Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (14)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 1, 2017 9 Mins Read
22 Comments

“ޒަންން!! ވަރަށް މުހިންމު ވާހަކައެއް ބުނަން.. ސީރިއަސްކޮށް… ދެން ނުހުރެވޭނެ ނުބުނެއެއް..” ނައިނާ ފޮނުވި މެސެޖް ހިތުން ކިޔާލި އައިޒަންގެ ހިތުގައި ސުވާލުއުފެދުނެވެ. ކޮންކަމެއްބާއެވެ. އެހާ ކެތްމަދުވެފައި ނައިނާ ހުންނަންޏާ ޔަޤީނުންވެސް ވާނީ ބޮޑުވާހަކައަކަށެވެ. އައިޒަން އަށް މީޓިން ދޫކޮށްލާފައި ދެވޭކަށްވެސް ނެތެވެ. އައިޒަން މީޓިންގް ރޫމްގައި ތިބި އެންމެންނަށް ބަލައިލިއެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އަރިމައްޗަށް އެޅުވިފައިވާ ސްކްރީންއިން ދައްކަމުން ދިޔަ ގްރާފް އަކަށެވެ. ޝާމިރާ މެދުގައި ހުރެ ވާހަކަތަކެއް ދައްކަމުން ދިޔަ ނަމަވެސް އެ މެސެޖްލިބުމަށްފަހު އައިޒަންގެ ކަންފަތަށް އެއިން އެއްޗެއްގެ އަޑުވެސް ނުވަންނަފަދައެވެ. އަމިއްލަ ހިޔާލެއްގައި އިނދެ އައިޒަން މެސެޖެއް ޓައިޕްކުރަން ފެށީ ޖެހިލުމެއްނެތިއެވެ. ކައިރި އިން ޖިނާހްއަށް އެ މަންޒަރު ފެނި އައިޒަންގެ ސަމާލުކަން ހޯދަން އުޅުމުންވެސް އެކަންވީ ބޭކާރެވެ.

“އެހެންވީމަ އުނގޫފާރުގައި މިއެޅުނު އިމާރާތުން މިމަހަށް ބަލާފައި ކުރި ފައިދާއިން…….” ޝާމިރާ އެންމެންގެ މޫނަށް ބަލަހައްޓައިގެން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަން މަޖުބޫރުވީ އައިޒަން އިސްޖަހައިގެން އިނުމުންނެވެ. އޭނާ ފޯނާއި ކުޅެނީކަން އެނގުނީ އަނދިރި އެ ކޮޓަރިތެރޭގައި އައިޒަންގެ މޫނަށް އެޅިފައިވާ ފޯނުގެ އަލިންނެވެ. އެއީ ދުވަހަކުވެސް ޝާމިރާއަށް ފެނުނު މަންޒަރަކަށް ނުވުމުން ހައިރާންވެ އަންތަރީސްވިއެވެ. “އައިޒަން؟؟” ޝާމިރާ އަޑުހަރުކޮށް އެހެން ގޮވާލީ އައިޒަންގެ ސަމާލުކަން ހޯދާށެވެ. ލިޔެ ލިޔެ އިން މެސެޖް މެދާއި ހަމާއަށް ހުއްޓާލަން މަޖުބޫރުވުމުން އައިޒަން ފޯނު ލޮކްކޮށްލިއެވެ. އައިޒަންގެ ސަމާލުކަން ލިބުމުން ޝާމިރާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

…………………

“އައިއްޓެ؟ ކިހިނެއްވީތަ؟ މާ ބޮޑަށް ފޯނަށް ގެއްލުނީ؟ މަވެސް ކޮށްޓާލީމަ ބަލައިވެސްނުލި…” މީޓިންއިން ނިކުމެފައި އެންމެ ފުރަތަމަވެސް ޖިނާހް ކުރީ އެސުވާލެވެ. “އާނ… ނައިނާ މެސެޖްކުރީމަ..” ނިތަށް ރޫއަރުވާލަމުން އައިޒަން އެހެން ބުނެފައި ނައިނާއަށް ގުޅަން އުޅުނެވެ. އެކަން ކާމިޔާބުނުވީ އެހެން މީހަކު އެފޯނަށް ގުޅަން ހެދުމުންނެވެ. “އޭ އޭ އެއްކަލަ ލަމްޔާ ދޯ  ގުޅަނީ…. ލަމް ދޯ އުނގޫފާރުގެ އިމާރާތަށް ވަންނަން މިއުޅުނީ؟؟ އޭނާވެސް އޮތޭ ގުޅާފައި…” އައިޒަން ނަމްބަރު ދައްކާލަމުން ޖިނާހް އާއި ސުވާލުކުރީ ޔަޤީންކުރާށެވެ. “އާނ ތީ އޭނާ ނަމްބަރު..” ޖިނާހް އެހެން ބުނުމުން އައިޒަން ފޯނު ނެގިއެވެ.

“އާނ ހަލޯ ލަމް…!!” އައިޒަން ފޯނު ނަގާ އެހެން ބުނުމާއި އެކު އެރުނީ ޝާމިރާގެ ކުރިމައްޗަށެވެ. އެއަޑު ވަރަށް ސާފުކޮށް ޝާމިރާއަށް އިވި ހިނިތުންވެވުނެވެ. “ލަމްތަ ގުޅީ މިހުރިހާއިރު؟؟” ޝާމިރާގެ ސުވާލަށް ޖަވާބު ދޭނެގޮތެއް ނޭނގިފައި އައިޒަން ހުއްޓެވެ. ނަމަވެސް ދެވަނަ ވިސްނުމަކާއި ނުލާ އައިޒަން ބޯޖަހާލުމުން ޝާމިރާގެ ހިނިތުންވުން ފުޅާވިއެވެ. “އެހެންތަ އަވަހަށް ވާހަކަދައްކާ…. އެކަމް މީޓިންއަށް އަންނައިރު ތިކަން ނުކުރާތި ހެހެހެ..” ޝާމިރާ ހޭންފަށާފައި އެތަނުން ދުރަށްޖެހުނުއިރު ހީވަނީ އުދުއްސައިގެން ގޮސްދާނެހެންނެވެ. އައިޒަން ފާޑަކަށް ޝާމިރާ ދިޔަ ދިމާލަށް ބަލަންހުރެފައި ފޯނަށް ޖަވާބުދާރިވިއެވެ. “މަންމައަށް ކިހިނެއްތަ އެވީ؟ ލަމްޔާ އިނގެނީތަ؟” އައިޒަން ފޯނު ކަނޑާލުމުން ޖިނާހް ސުވާލުކުރީ ފާޑަކަށް ހުރެފައެވެ. “ވެދާނެ އީމާންމެން ފަރާތުން އެނގުނީކަމަށް…” ޖިނާހް ދެކޮނޑު ހިއްލާލާފައި އެހެން ބުނުމުން އައިޒަން ވެސް ދެކޮނޑު ހިއްލާލިއެވެ. ޝާމިރާގެ ގޮތް ހަމައެކަކަށްވެސް ނޭނގޭނެއެވެ.

……………………..

ފޯނު ހުޅުވާ ވައިބާއިން މާރިޔާއަށް ގުޅާލި ޝާމިރާ ހުރިތާ ކޮއްޅަށްވެސްނުހުރެވެއެވެ. އޭނާ އުފަލުން ހީވަނީ އެހެންކަމެއްގެން އުޅޭހެންނެވެ. އުފާވެރިހަބަރެއް ދޭންވެގެންނޭ ބުނެ އެތަކެއް ފަހަރު މާރިޔާ އާއި ސަކަރާތް ޖެހިނަމަވެސް މާރިޔާ އެކަމުގައި ބައިވެރިއެއްނުވިއެވެ. ޝާމިރާ އާއި ފާލިހުއާއި ވެގެން ކުރަން އެއުޅޭ ކަންތަށް ރަނގަޅަށްވެސް އޭނާއަށް އިނގެއެވެ. ދެމީހުން އަތުކުރި އޮޅާލައިގެން އެތިބީ ދެމީހުންގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލާށެވެ. “އަހަރެންނަށް ހީވޭ އައިޒަންވެސް ލަމް އާއި ގަޔާވާހެން…. ތިމީހުން ހަމަ އަންނައިރަށް އަހަރެން ކައިވެނީގެ ކަންތަށް ފަށާނަން… މިހާރުވެސް އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި… އިންތިޒާރުގެ ގިޓާ ކުޅެލަ ކުޅެލާ ހުރެވޭކަން….” ޝާމިރާ ދައްކާވާހަކައިން މާރިޔާ ގެ މޫޑު ހަރާބުވިއެވެ. ޝާމިރާ ސީދާ ވީގޮތް ނުބުނީ ފާލިހުއާއި ހިލާފަށް މާރިޔާ އެ ގުޅުމަށް ހިތްހަމަނުޖެހޭކަން އިނގޭތީއެވެ. މާރިޔަ އެހެންހޭ ބުނެ އިތުރު ވާހަކަތަކެއް ނުދައްކާ ފޯނު ކަނޑާލީ ކުޑަކޮށް ބިޒީ ވެއްޖެޔޭ ބުނަމުންނެވެ.

މާރިޔާ ހާސްވެފައި ހުރިތަން ފެނި ލަމްހާ ވީ ގޮތް އޮޅުންފިލުވަން އުޅުނެވެ. “އައިޒަންއަށް ވެސް ދަރިފުޅު ކަމުދެޔޯ… ދާއިރަށް ކައިވެނީގެ ކަންތަށް ފަށާނަމޯ.. ދަރިފުޅާ ހެޔޮނުވާނެ މިކަން ހުއްޓުވަން ނޫޅޭތި.. ބައްޕަ އަންނަ ރުޅީގައި ދަރިފުޅަށް ކަމެއްކޮށްފާނެ… ކިތަންމެ ލޯބިވިޔަސް ބައްޕަ ކުރަން ބޭނުންކަމެއް ނުވެއްޖެއްޔާ ރުޅި އަންނަވަރު އިނގެޔެއްނު….” މާރިޔާ ދެރަވެލާފައި އެހެން ބުނީ ދަރިފުޅުގެ ދިރިއުޅުމުގެ އެހާ ބޮޑު ނިންމުމެއް ނިމިގެންދާއިރު އެ ދަރިފުޅު އެކަމަށް ގަބޫލުތޯވެސް އަހާނުލާތީއެވެ. އެ ހައްޤު ލަމްހާވެސް މާރިޔާގެވެސް ނެތްކަހަލައެވެ. ހާލަތު އޮތްގޮތް އެނގި ލަމްހާ ބޯޖަހާލިއެވެ. ކިތަންމެ ހިއްޗަކަށް ހަޤީޤަތާއި ކުރިމަތިލުން ނޫންގޮތެއް ނެތެވެ.

…………………………..

“ނައިނާ އަށް ގުޅާ ދެން.. ބޮޑު ކަމެއްވީމައެއްނު އެގޮތަށް ގުޅާނީ ދޯ؟ އަހަރެން އަންނާނަން ކުޑައިރުކޮޅަކަށްވެސް މޭމް މި ކެބިންއާއި ދުރުކޮށްފައި..” މަޖާވެލާފައި ޖިނާހް އެހެން ބުނުމުން އައިޒަން ޖިނާހްގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. “ހެޔޮނުވާނެ ދޭބަލަ…!” އައިޒަން އާދޭހުގެ ރާގަކަށް އެހެން ބުނެފައި އަވަސް އަވަހަށް ނައިނާއަށް ގުޅީ ޖިނާހް ގެ ސަބަބުން ލިބުނު އެ ފުރުސަތުގެ ބޭނުން ހިފާށެވެ.

އައިޒަން ގުޅާނެ އިރަކަށް އިންތިޒާރު ކޮށްކޮށް އޮތް ނައިނާ އަށް އޮތީ ނިދެންކައިރިވެފައެވެ. ނިދި ނިދި އޮއްވާ ފޯނު އައުމުންވެސް ބަލައިނުލާ ނެގިއެވެ. ނިދިއަޑަކުން ހަލޯ ބުނުމުން އައިޒަން ހީލިއެވެ. “ދޫންޏާ!! ނިދަނީތަ؟؟” އައިޒަންގެ އަޑު ކަންފަތުގައި ޖެހުމުން ނައިނާއަށް ހެވުނުނަމަވެސް ނިދިގަނޑުން ސަލާމަތެއްނުވެވުނެވެ. މާބޮޑަށް ހަށިގަނޑު ވަރުބަލިވެފައިވުމާއި އެކު ޑޮކްޓަރު ދިން ބޭސްތަކުގެ އަސަރުންކަމައްވެސް ވެދާނެއެވެ. “ނިދެނީ…..” ލަސްލަހުން ނައިނާ އެހެން ބުނެފައިވެސް ބެލީ ގަދަކަމުން ލޯ ހުޅުވައިގެން އޮވެވޭތޯއެވެ. އައިޒަންކައިރި އެންމެ މުހިންމު ވާހަކަ ދައްކަންޖެހޭކަން އޭނާ ހަނދާނެއްނުނެތެއެވެ..

“އެހެންވިއްޔާ ނިދާ…………..” “އުހުމްމް… ޑޮކްޓަރ ބުނި ވާހަކަ…” އައިޒަން ޖުމްލަ ނުނިންމަނިސް ނައިނާ މެދުކަނޑުވާލިއެވެ. އައިޒަން ހޭންފެށިއެވެ. ނައިނާއާއި ވާހަކަ ދައްކާލަމުން އެ ލިބެނީ ބަޔާންކުރަން އުނދަގޫ އުފަލަކާއި ހިތްހަމަޖެހުމެކެވެ. ނައިނާގެ އަޑުން އެ ހިތަށް ހަމަޖެހުންލިބޭއިރު ވަރުބަލިކަންވެސް ފިލައިގެންދާފަދައެވެ. އެ އަޑުއަހާލެވޭ ކޮންމެފަހަރަކު ދިރިއުޅުމުގައި ކުރިއަށް ދިޔުމަށާއި ނައިނާ އުފަލުގައި ބަހައްޓަން ކުރެވޭ ހުރިހާ މަސައްކަތެއްކުރަން އަމިއްލަނަފްސަށް ވައުދުވެވެއެވެ.

“ޑޮކްޓަރ ބުނީ……” ނައިނާ އަށް ހެވުނެވެ. އެބޮޑުދެލޯ ކުޑަކޮށް ހުޅުވާލައިގެން އޮތްއިރު އެ ތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. އައިޒަން ކެތްނުލަވައިގަންނަ ހިސާބަށް ދާވަރަށް ނައިނާ ތަޅުވަންފެށުމުން އަވަހަށް ބުނެބަލާށޭ ބުންޏެވެ. “ޒަން ބައްޕައަކަށް ވަނީއޯ…” ނައިނާ އެހެން ބުނުމާއި އެކު އައިޒަން ދިޔައީ ސިހިގެންނެވެ. ކީކޭ ހޭ ކިޔާ އިށީނދެ އިން ގޮނޑިންވެސް ތެދުވެވުނީ ކަންފަތަށް އަޑުއިވުނު ބަސްތަށް ގަބޫލުނުކުރެވިގެންނެވެ. “އަދި އެއްފަހަރު ބުނެބަލަ…” އައިޒަންގެ އަޑުން ނައިނާ ހެއްވާލިއެވެ. ވަރުބަލިއަޑަކުން ދެވަނަ ފަހަރަށްވެސް ތަކުރާރުކޮށްލުމުން އައިޒަން އުފަލުން އުދުއްސައިނުގަތީ ކިރިޔާއެވެ. އުފަލުންގޮސް ހެއްދެވިފަރާތަށް ޝުކުރު ދަންނަވަމުން ނައިނާ ދެކެ އެތަކެއް ފަހަރު ލޯބިވެޔޭ ބުނަމުންދިޔައެވެ. އަދި ނައިނާ ބޭނުންކަމެއް ކޮށްދޭނަމޭ އަވަހަށް ބުނާށޭވެސް ބުންޏެވެ. ނަމަވެސް އައިޒަން ވާހަކަ ދައްކަ ދައްކާ ހުއްޓާ ނައިނާއަށް ނިދިއްޖެކަން އިނގުނީ ނޭވައިލާ އަޑު ނޫން އަޑެއް އެކޮޅުން ނީވުމުންނެވެ. އައިޒަން ލުއި ހިނިތުންވުމަކާއި އެކު ފޯނު ކަނޑާލަމުން ނައިނާއަށް ވަރުގަދަ މެސެޖެއްލިޔެފައި ފޮނުވާލިއެވެ.

ކޮންމެ ޖުމްލައަކުންވެސް ހާމަވަނީ އޭނާ ނައިނާދެކެ ވާ ތެދުވެރި ލޯތްބެވެ. އެތަކެއްފަހަރު ޝުކުރުދަންނަވަމުން ގޮސް އެންމެ ފަހުން ނިންމާލީ ނައިނާ މަތިން ހަނދާންވެޔޭ ބުނެފައެވެ. ގާތް އެކުވެރިޔާއަށް އެ ހަބަރުނުދީ ނުދީ އައިޒަން އަކަށް ނީނދެވުނެވެ. ހުރިތާކުން ޖިނާހް ހޯދައިގެން އޭނާ ގެނެސް ކެބިންއަށް ވައްދާ ބައްދާލިއިރު އޭނާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. ހީވަނީ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ކާމިޔާބީއެއް ލިބިގެން ދެލޮލުން ނިރާލި އުފާވެރި ކަރުނަތިކިހެންނެވެ. ޖިނާހް ހައިރާންވެފައި އައިޒަން ގެ ބުރަކަށީގައި ދެތިންބުރު ޖަހާލިއެވެ. “އަހަރެން… އަހަރެން ބައްޕައަކަށް ވަނީ…” އައިޒަން ގެ އަޑާއި އެކު ޖިނާހްއަށް ވެސް އުފަލުން ފުންމާލެވުނެވެ. ދެއެކުވެރިން އެ އުފާ ފާހަގަކުރަމުން ދިޔައިރު ހީވަނީ ދެކުޑަކުދިންހެންނެވެ.

“އަހަރެންނަށް ފުރަތަމަ ފަހަރަށް ދިރިއުޅުމުގައި އަމިއްލަ ފައި މައްޗަށް ތެދުވެވުނު ކަމުގެ އިހްސާސްކުރެވިއްޖެ.. ޖިނާ!! ފުރަތަމަ ފަހަރަށް އަހަރެން އަމިއްލަ ދިރިއުޅުމަށްޓަކައި ކަމެއްކުރެވިއްޖެ..” އައިޒަން މޫނުމަތީ އަތް އަޅާލަމުން އެ ކެބިންތެރޭގައި އިން ސޯފާގައި ޖައްސާލިއެވެ. އައިޒަން އުފާވެފައިވާތަން ފެނި ޖިނާހްއިތުރަށް އުފާވިއެވެ. އައިޒަން ގެ ދިރިއުޅުމުގައި މަދު ހުރިހާ އެއްޗެއްވެސް ނައިނާ ފުރިހަމަކޮށްދީފިއެވެ. އައިޒަން އެހާ އުފާވެފައި ރޮވުނީ އޭނާގެ ބަންދުވެފައިވާ ދިރިއުޅުމަށް އާރޯކަމެއް އައީތީ އެކަން ނެރޭނެ ގޮތެއް ނޭނގިގެންކަން ޖިނާހްއަށް ރަނގަޅަށް އިނގެއެވެ. އެކުވެރިޔާގެ ދިރިއުޅުމަށް ނައިނާ ގެނައުން އެއީ ކުރެވުނު އެންމެ ރަނގަޅު ކަންތަކޭ ޖިނާހްހިތަށްއެރިއެވެ. ޖިނާހް ބޭނުންވީ އައިޒަން އިތުރަށް އުފާކޮށްލާށެވެ. އޭނާ ސިކުނޑީގައި ރާވަމުން ދިޔައީ އައިޒަން ނައިނާ ކައިރި ގިނަ ދުވަސް ބެހެއްޓޭނެ ގޮތަކާއި މެދުގައެވެ. އެއްއަހަރަށްވިޔަސް އެކަން ކުރެވޭތޯއެވެ.

ކުއްލިއަކަށް އައިޒަން ގެ ފޯނު ރިންގްވެގެން ސޯފާއިން ތެދުވިއެވެ. “އޯހް.. ސޮރީ ލަމް… މަޑުކޮށްލައްޗޭ އެބަ ފޮނުވާލަން….” ލަމްޔާ ގެ ފޯނަށް ޖަވާބުދެމުން އައިޒަން ޖިނާހްއަށް އަތުގެ އިޝާރާތުން މަޑުކޮށްލާށޭ ބުންޏެވެ. އަދި ފޯނުގައި ހުރެ ކެބިން އިން ބޭރަށް ނިކުތެވެ. “ނޫނޭ ލަމް…………..” އައިޒަން އަށް އެހެން ބުނެވުނުތާ އެރުނީ ފައިލެއް ހިފައިގެން އައި ޝާމިރާ ކުރިމައްޗަށެވެ. މަންމަ ކައިރިވެސް އަތުން މަޑުކޮށްލުމަށް އެދި އައިޒަން ދިޔުމުން ޝާމިރާގެ ތުންފަތްމަތީ ކުޅޭލީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ކަމެއް ކާމިޔާބުވީތީ އެކަމުގެ އުފާ ހިތުން ފާޅުކުރަމުން އައިޒަންގެ ކެބިންއަށް ވަތް އިރު ޖިނާހް އިނެވެ. އާދަޔާހިލާފަށް ޝާމިރާގެ ތުންފަތްމަތީ ވާ ހިނިތުންވުމުން އޭނާ ހަމަޖެހިފައިހުރިކަން އެނގި ޖިނާހްއޭނާގެ ރޭވުމާ އެއްގޮތަކަށް ކަންތަށް ފެށިއެވެ.

“މޭމް… އަޅުގަނޑު ވާހަކައެއް ދައްކާލަން…” ޖިނާހް އެހެން އެހުމުން ޝާމިރާ އަވަހަށް ބުނާށޭ ބުނެލިއެވެ. އޭނާ ހުރީ މިގަޑީގައި ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް އެކަމަށް އެއްބަސްވާހާ އުފަލުންނެވެ. “އަޅުގަނޑު މި ވިސްނަނީ އައިޒަން އެކޮޅަށް ފޮނުވާލަން… އެކޮޅުގައި އެބަޖެހޭ ހުންނަން މީހަކު އިސްކޮށް.. އަދި މިތަނުން މުވައްޒަފުން ދިޔަޔަސް އެމީހުންގެ މަތިންވެސް އިސްކޮށް މީހަކު ހުންނަން ޖެހޭނެ… ފެށޭކޮޅު ހިންގާލަން އިމާންމެންނަށްވެސް ވާނީ އުނދަގުލަކަށް… އެހެންވެ އަޅުގަނޑަށް ފެންނަނީ އައިޒަން އެކޮޅަށް ފޮނުވާލަން… މިއަދު މޭމްވެސް ދެއްކީ އެވާހަކައެއް ނޫންތޯ؟ ފަށައިގަންނައިރު އުނދަގޫވާނެތީ އެކޮޅުގައި ޖެހޭނެ ހިންގުންތެރިއެއް ހުންނަން.. އޭރުންކުރިއަށް އަރަމުން ގޮސް ދާނީ… އޭނާގެ ދަށުން އެތަން ދުވަސްކޮޅަކަށް ހިންގާލީމަ އެމީހުންނަށްވެސް ދެން އިނގޭނެ އެގޮތަށް ހިފަހައްޓާލަން.. ކީކޭތޯ މިކަމާއި މެދު މޭމް ދެކެނީ؟؟” ޖިނާހް އެހެން ބުނީ ޝާމިރާ މިއަދު މީޓިންގްތެރޭ ދެއްކި ވާހަކަތަށް މައްޗަށް އަލިއަޅުވާލައިގެންނެވެ. އޭރުން ޖިނާހް ދައްކާ ވާހަކަ ޝާމިރާ ބޮލަށް ފަސޭހައިން ވަންނާނެކަން ޖިނާހްއަށް އިނގެއެވެ. ޝާމިރާގެ މޫނުމަތިން ހިނިތުންވުން ހިނދުކޮޅަކަށް ފަނޑުވިއެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައިވިއެއްކަމަކު އޭނާ ބުއްދި ބޭނުންކުރީ އެންމެ ރަނގަޅު ގަޑީގައެވެ.

ކުންފުނީގެ ކާމިޔާބަށްޓަކައި އެގޮތަށް ކަންކުރަން ޖެހުނަސް ޝާމިރާ ހުރީ ކުރާށެވެ. އެހެންނޫނަސް އައިޒަން އުޅެނީ އޭނާ ބޭނުންވާ ފަދައިން ލަމްހާ އާއި ރައްޓެހިވެގެންނެވެ. އެހެންވީމަ އިތުރަށް ވިސްނަނީ ކީއްކުރަންހެއްޔެވެ؟ އައިޒަން އަންނަން ވާއިރަށް ލަމްހާ ހުންނާނީ މިކޮޅަށް އަންނަންވެފައެވެ. ދެމީހުން އަވަހަށް ކައިވެނި ކުރީމާ އެއޮތީ ކަންވެ ނިމިފައެވެ. ފާލިހް އާއި އެކު ހެދި އެގްރިމެންޓްގެ ގޮތުން އެ ކުންފުނީގެ ހިއްސާ އޭނާއަށް ލިބެން އޮތް ގޮތަކީވެސް އެދެމީހުންގެ ކައިވެންޏެވެ. އެކަމަށްޓަކައި ޖާނާއި މާލުން ގުރުބާންވާންހުރި ޝާމިރާގެ ސިކުނޑިއަށް އައި ހަމައެކަނި ހިޔާލަކީ އައިޒަން އާއި ލަމްހާގެ ކައިވެންޏެވެ. އެހެންކަމުން އެންމެ ކުރީއްސުރެ އެކަން ރާވައިގެން ޝާމިރާއާއި ފާލިހު އަންނަމުން ދިޔައީ އިތުރު އެހެން މީހަކާއި މެދު ވިސްނައިވެސްނުލައެވެ. އައިޒަން ކެބިންތެރެއަށް ވަދެގެން އައީ އެވަގުތުއެވެ.

“ތީ އެންމެ ރަނގަޅު ގޮތް… އެކޮޅު ނިންމާލާފައި ހަމަޖެހޭ ވަރުވީމާ ނޫނީ އައިޒަން އައިސްގެންނުވާނެ…” ޝާމިރާ އައިޒަން އާއި ދިމާ ބަލާލުމަށްފަހު އެހެން ބުންޏެވެ. އައިޒަން ވާނުވާގައި ހުރިއިރު ޖިނާހް ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މިއަދު އިރުއެރީ ކޮންފަރާތަކުން ބާއެވެ؟ ޖެހިލުމެއްނެތި ޝާމިރާ އާބަސް އެދިނީ ރާއްޖެތެރެއަށް ދާށެވެ. މީ އަނެއްކާ ޝާމިރާގެ ސިފައިގައި އައިސް ހުރި ޖިންނިއެއްބާއެވެ. ޖިނާހް ހިތަށްއަރާ އެއްޗެހިން ހެވުނުވެސްމެއެވެ. ވާނީވެސް އެހެންތާއެވެ. އެހާއަވަހަށް އެއްބަސްވުމުން ގަބޫލުކުރާނީ ކާކުހެއްޔެވެ؟ އެންމެ ފުރަތަމަ އައިޒަން އުނގޫފާރަށް ދިޔަދުވަހު ޖެއްސި އެކްޓްވެސް އެންމެ ކައިރިން ދެކުނީ އޭނާއެވެ. ވާނުވާގައި ހުރި އައިޒަންގެ ކޮނޑުގައި ދެތިންފަހަރު ޝާމިރާ ޖަހާލިއެވެ. “ކިހާ ދުވަހަކަށްތަ ދަނީ؟” ޝާމިރާ އެހިއެވެ. އައިޒަން ޖިނާހްއަށް ބަލައިލިއެވެ. “އެއް އަހަރުވަރު ރަނގަޅުވާނެހެން ހީވަނީ…” ޖިނާހް ޖަވާބުދިނުމުން ޝާމިރާގެ ފުޅާ ހިނިތުންވުން ފަނޑުވިއެއްކަމަކު އަނެއްކާވެސް ސިކުނޑިއަށް އައި ހިޔާލުން ހިނިތުންވެވުނެވެ. އެހުރިހާ މަންޒަރެއް ޖިނާހްއަށް ފެނުނެވެ. ޝާމިރާގެ ސިކުނޑީގައި ހިނގާކަމެއް ޖިނާހްއަށް އިނގޭނަމައޭ ހިތަށްއެރިއެވެ. އައިޒަން ދެބުމަ ގޮށްޖަހާލައިގެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“މަންމަ ކުރިންވެސް ބުނި ކަންތަކަށް ވިސްނައިގެން އުޅެންޏާ އެނިމުނީ.. އެކަމަކު މިހާރު މަންމަ އެއްވެސް ވަރަކަށް ހާހެއްނުވޭ… އައިޒަން އަކީ ބައްޕަ ގޮތަށް އެހެން މީހަކު ފެނިގެން ހިތް ބަދަލުވާނެ މީހެއްނޫންކަން މަންމައަށް އިނގޭ.. ހިތުގައި ކޮންމެ މީހަކު އޮތަސް އެ ބަދަލުވިޔަ ނުދޭތި..” ޝާމިރާ ދެއްކި ވާހަކައަކުން އަނެއްކާވެސް އައިޒަން އަންތަރީސްވިއެވެ. މަންމަ މިދައްކަނީ ކާކުގެ ވާހަކައެއްހެއްޔެވެ؟ ކީކޭހެއްޔެވެ؟ ހިތް ބަދަލުނުވާނޭ އެ ބުނީ ކީއްވެހެއްޔެވެ؟ މިފަހަރު ޝާމިރާގެ ވާހަކައިން ޖިނާހްވެސް ހުރީ ސުވާލުމާކެއްގެތެރޭގައެވެ. ޝާމިރާ ކެބިން އިން ނިކުމެގެން ދިޔައީ ޖިނާހް އަދި އައިޒަންގެ ހިތް ސުވާލުން ފުރާލާ ވަރުގަދަ ހައިޖާނުގަނޑެއް އުފައްދުވާފައެވެ.

“މަންމަ.. ކީކޭ ކިޔާފަ އެދިޔައީ؟ ހިތުގައި މީހަކު އޮތޭ.. ކީކޭތަ އެ ބުނީ؟؟؟” އައިޒަން ޖިނާހް އާއި އެ ސުވާލުކުރީ އެކީ އެއްޗެއްކީ ޖިނާހް ދެއްކި ކޮންމެވެސް ވާހަކައަކުންކަން އިނގޭތީއެވެ. “މަށަކަށް ނޭނގެ އެ ބުނީ ކީކޭ ކަމެއް.. އެކަމް އައިއްޓެ އުނގޫފާރަށް ދާން ތައްޔާރުވޭ.. އެއް އަހަރަށް ދެވޭގޮތަށް ހަދައިދީފައި އެއޮތީ…” އައިޒަން ކައިރި އެހެން ޖިނާހް ބުނީ ގިރުވާންކޮޅަށް ޖަހާލާފައެވެ. ޖިނާހް ހީކުރީ ޝާމިރާ އެހާ ފަސޭހައިން އާބަސްބުނީ ޖިނާހް ވިސްނައިދިން ގޮތުން ވިސްނިގެންކަމަށެވެ. ނަމަވެސް ޝާމިރާގެ ހިތުގައިވަނީ ކޯއްޗެއްކަން ޖިނާހްއަށް އިނގޭނެއްހެޔެވެ؟ އޭނާ މިހާރުވެސް ހިޔާލީ ފޮލާ ކައްކަމުން އެދަނީ އައިޒަން އާއި ލަމްހާގެ ކައިވެންޏާއި މެދުއެވެ.

އައިޒަން ކީކޭހޭ ބުނުމުން ޖިނާހް ވީގޮތް ރަނގަޅަށް އޮޅުންފިލުވައިދިނެވެ. ނަމަވެސް ދެންމެ އެ ކީ އެއްޗެއް އެކީ އޭނާވެސް ސުވާލުމާކެއްގެ ތެރެއަށް ލާފައިކަމަށް ޖިނާހް ބުނުމުން އައިޒަން ޖިނާހް އަށް ޝުކުރުއަދާކުރިއެވެ. “އެ މައްސަލައެއް ނޫނޭ… މިދުވަސްކޮޅު ޖެހޭނީ ނައިނާ އަށް ގިނަވަގުތު ދޭކަށެއްނު ދޯ؟ އެކަމް އަހަރެން މި ވިސްނަނީ މޭމް ދެންމެ އެ ކީ އެއްޗެއްސާ މެދު… ކީކޭބާ އެކީ!!” ދެކޮޅަށް ބޯ ހަރަކާތްކުރަމުން ޖިނާހް ސިކުނޑިއަށް ބާރުލާފައި އެކީ އެއްޗެއްސާއި މެދު ވިސްނާލީ އެކަމާއި އައިޒަން އާއި ގުޅުމެއް އޮތްކަން އެނގޭތިއެވެ. ގައިމުވެސް ސަބަބެއްނެތި އެހާ ފަސޭހައިން އެހާ ގިނަދުވަހަށް އައިޒަން ފޮނުވިޔަކަ ނުދޭނެއެވެ. ނަމަވެސް ވިސްނާ ވިސްނާވެސް ޖިނާހްއަކަށް ޖަވާބެއް ނުލިބުނެވެ.

“އަޅައިނުލާ.. އަހަރެމެންނަށް ނޭނގޭ ބަހަކުން ލިޔެފައި އޮތް ފޮތެކޭ މަންމައެކޭ ތަފާތެއް ނެތް… ކިތަންމެ ވަރަކަށް ހާވައިގެން ކިޔަން އުޅުނަސް އަހަރެމެންނަކަށް ކިޔެނީކީ ނޫން އަދި އިނގޭނީކީވެސް ނޫން…” އައިޒަން އެހެން ބުނުމުން ޖިނާހްއެކަމާއި އެއްބަސްވިއެވެ. ތެދެކެވެ. އެވާހަކަ ރަނގަޅުވާނީ އެހިސާބުން ނިންމާލީއެވެ. މިވަގުތު އޭނާ ޖެހޭނީ އެކުވެރިޔާއަށްޓަކައި އުފާވާށެވެ. “އެކަމް އަހަރެން ހިތަށް މިއަރަނީ މަންމަ ކައިރި ބުނަން.. އެ ދަރިފުޅު ވިހެއީމަ މަންމައަށް ނޭނގޭނެ މާމަ ދަރިއެއް ހުންނާނެކަންވެސް.. އެކަމާއި ހާދަ ދެރަވެޔޭ އެހެންވެ ބުނަން ބޭނުން.. ފަހަރެއްގައި އޯކޭވެދާނެ މާމަދަރިއެއް ލިބޭވާހަކަ ބުނީމަ..” އައިޒަން އެހެން ބުނުމުން ޖިނާހް ވަގުތުން އެކަމަށް އިންކާރުކުރިއެވެ. “މޮޔަނުވޭ… މީ ތިވާހަކަ ދައްކަން ރަނގަޅު ވަގުތެއްނޫން.. މިގަޑީގައި ބުނެގެން ދެން މަންމަ އޯކޭ ނުވެއްޖެއްޔާ އޯ؟ އޭރުން ނައިނާ ވެސް ދަރިފުޅުވެސް ނުފެންނަވަރު ވެދާނެ.. މިވަގުތު ތިހާ ބޮޑު ރިސްކެއް ނަގާނެކަމެއް ނެތް…” ޖިނާހް ހާސްވެފައި އެހެން ބުނީ އައިޒަން އާއި ޝާމިރާގެ ކަންތަކުގައި އެއިން އެކަކަށްވެސް އިތުބާރު ނުކުރެވޭތީއެވެ. އައިޒަން އެހެން ހުރެފައި ވިސްނައިނުލާ ބުނެފާނެތީވެސް ޖިނާހް ބިރުގަނެއެވެ. އައިޒަންއަށް ވިސްނައިދިނުމުން އައިޒަން އެކަމާ އެއްބަސްވިއެވެ. އަދި އޮފީހުގައި ކުރަންހުރި މަސައްކަތްތަށް ނިންމާލާފައި ގެޔާއި ދިމާލަށް ދިޔައީ އުނގޫފާރަށް ދިޔުމުގެ ކުރިން ގަންނަންޖެހޭ ސާމާނުތަށް ގަންނާށެވެ.

ގެޔަށް ދިޔަގޮތަށް އޭނާ އައިޝަމްއަށް އެހަބަރު ދިނެވެ. ނަމަވެސް ނަސީބުދެރަކަމުން އައިޝަމް އެވަގުތު އިނީ ކުލާހުގައެވެ. އައިޒަން ހަވީރުފުރަން ލޯންޗެއް ރެޑީކުރިއިރު ޝާމިރާވެސް ހަމަޖެހިލައިގެން އައިޒަންގެ އެއްޗެހިތަށް ޕެކްކުރުމުގައި އެހީވިއެވެ. އެއީ ދުވަހަކުވެސް އޭނާ އުޅުނު ގޮތެއް ނޫންކަމުން އައިޒަން ހައިރާންވިއެވެ. ގަމިސްތަށް އިސްތިރިވެސްކުރީ ޝާމިރާއެވެ. “މާގިނައެއްކޮށް ނުއެއް ގެންދާނަން މަންމާ! އެކޮޅުގައިވެސް ހުންނާނެ..” އައިޒަން އެހެންބުނެފައި ފޮށި ބަންދުކޮށްލީ އަދި ނުނިމޭކަން އެނގިހުރެއެވެ. އޭނާ އަދި ގަންނާނެ ސާމާނު އެބަހުއްޓެވެ. ޖިނާހްވެސް އަދި އަންނާނީ އެއްޗެހި ހިފައިގެންކަން އައިޒަން އަށް ރަނގަޅަށްވެސް އިނގެއެވެ.

……………….

“އައިއްޓޭ!!!” ޖިނާހް އައިސް ދޮރު ހުޅުވާ ބޯދިއްކޮށްލީ ވަރަށް މަޑުމަޑުންނެވެ. ގޭތެރޭއިން ޝާމިރާއަށް ނުފެނި އޭނާ އެއައީ ވަރަށް ސިއްރުންނެވެ. ގަނެފައި ހުރި އެއްޗެހި ފެނިއްޖެއްޔާ ސުވާލު ކުރާނެކަން ޖިނާހްއަށް އިނގެއެވެ. އައިޒަން ހޫންން އަޅުވާލުމުން ޖިނާހް އެތެރެއަށް ދެމިގަތެވެ. ސޯފާގައި ލެޕްޓޮޕް ހުޅުވައިގެން އެއްޗެއް ލިޔަން އިން އައިޒަންގެ ދެލޯ ބޮޑުވިއެވެ. ލެޕްޓޮޕް ބައިންދާފައި ލަސްލަހުން ތެދުވިއިރު އޭނާގެ އަނގަވެސް ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. “މީ ލައްކޮއަށް.. ދެން މީ ހުސް ނައިނާއަށް އިނގޭ…” ކޮތަޅުތަށް ދައްކަލަމުން ޖިނާހް އެހެންބުނީ ދަތްޕިލަ ހާވާލަމުންނެވެ. އައިޒަން ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “އަހަރެން ގެންދާ އެއްޗެއްސަށްވުރެ ޖިނާ ގެ އެއްޗެހި ގިނަ… ތި އެއްޗެހިތަށް ގޮސް ބެކްޕެކަށް އަޅާ ނޭޅެންޏާ ފޮށްޓަށްވެސް އަޅާ، ތި ހަމަޖައްސާތި…” އައިޒަން ޖިނާހްގެ ހަރަކާތްތަކަށް ބަލަންހުރެ އެހެން ބުނީ ރަނގަޅަށްވެސް ހައިރާންވެފައި ހުރެއެވެ.

ޖިނާހްގެ އެއްޗެހިތަށް އަޅާ ނިމި ޒިބު އަޅުވާލި އަޑާއި އެކު ދެމީހުންވެސް މޭގުޑައިގެން ދާވަރަށް ސިއްސުވާލީ ދޮރުގައި ބަންކިޔާފައި މީހަކު ޖެހިގަތް އަޑަށެވެ. އައިޒަން ބިރުން ގޮސް ދޮރު ހުޅުވާލުމާއި އެކު އެތެރެއަށް ވެއްޓުނީ އައިޝަމްއެވެ. ވެއްޓުނުއަޑުވެސް އެ ކޮޓަރިތެރޭ ހިފާލިއެވެ. އޭނާގެ އަތުގައި ބައެއް ކޮތަޅުތަށް ހުރިއިރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. “ދޮންބޭ.. ދޮންބޭ..!!” ވަރުބަލިވެފައި އޮތް އައިޝަމްއަށް ކިރިޔާ ވާހަކަދެއްކޭ ކަމެވެ. “މިހިރީ.. މިހިރީ ދޮންބެދައްތަ…” ހުއްޓަ ހުއްޓާފައި އައިޝަމް ވާހަކަދެއްކިއެވެ. އައިޒަން ނިތްކުރީގައި އަތުން ޖަހާލުމަށްފަހު އަތުލަފިކޮށްގެން އައިޝަމް އެނދުގައި ބޭންދިއެވެ. ދޮރުގައި ޖެހުނުގޮތުން އައިޝަމް އިނީ ބޮލަށް އެނބުރުން އަރާފައެވެ. އެޔޮށްދުރުން އޭނާ ދުވެބަޑިބަޑިލާފައި އައީ އައިޒަން ފުރުމުގެ ކުރިން މި އެއްޗެހި ހަވާލުކުރާށެވެ. ޖިނާހްވެސް އައިޝަމް ގެ ލޯ ކައިރި އަތްހިންގާލިއެވެ. އަދި އައިޝަމް ރަނގަޅުހޭ އެހިއެވެ.

“ކޮލެޖްގައި އިންދާ ދޮންބެ އެހެން ބުނުމުން ކްލާސް ކަޓުވާފައި ފިހާރަޔަށް ވަނީ… އެކި ފިހާރައިން އެއްޗެހި ގަނެގެން ސައިކަލަށް އަރައިގެން ގެޔަށް އައިސް އައިސްއޮއްވާ އިނގުނީ މަގު ބަންދުކޮށްފިކަން ދެން ޖެހޭނީ ވަށައިގެން އަންނަން… ދޮންބެ ފުރާގަޑި ގާތްވެފައި އޮތީމަ ހީކުރީ ދޮންބެ މިހާރު ދާނެކަމަށް.. އެހެންވެ ސައިކަލު ޕާކްކޮށްފައި ދުވެފައިމިއައީ.. ގެޔަށްވެސް ދުވެފައި އައިސް ވަނުމުން ކޮންޓްރޯލް އިން ނައްޓައިގެން އައިސް ދޮރުގައި ޖެހުނީ…” އައިޝަމް ވާނުވާ އޮޅުން ފިލުވައިދިނުމުން އައިޒަން އާއި ޖިނާހް ތަށިމުށިމައްޗަށް ވެއްޓި އޮވެ ހޭންފެށިގޮތަށް ހުއްޓައިނުލިއެވެ. އައިޝަމް ނިތްކުރިމަތީ އަތް ހާކަ ހާކާފައި ހަމަޖެހެން މަސައްކަތްކުރިއެވެ. “ދައްކަބަލަ ކޯޗެއްތޯ އޮތީ!!” އައިޝަމް އަތުން ކޮތަޅުތަށް އަތުލާފައި އައިޒަން ހާވާލިއެވެ. އޭނާ ތުންފަތް ފިއްތާ ބާރުކޮށްލީ ހޭން ބޭނުން ނުވާތީއެވެ. “ބް…ބޭބީ ހެދުންން؟؟؟” ހިނިގަނޑު ހިފަހއްޓާލައިގެން ހުރެ އައިޒަން ސުވާލު ކުރީ ބުމަ އަރުވާލަމުންނެވެ.

އައިޝަމް ބޯ ޖަހާލިއެވެ. “ގަންނާނެ އެއްޗެއް ނޭނގުނު ހުންނާނެ ޗޮކްލެޓްވެސް..” އައިޝަމް އެހެން ބުނުމާއި އެކު އައިޒަން ގެ އިތުރަށް ޖިނާހްވެސް ޕަކަޕަކަ ލާފައި ހޭންފެށީ އައިޝަމްގެ މައުސޫމްކަމާހެދިއެވެ. އައިޒަން ވަރަށް ހާލުން ހުނުން ހުއްޓާލާފައި އަނގަމަތީ ހިފަހައްޓާލައިގެން އިރުކޮޅަކު އައިޝަމްއަށް ބަލަންހުއްޓެވެ. “އަދި އެބައޮތް ބައިވަރު ދުވަސް.. ނޫން ބައިވަރު ދުވަހެއް ނޫން 8 މަސް… މި އެއްޗެހި ބޭބީ އަށް ލެވޭނީވެސް ބޭބީގެ އުމުރުން އަހަރެއް ވީމަ ކަންނޭނގެ….” އައިޒަން ވަކި ވަކިން ހެދުންތަށް ނަގަމުން ބުންޏެވެ.  އައިޝަމް ބޯކަހާލީ އޭނާއަށް އިތުރު އެއްޗެއް ގަންނާކަށް އެއްގޮތަކަށްވެސް ނޭނގުނޭ ބުނެފައެވެ.

“އަދި ގަނެފައި މިހުރީވެސް ގިނައިން އަންހެން ކުލަތަށް.. ފިރިހެން ކުއްޖެއް ލިބިއްޖެއްޔާ  ބުނާނެ އައިޝަމްބޭބެ ދެކެ ވަރަށް ފޫހިވެޔޭ..” ހެމުން ހެމުން އައިޒަން އެހެން ބުނެލިއެވެ. އައިޝަމް ކޮތަޅުތަށް އަތުލާފައި ދަބަހަށް އަޅާލީ ރުޅިއައިއްސައެވެ. އޭނާ އެހާ ހާލުން އައީމަވެސް ދޮންބެ އެކުރީ މަލާމާތްވިއްޔާއެވެ. “އަނހަ އަނހަ… އަދި މަޑުކޮށްބަލަ…. ތެންކިޔު އިނގޭ… ދޮންބެ ނެތްތާނގާ ވާނެ ކުންފުނީގެ ކަންތަކުގައި ގިނައިން އުޅެލާ ހިނގާލަން އިނގޭ…” އައިޝަމް ދާން ހެދުމުން އައިޒަން ހުއްޓުވާފައި ނަސޭހަތްތެރިވިއެވެ. އަދި މަންމަ ރަނގަޅަށް ބެލުމަށާއި ރަނގަޅަށް އުޅުމަށް ބުންޏެވެ. އައިޒަން ނެތްކަމަކު ކޮންމެކަމެއް ޖެހުނަސް ބުނާށޭ އައިޒަން ބުނެލިއެވެ. އައިޝަމް އެއްބަސްވިއެވެ.

މަތިންދިޔުމުގެ ބަދަލުގައި އައިޒަން ނިންމީ ކުންފުނީގެ ލޯންޗްއިން ދާށެވެ. ލޯންޗް ރެޑީވުމާއި އެކު އައިޒަން ލޯންޗަށް އަރާ ނައްޓާލީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެއެވެ. ނައިނާ ކައިރި ނުބުނެ އޭނާ އެދަނީ ސަޕްރައިޒެއް ދޭށެވެ. އޭނާ ފެނުމުން ނައިނާ ހާދަ އުފާވާނެއެވެ. އެހާ ގިނަދުވަސް ނައިނާ ކައިރި ހުރެވޭނެތީ އައިޒަން އުފަލުން ފޮޅުނެވެ. ދުވަހަކުވެސް ނުލިބޭހާ ވަރަށްމިނިވަންކަން ލިބުމުން އޭނާ ހުރީ އުދުއްސައިގަންނަން ރެޑީގައެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ސޮރީ.

Next

02:30 ސައުރަތިރީސްވަނަ ބައި

Next
October 1, 2017

02:30 ސައުރަތިރީސްވަނަ ބައި

Previews
September 30, 2017

ސޮރީ.

22 Comments!

  1. Ryn says:
    October 1, 2017 at 9:16 am

    Salaaaam loves ?
    So storyga dhn vrh ginakanthah hingaane inge.. Vrh bodu badhalthah. And u guys say shaamiraa ah angan, yup its gonna happen too. Soon soon ?
    This part is dhigu inge hama dhigukhly ?
    Im so happy to see u guys enjoyin and supporting this story. ?
    I hope u guys liked this part and the way its going on. Thankyu ?
    Leave a comment ?❤

  2. marsh says:
    October 1, 2017 at 9:26 am

    alhe ryn v lwbii when next part

  3. Aki says:
    October 1, 2017 at 9:31 am

    alhey miadhu adhi one part up kohla dheebaa pls ..mi part ves v reethi

  4. if ge love says:
    October 1, 2017 at 9:58 am

    V rythi adhi miadhu eh part up kohdhybr cant wait….

  5. Reader says:
    October 1, 2017 at 10:01 am

    Yeyyyyy m first.. Story is superb.. ??

  6. Naa says:
    October 1, 2017 at 10:09 am

    Ryyn story Akkoh up Kollaba.. Varah kiyaa hith vey.. varah salhi mi story ves <3

  7. laara says:
    October 1, 2017 at 10:49 am

    ryn.. this story is same as hama laara ge “mulhi jaan hithaa”.. Aizan dhen launch accident eh ga maruvaanii i guess.. hama e story ga ves vee ehen..

    1. Ryn says:
      October 1, 2017 at 11:14 am

      Ehentha? Ehnvyma thivaahaka I gonna read lol and ehenehnun vaany inge so probably different from her story and mi
      story ge concept and everything is hama my idea first it was a radio drama now a story. Thnkyu ❤

  8. Sheru says:
    October 1, 2017 at 10:52 am

    Beautiful story … Keiy madhuvefa next part ge inthixaaruga .. Plx next part up kolladheeba .. Ryn ??

  9. Naaanu says:
    October 1, 2017 at 10:55 am

    Aaahchaaa ❤?❤?❤heehee halaaku vejje aishamge bai kiyaafa.ey uhu.shaamira ah angan hadhaane kameh nei.ingijjeyya hey aruvaalaane aizan .?ugh.in love with aizan ?lol

  10. Song joong ki... KOREAN says:
    October 1, 2017 at 11:07 am

    Woww varah salhi.. ????

  11. Song joong ki... KOREAN says:
    October 1, 2017 at 11:09 am

    Aishath ulhunugoih varah majaa ingeh.. Hahah??? naseebennu dhoru vahtaanulikan.. ???

    1. song joong ki..KOREAN says:
      October 1, 2017 at 1:08 pm

      **aisham

  12. Ryn says:
    October 1, 2017 at 11:14 am

    Thankyouu guys ❤❤

  13. Laii says:
    October 1, 2017 at 11:21 am

    Avahah aizan fonuvaa naina kairiah ehn kameh nuviyas.. aizan ah gotheh nahadhacchey anekka

  14. me says:
    October 1, 2017 at 11:51 am

    varah gina happy moments genesdhehche please.. thanks for this awsome story btw

  15. Ch Ap Pii says:
    October 1, 2017 at 12:34 pm

    V reethi

  16. click a shot ? says:
    October 1, 2017 at 12:42 pm

    Aizan ge mom kihineh baa hadhaany?..naina ah dhera gotheh nahadhachey..varah reethi mi part ves..??

  17. Mina says:
    October 1, 2017 at 3:05 pm

    V salhi l love this part waiting for next part kemaduvefa mihiree avahah up koladechey

  18. Abdulla says:
    October 2, 2017 at 11:34 am

    Visna nula udhussaigannan ulhey knme dhoonyakahves libeyne kahala ladeh aizan ahves liben e’ulheny….. vaahakaehga viyya vaan jehey gotheh eyee….☺

  19. Hudha says:
    October 2, 2017 at 7:02 pm

    Varah reethi… When next part

  20. Aylee says:
    October 4, 2017 at 2:26 am

    Falaah ge dhari eh dhw naina akee vx aizan mamma beynun vany falaah ge buisness aa gulhun baavaakah nun eahn v ma naina ya gabwl vaanetha hageegah iguneema dhn ryn aizan ah dhn angaalaba naina eaee falaah ge dhari ehkan eayrah aizan ah faseyha vaane aazima ge ruhun hoadheynee dhw

Comments are closed.


All Right Reserved!