…. އަހަރެން ފައިސާ ދީފާނަމޭ…..” މިހެން ބުނެފައި އިޔާޒަށް ލޯއަޅާލަމުން، އަޔާނީ ހިނގައިގަތީ ފައިސާ ބަލާށެވެ. ލިބުނު ކާމިޔާބީއަށް ފޮނިވެލަމުން، އިޔާޒް އަމިއްލަ ނަފްސަށް އިވޭވަރަށް “ޔެސް” އޭ ބުނެލިއެވެ.

********************

 

ޖެހިގެން އައި ދުވަހެވެ. އެކައުންޓް ގަޑި ނިމުމުން އަޔާނީއާއި އޭނާގެ އެކުވެރިން ކްލާހުން ނިކުމެގެން މިސްރާބު ޖެހީ ލައިބްރަރީއަށް ދިއުމަށެވެ. ޖެހިގެން އޮތީ އިކޮނޮމިކްސް ގަޑިއަށްވެފައި އެއީ އެކުދިން ނުކިޔަވާ މާއްދާއަކަށް ވުމުންނެވެ. ލައިބްރަރީއަށް ވަން ގޮތަށް އަޔާނީމެން އެކައުންޓް ފޮތް ނަގައިގެން މިއަދު ދީފައިވާ ފިލާވަޅުތައް ނިންމަންފެށިއެވެ. ނަމަވެސް ޔަލްވީ ބޭނުންވީ ވާހަކައެއް ކިޔާލާށެވެ. އެހެންކަމުން އޭނާ ހިނގައިގަތީ ވާހަކަ ފޮތްތައް ހުރި ހަރުގަނޑާ ދިމާއަށެވެ. ފަހަރަކު ފޮތެއް ބަލަމުން ދިޔަ ޔަލްވީއަށް ދޮރާ ދިމާއަށް ބަލާލެވުނީ ޝައުންގެ އަޑު އިވުމުންނެވެ. އޭރު ޝައުންގެ އިތުރުން ދެކުއްޖަކު ލައިބްރަރީއަށް ވަދެގެން އަންނަނީއެވެ. ޝައުންމެންގެ އަޑު މާގަދަވުމުން ލައިބްރޭރިއަން އަޑުމަޑުކުރުމަށް ބުނެލިއެވެ. ޔަލްވީއަށް އިސްޖަހާލެވުނީ ޝައުން އެދިމާއަށް އަންނަން ފެށުމުންނެވެ. ޝައުން ފެނުމުން ޔަލްވީގެ އަތްފައި ފިނިވާން ފެށީ ކީއްވެކަމެއް ޚުދު ޔަލްވީއަށްވެސް ނޭނގެއެވެ. ޝައުން ގާތްވީ ވަރަކަށް ހިތުގެ ތެޅުންވެސް އަވަސްވާހެން އޭނާއަށް ހީވިއެވެ. އެހެންކަމުން ޔަލްވީ އުޅުނީ އޭނާގެ އަތުގައި ހުރި ވާހަކަ ފޮތްތައް ހަރުގަނޑަށް ލުމަށްފަހު އެތަނުން ދާށެވެ. ނަމަވެސް އަވަސް އަރުވާލާފައި ލާން އުޅުމުން، ފޮތްތައް ވެއްޓުނީ ތަޅުންމައްޗަށެވެ. އެވަގުތުވީ، ޝައުންވެސް އެހިސާބަށް އަރާ ހަމަވި ވަގުތަށެވެ. ފޮތްތައް ވެއްޓުން އަޑަށް ލައިބްރޭރިއަންގެ އިތުރުން ލައިބްރަރީގައި ތިބި އެހެން ކުދިންވެސް އެދިމާއަށް ބަލާލިއެވެ. ހާސްވީ ވަރުން “ސޮރީ” އޭ ބުނެލަމުން ޔަލްވީ ތިރިވީ ފޮތްތައް ހޮވާށެވެ. ޔަލްވީގެ ހިތް ކުރިއަށްވުރެވެސް ބޮޑަށް ތެޅެންފެށީ ޝައުން އޭނާއަށް ފޮތްތައް ހޮވުމުގައި އެހީވުމުންނެވެ. ފޮތްތައް ހޮވާ ނިމުމުން ހަރުގަނޑަށް ފޮތްތައް ލުމުގައިވެސް ޝައުން، ޔަލްވީއަށް އެހީވިއެވެ. ހުރިހާ ފޮތްތަކެއް ލައި ނިމުމުން ޔަލްވީ ޝައުނަށް ޝުކުރު އަދާކޮށްލިއެވެ.

“ޔާލް.. ހާދަ ހާސްވެފައި….” ހިނިތުންވެލަމުން ޔަލްވީއަށް ބަލާލި ޝައުނަށް، އޭނާގެ ނިއްކުރިމަތީގައި ހުރި ދާތިކިތައް ފެނުމުން އަހާލެވުނެވެ.

“އެއީ… އެއީ… ފޮތް…. ފޮތްތައް… ހާނ…. ފޮތްތައް ވެއްޓުނީމަ…..” ޔަލްވީ އަވަސް އަވަހަށް އަތުގެ ނުފުށުން ނިއްކުރީގައި ހުރި ދާތިކިތައް ފޮހެލިއެވެ. ޝައުނަށް އޭނާ ހާސްވެފައި ހުރިކަން އެނގުމުން ޔަލްވީ އިތުރަށް ހާސްވާގޮތްވިއެވެ. އެހެންކަމުން އޭނާއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުންނެވެ.

“ޔާލް… ހަމަޖެހިބަލަ… އެއީ އެހާ ހާސްވާވަރުގެ ކަމެއް ނޫނޭ……” ޔަލްވީ ވާހަކަ ދެއްކި ގޮތުން ޝައުންގެ ގާތަށް ހިނިއައިނަމަވެސް ހިނިގަނޑު މަތަކޮށްލަމުން މިހެން ބުނެލީ ޔަލްވީ މާ ހާސްވެފައި ހުރުމުންނެވެ.

“ތިހާ އަވަހަށް ހާސްވާން ވެއްޖިއްޔާ ދިރިއުޅެން ވަރަށް އުނދަގޫވާނެ…..” ފޮތްހަރުގަނޑުގައި ހުރި ފޮތްތައް ބަލަމުން ޝައުން ވާހަކަ ދެއްކިއެވެ.

“ތިބުނީ….؟؟؟؟ ނުވިސްނުން….” ޝައުން ބުނި އެއްޗެއް ފަހުމް ނުވުމުން ޔަލްވީ ސުވާލުކޮށްލިއެވެ.

“މިބުނީ ތިހާ އަވަހަށް ކަންކަމާ ހާސްވާންވެއްޖާ ދިރިއުޅުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނޭ….. ނިކަން ކޫލް ކޮށް ހުރެބަލަ އަހަރެން ގޮތަށް….” ހަށިގަނޑަށް އަވަސް ހަރަކާތެއް ގެންނަމުން އަމިއްލަ މީހާއަށް އިޝާރާތްކޮށް، ޝައުން މިހެން ބުނުމުން ޔަލްވީގެ ގާތަށް ހިނިއައެވެ. ޔަލްވީ ހަމައަކަށް އެޅުމުން ޝައުންވެސް ހީލިއެވެ. އަދި ފޮތްހަރުގަނޑުން ފޮތެއް ހިފައިގެން އެކުވެރިންނާ ދިމާއަށް ދިޔައެވެ. ޝައުން ދިއުމުން ޔަލްވީވެސް އޭނާ ކިޔަން ބޭނުންވާ ވާހަކަ ފޮތް ނަގައިގެން އަޔާނީމެންގެ ގާތަށް ދިޔައެވެ.

 

ޔަލްވީ، އަޔާނީމެންގެ ގާތުގައި އިށީނދެ ކިޔަން ގެނައި ވާހަކަ ފޮތް ހުޅުވާލިއެވެ. ނަމަވެސް އޭނާއަށް ވާހަކަ ކިޔޭވަރެއް ނުވެއެވެ. އަވަސް އަވަހަށް ޝައުންމެން ތިބި ދިމާއަށް ބަލާލެވެނީ ބޭއިޚްތިޔާރުގައެވެ. އޭރު އޭނާގެ ތުންފަތުގައި ރީތި ހިނިތުންވުމެއްވެސް ވިއެވެ. ޝައުނަށް ބަލަހައްޓައިގެން އިން ޔަލްވީ ސިހުނީ އޭނާގެ އަތްމަތީގައި ޝިއުރީ އަތް ބާއްވާލުމުންނެވެ. އެދިމާއަށް ބަލާލިއިރު ޝިއުރީގެ އިތުރުން އަޔާނީއާއި، މިޝްޔާވެސް އިނީ އޭނާއަށް ބަލާށެވެ. ކިތަންމެ ގާތް އެކުވެރިން ކަމުގައިވިޔަސް އެގޮތަށް ޝައުނަށް ބަލަހައްޓައިގެން އިންދާ އެމީހުންނަށް ފެނުމުން، ޔަލްވީ ލަދުގަތެވެ. ތުންފަތުގައި މަޑުމަޑުން ދަތް އަޅާލަމުން ޔަލްވީ ފޮތަށް ނަޒަރު ހުއްޓާލީ އަޔާނީމެންނާއި ހަތަރުކަޅި ހަމަނުކުރަންވެގެންނެވެ.

“ޔާލް….. މިފަހަރު ރެޑް ހޭންޑްކޮށް މި އަތުލައިގަނެވުނީ…. އަދިވެސް އެއްބަހެއް ނުވާނަންތަ…؟؟؟؟” ޔަލްވީ ކިޔަން އިން ފޮތް ދަމައިގަންނަމުން ޝިއުރީ ބުނެލިއެވެ.

“ކޮންކަމަކާ އެއްބަސްވާ ވާހަކަ ތިދައްކަނީ… އަހަރެންނަކަށް ނޭނގެ ތިކިޔާ އެއްޗެއް….” ޝިއުރީ ބުނި އެއްޗެއް ފަހުމް ވީ ނަމަވެސް ޔަލްވީ ނޭނގޭކަމަށް ހަދާލިއެވެ.

“ޔާލްއަކަށް ނޭނގެ ދޯ އެކިޔާ އެއްޗެއް…. ޔާލްއަށް ނޭނގެންޏާ އަހަރެން ތަންކޮޅެއް ސާފުކޮށް ބުނެދީފާނަމޭ…. ޝިއު އެބުނީ ޝައުންގެ ވާހަކަ… ޔާލްއަށް ޝައުން ކަމުދާކަމަށް އަދިވެސް އެއްބަހެއް ނުވާނަންހޯ….” މިޝްޔާ ތަފްސީލްކޮށް ބުނެދިނުމުން ޔަލްވީގެ ހިތް ތެޅެންފެށީ އެކުވެރިންނަށް އޭނާގެ ހިތުގެ ހާލު ރޭކާލުމުންނެވެ.

“ނޫނޭ…. އަހަރެންނަށް އޭނާ ކަމަކު ނުދޭ…. އެހެންނޫނަސް އެއީ އެހެން މީހެއްގެ…..” ޔަލްވީގެ ޖުމްލަ މެދުކަނޑާލީ އަޔާނީ އޭނާގެ އަތުގައި ހިފަހައްޓާލުމުންނެވެ.

“ޔާލް…. އަހަރެމެންނަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބާ….؟؟؟ ޔާލްގެ ހަރަކާތްތަކުން އަހަރެމެންނަށް އެނގޭ ޔާލް ޝައުންއާއި ގަޔާވާކަން…. ދެން ޔާލް ބުނަން ތިއުޅުނީ އެއީ އެހެންމީހެއްގެ ޙައްޤެކޭ ދޯ…. ކިހިނެއް އެނގެނީ ޝައުނާއި އީޝާ އަދި ރުޅި ނުވާނެކަމެއް….. ކިހިނެއް އެނގެނީ ޔާލް އަށް ޝައުން ނުލިބޭނެކަމެއް…. ޝައުން ކައިވެނިކޮށްގެން އުޅޭނަމަތާ އުއްމީދު ކަނޑާލަންވާނީ….. ކަންތައް ވާނީ ކިހިނެއްކަމެއް ބުނެދޭކަށް އެކަކަށްވެސް ނޭނގޭނެ…..” އަޔާނީގެ ވާހަކައިން ޔަލްވީއަށް ޖެހުނީ އެކުވެރިންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ. އޭނާ ޝައުނާއި ގަޔާވާކަމަށް އެއްބަސް ވިއެވެ.

 

“އޯހް ނޯ….. އަހަރެން މިއިނީ އަދި ހަނދާންވެސް ނެތިފަ…..” ކުއްލިއަކަށް މިޝްޔާ މިހެން ބުނުމުން ދެން ތިބި ތިން ކުދިންނަށް އެއްފަހަރާ ކިހިނެއްވީހޭ އަހާލެވުނެވެ.

“ޒީކްމެން މިއަންނަ ވީކްއެންޑްއަށް ދަތުރުދާން ރާވައިފި…. ހިސާބުގަނޑުގެ ކުދިންކޮޅު ދަނީ…. ޝިއުމެންވެސް ދާނަންދޯ….” ފޯރިއާއި ޖޯޝް އެކުލެވިގެންވާ އަޑަކުން މިޝްޔާ ބުނެލިއެވެ.

“އަސްލުތަ… ހަމަ ޔަޤީނުންވެސް އަހަރެން ދާނަން…. ވަރަށް ދުވަސްވެއްޖެ ދަތުރު ނުދާތާ… ވާނެ ދޯ ވަރަށް މަޖާކޮށްލަން…..” ދަތުރު ދާ ވާހަކަ ބުނުމުން މަޖާވެފައި އިނދެ ޝިއުރީ ބުނެލިއެވެ.

“ޔޭ….. އަހަރެންނަށް އަފޫއާއި ބައްދަލްކޮށްލަން ރަނގަޅު ފުރުސަތެއް މިލިބުނީ…..” އަޔާނީ މިހެން ބުނުމުން ޝިއުރީއާއި މިޝްޔާ އަޔާނީއާއި ދިމާކޮށްލިއެވެ.

“ޔާލް ކީއްވެ މާ މަޑުން ތިއިނީ…. ދަތުރު ދާން ބޭނުން ނުވަނީތަ….؟؟؟” ޔަލްވީ ވަކިއެއްޗެއް ނުބުނެ މާ މަޑުން އިނުމުން އަޔާނީމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

“އަހަރެން އެހާ ދާހިތެއް ނެތް….” މިހެން ބުނެފައި ޔަލްވީގެ ސަމާލުކަން ދޫކޮށްލީ ކުރިމަތީގައި އޮތް ފޮތަށެވެ. އޭނާ އެމައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާހެން ހީވާ ކަހަލައެވެ. ޔަލްވީގެ ޖަވާބާއިއެކު ތިންމީހުނަށް އެއްފަހަރާ ކީއްވެހޭ އަހާލެވުނެވެ. ނަމަވެސް ޔަލްވީ ވަކިއެއްޗެއް ނުބުނެ ފޮތަށް ބަލަހައްޓައިގެން އިނީއެވެ.

“ޔާލް…. ޝައުންވެސް ދޭ…” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޝްޔާ ބުނެލިއެވެ. ޔަލްވީ މިޝްޔާއަށް ބަލާލިއެވެ. އޭރު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ.

“އަސްލުވެސްތަ….؟؟؟ އެކަމް މިޝްއަށް ކިހިނެއް އެނގެނީ އޭނަ ދާނެކަމެއް…..” ދެބުމަ ހިއްލާލަމުން ޔަލްވީ ސުވާލުކޮށްލިއެވެ.

“ޒީކް ބުނީމައެއްނު…. އޯހް…. އަދި އަހަންނަކަށް ނުބުނެވޭ ދޯ…. ޝައުން އެއީ ޒީކްގެ ކަޒިންއެކޭ…. ޒީކް ބުނި ޝައުންވެސް ދެޔޯ…. އެހެންވެ އަހަންނަށް އެނގުނީ….” މިޝްޔާ އޮޅުން ފިލުވައިދިނެވެ.

“ޔާލް ދާނަން ދޯ އެހެންވީމަ…..” ޝިއުރީ އަހާލީ ޔަލްވީ ގެންދަން ބޭނުންވާވަރުންނެވެ.

“އަހަރެންނަށް ދެވޭނީ މަންމަ ހުއްދަ ދިނިއްޔާ….” މަންމަ ހުއްދަ ނުދޭނެކަން އެނގި ހުރެމެވެސް ޔަލްވީ ބުނެލިއެވެ. އެވަގުތު ބެލްޖެހި އަޑު އިވުމުން ހަތަރު ކުދިން މިސްރާބުޖެހީ ކްލާހަށް ދިއުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޒާރާ (5)

Next

ގޮއްޔެ (2)

Next
July 29, 2017

ގޮއްޔެ (2)

Previews
July 28, 2017

ޒާރާ (5)

59 Comments!

  1. Eemyaa says:
    July 29, 2017 at 11:51 am

    Mi part ves kiyuntherinnah kamudhaane kamah ummeedhu kuran 🙂

  2. Aif says:
    July 29, 2017 at 12:09 pm

    Varah reethi ??

    1. Eemyaa says:
      July 29, 2017 at 12:48 pm

      Thanks Aif ??

  3. Xna says:
    July 29, 2017 at 12:09 pm

    Rythi. Dhathuru therein v majaa vaane kmah mibalanee.. waiting..waitingggggg

    1. Eemyaa says:
      July 29, 2017 at 12:50 pm

      Thanks Xna ?
      Dhathuru therein kanthah thakeh hingaane
      Majaa ves vaane ?
      ☺☺

  4. khajja says:
    July 29, 2017 at 12:18 pm

    Masha allah v rythi v furihama wen nxt prt uvahah up kolla dhechchey plx

    1. Eemyaa says:
      July 29, 2017 at 12:52 pm

      Thanks khajja ?
      Next part on Monday ☺?

  5. Shahoo says:
    July 29, 2017 at 12:24 pm

    Wow varah reethi mi part vs. V interesting. Wen nxt part? Avahah up kohdhehchey plxxx?

    1. Eemyaa says:
      July 29, 2017 at 12:53 pm

      Thanks Shahoo ?
      Next part on Monday ☺?

  6. Sinaa says:
    July 29, 2017 at 12:56 pm

    dhen ok

    1. Eemyaa says:
      July 29, 2017 at 1:24 pm

      Thanks Sinaa ?

  7. Cher says:
    July 29, 2017 at 1:16 pm

    When next part up vaany??????
    Can’t wait varah salhi story eh… Avahah up kohdhehchey..puleez?????????

    1. Eemyaa says:
      July 29, 2017 at 1:26 pm

      Next part on Monday ☺
      Thanks Cher ??

  8. Aree says:
    July 29, 2017 at 1:16 pm

    Wooow vvv nice???

    1. Eemyaa says:
      July 29, 2017 at 1:27 pm

      Thanks Aree ??

  9. Ary says:
    July 29, 2017 at 1:17 pm

    Wooow vvv nice???

    1. Eemyaa says:
      July 29, 2017 at 1:27 pm

      Thanks Ary ??

  10. ainthu says:
    July 29, 2017 at 1:26 pm

    V reethi keep it up konirakun next part.loving eemyaa

    1. Eemyaa says:
      July 29, 2017 at 1:29 pm

      Thanks ainthu ?
      Next part on Monday ☺?☺

  11. Sunflower says:
    July 29, 2017 at 1:53 pm

    Vvvv interesting story eh…. Mi part vx v nice…

    1. Eemyaa says:
      July 29, 2017 at 1:58 pm

      Thanks ? ??

  12. Flower says:
    July 29, 2017 at 1:59 pm

    Haada vantarey ithoo gea story ya .anenkaa ithoo tha thy.eakamu v loabi story

    1. Eemyaa says:
      July 29, 2017 at 2:23 pm

      Nop, m nt ithoo Flower
      Ithoo ge story aa may b vahtharu hen heevedhaane bt this is totally a different story
      Mi story aky eem 2015 ga start kuran ulhun story eh bt eyru kanthah huri gothun genesdhevey varu nuvy
      Anyway thanks flower ??

  13. Coco says:
    July 29, 2017 at 2:12 pm

    Mi story ge main character aky yalvee tha n story is fab

    1. Eemyaa says:
      July 29, 2017 at 2:26 pm

      She’s one of them.. mee long story eh n mi story ga 4 main charecters himeney.. ?
      Adhi yalvee ge bai dw bodah annany fahun aneh girls ge baithah ves annaane Coco ☺☺
      Thanks Coco ??

  14. Zoya says:
    July 29, 2017 at 2:42 pm

    wow v v v furihama dhathuru v majaakoh genesdheyne kamah ummeedhu kurani when next part v inthizaaru kurevey waiting waiting??????????

    1. Eemyaa says:
      July 29, 2017 at 3:01 pm

      Thanks Zoya ??
      Majaaves vaane dhathuru ?
      Thafaathuves vaane ?
      Next part on Monday ☺?

  15. Ash? says:
    July 29, 2017 at 3:38 pm

    Varah reethi…next part ves mihaavarah reethi vaahekamah mibalany ?????

    1. Eemyaa says:
      July 29, 2017 at 6:47 pm

      Thanks Ash ??

  16. song joong ki..KOREAN says:
    July 29, 2017 at 3:44 pm

    alheyy mi part vx vv loabi masha allha 🙂 nxt part vv kiyaahithun mihury. picnic in vaane goih image khleveny. v majaa khlahcheyy. 😀 v gina frnds in ehkoh ulheythee just heevany hama kiyaagady kurimathin fenna hen. 😉 its just wow. so impressive n interesting..eagerly waiting 4 nxt part dear.. good luck.. TC 🙂 🙂

    1. Eemyaa says:
      July 29, 2017 at 6:49 pm

      Thanks song ??
      Hehe thank you dear ☺☺
      Tc

  17. ??? says:
    July 29, 2017 at 6:23 pm

    Vvvv rythi mibaii vess hama kiyaa hith vaniiii dhenn vaa gotheh kiyaa hith vaniii☺☺yalvee name kurukoh yaal kiyaathi hee vanii ehenn kuhjjeh ge bai henn ..yal maa gulhey ??hama buneliii kiyaairu udhagoo vaathi ☺vaahaka vvvvvvvvvv rythi aneh bayah inthizaaru kurann??☺

    1. Eemyaa says:
      July 29, 2017 at 6:53 pm

      Thanks dear ??

  18. maroon says:
    July 29, 2017 at 6:49 pm

    Maroon ah v udhagu kameh meehunge nan ehaa avahah dhaskurumaky…v olheyne. Ekamaku mi story adhi ithurah kiyan beynun..v salhi hurihaa scene thakehves.. love this story. Waiting for a new episode. Best of luck. ❤

    1. maroon says:
      July 29, 2017 at 6:55 pm

      Tyler aai eky ei kon kujjeh???

    2. Eemyaa says:
      July 29, 2017 at 6:55 pm

      Thanks maroon ??

    3. Eemyaa says:
      July 29, 2017 at 6:58 pm

      Dnt knw maroon..
      Pic thakeh balanikoh fenunyma reethivegen negy e pic.. ☺

    4. 1997women says:
      July 30, 2017 at 9:02 am

      Ae pretty little liars ga asheley banson ge lover ah ulhey caleb..

    5. Eemyaa says:
      July 30, 2017 at 10:28 am

      Yeah, thts him ?

    6. maroon says:
      July 30, 2017 at 7:37 pm

      Yh. Tyler aai eky ei kon girl kon kujjeh …

    7. Eemyaa says:
      July 30, 2017 at 8:20 pm

      Girl kujja ge name neygeny maroon
      Sorry ?

  19. cya says:
    July 29, 2017 at 8:28 pm

    Mi part vv reethi
    waiting————

    1. Eemyaa says:
      July 29, 2017 at 8:52 pm

      Thanks cya ??

  20. Dhimra says:
    July 29, 2017 at 8:44 pm

    Dhim ah vrh olhey maa couples thah Gina v ma…aneh hn story vrh reethi

    1. Eemyaa says:
      July 29, 2017 at 8:53 pm

      Thanks Dhimra ??

  21. 1997women says:
    July 30, 2017 at 7:25 am

    Kurin part ah comment kohlli iru hykurin eythi positive koh nunagaane ey… But you were the opposite… I love that you believe that you could also make mistakes… Adhi faahaga kohlli than kolhu correct kollyma v happy vi… Writers should be this way… Kuh liyeveyny ves liyaa myhaa ah kan dhannan vaane. Thanks eeem for taking it positively… I am falling in love with this story.. Keep going girl ???

    1. Eemyaa says:
      July 30, 2017 at 10:39 am

      Hehe ?
      Kuhthah rangalhu kohdhinumah eem innaane bubelaafaves..
      I always remember tht m nt a professional writer so it is possible to make mistakes..
      And m really happy tht u point out my mistakes.. really I appreciate it ??
      Thanks 1997women ??
      Hope u’ll do the same

  22. Adha? says:
    July 30, 2017 at 5:41 pm

    Adhi kiriyaa mi kiyaalevuny…. this part ves varah varah reethi.. ?mi story kiyaa iru school days thah mathin varah handhaan vey?
    Waitingss ❤❤❤❤

    1. Eemyaa says:
      July 30, 2017 at 6:58 pm

      Thanks Adha ?
      Asluves dww.. Eem ves v handhaan vey school days mathin hehe ☺

    2. song joong ki..KOREAN says:
      July 30, 2017 at 9:06 pm

      i’m enjoying that funny days now 🙂 😀

    3. Eemyaa says:
      July 30, 2017 at 9:24 pm

      Oww ?
      Song thee school kujjehtha??

    4. Adha? says:
      July 30, 2017 at 11:02 pm

      Haha.. enjoy ingey S.J.K KOREAN…?? btw eam knirakun tha next ep?? Varah kiyaahiy vegen mi ahaaly?

    5. song joong ki..KOREAN says:
      July 31, 2017 at 2:33 pm

      ofcourse i am!! i’m from 10. 🙂 🙂 n its so funny these days with my loving friends

    6. song joong ki..KOREAN says:
      July 31, 2017 at 2:35 pm

      & Adha.. v salhi kh thi name kurukhla dhiny. 😀 S.J.K KOREAN 🙂 i loved it. thanks….:)

    7. Adha? says:
      July 31, 2017 at 4:06 pm

      Hehe.. wc.. name maa dhiguveema kurukohlee?

    8. song joong ki..KOREAN says:
      July 31, 2017 at 4:09 pm

      Hehe yeah. thats great 😀

  23. Eemyaa says:
    July 31, 2017 at 12:43 pm

    Adha haveerun kanne up kohleveynee 🙂

  24. Lammi ? says:
    September 20, 2017 at 9:39 am

    Woww wowww ❤
    Warah salhi

    1. Eemyaa says:
      December 29, 2017 at 12:53 am

      Thanks dear ❤

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ހަޤީގީ (ފަސްވަނަ ބައި)←


All Right Reserved!