Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދިހައެއް ( ނުވަވަނަ ބައި )

Ushe Level 110 Stories
August 9, 2017 4 Mins Read
13 Comments

  “ހޭ ރިޒް.. ޝަޙާއަށް ފެނުނޭ ރިޒް ގަޑި ނުފެންނާށޭ ބުނިތަނާ ގަޑި ގެއްލެނިކޮށް.. ޝަޙާ ހުރީ ލޮލުން ފެނުނު ކަންތައް ޤަބޫލު ވެސް ނުކުރެވިފަ.. ދެން ވެސް ދޮގު ނުހަދާ ތެދުތެދަށް ކިޔައިދީބަލަ.. ޔޫ ނޯ ޔޫ ކޭން ޓްރަސްޓް މީ..” ރިޒުވީންގެ އަނގަ މަތިން ޝަޙާ އޭނާގެ އަތް ނެގިއެވެ. “އައި އޭމް ސޮރީ.. ގަޑި ރައްކާތެރިކަން މަތީ ބޭއްވުމަށް ބައްޕަ އެދިފައި ވާތީ އެންމެންނަށް ވެސް ސިއްރުކޮށްގެން އުޅުނީ.. ނަބީއަށް އެކަނި ހުރިހާ ކަމެއް ވެސް އެނގޭނީ.. ޝަޙާ އާދޭ ރިޒުވީއާއެކު ރިޒުވީމެން ގެޔަށް.. ހުރިހާ ވާހަކައެއް ކިޔައިދޭނަން..”

ހިނގަމުން ގޮސް ގޭގެ މައިދޮރު ކައިރިއަށް އާދެވުމުން ދެ ކުދިން ހުއްޓުނެވެ. ރިޒުވީން އޭނާގެ ޖީބުން ތަޅުދަނޑި ނަގައި މައި ދޮރުގެ ތަޅަށް ތަޅުދަނޑި ލުމަށް ފަހު ދޮރު ހުޅުވައިލިއެވެ. އެއަށް ފަހު ގޭ ތެރެއަށް ދެ ކުދިން ވަނީއެވެ. ވަނުމަށް ފަހު ރިޒުވީން ގޭގެ މައި ދޮރު ލައްޕާލިއެވެ. އެ ވަގުތު ސިޓިންގ ރޫމްގެ ސޯފާގައި ނަބީޙު އިށީނދެ އިނެވެ. އޭނާ އިނީ ރިޒުވީންގެ ލެޕުޓޮޕުން ‘ޖީޓީއޭ9’ ގޭމް ކުޅޭށެވެ. “އަހާ.. ޝަޙާ ފަހަރީ ގެއަށް ނުގޮސް އިހަށް މި ގެއަށް ތި އައީ..” ރިޒުވީން، ޝަޙާ ގޮވައިގެން އައުމުން ނަބީޙު އެ ދެ ކުދިންނަށް ދިމާކުރަން ފެށިއެވެ. “މާދަމާ ހެނދުނު ދާ ގޮތަށް ޝަޙާ މިރޭ މި ގޭގައި މަޑުކުރެވިދާނެތަ.؟” ޝަޙާގެ ގާތުގައި ރިޒުވީން އަހާލިއެވެ. “އޮހޯއް.. ޝަހާ ފަހަރީ މުޅި އުމުރަށް ވެސް މަޑުކުރަން ތައްޔާރަށޯ އެ ހުރީ.. ދޯ ޝަޙާ..” ނަބީޙު އަނެއްކާ ވެސް ދިމާކުރަން ފެށިއެވެ. “އާނ.. ގޭގަ އުޅެނީ ބޭބެއާއި ފަހަރީ އެކަނި.. އެ މީހުން ނުބުނާނެ އެއްޗެކޭ.. އައި ކޭން ސުޓޭ ޓުނައިޓް..” ޝަޙާ މިހެން ބުނުމުން ވެސް ނަބީޙު ދިމާކުރަމުން ދިޔައެވެ. ނަބީޙު ދައްކާ ވާހަކަތަކަށް ދެ ކުދިން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. “މިރޭ ބާރައިގެ ފަހުން ވަރަށް ޚާއްޞަ ކަމެއް އެބައޮތް..” އެއް ލޯ މަރާލަމުން ރިޒުވީން ބުންޏެވެ. “އެއީ ކޮން ކަމެއް ބާ.؟” މިހެން ބުނެފައި ޝަޙާ ރިޒުވީނާ ވަރަށް ގާތްވެލިއެވެ. އެ މަންޒަރު ފެނިފައި ނަބީޙު އެއްޗެކޭ ނުބުނެ މަޑުވިއެވެ. “އެއީ ލޯބީގެ މާ ބަގީޗާ ތެރޭގައި ކުޑަކޮށް ލޯބި ކޮށްލައިގެން ތިބެން..” ޝަޙާގެ ރީތި މުށި ކުލައިގެ އިސްތަށިގަނޑުގައި ރިޒުވީންގެ އަތުން ފިރުމާލަމުން ބުންޏެވެ. “ތިޔަ ދެ މީހުން އަސްލަށް ވެސް އެ ކަހަލަ ހަޑިކަމެއް ކުރާނަމޭ ހިތައިތަ މި ރޭގަނޑު ތިޔަ އައީ.؟” ދީނުގައި ޙަރާމްކަމެއް ކުރާ ވާހަކަދެއްކުމުން ސަމާސާގަނޑު ގެއްލި ނަބީޙު ސީރިއަސް ވެއްޖެއެވެ. ރިޒުވީނާއި ޝަޙާ ހޭން ފެށިއެވެ. “ރިޒުވީ ދެން ވެސް ބުނަން ތި އުޅުނު ވާހަކަ ބުނެދޭންވީ..” ޝަޙާއަށް ބުނެވުނީ ހެމުންނެވެ. “ކޮން ވާހަކައެއްތަ.؟ ދެން އަހަރެންގެ އަނގަ ގޮއްވަންތަ ތިޔަ އުޅެނީ..؟” ނަބީޙު ބުންޏެވެ. ނަބީޙު ކުރި ސުވާލަށް ޖަވާބުނުދީ ދެ ކުދިންނަށް އިހަށް ތިބެވުނީ ހޭށެވެ. ދެ ކުދިން ބޭނުންވީ ވެސް އިހަށް ނަބީޙު ހައްދާލާށެވެ. “އޭ މައި ޓެން.. ފެނިލަބަލަ..؟” އިރުކޮޅަކު ހޭން ހުރުމަށް ފަހު ރިޒުވީން ބުންޏެވެ. ރިޒުވީން އެހެން ބުނުމާއެކު ގަޑި ރިޒުވީންގެ އަތުކުރިން ދައްކާލައިފިއެވެ. ދެން ޝަޙާއަށް ރިޒުވީން ގަޑިއަށް ކޮމާންޑުކުރަން ހުއްޓައި ފެނުނު ވާހަކަ ނަބީޙު ގާތުގައި ރިޒުވީން ބުންޏެވެ. އަދި ގަޑިއާ ބެހޭ ހުރިހާ ކަމަކާއި މި ކޮޅަށް އައިސް އުޅެނީ ޢާދިލް ސަރ ނޫން ކަމާއި ޢާދިލް ސަރ ހައްޔަރުކޮށްފައި ހުރި ވާހަކަ ޝަޙާއަށް ކިޔައިދިނެވެ. “އެހެންވީމާ.. ދެން މިރޭ ބާރަ ޖަހަންދެން ތިބެންވީ ދޯ.. އައި ޖަސްޓް ކާންޓް ވެއިޓް.. ރިޒުވީގެ ބައްޕަގެ އިންވެންޝަން ވަރަށް ކޫލް އިނގޭ..” ޝަޙާ އިނީ އެ ކަންކަން ހޯދުމަށް ކެތް މަދުވެފައެވެ.

އެ ރޭ ގަޑިން ބާރަ ޖަހާންދެން ތިން ކުދިން ތިބީ ވާހަކަދައްކާށެވެ. “ޢާދިލް ސަރ ހުރި ތަނެއް ދައްކަބަލަ..” ގަޑިން ބާރަ ޖެހުމާއެކު ރިޒުވީން ބުންޏެވެ. ދެން ގަޑިން އައްޔެއް އެޅުމަށް ފަހު އެއްކަލަ ބޮޑު ސުކްރީން ހުޅުވުނެވެ. މި ފަހަރު ސުކްރީނުން ދައްކައިލީ ޢާދިލް ސަރ ގޮވައިގެން ތިން މީހަކު ޖަންގައްޔެއްގައި އުޅޭ މަންޒަރެވެ. އެ މީހުން ތިބި ‘ލޮކޭޝަން’ގެ ގޮތުގައި ސުކުރީނުން ދައްކަނީ ދެކުނު އެފުރިކާގެ ޖަންގަލި ކަމުގައެވެ. އެ ޖަންގަލީގައި ފަނުން ހަދައިފައި ހުރި ގެއެއްގެ ތެރެއަށް އެ މީހުން ވަނެވެ. ގޭ ތެރޭގައި ކުށްވެރިން ބާތިއްބާ ގޮތަށް ޖަލުގެ ތިން ގޮޅިއެއް ހަދައިފައި ހުއްޓެވެ. އެ ގޮޅިތަކުގެ ތެރޭގައި މީހުން ތިއްބެވެ. އެ މީހުން ގޮސް އެއިން ގޮޅިއަކަށް ޢާދިލް ސަރ ލިއެވެ. “ޝިޓް.. އެ މީހުން މިހާރު ޢާދިލް ސަރ އެފުރިކާއަށް ގެންދިޔައީ..” ނަބީޙު ބުންޏެވެ. “އެ މީހުން ކީއްވެގެންބާ ޢާދިލް ސަރ ވަގަށް ނަގައިގެން އެ އުޅެނީ.؟” ޝަޙާ އަހާލިއެވެ. “ތި ހުރިހާ ކަމެއް ހޯދާނަން.. ޑރ.ހެންރީ ހުރި ތަނެއް ދައްކަބަލަ..” ރިޒުވީން މިހެން އެދުމުން ސުކްރީނުން ޑރ.ހެންރީ ހުރި ތަނެއް ދައްކާލިއެވެ. އޭނާ ހުރީ ފޯނުން މީހަކާ ގުޅައިގެންނެވެ. އޭނާ ދައްކަމުންދާ ވާހަކަ ރިޒުވީންމެންނަށް އިވެއެވެ.

“އާނ.. އޭނާއަށް ކުދިކުދި އަނިޔާ ދީގެން ވެސް އެ ކުޑަ ސޮރު ވީ ތަނެއް އޮޅުންފިލުވާތި.. އިހަށް ދެން މަ ބޭއްވީއޭ..” މިހެން ބުނެފައި ޑރ.ހެންރީ ފޯނު ބޭއްވިއެވެ. އެއަށް ފަހު އެ ތަނުގައި ހުރި އަލަމާރިއެއްގެ ދޮރު ހުޅުވިއެވެ. އަލަމާރިން މާސްކެއް ނެގުމަށް ފަހު އެ މާސްކް އޭނާގެ މޫނުގައި އެޅިއެވެ. އެއަށް ފަހު އަލާމާރީގެ ދޮރު ލައްޕާލިއެވެ. ދެން އަލަމާރީގައި ހަރުކޮށްފައި ހުރި ލޯގަނޑުން މޫނު ބަލައިލިއެވެ. ޑރ.ހެންރީ ހުރީ ޢާދިލް ސަރގެ ސިފައިގައެވެ. “މަށަކީ ކަލޭކަމަށް ހީކޮށް ޚަބަރުދޭނެ މީހަކު ވާނެ.. މަށަށް ޔަޤީން ކަލޭ އެ ސޮރު މީހަކަށް ދީގެން ތި އުޅެނީ.. އެ މީހަކު ކަލޭކަމަށް ހިތައި މަގޭ ގާތަށް އަންނާނެ.. ޢާދިލް ކަލޭ ބުންޏަސް އަދި ނުބުންޏަސް މަ އެ ސޮރު ހޯދާނަން..” ލޯގަނޑާ ދިމާއަށް ބަލަހައްޓައިގެން ހުރެ ޑރ.ހެންރީ ވާހަކަދައްކަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޢާދިލް ސަރގެ އަންހެނުން ސަމީރާ އެ ކޮޓަރިއަށް ވަނެވެ. “މަގޭ ދޫނިގަނޑާ ހިނގާބަލަ ލޯބިކޮށްލަން ދާން..” ސަމީރާ ފެނުމުން ޢާދިލް ސަރއަށް ވެގެން ހުރި ޑރ.ހެންރީ ސަމީރާ ގައިގައި އޮޅުލައިގަތެވެ. ޑރ.ހެންރީއަކީ ޝަހުވާނީ އެދުން ގަދަ މީހެއްހެން ހީވެއެވެ. ހީވަނީ ޢާދިލް ސަރއަށް ވެވުނީމާ އޭގެ ފައިދާ ނަގައި ސަމީރާގެ ގާތުން އެ ކަންކަން ފުއްދަނީ ހެނެވެ. “ފަހަކަށް އައިސް ޢާދިލް ހާދަ ވަރަކަށް ބަދަލުވެފައޭ ތި ހުރީ..” ޢާދިލް ސަރގެ ފަރާތުން ކުރިން ނުފެންނަ ތަފާތު މިޒާޖުތަކާއި ކަންކަން ސަމީރާއަށް ފާހަގަކުރެވުނެވެ. އެހެން ނުވެ ހުންނާނެ ހެއްޔެވެ؟ އެއީ ޢާދިލް ސަރއެއް ނޫން ވިއްޔާއެވެ. “ކީއްވެ އެހެން ތިޔަ ބުނީ.. މިއީ ސަމީގެ ޢާދިލްއޭ..” ސަމީރާގެ ކޮލަށް ދޮނެއް ދެމުން ޢާދިލް ސަރއަށް ވެގެން ހުރި ޑރ.ހެންރީ ބުންޏެވެ. “ޢާދިލް އެހެންޏާ ކުރާ ކަމެއް ނޫން ވިއްޔާ އެއްވެސް ކަމެއް ނުވެ ލީވް ނަގައިގެން މަސައްކަތަށް ނުގޮސް ހުރުމަކީ..” ސަމީރާ ބުންޏެވެ. “އާނ.. އަހަރެން ހިތަށް އެރީ ކުޑަ ރެސްޓެއް ނަގައިފަ ސަމީއަށް ވަގުތުކޮޅެއް ދޭންވީއޭ..” ފެންނަ ފެނުމުން ޑރ.ހެންރީ އެކްޓްކުރަން މޮޅުހެން ވެސް ހީވެއެވެ. އެހެރަ ހުރެގެން ސަމީރާ ހައްދާލީ ވިއްޔާއެވެ. “އައި ލަވް ޔޫ ސަމީ..” ޢާދިލް ސަރގެ ސިފައިގައި ހުރި ޑރ.ހެންރީ ބުންޏެވެ. “އައި ލަވް ޔޫ ޓޫ ޢާދިލް..” ކޮޓަރީގެ ދޮރު ސަމީރާ ލައްޕާލިއެވެ.

“ކޮން ކުޑަ ސޮރެއްގެ ވާހަކައެއް ތަ އެ ދެއްކީ.؟” ޝަޙާ އެހިއެވެ. “ޑރ.ހެންރީ އެ ދެއްކީ ކޮން ކުޑަ ސޮރެއްގެ ވާހަކައެއް.؟” ރިޒުވީން މިހެން އެހުމާއެކު ސުކްރީނުން ހަ ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ފޮޓޮއެއް ދެއްކިއެވެ. ނަމަވެސް އެ ކުއްޖާގެ މައުލޫމާތެއް ސުކްރީނަކުން ނުދައްކައެވެ. “ހާދަ ލޯބި ކުއްޖެކޭ.. އެ ކުއްޖާގަނޑު ކީއް ކޮށްގެން ބާ އެ ކުއްޖާ އެ ހޯދަނީ..” އެ ފިރިހެން ކުއްޖާގެ މައުސޫމުކަމާއި ރީތިކަން ފެނުމުން ޝަޙާ ބުންޏެވެ. “އެ ކުއްޖާ ހުރި ތަނެއް ބަލަންވީނު.. އެ ކުއްޖާގެ މައުލޫމާތެއް ވެސް ސުކްރީނަކުން ނުދައްކައޭނު..” ނަބީޙު ބުންޏެވެ. “ނޫން.. މިރޭ ތިން ފަހަރު ކޮމާންޑް ކުރެވިއްޖެ.. މާދަމާ މެޗަށް އަދި އެމަޖެންސީއެއް އައިސްދާނެކަމަށް ކޮމާންޑް ރައްކާކުރަންޖެހޭ.. ދެން މާދަމާ ރެއިން.. ޢާދިލް ސަރއާއި ޑރ.ހެންރީއާއި ތި ކުއްޖަކާ ހުރި ގުޅުމެއް ވެސް އެނގިދާނެ..” ރިޒުވީން ވަރަށް ވިސްނުންތެރިކާމާއެކު އެ ކުއްޖާގެ މޫނަށް ބަލައިލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

ޔާރާއޭ

Next

ދެގަޑި ތިރީސް 4

Next
August 10, 2017

ދެގަޑި ތިރީސް 4

Previews
August 9, 2017

ޔާރާއޭ

13 Comments!

  1. click a shot ? says:
    August 9, 2017 at 7:56 pm

    I’m first..mi part ves varah reethi…waiting for next part☺️?

    1. Ushe says:
      August 10, 2017 at 1:11 pm

      Hmm. Thanks ?

  2. Kamana says:
    August 9, 2017 at 8:23 pm

    Yeahhhh. Me first

  3. Kamana says:
    August 9, 2017 at 8:24 pm

    V reethi mi part. Mihaaru hama obiness to the max mi vaahaka.

    1. Ushe says:
      August 10, 2017 at 1:11 pm

      Thanks ?

  4. Saa says:
    August 9, 2017 at 10:07 pm

    Salhi..
    Avahah up kurahchey..
    Ekam thankolheh dhigukoh plx plx plx?

    1. Ushe says:
      August 10, 2017 at 1:10 pm

      I will try my best to keep the parts as you want. Labba konme dhuvahaku kureveythoa mi masakkai kurany. Thanks ?

  5. Aegi gom ? says:
    August 10, 2017 at 12:30 am

    Varaaaah reethi mi part ves❤️
    Rizveen kanneynge dhw e kuda soraky ?
    Waiting for next part

    1. Ushe says:
      August 10, 2017 at 1:08 pm

      Thanks ?❤
      Kuriah huri bai thah kiyaalumun e kuda soru ves engigendhaane ??

  6. Aya says:
    August 10, 2017 at 7:50 am

    Miee ben10 vaahaka tha :O

    1. Ushe says:
      August 10, 2017 at 1:05 pm

      Ahah.. Maldivian version of Ben10. ?
      Jaadhooge gadieh gengulhey konme vaahaka akee Ben10 vaahaka ah hama nuvedhaane dhow. Keep reading friend ?

  7. Lucifer says:
    August 10, 2017 at 12:30 pm

    unique story. nice

    1. Ushe says:
      August 10, 2017 at 1:12 pm

      Thanks ?

Comments are closed.


All Right Reserved!