“މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނަން އެންގުމަށް މި މެޗުގެ ޝަރަފުވެރި މެހުމާން ޢާދިލް އިބްރާހިމްގެ އަރިހުން އެދެން..” މުބާރާތުގެ މެޗުތައް ހުށައަޅައިދޭ ނައުހާ މިހެން އެންގުމާއެކު ޢާދިލް ސަރ މައިކު ނެގިއެވެ. “މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ޖަލާލުއްދީން ކެމްޕަސް ޓީމްގެ ޖާރޒީ ނަމްބަރު 10، ރިޒުވީން އަޙުމަދު ޢުޝާމް..” ރިޒުވީންގެ ނަން ޢާދިލް ސަރ ބުނުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އިނާމު ބަލާ ރިޒުވީން ސްޓޭޖް މައްޗަށް އެރިއެވެ. އަދި ގޮސް […]
” ނޭނގޭ ތިކިޔާ އެއްޗެއް” އަރުޝީގެ ޖަވާބު އިވި އާރާވްގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. އެހެން މީހަކަށް ނުފެންނާނެ ހެން އަރުޝީ އަތުގެ މުލައްދަނޑީގައި ހިފައިގެން ތަންކޮޅެއް ދުރު ހިސާބަކު ގޮސް ހުއްޓުނެވެ. އަރުޝީ ވެސް އިތުރަށް ގަދަނުހެދިއެއް ކަމަކު އާރާވްގެ މިހަރަކާތުން ރުޅިއައެވެ. ” ތަދުވެޔޭ މަށައް… އާރާވްގ އަކާ ނުޖެހޭނެ އަހަރެން ގަޔަށް އަތްލާކަށް ” ރުޅި އައިސް ރަތްވެފައި އާރާވްގެ އަތް ފޮޅުވާލަމުން އަރުޝީ ބުންޏެވެ. ” ތަދުވެޔޭ އަހަންނަށްވެސް” އަރުޝީގެ ދެކޮނޑުގައި […]
ރަށުގެ ތުނޑިއަށް ދޯނި ބީއްސާލުމާއިއެކު އެންމެން އަވަސްވެގަތީ ފޭބުމަށެވެ. ޔަލްވީވެސް އެކުވެރިންނާއިއެކު ފައިބަން ދިޔައެވެ. ރަށުގެ ހުދު ފަސްގަނޑުގައި ފައިޖެހުމާއިއެކު ޔަލްވީއަށް ކުރެވުނީ ބުނެދޭންދަތި އިޙްސާސެކެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލެވުނީ ހިތަށް ފިނިކަން ލިބުމުންނެވެ. ކުޑަ ވަގުތުކޮޅަކަށްނަމަވެސް އޭނާއަށް ލިބިފައިވާ މިނިވަންކަމުން، ހިތަށް އުފާލިބިގަންނަށް ޔަލްވީ ބޭނުންވިއެވެ. ފައިވާން އަތަށްލުމަށްފަހު އެކުވެރިންނާއިއެކު އެއްގަމަށް ދާން ނެގި ފުރަތަމަ ފިޔަވަޅާއިއެކު، ފަސްގަނޑުގެ އޮލަކަން ޔަލްވީއަށް އިޙްސާސްކުރެވުނެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލް ބަދަލުވިއެވެ. އެކުވެރިންނާއިއެކު އެއްގަމަށް ދިޔުމުގެ […]
“ވަޑައިގެންނެވި ހުރިހާ ޕްރިފެކްޓުން އަދި ސްކޫލްގެ ޕްރިންސިޕަލް އާއި އަދި އަޅުގަނޑުގެ ލޮބުވެތި ޓީޗަރުންނަށް އައްސަލާމު ޢަލައިކުމް.. އާދެ މިދަންނަވާލަނީ މިރޭގެ އައިޓަމްތައް ހުންނެވި ގޮތްތައް.. ފުރަތަމަ ކީރިތި ގުރުއާނުގެ ބަރަކާތުން މިރޭ ފައްޓަވައި ދެއްވީ ގްރޭޑް އަށެއްގެ ދަރިވަރު މަރިޔަމް ނުހާ ދެން އޮންނާނީ އަޅުގަނޑުމެންގެ ޕްރިންސިޕަލްގެ ވާހަކަ ކޮޅު..އެއަށްފަހު ހުރިހާ ޓިޗަރުނާއި އެހްން ކުދިންނާއި މިހުން ހޯލުން ދާނެ.. ދެން އައިޓަމްތައް ކުރިއަށް ދާނީ ބާރައިގެ ކުދިން ރާވާފައިވާ ތަވަލާއެއްގޮތަށް..ޝުކުރިއްޔާ..” އެނައުންސް ކުރަންއިން ކުއްޖާ […]
“އަހަރެން މީހަކާއި ނީނަސް ކޮބާ މައްސަލައަކީ. މީހަކާ އިންނަން އެންމެ އެކަށީގެންވާ މީހާއެއްނު މިރޭ ޅަކުއްޖަކާ އިންނަން އެއުޅެނީ” ކާމޭޒު ކައިރީގައި އިން އޭނާގެ ބައްޕަ އަށް ދެލޯ އަޅާލަމުން މާކިލް ބުންޏެވެ. ތުނބުން ކޮފީތަށި ނައްޓާލަމުން އިރުވީނަށް އޭނާގެ ދަރިފުޅަށް ބަލާލެވުނެވެ. “މާކިލް…!! ތި އަނގަ މައިތިރިކުރޭ! އެހެންނޫނީ………” ފީރޯޒާގެ ފިރިމީހާ އަދި މާކިލްގެ ކާފަ އާސިރަށް މާކިލްގެ ބަސްމަގު ހުރިގޮތް ކަމަކު ނުދިޔައެވެ. އެހެންކަމުން އަތުގައި އޮތް އޫ ތަށި ތެރެއަށް […]
“އެންމެ ރަނގަޅު.. ބުނެފާނަން.. އެކަމް ޕްރޮމިސްކުރޭ އެކަމާ ނުވިސްނާނަންކަމަށް..” ލީން ޝަރުތެއް ކަނޑައެޅިއެވެ. “ޕްރޮމިސް..” “ތީ އެމީހަކީ.. އަހަރެން ސަމާސާއަކަށް ނޫނޭ އެހެން ބުނީކީ.. އިއްޔެގަ އަހަރެންނަށްވެސް އެނގުނީ.. ޒިޔާ އަހަރެން ގާތު އެހީ އިއްޔެ މާ އަވަސް އަރުވާލާފަ މިގެއަށް އައީ ކީއްވެތޯ.. ދެން އަހަރެން ކިޔައިދިނީ އިކާ ޔޫޝައުއާ ރައްޓެހިވީ ވާހަކަ.. ބުނީމަ ބުނީ އެހެންވީމަ ޔާންގެ ހިތްހަލާކުވީތާއޭ.. ދެން އަހަރެން އެހީ ކީއްވެހޭ ޔާންގެ ހިތް ހަލާކުވާންވީ؟ އަނެއްކާ ޔާންވެސް އިކާދެކެ ލޯބިވަނީހޭ.. […]
އަހަރު: 2025 – ކ. މާލޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތައް ވަނީ ފެންބޮޑުވެފައެވެ. ޗަކަ ފެންގަނޑެއް ހެދިފައި ނުވާ މަގެއް ނެތެވެ. މަގުތަކުގައި ޖަހައިފައި ހުރި ގާތައް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ. ހިނގާބިނގާވެ އަދި ދުއްވާހަދާ ވަރަށް ވުރެ ވެސް މަގުތަކުގެ ހާލަތު ދަށެވެ. މިއީ ވިއްސާރަމޫސުމުގައި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، ކ.މާލޭގެ ހާލަތެވެ. ބޭސް ކޮތަޅެއް ހިފައިގެން ޢާދިލް ހުރީ ބޭސް ފިހާރައެއްގެ ކައިރީގައި މަޑުކޮށްލައިގެންނެވެ. ބޯކޮށް ވެހެމުންދާ ވާރޭ […]
ހެނދުނު ނުވައެއް ޖެހިއިރު އެންމެން ތިބީ އެއް ނަމްބަރު ޖެޓީ ކައިރީގައެވެ. ހުޅުމާލެ ދިއުމަށްޓަކައި ހާއްސަ ލޯންޗެއް ތައްޔާރުކޮށްފައި އޮތެވެ. ޒިވާން، އާރާވް ކައިލް އަދި ކައިލް ގެ ބައްޕަ އިލްޔާސް އަވަދިނެތި ލޯންޗަށް އެއްޗެހި އެރުވުމުގައި އުޅުނެވެ. މަރިޔަމްގެ ގޮނޑީގައި ހިފަހައްޓައިގެން އަރުޝީ ހުރިއިރު އިސްޖަހާލައިގެން ހުރީ ބަލަން ބޭނުން ނުވާ ދިމާއަކަށް ބެލިދާނެތީއެވެ. ލޯންޗުގައި ހުރި އާރާވް ރައިހާނާއަށް ގޮވާލާފައި އަރަން އަންނަން ބުނުމުން ދެންތިބި މީހުން އެދިމާއަށް މިސްރާބުޖެހިއެވެ. އެންމެ ފުރަތަމަ […]
ރިޒުވީނާއި އެ ޒުވާން އަންހެން ކުއްޖާ، އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބެވެ. އެކަކުގެ ކަޅިން ފެންނަނީ އަނެކާގެ މޫނެވެ. ދެ ކުދިންނަށް ވެސް ތިބެވުނީ، އެކަކު އަނެކާގެ އަތުގައި ހިފަހައްޓައިގެންނެވެ. “ބޭސް އަޅާ ނިމިއްޖެތަ..؟” ހަސްފަތާލުގައި އުޅޭ މަސައްކަތު މީހަކު، ބޭސް އަޅައިދޭ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލުމަށް ފަހު ބޯ ދިއްކޮށްލަމުން ބުންޏެވެ. ސިއްސައިގެން ގޮސްފައި، އެ ކުއްޖާ އަނެއް ފަރާތަށް އެނބުރުނެވެ. “ލައްބަ..” އެ ކުއްޖާ އެހެން ބުނީ މަޑުމަޑު އަޑަކުންނެވެ. އެ […]