Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ދިހަވަނަ ބައި)

އެދުވަހު މިޝްޔާމެނަށް ރަށަށް އާދެވުނީ އަޞުރު ނަމާދަށް ބަންގި ގޮވަނިކޮށެވެ. މިޝްޔާމެން ގެއަށް އައިއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. މިޝަލް އަވަސްވެގަތީ ފެންވަރައިގެން ނަމާދަށް ދިއުމަށެވެ. މިޝްޔާ ދިޔައީ ތަށިތައް އަޅާފައިވާ ކޮތަޅު ބަދިގެއަށް ލާށެވެ. ކޮޓަރިއަށްދާން ހިނގައިގަތްވަގުތު މެހެރީންގެ ކޮޓަރިން ކެއްސާ އަޑުއިވުމުން، ކޮޓަރި ދޮރު ހުޅުވާ ބަލާލިއެވެ. ކޮޓަރި ތެރެއިން މެހެރީން ފެންނަން ނެތުމުން، ކުރިއަށްވުރެ ބޮޑަށް ދޮރުހުޅުވާލުމަށްފަހު މިޝްޔާ އެތެރެއަށް ވަނެވެ. ކޮޓަރީގައި ހުރި ބޮޑު އެނދާއި، ހެދުން އަޅުވާ އަލަމާރިއާއި ދެމެދު އޮތް ހުސްޖާގައިގައި ފަތުރާލާފައިވާ މުސައްލާމަތީގައި މެހެރީންގެ ނަމާދު ދޮޅިއާއި އިސްޓާކީން ފެންނަންއޮތުމުން، އޭނާ ކޮޓަރީގައި އުޅޭކަން މިޝްޔާއަށް ޔަޤީންވިއެވެ. އެހެންކަމުން އޭނާ ހިނގައިގަތީ ފާޚާނާގައި މެހެރީން އުޅޭތޯ ބަލާލުމަށެވެ. ފާޚާނާގެ ދޮރު ހުޅުވާފައި ހުރުމުން މިޝްޔާ އެތެރެއަށް ބޯދިއްކޮށްލިއެވެ. އޭރު މެހެރީން ހުރީ މޫނު ދޮންނަ ތަށި ކައިރީގައެވެ.


 

“މަންމާ…. ކީއްވެ ލޯގަނޑަށް ބަލަހައްޓައިގެން ތިހުރީ…..؟؟؟؟؟” މެހެރީން މޫނު ދޮންނަ ތަށި ކައިރީގައި ހުރި ލޯގަނޑަށް ބަލަހައްޓައިގެން ގެއްލިފައި ހުރުމުން ދޮރުމަތީގައި ހުރެ މިޝްޔާ ގޮވާލިއެވެ. މިޝްޔާގެ އަޑަށް މެހެރީން ސިހިފައި މިޝްޔާއަށް ބަލާލިއެވެ. އަދި އަވަސްއަވަހަށް މޫނުދޮންނަތަށީގެ އިސްކުރު ދޫކޮށްލުމަށްފަހު ކޯދޮވެލާ މޫނުދޮވެލައިގެން ކޮޓަރިއަށްވަނެވެ.

“މިޝްވެސް ހުންނަމެންނު ލޯގަނޑުން ފަރިބަލަން…. އެހެންވެ މަންމަވެސް ފަރިބަލާލީ މި……” ގަދަކަމުން ހިނިތުންވެލަމުން މެހެރީން ބުނެލިއެވެ. ނަމަވެސް މިޝްޔާއަކަށް މިކަމެއް ފާހަގައެއް ނުކުރެވުނެވެ. މެހެރީން އެހެން ބުނުމުން އޭނާފެށީ ހޭށެވެ.

“ދެންމެތަ ތި އައީ….؟؟؟؟ ކޮބާ ދޮންބެ….؟؟؟؟ މެންދުރު ނަމާދު ކުރިންތަ……؟؟؟؟؟ މަންމަ ބުނީމެއްނު ދަތުރު ދިޔަސް ނަމާދު ކުރަން ޖެހޭނޭ….. ދޮންބެ ނަމާދު ކުރިތަ…..؟؟؟؟؟” މުސައްލާމަތީ އިށީނދެ ފަޔަށް އިސްޓާކީނު ލައްވަމުން މެހެރީން ސުވާލުކުރަން ފެށިއެވެ.

“އެއްކަލަ މަންމަ…. ސުވާލުފޮށި ހުޅުވާލައިފި…. ހަމަ ދެންމެއޭ މިއައީ… ދޮންބެވީ ކޮޓަރީގައި…. ދަތުރު ދިޔަ އެންމެންވެސް މެންދުރު ނަމާދު ކުރި….. އަހަރެމެން ނިކަން ބަސްއަހަމޭ……” މަންމަގެ ސުވާލުތަކަށް ޖަވާބުދެމުން މިޝްޔާ އެންމެ ފަހު ޖުމްލަ ބުނެލީ ނިކަން ފޮނިވެލާފައެވެ.

“ހޫމް ދެން ތިހާ ފޮނިނުކެނޑިޔަސް ހެވޭ… ދޭ ފެންވަރައިގެން ނަމާދުކުރަން……” ދޮޅިއަޅާލުމަށްފަހު ކޮޅަށް ތެދުވަމުން މެހެރީން ބުނެލިއެވެ. މިޝްޔާ ހީލަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ.

***********************

 

ފެންވަރައިގެން އައިގޮތަށް ކޮޓަރީގައި ހުރި ސޯފާގައި އަޔާނީ އޮތީ ބޯތެތްކަމުން ހިއްކާލުމުގެ ބޭނުމުގައެވެ. ތެތް އިސްތަށިގަނޑު އޮތީ ތިރިއަށް ދޫކޮށްލާފައެވެ. ސޯފާގެ އަތްގަނޑުގައި ބޯއަޅާލައިގެން، އޭނާ އޮތީ ފޯނާ ކުޅޭށެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުގެ ސްކްރީނުގައިވާ އަފްލާކްގެ ނަން ފެނުމުން އަޔާނީގެ ކުޑަކުޑަ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވަހަށް ފޯންކޯލަށް ޖަވާބު ދިނެވެ. އަފްލާކް އެދުނީ މާދަން ނޫން އަނެއް ދުވަހު އޭނާ ފުރާގޮތަށް ހަމަޖެހިފައިވާތީ، އެރޭ ބައްދަލްކޮށްލުމަށްށެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރީއެވެ. ދެން އެހާ އަވަހަށް ނުފެންނާނެތީ، އޭނާވެސް އަފްލާކާއި ކިތަންމެހާވެސް ބައްދަލްކޮށްލަން ބޭނުމެވެ. ނަމަވެސް އެދުވަހު ދަތުރުގޮސްފައި އައިސް އަނެއްކާ ހަމަ އެރޭ ބޭރަށް ދިއުމުގެ ހުއްދަ މަންމަމެން ނުދޭނެކަން އަޔާނީއަށް ޔަޤީންވެއެވެ. އެހެންކަމުން އޭނާއަށް، އަފްލާކްގެ އެދުމާއި ދެކޮޅުހަދަން މަޖުބޫރުވީއެވެ. އަޔާނީ ވަރަށް ވާހަކަ ދައްކައިގެން އެންމެފަހުން އަފްލާކް އަޔާނީ ބުނިގޮތަށް މާދަމާރޭ ބައްދަލްކުރަން އެއްބަސްވިއެވެ.

“އެހެންވީމަ މާދަމާރޭ ދޯ ދާނީ…..” ފޯނުން ވާހަކަ ދައްކަމުން އަޔާނީ ބުނެލިއެވެ.

“ކާކާ ތި ވާހަކަ ދައްކަނީ…..؟؟؟؟ މާދަމާރޭ ކޮންތާކަށް ދާވަހަކައެއް ތި ދައްކަނީ……” އަޔާނީގެ ކޮޓަރިއަށް ވަދެގެން އައި އަމްހާއަށް އަޔާނީ އެހެންބުނި އަޑު އިވުމުން ސުވާލުކުރިއެވެ. އަމްހާގެ އަޑު ކަންފަތުގައި ޖެހޭއިރަށް އަޔާނީ ފޯނުކަނޑާލިއެވެ. އަމްހާ އޭރު ހުރީ ޝައްކުގެ ނަޒަރަކުން އަޔާނީއަށް ބަލާށެވެ.

“އެއީ ޝިއު….. މިރޭ ހިނގާލަން ދާން ހިނގާށޭ ބުނީމަ އަހަރެން މިބުނީ މާދަމާރޭ ދޯއޭ ދާނީ……” ސޯފާއިން ތެދުވެ ހަމަޖެހިލައިގެން އިށީންނަމުން އަޔާނީ ދޮގެއް ހަދާލިއެވެ. އޭރުވެސް އަމްހާ އެހުރި ގޮތަށް އަޔާނީއަށް ބަލަހައްޓައިގެން ހުއްޓެވެ.

“މަންމަ ކީއްވެ ތިގޮތަށް ތިބަލަނީ….؟؟؟؟” އަމްހާ އެގޮތަށް ބަލާތީ، އަޔާނީއަށް އުނދަގޫވާގޮތްވިއެވެ.

“ދަރިފުޅު މަންމައަށް އެއްވެސް ކަމެއް އެބަ ސިއްރުކުރަންތަ….؟؟؟؟” އަޔާނީގެ ގާތުގައި އިށީންނަމުން އަމްހާ ސުވާލުކޮށްލިއެވެ.

“އަހަރެން މަންމައަށް ކޮންކަމެއްތަ ސިއްރުކުރަން އޮންނާނީ…..” އަމްހާއަށް ނުބަލަން މަސައްކަތް ކުރަމުން އަޔާނީ ޖަވާބުދިނެވެ.

“އަސްލު  މަންމަ އަހަން މިއުޅެނީ  ދަރިފުޅު  އުޅެނީ  ކުއްޖަކާ   ރައްޓެހިވެގެންހޭ….؟؟ މަންމައަށް އެހެން ހީވާތީ….؟؟؟؟؟” އަމްހާގެ ހިތުގައި އުފެދިފައިވާ ސުވާލު ކޮށްލިއެވެ.

“މަންމަމެން ގަބޫލެއް ނޫނެއްނު އަހަރެން ކުއްޖަކާ ރައްޓެހިވާކަށް….. އެހެންވީމަ ނުވަން….” އަތުގައި އޮތް ގަޑިއާއި ކުޅެލަމުން އިސްޖަހާލައިގެން އިނދެ އަޔާނީ ބުނެލިއެވެ. މަންމައަށް ދޮގު ހަދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ އޭނާއަށް ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް އަފްލާކާއި ވަކިވާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ތެދަށް ބުނަން ނުކެރުނީއެވެ.

“ރަނގަޅު…. މަންމަމެން ބޭނުމެއްނޫން ދަރިފުޅު ކިޔަވާއިރު އެކަހަލަ ކަމެއް ކުރާކަށް…. ކުއްޖަކާ ރައްޓެހިވެގެން އުޅެންޏާ ކިޔެވުމަށް ދޭންވާ ސަމާލުކަމެއް ނުދެވޭނެ….. ދަރިފުޅު އެކަހަލަ ކަމެއް ކުރާކަން އެނގިއްޖެއްޔާ ބައްޕަ ވަރަށް ރުޅިއަންނާނެ…. އެކަން ދަރިފުޅަށްވެސް އެނގޭނެ……” އަމްހާ ބުނެލިއެވެ. އަދި އަޔާނީގާތު ސައިބޯން އައުމަށް ބުނެފައި ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

*********************

 

ބެލް ޖެހުމާއިއެކު ދަބަސް ކޮނޑުގައި އަޅުވާލަމުން ޔަލްވީ ހިނގައިގަތެވެ. ވަކި ހިސާބަކަށް ނުދެވި އުޅެނިކޮށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން އައި ޝައުން ޔަލްވީއާއި އަރާ ހަމަކުރިއެވެ.

“ހާދަ ބާރަށް ތިހިނގަނީ….. ތަނަކަށް ދާން ގަޑި ޖެހެނީތަ….؟؟؟؟” ޔަލްވީއާއި އެއްހަމައެއްގައި ހުރެގެން ދަމުން ޝައުން ސުވާލުކޮށްލިއެވެ. ޝައުނާއި ދިމާއަށް ބަލާލުމެއްނެތި، ޔަލްވީ ބޯހޫރާލިއެވެ.

“އިއްޔެ ވީ ކަންތަކާ އަދިވެސް ރުޅިއައިސްފައިތަ…..؟؟؟؟” ޔަލްވީ އަނގައިން ނުބުނެ ދާތީ ޝައުން ސުވާލުކޮށްލިއެވެ. ޔަލްވީ ދެންވެސް އަނގައަކުން ނުބުނެއެވެ. ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލީއެވެ.

“ކޮންމެވެސް ކަމެއްވެއްޖެ….. ކިތަންމެ ބަސްމަދުވިޔަސް، ޔާލް ތީ އެހެންމީހުން  ވާހަކަ ދެއްކީމަ ވާހަކަ ނުދައްކަ ހުންނަ ކުއްޖެއްނޫން……” ޔަލްވީ އެގޮތަށް ހަނުހުރުމުން ޝައުނަށް ކަމަކު ނުދިޔައެވެ.

“އަހަރެން ޝައުންއާއި ވާހަކަދެއްކީމަ އީޝާ ރުޅިއަންނަކަން އެނގެއެއްނު….. އަހަރެން ބޭނުމެއްނޫން އަހަންނާހެދި ތި ދެމީހުން ދޭތެރޭ މައްސަލަ ޖެހޭކަށް….. އެންމެން ތެރޭގައި އޭނާ އެއްޗެހި ގޮވައިގަތީމަ ލަދުގަންނާނީ އަހަރެން….. އެހެންވީމަ، އެންމެ ރަނގަޅު ގޮތަކީ އަހަރެން ޝައުންއާއި ވާހަކަ ނުދައްކާ ހުރުން……..” ގޭޓުކައިރީގައި މަޑުކޮށްލަމުން ޔަލްވީ ބުނެލިއެވެ.

“އީޝާ ވީ ކުލާހުގައެއްނު….. ކުރިއަށް އޮތް އެއްގަޑިއިރުތެރޭ އޭނަ ނާންނާނެ މިތާކަށް……” ޝައުންވެސް ޔަލްވީގެ ގާތުގައި ގޭޓުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.

“ރަނގަޅު ވާހަކައެއް ތިބުނީ…. އޭނާ ވީ ކުލާހުގައި…. އެކަމަކު އަހަންނަށް ހީވަނީ އަހަރެންނަށް ފާރަލާން އޭނަ ހުންނާނީ ޕީ.އައި އެއް ހަމަޖައްސާފަހެން….” ޔަލްވީ މިހެން ބުނުމުން ޝައުންގެ ގާތަށް ހިނިއައެވެ. ނަމަވެސް ޔަލްވީ ހުރީ ސަމާސާކުރާކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނާ ހަމަ ޙަޤީގަތުގައިވެސް އީޝާދެކެ މިހާރު ވަރަށް ފޫހިވެއެވެ.

“އަހަންނަށް އެނގޭ އިއްޔެވީ ކަންތަކާ އީޝް ޔާލްގެ ކިބައިން މާފަށް ނޭދޭނެކަން….. އެހެންވެ އަހަރެން މިއައީ އޭނާގެ ބަދަލުގައި މާފަށް އެދެން……” ހުނުން ހުއްޓާލުމަށްފަހު ސީރިއަސްވެލަމުން ޝައުން ބުނެލިއެވެ. ޔަލްވީ ޝައުނަށް ބަލާލިއެވެ.

“އަހަރެންގެ ހިތުގައި އެއްވެސް މީހަކަށް ރުޅިވެރިކަމެއް ނެތް……” މިހެން ބުނެފައި ޔަލްވީ ގެއަށް ދާން ހިނގައިގަތް ވަގުތު ދާދި ކައިރީގައި ސައިކަލެއް އައިސް މަޑުކޮށްލުމުން ބަލާލިއެވެ. ސައިކަލްގައި އިން މިޝަލް ޝައުނަށް ގޮވާލަމުން ޔަލްވީއަށް ހިނިތުންވެލިއެވެ. ބަދަލުގައި ޔަލްވީވެސް ހިނިތުންވެލިއެވެ.

“ޔާލް ކޮބާ މިޝްމެން….؟؟؟؟” މިޝްޔާމެން ފެންނަން ނެތުމުން ސްކޫލްތެރެއަށް ނަޒަރެއްދެމުން މިޝަލް އަހާލިއެވެ.

“މިޝްމެން ބިޒްނަސް ކުއިޒަށް ޕްރެކްޓިސް ކުރަން މަޑުކުރީ….. މިޝް ބަލާ ދޯ ތިއައީ….؟؟؟ ނުބުނޭތަ ލަހުން ނިމޭ ވާހަކައެއް…….” ޔަލްވީ އޮޅުން ފިލުވައިދިނެވެ.

“ނޫނޭ….. ބަލާކަށް ނޫން….. ބްރޭކަށް ދާން މިދަނީ…… ދެކުދިން މިތާ ތިބިތަން ފެނިގެން ގާތްކޮށްލީ……” މިޝަލް މިހެން ބުނުމުން ޔަލްވީ ފަރުވާތެރިކަމާއިއެކު މިޝަލަށް ބަލާލިއެވެ. އޭނާ އިނީ އޮފީސް ހެދުމުގައެވެ. ހަފޫޓްގެ އިސްކޮޅާއި ހެޔޮވަރުގެ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ މިޝަލް އިނީ ބިލަމަގުމާ ކުލައިގެ ގަމީހާއިއެކު އަޅި ފަޓުލޫނެއްލާ ހަމަ އެކުލައިގެ ޓައީއެއް އަޅައިގެންނެވެ. އެހެން އިންނައިރު އޭނާގެ ޝަޚުޞިއްޔަތު ވަރުގަދަކަމަށް ދައްކައެވެ. އަވިން ދެލޯ ސަލާމަތްކުރުމަށްޓަކައި ލޮލުގައި އަވި އައިނެއް އަޅާފައިވެއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ހުރީ ޖެލްލާ ތަތްކޮށް ކޮޅަށް ނަގާފައެވެ. ރީތި ޑިޒައިނަކަށް ހުރި ތުނބުޅި މަތިމަހުން މޫނުގެ އަލިކަން އިތުރަށް ފާޅުވެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ރީތިކަމުން މިންކުރާނަމަ ޝައުނާއި އެއްހަމައެއްގައި ވާދަކުރާހާ މިޝަލްވެސް ރީއްޗެވެ. ނަމަވެސް، ތަފާތަކީ ޝައުން ފެނުމުން ޔަލްވީގެ ހިތަށް ތަފާތުގޮތްތަކެއް ވާކަމެވެ. ޔަލްވީ ގާތުގައި ތިބި ދެޒުވާނުނަށް ބަލާލުމަށްފަހު ދަނީއޭ ބުނެލިއެވެ.

“ޔާލް އެކަނިތަ ދަނީ….؟؟؟ އާދޭ އަހަރެން ގެއަށް ލައިދޭނަން….. މިއަދު ވަރަށް ހޫނުވެސް ގަދަ….. އަނެއްކާ ގެ ހުންނަނީވެސް އެހާ ދުރުގައެއްނު….” ނިއްކުރިމަތީ ވިދަމުން ދިޔަ ދާތިކިތައް، ފަޓުލޫނު ޖީބުން ނެގި ރުމާލަކުން ފުހެލަމުން، މިޝަލް ޔަލްވީއަށް ބުނެލިއެވެ. ޔަލްވީއަށް ބަލާލެވުނީ ގާތުގައި ހުރި ޝައުނަށެވެ. އޭރު ޝައުންވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.

“ނޫނޭ…. އަހަރެން ހިނގައިދާނަން ހިނގާލާފައި….” ހިނިތުންވެލަމުން ޔަލްވީ އުޒުރުވެރިވިއެވެ. ނަމަވެސް މިޝަލް ކުރުނުކޮށް ކިޔަން ފެށުމުން އެންމެފަހުން ޔަލްވީ މިޝަލްގެ ސައިކަލް ފަހަތަށް އެރިއެވެ. ޝައުން ގާތުގައި ދަނީއޭ ބުނެ މިޝަލް ސައިކަލް ސްޓާޓްކޮށްލުމުން ޔަލްވީ އަނެއްކާވެސް ޝައުނަށް ބަލާލިއެވެ. ޝައުން ހިނިތުންވެލުމުން ޔަލްވީވެސް ހިނިތުންވެލިއެވެ. ސައިކަލް ގޮސް މަގުން ލަނބާލަންދެން ޝައުން ބަލަހައްޓައިގެން ހުރުމަށްފަހު ގެއަށްދާން ހިނގައިގަތެވެ.

 

މިޝަލް ޔަލްވީ ގޮވައިގެން ސައިކަލްގައި އައިސް ގޭދޮށަށް މަޑުކޮށްލިވަގުތުވީ، ނޫރައިން ގޭދޮރުމައްޗަށް ނުކުތް ވަގުތަށެވެ.

“މަންމާ… މީ މިޝްގެ ދޮންބެ… މިޝަލް…… މިޝަލް މީ އަހަރެންގެ މަންމަ…..” ޔަލްވީ ސައިކަލުން ފައިބަމުން މިޝަލާއި އޭނާގެ މަންމައަށް އެކަކު އަނެކަކު ތަޢާރަފްކޮށްދިނެވެ. ނޫރައިން މިޝަލަށް ބަލާލަމުން އޯގާތެރިކަމާއިއެކު ހިނިތުންވެލިއެވެ. ބަދަލުގައި މިޝަލްވެސް ހިނިތުންވެލުމަށްފަހު ދާންވެގެން ސައިކަލް ސްޓާޓްކޮށްލިތަނާ ކައިރީގައި ހުރި ފިހާރައިން ނުކުތް ނަހީކް ގޮވާލުމުން މަޑުކޮށްލިއެވެ.

“ހިނގާ ކޮފީއަކަށް ދާން….. އެބައޮތް ވާހަކައެއް ދައްކާލަންވެފައި…..” ނަހީކް އައިސް މަޑުކޮށްލުމުން މިޝަލް ބުނެލިއެވެ. ނަހީކް ބޯޖަހާލުމަށްފަހު، ސައިކަލް ފަހަތަށް އަރަމުން ޔަލްވީއަށް ނިއް އެއްލަމުން ގޮވާލިއެވެ.

 

ސައިކަލް ދުއްވާލުމުން ޔަލްވީ އުޅުނީ ގެއަށް ވަންނާށެވެ. ނަމަވެސް ނޫރައިން އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“މިޝްގެ ދޮންބެ ކީއްވެތަ ދަރިފުޅު ގެއަށްލާން އެ އައީ……..؟؟؟؟؟؟ ނޫރައިންގެ ދެލޮލުގައިވަނީ ލާނެއް ވިދުވަރެކެވެ.

“ދެން މަންމާ….. މަންމަ ތިހީކުރާހެނެއް ނޫން… އަހަރެން އެކަނި ގެއަށް އަންނަނިކޮށް ދިމާވީމަ އޭނަ އައީ އަހަރެން ލައިދޭން….” ދުވަހަކުވެސް ނޫރައިން އެކަހަލަ ވާހަކައެއް ދައްކާފައި ނުވުމުން ޔަލްވީ ރަކިވިއެވެ.

“މަންމަ ހީކުރީ…….” ނޫރައިން ބުނަން އުޅުނު ޖުމްލަ ހުއްޓާލީ ޔަލްވީ ވާހަކަ ދައްކަން ފެށުމުންނެވެ.

“މަންމަ ތިހީކުރާކަހަލަ ގުޅުމެއް ނޫނޭ ދެން…. އެއީ މިޝްގެ ދޮންބެގެ އިތުރުން ހަމައެކަނި އަހަރެންގެ އެކުވެރިއެއް… އިތުރު ގުޅުމެއް ނެތް…..” ބަސްތަކަށް ބާރުލާފައި ޔަލްވީ މިހެން ބުނުމުން ނޫރައިން ހޭންފެށިއެވެ.

“އެހެންދޯ…. ދެން، މީގެ ކުރިން ނުފެންނަ މަންޒަރެއް ފެނުނީމަ، މަންމައަށްވެސް އެހެން ހީކުރެވިދާނެތާ….” ހުނުން ހުއްޓާނުލާހުރެ، ނޫރައިން ބުނެލިއެވެ.

“ތިކަހަލަ ވާހަކަ ދައްކަންޏާ އަހަރެން ނޫޅެން މަންމައާއި ވާހަކަ ދައްކާކަށް….. މަންމަ ހުރޭ…. އަހަރެން މިދަނީ…. ނިކަން ބަނޑު ހައިވެއްޖެ…..” ބަނޑުގައި އަތްހާކާލަމުން މިހެން ބުނެފައި ޔަލްވީ ވަނީ ގެއަށެވެ. އޭނާ އުޅުންގޮތުން ނޫރައިންގެ ގާތަށް ހިނިއައެވެ.

*****************

 

“އޭ ކޮންކަހަލަ މަންޒަރެއްތަ އަހަންނަށް މިފެނުނީ…..” ކެފޭއަށްވަދެ ގޮނޑީގައި ހަމެޖެހިލަމުން ނަހީކް ސުވާލުކޮށްލިއެވެ. މިޝަލް ހިނިގަނޑެއް ޖަހާލަމުން ކަންވީގޮތް ކިޔައިދިނެވެ.

“ދެން މިހާރު އަހަރެމެން ދެއްކި ވާހަކައާއިދޭތެރޭ ވިސްނައިފިންތަ….؟؟؟؟؟؟” ކޮފީއަށް އޯޑަރު ދެމުން ނަހީކް އަހާލިއެވެ. ވެއިޓަރު ގެނައި ފެންފުޅިން ތަށްޓަށް ފެންއަޅަމުން ކޮންވާހަކައެއްހޭ މިޝަލް އަހާލިއެވެ.

“ޔާލް ސެޓްކުރާ ވާހަކަ….” ނަހީކް އޮޅުންފިލުވައިދިނެވެ.

“އަނހާ….. ތިކަމާވެސް އެބަ ވިސްނަން….. އަސްލު އަހަރެން މިއައީ ތިވާހަކަ ދައްކާކަށް ނޫން……” މިޝަލް މިހެން ބުނުމުން ނަހީކް ބަލާލީ ކޮންވާހަކައެއްހޭ އަހާލާފަދައިންނެވެ.

“ޝިއުގެ ވާހަކަ ދައްކަން…..” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޝަލް ބުނެލިއެވެ. މިޝަލް މިހެން ބުނުމުން ނަހީކްގެ މޫނުމަތިން ހައިރާންކަން ފެނިގެންދިޔައެވެ. އަދި ޝިއުރީގެ ކޮންވާހަކައެއްހޭ އަހާލިއެވެ.

“ނަހީކްއާއި ޝިއުގެ ގުޅުން ކިހިނެއްތަ….؟؟؟؟” މިޝަލްގެ ސުވާލުން ނަހީކްގެ ހައިރާންކަން އިތުރުވިއެވެ.

“ރަނގަޅު” އެ ހައިރާންކަންމަތީ އިނދެ ނަހީކް ޖަވާބުދިނެވެ.

“އަހަރެން މިވާހަކަ ދެއްކީމަ ނަހީކް ރުޅި ނާންނައްޗޭ…. ނަހީކަށް ތިގުޅުން ރަނގަޅުހެން ހީވިޔަސް، އަހަންނަކަށް ހިޔެއްނުވެ ތިގުޅުން ރަނގަޅުހެނެއް….. މިޝްއާއި، ޔާނީއާއި، ޝިއުގެ ކަންތައްތައް އަހަންނަށް ކައިރިން ފެންނާތީ، ވަރަށް ރަނގަޅަށް އެމީހުން އެނގޭ…… މިޝްމެން އެމީހުންގެ ލޯބިވެރިންނާއިއެކީ އުޅެނީ ވަރަށް އުފަލުން… އެކަމަކު، ޝިއު އަބަދުވެސް ދެރަވެފައި ހުންނަކަން އަހަންނަށް ފާހަގަކުރެވޭ…. އަހަންނަށް ހީވަނީ ނަހީކަށް ޝިއުއަށް ބޭނުންވާ ވަރަށް ވަގުތު ނުދެވޭހެން…. އަނެއްހެން ބުނަންޏާ ރަށަށް އަޔަސް ނަހީކް އަބަދުހެން ތި އުޅެނީ އެކުވެރިންނާއިއެކީ ނޫނީ ފުޓްބޯޅަ ކުޅުމުގައި….” މިޝަލް ދައްކަން ބޭނުންވާ ވާހަކަ ދައްކާ ނިމުމުން ނަހީކަށް ބަލާލިއެވެ. އޭރު ނަހީކް އިނީ ކޮފީތަށީގައި ދެ އަތުން ހިފަހައްޓާލައިގެންނެވެ.

“ރަނގަޅު ވާހަކައެއް މިޝަލް ތިދެއްކީ…. އަސްލު އަހަންނަށް ޝިއުއަށް ވަރަށް ކެއަރ ނުކުރެވޭ…. ތަންކޮޅެއް ފަރުވާ ކުޑަވީމަ ވާގޮތް….. މިޝަލް ތިބުނާހެން އަހަންނަށްވެސް މިހާރަކަށް އައިސް ފާހަގަވޭ ޝިއު ދެރަވެފައި ހުންނަކަން…. ސުވާލުކޮށްލީމަ ބުނާނެ ކަމެއް ނުވެއޭ…. އެކަމަކު އެނގޭ އަހަރެންގެ ސަބަބުންކަން…. ދެން އެކަމު އެހެނެއްނުވާނެ…. ޝިއު ބޭނުންވާގޮތަށް ދެން އަހަރެން އޭނައަށް ވަގުތު ދޭނަން…..” ނަހީކް ވާހަކަ ދައްކާ ނިމުމުން މިޝަލް ހިނިތުންވެލިއެވެ. ކިތަންމެ ހިތްދަތިވިޔަސް ޝިއުރީގެ އުފަލަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވާންވެސް މިޝަލް ހުރީ ތައްޔާރަށެވެ. އަމިއްލަ ހިތްމަތީ، ހިލަބާއްވަން ޖެހުނުކަމުގައިވިޔަސް ވެހެވެ.

*****************

 

“ދައްތާ…. ކޮބާތަ ޔާނީ…..؟؟؟؟ ބޭރުން ގެއަށް ވަދެގެން އައި ހުސްނާ، ބޮޑުކޮޓަރީގައި ޓީ.ވީ ބަލަން އިން އަމްހާ ގާތުގައި އަހާލިއެވެ. އަމްހާ ހުސްނާއަށް ބަލާލަމުން އަޔާނީވީ ޝިއުރީމެންނާއިއެކު ހިނގާލަން ގޮސްކަމުގައި ބުނެލިއެވެ.

“އެހެންވީމަ އެ ފަރީޝާ އެކީ ރަނގަޅު އެއްޗެއްތާ…. ދެންމެ ވާދީ ފިހާރައިން އޭނައާއި ދިމާވެގެން ބުންޏޭ، ޔާނީ އެބައިނޯ ފިރިހެންކުއްޖަކާއި އެކީ ދެކުނުފަރާތު އަތިރިމަތީހުރި ޖޯލިތަކުގައި….” ހުސްނާ މިހެން ބުނުމުން އަމްހާ ޓީ.ވީ ނިވާލަމުން އޭނާ ދެއްކިވާހަކައާއި ދޭތެރޭ ވިސްނާލިއެވެ.

“ހުސްނާ…. ވެދާނެ ތީ ތެދު ވާހަކައަކަށްވެސް….. ރޭގަ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަމުން ޔާނީ އިވޭ ބުނާއަޑު މާދަންރޭ އޭ ދާނީ…. އަހަންނަށް އޭރުވެސް ޝައްކުވެގެން ވަރަށް ސުވާލުކުރިން…. އެކަމަކު ބުންޏޭ އެކަހަލަ ގުޅުމެއް ނުހިންގަމޭ….. ހުސްނާއަށް އެނގޭތަ ޔާނީ ކައިރީގައި އިނީ ކޮން ސޮރެއްކަން…..” އިތުރަށް އޮޅުން ފިލުވުމުގެ ބޭނުމުގައި އަމްހާ ސުވާލުކޮށްލިއެވެ.

“ކަރީމްބެ ގޯއްޗާ އުޅެއެއްނު ނިކަން ދޮން ސޮރެއް…. އެ ސޮރު ދުއްވާ ސައިކަލު ހުއްޓޯ އެތާ ތަންކޮޅެއް ދުރުގައި…. އެކަމަކު، އަނދިރިކަމުން ޔާނީ ގާތުގައި އިނީ ކޮން ސޮރެއްކަމެއް ނޭނގެއޯ” ހުސްނާ އޮޅުންފިލުވައިދިނެވެ.

“ހޫމް އެނގިއްޖެ އެސޮރަށް ކިޔަނީ އަފްލާކް….. އޭނައަށްވެސް އެނގުނީ މަގޭ ދަރި ދޯ މިއޮށްބޮޑު ރަށުން އަތުއަޅުވާލަން….. ހުސްނާ، ހިނގާބަލަ އެޖޯލިފަތިތަކާ ދިމާއަށް….. ފަރީޝާ އެބުނީ ތެދަކަށްވެއްޖެއްޔާ، އަޔާނީއަށް މިރޭ ކުޅި ދައްކާލާނަން……” އަމްހާ ސޯފާއިން ތެދުވެގެން ބޭރަށް ދާން ހިނގައިގަތުމުން، ހުސްނާވެސް އޭނާގެ ފަހަތުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (73)

  1. Eemyaa

    Hei All, 🙂
    Mi part ves kamudhaane kamah ummeedhu kuaran. kusheh fenijjaa rangalhu kohlai dhinun edhen 🙂
    Have a nice day 🙂

  2. Coco

    I m first kiyaafa comment kuraanan

    1. Coco
      Coco

      Oh no dhn yaany ah ehn nuhadha n yaal aa Shaun plx plx

    2. Eemyaa
      Coco

      Yes u r first Coco ?
      Hehe.. Coco angaalaba yaanee ah mom dhaa vaahaka ?

  3. Miny

    story varah nice.

    1. Eemyaa
      Miny

      Thanks Miny ☺

  4. shu....

    Hei…mi part ves v v v v nice…dhn vaane gothaamedhu visnenyyy…waitinh for next part…….???????

    1. Eemyaa
      shu....

      Thanks shu ☺
      Hehe dhn vaagothehves balaalamaa dho shu ?
      Thanks alott dear ?

  5. song joong ki..KOREAN

    v salhi mi partx. alhey eulheny bust vaan tha anehkaa ayaany men. next part ah waiting 🙂 😀

    1. Eemyaa
      song joong ki..KOREAN

      Thanks song ☺
      Vedhaane ehn ves..? lets see dw

  6. Maahy❤

    Yaani gaiga mihaaru iloshifathin kaaneyngey jahaany ?
    Anyways mi part Vx v salhi… Ekm kurin part thakah vure kuruhen heevey
    ???

    1. Eemyaa
      Maahy❤

      Maahy nufennathaa dhuvaskolheh vejje dw
      Ahdi e ulheny e hisaabah ves nugohennu hehe
      Thanks ☺ n v happy vejje maahy ge comment eh fenunyma ?
      Heeveytha kuruhen bt fudhey varakah dhigukoh hen heevi liyevuny ?

  7. ????

    Story varah habeys ?? … yaaneee. …. kon iraku tha next part? ???? Waitingssss???

    1. Eemyaa
      ????

      Thanks dear ☺
      Next part on Saturday ?

  8. khajja

    Oh wow.masha allah v rythi v furihama. E ulhen bust vaan dhw dhen kihineiybaavaany dhw imaagin ?? when nxt prt avas kollachchey v wait ingey ly ???❤❤❤❤???????????

    1. Eemyaa
      khajja

      Oww thanks khajja ??
      Dhn vaagotheh ves balan jeheynyy
      Neyge amhaa hadhaalaane gothehves kiki ?
      Next part on Saturday ??
      Ly too ☺

  9. sha

    Varah salhi 🙂 hama maazee hadhaanvanee

    1. Eemyaa
      sha

      Thanks sha ?
      Asluvestha?? anekka sha ves mom aa sirrun meet kuran gos ulhenikoh bust v tha?? ?
      Hehe jst joking ingey.. dnt take it serious ☺☺

  10. READER

    wow v salhi mi part vex waiting for next part

    1. Eemyaa
      READER

      Thank you READER ??

  11. naxema

    cool part e kamu yaal a shaun dwoo….so saide waiting for next part

    1. Eemyaa
      naxema

      Thanks naxema ?
      Dho ?

  12. Aif

    Ayaany nd aflaak dhuve rakkaavey avahah… Mommy coming with iloshifathi????????

    1. Eemyaa
      Aif

      Hehe Aif, yaany mennah adu ivey varah govaalaba ??

  13. Zish

    Yaany…avahah filaaaaaa….eem avahah shiumen gendhaba ethenah…vvvv reethi…

    1. Eemyaa
      Zish

      Haha..?? mifaharu neyge amhaa kuraanee keeh kameh ves.. ehaa ves rulhi aissa e hury ?

  14. Merr

    Shiu aai gulhenee hama mishal ❤

    1. Eemyaa
      Merr

      Dww Merr ☺
      Dhera ee shiu naheek aa gulhigen ulheytheenu ?

  15. Zish

    Aan dhw..ehenny vaany yaany ves dhogu hadhanya…hehehehe…mifaharu amhaage faivaanuge varugadhakan dhakkadheyne kanneyge..aflaak avahah rakkaavey …maidhaitha thioh dhany faivaan kiba hifaigen…hihihiihihihi…

    1. Zish
      Zish

      ehennu*

    2. Eemyaa
      Zish

      Asluves ey dw.. dhogu hadhanyaa ehn vaany
      Hehe neyge afoo ah vaanee kihineh kameh vess hama gaimuvess amha ehury v rulhi aisfa ??

  16. naaanu

    Wallahi.yaanyge dhuvas dhiae ?btw varah loabi vaahaka.mishal haadha loabi ey.shiu ahttakaa sacrifice vany.heheh.shaun ge pov ves gennachey. I guess shaun ves ei story ge eh bathol kanne dho?

    1. Eemyaa
      naaanu

      Haha ??
      Thanks naaanu ?
      Asluves dw.. mishal shiu dheke vany hageegee loibey kiki ❤❤
      Kuriah oiythaa shaun ge pov ves kiyaalan libeyne ?
      In Sha Allah

  17. Shin

    Mi vahakayah kuraa furathama comment.. comment nukuriyas vahaka kiyan..vahaka v reethi.. dhen kihineh ba vaani enehka ehnbaehbaa e joalifatheega thibeyni

    1. Eemyaa
      Shin

      V ufaavejje Shin vaahaka kiyaathy n comment kohleetheeves ☺☺☺
      Thanks alott ?
      Hehe dhn vaa gotheh ves balamaa dw ?

  18. Lucifer

    V reethi. Dhenme mi nimunee hurihaa part eh kiyaa

    1. Eemyaa
      Lucifer

      Thanks Lucifer ☺☺☺
      V ufaavejje vaahaka kiyaaleema ?

  19. ???

    Vvvv rythi alhey e 2myhunn ethaa thibaa nufehnaathiii? Eemyaa vv baraabar?vaahaka baraabarah nereythii☺☺?

    1. Eemyaa
      ???

      Thank you dear ???
      Haha dear thankolheh baarah govaalaa.. eyrun amhaa men dhaan vaa irah yaanee men filaafaane kiki jst joking ingey ??
      Thanks ? bodu kameh dhima nuvanya buna dhuvahah up kohladheveytho kuria ah oiy thaa ves eem v try kuraanan ☺

  20. Kimmi

    Varah salhi mi story

    1. Eemyaa
      Kimmi

      Thanks kimmi ???

  21. Sidhu

    Konme dhuvahaku up vaane nama a hithah araa kiyaa hithun abadhuvex up veythoa balaala balaala hurevenyvex…bt busy kamun koment lahun mi kureveni. …

    1. Eemyaa
      Sidhu

      Oww thanks Sidhu ☺☺☺
      Life ga kanthah hunna gothun aslu mikamah gina vaguthu dheveykah nove ehnve knme dhuvahaku up nukureveny
      Avahah kurevunas lahun kurevunas vaahaka aa medhu dhekey gotheh bunela dheefiyya eem hiyyhama jeheyne ☺

  22. Ram

    Neheee… ayaaany filaa.. adu iveytha eba.. shiu mn geah dhuveyy avas kureyy.. ehennoony ladhu gannaaneyy… hehehe… hama habbu.. waiting for next part ???

    1. Eemyaa
      Ram

      Hehe Ram gadha ingey ??
      Thanks alott dear ☺☺☺

    2. Ayaanee
      Ram

      E kihkuraashw filanee. …. anehkaa kihineh v ram?????

    3. Eemyaa
      Ram

      Ram, Ayaany ah adu ivvijje ???

    4. Ram
      Ram

      Anhaa… ayaany ah adu ivijje… yayy… ayaany mom eba dheyey thi huri thaneh balan.. ehnveyey… hihi ?

    5. ????
      Ram

      Huvaa tha???

    6. ????
      Ram

      Ram vx hingaa ayaanee safe kohdhen… with me???

    7. Ram
      Ram

      Avahah hingaa ???

  23. Azu

    Alhey….kurin mamma menah vagah bitun nagaigen ulhey handhaan vee hama…..??shiury kanbulo avahah dheybala yaanee kairiyah…ekuhjaa fulhu ehaa avahah bust kih nulahchey….vaahaka vv rethi…..??

    1. Eemyaa
      Azu

      Haha Azu ves dww??
      Thank you ???

  24. Nix

    Bilimagu maa kulayaky kn kulaeh kan bunedhyfaanantha?? Maroon or red … anyway story v v v v salhi ????❤❤❤

    1. Eemyaa
      Nix

      A e Maroon kula
      Thanks Nix ???

  25. Ryyko

    Interesting??v reethi story.. Waiting for the next part…??

    1. Eemyaa
      Ryyko

      Thanks Ryyko ???

  26. m

    dhn hama kei nuvi ey comment eh nukoh… v v v rythi mi story…

    1. Eemyaa
      m

      Oww thanks m ???

  27. click a shot ?

    Varah loabi mi part ves??…alhey yaany is getting…BUSTED…don’t do that Eemyaa?…aww pure ayaany..?..she’ll be beaten black and blue ??

    1. Eemyaa
      click a shot ?

      Thanks click ???
      Hehe bas naahanyaa bust ves vaanu kiki ??

    2. click a shot ?
      click a shot ?

      Hehe…yaa dhw ayaany ma bodhah ves basnaahanyey??

    3. Eemyaa
      click a shot ?

      Haan kiki ?

  28. Shafu

    Wow….I realLy lOve thIs stOry…knme dhuVahakU uP vaaNe nAma…?????

    1. Eemyaa
      Shafu

      Thanks Shafu ???

  29. Navya

    Subbooo ayaani ah kulhi samaa dhahkaalaanethaa?v dhera. .bt vaahaka vvv reethi ❤

    1. Eemyaa
      Navya

      Kiki ??
      Thanks Navya ???

  30. Yaal

    Ayaanee bust viya nudheh chay annahkkaa. Next part aa jehigen anna part annaanee kin irakun tha Eemyaa

    1. Eemyaa
      Yaal

      Kiki vaaotheh balamaa dw ?
      Next part tomorrow ga
      Dhn jehigen inna part Monday ga
      In Sha Allah
      Bodu kameh dhima nuvanya mi buni gothah genesdheynan ☺☺

  31. Suha

    Nice story.. Cnt Waiting for de next part…

    1. Eemyaa
      Suha

      Thanks Suha ??
      Next part maadhamaa ☺

  32. Adha?

    Vvvvvb reethi mi part ves.. ayaanee thithanun dhuvey?

    1. Eemyaa
      Adha?

      Thanks Adha ???
      Hehe

Comments are closed.