އަޔާނީމެން ގެއިން ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި މިޝްޔާގެ އިތުރުން ޒިކާނާއި މިޝަލްވެސް ބޭރުގައި ތިއްބެވެ. “ޔާނީ ހާދަ ލަސްވީ…. މިހާރު އަހަރެމެން މިތާ ތިބޭތާ ކޮން އިރެއް…؟؟؟ އަޔާނީމެން ފެންނަ އިރަށް މިޝްޔާ ބުނެލިއެވެ. ” ބަސްތާއެއްގެ ފުށްޖަހަންވީމަ، ލަސްވާނު….” ޝިއުރީއަށް މަޑުން ނުހުރެވިގެން ބުނެލިއެވެ. “ދެން ޝިއު….. ދިމާ ނުކޮށްބަލަ….. އަހަރެން ބަލާނަމޭ ޝިއުވެސް ނަހީކްއާއި މީޓްކުރަން ދާއިރު ފުށް ނުޖަހާތޯ ދަނީ…..” ޝިއުރީއަށް ރައްދު ދެމުން އަޔާނީ ބުނެލިއެވެ. “އަދިވެސް ތިތާ ބޮޑު ވާހަކައިގައި […]
ރޯ ހައުސްގެ މަތީބުރީގައި ހުންނަ ނިދާ ކޮޓަރީގައި ހުރި އެނދުގައި ރިޒުވީން އިށީނދެލައިގެން އިނެވެ. އެނދު ކައިރީގައި ކުޑަ ދޮރެއް ހުރެއެވެ. އެ ކުޑަ ދޮރުން ބޭރު ފެނެއެވެ. ރިޒުވީން އިނީ އެ ކުޑަ ދޮރުން ބޭރު ބަލާށެވެ. ގުގުރާ ވިދަމުން ދިޔުމާއެކު ނަގާފައިވާ ކަޅު ވިލާތަކާއެކު ދުނިޔެމަތި ވަނީ ވިއްސާރަ ހަދާފައެވެ. ރަށު ތެރެއިން ފެންނަ މަދު ގަސްތައް ވެސް ވައިގެ ރޯޅިއާއެކު ދެންމެދެންމެ ލުހިގެން ދާން އުޅޭހެން ހީވެއެވެ. އެދުވަހުގެ މޫސުން ވެސް އޭނާއާ […]
“ލަމް އޯކޭވާނެ.. މީހަކަށް އެކަހަލަ ރަނގަޅު އަނތްބަކު ނުލިބޭނެ..” ޔޫޝައު އޭނާގެ ލޯބިވާ އަނބިމީހާ ލަމްހާއަށް ތަޢުރީފުކޮށްލިއެވެ. “ދެން އެހާ ރަނގަޅު އަނތްބަކު ހުއްޓާ އެހެން މީހަކު ތި ހޯދަނީ ކީއްކުރަން؟” ލިހާމް ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ. “އަސްލު އަހަރެންވެސް ފުރަތަމަ ބޭނުމެއްނުވޭ އިތުރު ކައިވެންޏެއް ކުރާކަށް.. އެކަމަކު ލަމް ބޭނުންވަނީ އަހަރެން އިތުރު މީހަކާ އިންނަން.. މިހާރު ހައެއްކަ އަހަރު ވެދާނެ އެހެން ކިޔާތާ.. އެކަމަކު އަހަރެން މިހުރިހާ ދުވަހު އެކަމާ ދެކޮޅު ހަދަމުން މިއައީ..” […]
އަހަރު 2028 ފަތިހުގެ ފަނޑު އަލިކަން އުޑު މައްޗަށް ފެތުރިފައިވާ ތަން ބަލަން އެމެރިކާގެ ރައީސް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރީ ހުއްޓެވެ. އެމެރިކާ ސިފައިންގެ ބައިގަނޑެއް އެ ތަނަށް އެއްވަމުން ދިޔައެވެ. އިރުކޮޅެއް ފަހުން، އެމެރިކާގެ ރައީސްގެ އެންގުމަކަށް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރިން އެމެރިކާ ސިފައިން އަރުވައިގެން ހެލިކޮޕުޓަރުތަކެއް ނައްޓާލައިފިއެވެ. ދެތިން ހެލިކޮޕުޓަރެއް ނޫނެވެ. ދިހަވަރަކަށް ހެލިކޮޕުޓަރު އުޅޭނެއެވެ. ހެލިކޮޕުޓަރުތައް ދަތުރުކުރަމުން ގޮސް މަޑުކުރީ ދިވެހިރާއްޖޭގެ މިލަދުންމަޑުލު ނޫމަރާ ކަނޑަށެވެ. އެ މީހުންގެ އިންތިޒާރުގައި […]
އައިކާއަކީ ނިކަމެތި ދެމަފިރިއަކަށް ލިބިފައިވާ ތިންކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ޤުދުރަތުން ރީތި ސިފަތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް ދެއްކުންތެރިކަމެއްނެތް ހިތްތިރި ކުއްޖެކެވެ. އޭނާގެ ރިވެތި އަޚްލާޤާއި ބުރުސޫރައިގެ ރީތިކަމުގެ ސަބަބުން ޒުވާން ފިރިހެންކުދިން ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޒުވާން ގިނަ އަންހެންކުދިންވެސް އައިކާއަށް ބަލާލަނީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ. ނަމަވެސް އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އަދި އެއީ އޭނާ ފަޚުރުވެރިވާ ކަމެއްވެސް ނޫނެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ އޭނާގެ […]
ހިމޭންވައިރޯޅިތައް ސާޔާގެ ހަށިގަނޑު ބޮސްދެމުންދިޔައެވެ. މީހުން އަތިރިމަތިން ހުސްވަމުން ދިޔަނަމަވެސް ސާޔާ އިނީ ދާން ނޭނގިފައިކަހަލައެވެ. މަޑު އޮރެންޖްކުލައަކުން އުޑުގައި ހީވަނީ އަލިފާން ރޯކޮށްލެވިފައިވާހެނެވެ. ސާޔާ އޭނާގެ ދަބަހުން ދަނބުކުލައިގެ ޑައިރީނަގައި މިއަދުހިނގައިދިޔަ ހުރިހާވާހަކައެއް ލިޔަންފެށިއެވެ. “ޑައިރީއެވެ. އަޅުގަނޑުގެ މި ބޭޑް އޯރ ވޯރސްޓް ލައިފް އަށް ދުވަހަކުވެސް ބަހާރު މޫސުން އަންނާނެހެއްޔެވެ؟ ހިތުގެއެދުމަށް ނުވަތަ މިކުރާ ފޮނި އިންތިޒާރަށް ނިމުމެއް އަންނާނެހެއްޔެވެ؟ ނޫނެކެވެ. ހިތަށް ކިތަންމެ ޒަޙަމެއްލިބުނެއްކަމަކު އޭނާއަށް ކީއްހެއްޔެވެ. ރުޔާން އަށް އަހަރެންމިއީ ކާކުހެއްޔެވެ؟ […]
“ޔާލް…. ޝައުންވެސް ދޭ…” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޝްޔާ ބުނެލިއެވެ. ޔަލްވީ މިޝްޔާއަށް ބަލާލިއެވެ. އޭރު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ. “އަސްލުވެސްތަ….؟؟؟ އެކަމް މިޝްއަށް ކިހިނެއް އެނގެނީ އޭނަ ދާނެކަމެއް…..” ދެބުމަ ހިއްލާލަމުން ޔަލްވީ ސުވާލުކޮށްލިއެވެ. “ޒީކް ބުނީމައެއްނު…. އޯހް…. އަދި އަހަންނަކަށް ނުބުނެވޭ ދޯ…. ޝައުން އެއީ ޒީކްގެ ކަޒިންއެކޭ…. ޒީކް ބުނި ޝައުންވެސް ދެޔޯ…. އެހެންވެ އަހަންނަށް އެނގުނީ….” މިޝްޔާ އޮޅުން ފިލުވައިދިނެވެ. “ޔާލް ދާނަން ދޯ އެހެންވީމަ…..” ޝިއުރީ އަހާލީ ޔަލްވީ […]
މިއީ އަޅުގަނޑު (މުޙައްމަދު ޢުޝާމް، ޅ.ނައިފަރު) ، އެސްފިޔަ ވެބްސައިޓުގައި ލިޔާ ފުރަތަމަ ވާހަކައެވެ. މި ވާހަކައަކީ ‘ޓީނޭޖް’ އުމުރުގެ ޒުވާނެއްކަމަށްވާ ރިޒުވީނާއި އޭނާގެ ގާތްމީހުންނަށް 2025ވަނަ އަހަރުން 2028ވަނަ އަހަރަށް (މުސްތަޤްބަލު) ހދ.ކުޅުދުއްފުށީގައި ދިމާވެފައިވާ ހިޔާލީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން ލިޔެފައިވާ ތަފާތު ވާހަކައެކެވެ. މި ވާހަކައިގައި ހަޤީޤަތާ ގުޅުންހުރި އެއްވެސް ކަމެއް ނުހުންނާނެއެވެ. ވާހަކައިން ތަންކޮޅެއް: ރިޒުވީންގެ އެންމެ ޅައިރުން ފަށައިގެން ބައްޕަ މަރުވަންދެން އުޅުނީ އެމެރިކާގައެވެ. ބައްޕަ މަރުވުމުން ބޮޑުބޭބެ އަލިބެއާއެކު […]
ކުރީގެ އަދަދާއި ގުޅޭ: އެދުވަސް ޒާރާ ދުވަހަކުވެސް ހަނދާންނެތޭނެ ހެއްޔެވެ؟ ރިޝްވާން ދައްކާ އެކަހަލަ ވާހަކައިންވެސް އާވަނީ އާހިލްގެ ހަނދާންތަކެވެ. އާހިލް ނޫން މީހެއްދެކެ ލޯބިވެވޭނެ ކަމާއި މެދުގައިވެސް ޒާރާއަށް ޝައްކުވަނީ އެހެންވެއެވެ. ” އޭ ބުނާނަން ޒާރާ މަންމަ ކައިރީ.. ” ސްކޫލް ގޭޓްކައިރިން ޒާރާ، ރިޝްވާންއަށް ޗޮކްލެޓެއް ދޭތަން ފެނިގެން ޒާރާ ބިރުގަންނަވާލުމުގެ ރާގެއްގައި ރީނާ ބުނެލިއެވެ. ” ރީނާ ތި އަނގަ މަޑުކޮށްގެން ހުރޭ.” ޒާރާ ކޮންމެވެސް ވަރަކަށް ބިރުގަނެ، ލަދުގަނެފައި ހުރިކަން […]