ސާޔާ..(3)
“ވަޑައިގެންނެވި ހުރިހާ ޕްރިފެކްޓުން އަދި ސްކޫލްގެ ޕްރިންސިޕަލް އާއި އަދި އަޅުގަނޑުގެ ލޮބުވެތި ޓީޗަރުންނަށް އައްސަލާމު ޢަލައިކުމް.. އާދެ މިދަންނަވާލަނީ މިރޭގެ އައިޓަމްތައް ހުންނެވި ގޮތްތައް.. ފުރަތަމަ ކީރިތި ގުރުއާނުގެ ބަރަކާތުން މިރޭ ފައްޓަވައި ދެއްވީ ގްރޭޑް އަށެއްގެ ދަރިވަރު މަރިޔަމް ނުހާ ދެން އޮންނާނީ އަޅުގަނޑުމެންގެ ޕްރިންސިޕަލްގެ ވާހަކަ ކޮޅު..އެއަށްފަހު ހުރިހާ ޓިޗަރުނާއި އެހްން ކުދިންނާއި މިހުން ހޯލުން ދާނެ.. ދެން އައިޓަމްތައް ކުރިއަށް ދާނީ ބާރައިގެ ކުދިން ރާވާފައިވާ ތަވަލާއެއްގޮތަށް..ޝުކުރިއްޔާ..” އެނައުންސް ކުރަންއިން ކުއްޖާ ބުނެލިއެވެ.
****************************************************************************
“އަގް..ޕްރިންސިޕަލް.. ދެން ނުނިމޭނެ..” އަނާން ހިޔާލުފާޅުކޮށްލިއެވެ. “ދެން އަޑުވެސް އަހަންވީމަ ޖެހޭނެ ދޯ..މިރޭ އެކަނި ވިއްޔާ ކޮޅެއް ދެން އެއްވެސް ޕްރިންސިޕަލެއް އެހެން އެޕަލެއް ނޯންނާނެވިއްޔާ..” ސާޔާ ބުނެލިއެވެ. މަޑުހުނުމަކާއެކުއެވެ. ތެދެކެވެ. ގުރޭޑު ބާރަނިމުނީތާއެވެ. “މިރޭ ނުނިމޭނެ..” ރުޔާން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. “އެކީއްވެ އެހާއަވަހަށް ނިމެންވީ؟؟” ޒޫހާ އަހައިލިއެވެ.
“ފޫހިކަމުން..އެހެންނޫނަސް މީ އިންޑިއާތަ މޮޔައިން ކުރާ ކަންތައް ކުރަން..”
“އާންން..އަސްލު މިކަހަލަ ކަންތައް ކުރާކައް ނުވާނެ..” ޙިޔާލުތައް ހަތަރުކުދިން ބަދަލުކުރަމުން ދިޔައެވެ.
“ދެން އޮންނާނީ އައިޓަމްތައް” އެނައުންސްކުއްޖާބުނެލިއެވެ.
ކެއުމުގެކަންތައް ކުރިއަށް ދާންފެށުމުން އެނައުންސް ކުއްޖާ ބުނެލިއެވެ. ” ބަލަ މިހުރިހާ ކުދިންވެސް އައިޓަމްތަކުގައި ބައިވެރިވިއިރު އެންމެ ފަހު އައިޓަމަށް ކޮބާތަ އަޅުގަނޑުމެންގެ އެންމެ މޮޅު ލަވަކިޔުންތެރިން ކަމުގައި ވާ ރުޔާން އާއި ސާޔާ؟”
“މިތިބީ..” ޒޫހާ އާއި އަނާން އެއްފަހަރަކާ ހަޅޭއްލަވައިގަތެވެ.
“ދާން އެ ޖެހުނީ..” ރުޔާން އަނގަޔަށް ވައްތަރެއްޖައްސައިލިއެވެ. ސާޔާ ހިތުގައިޖެހުނެވެ. ދާން ނުކެރުނެވެ. ނަމަވެސް އޭނާ ޖެހުނީ ދާށެވެ. ޒޫހާގެ އާދޭހުގެ ސަބަބުނެވެ.
“އިތްނީ މޮހައްބަތް ކަރޯނާ މޭ ޑޫބު ނަޖާއޫ ކަހީ.. ވާޕަސް ކިނާރޭޕެ އާނާ މޭ ބޫލޫ ނަޖާއޫ ކަހީ..” ސާޔާ އޭނާ އެންމެ ގަޔާވާ ލަވަ ކަމުގައިވާ ‘ބޯލް ދޯނަ ޒަރާ’ ފެށިއެވެ.
“ދޭކަ ޖަބްސޭހެ ޗެހެރާ ތެރާ މޭތޮ ހަފްތޯސެ ސޯޔާ ނެހީ.. ބޯލް ދޯނާ ޒަރާ ދިލްމެ ޖޯ ހޭ ޗިޕާ މޭ ކިސީސޭ ކަހޫންގާ ނެހީ.. މޭ ކިސީސޭ ކަހޫންގާ ނެހީ ” ރުޔާން ދެން ޖެހުނުތަން ކިޔެވެ. މިހެންގޮސް ލަވަ ކިޔައި ނިންމައިލިއެވެ.
ފެންކަޅި ވެފައި އިން ސާޔާ ފެނިފައި ރުޔާންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރިއެވެ. ހަމައެވަގުތު ބޭނުންވީ ސާޔާއަށް އޭނާގެ ބާރުގަދަ އަތުން ހިމާޔަތްދޭށެވެ. ސާޔާ ދުވެފައި ސްޓޭޖުން އެރިގެންގޮސް ދިޔައީ ފާހާނާޔަށެވެ. ފަހަތުން ދިޔަ ރާއިޝްފެނުމުން ރުޔާން ލޭ ކެކޭގޮތްވިއެވެ. ވިދުވަރެއްހާ ބާރުމިނުގައި ރުޔާން ފާހާނާއާއި ވީ ދިމާލަށް ދިޔައެވެ. ފެނުނުމަންޒަރަކުން ރުޔާން އަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމުނުހެނެވެ. ފެނުނު މަންޒަރުން ބޭނުންވީ ގޮސް ރާއިޝްގެ އަނގަމަތި ދުއްވާލުމަށެވެ. ރުޔާން ދޮރުފަތަށް ވީއްލައިލި އެތިފަހަރުން ސާޔާއަށް ހޭވެރިކަމެއް ވިއެވެ.
“ރުޔާން..ޕްލީޒް..މަޑުކޮށްލަބާ..އޭހްހް..” ސާޔާ ރުޔާންގެ އަތުގައި ހިފައިލިއެވެ. “އައި ޑިޑްނޮޓްހޭޑް އެނީ އިންޓެންޝަންސް ޓު ކިސް ރާއިޝް.. އޭ ނޭނގި..އެ..އެވަގުތު އަހަންނަކަށް ނޭގުނު ވީ ގޮތެއް..”
“ސާޔާ ހީކުރަނީ އަހަންނަކީ ލޮލު ނުފެންނަ ގަމާރެއްކަމަށް؟ ނޫނީ ސާޔާ ތިއުޅެނީ އޭ ނުވާކަމަކަށް ހަދައިގެން މަގޭ ލޮލުގަ އަނދުން އަޅަން؟ އެކަމް ނުވާނެ ތިހެނެއް.. އިތުރު އެއްވެސް ވާހަކައެއް ނޮއޮންނާނެ.. އަހަރެން ބޭނުމެއްނޫން ސާޔާ އާއި އިތުރު ވާހަކައެއް ދައްކާކައް ނުނީ ސާޔާ ފެންނާކަށެއް..” ރުޔާން އަމުރުވެރި ގޮތަކަށް ބުނެލިއެވެ. އަދި ހޯލުން ނިކުމެގެން ދިޔައެވެ. ސާޔާ ރުޔާންގެ ފަހަތުން ދާން އުޅުމުން ފަސް ޖެހުނީ ފަހަތުން އައި ރާއިޝް އޭނާގެ އަތުގައި ހިފުމުނެވެ. “އޭނަ ދޫކޮށްލާފަ ލެޓްސް ކޮންޓިނިއު ވަޓް ވީ ވާ ޑުއިން..” ރާއިޝް ބުނި އެއްޗަކުން ސާޔާގެ ލޭ ކެކުނެވެ. ސާޔާ ރާއިޝްގެ މޫނަށް ވީއްލައިލި ހޫނު އެތިފަހަރުން ރާއިޝްގެ ހޭބުއްދި ފިލައިދަވަރުވިއެވެ.
ބާރު ހިނގުމެއްގައި ސާޔާ ގެއާއިވީދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަނުމާއިއެކު ސާޔާ އަޑުންއަޑުނަގާ ރޯންފެށިއެވެ. ރުޔާންއަށް ވެސް ވީއެހެނެވެ. އަތުޖެހުނު ހުރިހާ އަގުބޮޑުމުދަލެއް ސުންނާފަތިކުރަމުންދިޔައެވެ. އެންމެ ފުރަތަމަވެސް ހޫނު އެތިފަހަރެއް ވީއްލައިލީ މޫނު ބަލާ ލޯގަނޑަށެވެ. ހޯސް ލާފައި އަތުންފޭބި ލެއަށްވެސް އޭނާގެ ސަމާލުކަމެއްނެތެވެ. ރުޔާން ފޯނު ރިންގުވާންފެށުމުން ސްކްރީން ބަލައިލުމުން ފެނުނީ ސާޔާގެނަމެވެ. އޭނާގެ ގާތަށް އައި ރުޅިއެއްގެ ސަބަބުން އޭނާ ފޯނު ފާރަށް އެއްލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ފޯނު ކުދިކުދިވިއެވެ.
ސާޔާ އަނެއްދުވަހު އަތިރިމައްޗަށް ދިޔައެވެ. ކަންދިމާކުރިގޮތުން ރުޔާންވެސް އެތަނުގައި އިން ހިލަ ގޮނޑިއެއްގައި އިނެވެ. “ރުޔާން..އަޅޭ ޕްލީޒް އަޑުއަހާބަލަ..” ސާޔާ އާދޭސްކުރަންފެށިއެވެ.
“ޖަސްޓް ޝަޓްއަޕް..” ރުޔާން އަމުރުވެރިގޮތަކަށް ބުނެލިއެވެ. ސާޔާ ހިތުޖެހުނެވެ. އަދި ލަދުވެސްގަތެވެ. “ހައު ކޭން އައި ކީޕް ކުއައިޓް؟ ނުހުރެވޭނެ..”
“ކީއްވެ؟” ރުޔާން ހަޅޭއްލަވައިގަތެވެ. “ބިކޯޒް އައި ލަވް ޔޫ..” ސާޔާ ބުނެލިއެވެ. “ލޯބިވާނަމަ ސާޔާ ކީއްވެ ރާއިޝް އާއި ކި..”
“ބިކޯޒް އައި ވޯޒް ނޮޓް އިން ކޮންޓްރޯލް..ހީ ފޯރސްޑްމީ.. މިހާރު ވަރަށް ރިގްރެޓް އެބަ ވޭ..” ސާޔާ ރޮމުންބުނެލިއެވެ. “ކޮންމެ ގޮތެއްވިޔަސް މިހާރު ވަރަށް ލަސްވެއްޖެ ސާޔާ..” ރުޔާން އެތަނުން ދާން ހިނގައިގަތެވެ. ސާޔާ ގޮތްހުސްވިއެވެ. މުޅި ދުނިޔެ މިއަދު އޭނާއަށް ފުރަގަސްދޭކަހަލައެވެ. ދުރުން
ރާއިޝް އެތަނަށް އަންނަތަން ސާޔާއަށް ފެނުނެވެ. ހުނުފެން ކެކޭ ހެން ސާޔާ ކެކުނުކަހަލައެވެ. “ހާއި ބޭބް..” ރާއިޝް ސާޔާއާއި ގާތްވެލިއެވެ. “މަށަށް ބޭބީ ކިޔަން ތިއީ ކާކު؟” ސާޔާ އަށް ނޭނގޭ ކަހަލަ ބާރެއްލިބުނުކަހަލައެވެ. ކިހިނެތްކަމެއް ޙުދު އޭނާއަކަށްވެސް ނުވިސްނުނެވެ. “އޭ މާ ވަރު ނުދައްކާތި.. ހަމަ ނޮޅާލާން..” ރާއިޝްވެސް ރައްދު ދިނެވެ. “ހަހަ.. ކަލެއަށް މަ ނޮޅާލެވޭނެ؟ ބުނާނެ ލޯބި ވެޔޭ.. ތިއީ ލޯބި؟ މީހުން ލޯބިވާ މީހުން ނޮޅާލާނެ ތަ؟ އަހަރެންނަށް އިނގޭ ރާއިޝް ތިއީ ކިހާފެންވަރެއްގެ މީހެއްކަން.. އެހެންމަ ދެން މަގޭ ފަހަތުން ލޯބިވެޔޭ ކިޔައިގެން އަންނަން ނަހަދާތި..” ސާޔާ އިންޒާރެއް ދިނެވެ.
“އައުޗް.. ސަޔާ މާ ނުފުއްޕައްޗޭ.. ތިހެން އުޅެނިކޮށް ބޮޑިއެއް ލިބޭނެ.. މިހާރު ތި ލިބުނު ބޮނޑި ކުޑަވެގެން ކަންނޭނގެ ތި އުޅެނީ.. ވަރަށް ވިސްނާތި އަދިވެސް ރުޔާން އަށް އެކަހަލަ މަންޒަރު ފެންނާނެ.. ސާޔާ ހީކުރީ ކީކޭތަ؟ ރުޔާން ސާޔާދެކެ ލޯބިވޭ.. ނަމަވެސް އޭނާޔަކަށް އޭނާގެ ލޯބި ކާމިޔާބެއް ނުވާނެ.. ސަބަބަކީ މަ.. މި ރާއިޝް މި ދުނިޔޭގައި ހުރިހާ ހިނދަކު ތި ސާޔާ އާއި އެ ރުޔާން އެއް ނުވާނެ..” ރާއިޝް ބުނެލިއެވެ. “ހަހަ.. ކީއްވެ އެއްޗެކޭ ނުބުނަނީ؟ ބަސް ހުސްވީ ދޯ.. އަސްލު އިނގޭތަ މަ އެ ރުޔާންދެކެ ވަރަށް ފޫހިވޭ.. ސަބަބަކީ ތި ސާޔާ.. ސާޔާ ރުޔާން ދެކެ ލޯބި ވޭ އަދި ރުޔާންވެސް ސާޔާދެކެ ލޯބިވޭ.. އެކަމް މި ރާއިޝް ސާޔާ ދެކެ ލޯބިވޭ.. މަށަށް ހާސިލް ނުވި މީހެއް އެ ރުޔާން އަކަށް ހާސިލްނުވެވޭނެ.. މަގޭ މަގްސަދަކީ ރުޔާން އަށް ސާޔާ ނުލިބުން އެ މަގްސަދު މިހާރު މަށަށް ހާސިލްވެއްޖެ..ދެން އެ ރުޔާން އެއް ތި ސާޔާއަކަށް މާފެއް ނުކުރާނެ.. ހަހަ..” ރާއިޝް ނުލަފާގޮތަކަށް ހޭންފެށިއެވެ. ސާޔާ ދެލޯ ބޮޑުވިއެވެ.
“ރާއިޝް ތިއީ ހާދަ ނުލަފާ އިންސާނެއް.. ރުޔާން ނޫން އެހެން މީހަކަށް މި ސާޔާއެއް ނުލިބޭނެ.. ރާއިޝް ތި ހުވަފެން ބެލުން ހުއްޓާލާ.. އަހަރެން ރުޔާން އަށް ވިސްނައިދޭނަން..” ސާޔާ އަށް ރޮވުނެވެ. އޭނާގެ ރުޔާން އަށް މި ނުލަފާ ރާއިޝްގެ ރޭވުން އެނގުނު ނަމައެވެ. ރުޔާން މިތާގައި ހުރި ނަމައެވެ. އޭރުން އަބަދާއި އަބަދަށް ރުޔާން އެއީ ސާޔާގެ މިލްކަކަށް ވާނެތާއެވެ. “ސާޔާ މަގޭ މިލްކަކަށް ވާނެ.. ބަލާތި.. ރުޔާން ދެން ދުވަހަކުވެސް ސާޔާ އަކަށް ނުބަލާނެ..” ރާއިޝް ހޭންފެށިއެވެ. ސާޔާ ބާރަށް ދުއްވައިގަތެވެ. އެތާކައިރީގައި ހުރި ފިރިހެންކުއްޖެއްގެ ގައިގާ އަޅާފައި އެކުއްޖާއާއި އެކު ސާޔާ ވެއްޓުނެވެ. އެ ކުއްޖާ އެއީ އުމުރުން ސޯޅަ އަހަރުގެ ކުދިންނާއި ވައްތަރެވެ. ސާޔާއަށް އެކުއްޖާގެ ގައިގައި ރުޔާން އާއި ވައްތަރު ގޮތެއްހުރިކަން އެނގުނެވެ. ލާނެއް ހިނިތުންވުމެއް އެކުއްޖާގެ މޫނުމަތިން ފެނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.


first libunee dho mi
Thi dhen maa majaa kameh tha thihaa vareh thi aranyyy….,,me first me first vvvvvvv foohi kuravva huh
Oops someone is jealous ? dhw anonymous
J veetha … haha
Hey twitty ariana grande and song Jong ki are my one of the fav fans…mihenvyma varah kiyaalaa hihvey….ariana my fav singer..omg..SONG JOONG KI
hii i’m song 😉
Yes your…hehe?
hehe 😀
Ohh name nujaha mi comment kurevuny…..anyways you know its me…?
yess i knew it 🙂 🙂
Reethi ❤
Ekam thankolheh kuru ?
Varah nice…? nd ey haadha salhi lava ekey dw “bol dho na zara”❤ love it…?
its one of my fav song Adha. 🙂
Nice ingey mi part ves
ވަރަށް ރީތި ވާހަކައެއް..
I’m waiting..twitty…kobaatha next part…avaskohlaba??