Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދެގަޑި ތިރީސް 3

Ushaali Level 810 Stories100 Comments100 Stories500 Comments
August 9, 2017 9 Mins Read
13 Comments

***ނޯޓް*** މި ވާހަކައިގާ ހިމަނާފައިވާ އިރުވީންގެ ނަމާއި ރަޔާހީންގެ ނަން ބައެއް ކިޔުންތެރިންނަށް އޮޅުން އަރަމުންދާތީވެ އަންހެން ފިރިހެން ވަކިކުރަން ނޭނގޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައިވާތީ މި ޕާރޓުން ފެށިގެން ‘އިރުވީން’ މިނަމުގެ ބަދަލުގައި ބޭނުންކުރާނީ ‘އިރުފާން’ މިނަމެވެ. ވީމާ މިކަން ހުރިހާ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ތަޅުލާފައި ހުރި ދޮރެއް ރަޔާހީން ހުޅުވީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދިވެސް ތަޅުދަނޑި އޮތީ އޭނާގެ އިނގިލީގައި އަޅުވާލާފައެވެ.

ރަޔާހީން މައިތިރިވީ އަމިއްލަ ކޮޓަރި އަށް ވަދެ ދޮރުލައްޕާ ލޮކް ވެސް ކުރި ފަހުންނެވެ. އެނދުގައި ނިދިފައި އޮތް އިރުފާން ފެނުމުން ވެސް ރަޔާހީނަށް ވަކި ބަދަލެއް ނައެވެ. ދެއަތުން ދެލޯ ކައިރި ސާފުކޮށްލުމަށްފަހު މަޑު ހިނގުމެއްގައި ރަޔާހީން ގޮސް އިށީނީ އެނދުގައި އިރުފާން އޮތް ދިމާ ނޫން އަނެއް ދިމާލުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އިރުފާނާއި ކައިވެނިކޮށްގެން އަހަރެންނަށް މިގެއަށް އާދެވުން މީ އަހަރެންނަށް ހެދުނު ގޯހެއް ހެއްޔެވެ؟ މާމަ ބުނި ގޮތަށް އަހަރެންގެ ގޭގައި އުޅެވުނު ނަމައެވެ. ކުރިން ވެސް މާކިލް ގެ އުނދަގު ފޯރާނެ ކަން އަހަރެންނަށް އެނގޭއެވެ. ނަމަވެސް އެންމެ އިންސާނެއްގެ ފަރާތުން ލިބިދާނެ ގޯނާތަކުން ސަލާމާތްވުމަށް އަހަރެން އެހާ ފިނޑި އަންހެނަކަށް ވާން ބޭނުން ނުވީއެވެ. ހިތުގައިވާ އެދުމެއް ޙާޞިލް ކުރުމަށްޓަކައި މާކިލް ކަހަލަ ފިރިހެނެއްގެ ފަރާތުން ލިބިދާނެ ގޯނާ އަކަށް ފަސްޖެހެންވީ ސަބަބެއް ނެތެވެ.

ވިސްނުމެއްގައި އިން ރަޔާހީން ސިހިގެން ދިޔައީ ކައިރީގައި އޮތް އިރުފާންގެ ގުގުރިދަމާ އަޑުންނެވެ. އޭނަ އަށް ކަންފަތުގައި އަތް އަޅާލެވުނެވެ. ކޮންމެރެއަކު ވެސް ދެން މިއަޑުު އަހަން އޭނާ ޖެހޭނެއެވެ. ވީއިރު މިއަޑަށް އޭނާ ހޭނެން ޖެހޭނެނޫން ހެއްޔެވެ؟ އެހެންކަމުން ކަންފަތުން އަތް ނެގުމަށްފަހު ހިނގައިގަތެވެ. އަލަމާރި ކައިރީގައި ހުރި ރަޔާހީންގެ ފޮށި ހުޅުވާލަމުން ނިދަންލާ ޓީޝާޓަކާއި ހަރުވާޅެއް ނެގުމަށްފަހު ކުޑަކޮށް ވިސްނާލިއެވެ. ހިނގާދިޔަ ހާދިސާ އިން ހިތުގައި އުފެދިފައިވި ބިވެރިކަމަކުން ލައިގެން ހުރި ހެދުން ބަދަލުކުރަން ފާޙާނާ އަށް ވަންނާކަށް ނުކެރުނެވެ. އިރުފާން އޮތީ ގަދަ ނިދީގައި ކަން އެނގުމުން ރަޔާހީން ނިދާ ހެދުމަށް ބަދަލުކުރީ އެނދު ކައިރީގައި ކޮޅަށް ހުރެއެވެ.

މޯޅިއަކަށް ދެމިލަމުން ރަޔާހީން ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ. އަވަސް އަވަހަށް ބޯދަށުގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއިރު އިރުއަަރާ ހަގަޑި ބައި ވަނީއެވެ. ހާދަ ދެރައެވެ. ފަތިސްނަމާދު ވެސް ވަގުތުގައި ނުކުރެވުނީއެވެ. ދެން ވެސް ލަސްކުރަން ނަހަދާ އޭނާ އަވަސް އަވަހަށް ފާހާނާ އަށް ވަދެ ފެންވަރާ ވުޟޫ ކޮށްލައިގެން ނިކުމެ ފޮށިން މުސައްލަ ނަގައިގެން މިސްރާބު ޖެހީ އެގޭ ނަމާދުކުރާ ކޮޓަރި އަށެވެ.

ނަމާދުކޮށް ނިމިގެން ރަޔާހީން ބަދިގެ އާއި ދިމާލަށް ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްޓަކައެވެ. އޭރު ގޭގައި ގެންގުޅޭ ދެ ނޯކަރުން ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ރަޔާހީން ފެނުމުން އެދެމީހުން ވެސް ރަޔާހީނަށް ހެނދުނުގެ ސަލާމް ކުރިއެވެ. އަބަދުވެސް އެހެން މީހުންނަށް ހިތްހެޔޮ ރަޔާހީން ދެ ނޯކަރުންނާއި ބައިވެރިވެގެން ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދި ނެތުމުގައި އުޅުނެވެ.

ހެނދުނު ނުވައެއް ޖަހާލީހާއިރު ރަޔާހީން ކޮޓަރިއަށް ވަނީ އިރުފާނަށް ހެނދުނު ސައި ބޯން ގޮވުމަށެވެ. ކަންނޭލުގައި ބައްދައިގެން ނިދާފައި އޮތް އިރުފާނަށް ރަޔާހީން ބަލާލީ ތަފާތު ގޮތަކަށެވެ. ދެފަހަރަކު ގޮވާލުމަށްފަހު ހިލަމެއް ނުވުމުން ރަޔާހީން ގޮސް ހުއްޓުނީ ޑްރެސިންގްޓޭބަލް ކުރިމައްޗަށެވެ. ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އިށީނދެ އަމިއްލަ ސޫރަ ލޯގަނޑުން ބަލާލިއެވެ. ބޮލުގައި ޖަހާފައި އިން ވޫލްގަނޑު ނައްޓާލުމާއެކު ބުޅި ވަރުގަދަ އިސްތަށިގަނޑު ނިއުޅުވިގެން ދިޔައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ދެއަތުން އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް އެއްއަތުން އިސްތަށިތައް ހާވާލީ ޖެހިފައި ހުރި ކުދި ގޮށްތައް ފިލުވާލުމަށެވެ.

އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔަ ރަޔާހީނަށް ހުއްޓުމެއް އައީ އޭނާ އަށް ބަލަހައްޓައިގެން އެނދުގައި ހެވިފައި އޮތް އިރުފާން ފެނިފައެވެ. ރަޔާހީން އެގޮތަށް ހުއްޓާ އިރުފާނަށް މީ ފެންނަ ފުރަތަމަ ފަހަރު ކަމުން ރަޔާހީން ހިސާބަކަށް ލަދުގަތެވެ. ނަމަވެސް އޭނާ އަކީ އިރުފާން ގެ އަނބިމީހާ ކަން ހަނދާންވެ އިސް އުފުލާ ބަލާލިއެވެ.

“ތިގޮތަށް ނުބަލާ އާދެބަލަ މޯނިންގް ހަގެއް ކޮށްލަން” އިރުފާން މަސްތީ ގޮތަކަށް ރަޔާހީނަށް އެއް އަތް ދިއްކޮށްލަމުން ބުންޏެވެ. ޖެހިލުންވެފައި ހުރި ރަޔާހީން މަޑު ފިޔަވަޅު ތަކެއްގައި އެނދު ކައިރިއަށް ހުއްޓި އިރުފާންގެ އަތް ތެރެއަށް އޭނާގެ އަތް ލައްވާލިއެވެ. އެއަތުގައި ހިފާ ލުއްކެއް ޖަހާލުމާއެކު ރަޔާހީން ގޮސް ތަތްވީ އިރުފާންގެ ގައި މައްޗަށެވެ. ރަޔާހީންގެ ހަށިގަނޑުގައި ދެއަތުން ވަށާލި އިރުފާން އޭނާގެ މޫނު ކައިރިކޮށްލާ ރަޔާހީން ގެ ކޯތާފަތުގައި ބޮސްދިނެވެ.

“ސޮރީ ސްވީޓީ…” އިރުފާން ބުންޏެވެ.

“އެއީ…. ކޮންކަމަކަށް…” ރަޔާހީން އިރުފާންގެ ގައި މަތިން ތެދުވާން މަސައްކަތްކުރަމުން ބުންޏެވެ. ނަމަވެސް އިރުފާން އޮތީ ރަޔާހީން ގެ ގައިގާ ބާރަށް ހިފަހައްޓާލައިގެންނެވެ. ހީލަމުން ރަޔާހީން ތެދުވާން މަސައްކަތްކުރަން ފެށުމުން އިރުފާން އޭނާ އަށް ދުލެއް ދިނެވެ. ރަޔާހީން އެނދުގައި އިށީނުމުން އިރުފާން ވެސް ބުރަކަށި ދަށަށް ކުޝަންއެއް ލައްވާލަމުން ހަމަޖެހިލިއެވެ. އިރުފާން ރަޔާހީން ގެ މޫނަށް ބަލަން ފެށުމުން ރަޔާހީނަށް އުނދަގުވަމުން ދިޔައެވެ.

“އަސްލު ރޭގައި ވަރަށް ދެރަވި. ހީން ނޭނގެ މަށާ ދޭތެރެ ވިސްނާނެ ގޮތެއް ވެސް. އެކަމު ދޫނި އުފާކޮށްދޭނަން މިރޭ…. ޕްރޮމިސް….” އިރުފާން އެދައްކަނީ ކޮން ވާހަކައެއްކަން ރަޔާހީނަށް އެނގުމުން ހީލިއެވެ.

“އަސްލަށް ވެސް ހަނދާން ނެތުނީތަ؟ އަހަރެމެން ދެމީހުން ދެމެދުގައި ރޭގައި ހިނގި ކަންތައް އަހަރެން ހީކުރީ އިރޭ ހަނދާން ހުންނާނެ ކަމަށް. ބޮލުގައި ރިއްސާތީ ފަހުން ނިދިފައި އޮތަސް އަހަރެންނަށް އިރޭގެ ފަރާތުން ލިބެންވާ ހުރިހާ ހައްގެއް ރޭގައި ލިބުނު. އިރޭ ހަނދާނެއް ނެތް ދޯ….” އިރުފާންގެ ބޮލުގައި ރަޔާހީންގެ ޝަހާދަތް އިނގިލި ޖައްސާލަމުން ބުންޏެވެ.

“އެހެންތަވަނީ…. އެކަމަކު ހަނދާނެއް ނެތް…. ރޭގައި ވަރަށް ބޮޑަށޭ ބޮލުގައި ރިއްސީ….އެކަމަކު މިހާރު ރިހުން ފިލައިފި. ހަމަ ހޭގައި ހުރެ ތިލޯބި ކުއްޖާ އާއި ގާތްވެލަން ބޭނުމީ….” ރަޔާހީންގެ އުނަގަނޑުގައި އަތް އަޅުވާ ގާތަށް ދަމާލަމުން ގެނެސް އިރުފާންގެ އުނގަށް ރަޔާހީން ލިއެވެ. ރަޔާހީންގެ ބޮޑު އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އިރުފާން ގެ ތުންފަތް އޭނާގެ ކަނދުރާގައި ޖައްސާލިއެވެ. ރަޔާހީނަށް ސިހުމެއް ލިބި ކޮޓަރީގެ ފާހާނާ އާއި ދިމާލަށް ބަލާލީ އެހީއަކަށް އެދޭ ފަދަ ގޮތަކަށެވެ. ކުއްލިއަކަށް ހީވީ ކޮޓަރި ތެރެއަށް ބިންހެލުމެއް އައި ހެންނެވެ. އިރުފާނާއި ރަޔާހީން އެއްކޮށް ސިހި ކޮޅަށް ތެދުވިއެވެ.

ރަޔާހީން ޖެހިލުންވިޔަސް އޭނާ އަށް އެއްވެސް ނުރައްކަލެއް ނެތް ކަން އެނގުމުން ހަށިގަނޑު ހަމައަކަށް އަޅުވާލެވޭތޯ މަސައްކަތް ކުރަމުން އިރުފާނާއި ދިމާލަށް އެނބުރުނެވެ. އެވަގުތު ރަޔާހީނަށް ފެނުނު މަންޒަރަކުން ހިތުގައި ހިނގައިގަތް ބިރުވެރިކަމަކުން އަނގަމަތީގައި އަތްއެޅި ދެފައިގައި ރޫރު އަޅަން ފެށިއެވެ.  އެނދުމަތީގައި އަމިއްލަ އަށް ކަރުގައި ހިފައިގެން އޮތް އިރުފާން ހަޅެއްލަވަނީއެވެ. އޭނާގެ ދެލޯ ވެސް ވަނީ ދެތިން އިންޗިއަށް ބޭރަށް ނިކުމެފައެވެ.

އެމަންޒަރު ބަލާކަށް ރަޔާހީނަށް ކުޅަދާނައެއް ނުވިއެވެ. އޭނާ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަކުން ދާދި ފަސޭހައިން ރޮވުނެވެ. މޫނުމަތީގައި އަތް އަޅާ ރަޔާހީނަށް ހުރި ދިމާލަށް ތިރި ވެވުނެވެ. އިރުގަނޑަކު ދެކަކުލުގައި ބޯ އަޅާލައިގެން ރަޔާހީން އޮތުމަށްފަހު ބޯ އުފުލާލާ އިރުފާން އޮތް ހާލެއް ބަލާލިއެވެ. ނަމަވެސް އިރުފާން ފެންނާކަށް ނެތެވެ. ރަޔާހީން ފުންމައިގެން ތެދުވިއެވެ. އަދި ކޮޓަރީގެ ދިމަދިމާ ހޯދަން ފެށިއެވެ.

ފާހާނާ އިން ފެން އަޑު އިވުމުން އިރުފާން ވީ ފާހާނާއިގަކަން ރަޔާހީން އަށް އެނގުނެވެ. އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓުމަށްފަހު މޫނު ސާފުކޮށްލިއެވެ. އިސްތަށިގަނޑު އޮމާން ކޮށްލުމަށްފަހު ހައްޔަރު ކޮށްލިއެވެ. ފުށް މާގަނޑު މޫނުގައި ކުޑަގޮތަކަށް ހާކާލިއެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.

“ދަރިފުޅާ ހީން…. އިރުފާނަށް ސައި ނަގާފައި މަންމަ ހުންނާނީ. މަންމަ މިދަނީ ހޮސްޕިޓަލަށް. ސަރާކޮއްކޮގެ ވިކްޔަން ހޮސްޕިޓަލަށް ގެންގޮށްސި… މަންމަ އެކޮޅަށް ގޮސް ދަރިފުޅުމެންނަށް ހަބަރެއް ވެލާނަން” ފީރޯޒާގެ ވާހަކަތަކުން ރަޔާހީނަށް ހުއްޓުން އެރިއެވެ. ވިކްޔަން އަށް އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟ އަނެއްކާ ވެސް ބޮލުގެ ރިހުންގަނޑު ހިލިގަތީ ހެއްޔެވެ؟ އެކަމަކު އެހެންވާނީ ވިކްޔަން ކަމަކާ ވިސްނަން ފެށުމުންނެވެ. ވިކްޔަން ކަމަކާއި ވިސްނީ ހެއްޔެވެ؟ އެކަމަކު ކޮންކަމަކާއި ހެއްޔެވެ؟ ވިކްޔަން ނަފްރަތުކުރާ މީހަކު އޭނާގެ ބޭބެއާއި އިނދެގެން އެއްގޭގައި އުޅުނީމާ އޭނާ ހައިޕަރ ވީ ކަންނޭނގެއެވެ.

ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނަށް އަރާއިން ގަޑި ބަލާލުމަށްފަހު ރަޔާހީން ބަލާލީ ފާހާނާއިގެ ދޮރާ ދިމާލަށެވެ. އިރޭ ފާހާނާއިގާ ހާދަ އިރެއް ވެއްޖެއެވެ. އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟ ރަޔާހީން ކަންބޮޑު ވިއެވެ. ފާހާނާއިގެ ދޮރު ކައިރިއަށް ހުއްޓުމަށްފަހު ދެފަހަރަކު އިރުފާނަށް ގޮވާލިއެވެ. ނަމަވެސް ހަބަރެއް ނުވިއެވެ. އަނެއްކާ ވެސް ރަޔާހީން އިށީނީ އެނދުގައެވެ. އެނދުމަތީގައި އޮތް އިރުފާންގެ ފޯނު ނަގާ ރަޔާހީން އޭގެ ލޮކް ކޯޑް ޖަހާލިއެވެ. ފުރަތަމަ ވެސް ފެނިގެން ދިޔައީ މާކިލް އާއި ވިކްޔަންގެ ސަކަރާތުގައި ތިއްބާ ނަގާފައި އިން ފޮޓޯއެކެވެ.

ވިކްޔަންގެ ސާފު މޫނު ރަޔާހީނަށް ފެނުމާއެކު ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެމޫނަށް ބަލަން އިނދެވުނު އިރެއް ވެސް ނޭނގެއެވެ. އެހިނދުގައި އޭނާ ޚިޔާލުތަކަށް ގެނބިގެން ދިޔައެވެ.

ހިތްގައިމު ރާއްޖެތެރޭގެ ރަށެއްގެ އަތިރިމަތީގައި މޫދަށް ބަލަހައްޓައިގެން ހުރި ރަޔާހީން ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ  ފަހަތުން އެހާ ލޯބިކޮށް ބައްދާލި އިންސާނަކީ އޭނާގެ މުޅި ދިރިއުޅުން ކަން އެނގުމުންނެވެ. އެއަތުގެ ބީހިލުން އޭނާ ހަރަކާތް ހުއްޓިފައި އޮތަސް ފާހަގަވާނެ ކަން ކަށަވަރެވެ. އެމީހަކަށްޓަކައި އޭނާގެ މުޅި ޖާނާއި މާލު ގުރުބާން ކުރި އިންސާނަކީ އެއީއެވެ.

ވިއްސާރަ ވިލާތަކުން މުޅި ދުނިޔެ ހިޞޯރުކުރި ރެއެއްގައި ދެ ޒުވާނުންނަށް ވަނީ ލޯބީގާ އިންފަހަނައަޅާ ދެވިފައެވެ. ނަމަވެސް ދެ ޒުވާނުން ވެސް ވަނީ ކުރެވުނު ކަންތަކާއި ތައުބާވެ ކައިވެނީގެ މާތް ގުޅުމުން ގުޅެން ނިންމާފައެވެ. ކައިވެނީގެ ބޭރުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ދެމީހުން ދެމީހުންނަށް ވައުދާއި އަހުދު ވެފައެވެ.

ނަމަވެސް މިއަދު އޭނާ އަށް މަޖުބޫރު ވެފައިވަނީ އޭނާދެކެ ދީވާނާއެއް ފަދައިން ލޯބިވާ އިންސާނާގެ ހިތް ހަލާކު ކޮށްލުމަށެވެ. އެކަން އޭނާ އަށް ކުރެވިދާނެ ކަމާމެދު އޭނާ އަށް ޝައްކެވެ. ނަމަވެސް އޭނާ ދެލޯ މަރާ ބާރުކޮށްލުމަށްފަހު ކުރަން ހިތުގައި އަޅައިގެން ހުރި ކަންތަކާއި ކުރިމަތިލިއެވެ.

” މަގޭ ލޯބި ރާޔަން… ބޭބީ ރޮނީ ކީއްވެ؟ އައިމް ސޯ ސޮރީ ބޭބީގާރލް….މިއަދު ލަސްވީ ކުޑަކޮށް. ދެން އެހެންނުވާނެ” ޒުވާނާ ރަޔާހީންގެ އަތްތިލައިގާ ބޮސްދެމުން ބުންޏެވެ. ކުއްލިއަކަށް ރަޔާހީން އޭނާގެ އަތް ޒުވާނާގެ އަތްތެރެއިން ދަމައިގަތެވެ. އަދި ޒުވާނާ އަށް ފުރަގަސް ދިނެވެ.

“އަހަރެން މިއަދު މިތަނަށް މިއައީ މިގުޅުން މިހިސާބުން ނިންމާލަން. އަހަރެން ހީކުރީ ކޭވީ ދެކެ ލޯބި ވެވުނު ކަމަށް. އެކަމަކު މިއަދު އަހަރެންނަށް އިހުސާސް ކުރެވިއްޖެ އަހަރެންގެ ހިތުގައި ލޯބި އުފެދިފައިވަނީ ކޭވީ އަށް ނޫންކަން. އަހަރެންނަށް އެހެން ކުއްޖަކު ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ޕްލީޒް އަހަރެންގެ ފޯނަށް ދެން ނުގުުޅައްޗެ…. އަހަރެން މިހާރު އިންނާނީ ވައިބް އިންނާއި އެފްބީ އިން ވެސް ކޭވީ ބްލޮކް ކޮށްފައި. މީކީ ސަމާސާއެއް ނޫން. މީ ހަޤީޤަތް. މިއަދު ވެސް ކޭވީ އަށް އެހެން ގާރލް އެއް ލިބިދާނެ. އަހަރެން ޤަބޫލުކުރަން އަހަރެމެން ދެމީހުންނަށް ވަނީ ކޮށްގެން ނުވާނެ ވަރުގެ ކަމެއް ކުރެވިފައިކަން. އަހަރެން ލޯބިވާ މީހާ އަށް ދޭނެ އާ ހަދިޔާއެއް އަހަރެންގެ އަތުގައި ނެތްކަން. އެކަމަކު ވެސް އަހަރެން ބޭނުމީ އަހަރެން ލޯބިވާ މީހާ އާއި އެކީގައި އުޅެން. އަހަރެންނަށް މާފް ކުރާތި. އަހަރެން ހޯދަން ނޫޅޭތި. އަހަރެން މަތިން ހަނދާން ނައްތާލާ” ޒުވާނާ އަށް ފުރަގަސް ދިނުމަށްފަހު ރަޔާހީން އެއްގަމަށް ދެވެން އޮންނަ މަގުން ހިނގައިގަތީ ކަރުނައަޅާ ރޮމުންނެވެ. ހިތްމަތީގައި ހިލަ ގަނޑެއް ބާއްވަމުންނެވެ.

ރަޔާހީންގެ ވާހަކަތަކުން ޝޮކެއްގައި ހުރި ޒުވާނާ އަށް ހުއްޓުމެއް އައިސްފައިވާ ކަހަލައެވެ. އޭނާގެ އެތެރެހަށީގައި ދައުރުވަމުންދާ ލެއަށް ވެސް ހުއްޓުމެއް އައިސްފައިވާ ކަހަލައެވެ. ކުއްލިއަކަށް ރަޔާހީނަށް މިވީ ގޮތެއް ނޭނގިގެން އޭނާ އަށް ވިސްނެން ފެށިއެވެ. މުސްތަޤްބަލަށްޓަކައި އޭނާ ބިނާ ކުރަމުން އައި ލޯބީގެ ގަނޑުވަރު ފަޅި ސިކުންތެއްގެ ތެރޭގައި ބިމާއި ހަމަވީއެވެ. ދާދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ދުނިޔެ އަނދިރިވި ކަހަލައެވެ. އޭނާގެ ބޮލަށް އެރި ތަދަކުން ބޮލުގެ ދެފަރާތުގައި ހިފައިގެން އޭނާ އަށް ހުރި ދިމާލަށް ތިރި ވެވުނެވެ. އެހިނދު އޭނާގެ ކަރުތެރެއިން ނިކުތް ވޭނުން ފުރިގެންވީ އާހެއްގެ އަޑުން ހިނގަ ހިނގާ ހުރި ރަޔާހީނަށް ވެސް ފަހަތަށް ބަލާލެވުނެވެ. އޭނާ އަށް ފެނުނު މަންޒަރަކުން ޒުވާނާ ކައިރިއަށް ދިޔުމަށް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނުފެންނަ އަތަކުން އޭނާގެ އަތުގައި ހިފާލިއެވެ. ރަޔާހީން އެ ނުފެންނަ މަހްލޫޤަށް ބަލާލުމާއެކު ހިތުގައި ޖެހިފާ ރޯން ފެށިއެވެ. މިއަދު އޭނާ އަށް މަޖުބޫރެވެ. އޭނާގެ ހިތުގައިވާ މަޤްޞަދު ކާމިޔާބު ކުރެވެން އޮތީ ޒުވާނާގެ ހިތް ހަލާކުކޮށްގެންނެވެ. ހިތްވަރުކޮށްފައި ވެސް ރަޔާހީން ކުރިއަށް ހިނގަންފެށީ ރޮމުން ގިސްލަމުންނެވެ.

އެނދުމަތީގައި އިން ރަޔާހީން އަށްެ ހިޔާލީ  ދުނިޔެއިން ނިކުމެވުނީ ކައިރީގައި ހުރި އިރުފާން އޭނާގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ.

“ސޮރީ… ހީން އަށް ފެންނަންނުވާ މަންޒަރުތަކެއް ފެނިއްޖެ ދޯ…. ވަރަށް ބޮޑަށް ސޮރީ… އަހަރެން ޔަޤީންކަން މިދެނީ ހީން  އަށް އަހަރެންގެ ސަބަބުން އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން” ރަޔާހީން ކައިރީގައި އިށީނދެލަމުން އިރުފާން ވާހަކަދެއްކިއެވެ.

“އިޓްސް އޯކޭ… އިރޭ މިހާރު ރަނގަޅުތަ؟ އަސްލު ކިހިނެއްވީ އެވަގުތު” ރަޔާހީން މަޑުމަޑުން އަހާލިއެވެ. ބޭނުމަކަށްވީ އޭނާގެ ސުވާލުގެ ޖަވާބު އިރުފާން ދޭ ގޮތެއް ބެލުމެވެ. އެކަމުގެ ފަހަތުގައި ވި ހިތި ހަޤީޤަތް އޭނާ އަށް އެނގޭ ކަހަލައެވެ.

“ނޭނގެ. ކޮންމެސް ކަމެއް އެބައުޅޭ… އެކަމަކު މިކަމުން ވަރަށް އަވަހަށް ރަނގަޅުވާނަން. މިހާރުވެސް ކުރިއަށް ވުރެ ރަނގަޅު. މިކަމުން އެއްކޮށް ރަނގަޅުވެގެން ދެން ހީން އާއި ކައިރިވާނީ. އެހެންނޫނީ އެންމެ ބޭނުންވާ ވަގުތުކޮޅު ދޫނި ދެރަކޮށްލަން މިޖެހެނީ” ރަޔާހީންގެ އަތުގައި ހިފާލަމުން އިރުފާން ބުންޏެވެ.

“މަންމަ އާއި ބައްޕަ އަށް އެނގޭތަ؟ ނުބުނަންތަ އެމީހުން ކައިރީގަ… އެމީހުން ކައިރީގައި ނުބުނަންޏާ މާކިލް ކައިރީގައި ބުނަންވީނުން” ރަޔާހީން ބުންޏެވެ.

“ނޫން. އެމީހުން މިކަމާއި މާބޮޑަށް ވިސްނާ ފިކުރުކުރާން މަށެއް ބޭނުމެއްނޫން. މަށަކީ ވެސް މިހާރު ކަންތައްތައް ވިސްނޭ ވަރުގެ ބޮޑު ފިރިހެނެއް. އަމިއްލަ އަށް މިކަން ރަނގަޅުކުރަން އެބަ. މިހާރު ޑޮކްޓަރަކާއި ވެސް އެބަ ވާހަކަދައްކަން. ދެން މިވާހަކަ ބާއްވަމާ…. ވަރަށް ބަނޑުހައި… ހިނގާބަލަ ކާއެއްޗެއް ދޭން. މަންމަ ނާދޭތަ މަ ލަސްވެގެން” އިރުފާން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުމަށްފަހު ބޮލުގެ އިސްތަށިގަނޑުގައި ޖެލް ހާކަން ފެށިއެވެ. މަތިން އެއްޗެއް ނުލާ ހުރި އިރުފާންގެ ހަށިގަނޑު މާކިލްގެ ހަށިގަނޑާއި ދާދި އެއްގޮތްކަން އެވަގުތު ރަޔާހީނަށް ފާހަގަވިއެވެ.

މެންދުރުފަހު އާސިރު ގެއަށް ވަދެގެން އައިރު ސިޓިންގްރޫމް ސޯފާގައި ޓީވީ ބަލަން އޮތް އިރުފާން ފެނުމުން ކޮޓަރިއަށް ނުގޮސް ދަރިފުޅު ކައިރީގައި މަޑުކޮށްލިއެވެ.

“ދަރިފުޅާ! މިހާރު މެންދުރު ނަމާދު ކޮށްގެންތަ ތިއޮތީ” އިރުފާން ކައިރީގައި ހުރި ހުސް ސޯފާގައި ޖައްސާލަމުން އާސިރު ސުވާލުކުރިއެވެ.

“އަދި ނުކުރަން. ކައިގެން މިދަނީ…” އިރުފާން އަބަދުވެސް އޭނާގެ މުސްކުޅިވެފައިވާ ބައްޕަ އަށް އިހުތިރާމް ކުރޭއެވެ. އެބައްޕަ އަށް ދޮގު ހަދަން އޭނާ އަށް ވަރަށް އުނދަގުލެވެ. މިހާރަކަށް އައިސް އޭނާ ނަމާދު ކުރަން ފޫހިވާ ވާހަކަ ބައްޕަ ކައިރީގައި ބުނާކަށް އޭނާ އަށް ނުކެރުނެވެ.

އެވަގުތު ރަޔާހީން މެންދުރު ކާން ގޮވުމުން ދެބަފައިން މޭޒު ކައިރީގައި ގޮސް އިށީނެވެ. ނަމަވެސް އާސިރުގެ ކެއުން ލަސްކޮށްލަން ޖެހުނީ އެތަނުގައި މާކިލް ނެތް ކަން އެނގުމުންނެވެ.

“ދަރިފުޅާ ހީން. ދާންވީނުން މާކިލް އަށް ގޮވާލަން. ބުނޭ ބައްޕަ ބުންޏޭ މެންދުރު ކާ ވަގުތު ޖެހިއްޖޭ. އަންނާށޭ….” އާސިރު ވާހަކަދެއްކީ ތައްޓަށް ޖޫސްއަޅަން ހުރި ރަޔާހީނާއެވެ. ރަޔާހީން ކިޔަމަންތެރިކަމާއެކު މިސްރާބު ޖެހީ މާކިލް ގެ ކޮޓަރި އާއި ދިމާލަށް ދިއުމަށެވެ. ނަމަވެސް ޖެހިލުންވީ ރޭގައި ހިނގާ ދިޔަ ހާދިސާ އަށް ފަހު ރަޔާހީން ފެނުމުން މާކިލް ކަންތައް ކުރާނެ ގޮތް ނޭނގޭތީއެވެ. އެކޮޓަރިއަށް ނުދާން ދައްކާނެ ބަހަނާއެއް ވެސް ނެތެވެ.

މަޑުމަޑުން މާކިލް ގެ ކޮޓަރީ ދޮރުގައި ރަޔާހީން ޓަކި ޖަހާލިއެވެ. ދެފަހަރު ތިންފަހަރު ޖަހާލުމުން ވެސް މާކިލް ގެ އެއްވެސް ހަބަރެއް ނުވިއެވެ. ރަޔާހީން އެކޮޓަރީ ތަޅުގައި ހިފާ އަނބުރާލުމާއެކު ފަސޭހައިން އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ސޯފާގައި ދެލޯ ބޮޑުކޮށްގެން ރަޔާހީނަށް ބަލަން އިން މާކިލް ފެނުމާއެކު ރަޔާހީން ޖެހިލުންވިއެވެ. ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ދުލުން އެންމެ ބަހެއް ވެސް ބޭރުކޮށްލަން ޖެހިލުންވީ ވަރުންނެވެ.

“މީ..މީ.. ބައްޕަ ބުނި ކާން އަންނާށޭ. ކާން ހެދިފައި ހުރީ…” ބުނަން ބޭނުންވި އެއްޗެއް ބުނެފައި ރަޔާހީން ދާން ފަސްއެނބުރުނުު ވަގުތު ހުއްޓެވުނީ މާކިލް ވާހަކަދައްކަން ފެށުމުންނެވެ.

“ކާކު ބުނީ… އައި މީން މަގޭ ބައްޕަތަ ނޫނީ ކަލޭ ބައްޕަތަ؟ ފަރުވާކުޑަ ގޮތަކަށް މާކިލް ސުވާލު ކޮށްލިއެވެ.

“ބައްޕަ. މާކްގެ ކާފަ” މާކިލް އަށް ބަލާލަމުން ރަޔާހިން ބުނެލިއެވެ.

“މަޑުކުރޭ. އަހަރެން ބަލާ އައި މީހެއް ދާންވާނީ އަހަރެން ގޮވައިގެނެއްނު” މާކިލް ލައިގެން އިން ބޮކްސާ މަތިން ސޯޓެއް ލިއެވެ. އަދި ސޯފާގެ އަތްގަނޑު މަތީގައި އޮތް ބޮޑު ޓީޝާޓް ބޮލުން ވައްޓާލަމުން ރަޔާހީނާއި އަރާ ހަމަކޮށްލިއެވެ.

“ހީނުކުރައްޗެ އަހަރެން އަތްދަށުން އަދި ސަލާމަތްވީ ކަމަށް” ރަޔާހީންގެ ކަންފަތް ދަށުގައި މާކިލް ބުނި ޖުމްލަ އަކުން ރަޔާހީންގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު ރަޔާހީނަށް ވުރެ ކުރިން މާކިލް ސިޑިން ފައިބައިގެން ދިޔައެވެ. ރޭގައި ހިނގާ ދިޔަ ހާދިސާ އޭނާ ހަނދާނެއް ވެސް ނެތެވެ.

ރަޔާހީން މަޑުމަޑުން އަންނަމުން ނޭނގުމުގެ ތެރޭގައި ދެލޯ ސީދާކޮށްލެވުނު ތަނަކުން ސިހުމެއް ލިބުނީ އެގޭގައި އުޅޭ ނޯކަރަކު ބިތްދަށުގައި ހުރި ކޮޓަރިއަކަށް ވަދެ ތަށިތަކެއް ހިފައިގެން ނިކުތްތަން ފެނިފައެވެ. އެއީ ކޮން ކޮޓަރިއެއް ހެއްޔެވެ؟ އެތަނުގައި މީހަކު އުޅެނީ ހެއްޔެވެ؟ އެކަމަކު ކާކު ހެއްޔެވެ؟ އެގޭގައި ދިރިއުޅޭ ހުރިހާ މީހުންނާއި ރަޔާހީނާއި ވަނީ ބައްދަލުކުރުވާފައެވެ. އަނެއްކާ އެކޮޓަރި ވަކިން ހުރީ ކީއްވެ ހެއްޔެވެ؟ ރަޔާހީންގެ ހިތުގައި އެކޮޓަރިއަށް ވަނުމަށް އޮތް ޝައުގެއްގެ ބަޑުކަމުން އެދިމާލަށް ދާން އުޅެފައި ވެސް ހިޔާލު ބަދަލުވީ މަިވަގުތު އެގޭގައި ތިން ފިރިހެނުން ކާން އިންނާނެކަން ހަނދާން ވެފައެވެ. ސިޑިން ފައިބައިގެން ދަމުން އަދި އެއްފަހަރު ރަޔާހީން އެކޮޓަރި އާއި ދިމާލަށް ބަލާލިއެވެ. އޭނާ އެކޮޓަރިއަށް އަދި ވަންނާނެއެވެ. ނޫންނަމަ އޭނާ އެކޮޓަރި އާއި ބެހޭ ގޮތުން ފީރޯޒާ އާއި ސުވާލު ކުރާނެއެވެ.

ގޭގައި މަސައްކަތްކުރަން ނޯކަރުން ތިއްބަސް ބަދިގޭގައި އެންމެ އަތްމަތި ހަލުވިކޮށް އުޅެނީ ރަޔާހީނެވެ. ދެއަތް އުރާލައިގެން ނޯކަރުން ލައްވާ ކައްކައިގެން ކެއުން އެއީ ރަޔާހީން ކުރާހިތްވާ ކަމެއް ނޫނެވެ. އޭނާ އަށް ވެސް އުޅެވިފައިވަނީ ތަނަވަސް ދިރިއުޅުމެކެވެ. ނަމަވެސް ބޮލުގައިވާ ކޮންމެ އިސްތައްޓަކަށް ނޯކަރުންނެއް ނުގެންގުޅެއެވެ.

އެހެންކަމުން ރޭގަނޑު ނުވައެއް ޖަހާލީ ހާއިރު ފެންވަރާލައިގެން އެނދުގައި އޮށޯތްތަނާ އޭނާ އަށް އަރާމު ނިންޖަކުން ނިދާލެވިއްޖެއެވެ. ރައްޓެއްސަކާއެކު ބޭރުގައި އުޅެފައި އިރުފާން ގެއަށް އައީ ބާރަ ޖަހަން އުޅެނިކޮށެވެ. ކޮޓަރިއަށް ވަނީ ރަޔާހީނާއި އެކުގައި ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފޮނި އުއްމީދެއް ކުރަމުންނެވެ. ނަމަވެސް ކަންނޭލުގައި ބައްދާލައިގެން އަރާމު ނިދީގެ ފޮނި މީރުކަން އިޙުސާސް ކުރަމުން ދިޔަ ރަޔާހީނަށް ގޮވާ އުނދަގުކުރަން ބޭނުމެއްނުވިއެވެ. އެހެންކަމުން އަމިއްލަ އަށް ބަދިގެއަށް ގޮސް ކޮފީއެއް ހަދާލައިގެން އޭނާ ދިޔައީ ކޮޓަރިއަށެވެ.

ނިދަން މަސައްކަތް ކުރުމުން ވެސް އިރުފާނަށް ނިދޭ ގޮތެއް ނުވިއެވެ. ދެލޯ މަރާލާއިރަށް އޭނާ އަށް އުނދަގު ކުރަނީ ކުޑަ ދެ އަންހެންކުދިންނެވެ. ކުލައެއް ސިފައެއް ވަކި ނުވިޔަސް އޭނާ އަށް އެދެކުދިން މިފަހަރު ފެންނަކަން ޔަޤީނެވެ. ގާތްގަނޑަކަށް ހަތަރު ފަސްއަހަރުގެ މިދެކުދިން އިރުވީނަށް ބަލާލަނީ ވެސް ރުޅިވެރިކަމާއެކުގައެވެ. އަވަސް އަވަހަށް ދެލޯ އެހެންކަމުން އިރުފާން އޮތީ އެސްފިޔަ ޖަހާލަން ވެސް ބިރުންނެވެ.

އެގޮތުން އެއްފަހަރެވެ. ކުއްލިއަކަށް މުޅި ކޮޓަރިން ކަރަންޓް ދިޔައެވެ. އިރުފާނަށް ހީވީ އޭނާގެ ދެލޯ އަނދިރިވީ ހެންނެވެ. ބިރުންހުރި ވަރުން އަތް ދަމާލާ ރަޔާހީން ގައިގާ އަތް ޖައްސާލިއެވެ. ކައިރީގައި އެހެން މީހަކު އޮތްކަން އެނގުމުން ކުޑަކޮށް މީހާ ހަމައަކަށް އެޅިލިޔަސް ހަފަރާތުން ވަށާލާފައިވާ ބިރުވެރިކަން ކުޑައެއް ނުވިއެވެ. ކުއްލިއަކަށް އިރުފާންގެ ފައިތިލައިގެ ބަނޑުފުށަށް ހީވީ ތޫނު އެތިގަނޑެއް ހަރާލި ހެންނެވެ. އޭނާ އަށް ހަޅޭއްލަވާ ގަނެވުނީ ގަޞްދުގައެއް ނޫނެވެ. ހަށިގަނޑަށް އެޅި ވޭނެއްގެ ސަބަބުންނެވެ. އެހާލުގައި ވެސް އޭނާ ކައިރީގައި އޮތް ރަޔާހީނަށް ބަލާލީ ދެންމެ އޭނާ ހަޅެއްލަވާގަތް އަޑަށް ރަޔާހީނަށް ހޭލެވުނު ކަމަށެވެ. ނަމަވެސް ރަޔާހީންގެ ނިންޖަށް ގުޑުމެއް އައިހެން ވެސް ހިއެއް ނުވޭއެވެ.

ކުރިމަތިން ތަންގަނޑެއް ދިއްލި މުޅި ކޮޓަރި މަޑު ރަތް އައްޔަކުން އަލިވެގެން ދިޔުމާއެކު އިރުފާންގެެ ދެލޯ ބޮޑުވެގެން ދިޔައެވެ. މީހާ އެއްކޮށް ދަލުން ފޯވިއެވެ. ގާތްގަނޑަކަށް އިރުފާނާއި ފޫޓެއްހާ ދުރުގައި ހުރި ކުޑަ ދެއަންހެންކުދިން ވަރަށް ސާފުކޮށް އޭނާ އަށް ފެނުނެވެ. އިރުފާން ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. އެދެކުދިންގެ ދެއަތް ދިގުވަމުން އައިސް އިރުފާނުގެ ކަރާއި ހަމައަށް ހުއްޓާލީ އޭނާ ބަލަން އިންދައެވެ. އޭރު އޭނާ އަށް މާނޭވާ ލެވެމުން ދިޔައެވެ. އިސާހިތަކު ކުޑަކުޑަ ހަތަރު އަތުން އިރުފާންގެ ކަރުގައި ހިފާ ބާރުކޮށްލިއެވެ. އިރުވީނަށް ހީވީ އޭނާގެ ކުޑަ ދޫ ފިތިގެން ގޮސް ފަޅައިގެންދާން އުޅުނު ހެންނެވެ.

“ބައްޕާ ފެންފޮދެއް” އިރުފާންގެ ކަންފަތް ބުޑުގައި އެ ޖުމްލަ ތަކުރާރު ވުމާއެކު އަމިއްލަ ގަޔަށް ބޮޑުކަމު ވެސް ދެވުނެވެ. އިސާހިތަކު އެދެކުދިން އިރުފާނާއި ކައިރިއަށް ޖެހެމުން އައިސް އިރުފާންގެ މޫނާއި މޫނު ޖެހޭ ހިސާބަށް ކައިރިވެލިއެވެ. އެތަނުން އެކުއްޖަކު އިރުވީނުގެ ހުޅުވާލެވިފައި އޮތް އަނގަ ތެރެއަށް އަތް ކޮށްޕާލިއެވެ. ހީވީ އޭނާގެ ގޮހޮރު ދަމައިގަތް ހެންނެވެ. ކައިރީގައި ހުރި އަނެއްކުއްޖާ ޖަހާލި ހިނިގަނޑުން އިރުފާނުގެ ކަންފަތަށް ހީވީ ހޮނު އެޅިހެންނެވެ. އެހާވެސް އެއަޑުގައި ބަރުކަން އެކުލެވިފައި ވެއެވެ. އިރުފާންގެ ހަށިގަނޑުތެރެއަށް އަތް ކޮށްޕައިގެން ހުރި ކުއްޖާ ހީވަނީ އޭނާގެ އެތެރެ ހަށީގައިވާ ކޮންމެ ގުނަވަނެއް ދަމާ އުފުރަނީހެންނެވެ.

އިރުފާންގެ ބަނޑުމަތީގައި ދެކުދިން އަރާ އިށީނުމާއެކު އެތަނުން އެއްކުއްޖަކު އޭނާގެ އެއް އަތް އުފުލާލިއެވެ. އެ އަތަށް އިރުފާނަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު އެކުޑަ އަތްތިލައިގެ ތެރެއިން އޭނާ އަށް ފެނުނީ މަރަށް ތެޅެމުންދިޔަ ބޮޑު އަންހެނެކެވެ. އެކުއްޖާގެ އަނެއް އަތް އުފުލާލުމާއެކު އިރުފާނަށް ފެނުނީ ލެއިން ދެގަޑި ތިރީސް ހިނގާފައި ހުރި ގަޑިއެކެވެ. ގަޑީގެ ކަށިތަކާއި މައިގަނޑުވެސް ހުރީ އަތްތިލައިގެ ނާރުތަކުންނެވެ. ލެއިން ފޯވެފައިވާ އެ އަތްތައް ވެސް އިރުފާނަށް ފެންނަމުން ދިޔައީ ބިރުވެރި މާރިދެއްގެ ސިފައިގައެވެ. އެއިން ކޮންމެ ކުއްޖެއްގެ މޫނަށް ވަކިވަކިން އިރުފާން ބަލާލިއެވެ. އެއްފަހަރު ރޮވިފައި ހުރި މޫނު ފެނުނިއްޔާ އަނެއް ފަހަރު ފެންނަނީ ރުޅިން ރަތްވެފައިވި މޫނުތަކެކެވެ.

“ބައްޕާ ފެންފޮދެއް. ބައްޕާ އުރާލަބާ….” އާއެނކެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަކުން އެއްދުވަހެއްގައި ވަނީ ހަމަ އެޖުމްލަތައް އިރުފާނަށް އިވިިފައެވެ. އެކަން ހަނދާންވުމާއެކު އިރުފާން ކުރިއަށް ވުރެ ވެސް ބޮޑަށް ބިރުގަތެވެ. އޭނާ ނޭވާ ހޮޅިއަށް އެޅުނީއޭ ހީވެ ދެލޯ މެރެމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބީހުން….(10)

Next

ލޯބިން އަންނާށޭ ކަލާ….

Next
August 9, 2017

ލޯބިން އަންނާށޭ ކަލާ….

Previews
August 9, 2017

ބީހުން….(10)

13 Comments!

  1. ushaali says:
    August 9, 2017 at 3:42 am

    assalam alaikum everyone!! 🙂 🙂 alhamdhulillah. 3 vana bai ves up kurevijje. mi bai ves thi huriha kudhinnah kamudhaane kamah heeluran. 🙂 and very sorry kudakoh lasvyma. adhives nanthah olhenya comment ga fahaga kohdheche. and mistakes ves 🙂 4 vana bai thankoheh avahah genesdheveytho balaanan mifaharu. insha allah 🙂
    varh baajjaveri dhuvahakah edhen 🙂 🙂

    1. 1997women says:
      August 9, 2017 at 3:02 pm

      Alhey irey kiyaathy v oddey.. Plx nick name badhalu kohlleveykah noannaane tha ushaa??

  2. Ulya says:
    August 9, 2017 at 6:19 am

    Very nice ??? thank u

  3. Sidhu says:
    August 9, 2017 at 8:16 am

    Nice

  4. nux says:
    August 9, 2017 at 9:28 am

    wow wow v nice mipartves love it?????????when next part

  5. khajja says:
    August 9, 2017 at 9:28 am

    Wm salaam stry v rythi baeffaharu irufaan jahan vaathanuga iruvyn jehifa ebahuri dhw but oral kon stry v touching biruverivaahaka evvyma v rythi kuriyan oiythanuga mi avvureves biruverikollachchey when nxt prt avahah up kolladhybala thanks 4 the luvly stry ushaali keep it up baajjaveri dhuvahakan edhen ly???❤❤❤??????????

  6. Shii says:
    August 9, 2017 at 10:17 am

    V salhi .waiting for next part

  7. azzadhil says:
    August 9, 2017 at 12:33 pm

    Masha Allah v nice mi partves..masha allah u have got such a talent sister ?????❤️❤️❤️❤️?

  8. click a shot ? says:
    August 9, 2017 at 3:17 pm

    Varah reethi mi Part ves

  9. aish says:
    August 9, 2017 at 5:58 pm

    V salhi..waiting for next part..

  10. ushaali says:
    August 10, 2017 at 12:17 am

    thankyou huriha kudhin 🙂 🙂

  11. Lucifer says:
    August 10, 2017 at 12:50 am

    v salhi.. I love biruveri vaahaka

  12. asley says:
    September 14, 2017 at 8:10 pm

    varah habeys.

Comments are closed.

Next Episodeދެގަޑި ތިރީސް 4←


All Right Reserved!