Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (7)

Crystal Level 210 Stories100 Comments
August 8, 2017 5 Mins Read
6 Comments

ކުރީގެ އަދަދާއި ގުޅޭ: “ދަރިފުޅާ ރޮނީތަ؟” ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމަތީގައި ޔަޒްދާން ރޯންއިން މަންޒަރު ފެނުމުން ވަފިއްޔާވެސް އަޖައިބުވިއެވެ. ވަފިއްޔާ ފުރަތަމަ ހީކުރީ އެއީ ޝައިހާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ވަފިއްޔާގެ ފިރިމީހާ އާދަމް ނިޔާވިދުވަހު ފިޔަވައި، އެހެންޏާ އެގޮތަށް ޔަޒްދާން ރޯންއިންދައެއް ވަފިއްޔާ ނުދެކެއެވެ.

“ޕިސް.. ޕިސް.. ޕިސް.. ބޮޑު ދޮންބެއެއް ހަމަ ރޮނީ..” ވަފިއްޔާގެ ފަހަތުން އައި ޝައިހާއަށް އަނެއްކާވެސް ޔަޒްދާން ރޯންއިންތަން ފެނުމުން، ޕިސްޕިސް ލައްވަމުން ލައްވަމުން، ޝައިހާ ނުކުތީ އެކޮޓަރިން ބޭރަށެވެ.

******************************

” މަންމާ.. އެހެންވިއަސް، އަހަރެން ޒާރާދެކެ ލޯބިވޭ. އެއީ އަހަރެން ބުނި ކުއްޖަކީވެސް.. ” ޑައިރީގައިވާ ހުރިހާ ވާހަކައެއް ނުކިޔާދިންނަމަވެސް، ކޮންމެވެސް ވަރަކަށް އޭގައި ހުރި ބައެއް ވާހަކަތައް، ޔަޒްދާން މަންމައަށް ކިޔާލަދީފައި ބުނެލިއެވެ.

“ހަމަތެދެއްތަ ދަރިފުޅާ؟ އެއީ ދޯ ދަރިފުޅު ލޯބިވާ ކުއްޖާއަކީވެސް؟ މަންމައަށް ބުނެވޭނީ ދިމާވި ކަންތަކުގައި އެކުއްޖާގެ އެއްވެސް ކުށެއް ނެތޭ..” އެވާހަކަތައްް އަޑުއިވުމުން ވަފިއްޔާވެސް އިނީ ދެރަވެފައެވެ.
“އާނ.. މަންމާ.. އަހަރެން އޭނަ ދެކެ ވަރަށް ބޮޑަށް ލޯބިވޭ.. މިކަމުން، އަހަރެން އޭނަ ދެކެވާ ލޯތްބަކަށް ބަދަލެއް ނާދޭ.. ނުވެސް އަންނާނެ..” ކޮންމެގޮތަކަށް ކަންދިމާވި ނަމަވެސް، ޒާރާގެ ސޫރަ ޔަޒްދާންގެ ހިތުތެރޭ ކުރެހިފައި ހުރީ ފޮހެވޭފަދަ ގޮތަކަށް ނޫނެވެ.

“މަންމަ އެހެން އެހިއަސް ދަރިފުޅު ތި ރޯރުއިމުންވެސް މަންމައަށް އެނގޭ.. އޭނަދެކެ ދަރިފުޅު ވަރަށް ލޯބިވާކަންވެސް..” ވަފިއްޔާއަށް އޭނާގެ ދަރިފުޅުގެ ހިތުގެ ހާލު ހަމަ ރަގަޅަށް އެނގެއެވެ.
“މަންމާ.. އަހަރެން ޒާރާ ބޭނުން.. އެކަމަކު އެއީ މަންމަގެވެސް ރުހުމާއެކު..” ޔަޒްދާން ތެދުވެރިކަމާއެކީގައި ބުނެލިއެވެ. “މަންމަގެ އެއްވެސް މައްސަލައެއް ނެތޭ ދަރިފުޅާ..” ދަރިފުޅަށް ލިބޭ ކޮންމެ އުފަލަކީ ވަފިއްޔާގެވެސް އުފަލެވެ. “ހަމަ އަސްލުވެސްތަ؟ އަނެއްކާ މަންމަ ހިތްހަމަ ނުޖެހެންޏާވެސް ބުނައްޗޭ.. ޒާރާދެކެ އަހަރެން ލޯބިވިއަސް މަންމަގެ ނުރުހުމާއެކު އަހަރެން އެއްކަމެއްވެސްނުކުރާނަން..” މަންމަގެ ރުހުން ޔަޒްދާންއަށް މުހިންމެވެެ.
“ހަމަ އަސްލުވެސް މަންމަގެ މައްސަލައެއްނެތޭ.. ދިރިއުޅުމަކީ ބޮޑު ހަނގުރާމައެއް.. ދިރިއުޅުމުގައި، އެކި މީހުންނާ ކުރިމަތިވާނީ އެކި ކަންކަމާ.. އެއްވެސް ކަމެއް ކުރިމަތިނުވެ ހުންނަމީހެއް ނުވެސް ހުންނާނެ.. އެހެންވެ، ކޮންމެ މީހަކީ އެންމެ ފުރިހަމަ މީހަކަށް ނުވެ ހުރެދާނެ.. އެހެންމީހުންވެސް ޖެހޭނެ އެކަން ގަބޫލްކުރަން.. މަންމަވެސް އެކަން ގަބޫލްކުރާތީ އެހެން މިބުނީ.. ޒާރާއާ މެދު މަންމަގެ ހިތުގައި އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނޫނީ ނުރުހުންތެރިކަމެއް ނެތް.. މަންމަގެ ހިތް ހަމަ ސާފު..” ހަގީގަތުގައިވެސް އެއީ ވަފިއްޔާގެ ހިތުގައި އޮތް ގޮތެވެ.

“މަންމަ ތީ ވޯލްޑްސް ބެސްޓް މޯމް.. ކޮންމެ ކުއްޖަކަށްވެސް ތިކަހަލަ ރަނގަޅު މަންމައެއް ލިބޭނެނަމަ..” އުފަލުން ގޮސް ޔަޒްދާންއަށް ބުނެވުނެވެ. “ދަރިފުޅުވެސް ތީ މިދުނިޔޭން މަންމައަކަށް ލިބޭނެ އެންމެ ރަގަޅު ފިރިހެން ދަރިފުޅު.. އެކަމަކު ދަރިފުޅާ.. މިހާރު ޒާރާ ކޮބާ؟ ދަރިފުޅަށް އެނގޭތަ ޒާރާ ވީތަނެއް؟” ވަފިއްޔާ ސުވާލުކޮށްލިއެވެ. “ނޭނގެ.. އެކަމަކު އަހަރެން ޒާރާ ހޯދާނަން..” އަތުގައި އޮތް ޑައިރީއަށް ބަލައިލަމުން ޔަގީން ކަމާއެކު ޔަޒްދާން ބުނެލިއެވެ.

ޔަޒްދާން ބޭނުންނަމަ ޒާރާ ހޯދިދާނެއެވެ. އެވަރުގެ ބާރެއްވެސް ޔަޒްދާންއަށް ލިބިފައިވެއެވެ. އެކަމަކު އޭރަށް ވާނެގޮތަކާއި ޒާރާއަށް ކުރާނެ އަސަރެއް ނޭނގޭތީ ޔަޒްދާން ކެތްތެރިވިއެވެ. އެހެންވެ، އެހެން ގޮތަކަށް ޒާރާ ހޯދޭތޯ ޔަޒްދާން ވިސްނަން ފެއްޓިއެވެ.

****************************

” މަންމަގެ ލޯބި ޝައިހާ.. އާދެބަލަ މަންމަ ވާހަކައެއް ބުނާނަން..” ޔަޒްދާންގެ ކޮޓަރިން ނުކުމެގެންގޮސް ޝައިހާގެ ކޮޓަރިއަށް ވަދެފައި ވަފިއްޔާ، އޭނާގެ އަންހެން ދަރިފުޅަށް ގޮވާލިއެވެ. “ކީކޭ.. މަންމާ؟” ވަރަށް މައުސޫމުގޮތަކަށް އެހެން ބުނެލާފައި ޝައިހާ އޭނާގެ މަންމަ ކައިރިއަށް އައިސް ހުއްޓުނެވެ.

“ދަރިފުޅާ.. ދަރިފުޅު ދޮންބެއާ ދިމާއަށް އެއްޗިހި ނުކިޔައްޗޭ އިނގޭ.. ދަރިފުޅަށް ފެނެއެއްނު މިއަދު ދޮންބެ ދެރަވެފަ އިން ގޮތް ދޯ.. އެއްޗިހިކީމާ އަނެއްކާވެސް ދޮންބެ މާބޮޑަށް ދެރަވެދާނެ.. އޭރަށް މަންމަވެސް ދެރަވާނެ.. ދޮންބެވެސް އެއީ މަންމަ ކުއްޖެއްނު.. މަންމަގެ ކޮންމެ ކުއްޖަކު ދެރަވިއަސް މަންމަ ދެރަވާނެ..” ޔަޒްދާން ހިތާމަކުރާ ހާލުގައި އިންދާ ޝައިހާއަށް ބުނެވޭ އެއްޗަކުން ހާލަތު އިތުރަށް ގޯސްވެދާނެކަން ވަފިއްޔާ ދެނެގަތެވެ. އެހެންވެ ވަފިއްޔާ މަސައްކަތް ކުރީ ޝައިހާގެ ޅަސިކުނޑިއަށް އެކަން ވިސްނައިދެވޭތޯއެވެ.

“އޯކޭ.. މަންމާ.. ދެން ޝައިކޮ ދޮންބެއާ ދިމާއަށް އެއްޗިއްސެއް ނުކިޔާނަން.. މިއަދު ދޮންބެ މާގިނައިން އެ ރޮނީ.. ދޮންބެ މާގިނައިން ރޯތީ ޝައިކޮވެސް ދެރަވެއްޖެ.. އަންނާނަން އަދިވެސް ދޮންބެ ރޮނީތޯ ބަލާލާފަ..” އެހެންކިޔާފައި ޝައިހާ އަނެއްކާވެސް ޔަޒްދާންގެ ކޮޓަރިއަށް ދިޔައެވެ.

“އޯ.. ވާއު.. ޒާރާ ދައްތަ..” ވިސްނުމެއްގެ ތެރެއަށް ގެނބިފައި އިން ޔަޒްދާން ސިހުނީ ޒާރާގެ ނަން އޭނާގެ ކަންފަތަށް އަޑުއިވުމުންނެވެ. ޔަޒްދާންއަށް ބަލާލެވުނުއިރު އޭނާގެ އަތުގައި އޮތް ޒާރާގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ޝައިހާ ހުއްޓެވެ.

“އޭނ؟ ކީކޭ؟ ޒާރާ ދައްތައޭ؟ ކޮބާ ޒާރާ ދައްތަ؟” ޝައިހާ ބުނި ބަސްތައް އަނެއްކާވެސް ޔަޒްދާން އަޑުއަހަން ބޭނުންވާކަހަލައެވެ. އެހެންނަމަވެސް ޝައިހާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ފެނުނީ ޔަޒްދާންގެ ރަތްވެފައިވާ ބޮޑުދެލޮލެވެ.

“މަންމާ.. މަންމާ.. އެއްކަލަ ދޮންބެ ޝައިކޮ ބިރުގަންނަވަނީ.. ޝައިކޮއާ ދިމާއަށް ދެލޯ ބޮޑުކުރަނީ..” އެހެންކިޔަމުން ޝައިހާ ވަރަށް ބާރަށް ރޯންފެއްޓިއެވެ. ޝައިހާ ރޯއަޑުއިވުމުން ވަފިއްޔާ އައިސް ޝައިހާ އުރާލައިގެން ގެންދިޔައެވެ.

ކުރަން އުޅުންކަންތައް ފެއިލްވުމުން، ލޯގަނޑުކުރިމައްޗަށް ގޮސް ޔަޒްދާން ހުއްޓުނެވެ. އެއަށްފަހު ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލައިލިއެވެ. ޝައިހާ ބުނީ ތެދެކެވެ. މާގިނައިރު ރުއިމުގެ ސަބަބުން ޔަޒްދާންގެ ދެލޯ ހުރީ ރަތްވެފައެވެ. އަދި ދުޅަވެގެން އަރާފައި ހުރުމުން ލޯ މާބޮޑުކަމަށްވެސް ދައްކައެވެ.

************************

“މަންމާ.. ޝައިހާއަށް ޒާރާއަކީ ކާކުކަން އެނގޭހެން ހީވަނީ.. ޑައިރީއިން އަހަރެން ނެގި ޒާރާގެ ފޮޓޯގަނޑު ޝައިހާއަށް ފެނުނީ.. ފެނުނީމަ ބުނީ ޒާރާ ދައްތައޯ.. މަންމަ އަޅެ މަސައްކަތް ކޮށްލަބަލަ ޝައިހާ ގާތުން ޒާރާއާ ބެހޭ މައުލޫމާތު އޮޅުންފިލުވޭތޯ..” ޔަޒްދާން ވާހަކަދެއްކީ އޭނާގެ މަންމައާއެވެ. “އާނ.. މަންމަ ބަލާނަން އިނގޭ..” ވަފިއްޔާވެސް އެއްބަސްވިއެވެ.

” ދަރިފުޅާ ޝައިހާ.. ދަރިފުޅު ޒާރާ ދައްތަ ދަންނަން ދޯ؟.. ކޮބާތަ މިހާރު ޒާރާ ދައްތަ؟..” ވަފިއްޔާ މަސައްކަތްކުރީ ޝައިހާއާ ސުވާލުކޮށްގެން މައުލޫމާތެއް ހޯދޭތޯއެވެ. “ނޫން.. ނުބުނާނަން.. މަންމަ ތިއައީ ދޮންބެ ބުނެގެން.. ދޮންބެ ބުނެގެން އައީމަ މަންމަކައިރިއަކުވެސް ނުބުނާނަން..” މަންމަ އެތަނަށް އައި މަގްސަދު ޝައިހާއަށް ވިސްނުނެވެ.

ދެންވެސް، ވަފިއްޔާ އެތަށް ގޮތަކުންވެސް އޮޅުންފިލުވަން އުޅުނެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

************************

އޭގެ އަނެއްދުވަހުގެ ހެނދުނު ޝައިހާ ނިދާ ހޭލިއިރު، ކޮޓަރިތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން ޔަޒްދާން، ޝައިހާއަށް ފެނުނެވެ. “ޝައިކޯ.. ދޮންބެ މިއައީ ޝައިކޮއާ އެކީ ކުޅެލަން..” ޝައިހާ ބަލައިލުމާއެކީގައި ޔަޒްދާން ބުނެލިއެވެ. “ދޮންބެ އެހެންޏާ ކުޅެން ނުވެސް އަންނާނެ.. މިހާރު ނާންނަތާވެސް އެތަށް ދުވަހެއްވެއްޖެ.. މިއަދު ކުއްލިއަކަށް އައިސް މިއިނީ ކީއްވެބާ؟”
އެވަގުތު ޝައިހާގެ ހިތަށް އެރިއެވެ. “ޝައިކޮ މިހާރު އެގޭމްއެއް ނުކުޅެމޭ.. ދޮންބެ ފަހުން ޝައިކޮއާ އެކީ ކުޅެން ނުވެސް އަންނަމެއްނު.. ޝައިކޮ މިހާރު އެހެން ގޭމްއެއް ކުޅެނީ..” ޝައިހާ ބޭނުންވީ އެގޮތް ބަލާށެވެ.

“ޝައިކޮ ކޮންމެ ގޭމްއެއް ކުޅުނަސް ދޮންބެއަށް އޯކޭ.. އެކަމަކު ޝައިކޮ ބުނާ ގޭމްއެއް ކުޅެފިއްޔާ ދޮންބެއަށް ޒާރާދައްތަ ވާހަކަ ކިޔައިދޭނަންތަ؟” ޔަޒްދާން ސުވާލުކޮށްލިއެވެ. ޝައިހާ ބުނާކަމެއްކޮށްގެންވިއަސް ޒާރާއާ ބެހޭ މައުލޫމާތު ހޯދަން ޔަޒްދާން ބޭނުންވިއެވެ. “އާނ.. އޭރަށް ޝައިކޮ ކިޔާދޭނަން..” ޔަޒްދާންގެ މަގްސަދު އެނގުމުން ހިތުތެރޭ މޮޅުޕްލޭނެއް ރާވާލަމުން ޝައިހާ ބުނެލިއެވެ. ޔަޒްދާން ކައިރީ އެބައަންނަމޭ ބުނެފައި ޝައިިހާ ދިޔައީ ބަދިގެ ފަރާތަށެވެ.

“މަންމާ.. މަންމައަށް އެނގޭތަ؟ ދޮންބެ ޝައިކޮއާ ދިމާއަށް ލޯބޮޑު ކުރީމަ ޝައިކޮ މިދަނީ ދޮންބެއަށް ވަރަށް މަޖާކަމެއް ކޮށްލަން.. މަންމަ އަންނައްޗޭ ބަލަން އިނގޭ..” ކަމެއްކުރަން އުޅޭކަން ޝައިހާ އޭނާގެ މަންމައަށް އަންގާލިއެވެ. އެހެންބުނެފައި ޝައިހާ އަނެއްކާވެސް ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. ޝައިހާ އުޅޭލެއް ހަލަނިކަމުން، އަނެއްކާ ޝައިހާ އެއުޅެނީ ކީއްކުރަން ބާއޭ ހިތާ ވަފިއްޔާވެސް ފަހަތުން ދިޔައެވެ.

“އޯ ނޯ..” ޔަޒްދާން ކައިރިއަށް އައިސް ހުއްޓުން ޝައިހާގެ އަތުގައި އޮތް ލިޕްސްޓިކްއާއި މޭކަޕްސެޓް ފެނިފައި ޝައިހާ ކުރަން އުޅޭކަންތައް ޔަޒްދާންއަށް ވިސްނުނެވެ. ދުރުގައި މިމަންޒަރު ބަލަންހުރި ވަފިއްޔާއަށް ހެވޭގޮތްވިއެވެ. އިތުރަށް ހެވިދާނެތީ ވަފިއްޔާ އަނެއްކާވެސް ހިނގައިގަތީ ބަދިގެ ފަރާތަށެވެ.

“ދޮންބެ ވާންވީ ޝައިކޮގެ ޑޯލްއަށް.. ޝައިކޮ މިހާރު ކުޅެނީ ޑޯލް މޭކަޕް ގޭމްއޭ.. ޝައިކޮ ގެންގުޅުން ޑޯލް ހަލާކުވެއްޖެ..” ދޮންބެއަށް ލަނޑެއް ދިނުމަށްޓަކައި ޝައިހާ ދޮގެއް ހަދާލިއެވެ.

“އޯކޭ..” ކިތަންމެ ބޭނުންނުވި ނަމަވެސް ޔަޒްދާން އެއްބަސްވިއެވެ. ކޮއްކޮގެ ގޮތް އޭނާއަށް ރަގަޅަށް އެނގެއެވެ. ޝައިހާ ބުނާކަމެއް ނުކުރަނީސް ޔަޒްދާން ބޭނުންވާކަމެއް ޝައިހާ ނުވެސް ކޮށްދޭނެއެވެ.

************************

“ކޮބާ.. ޝައިކޮ ބުނި ކަންތައްވެސް ކުރެވެއްޖެއެއްނު.. ދެން ފޮހެލަނީ އިނގޭ” ޔަޒްދާންއަށް މިހާރު އޭނާ ހުރި ސިފަވެސް އިހްސާސްކުރެވޭ ކަހަލައެވެ. “ނޯ.. އަދި ވެއިޓް..” އެހެންބުނެފައި ޝައިހާ އައީ ކެމެރާއެއްވެސް ހިފައިގެންނެވެ. އެންމެފަހުން ޝައިހާގެ ޕްލޭނަށް އާބޮޅެއްވެސް އިތުރުވީއެވެ.
“ދޮންބެ.. ނޯ.. ސޮރީ.. މައި ޑޯލް.. ސްމައިލް..” ޔަޒްދާން ހީލުމުން، ޝައިހާ، ޔަޒްދާންގެ ފޮޓޯއެއްވެސް ނަގާފައި އަވަހަށް ކެމެރާވެސް ފޮރުވިއެވެ.

މަންމައަށް ފެނިދާނެތީ، ޔަޒްދާން ޝައިހާގެ ކޮޓަރި ފާހާނާއަށްވަދެ މޫނުމަތީ ހުރި މޭކަޕްތައް ފެންއަޅައިގެން ރީތިކޮށް ފިލުވިއެވެ. ޔަޒްދާން އެ ކޮޓަރިން ނުކުތީ ދެން މޫނުމަތީ އެއްވެސް މޭކަޕެއް ނެތްކަން ޔަގީންކުރުމަށް ފަހުގައެވެ.

***************************

“މިގަޑީގައި ޒާރާ ދައްތަ އަންނާނެ މިތަނަށް..” ޔަޒްދާންގެ އަތުގައި ހިފައިގެން ހިނގަމުން އައި ޝައިހާ ބުނެލިއެވެ. ޝައިހާ އެހެންބުނިނަމަވެސް ޔަޒްދާންއަކަށް އެއްވެސް ޔަގީންކަމެއް ނެތެވެ. ކުޑަކުއްޖެއްގެ ބަސް ގަބޫލުކޮށްގެން ހުކުރުދުވަހު ހަވީރުގެ އެންމެ އަވިގަދަ ގަޑީގައި، ދުރުން ހިނގާފައި އައިސް ޖުމްހޫރީ މައިދާނަށް އައުން ޔަޒްދާންއަށް ސިފަކުރެވެނީ ވަރަށް މޮޔަކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް ޝައިހާ ބުނި އެއްޗެއްގެ އަޖުމަ ބެލުމަށްޓަކައި ޝައިހާ ބުނާ ތަނަކަށް އައުމަށް ޔަޒްދާން ނިންމީއެވެ.

ޖުމްހޫރީ މައިދާނާ ހިސާބަށް ޔަޒްދާންމެންނަށް އާދެވުނުއިރު އެތަނުގައި ފުދޭވަރަކަށް ގިނަ މީހުން ތިއްބެވެ. އިރުކޮޅެއްނުވަނީސް، އެތާާ މާދުރުގައި ހުރި ޒާރާ، ޝައިހާގެ ލޮލުގައި އަޅައިގަތެވެ.

ޔަޒްދާން ނުވެސް ވިސްނާ ހުއްޓާ ކުއްލިއަކަށް ޔަޒްދާންގެ އަތުން ދޫކޮށްލާފައި ޝައިހާ ދުއްވައިގަތެވެ. “ޝައިހާ.. މަޑުކުރޭ..” މީހުން ގިނަކަމުން ޝައިހާ ގެއްލިދާނެތީ ޔަޒްދާން ހުރީ ކަންބޮޑުވެފައެވެ. އެހެންވެ ޝައިހާ ދުއްވައިގަތް ދިމާއަށް ޔަޒްދާން ހިނގައިގަތެވެ.

***********************

“ޒާރާ ދައްތާ..” ޒާރާާ ކައިރިއަށް އައިސް ހުއްޓިފައި ޝައިހާާ ޒާރާއަށް ގޮވައިލިއެވެ. އެއަޑަށް ޒާރާއަށްވެސް ބަލައިލެވުނެވެ. “ޝައިކޯ.. އެކަނިތަ އައިސް ތިއުޅެނީ؟” ކައިރީގައި ހުރި ޝައިހާއަށް ހިނިތުންވަމުން ޒާރާ އަހައިލިއެވެ. “ނޫން.. މަންމައާއެކީ.. މަންމަ އެބައިން އެތާ ތަންކޮޅެއް ދުރުގަ..” ޝައިހާ ހުރީ އަނެއްކާވެސް ދޮންބެއަށް ލަނޑެއް ދޭން ރާވައިގެން ކަމުން ޒާރާ ކައިރީ ޝައިހާ އެހެންބުނެލިއެވެ.
ޒާރާާާއާ ވާހަކަދައްކަން ހުރެފައި އެއްލުނު ކަޅިއަކުން ޝައިހާއަށް ޔަޒްދާން އަންނަތަން ފެނުނެވެ. “އެއޮއް އަންނަނީ ވަރަށް ބޭޑް މީހެއް.. ޝައިކޮ ފަހަތުން އެއަންނަނީވެސް..” އެހެންބުނެފައި ޝައިހާގެ އަތުގެ އިޝާރާތުގެ ހުރިިހާ އިނގިލިތަކެއް ދިއްކޮށްފައި ހުރީ ޔަޒްދާންއާ ދިމާއަށެވެ. ޝައިހާއަށް އެހެންބުނެވުނު ވަގުތުވީ ޔަޒްދާންއަށްވެސް އެމީހުން ކައިރިއަށް އައިސް ހުއްޓެވުން ވަގުތަށެވެ. ޝައިހާ ބުނި އެއްޗެއްވެސް ޔަޒްދާންއަށް ހަމަ ރީތިކޮށް އަޑުއިވުނެވެ.

ޔަޒްދާން ޒާރާއަށް ބަލައިލެވުނުއިރު ޒާރާވެސް ހުރީ ސުވާލުގެ ނަޒަރަކުން ޔަޒްދާންއަށް ބަލާށެވެ. އެހާ ދުވަސްކޮށްފައި ޒާރާ ފެނުމުން ޔަޒްދާންގެ ހިތަށް ވަރަށް ތަފާތު އަސަރުތަކެއް ކުރުވިއެވެ. ޔަޒްދާން ހުރީ ޒާރާއާ ވާހަކަ ދައްކާހިތްވެފައެވެ.

އެހެންނަމަވެސް، ދެންމެ ކޮއްކޮ ބުނި އެއްޗަކާމެދުގައި ވިސްނާލެވުމާއެކު ޔަޒްދާން ގާތަށް ރުޅިއަންނަގޮތްވިއެެވެ. ޑައިރީގެ އެހީގައި ޒާރާގެ ގޮތް ރަގަޅަށް ދަސްކޮށްފައިވާ ޔަޒްދާންއަށް “ބޭޑް” އެލަފްޒު، ޒާރާ މާނަކުރާނީ ކިހިނެއްކަންވެސް ހަމަ ރަގަޅަށް އެނގެއެވެ.

“ޝައިހާ!” އެވަގުތު، ރުޅިއައިސްފައި ހުރެގެން އަޑަށް ބާރުލާފައި، ޔަޒްދާންއަށް އެހެން ބުނެވުނީ ބުނަންޖެހޭވަރަށް ވުރެ މާބާރަށެވެ. އެހާ ބާރަށް ބުނުމުން ޝައިހާވެސް ބިރުންގޮސް، ޒާރާގެ ފުރަގަހަށް ވަދެ ފިލިއެވެ.

 

 

 

 

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ބީހުން….(9)

Next

ހިތުގެ މިލްކުވެރިޔާ (ސާދަ ވަނަބައި)

Next
August 8, 2017

ހިތުގެ މިލްކުވެރިޔާ (ސާދަ ވަނަބައި)

Previews
August 7, 2017

ބީހުން….(9)

6 Comments!

  1. Saa says:
    August 8, 2017 at 6:21 am

    Wow..
    Nice ingey mi partvx..
    Waiting 4 next part..
    Avahah up kohla dhehchey..
    Mi partvx kiyaahithun indha e nimuny..

  2. khajja says:
    August 8, 2017 at 9:20 am

    Wow wow ?? masha allah v rythi when nxt prt thankolheh avahah up kolladhybala plx stry v awsome ?❤❤❤??????

  3. click a shot ? says:
    August 8, 2017 at 3:19 pm

    Finally…up vehjje i was waitting….love this part too

  4. Ethan says:
    August 8, 2017 at 3:39 pm

    Oh WoW!!! Make-up ge kanthahgandu kiyaalaafa hama hevunee… hahah… waiting for da next part 🙂

  5. V says:
    August 9, 2017 at 1:07 pm

    Kon yazdhaan ehtha kulliakah mi aee

  6. ROMAN REGINS says:
    August 10, 2017 at 9:10 pm

    Wow when nxt part

Comments are closed.


All Right Reserved!