
އައިލީން އޭނަގެ މަންމަ ޔަށް ބަލަން ހުރީ ސުވާލްގެ ނަޒަރުންނެވެ. އެ ކާކުތޯ ބަލަން އައިލީން ގެ އިތުރުން މިއުވާން ވެސް ހުރީ ކެތް މަދުވެފަ އެވެ. މިއުވާން އަށް ފޯނެއް އައުމުން އައިލީން ކާރި ދަނީ އެ ބުނެ ހިގަށްޖެ އެވެ. އާލިޔާ ވާހަކަ ދެއްކުމުގެ ކުރިން އަހުމަދު އައިލީން އާ ވާހަކަ ދެއްކި އެވެ. “އަހަރެން މީ ދަރިފުޅުގެ ބައްޕަގެ ވަރަށް ގާތް ރަށްޓެއްސެއް. މުހައްމަދު ނިޔާވި އިރު ބޭބެ ހުރީ ބޭރުގަ ކަމުން ޖަނާޒާ އަށް ނާދެ ވުނީ” އަހުމަދު މިހެން ބުނި އިރު އައިލީން ހުރީ ހައިރާން ވެފަ އެވެ. ސަބަބަކީ އޭނާ އަށް ބައްޕަ ގެ އަހުމަދު ކިޔާ ރަށްޓެއްސެއް ނުހުންނާނެ ކަން ޔަގީން ވާތީ އެވެ. ނަމަވެސް ހިނުތުން ވުމެއް ދިނުމަށް ފަހު އޭނަ ދިޔަ އީ ކޮޓަރިޔަށެވެ.
ހަވީރު އައިލީން ރީތި ވަމުން ދިޔައީ ފުޓް ބޯލް ކުޅޭތަން ބަލަން ދިޔުމަށެވެ. އައިލީން އަކީ ފުޓްބޯޅަޔަށް މަރުދޭ ކުށްޖެކެވެ. ކަޅުކުލާއިގެ ޓޮޕް ކޮޅަކާއި އައިސް ބްލޫ ޖީންސް ގައި އައިލީން ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. މޭކަޕް އަކާ ނުލާ ވެސް އައިލީން އެހާ ރީއްޗެވެ. ބޮލުގަ ފުނާ އަޅާ ތުންފަތުގައި ލިޕްގޮލޯސް ހޭކުމަށްފަހު އަދި އެއްފަހަރު ލޯގަނޑުން އަމިއްލަ ސިފަޔަށް ބަލާލި އެވެ. ސާއިކަލް ގެ އަޑު އިވުމުން އައިލީން އަވަހަށް ގަޔަށް ސެންޓް ބުރާލުމަށް ފަހު ބޭރަށް ނުކުތެވެ. އެއިރު މިއުވާން އިނީ އޭނާގެ ޖީއެން ގައި އައިލީން އަށް އިންތިޒާރުގަ އެވެ. ކުރިމަތިން މީހަކު އަންނަހެން ހީވެގެން ފޯނާ ކުޅެން އިން މިއުވާން ބަލާލީ ކުރިމަތިން އަންނަ އައިލީން އަށެވެ. 14 15 ގެ ހަނދު ފަދަ އެ އަންހެން ކުށްޖާއަށް ބަލަން އިދެވުނީ ކަޅިޖަހަން ވެސް ހަދާންނެތިފަ އެވެ. އައިލީން ލަދުގަންނަ ގޮތް ވި އެވެ. 5 ވަރަކަށް މިނުޓަށް ފަހު އައިލީން މިއުވާން ގާއިގާ އޭނާގެ އަތުން ޖެހި އެވެ. “ހެލޯ؟؟ ދާން ނުވޭތަ؟ ކޮންތާކަށް ގެއްލިފަ؟ ހިގާ ދާން” ހެމުން ހެމުން އައިލީން އެހެން ބުނެފަ ސާއިކަލް ފަހަތަށް އެރި އެވެ.
މާފަންނު ސްޓޭޑިއަމް ދެވުން އިރު މީހުން ތަށް އެތެރެޔަށް ވަންނަނީ އެވެ. އައިލީން މެންވެސް ޓިކެޓް ނެގުމަށްފަހު އަވަހަށް ވަންނަން ދިޔައެވެ. މީހުންގެ ތެރޭ ފިތި ބާރުވެގެން ދާން ޖެހުމުން އުދަގޫ ވިއެވެ. ވަންނަން ދިޔަ އިރު އައިލީން މީހެއްގެ ގާއިގާ ޖެހި ވެށްޓެން ދިޔަ އެވެ. ނަމަވެސް ބާރުގަނދަ ދެއަތަކުން އައިލީން ހިފެހެއްޓި އެވެ. މިއުވާން ކަމަށް ހީކޮށް ބެލި އިރު މިއުވާން އެއްނޫނެވެ. ޒުވާން ފިރިހެންކުށްޖެކެވެ. އަވަސް އަވަހަށް އަވަހަށް އައިލީން އެޒުވާނާޔާ އާއި ދުރުވި އެވެ. އަދި އެޒުވާނާޔަށް ވަރަށް ފުންކޮށް ބަލާލިއެވެ. ބޮލުގެ އިސްތަށިގަނޑު ދެފަރާތުން ތުނިކޮށްފަ ތުބުޅި ވެސް ތުނި އެވެ. ލިބިފައިވަނީ ކަސްރަތީ ހަށިގަނޑެއްކަން ހާމަ ވަނީ ލާއިފަ ހުރި ފިޓް ޓީޝާޓް އިންނެވެ. އެޒުވާނާ އައިލީން އަށް ހިނިތުންވުމެއް ރަށްދުކޮށް ބަލާއިގެން އުޅުމަށް ބުނެ ހިގަށްޖެ އެެވެ. މިއުވާން ހުރީ އައިލީން ގެ ހަރަކާތް ތަކަށް ބަލާށެވެ. އެހެން ފިރިހެނެށް އައިލީން ގާއިގާ ބީހޭ ތަން ބެލުމަކީ އޭނާ އަށް ބަލަން ބޭނުންވާ މަންޒަރެއް ނޫނެވެ. އައިލީން އަށް އަދިވެސް ބަލަން ހުރީ އެދިމާ އަށެވެ. “އައިލް؟ އާ ޔޫ އޯކޭ؟ “ހާސް ވެ ހުރެ މިއުވާން އަހާލިއެވެ. ” އައިލީން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ. މެޗް ނިމިގެން ދިޔައީ ވަރަށް ފޯރިއާ އެކީގަ އެވެ. ނަމަވެސް މުޅި މެޗް ތެރެއިންވެސް އައިލީން ގެ ލޯ ހޯދަމުން ދިޔައީ އެއްކަލަ ޒުވާނާ އެވެ.
އައިލީން އަށް ކާރީގަ އިން މިއުވާން ނުފެންނަ ކަހަލައެވެ. މިއުވާން ގެ ހިތް ރިއްސާލި އެވެ.ނަމަވެސް ކެއްކޮށްލާއި ގެން އިނީ ހެއްދެވި ފަރާތަށް ވަކީލް ކޮށްގެންނެވެ. ” އައިލް.. ހިނގާ ދާން . ބަންގި ގޮވަން ކާއިރި ވަނީ..” އޭނާގެ ބަސް ނާހާ ހިތަށް ވިސްނާ ދެމުން އައިލީން ކާއިރި އަހާލިއެވެ. “މްމްމް.. ހިނގާ” އައިލީން އެހެން ބުނުމަށްފަހު ދާން ތެދުވި އެވެ. ދާން އެޅި ފިޔަވަޅު މަތީ މަނޑު ކޮށްލެވުނީ ކުރިމަތިން އެއްކަލަ ޒުވާނާ ފެންނާތީ އެވެ. އައިލީންގެ ފާއިގަ ތަޅުލެވުން ކަހަލަ އެވެ. އެޒުވާނާ މިސްރާބު އޮތީ އައިލްމެން ތިބި ދިމާލަށެވެ. އައިލީންގެ އަތް ފާއި ގަނޑު ވި އެވެ. ހިތް ބާރަން ތެޅެން ފަށާފި އެވެ. ހުދު އައިލީން އަށް އޭނަޔަށް ވާ ގޮތް ނޭންގެ އެވެ.
(ނުނިމޭ)
19 Comments!
Comments are closed.
Thanku for uploading a new episode. Story eh kiyaa hithun mi inee ?
I think e jinni hen aileen ah efennany… v reethi. Waiting ?
Thank you maroon..
??
Hey guys.. Here is the third part.. Hope u ll like.. Read and comment..
Next episode monday ga.. Morrow vrh bxy class onnaathy.. Keep waiting???❤ good nyt all
vvvv salhi..
Thank you song joong
Masha allah v rythi ?? this stry is awsome ? when nxt prt gud nyt??❤❤
Thanks khajja???
Same mistakes repeat vefa
Thanks.. Mistakes thah specify kohfa bunedhyba.. So i cannot repeat those..??
Nice❤❤
Adhi vvv rythi aileen ah miuvaan eyrunn rythi vaani☺???
Konn irakunn aneh baii nereniii
Kobaa tha ???
Plx tell anything we are waiting plx plx plx plx
Plx tell anything plx plx Now how many months now ago plx tell any things
Then this story is not update guys then don’t wait ingey I am sure this story is not update??????????????
Which Monday??? Pls tell me IMM
Yeah which Monday??????
Hmm which month which Monday plx tell me imm