Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (3ވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
July 27, 2017 6 Mins Read
39 Comments

ދެބައި މީހުން އެހާވަރަށް ހިފާލައިގެން އެއުޅެނީ، މާދަމާ، މަދަރުސާއަށް ދާންވާއިރަށް އެ ސުވާލުގެ ރަނގަޅު ޖަވާބު، ހަދައިގެން އައުމަށް، މުދައްރިސް ބުނެފައި އޮތުމުންނެވެ. މިޝަލަކީ، މަދުރަސީ ދައުރުގައި، އެކައުންޓަށް މޮޅު މީހެއްކަމުން، ދެބައި މީހުންވެސް ދުވެފައި، އޭނާގެ ގާތަށް އައީއެވެ.

“ހުއްޓާލާ…..” އެންމެ ފަހުން ކަންފަތަށް ކެތް ނުވެގެން، މިޝަލް، ބާރަށް ބުނެލިއެވެ. އެއާއިއެކު، އެންމެން ހިމޭންވީ ނަމަވެސް، އެއް ބަޔަކު، އަނެއް ބަޔަކަށް، ވައްތަރު ޖައްސަމުން ދިޔައެވެ.

——————–

“ތީ ކުޑަ ކުދިންތަކެއް ނޫނެއްނު…. އަހަރެން ކިޔައިދެންޏާ ކިޔައިދޭނީ ދެބައި މީހުންނަށް އެއްކޮށް….. ގޮތެއް ނިންމާނީ ތިމީހުން…..” މިޝަލް ދެފަހަރު ދެބައި މީހުންނަށް ބަލާލަމުން ބުނެލިއެވެ. ދެބައި މީހުންވެސް މިޝަލްގެ ނިންމުމާއި އެއްބަސްވުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. މިޝަލް އޭނާގެ މަސައްކަތް ފެށިއެވެ. އެމީހުން ތިބީ ކާގޭ މޭޒުދޮށުގައެވެ. މިޝަލް ސުވާލު ހަދަންވީގޮތް ކިޔައިދެމުންދިޔައިރު، ބަސްއަހާ ކުޑަ ކުދިންތަކެއްފަދައިން، އެންމެންވެސް ޝައުޤުވެރިކަމާއިއެކު ކަނުލާ އަޑުއަހަން ތިއްބެވެ. މިޝަލް ކިޔައިދެމުންދިޔަ ފިލާވަޅަށް ސަމާލުވެލައިގެން އިންނަމަވެސް ޔަލްވީއަށް ދޭތެރެއަކުން ޝައުނަށް ބަލާލެވެއެވެ. އެއްފަހަރަކު މިޝްޔާއަށް މި މަންޒަރު ފެނުމުން، ޝިއުރީއަށް، އެތަން ދައްކާލިއެވެ. އެހެނަސް ފިލާވަޅަށް ސަމާލުކަންދީގެން އިނުމުގެ ސަބަބުން، ޝިއުރީ، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ،  ތުންފަތުގައި އިނގިލި ޖައްސާލީ މަޑުން އިނުމަށް ބުނަމުންނެވެ.

މިޝަލް ސުވާލު ހަދަންޖެހޭ ގޮތް އޮޅުން ފިލުވައިދިނުމުން އެންމެންވެސް ތިބީ ޖަވާބު ހަދާށެވެ. އެވަގުތު މިޝަލްގެ ފޯނަށް މުހިންމު ކޯލެއް އައެވެ. ފޯނު ކަންފަތުގައި ޖަހައިގެންހުރެ އޭނާ ކާގެއިން ނުކުމެގެން މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ. ދިހަވަރަކަށް މިނެޓްވަންދެން ފޯންކޯލްގައި ހުރެފައި މިޝަލް ކޮޓަރިން ނުކުތްއިރު ބޯކޮށް ވާރޭވެހޭ އަޑުއިވެއެވެ. އޭނާ މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ.

“ކޮބާ މިޝްމެން….” އެތާނގައި މިޝްޔާ ނެތުމުން މިޝަލް ސުވާލުކޮށްލިއެވެ. ޝައުން ކޮނޑު ހިއްލާލަމުން ނޭނގެއޭ ބުނެލިއެވެ. ފިލާވަޅަށް ގެއްލިފައި އިންވަރުން އިޔާޒަށް މިޝަލްގެ އަޑު އިވުނުހެންވެސް ހިއެއްނުވެއެވެ. އިޔާޒަށް ބަލާލަމުން މިޝަލަށް ހިނިތުންވެލެވުނީ އެހެންވެއެވެ. މޭޒުމަތީ ހުޅުވާފައިހުރި މިޝްޔާމެންގެ ފޮތްތަކަށް އޭނާ ބަލާލީ އެމީހުންގެ ފިލާވަޅު ނިންމިތޯއެވެ. ހަތަރު ކުދިންވެސް ވަނީ ސުވާލު ހަދާ ނިންމާފައެވެ. އެވެސް އޭނާ ކިޔައިދިންގޮތަށް ރަނގަޅަށްށެވެ. މިޝަލްގެ، ތުންފަތުގައި ހިނިތުންވުމެއް ދުވެލީ އޭނާ ކިޔައިދިން އެއްޗެހި، އެކުދިން އެހާ ފަސޭހައިން ނަގައިގަތީމައެވެ. ފޮތްތައް ލައްޕާލުމަށްފަހު، އޭނާ އެތަނުން ބޭރަށް ނުކުތީ މިޝްޔާމެން ކޮބައިތޯ ބަލާލުމަށެވެ.

ކާގެއިން ނުކުތްތަނާ، ގޭގެ އަނެއް ފަރާތުން މިޝްޔާމެން ހޭއަޑު އިވުމުން މިޝަލް މިސްރާބުޖެހީ އެފަރާތަށް ދިއުމަށެވެ. ދޮރާ ހަމަނުވެ އުޅެނިކޮށް ފެނުނު މަންޒަރުން އިސާހިތަކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެފަރާތުގައި އެކި ވައްތަރުގެ މާމެލާމެލީގެ ގަސްތަކާއި، ބަގީޗާ ގަސްތަކުން ހަދާފައިވާ ކުޑަ ބަގީޗާ ތެރޭގައި ހަތަރު ކުދިން ވާރެއާއި ތެމިގެން ސަކަރާތް ޖަހަނީއެވެ. މިޝަލް ގަޔާވެފައި އެ މަންޒަރު ބަލަން ދޮރުކަނީގައި ލެނގިލައިގެން ހުއްޓެވެ. ޤުދުރަތީ ގޮތުން އެތާނގައި ހެދިފައިވާ ފެހިކަންގަދަ ބޯ ވިނަގަނޑުމަތީ ދުވެދުވެފައި އެންމެފަހުން އެކުދިން ހުއްޓާލީ ވަރުބަލިވެގެންނެވެ. ދެ އަތް ފުޅާކޮށްލަމުން، ހަތަރު ކުދިން މަތި ބަލަހައްޓައިގެން ތިބީ، ދެލޯ މަރާލައިގެންނެވެ. ކޮންމެ ކުއްޖެއްގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެވެ. ވެހެމުންދިޔަ ބޯ ވާރެއިން އުފާ ހޯދަމުންދާކަހަލައެވެ. އެ ހަތަރު ކުދިންގެ ތެރެއިންވެސް މިޝަލަށް ބޮޑަށް ސަމާލުކަން ދެވުނީ ޝިއުރީއަށެވެ. އެވަގުތު ބާރު ގުގުރިއެއް ޖެހުމުން ހަތަރު ކުދިން ދުވެފައި ގޮސްވަނީ އެތާ ހުރި ބޮޑު ކުޑައެއްގެ ހިޔަލަށެވެ. އެކުދިންނަށް މިޝަލް ފެނުނީވެސް އެވަގުތުއެވެ. މިޝަލް އަތުން ހަނާއަޅާލުމާއިއެކު، ގެއަށްވަންނަން ދިޔައީ ހީކަރުވައިގެންފައި ތިބުމުންނެވެ.

********************

 

ބަދިގެ ތެރޭގައިވަނީ ބަޖިޔާ ތެއްލާ މީރުވަސް ހިފާލާފައެވެ. ގޭސް އުނދުންމަތީގައިހުރި ތެޔޮގަނޑު ތެރެއިން ބަޖިޔާކޮޅު ނެގުމަށްފަހު، ދޮލަނގުގައި ހުރި އެންމެ ފަހު އެތިކޮޅު، ޝިއުރީ ތެޔޮގަނޑަށް އަޅާލިއެވެ. އެއާއިއެކު، ޕަކަޕަކަލާފައި ތެޔޮގަނޑު ކެކިގަތެވެ.

“އޫމް…. ހާދަ މީރުވަސް ދުވައޭ…..”  ނަހީކްގެ އަޑު އިވުމުން ޝިއުރީ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރު ދޮރުމަތީގައި ނަހީކްގެ އިތުރުން ޝިއުރީގެ ބޭބެ ޝައިމަންވެސް ހުއްޓެވެ. ހިނިތުންވެލަމުން ޝައިމަން އައިސް، ބަޖިޔާ ތަށިން ބަޖިޔަލެއް ނެގިއެވެ. ނަހީކްވެސް އެތެރެއަށްވަދެ، ޝިއުރީގެ ގާތުގައި މަޑުކޮށްލިއެވެ. ނަހީކް ފަރުވާތެރިކަމާއިއެކު ޝިއުރީއަށް ބަލާލިއެވެ. ޝިއުރީ ލައިގެން ހުރި ޖަންބު ކުލައިގެ ހެދުން އޭނާގެ ލޫޅާފަތި ހަށިގަނޑާ ވަރަށް ގުޅެއެވެ. ލައިގެން ހުރި ޖީންސްގެ ދެފައިކުރި ހުރީ ފައިގެ ތަނބިކަށްޓާއި ހަމައަށް އޮޅާލާފައެވެ. ބުޅި އިސްތަށިގަނޑު އޮތީ ކަޅުކުލައިގެ ވޫލުކޮޅެއްގެ އެހީގައި ހުޅިޖަހާ ހައްޔަރުކޮށްލާފައެވެ. ޝަބްނަމްގެ ތިކިތަކެއްހެން ދޮންމޫނުގައި ދާތިކިތައް ވިދަމުންދެއެވެ.

“ނަހީކް… އަހަރެން މަޑުކޮށްލާނަން ބޭރުގައި.. މާ ލަސްނުކޮށް އަންނައްޗޭ….” ނަހީކްގެ ކޮނޑުގައި ޖަހާލަމުން ޝައިމަން މިހެން ބުނުމުން، ނަހީކަށް ހަމަދުނިޔެއަށް އާދެވުނު ކަހަލައެވެ. އަދި އަވަސްއަވަހަށް ޝައިމަނަށް ބަލާލަމުން ބޯޖަހާލިއެވެ. ނަހީކްމެންނަށް ފުރުސަތު ދީފައި ޝައިމަން ނުކުމެގެން ދިޔައީއެވެ.

“ކޯއްޗެއްތަ މާވަރަކަށް ތިބަލަނީ….؟؟؟” ޝައިމަން ދިއުމުން ޝިއުރީ ނަހީކަށް ބުނެލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ނަހީކް ފެށީ ހޭށެވެ. ތެޔޮތާހަށް ބަލަހައްޓައިގެންހުރި ޝިއުރީއަށް، ނަހީކާއި ދިމާއަށް ބަލާލެވުނީ ނަހީކް ހޭންފެށުމުންނެވެ.

“ކީއްވެ ތިހެނީ….؟؟؟” ވާނުވާ ނޭނގިހުރެ ޝިއުރީ އަހާލިއެވެ.

“ހޭނެއްނު… ތެޔޮތާހަށް ބަލަން ހުރީމަ، އަހަރެން ހީކުރީ، ޝިއު ސުވާލުކުރީ ބަޖިޔާތަކާ ކަމަށް….” ޝިއުރީ ލަދުގަނެފައިހުރިކަން، އެނގުމުން ނަހީކް ބޭނުންވީ އޭނާ އިތުރަށް ލަދުގަންނަވާލާށެވެ. ޝިއުރީ ހީލަމުން އަތުގެ އުޅަނބޮށިކޮޅުން ނަހީކްގެ ބަނޑުގައި ޖަހާލިއެވެ.

“ހެހެހެ…. އަސްލު ބެލުނީ ޝިއު ރީތިކަމުން… ތި ގޮތަށް ސާދާކޮށް ހުންނައިރު ވަރަށް ގެވެހި ކުއްޖެއްހެން ހީވަނީ… ވަރަށް ލޯބި… އަބަދު ބަލަހައްޓައިގެން ހުންނަ ހިތްވަނީ….” ޝިއުރީއާއި ހަތަރުކަޅި ހަމަކޮށްލަމުން ނަހީކް ބުނެލިއެވެ. ޝިއުރީ ލަދުން އިސްޖަހާލިއެވެ.

“މިއަދު ހާދައަވަހަކަށް ތިއައީ…؟؟؟” އުނދުން ނިވާލުމަށްފަހު ތެޔޮގަނޑުން ބަޖިޔާތައް ނަގަމުން ޝިއުރީ ސުވާލުކޮށްލިއެވެ.

“މިއަދު ހަވީރު އޮންނަ ފުޓްބޯޅަ މެޗު ކުޅެންވެގެން އެހާ އަވަހަށް މިއައީ… ޝައުންމެން މިކޮޅުން ނަގައިގެން އުޅޭ ޓީމަކާއެކީ އަހަރެމެން ރިސޯޓް ޓީމް މެޗެއް ކުޅެނީނު….. މެޗް ނިންމާލާފައި ދާގޮތަށް މިއައީވެސް… ދެންދަނީ…. މިހާރު ޝިއުގެ ދޮންބެ ހުންނާނީ ލަސްވެފައި….” މިހެން ބުނެފައި ނަހީކް، ޝިއުރީގެ މަޑުމަޑު އަތްތިލާގައި ހިފާލިއެވެ. އަދި ޝިއުރީއަށް ބަލާލަމުން އެ އަތަށް ބޮސްދިނެވެ. ނަހީކް ދެއްކި ވާހަކައިން ޝިއުރީގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނަމަވެސް، ނަހީކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ.

“ޝިއު ވާނެ އަހަރެމެން ކުޅޭތަން ބަލާލަން ދާން….” ނުކުންނަން ދަމުން އެނބުރިލާފައި ނަހީކް ބުނެލިއެވެ. ގަދަކަމުން ތުންފަތަށް ހނިތުންވުމެއް ވެރިކުރުވަމުން ޝިއުރީ ބޯޖަހާލިއެވެ.

********************

 

ހަވީރުގެ ވަގުތެވެ. ފުޓްބޯޅަދަނޑު ވަށައިގެން ރަށުގެ ވަރަށް ބައިވަރު މީހުން ތިއްބެވެ. ރިސޯޓުން މެޗު ބަލަން އައިސް ތިބި މީހުންވެސް އެތާނގައި މަދެއް ނޫނެވެ. ބޯޅަދަނޑުގެ އެއްފަރާތުގައި ތިބި އަންހެން ކުދިންތަކުގެ ތެރޭގައި، އަޔާނީއާއި އޭނާގެ އެކުވެރިންވެސް ތިބީ ފުޓްބޯޅަމެޗް ބަލަން އައިހެވެ. މާގިނައިރެއް ނުވެ މެޗް ފެށިއްޖެއެވެ. އެއާއިއެކު، ސަޕޯޓަރުންގެ އަޑު މުޅި އެހިސާބުގައި ގުގުމާލިއެވެ. އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން މީހުންތަކުގެ ތެރެއިން ދުރަށް ޖެހިލަމުން އަޔާނީ ފޯންކޯލަށް ޖަވާބު ދިނެވެ. ގުޅީ އަފްލާކެވެ. އޭނާ އެދުނީ އޭނާއާއި ބައްދަލްކުރުމަށް ބޯޅަދަނޑާވީ ފަރާތުން އަތިރިމައްޗަށް ދިއުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދާނަމޭ ބުނެ އަޔާނީ ފޯންކޯލް ނިންމާލިއެވެ. އަދި އެކުވެރިންނަށް އަންގާލުމަށްފަހު އަފްލާކް ބުނި ތަނަށް ދިއުމަށް ހިނގައިގަތެވެ. ރަށުގައި ފުޓްބޯޅަ މެޗެއް ނޫނީ އެނޫންވެސް ޙަރަކާތެއް އޮންނަނަމަ ޢަޔާނީމެން އެގޮތަށް ބައްދަލްކުރެއެވެ. މަންމަމެންނަށް ސިއްރުން ރައްޓެހިވެގެން އުޅޭތީ، ބައްދަލްކޮށްލާނެ ފުރުސަތު ލިބެނީ މަދުފަހަރަކުއެވެ. އެކަހަލަ ޚާއްސަ ދުވަސްދުވަހު އަތިރި މައްޗަށް ގޮސް އުޅޭ މީހުން މަދުކަމުން ބައްދަލްކުރަން ނިކަން ފަސޭހަވެއެވެ.

********************

 

އަޔާނީ އަތިރިމައްޗަށް ދިޔައިރު އަފްލާކް އިނީ އެތާހުރި ޖޯލީގައި، އިށީނދެލައިގެންނެވެ. އަޔާނީ ފެނުމުން އަފްލާކް ހިނިތުންވެލަމުން އަޔާނީގެ އަތުގައި ހިފާލިއެވެ.

“ކީއްވެ ކޮޅަށް ތިހުރީ…؟؟؟ އާދެބަލަ މިތާ އިށީންނަށް….” ކައިރީގައި ހުރި ޖޯއްޔަށް އިޝާރާތްކޮށްލަމުން އަފްލާކް ބުނެލިއެވެ. އަޔާނީ ހިނިތުންވެލަމުން ޖޯލީގައި އިށީނެވެ. އޭރުވެސް އަފްލާކް އިނީ އަޔާނީގެ އަތްތިލައިގައި ހިފަހައްޓާލައިގެންނެވެ.

“އަނެއްކާވެސް ދުވަސްކޮޅެއް ފަހުން ދޯ މިދިމާވީ….” އަޔާނީގެ އަތްތިލައަށް ބޮސްދެމުން އަފްލާކް ބުނެލިއެވެ. އަޔާނީ އެކަމަށް އެއްބަސްވަމުން ބޯޖަހާލިއެވެ.

“ޔާނީ… އަހަރެންގެ ބައްޕަ ބުނެފި ރިސޯޓަކުން ވަޒީފާއެއް ލިބޭތޯ ބަލަންވީނޫންހޯ….  އެކަމަކު އަހަރެން ނުވޭ ޔާނީ ދޫކޮށްފައި ދާހިތެއް….” އަޔާނީގެ އަތުގެ އިނގިލިތަކާ ކުޅެލަމުން އަފްލާކް ބުނެލިއެވެ. އަޔާނީ އަފްލާކްގެ މޫނަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގެ އަސަރުތަކުން، ރިސޯޓަށް ދާން ބޭނުން ނުވާކަން އަޔާނީއަށްވެސް ދޭހަވެއެވެ.

‘އެއްކަލަ އަފޫ…. ވަޒީފާއަކަށް ނުގޮސް ކިހިނެއްތަ އުޅޭނީ…؟؟؟؟؟ އަފޫ ބޭނުމެއް ނުވޭތަ އަހަރެންނާއި ކައިވެނިކުރާކަށް…؟؟؟؟؟” އަޔާނީ ބެލީ އަފްލާކަށް ވިސްނައިދެވޭތޯއެވެ. ރައްޓެހިވީއްސުރެ، އަފްލާކްގެ ގާތުގައި ވަޒީފާއަކަށް ދާވާހަކަ އަޔާނީ ދައްކައެވެ. ނަމަވެސް އެއީ އަފްލާކް އަދި މާބޮޑަށް ވިސްނާކަމަކަށް ނުވާތީ، އަޔާނީ އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ކޮންމެވެސް ބަހަނާއެއް ދައްކާލަނީއެވެ.

“އެކަމަކު.. ޔާނީ ނުފެންނަ ހިސާބަށް…..” އަފްލާކް އުޅުނީ މިފަހަރުވެސް ބަހަނާއެއް ދައްކާށެވެ. ނަމަވެސް އަފްލާކްގެ ޖުމްލަ ފުރިހަމަ ނުވަނީސް އަޔާނީ އަފްލާކްގެ ޖުމްލަ މެދުކަނޑާލަމުން ވާހަކަ ދައްކަން ފެށިއެވެ.

“އަފޫ… ބައްޕަ ވަޒީފާއަށްދާށޭ އެބުނީ އަފޫއަށްވެސް ހަމަ ރަނގަޅަށް… އެހެންވީމަ ބަހަނާ ނުދައްކާ ދޭ…. އަހަރެންނަށްޓަކައި…. އެހެންނޫނީ އަހަރެން އަފޫއާއި ރުޅިވާނީ……” އަފްލާކް ކުއްލިއަކަށް އަޔާނީގެ އަނގަމަތީގައި އަތް އެޅިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.

“ދުވަހަކުވެސް ރުޅިވާ ވާހަކަ ނުދައްކައްޗޭ…. އަހަރެން ބޭނުމެއް ނޫން ހުވަފެނުގައިވެސް ޔާނީއާއި ވަކިވެގެން އުޅޭތަން ދެކޭކަށް….” އަޔާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އަފްލާކް ބުނެލިއެވެ. އެވަގުތުކޮޅުވެސް އަފްލާކް އަޔާނީދެކެ ލޯބިވާ މިންވަރު އަޔާނީއަށް ހާމަވެގެން ދިޔައެވެ. އެކަމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.

“ވަކިވާން ބޭނުން ނުވާތީއެއްނު އަހަރެންވެސް މިބުނަނީ ވަޒީފާއަކަށް ދާށޭ…. އަހަންރެނަށް ހަމަ ޔަޤީން، އަފޫ ވަޒީފާއަކަށް ނުގޮސް ހަރުދަނާ މީހަކަށް ނުވާހާ ހިނދަކު، އަހަރެންގެ މަންމަމެން މިގުޅުމަށް ނުރުހޭނެކަން…” އަޔާނީ ބެލީ އަފްލާކަށް ވިސްނައިދެވޭތޯއެވެ. އަފްލާކަށް ނޭނގުނު ކަމުގައިވިޔަސް އަޔާނީއަށް އޭނާގެ މައިންބަފައިން ހަރުދަނާ ޒިންމާދާރުވެރިއެއްގެ އަތްމައްޗަށް ނޫނީ އޭނާ ދޫކޮށްނުލާނެކަން ޔަޤީންވެއެވެ. އަޔާނީ އެވަރަކުން އަފްލާކް ވަޒީފާއަކަށް ފޮނުވަން މަސައްކަތް ކުރަނީވެސް އެހެންވެއެވެ. އަފްލާކެކޭ އެއްފަދައިން އޭނާވެސް އަފްލާކާއި ދުވަހަކުވެސް ވަކިވާކަށް ބޭނުމެއް ނުވެއެވެ. އަޔާނީ ވަރަށް ވާހަކަ ދައްކައިގެން އެންމެފަހުން އަފްލާކް ވަޒީފާއެއް ހޯދުމަށް އެއްބަސްވިއެވެ.

********************

 

ދަނޑުމަތީގެ ފޯރި ވަރަށް ގަދައެވެ. ދެ ޓީމުންވެސް ދިޔައީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ދަނޑު ބޭރުން އިވެމުންދާ ސަޕޯޓަރުންގެ އަޑުވެސް އެހާމެ ގަދައެވެ. މިޝްޔާއާއި ޔަލްވީގެ ގާތުގައި މަޑުކޮށްލައިގެން ހުރި ޝިއުރީގެ މޫނުމަތިން ހިތާމައިގެ އަސަރު ކޮންމެވެސްވަރަކަށް ފާޅުވާން ހުއްޓެވެ. އޭނާ ހުރީ އާދަޔާ ޚިލާފަށް  މަޑުމައިތިރިކޮށްށެވެ. ޝިއުރީގެ ނަޒަރު ހުއްޓިފައިވަނީ، ދަނޑުމަތީގައި ކުޅެން ހުރި ނަހީކަށެވެ. މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޝިއުރީ، ނަހީކާއި ރައްޓެހިވެގެން އުޅޭތާ މިހާރު ދޮޅުއަހަރުވަރު ވެދާނެއެވެ. ނަމަވެސް ނަހީކް، ޝިއުރީއާއިއެކު ހޭދަކޮށްފައިވާ ވަގުތުތައް ގުނާލެވޭހާވެސް މަދެވެ. އޭނާގެ ހުރިހާވެސް އެއްޗަކީ ފުޓްބޯޅައާއި އޭނާގެ އެކުވެރިންކަހަލައެވެ. ނަހީކް ޝިއުރީއާއި ރައްޓެހިވެގެން އުޅެނީ ހަމައެކަނި ނަމަކަށްހެން ޝިއުރީއަށް ހީވާފަހަރު މަދެއް ނޫނެވެ. އޭނާ އެހާބޮޑަށް އަޅާނުލާތާގައި ޝިއުރީއަށް ވަގުތު ނުދޭތީ ޝިއުރީ އެކަމާ ދެރަވެއެވެ. އަފްލާކާއި އަޔާނީ އުޅޭގޮތް ފެނުމުން ބައެއްފަހަރު ހިތަށް އަސަރު ކުރެއެވެ. އާއިލާގެ ފަރާތުން މާބޮޑު އަޅާލުމެއް ނުލިބޭތާ ނަހީކް އެހާ ފަރުވާކުޑަކޮށް ކަންތައް ކުރާތީ ޝިއުރީ ދެރަވެއެވެ. ހިތުގައި ޖެހެއެވެ. އޭނާއަށް ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބެނީ އޭނާގެ އެންމެ ގާތް އެކުވެރިންގެ ފަރާތުން ލިބޭ ގާތްކަމާއި އޯގާތެރިކަމުންނެވެ. އެހުރިހާ ކަމަކަށްވެސް ކެތްކޮށްލައިގެން އޭނާ ހުންނަނީ މީ މާތް ﷲ އޭނާއަށް ދުނިޔެމަތީ ދެއްވި އިމްތިހާނެކޭ ހިތަށް އަރުވާލައިގެން، މި އިމްތިހާނުން ފާސްވުމުގެ އުއްމީދުގައެވެ.

 

ޚިޔާލަށް ގެއްލިފައިހުރި ޝިއުރީ ސިހިގެން ދިޔައީ މާހައުލުގެ އަޑު އިހުނަށްވުރެވެސް ބާރުވުމުންނެވެ. އޭރު ބޯޅައިގައި ފައިން ޖަހަމުން ދެމީހުންގެ ގާތުން ނައްޓާލުމަށްފަހު، ޝައުން ގޯލާދިމާއަށް ދަނީއެވެ. އެންމެންވެސް ތިބީ ހިތް އަވަސްވެފައެވެ. ވާނީވެސް އެހެންތާއެވެ. މެޗު ނިމެން ދެން އޮތީ ފަސްވަރަކަށް މިނެޓެވެ. އަދި ދެޓީމުންކުރެ އެއްޓީމަކަށްވެސް ގޯލެއް ނުޖެހެއެވެ. ގޯލަށް އަމާޒުކޮށްފައި ޝައުން ޖެހި ބޯޅަ ގޮސް ވަނީ ސީދާ ގޯލްގެ ތެރެއަށެވެ. އެއާއިއެކު މާހައުލުގެ އަޑު ބާރުވެގެންދިޔައެވެ. ޝިއުރީމެންގެ ގާތުގައި ހުރި ޔަލްވީވެސް ފުންމާލާފައި ދެއަތް ޖަހާލިއެވެ. ޝިއުރީމެން ހައިރާންވެފައި، ޔަލްވީއަށް ބަލާލެވުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ.؟ އެކުގައި އުޅޭތާ ކިތަންމެ ކުޑަ ދުވަސްކޮޅެއް ވީނަމަވެސް އެމީހުންނަށް ފެނިފައިވަނީ މަޑުމައިތިރި ޔަލްވީއެކެވެ. އަދި ދުވަހަކުވެސް ޔަލްވީގެ ފަރާތުން މިފަދަ ޢަމަލެއް ފެނިފައެއް ނުވެއެވެ. ޝިއުރީމެން ބަލަހައްޓައިގެން ތިބުމުން، ޔަލްވީ ދެއަތް ތިރިކޮށްލިއެވެ. އޭރު ރަކިވީވަރުން އޭނާގެ ދޮންމޫނަށް މަޑު ފިޔާތޮށިކުލައެއްވެސް ވެރިވެއްޖެއެވެ.

“ޔާލް…. ހާދަ ފޯރިއެކޭ… ކޮބައިބާ ސިއްރަކީ….؟؟؟؟” މިޝްޔާ ދެބުމަ އަރުވާލަމުން ޔަލްވީއާއި ސުވާލުކޮށްލީ ދިމާކޮށްލަމުންނެވެ.

“ރަށު ޓީމް މޮޅުވާތީއެއްނު…..” ގަތާފައިއޮތް އިސްތަށިގަނޑު ފަހަތަށް އެއްލަމުން ނުވާކަމަށް ހަދާލާފައި ޔަލްވީ ބުނެލިއެވެ.

“ރަށުޓީމް މޮޅުވާތީތަ….؟؟؟ ނޫނީ ޝައުން ގޯލެއް ޖެހީމާތަ……؟؟؟؟؟” ޝިއުރީވެސް މިޝްޔާއާއި ބައިވެރިވެގެން ޔަލްވީއާއި ދިމާކޮށްލިއެވެ. އޭނާގެ މޫޑުވެސް ކުރިއަށްވުރެ ރަނގަޅުވިއެވެ.

“ދެން ޝިއު…. އެހެންވެއެއް ނޫން…..”ޝިއުރީގެ އަތުގައި ވިކައިގަންނަމުން ޔަލްވީ ދަތްތަކަށް ބާރުލާފައި ބުނެލިއެވެ.

“އަސްލު ޔާލް އޭނައާ ގަޔާވޭދޯ…..” ޝިއުރީ  މިފަހަރު ސުވާލުކޮށްލީ ސަމާސާގޮތް ކަނޑާލަމުންނެވެ.

“ނޫން…. އެހެންނޫނަސް އެއީ އެހެން މީހެއްގެ ޙައްޤެއްނު…. މިހާރުވެސް އީޝާ އަހަންނާ ދިމާއަށް ބަލާލާއިރު ހީވަނީ އެދެލޮލުން އަހަރެން އަންދާލަފާނެހެން…. ޝައުންއާއި ދޭތެރޭ އެކަހަލަ އެއްޗެއް ހިތަށް އަރުވާލިޔަސް އަހަރެން ނޮޅާލައިގެން ކާލާކަށް، އެ އީޝާ ފަހަކަށް ނުޖެހޭނެކަންނޭނގެ…. ކީއްވެތަ އީޝާ އަހަރެންދެކެ އެހާ ރުޅިއަންނަނީ….؟؟؟” ޝައުންއާއި ގަޔާވީ ނަމަވެސް ޔަލްވީއަށް، އެކުވެރިންނާ އެވާހަކަ ހިއްސާ ކުރާކަށް ނުކެރުނެވެ. އޭނާއަށް ޝައުން ނުލިބޭނެކަން ޔަޤީނާގާތަށް އިނގޭތީއެވެ.

“އެއީ އީޝާއަށްވުރެ، ޔާލް ހާސްބައި ރީތިވީމަ ބިރުގަންނަނީ ކަންނޭނގެ ޝައުން ގެއްލިދާނެތީ….. އަހަރެން ހިތަށްއަރާ އީޝާ ކިތަންމެ ރީއްޗަސް، ޝައުން، ކީއްވެބާއޭ އެހާ ޒީލަގަދަ އަންހެނަކާ ރައްޓެހިވެގެން އެއުޅެނީ…؟؟؟” އަނގަޔަށް ވައްތަރު ޖައްސާލަމުން މިޝްޔާ މިހެން ބުނުމުން ޝިއުރީމެން ހޭންފެށިއެވެ.

މެޗް ނިންމިކަން އިޢުލާންކުރަން ރެފްރީ ކަށިގަނޑު ފުންމުމާއިއެކު، މިޝްޔާގެ ލޯމަތީގައި މީހަކު އަތްއެޅިއެވެ. އެމީހާގެ ދެއަތުގައި ހިފަހައްޓާލަމުން ކާކުތޯ މިޝްޔާ އަހާލިއެވެ. ޝިއުރީއާއި ޔަލްވީވެސް އެއީ ކާކުތޯ ބަލާލުމަށްޓަކައި ފަހަތް ބަލާލިއެވެ. މިޝްޔާގެ ލޯމަތީގައި އަތްއަޅައިގެން ހުރި ޒުވާނާ ފެނުމުން ޔަލްވީގެ ހައިރާންކަންވީ އިތުރެވެ. އިސްކޮޅުން ދިގު އެ ޒުވާނާއަކީ، މާ ހިކިނޫނަސް ހެޔޮވަރެއްގެ ހަށިގަނޑެއްގެ ވެރިއެކެވެ. ކަޅުކަންގަދަ ބޯ އިސްތަށިގަޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ފުދޭވަރަކަށް ބޯކޮށްހުރި ތުނބުޅި މަތިމަހުން ދޮންމޫނުގެ އަލިކަން އިތުރަށް ފާޅުވެއެވެ. އިރުގެ އަލިން ދެލޯ ފޮރުވުމަށްޓަކައި އަވިއައިނެއް އަޅާލާފައިވާއިރު، އެ ޒުވާނާ އެއީ މީގެ ކުރިން ޔަލްވީ ދެކެފައިވާ މީހެއް ނޫނެވެ.

ނުނިމޭ

ނޯޓް: ބައެއް ކިޔުންތެރިންނަަށް ވާހަކައިގެ ނަންތައް އޮޅޭތީ ކުރީ ދެޕާޓުގައިވާ ޔަނާލްގެ ނަން މިހާރު ވާނީ ޔަލްވީއަށް ބަދަލުކުރެވިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ވިސްކާ 2

Next

ދޫކޮށް ނުދާށޭ….

Next
July 27, 2017

ދޫކޮށް ނުދާށޭ….

Previews
July 27, 2017

ވިސްކާ 2

39 Comments!

  1. Eemyaa says:
    July 27, 2017 at 7:43 pm

    kiyuntherinnah mi part ves kamudhaane kamah ummeedhukuran
    kusheh in nama faahaga kohlaidhinun edhen
    🙂 🙂 🙂

  2. Ais says:
    July 27, 2017 at 7:45 pm

    Im first..adi nikeyn..keyfey comment keranne nuu

    1. Eemyaa says:
      July 27, 2017 at 8:32 pm

      Yes ?

  3. song joong ki..KOREAN says:
    July 27, 2017 at 7:53 pm

    vvvvv salhi. alhey aee kaakubaaa

    1. Eemyaa says:
      July 27, 2017 at 8:34 pm

      Thanks song ☺
      Next part ga engeyne a e kaakukan ??

  4. Lovely? says:
    July 27, 2017 at 8:17 pm

    Enme furathama part ga YANAAL jahaafa mi part ga keeve YALVEE Maharaja inee??

    1. Eemyaa says:
      July 27, 2017 at 8:36 pm

      Sorry e vaahaka kurin mention kohlan handhan nethuny..?
      Baeh kudhinnah name thah eh goi v ma olheythy yanal ge name yalvee ah change kohlee

  5. Lovely? says:
    July 27, 2017 at 8:22 pm

    Jahaafa**

  6. Dhimu says:
    July 27, 2017 at 8:43 pm

    Yanaal ge nan yalvee ah change v tha?

    1. Eemyaa says:
      July 27, 2017 at 9:59 pm

      Yes Dhimu
      Baeh kudhinnah name thah eh goi kamun olheythy yanal ge name yalvee ah change kohlee

  7. Shahoo says:
    July 27, 2017 at 8:57 pm

    Wow varah reethi???

    1. Eemyaa says:
      July 27, 2017 at 10:00 pm

      Thanks Shahoo ??

  8. Zoya says:
    July 27, 2017 at 9:15 pm

    wow v reethi story when next part v kiyaalaahithun kanikoh e nimuny

    1. Eemyaa says:
      July 27, 2017 at 10:02 pm

      Thanks Zoya ??
      Oww
      Next part 29 ga ☺☺
      In Sha Allah

  9. Mal says:
    July 27, 2017 at 11:42 pm

    Mi vaahakaige main charecter aky kaaku??

    1. Eemyaa says:
      July 28, 2017 at 7:55 am

      mi vaahaka mee 4 girls ge life ga dhima vaa eki haadhisaathah genesdhey vaahaka eh v ma 4 girls ves a e main charecters
      Shiury Ayaany Mishya and Yalvy ?

  10. khajja says:
    July 28, 2017 at 2:00 am

    Masha allah v rythi when nxt prt will wait n gud nyt❤❤❤

    1. Eemyaa says:
      July 28, 2017 at 7:57 am

      Thanks khajja ?
      Next part 29 ga ??

  11. ??? says:
    July 28, 2017 at 7:34 am

    Vvvvvv rythi ..Ayaa kiimma hyvanii firehen nameh henn yaani sali eh nun hykurann visnaa laanekamah☺

    1. Eemyaa says:
      July 28, 2017 at 12:29 pm

      Thanks dear ?
      Yeah, sure, i’ll think abt it ?
      Thanks for ur suggestion ???

  12. Maahy❤ says:
    July 28, 2017 at 7:50 am

    Varah Reethi Mi Part Vx
    Next Part Ah Inthixaar Gai ❤

    1. Eemyaa says:
      July 28, 2017 at 7:59 am

      Thanks Maahy ?
      Next part maadhan genesdheynan ☺☺
      Btw nice name maahy ?

  13. Sidhu says:
    July 28, 2017 at 9:56 am

    Nice story

    1. Eemyaa says:
      July 28, 2017 at 12:13 pm

      Thanks sidhu ??

  14. Imoo says:
    July 28, 2017 at 10:37 am

    V v reethi storie eh.
    Waiting for next part.
    V intresting vaahaka eh.
    Kiyaa hithun hutta nimuny.

    1. Eemyaa says:
      July 28, 2017 at 12:14 pm

      Thank you, Imoo ??
      Oww thanks alott ☺
      Maadhan next part genesdheynan ?

  15. Ash? says:
    July 28, 2017 at 12:57 pm

    Varah kiyaa hih vaahaka stry eh…love it…..emyaa ge vaahakathaves intresting ?☺️

    1. Eemyaa says:
      July 28, 2017 at 1:53 pm

      Thanks Ash ? ?

  16. Adha? says:
    July 28, 2017 at 1:12 pm

    Varah reethivey eba stry..? nd varah kiyaahiyves vey… ummeedhukuran kuriyah huri part thah ves reethi vaane kamah?..
    waitingss ❤❤❤❤

    1. Eemyaa says:
      July 28, 2017 at 1:56 pm

      Thanks Adha ?
      Story rangalhah fashaigathyma kuriah huri part thah adhi mi ah vure ves reethi vaane ??

  17. Ais says:
    July 28, 2017 at 3:24 pm

    Avaa mendhuru aee kaakuge story ehtha???

    1. Eemyaa says:
      July 28, 2017 at 4:33 pm

      No idea dear

    2. Ash? says:
      July 28, 2017 at 9:30 pm

      I think shine

  18. song joong ki..KOREAN says:
    July 28, 2017 at 3:43 pm

    VVV REETHI MI PART VX.. nxt part ah inthixaaar! ! “inthixaaruge guitar hithuthereygaa”” lol 😀 🙂

    1. Eemyaa says:
      July 28, 2017 at 4:35 pm

      Oww thanks song ??

  19. Xna says:
    July 28, 2017 at 10:39 pm

    Yes reethivey eba..v kudhin Gina dho…anehkka ves ithuru meeheh..? .. interesting… v salhi vaane kamah mibalanee?.all the best.

    1. Eemyaa says:
      July 28, 2017 at 11:41 pm

      Thanks Xna ??
      Dhn 4 life eh ga kudhin ves gina vaane dw ?
      In Sha Allah kuriah huri parts thah salhi vaane
      Thank you ??

  20. ??? says:
    July 29, 2017 at 11:42 am

    Konn irakunn tha anneh baii nereniiiii vvv kiyaa hithunn mihuriii☺

    1. Eemyaa says:
      July 29, 2017 at 11:54 am

      Nw up kohlaifin dear
      Thanks ?

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތަރުވަނަ ބައި)←


All Right Reserved!