Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ނުވަވަނަ ބައި)

“މިޝް ނުރޮއެ ބުނެބަ ވީގޮތެއް…..” ރޮމުން ދިޔަ މިޝްޔާގެ ބުރަކަށީގައި ފިރުމާލަމުން ޒިކާން ބުނެލިއެވެ. މިޝަލްގެ ގައިން ދޫކޮށްލަމުން މިޝްޔާ، ވީގޮތް ކިޔައިދޭން މަސައްކަތްކުރިއެވެ.

“އަންނަނީ…. އޭތި…. އޭތި……” ކުއްލިއަކަށް ހުރެފައި އަޔާނީ ގަސްތަކާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަފްލާކްގެ ފުރަގަހަށްވަދެ، އޭނާގެ އަތުގައި ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާ ބާރުކޮށްލިއެވެ. އޭރު އޭނާއަށްވެސް ރޮވިއްޖެއެވެ. އަޔާނީގެ އަޑަށް އެންމެން އެދިމާ ބަލާލިއެވެ. ގަސްތަކުގެ ތެރެއިން ނުކުތް ބިރުވެރި ސިފައެއްގައި ހުރި މަހްލޫގު ފެނުމުން އެންމެންވެސް ޖެހިލުންވިއެވެ.

 

ނަމަވެސް، ދެވަނަ ސިކުންތުގައި އެންމެންވެސް ހަމައަކަށް އެޅުނީ، އޭތީގެ ފަހަތުން ގަސްތަކުގެ ތެރެއިން ނުކުތް އިޔާޒް، އޭތީގެ ކޮނޑަށް އަތްލައިގެން އެދިމާއަށް އަންނަންފެށުމުންނެވެ. އިޔާޒްގެ ކައިރީގައި ހުރީ ބިރުވެރި އެއްޗެއް ނޫންކަން އެމީހުނަށް އެނގުނީ ނާހިލް އޭނާގެ މޫނުގައި އަޅާފައި އޮތް މާސްކާއި ބޮލުގައި ޖަހާފައިހުރި ވިގް ނެގުމުންނެވެ. އެހިސާބުން އެންމެންނަށްވެސް އެއީ އިޔާޒާއި ނާހިލްގެ ރޭވުމެއްކަން އެނގިގެން ދިޔައީ، ހެވިފައިތިބެ ދެމީހުން އަތް ޖަހާލުމުންނެވެ.

“ޔާނީ ދެލޯ ހުޅުވާލަބަލަ….. އެއީ ބިރުވެރި އެއްޗެއް ނޫނޭ…. ނާހިލް….. ޔާނީމެން ބިރުގަންނަވަންވެގެން އިޔާމެން ކުރިކަމެއް އެއީ….” ދެލޯމަރައިގެން ހުރި އަޔާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އަފްލާކް ބުނެލީ ނުހަނު ލޯބިންނެވެ. އަޔާނީ ދެލޯ ހުޅުވާ ބަލާލިއެވެ. ލާނެއްގޮތަކަށް ހީގަނެގެން ހުރި އިޔާޒް ފެނުމުން، އައިރުޅިން އޭނާގެ ނިއްކުރިއަށް ރޫތައް ގިނަވެގެން ދިޔައެވެ. ދެން ފެނުނީ ދުންޖަހާފައި  ދިޔަގޮތަށްގޮސް އިޔާޒްގެ ގައިގައި ބޮނޑިއެއް އަޅުވާލިތަނެވެ. ދެވަނަ ބޮނޑިއެއް އަޅުވާލަން އަތްމަޅާލިތަނާ އަފްލާކް އައިސް އަޔާނީ ހުއްޓުވިއެވެ. އަދި އޭނާ ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.

 

“އޭ ހިނގާ ކުޅެން ފަށަމާ…..” ކުޅުން ހުއްޓާލާފައި އައިސް ތިބި ކުދިންގެ ތެރެއިން ކުއްޖަކު މިހެން ބުނުމުން ދެން ތިބި މީހުންވެސް އޭނާގެ ފަހަތުން ދިޔައެވެ.

“އަހަރެން މިދަނީ ކުޅެން އިނގޭ…..” އަތުގައި އޮތް ގަނޑުފެންފުޅި ޝިއުރީގެ އަތަށް ދެމުން ނަހީކް ބުނެލިއެވެ. ހިތާ ދެކޮޅަށްނަމަވެސް ޝިއުރީ ބޯޖަހާލިއެވެ. އޭރު ޝައިމަންވެސް ކުޅެން ތިބި ކުދިންގެ ގާތަށް ގޮއްސިއެވެ.

“އޭ ޒީކް ހިނގާ ދާން….” މިޝްޔާގެ ގާތުގައި އިށީނދެގެން އިން ޒިކާނަށް ގޮވާލަމުން ނަހީކް ބުނެލިއެވެ. ނަމަވެސް ޒިކާން ދާޚިޔާލެއް ނުކުރިއެވެ. މިޝްޔާއާއިއެކު ވަގުތު ހޭދަކޮށްލަން ބޭނުންވާކަމަށް ބުނުމުން ނަހީކް އޯކޭއޭ ބުނެ ކުޅެން ދިޔައެވެ. ޒިކާން މިޝްޔާއާއިހެދި އުޅޭގޮތް ފެނުމުން ޝިއުރީ ދެރަވިއެވެ. އޭނާއަށްވެސް މިވަގުތު ކޮންމެވެސް މީހެއްގެ އެހީތެރިކަން ބޭނުމެވެ. ނަމަވެސް ނަހީކަށް މިވަގުތުވެސް މުހިންމުވީ ފުޓްބޯޅައެވެ. ޝިއުރީގެ ލޮލުން ނީރާލި ކަރުނަތިކި އެހެން މީހަކަށް ނުފެންނާނެހެން އަތުގެ ނުފުށުން ފުހެލިއެވެ. އަދި އެތަނުން ތެދުވެގެން ހިނގައިގަތެވެ. ދުރުގައި މިމަންޒަރު ބަލަންހުރި މިޝަލަށް ކަންތައްތަށް ނަގައިގަންނާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ޝިއުރީ ދެލޯ ފުހެލިތަންވެސް މިޝަލަށް ރީތިކޮށް ފެނުނެވެ. ޝިއުރީ ދިޔަ ދިމާއަށް ބަލަން ހުރެފައި މިޝަލްވެސް ހިނގައިގަތީ ކުޅެން ތިބި ކުދިންތަކާ ބައިވެރިވާށެވެ.

 

*******************

 

“އަލަށްތަ މިކަހަލަ ފަސްގަނޑެއްގަ ތިހިނގަނީ…..” އޮލަ ފަސްގަނޑުގެ ތެރެއަށް ފައިގަންބަމުން ކުޑަކުއްޖެއްހެން ހިނގަމުން ދިޔަ ޔަލްވީގެ ހަރަކާތްތަކަށް ބަލަން ހުރި ޝައުން އަހާލިއެވެ. ވާނީވެސް އެހެންތާއެވެ. ޔަލްވީގެ ޙަރަކާތްތައް އެހެންދުވަސްތަކާއި މިއަދާއި ހާސްބައި ތަފާތެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށްނަމަވެސް ލިބުނު މިނިވަންކަމުން ޔަލްވީ ދިޔައީ ހިތްހަމަޖެހުން ހޯދަމުންނެވެ.

“އަލަކަށްނޫން…. އެކަމަކު ވަރަށްގިނަ ދުވަސްވެއްޖެ މިކަހަލަ ރީތި ފަސްގަނޑެއްގައި ހިނގާލުމުގެ ފުރުސަތެއް ނުލިބެނީ… އެހެންވީމަ އެންމެ ފުރިހަމަ ގޮތުގައި ފުރުސަތުގެ ބޭނުން ހިފަންވާނެއެއްނު….” ޔަލްވީ މަޖާވެލާފައި ބުނެލިއެވެ. ބަދަލު އައިސްފައިވަނީ ހަމައެކަނި ޔަލްވީގެ ޙަރަކާތްތަކަކަށް ނޫނެވެ. އޭނާގެ މިޒާޖާއި ވާހަކަދެއްކުންވެސް އެހެން ދުވަސްތަކާއި ތަފާތުކަން އެވަގުތު ޝައުނަށް ފާހަގަ ކުރެވުނެވެ.

“ހަހަހާ….. ގޯހެއް ނޫން” ޔަލްވީގެ ޖަވާބު އިވުމުން ޝައުންގެ ގާތަށް ހިނިއައެވެ. ޔަލްވީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ މިޔުޒިކެއް ފަދައިން އިވެމުންދިޔަ ހުނުމުގެ އަޑުންނެވެ. ރާޅުޖަހާފަށުގައި މަޑުކޮށްލައިންހުރެ، ހެވެމުންދިޔަ ޝައުންގެ ފައިގައި ބޮސްދިނުމަށްފަހު ރާޅަކަށްފަހު ރާޅެއް ދާ މަންޒަރު ޔަލްވީއަށް ވަރަށް ހިތްގައިމުވިއެވެ. ޝައުންގެ ފައިގައި ބޯކޮށް ފަޅާފައިހުރި އިސްތަށިތައް ތެމުމުގެ ސަބަބުން ފައިގައި ތަތްލަވާފައިވާ މަންޒަރު ފެނި، ޔަލްވީއަށް އޭނާގެ ހިއްސުތައް ކޮންޓްރޯލްކުރުންވީ އުނދަގޫކަމަކަށެވެ.

 

“ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާކަން އެބަ އެނގެއޭ…..” ޝައުންގެ ހަރަކާތްތަކަށް ގެއްލިފައި ހުރި ޔަލްވީ، ސިހިފައި ފަހަތް ބަލާލީ އީޝާގެ އަޑު އިވުމުންނެވެ. އޭރު ގަސްތަކުގެ ތެރެއިން ނުކުމެގެން އައި އީޝާއާއި، ޖިނާ ޔަލްވީއާއި އަރާ ހަމަކުރަނީއެވެ.  މޫނު ކުނިކޮށްލައިގެން ހުރި އީޝާ ފެނުމުން ޝައުންވެސް ހުނުން ހުއްޓާލިއެވެ. ޔަލްވީއާއިއެކު ހުއްޓާ އީޝާއަށް ފެނުމުން ވަރުގަދަ ތޫފާނަކާ ކުރިމަތިލާންޖެހޭނެކަން އެނގުމުން ބޯކަހާލިއެވެ. ޝައުން ކުރިމަތީގައި ތިބި ތިން އަންހެންކުދީންނަށް ވަކިވަކިން ބަލާލިއެވެ. ޔަލްވީގެ ޙާލަކީވެސް އެއީއެވެ. ޔަލްވީއަށްވެސް މިހާރު އީޝާގެ ގޮތް ރަނގަޅަށް އެނގޭތީ ބޮޑު ކަންތައްގަނޑެއް ހިންގާލާނެކަން ޔަޤީނާގާތަށް އެނގެއެވެ. ބިންގަނޑުފަޅާލާފައި އަޑިއަށް ދެވޭނެ ނަމައޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ.

“އަހަރެންނާ އެކީ ހިނގާލަންދާން އަންނާށޭ ބުނީމަ  ނާދެވުނު ސަބަބަކީ މިއީދޯ…..؟؟؟؟؟” ދަތްވިކާލަމުން ޔަލްވީއަށް ކަޅިއަޅާލި އީޝާ ހީވީ، ދެންމެ ދެންމެ ޝައުންގެ ގަޔަށް ބޮލަށް އަރައިގެންފާނެހެންނެވެ. ޖެހިލުންވެފައިހުރި ޔަލްވީއަށް ބަލާލެވުނީ ޝައުނާއި ދިމާއަށެވެ.

“އިޔާޒް ކިޔާވަރުން އޭނައާއިއެކުއޭ އަހަރެން އައީ…. ކޮންތާކުން އީޝް ތިއައީ؟؟؟؟؟” އެވަގުތުކޮޅުވެސް ޝައުންބެލީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލެވޭތޯއެވެ. ނަމަވެސް އީޝާ އެއަށްވުރެ މާ ހުޝިޔާރެވެ.

“އާހަހަހާ…. ރީއްޗެއްނު ވާހަކަ….. ބަލަ މީތަ ތިބުނާ އިޔާޒަކީ….. ޝައުންއަށް މިހާރު އިޔާޒްވެސް ފެންނަނީ މިހިރަ އަންހެނާގެ ސިފައިގައިތަ…….؟؟؟؟؟” އީޝާ އަނެއްކާވެސް ޔަލްވީއަށް ކަޅިއަޅާލިއެވެ. ޔަލްވީހުރީ، އިސް އުފުލާ އީޝާއަށް ބަލާލަންވެސް ނުކެރިފައެވެ.

“އަހަރެން އައީ އިޔާޒްއާއި އެކީއޭ… ވަކި ހިސާބަކަށް އައިއްސަ އޭނަ ޔާނީމެންގެ ފަހަތުން ދިޔައީ….. ދެން…..”

“ދެން ފުރުސަތަށް ބަލަބަލާހުރި ކާޅުގަނޑު ޝައުންގެ ފަހަތުން އަޅުވާލީ ދޯ……” ޝައުން ވާހަކަ ދައްކާ ނުނިމެނީސް އީޝާ ބުނެލިއެވެ.

“އަހަންނަށް އޭރުވެސް ހީވިއޭ މި ކާޅުގަނޑު ޝައުންއަށް ފާރަލާނޭ……..” އީޝާ ޔަލްވީގެ ކޮނޑުގައި އަތްއަޅުވާ ކޮއްޕާލިއެވެ. ނުވިސްނާ ހުރި ޔަލްވީ ފައި ކައްސާލުމުން ވެއްޓުނީ މޫދުގެ ރާޅުޖަހާހިސާބަށެވެ.

“އީޝާ….. އެނގޭތަ ތި ކިޔޭ އެއްޗެއް….” އީޝާގެ ބަހުރުވަ ހުރި ގޮތުންނާއި، ޢަމަލުތައް ހުރިގޮތުން ޝައުންގެ ގާތަށް ރުޅިއައެވެ. އޭނާ ހިތްހަމަނުޖެހިފައިހުރެ އީޝާއަށް ބަލާލިއެވެ. އަދި ވެއްޓިފައި އިން ޔަލްވީގެ އަތުގައި ހިފައި ނެގިއެވެ. އޭރު ހަދާނެގޮތެއް ނޭނގިފައި ހުރި ޔަލްވީއަށް ހުރީ ރޮވޭވަރުވެފައެވެ. ޝައުން ހިނގައިގަތުމުން އީޝާ ޝައުންގެ އަތުގައި ހިފައި ހުއްޓުވަން އުޅުނެވެ. ނަމަވެސް އައިސްފައިހުރި ރުޅިން ޝައުން އީޝާގެ އަތްފޮޅުވާލިއެވެ. އެކަމުގެ ރުޅިވެސް އީޝާ ބޭލީ ކުށެއް ނެތް ޔަލްވީއަށެވެ. އެއަށްފަހު ޝައުނަށް ގޮވަމުން އޭނާގެ ފަހަތުން ދިޔައެވެ. ޖިނާވެސް ފޫހިގޮތަކަށް ޔަލްވީއަށް ބަލާލުމަށްފަހު އީޝާމެންގެ ފަހަތުން ހިނގައިގަތެވެ. ހިނގައިދިޔަ ކަންތަކާ ދެރަވެފައި ހުރި ޔަލްވީވެސް، މަޑުމަޑުން އެމީހުންގެ ފަހަތުގައި ހުރެގެން ދިޔައެވެ.

 

“ޝައުން މަޑުކޮށްބަލަ….. އަދިވެސް ރުޅި އަންނަންވީ ޝައުންތަ….؟؟؟ ޝައުންގެ ފަހަތުން ދުވަމުންކަހަލަ ގޮތަކަށް ދަމުން އީޝާ ގޮވާލިއެވެ. ނަމަވެސް ޝައުން އަޑުއިވޭކަމަށްވެސް ނަހަދައެވެ. އޭރު އެމީހުންނަށްވަނީ މިޝަލްމެން ތިބި ދިމާއަށް އާދެވިފައެވެ.

********************

 

“ޔާނީ އަވަސްކުރޭ އިޔާ އެބައާދޭ މިދިމާއަށް…..” އިޔާޒަށް ފާރަލާން ހުރި މިޝްޔާ މިހެން ބުނުމުން އަޔާނީގެ ޙަރަކާތްތައް އިހުނަށްވުރެވެސް އަވަސްކޮށްލިއެވެ. ކޮނުނު ވަޅުގަނޑުމަތީގައި ގޯންޏެއް އަޅާލުމަށްފަހު މިޝްޔާގެ އަތުގައި ހިފައިގެން ދުވެފައި ގޮސް މަގޫގަހެއްގެ ނިވަލަށްވަދެ ތިބީ އިޔާޒް އަންނަންދެނެވެ.

ވަޅުގަނޑާ ދާދި ގާތަށް އާދެވުނުތަނާ ޝައުން ގޮވާލުމުން އިޔާޒް ހުއްޓުނެވެ.

“އޯ ޝިޓް….. ޝައުނަށްވެސް އޭނަ ހުއްޓުވަން އެނގުނީ މިގަޑީގަތަ…..؟؟؟؟؟؟” ބޮލުގައި މަޑުމަޑުން އަތުން ޖަހާލަމުން އަޔާނީއަށް ބުނެލެވުނެވެ.

ޝައުން އައިސް އިޔާޒާއި އަރާހަމަކުރުމުން ދެމީހުން އެކީ އެއްގަމަށް އަރަން ހިނގައިގަތެވެ. ދެމީހުން ހިނގައިގަތްއިރު ވަޅުގަނޑާވީ ފަރާތަށް ހުރެވުނީ ޝައުނަށެވެ. މިޝްޔާއާއި އަޔާނީ އެކަކު އަނެކަކަށް ބަލާލުމަށްފަހު، ޝައުންމެނަށް ބަލާލިއިރު ދެމީހުން ތިބީ ސަހަރޯ ކިޔަކިޔައެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. ވަޅުގަނޑާ ދާދި ގާތުގައި ފައި އަޅާލާފައި ދެވެރިން އެއްގަމަށް އަރައިގެން ދިޔަތަން ބަލަންތިބި އަޔާނީމެނަށް ފުންނޭވާއެއް ލެވުނީ އިޔާޒަށް ދޭން އުޅުނު ލަނޑު ކިރިޔަ ކިރިޔާ ޝައުނަށް ނުލިބި ސަލާމަތްވުމުންނެވެ. ހަމައެއާއިއެކު ދެމީހުންގެ މޫނުމަތިން މާޔޫސީގެ އަސަރުވެސް ފާޅުވެގެން ދިޔައެވެ. އެހާވަރުން އިޔާޒަށް ލަނޑެއް ދޭން ރޭވުމުން އެކަން ކާމިޔާބު ނުވުމުންނެވެ. މާޔޫސްވެފައި ތިބި މިޝްޔާމެންގެ އިތުރުން އޮލަވާހަކައެއް ދައްކަމުން ދިޔަ ޝައުންމެނަށް ފަހަތް ބަލާލެވުނީ މީހަކު “މަންމާ”އޭ ކިޔާ ހަޅޭލަވައިގަތްއަޑު އިވުމުންނެވެ. އެއާއިއެކު ފެނުނު މަންޒަރުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިޔާޒަށް ލަނޑުދޭން ކޮނުނު ވަޅުގަނޑަށް ވެއްޓިފައި އެއޮތީ އީޝާއެވެ. އީޝާމެންގެ ފަހަތުން އައި ޔަލްވީގެ މޫޑުވެސް ބަދަލުވެގެން ދިޔައީ އީޝާ ވަޅުގަނޑަށް ވެއްޓިފައި އޮތްގޮތް ފެނުމުންނެވެ. އެއްފައި ވަޅުގަނޑުގައި އޮތް އިރު އަނެއްފައި އޮތީ ހަމަބިމުގައެވެ. ހެމުން ހެމުން ޔަލްވީ މިޝްޔާމެންގެ ގާތަށް ޖެހިލިއެވެ. އޭރު އެތަނަށް އެހެންކުދިންތައްވެސް ޖަމާވެގެން ހެނީއެވެ. އިޔާޒް މަޖާވެގެން ހީހީފާ އެމަންޒަރު ވީޑިއޯކުރަން ފެށިއެވެ. އީޝާ ރުޅިއައިސްފައި އިނުމުން ޝައުން ހިނިގަނޑު މަތަކޮށްލިއެވެ. އަދި އޭނާއަށް ތެދުވަން އެހީވިއެވެ.

 

“އާހް… ހީހީ ބަނޑަށް ތަދުވެއްޖެ……” ބަނޑުގައި އަތް އަޅައިގެންހުރެ، އަޔާނީ، ބިންމަތީ އިށީނުމުން މިޝްޔާމެންވެސް އޭނާއާއި ބައިވެރިވިއެވެ.

 

“ކޮބާތަ ޝިއު……” އެތަނަށް އެއްވެފައިތިބި މީހުންތަކަށް ވަކިވަކިން ބަލާލުމަށްފަހު، ޝިއުރީ ފެންނަން ނެތުމުން ޔަލްވީއަށް އަހާލެވުނެވެ. ޔަލްވީ މިހެން ބުނުމުން މިޝްޔާމެނަށްވެސް އެއްވެފައި ތިބި މީހުންތަކާއި ދިމާއަށް ބަލާލެވުނެވެ. ޝިއުރީ ފިޔަވާ ދަތުރު އައި އެންމެންވެސް އެވަގުތު އެތަނަށް ޖަމާވެ ތިއްބެވެ. ޝިއުރީ ފެންނަން ނެތުމުން ތިން މީހުންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ. ނަހީކްގެ ގާތުގައި އެހުމުން، އޭނާއަށްވެސް ޝިއުރީ ވީތަނެއް ނޭނގޭކަމަށް ބުނެލިއެވެ. އެންމެންގެ ސަމާލުކަމަށް އެކަން އައެވެ. ލަސްކުރުމެއްނެތި އެންމެން އަވަސްވެގަތީ ޝިއުރީ ހޯދާށެވެ. އެކިމީހުން އެކި ބައިބަޔަށް އެކި ދިމާއަށް ދާންފެށިއެވެ.

ނަހީކް ގާތުގައި ހުރި މިޝަލް އެއްވެސް މީހެއްގެ ގާތުގައި ނުބުނެ ހަލުވި ހިނގުމެއްގައި ހިނގައިގަތީ ތަންކޮޅެއް ކުރިން ޝިއުރީ ތުނޑިއާއި ދިމާއަށް ދިޔަ ހަނދާންވުމުންނެވެ.

********************

 

ތުނޑިއަށް ދިޔަ މިޝަލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ، މޫދާއިވީ ދިމާއަށް އެނބުރިގެން އިން ޝިއުރީ ފެނުމުންނެވެ. އަދި ލަސް ފިޔަވަޅުތަކެއް އަޅަމުންގޮސް ޝިއުރީގެ ފަހަތުގައި މަޑުކޮށްލިއެވެ.

ޖެހެމުންދާ ބާރު ވައިރޯޅިއާއިއެކު ޝިއުރީގެ ދިގުކޮށް އޮންނަ ބުޅި އިސްތަށިގަނޑު، އެއްވެސް ތަރުތީބެއް ނެތި ވިހުރެމުންދެއެވެ. ނަމަވެސް އެކަމުން ޝިއުރީއަށް އެއްވެސް އުނދަގުލެއް ނުވާކަހަލައެވެ. އިސްޖަހައިގެން އެއިންގޮތަށް އޭނާ އިނީއެވެ. މިޝަލް މަޑުމަޑުން ޝިއުރީގެ ކޮނޑުގައި އަތްބާއްވާލިއެވެ. ޝިއުރީ، ސިހިފައި ފަހަތް ބަލާލިއެވެ. ޝިއުރީއަށް ލިބިގެންދިޔަ ސިހުމަށްވުރެ، ބޮޑު ސިހުމެއް މިޝަލަށް ލިބިގެން ދިޔައީ ޝިއުރީގެ މޫނު ފެނުމުންނެވެ. ދެލޯ ރަތްވެ، ދެލޮލުގެ ކައިރި ދުޅަވެފައިވުމުން، އިހުނަށްވުރެވެސް އެ ދެލޯ ކުޑަހެން ހީވެއެވެ. މޫނަށްވަނީ ލޭކުލަވެރިވެފައެވެ. ރުއިމުގެ ސަބަބުން ނޭފަތުން އަންނަމުންދިޔަ ފެންތައް ފޮހެފޮހެ، ނޭފަތްކައިރި ވަކިން ރަތްހެން ހީވެއެވެ. ތުންފަތުގައި ދަތްއެޅުމުގެ ސަބަބުން ތުންފަތަށްވެސްވަނީ އޭނާ ލައިގެންއިން ޓީޝާޓްގައިހުރި ގަދަ ފިޔާތޮށިކުލަ ވެރިވެފައެވެ. ދެލޮލުން، ރޮނގަކަށްވާގޮތަށް ފައިބައިގެން އައި ކަރުނަތައް ދަތްދޮޅިއާއި ހަމައިން އެކުވެގެން ތިއްކަކަށްފަހު ތިއްކެއް ވެއްޓެމުން ދިޔައެވެ. ކަރުނައިގެ ސަބަބުން ޓީޝާޓުގެ ކަރުވަޅުން ބައެއްވަނީ ތެމިފައެވެ.

ކަރުނައިން ފުރިފައިވާ ޝިއުރީގެ މޫނުފެނުމުން މިޝަލްގެ ހިތަށް ހީވީ ތޫނުކަށިތަކެއް ހެރިގެން ދިޔަހެންނެވެ. ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާ ބޭނުންވީ ހިތާމައިން ފޯވެފައިވާ މައުސޫމް ކުއްޖާ ގެނެސް އޭނާގެ މޭގައި ފޮރުވާލާށެވެ. ބިއްލޫރިކޮޅެއް ފަދައިން އެއްވެސް ކޫރުމެއް ނޭޅޭނެހެންނެވެ. ނަމަވެސް މިޝަލް ކެތްތެރިކަމާއިއެކު އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރުފޯރުވިއެވެ. ކުރިމަތީގައި އެ އިނީ އޭނާގެ އެކުވެރިޔާގެ މިލްކެކެވެ. އެކުވެރިޔާގެ އަމާނާތެކެވެ. އެޔަށް ޚިޔާނާތްތެރިވާކަށް މިޝަލް ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ.

މިޝަލް ފެނުމުން ޝިއުރީ އަވަސް ހަރަކާތަކާއިއެކު އޭނާގެ ހިމަހޯލި އިނގިލިތަކުން ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލިއެވެ. އޭނާ ކޮޅަށް ތެދުވެ މިޝަލަށް ފުރަގަސްދިނެވެ. އަދި ލައިގެން އިން ޖީންސްގެ ފޫކޮޅާއި ދިމާލުން ހަރުލާފައިވާ ވެލިތައް ފޮޅާލަމުން ދެފަހަރަކު ނޭފަތް އެތެރެއަށް ދަމާލިއެވެ.

ޝިއުރީ ފުރަގަސްދިނުމުން މިޝަލް އެރީ ޝިއުރީގެ ކުރިމައްޗަށެވެ. އަދި ފަރުވާވެ ލަކުނެއް ނުވާ ޝިއުރީގެ ދޮން މޫނަށް ބަލާލިއެވެ. މިޝަލާއި ހަތަރުކަޅި ހަމަކުރަން ނުކެރުމުން، ޝިއުރީ، ކަރުނައިގެ އަސަރު އެކުލެވިފައިވާ ދިގު އެސްފިޔަތަކުގެ އެހީގައި ކުޑަކުޑަ ދެލޯމަރާ ފޮރުވާލިއެވެ.

“ޝިއު ކީއްވެ ރޮނީ….؟؟؟؟ އަހަރެންނަށް ކިޔައިދީބަ ވެގެން ތިއުޅޭ ގޮތެއް…..” ޝިއުރީއަށް ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ރޭކާލި ނަމަވެސް މިޝަލް އަހާލިއެވެ. ޝިއުރީ ވަކި ޖަވާބެއް ނުދީ ދެލޯ މަރާލައިގެން އިރުކޮޅަކު ހުރުމަށްފަހު ދެލޯ ހުޅުވާ މިޝަލަށް ބަލާލިއެވެ. އެއަށްފަހު އޭނާގެ ނަޒަރު ކުރިމަތިން ފެންނަން އޮތް މޫދާ ދިމާއަށް ހުއްޓާލިއެވެ.

“އަހަރެން ބޭނުންވަނީ ވަރަށް ބާރަށް ހަޅޭލަވައިގަންނަން…. ހިތުގައިވާ އުދާސްތައް ބޭރުކޮށްލަން….” މޫދުން ނަޒަރު ވަކިކޮށްނުލާހުރެ ޝިއުރީ ބުނެލިއެވެ.

“އަވަހަށް ހަޅޭލަވައިގަނޭ….. އަހަރެންނަށް ކެތްނުވާވަރުވެއްޖެއްޔާ ބިންކޮނެގެން އަޑިއަށް ދެވޭތޯ ބަލާނަން…..” މިޝަލް ސަމާސާ ރާގެއްގައި މިހެން ބުނެލީ ޝިއުރީ ހެއްވާލުމުގެ ބޭނުމުގައެވެ. މިޝަލަށް އެކަން ކާމިޔާބުވެސްވިއެވެ. ހިކިފައިވާ ޝިއުރީގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ދެން ފެނުނީ އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ފާއްދާލިތަނެވެ.

“ޝިއު ޕްލީޒް…. ނުރޮއެ ހުއްޓާލަބަ….. ތިހިތުގައިވާ އުދާސްތައް އަހަރެންގެ ކުރިމަތީ ބަންޑުންކޮށްލާ… އަހަރެން މިހުރީ އަޑުއަހަން…..” މިޝަލަށް ކެތްވަނީއެއް ނޫނެވެ. ނަމަވެސް އޭނާއަށް ކެތްކުރުން ނޫން އެހެން ގޮތެއްވެސް ނެތެވެ. ޝިއުރީ، ކުރިމަތީހުރި މިޝަލަށް ބަލާލިއެވެ. އެއަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“ކީއްވެގެންތަ އެއްވެސްމީހަކަށް އަހަރެން މުހިއްމު ނުވަނީ….؟؟؟ އަހަރެންނަށް ކީއްވެގެންތަ އެއްވެސް މީހެއްގެ ސަމާލުކަން ނުލިބެނީ….؟؟؟ ކީއްވެގެންތަ އެކަކުވެސް އަހަރެންނަށް އަޅާނުލަނީ….؟؟؟؟” ޝިއުރީއަށް އެންމެ ފުރަތަމަވެސް ބޭރުކޮށްލެވުނީ އަބަދުވެސް އޭނާގެ ހިތުގައި އުފެދިފައިވާ، އެހެނަސް މިއަދާ ހަމައަށްވެސް ޖަވާބު ނުލިބިވާ ސުވާލުތަކެވެ.

“ކާކުގެ އަޅާލުމެއް ނުލިބޭތީތަ ޝިއު ދެރަވެގެން ތިއުޅެނީ….؟؟؟؟” ލައިގެން ހުރި އަޅިކުލައިގެ ސޯޓުބުރީގެ ދެޖީބަށް އަތްކޮށްޕާލަމުން މިޝަލް ސުވާލުކޮށްލިއެވެ.

“އަހަރެންގެވެސް ބޭބެއެއް ހުރޭ…. އެކަމަކު، މިޝަލް މިޝްއަށް ކެއަރކުރާހެން، އަހަރެންގެ ބޭބެ، އަހަރެންނަކަށް ކެއަރއެއް ނުކުރޭ….. ބަހެއް ބުނެލަނީވެސް މަދުފަހަރަކު…. މިޝަލް ގޮތަށް ސަމާސަކޮށް ހަދައެއް ނޫޅޭ….. އެހެންކުދިންގެ މަންމަމެން އެކުދިންނާ ވާހަކަ ދައްކަނީ ކިހާ ލޯބިން…. އެކަމަކު އަހަރެންގެ މަންމަ، އަހަރެންނާ ލޯބިން ވާހަކަ ދައްކާލި ހަނދާނެއް ނުވޭ…. އަބަދުވެސް ހުންނާނީ ކޮންމެވެސް ކަމަކާ އަހަރެންދެކެ ހިތްހަމަނުޖެހިފައި…. އެހެން ކުދިންގެ ލޯބިވެރިން، އެމީހުންނާ ހެދި  އުޅޭވަރަކަށް، ނަހީކް އަހަރެންނާ ހެދި…………………….” މިހިސާބަށް ވާހަކަ ދިޔުމާއިއެކު ޝިއުރީއަށް ހުއްޓެވުނެވެ. ދުލުގައި ތަޅެއް ލެވުނުކަހަލައެވެ. ބުނަން ނުވާ ކިތަންމެ އެއްޗެއް ބުނެވުމުން ޝިއުރީއަށް އިސްޖަހާލެވުނެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އެހެން މީހެއްގެ ގާތުގައި ނުދައްކާ ވާހަކަތަކެއް މިޝަލްގެ ގާތުގައި ދެއްކުނީތީ، ހައިރާންވެސް ވިއެވެ. ނަމަވެސް އެހާވަރަށް އުދާސްތައް ބޭރުކޮށްލެވުމުންވެސް އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔަކަން ގައިމެވެ.

“ނަހީކް ކިހިނެއްވީ……؟؟؟؟” ޝިއުރީގެ ޖުމްލަ މެދުކަނޑާލުމުން މިޝަލް ސުވާލުކޮށްލިއެވެ. އޭނާއަށް ކުރެވިފައިވާ ހީއާއިމެދު ޔަގީންކަން އުފެދިއްޖެއެވެ.

“އަހަންނަށް އެނގޭ އަހަރެން ބުނަން މިއުޅޭ އެއްޗެއް މިޝަލަށް ފަހުމްވެއްޖެކަން….. އަހަންނަށް މާފްކުރޭ…. ފަހަރެއްގައިވެސް މިޝަލްގެ އެކުވެރިޔާ ގޯސްކޮށް ވާހަކަދެއްކުމުގެ ގަސްދެއް އޮވެގެން ނޫން އަހަންނަށް އެހެން ބުނެވުނީ…. ކޮންމެ ދެމީހެއްގެ ދޭތެރޭގައިވެސް މައްސަލަޖެހޭނެ….. އަހަންނަކަށް ނޭނގެ އަހަރެންގެ ދުލުން އެހާ ފަސޭހައިން އެވާހަކަތައް ބޭރުވީ ކީއްވެގެންކަމެއް…… އެއީ އަހަރެން ދައްކައިގެންވާނެ ވާހަކަތަކެއް ނޫން….. ޚާއްސަކޮށް ނަހީކްގެ އެކުވެރިއެއްގެ ގާތުގައި……” ޝިއުރީއާއިމެދު މިޝަލް ގޯސްގޮތަކަށް ދެކެފާނެތީ އޭނާ ހާސްވިއެވެ.

“ނޫނޭ ޝިއު…. އެއީ މާފަށް އެދޭވަރުގެ ކަމެއް ނޫން…. އެކުވެރިޔަކަސް އަހަންނަށްވެސް ފާހަގަކުރެވޭ ނަހީކްގެ އުޅުން….. ތިވާހަކަތައް ދައްކައިގެން ޝިއުގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެކަމުގައިވަންޏާ އެ ނިމުނީ…..” މިޝަލް މިހެން ބުނުމުން ޝިއުރީ މިޝަލަށް ބަލާލަމުން ފަނޑު ހިނިތުންވުމަކާއިއެކު ބޯޖަހާލިއެވެ.

“ހިނގާދަމާ….. ޝިއު ދިޔަނުދިޔަ ތަނެއް ނޭނގިގެން އެންމެން އެބަ ޝިއު ހޯދާ……” ޝިއުރީއަށް ހިނިތުންވެލަމުން މިޝަލް ބުނެލިއެވެ.

“މިޝަލް…..” ދާން ހިނގައިގަތް މިޝަލް، ފަސް އެނބުރި ބަލާލީ ޝިއުރީ ގޮވާލުމުންނެވެ.

“ތޭންކްސް….. އަހަރެންގެ ވާހަކަ އަޑުއެހީތީ…. އެވާހަކަތައް އެހެންމީހެއްގެ ގާތު ނުބުނެ ސިއްރުކޮށްދީފާނަންތަ…..؟؟؟؟ މިޝްމެންނާވެސް ހިއްސާ ނުކުރާ ވާހަކަތަކެއް މިޝަލް ގާތުގައި މިދެއްކުނީ….” ކުދި ފިޔަވަޅުތަކެއްގައި ހިނގާލާފައި އައިސް މިޝަލާއި އަރާ ހަމަކުރަމުން ޝިއުރީ ބުނެލިއެވެ.

“ޑޯންޓް ވޮރީ ބިއުޓީ….. ޔުއަރ ސީކްރެޓް އިޒް ސޭފް ވިތް މީ……” ޝިއުރީއަށް އެއްލޯ މަރާލަމުން ރީތި ހިނިތުންވުމަކާއިއެކު މިޝަލް މިހެން ބުނުމުން ޝިއުރީވެސް ހިނިތުންވެލިއެވެ. އަދި މިޝަލާއިއެކު ހިނގައިގަތެވެ.

***************

 

“ކޮންތާކަށްތަ ޝިއު އެދިޔައީ…..؟؟؟؟ އަނެއްކާ އިޔާމެންގެ ސަމާސަ ވިހަވެ، ހަމަ އަސްލު އެއްޗެއް އައިސް ޝިއު ގެންދިޔައީ ނޫންބާ…..؟؟؟؟؟” ދެލޯ ބޮޑުކޮށްލައިގެން ހުރި އަޔާނީ މިޝްޔާއަށް ބަލާލަމުން ބުނެލިއެވެ.

“އެއްކަލަ ޔާނީ…. ބިރުވެރި ފިލްމުތައް ބަލައިގެން ތިކަހަލަ ޚިޔާލެއް ނޫނީ ނާދެދޯ މިސިކުނޑިއަކަށް…… ކުޑަކުދިން ދައްކާކަހަލަ ވާހަކަ ދެއްކޭއިރުވެސް ނޭނގެއޭ…..” އަޔާނީގެ ބޮލުގައި އަތްއަޅާ މަޑުމަޑުން ކޮށްޕާލަމުން މިޝްޔާ ބުނެލިއެވެ.

“އެކަމަކު އަހަރެން ވަރަށް ބިރުގަނޭ އެބަ…..” މިޝްޔާގެ އަތުގައި ބާރަށް ހިފަހައްޓަމުން އަނެއްކާވެސް އަޔާނީ ބުނެލިއެވެ. މިޝްޔާ ދެފަރާތަށް ބޯހޫރާލަމުން ގާތުގައި ހުރި ޔަލްވީއަށް ބަލާލިއެވެ. ޔަލްވީ އުޅުނީ އަޔާނީ އެ ދައްކަނީ ކޮން ވާހަކައެއްތޯ އަހާލާށެވެ. ނަމަވެސް، އެވަގުތު، “ޝިއުރީ” އޭ ކުއްޖަކު ބުނުމުން އޭނާއަށް އެދިމާއަށް ބަލާލެވުނެވެ. މިޝަލާއިއެކު ހިނގާފައި އައި ޝިއުރީ ފެނުމުން ތިން އެކުވެރިން އެކީ އެދިމާއަށް ހިނގައިގަތެވެ.

“ޝިއުރީ ކޮންތާކަށް ގޮސްފައި ތިއައީ….؟؟؟؟ ދަމުން ބުނެލުންވެސް މުހިއްމުކަމަކަށްނުވޭތަ…..؟؟؟؟ ޝިއުއަށް ގޮތެއްވީނަމަ އަހަންނޭ ޒިންމާވާންޖެހޭނީ…. އަހަރެންގެ ހަވާލުގައޭ ޝިއު އައިސް ތިހުރީ…… މިއަދު، ކުރިންވީ ކަންތައް އެހާއަވަހަށް ހަނދާން ނެތުނީތަ ބިރުނުގަނެގެން އެކަނި ތިދިޔައީ…..؟؟؟” ޝިއުރީ ފެނުމުން ޝައިމަން އެކީ އެކައްޗަކަށް އަމުނާލިއެވެ. ޝިއުރީ ނުބުނެ ދިޔުމުން އޭނާހުރީ ރުޅިގަދަވެފައެވެ.

އެންމެންގެ ތެރޭ ޝައިމަން އެގޮތަށް ވާހަކަ ދެއްކުމުން ޝިއުރީ ދެރަވެ ލަދުގަތެވެ. އޭނާ އިސްޖަހާލައިގެން ހުރީއެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެ ކަރުނަތައް ހުރީ ފައިބަން ތައްޔާރުގައެވެ. ކައިރީގައި ތިބި މިޝްޔާމެންވެސް ތިބީ ޝައިމަން އެހާ ރުޅިއައިސްފައިހުރުމުން ޖެހިލުންވެފައެވެ.

“ޝައިމަން ސޮރީ…. އަހަރެން މިހުރީ ހަނދާންނެތިފައޭ…. ޝިއު ދަމުން އަހަރެންގާތު ބުންޏޭ ތުނޑިއަށްދާވަހަކަ…. ޝައިމަން ކުޅެންހުރީމަ ބުނެދޭށޭ ކިޔާފައި ދިޔައީ….”ޝައިމަންގެ ކޮނޑުގައި އަތް ބާއްވާލަމުން މިޝަލް ބުނެލިއެވެ. ޝިއުރީއަށް ހައިރާންކަމާއިއެކު، މިޝަލަށް ބަލާލެވުނީ، އޭނާ ދޮގުހެދުމުންނެވެ. ޝިއުރީ ބަލާލުމުން މިޝަލް ލޮލުގެ އިޝާރާތުން ހަމަޖެހުމަށް އަންގާލިއެވެ.

 

މިޝަލް އެހެން ބުނުމުން ޝައިމަންގެ ރުޅިމަޑުވިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. ޝައިމަން ދިޔުމުން ނަހީކް ޝިއުރީއާއި ގާތަށް ޖެހިލިއެވެ. ޝިއުރީއަށާއި ނަހީކަށް ވަގުތުކޮޅެއް ދިނުމަށްފަހު މިޝްޔާމެންވެސް އެއްފަރާތަށް ޖެހިލިއެވެ.

********************

 

އެދުވަހު މިޝްޔާމެނަށް ރަށަށް އާދެވުނީ އަޞުރު ނަމާދަށް ބަންގި ގޮވަނިކޮށެވެ. މިޝްޔާމެން ގެއަށް އައިއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. މިޝަލް އަވަސްވެގަތީ ފެންވަރައިގެން ނަމާދަށް ދިއުމަށެވެ. މިޝްޔާ ދިޔައީ ތަށިތައް އަޅާފައިވާ ކޮތަޅު ބަދިގެއަށް ލާށެވެ. ކޮޓަރިއަށްދާން ހިނގައިގަތްވަގުތު މެހެރީންގެ ކޮޓަރިން ކެއްސާ އަޑުއިވުމުން ކޮޓަރި ދޮރު ހުޅުވާލުމަށްފަހު، ބޯދިއްކޮށްލިއެވެ. ކޮޓަރި ތެރެއިން މެހެރީން ފެންނަން ނެތުމުން، ކުރިއަށްވުރެ ބޮޑަށް ދޮރުހުޅުވާލުމަށްފަހު މިޝްޔާ އެތެރެއަށް ވަނެވެ. ކޮޓަރީގައި ހުރި ބޮޑު އެނދާއި ހެދުން އަޅުވާ އަލަމާރިއާއި ދެމެދު އޮތް ހުސްޖާގައިގައި ފަތުރާލާފައިވާ މުސައްލާމަތީގައި މެހެރީންގެ ނަމާދު ދޮޅިއާއި އިސްޓާކީން ފެންނަންއޮތުމުން، އޭނާ ކޮޓަރީގައި އުޅޭކަން މިޝްޔާއަށް ޔަޤީންވިއެވެ. އެހެންކަމުން އޭނާ ހިނގައިގަތީ ފާޚާނާގައި މެހެރީން އުޅޭތޯ ބަލާލުމަށެވެ. ފާޚާނާގެ ދޮރު ހުޅުވާފައި ހުރުމުން މިޝްޔާ އެތެރެއަށް ބޯދިއްކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (70)

  1. Eemyaa

    kiyuntherinnah mi part ves kamudhaane kamah ummeedhu kuran 🙂
    kuhthah faahaga kohlaidhinun edhen 🙂

    1. 1997women
      Eemyaa

      Kamsa ammidhaa (thank you ?)

    2. Eemyaa
      Eemyaa

      Hwan-yeong ?

  2. Coco

    Plx yaal n Shaun gulhuvachey

    1. Eemyaa
      Coco

      Oww Coco ?
      Lets see kuriah oiy thaa e dhekudhin gulheytho dw.. ?

  3. Rifoo

    V reethi mi vaahaka.

    1. Eemyaa
      Rifoo

      Thanks Rifoo ??

  4. YRAM?

    Wow.i luv this story.waiting.❤

    1. Eemyaa
      YRAM?

      Thanks YRAM ??

  5. Zish

    Easha gandu e valhu gandun nunegi nama maa rangalhu vys…eyrun halhey lava lava onnaanennu..hihihihihiih…btw nihaal aky kaaku??story vvv nice

    1. Eemyaa
      Zish

      Haha Zish ves dw .. ehn hadhaakah nuvaanu ??
      Naahil a e dhathuru dhiya kudhinge therein kujjeh.. hama ekani e part ga eynage vaahaka annaany
      Thanks Zish ???

  6. Juvey

    Hehehe eesha ah dho landhu libunee ..story is very nice ..kon irakun aneh part ..waitting ???

    1. Eemyaa
      Juvey

      Mifaharu eesha ah e landu libuny dw ?
      Thanks Juvey ???
      Next part on Thursday ❤❤❤

  7. Ish❤

    Wow….mi part ves v v v v nice….love the story infinity….waiting …??

    1. Eemyaa
      Ish❤

      Thanks Ish ?❤?

  8. song joong ki..KOREAN

    wau! naneun geugeos-eul joh-ahaessda. i bubun-eun hwansangjeog-ibnida. sojunghage. sangsanglyeong-eun nollabseubnida. da-eum bubun-eul ilgneum geos-eul gidalil su eobsda. da eum bubun -eul gidalineun jung… ( wow! i loved it. this part is just fantastic. keep it up dear. imaginations are amazing. can’t wait to read next part. waiting for the next part ) 🙂 🙂 at last!!!! i’ve full filled my promise!!! 😀 😀

    1. Eemyaa
      song joong ki..KOREAN

      Thanks song ???
      Oww finally korean in comment kohlaafa dw mi othy ❤
      Song v molhu ???

    2. song joong ki..KOREAN
      song joong ki..KOREAN

      YESS. 😀 welcome dear 🙂

    3. click a shot ?
      song joong ki..KOREAN

      Korea meehun vaahaka dhakan jeheyni….Korean iney dhw…song joong ki…hehe???

    4. song joong ki..KOREAN
      song joong ki..KOREAN

      😉 yeah heheheh! 😀 korea ah visit eh khlan veenu???? 😉 🙂

    5. Eemyaa
      song joong ki..KOREAN

      Haha

    6. click a shot ?
      song joong ki..KOREAN

      Hama dhaanvy..song joong dhiyantha ?

    7. song joong ki..KOREAN
      song joong ki..KOREAN

      vv dhaahiyy vey but nudhan 😉 heheh 😀

    8. click a shot ?
      song joong ki..KOREAN

      Furasatheh libun libun korea ah dhaan…ekam konmes reason akaa hure nudhevuny….song joong thi school kujehtha ?

    9. song joong ki..KOREAN
      song joong ki..KOREAN

      ohh you’re so lucky to get such chance!!! 😀 yes i am. GR.10

    10. song joong ki..KOREAN
      song joong ki..KOREAN

      heyy what about u?? thee scl kuhjehtha????

    11. click a shot ?
      song joong ki..KOREAN

      I’m also in grade 10….anyways both of us hyvany chat kuraahen ?

    12. song joong ki..KOREAN
      song joong ki..KOREAN

      oh 😀 SAME PINCH. well, r u a girl o boy??

    13. click a shot ?
      song joong ki..KOREAN

      I’m a girl.what about you..click a shot jahafa ineema hyvany boy eh hendhw…?song joong ki thi kon island eh tha

    14. click a shot ?
      song joong ki..KOREAN

      I mean kon island eh ge kuhjehtha

    15. song joong ki..KOREAN
      song joong ki..KOREAN

      i’m also a girl. song joong ki inyma hyvany boy eh hen dhw. hehe. 😉 😀 well, public thaneh v ma island kihineh bunaanydhw. don’t feel bad abt it 🙂 🙂

    16. click a shot ?
      song joong ki..KOREAN

      No..first when i saw your name first i thought you are a girl…
      I won’t feel bad..if I was you also I would do the samething…..hehe..I just simply asked?☺️?

    17. song joong ki..KOREAN
      song joong ki..KOREAN

      oww! u’re so sweet minded. hehe 🙂 😀 😉

  9. khajja

    Wow masha allah v rythi?? when nxt prt yaal n shaun gulhuvachchey adhi mishaal n shiu ingey plx plx stry obiness to the max ehaaves loabi yhanks 4 the luvly stry ??❤❤❤?????

    1. Eemyaa
      khajja

      Thanks khajja ??
      Next part on Thursday ?
      Hehe lets see de ?
      Oww wc ❤❤❤
      Thank you alott

  10. Navya

    Vaahaka v nala?

    1. Eemyaa
      Navya

      Thank you Navya ??

  11. click a shot ?

    V.loabi mi part ves….I was waitting….avahah up kohdhechey next part ves ?☺️

    1. Eemyaa
      click a shot ?

      Thanks click ??

  12. Saa

    Obi ingey

    1. Eemyaa
      Saa

      Thanks Saa ??

  13. ???

    Vvvvv rythi ekam dhathuru fori maa kuru thann kolheh dhigu kohlinama☺ekamu vess vvv rythi???

    1. Eemyaa
      ???

      Oww thanks dear ??
      Hihi aslutha?? Eem heekury evaruves dhigu kamah.. hehe
      Thanks alottt ❤❤❤

  14. Adha?

    Hehehe..?? easha gandah huss landu dw libeny.. adhi libeyne fisaari bodu landeh?ekam yaal ves dw.. maa findee ey.. moodhu kaariah kohpaali vaguthu jeheyne easha ah ves bondi eh dheyn.. maa avahah rovey goiy vany….Shiu nd mishal ves varah gulhey….. varah fakkaa ingey mi part ves?
    Waitingss ❤❤❤❤

    1. song joong ki..KOREAN
      Adha?

      heheh dhn adha gos eesha khpaali nama moodhah 😉 eyrun ok vaanu 🙂 😀

    2. Adha?
      Adha?

      Hehe.. adha nama kohpaalaany shaun.. yaal gaimahchah vaahen.. eyrah e easha gandu hunnaane dw foari?

    3. Eemyaa
      Adha?

      Hehe yaal birugannanee ey eeshaa dheke ??
      Thanks alott Adha ?❤

    4. Eemyaa
      Adha?

      Hehe good idea song ??
      Adha eesha aa v anti ey dw ?

    5. song joong ki..KOREAN
      Adha?

      hahaha gud idea Adha. eyrun eesha hunnaany rulhi aisgen gos fiheyvaru vefa dhw. 😀

    6. Adha?
      Adha?

      Anti vegenney shaun nd yaal gulheynee?

    7. song joong ki..KOREAN
      Adha?

      hehe dhogehvx nuuney. yaal n shaun hama gulheny 😉 e thuibadi eesha e rashuga bahahtaafa ainama rangalhuvys!!

    8. Eemyaa
      Adha?

      Haha kurin bahattaashey buni nama ehnu ??
      Rashah aiyma viyya song ves thi buny ?

    9. asthagufir!!!
      Adha?

      hehe. REWIND kohlan dhw dhen jeheynee 😀 😉

    10. song joong ki..KOREAN
      Adha?

      dhn faharakun bunaanan kurin. 🙂 🙂

    11. Eemyaa
      Adha?

      Dww asthagfir ??

    12. Eemyaa
      Adha?

      Song dhn faharakun kurin angaalahche ??

  15. Aif

    Eeshaa gandu deserves that???… Shiury nd mishal gulhuvyma varah salhi vaane??love this story. Next part ge inthizaaruga ???

    1. Eemyaa
      Aif

      Hehe ?
      Asluves ey dw Aif ☺ kiki
      Thanks alott dear ??❤❤

  16. Ram

    HAHAHAHA.. hy hy halaaku.. vehtunu than sifa kohfa huri goiy v salhi.. ethanuge screen shot vx nagaafa frndx ashaa familyy myhunnah fonuvijje.. hahahahahaha… amazing.. ?

    1. Eemyaa
      Ram

      Hehe asluvestha Ram ?? v ufaavejje vaahaka thihaa kamudhiya eema ☺ kuriah huri part thah ves kamudhaane kamah ummeedhu kuran ??
      Thanks alott ☺☺

  17. Sidhu

    V nice

    1. Eemyaa
      Sidhu

      Thanks sidhu ?

  18. naxema

    shiure aa mishal aves vulhu vsbaa yaal a nahiku ves

    1. Eemyaa
      naxema

      Enmen vegen e kudhin gulhuvan ulhen v dw??
      Nahyk ey eyny olhigen bunevifa dw nax

  19. Zish

    Nooooo..yaal and shaun ey..nahyk dhy easha gandu ah…kakeki…

    1. Eemyaa
      Zish

      Hehe Zish thee molhu gotheh ??

  20. Zish

    Dhn ok vaane easha gandu ellaliyas dhww eem..

    1. Eemyaa
      Zish

      Ellaalaakah nuvaanu dw

  21. Lillyloly

    Alhey mishal fakeeru shiurii loabi vaahen heevany…….. Alhey this stry is perfect…… I luv it………

    1. Eemyaa
      Lillyloly

      Ehn heevey tha lilly??? Lets see, shiu loves him or nt ??
      Thanks lilly ❤❤❤

Comments are closed.