Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދެގަޑި ތިރީސް 2

ushaali Level 110 Stories
August 6, 2017 8 Mins Read
23 Comments

“އަހަރެން މީހަކާއި ނީނަސް ކޮބާ މައްސަލައަކީ. މީހަކާ އިންނަން އެންމެ އެކަށީގެންވާ މީހާއެއްނު މިރޭ ޅަކުއްޖަކާ އިންނަން އެއުޅެނީ” ކާމޭޒު ކައިރީގައި އިން އޭނާގެ ބައްޕަ އަށް ދެލޯ އަޅާލަމުން މާކިލް ބުންޏެވެ. ތުނބުން ކޮފީތަށި ނައްޓާލަމުން އިރުވީނަށް އޭނާގެ ދަރިފުޅަށް ބަލާލެވުނެވެ.

 

 

“މާކިލް…!! ތި އަނގަ މައިތިރިކުރޭ! އެހެންނޫނީ………” ފީރޯޒާގެ ފިރިމީހާ އަދި މާކިލްގެ ކާފަ އާސިރަށް މާކިލްގެ ބަސްމަގު ހުރިގޮތް ކަމަކު ނުދިޔައެވެ. އެހެންކަމުން އަތުގައި އޮތް އޫ ތަށި ތެރެއަށް ދޫކޮށްލުމަށްފަހު މާކިލް އަށް ބަލަން އިނީ ދުވަސްވެފައިވިއެއް ކަމަކު މޭ ފުއްޕާލާފައެވެ.

“އެހެންނޫނީ ކީއްކުރާނީ… އަހަރެން މިގެއިން ނެރޭނީތަ؟ އެނ…. ބުނެބަލަ. އަހަރެން ބޭނުމެއްވެސް ނޫން މިގޭގައި އުޅޭކަށް. އަދި މީނދަ ފެންނަ އިންސާނާ އަށް ބައްޕަ ކިޔާކަށް ވެސް”  އާސިރުގެ އަޑު ގޭތެރޭގައި ބާރުވެގެން ދިޔައިރު ވެސް މާކިލް އޭނާ ބުނަން ބޭނުންވި އެއްޗެއް ބުންޏެވެ. މާކިލް ވެސް އުލާއި ސަމްސަލާއެކު ތަށި ތެރެއަށް ބާރަށް ވައްޓާލި އަޑު އިރުކޮޅަކަށް ދެމިގެން ދިޔައެވެ. މޭޒު ކައިރީގައި ބާކީ ތިބި މީހުން އެކަކު އަނެކަކަށް ބަލަމުން ދިޔައީ ދެން ވާނީ ކިހިނެއްކަމެއް ނޭނގޭ ހާލުގައެވެ.

“ހަބަރުދާރު…. މިހާ ލަދެއްނެތް މައިންބަފައިންނަށް އިޙްތިރާމް ނުކުރާ މީހަކާއި އެއްތަށިމަތީގައި ކާން މަށެއް ބޭނުމެއްނޫން. އޭނަ ކައިގެން ދިޔައިރަކުން ރޯޒާ މަށަށް ގޮވާ” ތަށި ދުރުކޮށްލާފައި އާސިރު ދިޔުމުން ރުޅިއައިއްސާ ހުރި މާކިލް ވެސް އެނބުރި ގެއިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އަބަދުވެސް މާކިލް ދެކެ އިންތިހާ އަށް ލޯބިވާ ދެބެންގެ ދެދަރި ކޮއްކޮ ވިކްޔަން އަކަށް އެގޮތެއް ކަމަކު ނުދިޔައެވެ.

“އޭތް މާކް… މަޑުކޮށްބަލަ” މާކިލް އަތުގައި ހިފަހައްޓަމުން ވިކްޔަން ބުންޏެވެ.

“ރުޅިއައިސްގެން ގެއިން ނިކުމެގެން ގޮސް ރަނގަޅުކަމެއް ކުރެވޭނޭ އަހަރެންގެ ހިތެއް ނުބުނޭ… ހިނގާ ކޮޓަރިއަށް. ރުޅި މައިތިރިވާނީ މީހާ ހަމައަކަށް އެޅުނު ވަރަކުން” ވިކްޔަން އާއި އެކުގައި ފަސޭހައިން މާކިލް އޭނާގެ ކޮޓަރިއަށް  ވަނެވެ. އެމަންޒަރު ބަލަން އިރުވީން އާއި ފީރޯޒާގެ ދެލޮލުން ކަރުނަ ވިދަމުން ދިޔައެވެ. މިފަހަކަށް އެއީ އަބަދުގެވެސް އާދައެވެ. މާކިލް ރުޅި އަތުވެއްޖެނަމަ ރުޅި ފިލުވެނީ އަބަދުވެސް ވިކްޔަން އަށެވެ.

“ދަރިފުޅު ދެރަނުވޭ…. ހިނގާދިޔަ ހާދިސާއަށް ފަހު ދަރިފުޅު މީހަކާ އިންނަން ގަޞްދު ނުކުރާތީ އެކަމާއި މަންމަ ވަރަށް ކަންބޮޑުވި. އެކަމަކު މިހާރު މަންމަ މިހުރީ އުފަލުން. ރަޔާހީން އާއި މަންމަ ކުރިން ގަބޫލު ނުވީ ސަބަބެއް ނެތިއެއް ނޫން. އެކަމަކު މިހާރު މަންމަ އަށް ވިސްނިއްޖެ. މާޒީގައި ހިފާ ދަމައިގެން މުސްތަގުބަލަށް ވާނެ ފައިދާއެއް ނޯންނާނެ. އެއާއި ހިލާފަށް މާޒީއަށް ދިޔަ ކަމެއް އެގޮތުގައި ދޫކޮށް ހިތްވަރާއެކު ކުރިއަށް ދިޔުން ބުއްދިވެރީ. މާކިލް އަށް އަދި ވިސްނޭނެ. މަންމަގެ ހިތް ބުނޭ އެހެން….” ރޮވިފައި އިން އިރުވީންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ފީރޯޒާ އޯގާތެރިކަމާއެކު ބުންޏެވެ. ފީރޯޒާގެ ވާހަކަތަކުގައި މައިސަރާ ވެސް ބައިވެރިވިއެވެ.

“އަހަރެމެން ދެމީހުން ދޭތެރޭ އެންމެ ނުވަމަސް ތަފާތީ. މާކް މަށަށް ވުރެ ބޮޑީ. އެކަމަކު އަބަދު ކީއްވެތަ މާކް އަށް އަހަރެން ވިސްނަދޭން މިޖެހެނީ. ކޮބާތަ މައްސަލައަކީ؟ ދޮންބެެ މީހަކާއި އިނީމަ އޭގަ މާކް ރުޅިއަންނަނީ ކީއްވެތަ؟ ބަލަ މިދުވަސްކޮޅު ދޮންބެެ އަށް އިތުރު ބައިވެރިއެއްގެ އެހީ ބޭނުންވާނީ. އަހަރެމެންނަށް ކީއްވެތަ ނޯމަލް ލައިފެއް ނޫޅެވެންވީ. ދޮންބެގެެ ވާން އުޅޭ ވައިފް އަދި އަލަށް ވެސް މަށެއް ނުދެކެން. ނަމެއް ވެސް ނޭނގޭ. ޓަސްލާފައި ވިއްޔާ އެކަހަލަ ވާހަކައެއް މިގޭ ތެރޭގައި ދެއްކީ ވެސް. އެކަމަކު އަހަރެންގެ ހިތް ބުނޭ ދޮންބެގެ ވައިފްއަކީ ކޮންމެ މީހަކަށް ވިޔަސް އެއީ ވަރަށް ރަނގަޅު އަންހެނެކޭ” އެނދުގައި އިން ވިކްޔަން ވާހަކަދައްކަމުން ދިޔައީ މާކިލްގެ ރުޅި ވަނީ މިހާރު ފިނިވެފައިކަން އެނގުމުންނެވެ.

“ކޮންރަނގަޅެއްވާނީ… އެނގޭތަ ބައްޕަ އިންނަން އުޅެނީ ކާކާކަން. ވިކީ އަށް ވެސް ގަބޫލެއް ނުކުރެވޭނެ. ބައްޕަ އާއި އެއްވަރުގެ މީހެއް ހޯދި ނަމަވެސް ހެވެއްނު” މާކިލް މަޑުމަޑުން ބުންޏެވެ.

 

“ކާކުތަ އަނެއްކާ….” ކުޑަކޮށް ޙައިރާންވެފައި ވިކްޔަން އަހާލިއެވެ.

“ރަޔާހީން…. ވިކީގެެ ކްލާސްމޭޓެއް އުޅުނެއްނު. އަނެއްކާ މެލޭގައި މަށާއެކު އޭނަ ކިޔެވީ… އަހަރެން ވަރަށް ލަދުގަނޭ އެހެންވެ…” މާކިލް ވާހަކަދައްކަމުން ދިޔައެވެ. ވިކްޔަން އަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. ދެފަރާތަށް ހިނގަން ފެށުނީ ލިބުނު ސިހުމަކުންނެވެ. މާކިލް އެބުނީ ހަމަ ތެދެއް ހެއްޔެވެ؟ ނޫނީ މާކިލް އަށް އޮޅުނީ ހެއްޔެވެ؟ ދޮންބެ ހަޔާތަށް އަންނަނީ ހަމަ އެހާ އުމުރުން ކުޑަ ކުއްޖެއް ހެއްޔެވެ؟ ދޮންބެ ސާޅީސް އަހަރުގެ މީހަކާއި ބަލާފައި އަހަރެމެންނަށް ވުރެ ވެސް އުމުރުން ހަގު ކުއްޖަކީ ކުޑަ ކުއްޖެކޭ ނުބުނެވެންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟

“ހަމަ ރަނގަޅަށްތަ ތިބުނީ… މިބުނީ ހީން އަކީ އޭރުގައި މުޅި ކްލާސް ބޯއީސް މަށަށް ކިޔަކިޔާ ހުރި ކުއްޖެއް. ދެން ނޭނގެ. އޭނަގެ ބިޓެއް ވެސް ހުންނަ ހެން ހީވަނީ….” މޫނުމައްޗަށް ވެރިވި ހާސްކަން ފިލުވާލަމުން ވިކްޔަން އަލުން މާކިލް ކައިރީގައި އިށީނދެފައި ވާހަކަދެއްކިއެވެ.

“ދެން ކުރާނެކަމެއް ނެތް. މިރޭ އެކައިވެނި ވެގެންދާނެ. އަހަރެން ހިތަށްއަރާ ބައްޕަ އަށް ހަމަ ނުވިސްނެނީބާއޭ…އެންމެ ފުރަތަމަ އިނީ މަންމަ އާއި. މަންމަ ވަރިކޮށްފައި މިގެއިން ނެރުނީ އަހަރެން ވެސް ބޮޑުވި ފަހުން. އޭގެފަހުން އިތުރު މީހަކާއި ދެދަރިން ލިބުނު. އެމީހުން ނިޔާވެގެން ދިޔައިރު އަހަރެން ނުދެކެން މޫނެއް ވެސް. ބައެއް ފަހަރު ހިތަށް އަރާ ބައްޕަމެން ހަދަ ސިއްރުވެރިއޭ. މިފަހަރު ކިހިނެއްވާނެބާއޭ ހިތަށް އަރާ… ބޯހަލާކު. ބައްޕަގެ ސަބަބުން އެހެން މީހުން ލަދު ގަންނަން ޖެހެނީ” މާކިލް އިރުކޮޅަކު ހިމޭނުން އިނދެފައި ބުންޏެވެ. އޭނާގެ އަޑަށް މީހާރު ވަނީ މަޑުމޮޅިކަން ވެރިވެފައެވެ.

“ޗިލް ބްރޯ…. ދޮންބެގެ ދިރިއުޅުމެއްނު. ބައެއް ކަހަލަ ކަންތަކަކީ އެކަމުގެ ހަޤީޤަތް އެހެން މީހުންނަށް އެންގުމަށް ވުރެ ނޭންގުން ރަނގަޅު ކަންތައްތައް. އަހަރެމެން މީ ކުޑަކުދިންނެއްނު. އެހެންވީމަ އަހަރެމެން ތިބޭނީ ކުޑަކުދިންގެ ގޮތުގައި…….. ސޯ ނޯ ވޮރީސް….ކާލައިގެން އައިސް ހަމަޖެހިބަލަ…. އަހަރެމެންނަށް ކީތް ދޯ… އެމީހަކު އިންނާނެ މީހަކާއި އެމީހަކު އިނދެފާނެއްނު. މަށަށް އެނގެނީ ތިބުނާ ރަޔާހީން އެއީ އަހަރެން މާގަޔާވާ ކުއްޖެއް ނޫންކަންް. ވަރަށް ފޫހިވާ ވައްތަރަކަށް އުޅެނީ…” މާކިލް ގެ ކޮނޑުގައި ޖަހާލަމުން ވިކްޔަން އެކޮޓރިން ނިކުންނަން ހިނގައިގަތެވެ.

“އޭތް ބްރޯ… މިރޭ އެކަން ނިމުނީމަ އަންނައްޗެ އެއްކަލަ ސީރީސް ނިންމާލަން. އެންމެ ފަހު ސީޒަންގެ ފަހު ތިންބައެއްނު ނުނިމި އިނީ…” ދޮރުން ނިކުންނަން ދިޔަ ވިކްޔަން އަށް ގޮވާލަމުން މާކިލް ބުންޏެވެ. ވިކްޔަން ފަސް އެނބުރި މާކިލް އަށް ބަލާލުމުން ބޯޖަހާލިއެވެ.

ރޭގަނޑު ނުވައެއްޖެހި ވަގުތު ހ.ރަންމުތް ގޭގައި ކުރެވިގެން ދިޔަ ކައިވެނި ހަފްލާގައި ބައިވެރިނުވީ އެކަނި މާކިލް އެވެ. އިރުވީން އަށް އެއީ ކުރިން ވެސް އެކަން ވާނެ ގޮތް އެނގުނަސް އޭނާ ހުރީ ހިސާބަކަށް މާޔޫސް ވެފައެވެ. ނަމަވެސް އޭނާގެ ކަނާތްފަރާތުގައި ޕަރީއެއްހެން ހެދިލައިގެން އިން އަންހެންކުއްޖާ ފެނި ހުރިހާ ހިތާމަތަކެއް މަތިން އޭނާ  ހަނދާންނެތުނު ކަހަލައެވެ.

“އާބިދާ ކިހިނެއް؟ މިހާރު އަނެއްކާ ވެސް މިދެއާއިލާ ގުޅުމަކުން މިގުޅުނީ. އިރާދަކުރެއްވިއްޔާ މިގެއިން ރަޔާހީނަށް އެއްވެސް ގެއްލުމެއް ނުވާނެ. އެކަމުގެ ފުރިހަމަ ޔަގީން ކަން އަހަރެން ކަލޭމެންނަށް ދެން. އެނގޭ މިހެން ބުންޏަސް ގަބޫލެއް ވެސް ނުކުރެވޭނެކަން. އެކަމަކު އަހަރެން މިބުނި ބަހުގެ ގެރެންޓީ މިދެނީ.. އަހަރެންގެ އިރުވީން ރަޔާހީން ދެކެ ވަރަށް ބޮޑަށް ލޯބިވޭ…” ފީރޯޒާގެ ބަހަށް ރައްދު އާބިދާގެ އާއިލާ އިން ނުދިނެއް ކަމަކު ދެކޮޅަށް ވެސް އެއްޗެއް ނުބުނެއެވެ. ހިތުގައި ނުތަނަވަސް ކަމެއް ވިޔަސް ހިނިތުންވުމަކުން އެމީހުން އެބައްދަލްވުން ނިންމާލިއެވެ.

އާބިދާގެ އާއިލާ އެނބުރި ގެއަށް ދިޔުމާއެކު ފީރޯޒާ އެރެއަށް ހާއްސަކޮށްފައިވާ ކެއުމަށް އެންމެންނަށް ދައުވަތު އެރުވިިއެވެ. އެއީ ރަޔާހީނަށް ހާއްސަކޮށްފައިވާ ކެއުމެއްކަން ރަޔާހީނަށް އަންގާދިނެވެ. ކާން އިން ރަޔާހިން ގެ އަތުގައި އިރުވީން ހިފާލުމުން ލަދުވެތިކަމާއެކު ރަޔާހީން އިރުވީނަށް ބަލާލިއެވެ. އެހިނދު އިރުވީން ވެސް ލޯތްބާއެކު ރަޔާހީނަށް ހިނިތުންވުމެއް ދިނެވެ. އެންމެން ކާން ފެށުމާއެކު ރަޔާހީން ދެފަރާތަށް ކަޅި ހިންގާލިއެވެ. މޭޒުގެ އެއްފަރާތުގައި ހިމޭންކަމާއެކު ކާން އިން ވިކްޔަން ފެނުމުން ރަޔާހީން އިސްޖަހާލިއެވެ. އަދި ހަމަ އެހާ އަވަހަށް އިސްނަގާ މޭޒު ކައިރީގައި ތިބި ހުރިހާ މީހުންނަށް ވަކި ވަކިން ނަޒަރު ހިންގާލިއެވެ. އެމަންޒަރު ފީރޯޒާ އަށް ފެނުމުން މާނަ ނެގީ މުޅިން އެހެން ގޮތަކަށެވެ.

“އިރުވީންގެ ދަރިފުޅު ދޯ ތިހޯދަނީ. ހެހެހެ…. އެއީ ނިކަން ފިސާރި ރުންކުރު ގޮތެއް ހުންނަ ކުއްޖެއް. ދެން ހީން އަށް ވެސް އެނގެއެއްނު އެވަރުގެ ކުއްޖަކުގެ ކަންތައް ހުންނާނެ ގޮތް. ކިތަންމެ ކުޑަ ކަމަކާއި ވެސް ބައްޕަ ދެކެ ނުރުހުންވެދާނެ. މިރޭ ވެސް އެކަހަލަ ކަމެއް ލައިގަނެގެން މިއުޅެނީ. ހުރޭ… މަންމަ މިއަންނަނީ ގޮވައިގެން…” ފީރޯޒާ ގެ ވާހަކަތަކަށް ރަޔާހީން ހިނިތުންވުމެއް ދިނަސް އޭނާގެ ހިތުގައި ވަނީ ނޭނގޭ ބިރުވެރިކަމެއް ހަރުލާފައެވެ. އަލަށް ދިރިއުޅުމެއް ފަށާ ވެދާނެ ގޮތެއް ނޭނގޭތީ އޭނާގެ ހިތް ބިރުގަންނަނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ ތަނުގައި ހުޅުވާފައި ހުރި ކުޑަ ދޮރުން އެތެރެއަށް ވަން ފިނިވައިރޯޅިއެއް އޭނާގެ މޫނުގައި ފިރުމާލުމުންނެވެ. ހަމައެއާއިއެކު އޭނާގެ ކަންފަތް ދޮށުގައި ވެސް ސިއްރެއް ބުނެލި ހެން ހީވުމުން ހިނިތުންވުން ފުޅާވިއެވެ. އެދޮރާއި ދިމާލަށް އޭނާ ބަލާލުމުން ބޭރުގައި ހައްދާފައި ހުރި އެކިވައްތަރުގެ މާގަސްތައް ދެފަރާތަށް ވަޔާ ތެޅިލި ގޮތުން ވެސް ރޫހަށް ދިރުން ލިބިގެން ދިޔައެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ އެދޮރުން ބޭރުން އޭނާ އަށް ލިބުނު ޔަގީން ކަމަކުންނެވެ.

ކުއްލިއަކަށް ކުރިމަތިން ފެނުނު ސޫރަޔަކުން ރަޔާހީންގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ހީލައިގެން ހުރި ފީރޯޒާ ކައިރީގައި ހުއްޓި ހުރި ފިރިހެންކުއްޖާ އަށް ދެވަނަ ފަހަރަށް ބަލާލާކަށް ވެސް ރަޔާހީނަކަށް ނުކެރުނެވެ. މީހާގެ ހަށިގަނޑަށް ވުރެ މާބޮޑު ޓީޝާޓެއް ލައިގެން ހުރިއިރު ލައިގެން ހުރި ކަޅު ކުލައިގެ ޖިންސު ވެސް އޮތީ ތިރިއަށް ސޮހިފައެވެ. ބޮލުގެ އިސްތަށިގަނޑު ބޯކޮށް ހާވާލައިގެން ހުރީއިރު މީހާގެ މޫނު ފެންނަނީ މަދޮށްޓެއްހާ ކުޑަކޮށެވެ. އޭނާގެ ކަޅި ރަޔާހީނަށް އަމާޒުވެފައިވާތަން ފެނުމުން ރަޔާހީން ގެ ހަށިގަނޑުގެ ތުރުތުރުލުމެއް އުފެދުނެވެ. ވާނީ ވެސް އެހެންތާއެވެ. މާކިލް އަކީ މޮޔައެއް ފަދައިން އޭނާގެ ލޯތްބަށް އެދި ފަހަތުން ޖެއްސުން ކުރަމުން ދުވި އިންސާނާއެވެ. އަދި މިހާރު އެހެރީ ހާދަ ބިރުވެރި ކޮށެވެ.

“އޯއެމްޖީ…..މާކް…. ހާދަ ނުލަފާ ފާޑަކަށޭ އެހުރީ… ގޯޑް…. މާކްގެ ދޮންމަންމަ އެއްގެ ރޯލް މަށަށް ކުޅެވިދާނެބާ…..  ބިރުވެސް ގަނޭ…..” ދެއަތް ދެއަތާ މޮޑެމުން ދިޔަ ރަޔާހީން ގެ ހިތަށް އަރަމުން ދިޔައެވެ.

“ކޮންގްރެޓްސް ބައްޕަ. ކޮންގްރެޓްސް މައި ހީންމަމް…” މަލާމާތުގެ ފާޑަކަށް މާކިލް ރަޔާހިން އަށް ބަލާލަމުން ބުންޏެވެ. މާކިލް ގެ އަމަލުން ރަޔާހިން އިނީ ލަދުންނެވެ. އޭނާ ވަގު ލޮލުން ކައިރީގައި ތިބި މީހުންނަށް ބަލާލިއެވެ. ކާން އިން ވިކްޔަން އަށް އެތަނުގައި ކަމެއް ވާކަމެއް ވެސް ހީނުވެއެވެ.

“މަމް… އަޅުގަނޑަށް ކެވުނީ. މިދަނީ ރޫމަށް….” އަންހެން ދަރިފުޅު މަހާ އަތް ހަލާކުވެ ބޭސް އަޅާފައި ހުރުމުގެ ސަބަބުން އެކުއްޖާ އަށް އަތުން ލަވާ ކާންދޭން އިން މައިސަރާއަށް ބަލާލަމުން ވިކްޔަން ގޮނޑިން ތެދުވެގެން ހިނގައިގަތެވެ. ވިކްޔަން ދިޔަ މަންޒަރު ބަލަން އިން ރަޔާހީން އިނީ ކަންބޮޑުވެފައެވެ. ރުޅި އައިސްގެން ވިޔަސް އެގޭ ހުރިހާ މީހުން ވެސް އޭނާ އަށް އާ ކައިވެނީގެ މަރުހަބާ ކިޔެވެ. ނަމަވެސް ވިކްޔަން އެވަރު ވެސް ނުބުނޭއެވެ. ރަޔާހީން ކަންބޮޑުވަނީ އިރުވީންގެ މައިންބަފައިން އޭނާ އަށް ދަރިއެއްގެ މަގާމު ދީފައި ވިޔަސް އެގޭގައި ދެން އެއުޅޭ މީހުންގެ ހިތުން އޭނާ އަށް ދުވަހަކު ވެސް ޖާގައެއް ހުސްނުވާނޭ ހިތަށް އެރުމުންނެވެ.

ކޮޓަރިއަށް ވަދެ އެނދުގައި ރަޔާހީން އިށީނދެލީ އިރުވީން ފާހާނާ އަށް ވަނުމުންނެވެ. އެކޮޓަރީގެ ހުރިހާ ދިމާލަކަށް އޭނާ ނަޒަރު ހިންގާލީ އެއްޗެއް ހޯދަން އުޅޭ ކަހަލަ ގޮތަކަށެވެ.  ކުޑަދޮރު ކައިރީގައި ހުއްޓުނީ އެކޮޓަރީ ފަހަތުން ފެންނަން އޮތް ކަށި ބިންމައްޗަށް ނަޒަރު ހުއްޓާލަމުންނެވެ. ނަމަވެސް އޭނާ ގެ ހިޔާލުތަކުން ދުރުވެލަން ޖެހުނީ ފާހާނާގެ ތަންޑު ނައްޓާލި އަޑަށެވެ. މަސްތީ ގޮތަކަށް އޭނާ އަށް ބަލަން ހުރި އިރުވީން ފެނުމުން ރަޔާހީންގެ ހަށިގަނޑުގައި ވާހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ނޭނގޭ ބާރު މިނެއްގައި ހިތް ތެޅެން ފެށިއެވެ. އިރުވީން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ރަޔާހީން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އެންމެ ފަހަށް ރަޔާހީނަށް ސިހުމެއް ލިބުނީ އޭނާ އެނދުގައި ޖެހިފައި ކުއްލިއަކަށް އެނދުގައި އިށީނދެވުމުންނެވެ. އިރުވީން ވެސް އޭނާ އާއި ޖެހިގެން ކަހަލަ ގޮތަކަށް އިށީނެވެ. އަދި ރަޔާހީން ލަދުގަންނާނެ ފަދައަކުން ރަޔާހީން ގެ ދޮން މޫނަށް ބަލަން ފެށިއެވެ. ރަޔާހީންގެ ހިކިކޮށް ދިގުކޮށް ހުންނަ ހަށިގަނޑާއި ހެދިފައިވާ ބައްޓަން ރީތި ވަނާ ތަކަކީ އިރުވީން އެންމެ އަޅައިގަތް ސިފަތަކެވެެ. ކުކުޅު ބިހެއްގެ ބައްޓަމަށްވާ ދިގު ދޮން މޫނުގައި އިރުވީން އޭނާގެ އިނގިލި ތަކުގެ ނުފުށުން ފިރުމާލުމާއެކު ރަޔާހީނަށް ދެލޯ މެރުނެވެ. އިރުވީން އޭނާގެ ދެއަތުން ރަޔާހީންގެ މޫނު އޭނާގެ މޫނާއި ކައިރިކޮށްލިއެވެ. އެވަގުތުކޮޅުގައި ރަޔާހީން އެއްފަހަރު ކޮޓަރީގެ އެއްފަރާތުގައިވާ ބޮޑެތި ކުޑަދޮރުތަކާއި ދިމާލަށް ބަލާލިއެވެ. ލައްޕާފައިވާ ކުޑަދޮރު ތަކުގެ ބޭރުން މީހަކު އޭނާ އަށް ހަނާއަޅާލިހެން ހީވިއެވެ. ރަޔާހީން ބިރުން ތުރުތުރު އަޅައިގަތެވެ. މިވަނީ ކީއްހެއްޔެވެ؟ ނޭނގޭ ބާރަކުން އޭނާ ހުއްޓުވަން މަސައްކަތް ކުރަނީހެން ހީވަނީއެވެ.

އިރުވީންގެ މޫނު ރަޔާހީންގެ މޫނާއި އެންމެ ކައިރިވި ވަގުތު ރަޔާހީންގެ ދެލޯ އަމާޒުވީ އިރިވީންގެ ފަހަތުން ފެންނަން ހުރި ފާހާނާގެ ދޮރަށެވެ. ކުއްލިއަކަށް ހީވީ އިރުވީންގެ ބޮލުގައި މީހަކު ބާރު އެތިފަހަރެއް ވީއްލާލި ހެންނެވެ. ރަޔާހީން ފަހަތަށް ކޮށްޕާލި ވަރުން އެހިކި ކުއްޖާ ފަހަތަށް އެއްލިގެން ދިޔައެވެ. ނަމަވެސް އޭނާ އަމިއްލަ އަށް ބެލެންސްކޮށް އެނދުގައި ހަމަޖެހިލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން އިން އިރުވީން ފެނި ރަޔާހީން ބިރުގަތެވެ. އަނެއްކާ އިރުވީނަށް ކިހިނެއްވީ ހެއްޔެވެ؟ “އިރޭ… އާރ ޔޫ އޯކޭ….. މަންމަ އަށް ގޮވަންވީތަ؟….. ބިރުގަނެފައި އިނަސް ރަޔާހީން އިރުވީންގެ އަތުގައި ކުޑަކޮށް އަތް ޖައްސާލަމުން އަހާލިއެވެ.

“ނޫން… އަބަދުވެސް ހުރޭ ބޮލުގެ ރިހުމެއް. ކުޑަކޮށް އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ. ޕެނަޑޯލް ގުޅައެއް ބޭނުމީ. ހީން ޕެނަޑޯލް ގުޅައެއް ހޯދަދީބަލަ” އެނދުގެ ހެޑްބޯޑުގައި ރަޔާހީން ލައްގާލި ބާލީހުގައި ލެގިލަމުން އިރުވީން ބުންޏެވެ.  ރަޔާހީން ތެދުވެގެން ކޮޓަރީގެ ހުރިހާ ވަތްގަނޑުތައް ބެލުމުން ވެސް ޕެނަޑޯލް ގުޅައެއް އަތުޖެހޭ ގޮތެއް ނުވިއެވެ. އެނދުގައި ލޯމެރިފައި އޮތް އިރުވީނަށް ބަލަން ރަޔާހީން އިރުކޮޅަކު ހުރުމަށްފަހު ކޮޓަރީ ތަންޑުނައްޓާލާ  ބޭރަށް ނިކުމެލިއެވެ. ހުސްކޮށް އޮތް ސިޓިންގްރޫމު ކޮންމެސް ވަރަކަށް އަލިކޮށް ފެންނަނީ ބޭރުގޯތީގައި ދިއްލާފައިވާ ލައިޓްގެ ސަބަބުންނެވެ. ކޮޓަރި ދޮރުމަތީގައި އިރުކޮޅަކު ހުރުމަށްފަހު އެއްސިޑިބަރި މައްޗަށް އަރާ އެންމެ ކުރިން ޖެހުނު ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ. ފީރޯޒާ ވަނީ ހުރިހާ މީހުންގެ ކޮޓަރިތައް އޭނާ އަށް ދައްކާފައެވެ.

ދަންވަރުގެ މިފަދަ ވަގުތެއްގައި ގައި މަންމަ އާއި ބައްޕަ އަށް އުނދަގު ކުރަން ބޭނުންނުވާތީ ޖެހިލުންވިޔަސް އޭނާ ޓަކި ޖެހީ މާކިލް ގެ ކޮޓަރީގައެވެ. އެހެނީ މާކިލް އަކީ އިރުވީންގެ ބޮޑުވެފައި ހުރި ފިރިހެން ދަރިއެކެވެ. ބައްޕަ ބަލިވެ ހާލަތެއްގައި އެންމެ ކައިރީގައި ހުންނަންޖެހޭ މީހަކީ ދަރިންކަން ރަޔާހީން އަށް އެނގެއެވެ. ދެފަހަރަކު ޓަކި ޖަހާލުމާއެކު ކޮޓަރީ ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި މާކިލް ފެނުމާއެކު ރަޔާހީން ލަދުން އިސްޖަހާލިއެވެ. ހުސް ބޮކްސާ ކޮޅުގައި ހުރި މާކިލް އަށް ބަލާލަން ވެސް ނުކެރުނެވެ. އޭރުވެސް ކޮޓަރިތެރެ ހީވަނީ ބޮޑު ސްކްރީން އަޅުވާފައި ހުރި ހެންނެވެ. އިންގްލިޝް ކޮންމެސް ފިލްމެއްގެ އަޑު ވަރަށް ބާރަށް އެކޮޓަރިން އިވި އިވިި ހުއްޓެވެ. މިފަދަ ވަގުތެއްގައި އެތަނުން ރަޔާހީން ފެނުމުން މާކިލް އަށް ހައިރާން ކަން ލިބި ހިނިއަންނަ ގޮތް ވެސް ވިއެވެ.

“މި…..މި….. އެއްޗެއް ހޯދަން…..” ރަޔާހީނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މާކިލް އޭނާގެ އަތުގައި ހިފާ ކޮޓަރިއަށް ވައްދާ ދޮރު ލެއްޕިއެވެ. ރަޔާހީނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރި ދޮރުގެ ތަޅުގައި ހިފާ އަނބުރަން ފެށިއެވެ. ރަޔާހީން މައިތިރިވީ ކޮޓަރީގައި އަޅުވާފައި ހުރި ފިލްމުގެ އަޑު ކެނޑި މާކިލްގެ ހުނުމުގެ އަޑު އިވުމުންނެވެ.

“ހު..ހުޅުވާ ދޮރު….. އަހަރެން މިތަނުން ނެރޭ…..” ލަސްލަހުން ރަޔުާހީން ބުންޏެވެ.

“ނޯ ސްވީޓްހާރޓް…. އޫޕްސް… ސޮރީ….. މައި ސްވީޓް މަމް…… ހުވާކޮށްފަ މިބުނީ އެއްވެސް ކަމެއް ނުކުރާނަން. ހަމަ ބޭނުމީ ތިމޫނަށް ބަލާލަން. އެނގޭ މަގޭ މަތިން މިސްވީމަކަން މިފަދަ ވަގުތެއްގައި މިތަނަށް ތިއައީ…” ކޮޓަރީގެ ތަޅުދަނޑި ކަނާއަތުގެ ޝަހާދަތް އިނގިލީގައި އަނބުރަމުން ރަޔާހީންގެ ކައިރިއަށް އައިސް ހުއްޓުނު މާކިލް ބުންޏެވެ.

“ޕްލީޒް… އަހަރެން ދިޔަދީ… އަހަރެން މިތަނަށް އައީ މާކިލް ގެ ބައްޕަ ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ބޭސްގުޅައެއް ހޯދަން” ބިރުގަނެފައި ދެއަތުން ދެއަތުގައި ހިފަހައްޓާލައިގެން ހުރި ރަޔާހީން މާކިލް އަށް ނުބަލަން މަސައްކަތް ކުރަމުން ދިޔައެވެ.

“އޯވް… ހާދަ ގަބޫލުނުކުރެވޭ ވާހަކައެކޭ ތިބުނީ. ކީއްވެބާ މާމަ ކޮޓަރިއަށް ނުދިޔައީ… ހެހެހެ… އަޅާނުލާ…. އަހަރެންގެ ލޯބި ގަބޫލުނުކޮށް އަހަރެންގެ ބައްޕަގެ ވައިފް އަށް ވީ ކީކޭ ހިތަށް އަރައިގެން. ބަލަ ބައްޕަގެ މުދަލަކީ އަހަރެންގެ އެއްޗެހި. މިބޮޑު ގެއަކީ ވެސް އަހަރެންގެ ނަން މައްޗަށް އޮތް ބޮޑު ގެއެއް. އަނެއްކާ ބައްޕަގެ އުމުރަށް ބަލާލިޔަސް…..ބައްޕަ އަށް ވުރެ އަހަރެން މާ ފައްކާވާނެ…. ބައްޕަ އަށް ނުވާ އެތައް ކަމެއް އަހަރެން…..ހެހެހެ…” ރަޔާހީންގެ މޫނަށް ފުމެލަމުން މާކިލް ރަޔާހީންގެ ވަށާ ބުރު އަޅަމުން ދިޔައެވެ. ގަނެފައި ހުރި ބިރުންނާއި އެކޮޓަރިއަށް އާދެވުނު މޮޔައޭ ހިތާ ހުރި ރަޔާހީނަށް ރޮވެން ކައިރިވިއެވެ.

 

“ހާދަ ދެރައޭ…. ބައްޕަ މީ ކޮންކަހަލަ މީހެއް…. މިރޭ ނުދިން ދޯ އެއްކަމެއް ވެސް ކޮށެއް. އަހަރެން މިހިރީނު. ނޯ ވޮރީސް…. ލެޓްސް ސްޓާރޓް…..” މާކިލް ފަހުން ބުނި ޖުމްލަ ބުނީ ރަޔާހީންގެ ކަންފަތާއި އޭނާގެ އަނގަ ކައިރިކޮށްލަމުންނެވެ.

ބިރުގަނެ ޖެހިލުންެފައި ހުރި ރަޔާހީން އައި ރުޅީގައި ދަތްކުނޑި ވިކާލިއެވެ. މާކިލް ގެ މޫނަށް ހަތަރުކަޅި ހަމަކޮށް ބަލާލީރު އޭމޫނުން އަލިފާންކަނި ބުރާ ކަހަލައެވެ.

 

“މަންމީ!….. ބިރުގަނެއްޖެ ހުވާ….. ހެހެހެ. މިހާރު ވަކިން ލޯބި… ހިނގާބަލަ ބެޑަށް…. ޔަގީން އަދި ތިމަލުގެ ކަރުގަނޑުގައި މީހަކު އަތްވެސް ޖައްސާނުލާކަން. ބައްޕަ އަށް ވުރެ ކުރިން ތިމަލުގެ ފޮނިކޮޅު ބޯލަން އަހަރެން ބޭނުން….” މާކިލްގެ ކަންފަތްމައްޗަށް ރަޔާހީންގެ އަތްތިލައިގެ ހޫނުކަން އެރުމާއެކު މާކިލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

ލަދެއްވެސް ނުގަނޭތަ… ބަލަ މަށަކީ ކަލޭގެ ބައްޕަގެ އަނބިމީހާއޭ… ކަލޭ މަށަށް އިޙްތިރާމްކުރަން ނުޖެހޭތަ؟…. ކަލޭ މަށަށް ދޮންމަންމަ ކިޔަސް އަހަރެން ލަދެއް ނުގަންނާނެ… އިޙްތިރާމް ކުރަން ދަސްކުރޭ…….”މާކިލްގް މޫނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ ރަޔާހީން ވާހަކަދައްކަމުން ދިޔައެވެ.

“ދޮންމަންމަ… މައިފުޓް……..މިފަހަރު ނުކެރޭނެ މަގޭ އަތްދަށުން ސަލާމަތްވާކަށް. އަޑުގަދަ ކުރިޔަސް ލަދުގަންނާނީ ކަލޭ… މިފަދަ ވަގުތެއްގައި މިކޮޓަރިއަށް ކަލޭ އަމިއްލަ އަށް ދޯ އައީ….. އެހެންވީމާ މިވަގުތު އަހަރެން ބުނާ ގޮތް ހެދުން ނޫން އެއްވެސް ގޮތެއް ކަލެޔަކަށް ނެތް”  ރޮވިފައި ހުރި ރަޔާހީން އެއް އަތުގައި ހިފާ އެނދަށް ހޫރާލަމުން މާކިލް ޖެހިގަތީ ރަޔާހީން ގެ ގައި މައްޗަށެވެ. މާކިލްގެ އަތްދަށުން ސަލާމަތް ވުުމަށް ރަޔާހީނަށް ކުރެވުނުހާ މަސައްކަތެއް ކުރަމުން ދިޔައެވެ. އޭނަ އަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން އޮތަސް އެފަދަ ވަގުތެއް ޖެހުމުން ބިރު ނުގަންނާނީ ފަހެ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟

ރަޔާހީންގެ މޫނާއި ދިމާލަށް މާކިލް ގުދުވަމުން ދިޔަ ވަގުތު ހީވީ ނުފެންނަ އަތަކުން މާކިލްގެ ބޯ އިސްތަށިގަނޑުގައި ހިފެހެއްޓިހެންނެވެ. ހަމަ އެހާ އަވަހަށް މާކިލް ބުރައިގެން ގޮސް ފާހާނާގެ ދޮރުގެ ބުޑަށް ގޮސް ޖެހުނު ތަން ފެނި ރަޔާހީންގެ ހަށިގަނޑުގައި ރޫރު އަޅައިގަތެވެ. ރަޔާހީން އެނދުން ތެދުވެ ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ކޮޓަރީ ދޮރާއި ދިމާލަށް ދުއްވައިގަތްތަނާ ކޮޓަރީ ދޮރު ވެސް ހުޅުވިގެން ދިޔައީ އަމިއްލަ އަށެވެ. ފާޙާނާ ދޮރު ބުޑަށް އިނދަޖެހިފައި އޮތް މާކިލް ދޮރާއި ދިމާލަށް ބަލާލި ވަގުތު ފެނުނު މަންޒަރަކުން ހިތް އަނގައަަށް ނައީ ހަމަ ކިރިޔާއެވެ.

ނުނިމޭ

Share Article

Follow Me Written By

ushaali

Level 110 Stories

Other Articles

Previous

އައިކާ (6)

Next

ސާޔާ..(3)

Next
August 6, 2017

ސާޔާ..(3)

Previews
August 6, 2017

އައިކާ (6)

23 Comments!

  1. ushaali says:
    August 6, 2017 at 11:22 am

    assalam alaikum huriha kudhin. alhamdhulillah… 2 vana episode ves up kurevunee. mi bai ves huriha kudhinnah kamudhaane kamah heekurano. mistakes fahaga kohdheche… 🙂 🙂
    baeh kudhinnah vahakaiga beynun koffaivaa names thah olheythee bunelan. mi vahakaiga maigandu gothega ulheynee ‘rayaheen’
    rayaheen , faruheen , nayasheen , nausheen akee ehbafaa 4 anhen kudhin
    iruween akee makil ge bappa
    vikyan akee iruween ah bodube kiyaa kuhjjeh. maana akee iruween ge mamma feeroza and vikyan ge mamma maisara akee sisters.
    ehen v ma vahaka kiyamun dhaa iru olhun araane evves kameh hiyeh nuvey innaanehen. adhi olhun eriyas bunelyma ekan saafu kohdheynan 🙂 🙂
    huriha kudhinnah ves baajjaveri dhuvahakah edhen 🙂 🙂 d
    dhn in bai tuesday ga iinsha allah 🙂 🙂 🙂

    1. RNa says:
      August 6, 2017 at 2:32 pm

      Iruween nuvaane vikyan ge bodubeyakah. Iruveen vaani vikyan ge dhebenge dhedhari myhakah. See….. feerooza and maisara are sisters. Vicky is maisara’s son and irween is firooxaa’s son. Sons and daughters of 2 sisters will be cousins…

    2. 1997women says:
      August 7, 2017 at 10:12 am

      Iruvyn ah rayaahyn irey kiyaathy v odd ?

    3. manje says:
      October 11, 2017 at 8:39 pm

      kobr 3 episode?

  2. Sam says:
    August 6, 2017 at 11:40 am

    Kommes kujjeh bunedhyba look and shaim, eh ulhunennu story eh eyga name and konkujjeh liyuny story eh tha aeew

    1. Me says:
      August 6, 2017 at 11:49 am

      Alya vs ulhey dhw

    2. ushaali says:
      August 6, 2017 at 11:54 am

      ushali ves liyunin thibunaa name thah kiyaa kudhin ulhey story eh. faharegga ehen kuhjjaku ves liyefa ovedhaane kannenge. ushali liyunu story ah kiyany vaa loabi engey nama…. 🙂

    3. 1997women says:
      August 7, 2017 at 10:14 am

      Dheynan hitha jaanaa.. Ae layaal ge story eh.. Dhn ushaalii ves liun e names thah use kohggen.

  3. Juvey says:
    August 6, 2017 at 11:54 am

    Wow ushaa dhooni v v v nice ..waitting for nxt part????

    1. ushaali says:
      August 6, 2017 at 11:58 am

      thankyou juvey dhooni 🙂 🙂

  4. Xna says:
    August 6, 2017 at 12:02 pm

    Oh wow Interesting.. ..hehe makil ..stepmom ah kuraa geveshi Anita huhttaalaa?.?..roohaanee baaruga miulhee kaakuba?waitinggg..v reethi

    1. ushaali says:
      August 6, 2017 at 12:22 pm

      ebunaahen… geveshi aniya dhw maakil stepmom ah mikurany…. hurey adhi huhttuvaanan maakil… and thankyou so much Xna 🙂

  5. Shaai says:
    August 6, 2017 at 12:03 pm

    Nice point my loving ushaali….
    Story v taf

    1. ushaali says:
      August 6, 2017 at 12:24 pm

      thankyou my loving shaai 🙂

  6. Shii says:
    August 6, 2017 at 12:43 pm

    V salhi

    1. ushaali says:
      August 6, 2017 at 12:47 pm

      thanks Shii 🙂

  7. nuhyaa says:
    August 6, 2017 at 1:58 pm

    salhi eyyh. waiting for next.

  8. Adha? says:
    August 6, 2017 at 2:50 pm

    Varah reethi mi part ves.. ?
    Waitingss ❤❤❤❤

  9. shuba says:
    August 6, 2017 at 3:44 pm

    good

  10. manje says:
    August 6, 2017 at 4:22 pm

    how come iruween is vicky’s bodube? according to your explanation they are cousins.
    kiyaafa huri name thakun ahen firihen ves vaki kuran neyge. varah confusing kiyan undhagoo name thakeh.

  11. khajja says:
    August 6, 2017 at 5:13 pm

    Wow masha allah v rythi v furihama stry thank u 4 the luvly stry ????❤❤❤????

  12. nux says:
    August 7, 2017 at 1:52 pm

    wow v reethi mi partvess good luck lovely ushaali???????????

  13. mixu says:
    August 7, 2017 at 11:10 pm

    Mi vaahakaa ga girl eh boy eh vaki nuvey. Bt nice

Comments are closed.


All Right Reserved!