Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 38 (އަށުތިރީސްވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 2, 2017 9 Mins Read
89 Comments

ބޯކޮށް ވެހެމުން ދިޔަ ވާރޭ، އަދިވެސް ހުއްޓާ ނުލައެވެ. ކަޅު ވިލާތަކުން ދުނިޔެމަތި ބައްދާލާފައިވަނީ އެހާވެސް ބޮޑަށެވެ. ބޭރަށް ދާން ބޭނުންވެފައިހުރި މިޝަލް، މަގުމައްޗަށް ބޯ ދިއްކޮށްލީ، ވާރޭ ހުއްޓާލާނެކަމުގެ އަލާމާތެއް ފެންނަން ހުރިތޯ ބަލައިލުމަށެވެ. އެހެނަސް، ދެންމެއަކާއި ޖެހެންދެން، ވާރޭގެ ސަބަބުން ބޭރަށް ނުދެވިފައިހުރި މިޝަލަށް، ފެނުނު މަންޒަރަކުން، އެ ބޯ ވާރޭތެރޭ، ހުރި ސީދަލަށް އަތިރިއާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.

_________________________________________

 

ޗާބީ ދީފައިވާ މީހެއްފަދައިން، ހިނގަމުންދިޔަ މިޝަލް، މަޑުކޮށްލީ އަތިރިމަތީގައި ހުރި ބޮޑު ގަހެއްގެ ކައިރީގައެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ، އެ ބޯ ވާރޭތެރޭ، ޕަރީއެއްފަދައިން ދުވެދުވެފައި ރައިނާއާއިއެކު ސކަރާތްޖަހަމުންދިޔަ ޝިއުރީއަށެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކުޑަކުއްޖެއްފަދައިން ހެދިފައިވާ ޗަކަ ފެންގަނޑުތެރޭ، ފުންމަމުން ދިޔައިރު، ޝިއުރީގެ ރީތި ތުންފަތަށް ވެރިވެފައިވަނީ އުފާވެރި ހިނިތުންވުމެކެވެ. ފައިވާނަށް ނާރާހުރެ، ބިންމަތީ ދުވަންފެށީ ރައިނާ، އޭނާގެ ގައިގައި އަތްލާން އުޅުމުންނެވެ. ބާރަށް ހެވެމުންދިޔައިރު، މިއުޒިކެއްފަދަ އެ ރީތި އަޑު، ވެހެމުންދިޔަ ވާރޭގެ އަޑާއި އެކުވުމުން އަޑު އަހާލަން ނުހަނު ހިތްގައިމެވެ.

ރައިނާއަށް ޝިއުރީ އަތުވުމުން، ލިބުނު ކާމިޔާބުގައި، ދެއަތްދެއަތާ ޖަހަމުން ފުންމަން ފެށިއެވެ. ރައިނާ އުރާލަމުން ރީތި ހަމައަކަށް، ފައި ހަމަ ކުރަމުން ޝިއުރީ ނަށަންފެށީ، ވާރޭގެ ސަބަބުން ހިތަށް ލިބިފައިވާ ހަމަޖެހުމެއްގެ ސަބަބުންނެވެ. އެކަމާ، މަޖާވެފައި ރައިނާ ހޭންފެށުމުން ޝިއުރީވެސް ރައިނާގެ ހުނުމުގައި ބައިވެރިވިއެވެ. ދުރުގައި މި މަންޒަރު ބަލަން ހުރި މިޝަލަށްވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.

ރައިނާ ގޮވައިގެން ނަށަމުން ގޮސް ފަހަތަށް އެނބުރުނު ވަގުތު، އެ މަންޒަރުތައް ބަލަން ދުރުގައި ހުރި މިޝަލް ފެނުމުން، ޝިއުރީގެ ޙަރަކާތައް ވަގުތުން ހުއްޓުނެވެ. ލަސްލަހުން ރައިނާ ބިމަށް ތިރިކޮށްލެވުނުއިރު، ރަކިވެފައި، އިސްޖަހާލެވުނީ، ދެންމެ އުޅެވުނުގޮތް މިޝަލަށް ފެނުމުން، ލަދުގަތްވަރުންނެވެ.

ޝިއުރީގެ ޙަރަކާތްތަކުން އޭނާ ލަދުގަތްކަން އެނގުމުން، މިޝަލަށް ބޯ ކަހާލެވުނީ، އޭނާގެ ސަބަބުން ޝިއުރީގެ އުފާވެރި ވަގުތުކޮޅަށް ނިމުން އައިތީއެވެ. އެހެނަސް، އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވީ އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު، ޝިއުރީގެ މޫނުމަތިން ނުރުހުންތެރިކަން ނުފެނުމުންނެވެ.

ޝިއުރީއަށް ބަލަން ގެއްލިފައި ހުރި މިޝަލަށް، ސިހުން ގެނުވީ ރައިނާ އައިސް އޭނާގެ އަތުގައި ހިފައިލުމުންނެވެ. ގާތުގައި ރައިނާ ނެތްކަން އެނގުމުން ޝިއުރީ އިސް އުފުލާ ބަލައިލިއެވެ. އޭރު މިޝަލްގެ އަތުގައި ހިފައި ދަމަމުންކަހަލަ ގޮތަކަށް ރައިނާ، މިޝަލް ގޮވައިގެން އެ ދިމާއަށް އާދެއެވެ. ޝިއުރީއާއި ހަމައަށް އާދެވުމުން، އެ ކުދިންގެ ސަކަރާތުގައި ބައިވެރިވުމަށް މިޝަލްގެ ގާތުން ރައިނާ އާދޭސްކުރަން ފެށިއެވެ. މިޝަލަށް ބަލައިލެވުނީ ޝިއުރީއާއި ދިމާއަށެވެ. އެއީ ޝިއުރީއަށްވެސް އޭނާއާއި ދިމާއަށް ބަލައިލެވުނު ވަގުތުކަމުން، ދެ މީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔައެވެ. ޝިއުރީ ހިތްހަމަ ނުޖެހިދާނެތީ، މިޝަލް އުޅުނީ ބަހަނާއެއް ދައްކާފައި އެ ތަނުން ދާށެވެ. ނަމަވެސް، އެ ދެމީހުންގެ ހިތުގެ ހާލު ރޭކާނުލާ ކުޑަކުޑަ ރައިނާ ހުރީ އެހާ ފަސޭހައިން މިޝަލް ދޫކޮށްލާގޮތަކަށް ނޫނެވެ. ރައިނާގެ އަތުތެރޭން މިޝަލް، އޭނާގެ އަތް މިންޖުކުރަން އުޅުމުން، ރައިނާ ތުންދަމާލިއެވެ. މިތަން ފެނިފައި ޝިއުރީއަށް ހިމޭނުން ނުހުރެވުނެވެ. އެ މީހުންނާއިއެކު ކުޑަ ވަގުތުކޮޅަކު މަޑުކޮށްދިނުމަށް މިޝަލްގެ ގާތުން އެދުނީ، ރައިނާ ދެރަވެފައި ހުރުމުންނެވެ. މިޝަލްގެ ޙާލަކީތޯއެވެ. ދުލުން ބަހެއް ބުނެލަން ނޭނގުނުތާ، އެސްފިޔަ ޖަހައިވެސް ނުލާ ޝިއުރީއަށް ބަލަން ހުރެވުނީ، ކަންފަތަށް އިވުނު އަޑު ޤަބޫލުކުރަން ދަތިވެފައެވެ. ފަސް އަހަރު ދުވަސް ވަންދެން އޭނާއާއި އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ ހުރެފައި، ޝިއުރީ ވާހަކަ ދެއްކުމުން، އޭނާގެ ހިތް ހީވީ އުފަލުން ގޮސް އުދުހިގެން ހިނގައިދާނެހެންނެވެ. ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިހިނދު އަވަސް އަވަހަށް ބޯ ޖަހާލީ، އެ ކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ޝައުނަށް ހަމަހޭވެރިކަންވީވެސް ރައިނާ އޭނާގެ ފައިގައި ބައްދާލުމުންނެވެ. އުފާވީވަރުން ބިންމަތީ ދެކަކޫ ޖަހާލަމުން، ކުޑަކުޑަ ރައިނާ ގެނެސް އޭނާގެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލެވުނީ، އެކަން އެ ގޮތަށް ވުމަށް މެދުވެރިވީ ރައިނާގެ ސަބަބުންކަމަށް ވީތީއެވެ.

ޝިއުރީއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމުން، މިޝަލް ހުރީ ވަރަށް އުފާވެފައެވެ. އެއީ ހުވަފެނުގައިވެސް ވެދާނެކަމަށް އޭނާއަށް ހީކުރެވިފައިވާ ކަމެއް ނޫނެވެ. ވާހަކަ ނުދެއްކި ކަމުގައި ވިޔަސް، އެކުގައި ވޭތުވި މަދު ވަގުތުކޮޅުތެރޭ، ދޭތެރެއަކުން ޝިއުރީ ހިނިތުންވެލުމުންވެސް، އޭނާގެ ހިތަށް ހަމަޖެހުން ގެނުވިކަން ގައިމެވެ.

********************

 

ވާރޭ ހުއްޓާލައިފައި ވީނަމަވެސް ޖައްވުގައި ވަނީ ތެތްފިނިކަމެއް ހިފައިލައިފައެވެ. ވިއްސާރަވުމުގެ ސަބަބުން ހަނދުވެސް ފެންނަނީ ވަރަށް ފުސްކޮށެވެ. މަދުމަދުން ތަރިތައްވެސް ފެންނާން ހުއްޓެވެ. ބެލްކަނީގައި އުޑާއި ދިމާއަށް ބަލަހައްޓައިގެން ހުރި އަޔާނީ ފަހަތް ބަލައިލީ މީހަކު އައިހެން ހީވުމުންނެވެ. އޭރު ޔަލްވީ އައިސް އޭނާގެ ގާތުގައި މަޑުކޮށްލަނީއެވެ. ޔަލްވީގެ މޫނުމަތިން ފެންނަނީ ފޫހިވެފައިވާކަމުގެ އަސަރުތަކެވެ. ރެއިލިންގައި އަތްއަޅުވާލަމުން އޭނާވެސް އުޑާއި ދިމާއަށް ބަލައިލިއެވެ.

“ކީއްވެ މާ މޫޑީވެފައި ތި ހުރީ….؟؟؟؟؟” ޔަލްވީއަށް ބަލަން ހުރެފައި އަޔާނީ އަހައިލިއެވެ.

“ވަރަށް ފޫހިވޭ…. ޝައުން އަބަދު އިންނަނީ އެ ފޯނަށް ލޯ ޖަހައިގެން….. އެތާ އެހެން މީހަކު އިންނަހެންވެސް އޭނައަށް ހީ ނުވާނެ…. ކުރިން އިބޫ އުޅުން އިރު ވަރަށް މަޖާވާނެ… އޭނަ ވަރަށް އަނގަތަޅާނެ…. ޝައުންގަނޑު ލޯބިވެރިޔާއާ ވާހަކަ ދައްކަން ތުއިވެފައި އެ ޖައްސާ ވައްތަރުތައް ބަލަން، ދެން ވަރަށް ފޫހި……” ފުން ނޭވާއެއް ދޫކޮށްލަމުން ޔަލްވީ ފެށީ ވަޒީފާގެ ވާހަކައެވެ. ޔަލްވީ އެ ވާހަކަ ދެއްކުމުން އަޔާނީގެ ގާތަށް ހިނިއައީ، އޭނާގެ މޫނަށް ޖެއްސި ވައްތަރުތައް ފެނުމުންނެވެ.

“ފޫހިވަނީތަ….؟؟ ނޫނީ ޖޭ ވަނީތަ….؟؟؟” ލާނެއް ގޮތަކަށް ހީލަމުން އަޔާނީ އަހާލިއެވެ. އަޔާނީއަށް ލޯ އަޅާލަމުން ޔަލްވީ، އޭނާގެ ގައިގައި ބޮނޑިއެއް އަޅުވައިލުމުން އަޔާނީ ފެށީ ހޭށެވެ.

“ހެހެހެ…. ފޫހިވިޔަސް، ޖޭ ވިޔަސް، ނުކެރޭ މީހުން ޖެހޭނީ ބަލަން އިންނާކަންނު…. ގައިމު ތި ހިތުގައި އޮތް ލޯބި ފާޅުކުރިނަމަ ތިހެން ދަތްވިކާލައިގެން ހުންނާކަށް ނުޖެހުނީހެއްނު…. އަހަރެން މީ ޔާލްނަމަ ކޮންމެވެސް ގޮތަކުން ލޯބިވާކަމުގެ އިޝާރާތެއް ކޮށްލީމުސް…..” ސަމާސާ ގޮތްގަނޑު އެއްފަރާތްކޮށްލަމުން އަޔާނީ ބުނެލިއެވެ. އޭނާ އެ ގޮތަށް ވާހަކަ ދެއްކީ ދެންވެސް ޔަލްވީއަށް ވިސްނިގެން ރަނގަޅު ފިޔަވަޅެއް އަޅާތޯއެވެ.

“އިޝާރާތެއް ކޮށްލަންވެސް އެނގޭނީ އޭނަ އަހަރެންދެކެ ލޯބިވާކަން އެނގޭނަމަތާ….. އަހަންނަށް އެޔެއްވެސް ނޭނގެ…. އަނެއްކާ މިހާރު އޭނަ އެ އުޅެނީ އެހެން ކުއްޖަކާވެސް ރައްޓެހިވެގެން…. އަހަންނަށް ޝައުންގެ ލޯބި ލިބެން ނެތީ ކަންނޭނގެއެއްނު……” މިފަހަރު ޔަލްވީގެ އަޑު ތަފާތުވެގެން ދިޔައީ، ދެން ޝައުން ނުލިބޭނެހެން ހީވުމުންނެވެ. ޔަލްވީގެ އަޑު ކުރެހިގެން ދިޔަކަން އަޔާނީއަށްވެސް ފާހަގަ ކުރެވުނެވެ. އޭނާ އިތުރަށް އެ މައުޟޫއަށް ވާހަކަ ނުދެއްކީ، ޔަލްވީ އިތުރަށް ދެރަކުރަން ބޭނުން ނުވާތީއެވެ.

“ތިއެއް ނޫނޭ…. މިހާރު ގޭތެރޭގެ ކަންތައް ކިހިނެއްތަ…..؟؟؟” މާހައުލަށް ވެރިވެފައިވި ހަމަހިމޭންކަން ފޫ އަޅުވާލީ ޔަލްވީއެވެ. އުޑާއި ދިމާއަށް ބަލަން ހުރި އަޔާނީ، ޔަލްވީއަށް ބަލައިލަމުން ހިތި ގޮތަކަށް ހީލިއެވެ. އެއަށްފަހު ލަސް ފިޔަވަޅުތަކެއް އަޅަމުންގޮސް އެތާ ހުރި ސޯފާގައި އިށީނެވެ. އަޔާނީއަށް ކުރިމަތިވާގޮތަށް ރެއިލިންގައި، ލެނގިލަމުން ޔަލްވީ މޭމަތީ ދެ އަތް ހުރަސްކޮށްލިއެވެ.

“ވަރަށް ފޫހި…. އަހަރެން ކޮޓަރިންވެސް ނުކުންނަނީ ވަރަށް މަދުން…. އެވަރުންވެސް ބައްޕަ ހުރީ ހަމަ ގޮތުގައި…. އަފޫ ބުނި، ކަމެއް ކުރެވޭތޯ ބަލާނަމޭ….” އިސްޖާލައިގެން އިން އަޔާނީ ކުރުގޮތަކަށް ބުނެދިނެވެ.

“މާތްﷲ އިރާދަކުރެއްވިއްޔާ އަދި ހުރިހާކަމެއްވެސް ރަނގަޅުވާނެ…. ހިތްވަރުކުރޭ….” އަޔާނީއަށް ހިތްވަރުލައިދެމުން ޔަލްވީ އައިސް އޭނާގެ ގާތުގައި އިށީނެވެ.

********************

 

މަސައްކަތުގައި އަވަދިނެތި އުޅުމަށްފަހު، ގޮނޑީގައި ހަށިގަނޑު ދަމާލަމުން ޔަލްވީ ކޮބައިތޯ، ޝައުން ބަލައިލިއެވެ. އޭރު ޔަލްވީ ހުރީ، ފޮޓޯ ކޮޕީ މެޝިން ދޮށުގައެވެ. ޝައުގުވެރިކަމާއިއެކު، ޔަލްވީގެ ޙަރަކާތްތަކަށް ބަލަން އިން ޝައުން ސިހިގެން ދިޔައީ، އޭނާގެ މޮބައިލްފޯނު ރިންގުވާން ފެށުމުންނެވެ. މި އަޑަށް ޔަލްވީއަށްވެސް ބަލައިލެވުނެވެ. އޭރު ޝައުން އިނީ ކަންފަތުގައި ފޯނު ޖަހައިލައިގެން ވާހަކަ ދައްކާށެވެ.

ޝައުނަށް ބަލަން އުޅެން ހަދައިގެން، ޔަލްވީއަށް ކުރެވުނުކަމަކުން، މެޝިންތެރޭ ގަނޑެއް ތާށިވިއެވެ. ޝައުން ފޯނުގައި އިނުމުން ރުޅިގަދަވެފައިވާ ޔަލްވީގެ ރުޅި، އިތުރަށް ގަދަވެގެން ދިޔައީ، ގަނޑު ތާށިވުމުންނެވެ. އައި ރުޅިން ނޭނގުނު ކަމުގައިވިޔަސް އޭނާ ބެލީ ޝައުނަށް ނުގޮވާ އަމިއްލައަށް އެ ގަނޑު ނެގޭތޯއެވެ. ރުޅި އައިސްފައި ހުރުމުން އޭނާއަށް އުޅެވުނީވެސް ތަންކޮޅެއް ބާރަށެވެ.

ފޯނުން ވާހަކަ ދައްކަން އިންނަމަވެސް، ޔަލްވީގެ ޙަރަކާތްތަކަށް ސަމާލުވެލައިގެން އިން ޝައުން، އެ ތަނުން ތެދުވީ ޔަލްވީ އުޅޭ ޙާލު ފެނުމުންނެވެ. ޝައުން އައިސް މަޑުކޮށްލުމުންވެސް، ޔަލްވީ އަޅައެއް ނުލިއެވެ. އޭނާ މައިތިރިވީވެސް، ޝައުން އެ ގަނޑުގައި ހިފަހައްޓާލުމުންނެވެ. ޝައުނަށް ފުރުޞަތު ދީފައި އޭނާ އެއްފަރާތުގައި މަޑުކޮށްލިއެވެ.

“ދެން ޒީން މަތިން ހަނދާން ވާނެއެއްނު…..” ލޮލުގެ ހިމަކޮޅުން ޔަލްވީއަށް ބަލައިލަމުން މިހެން ބުނެލިއިރު، ޝައުންގެ ތުންފަތުގައިވަނީ ލާނެއް ހިނިތުންވުމެކެވެ. މެޝިންތެރޭ ތާށިވެފައިވާ ގަނޑު ނެގުމުގައި އުޅުންއިރު އޭނާ ދިޔައީ ފޯނުންވެސް ވާހަކަ ދައްކަމުންނެވެ.

ޝައުން ވާހަކަ ދައްކާ އަޑު، އިވެން ފެށުމުން ޔަލްވީއަށް ކެތްވަނީއެއް ނޫނެވެ. އެ އަޑުތައް އަހަން އުނދަގޫވުމުން، ޝައުންގެ ކަންފަތުގައި ޖަހަފައިވާ ފޯނު ދަމައިގަތެވެ. ސިހިފައި ޝައުނަށް، ޔަލްވީއާއި ދިމާއަށް ބަލައިލެވުނީ، ޔަލްވީ އެފަދަ ފިޔަވަޅެއް އަޅައިފާނެކަމަށް އޭނާއަށް ހީކުރެވިފައި ނެތީތީއެވެ.

“ދެރަކަމެއްނު…. ތި މާތައް ފޮޅުވިދާނެ ދޯ ނިންމާލާފައި ގެއަށް ގޮސްވެސް…. މިތާ އިނދެފަ ކޮންމެހެން ގުޅަން ޖެހޭތަ….؟؟؟ އަހަންނަށްވެސް ލަސްވެޔޭ…. ތި ގަނޑު، ނަގާފަ ގޮސް މާ ފޮޅުވަން އިނދެބަލަ….” ހިތްހަމަ ނުޖެހިފައިހުރެ، ޝައުނަށް ބަލައިލަމުން ރުންކުރުގޮތަކަށް ޔަލްވީ ބުނެލިއެވެ. ޔަލްވީގެ ޙަރަކާތްތަކުން ޝައުންގެ ގާތަށް ހިނިއައެވެ. މިތަން ފެނި ޔަލްވީ ދެ ބުމަ ގާތްކޮށްލީ، އިތުރަށް ހިތްހަމަ ނުޖެހުމުންނެވެ.

“މިހާރު ކޮންކަމަކާ ތި ހެނީ….؟؟؟ ހޭވަރުގެ ކަމެއްވެއްޖެތަ…؟؟؟” ޝައުނަށް ދެ ލޯ އަޅާލަމުން ޔަލްވީ ބުނެލިއެވެ.

“ކުއްޖަކު މާ ބޮޑަށް ޖޭ ވީމަ ދެން ހިނިއަންނާނެއެއްނު…..” ނުހޭން މަސައްކަތް ކުރަމުން ދިޔަ ޝައުން، ޔަލްވީއަށް ބަލައިލަމުން ބުނެލިއެވެ.

“ހުއް… ޝައުން ލޯބިވެރިޔާއާއި ވާހަކަ ދެއްކީއޭ ކިޔާފައި އަހަރެން ކީއްވެގެންތަ ޖޭ ވާންވީ….؟؟؟ އަހަރެންނަށް އަވަހަށް ގެއަށް ދެވެން އަންނަނީ މަސައްކަތްތައް ނިމުނީމައޭ… އެހެންވެ، އަހަރެން އެހެން މި ބުނީ….” ރަކިވީނަމަވެސް، އެކަން ނުދައްކަން މަސައްކަތް ކުރަމުން ޔަލްވީ، އަވަސްއަވަހަށް މަތި އޮމާންކޮށްލިއެވެ. ޔަލްވީގެ އެ ޢަމަލުންވެސް ޝައުންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

“ޔާލް ޖޭ ނުވާނަމަ، އަހަރެން ފިރިހެނަކާ ވާހަކަ ދައްކައިގެން އެއީ އަހަރެންގެ ލޯބިވެރިޔާ ކަމަށް ހީކޮށް، އަހަރެންގެ އަތުން ފޯނު ޖަހައިގަތުމުގެ މާނައަކީ ކޮބާ….؟؟؟؟ ޒީން އެއީ އަންހެން ކުއްޖެއް ނޫނޭ… އެއީ ޒިޔާން…. މާލޭގައި ހުންނަ ޒީކްގެ ކޮއްކޮއެއް…..” ޔަލްވީގެ އަތުގައި އޮތް ފޯނަށް އިޝާރާތްކޮށްލަމުން ޝައުން ބުނެލިއެވެ. ޔަލްވީ، އޭނާގެ އަތުގައި އޮތް ޝައުންގެ ފޯނަށް ބަލާލިއެވެ. ތެދެކެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ޒީންގެ ނަމާއިއެކު، ފިރިހެން ކުއްޖެއްގެ ތަސްވީރެއްވެސް ވެއެވެ. އެކުއްޖާއާއި ޒިކާނާއި ވައްތަރުގޮތެއް ހުރުމުން، ޔަލްވީއަށް ޝައުންގެ ވާހަކަތައް ޤަބޫލުކުރެވުނެވެ. އެވަގުތު، މީހަކު ހޭ އަޑު ފޯނުން އިވެން ފެށުމުން ޒިޔާނަށް، އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް އަޑު އިވުނުކަން ޔަލްވީއަށް އެނގުމުން، އޭނާ ލަދުގަތެވެ. އަވަހަށް ފޯނު ކަނޑާލުމަށްފަހު، ޝައުނަށް އޭނާގެ ފޯނު ދިއްކޮށްލިއިރު، ޔަލްވީ ހުރީ ރަކިވީވަރުން އިސްއުފުލާލަންވެސް ނުކެރިފައެވެ.

“އަދިވެސް ޖޭ ވީ ކަމަށް އެއްބަސް ނުވާނަންތަ….؟؟؟؟” މެޝިންތެރޭ ތާށިވެފައި އޮތް ގަނޑު ނަގަމުން ޝައުން އަހާލިއެވެ. އެ ގަނޑުގައި ހިފަމުން، ޔަލްވީ، އެކަމަށް ދެ ބަސްވިއެވެ. ނަމަވެސް ޝައުން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ . ޔަލްވީގެ ބޮލަށް އުނދަގޫ ވާ ވަރަށް ތަކުރާރުކޮށް އެ ސުވާލު ކުރަން ފެށިއެވެ.

“އާން ވޭ ވޭ ވޭ…. ވަރަށް ޖޭ ވޭ….” އެންމެފަހުން ޝައުން ހުއްޓާނުލުމުން ޔަލްވީއަށް ޖެހުނީ ބަލި ޤަބޫލުކުރާށެވެ. ޝައުންގެ ތުންފަތަށް ފަތަޙައިގެ ހިނިތުންވުމެއް ވެރިވީހިނދު، އަނެއްކާވެސް ޔަލްވީއަށް އިސްޖަހައިލެވުނީ ޝައުނާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރުމުންނެވެ.

“ކީއްވެ ޖޭ ވަނީ..؟؟؟” ޝައުން ކޮށްލި ސުވާލަކުން، ޔަލްވީއަށް ހީވީ، މޭ ތެރޭގައިވާ އޭނާގެ ހިތް، ފުންމާލާފައި އެތަނުން ނުކުމެގެން ހިނގައިދާނެހެންނެވެ. ލަދުންގޮސް އޭނާގެ ދޮންމޫނަށް ލޭތައް ޖަމާވެފއިވާ ކަހަލައެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އޭސީގެ ފިނި ތެރޭގައިވެސް މޫނުންނާއި ގައިން ދާހިއްލަން ފެށިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ހުރިއިރު އޭނާ ހުރީ ދެ ލޯވެސް މަރާލައިގެންނެވެ.

“ހޫމް ދެން ބުނެބަލަ…. ކީއްވެތަ ޖޭ ވަނީ….؟؟؟؟؟” ހަށަންބަނދެލަމުން، އަނެއްކާވެސް ޝައުން، އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އިސްޖަހާލައިގެން ހުރި ޔަލްވީއަށް، ޖަވާބުދޭން ނުކެރުމުން އެތަނުން ދިއުމަށް ހިނގައިގަތެވެ. އެ ވަގުތު ހުށިޔާރުކަމާއިއެކީ، ޝައުން އޭނާގެ ކުރިމައްޗަށް އަރާ ކުރި ބެއްދިއެވެ. ނުވިސްނާ ހުއްޓާ، ޝައުން އެފަދަ ކަމެއް ކުރުމުން ޔަލްވީއަށް ސިހިފައި އޭނާގެެ މޫނަށް ބަލައިލެވުނެވެ. ދެ މީހުންނަށް ތިބެވުނު ގާތްކަން، ޔަލްވީއަށް އިޙްސާސްވީ، ޝައުންގެ ހޫނު ނޭވާތައް އޭނާގެ މޫނަށް އެޅެން ފެށުމުންނެވެ. ޝައުނާއި އެހާ ގާތުގައި ވެވުމުން، ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑަށް އެނގުންވެލައިގެން ދިޔަހިނދު، ހިތުގެ ލަގަން ދޫވެގެން ދާން އުޅޭހެން ޔަލްވީއަށް ހީވިއެވެ.

“ޝައުން….” ޝައުންގެ ލޮލުގައިވާ އިޝްގީ އަސަރު ފެނި ޔަލްވީއަށް ޝައުންގެ ނަމުން ގޮވައިލެވުނެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން، ޔަލްވީއަށް އިސްޖަހައިލެވުނީ، އިތުރަށް އެ ތޫނު ދެ ލޮލުގެ އަމާޒުފަތްގަނޑަކަށް ވުމަށް ކެތްނުވުމުންނެވެ.

“ނޫން… ޔާލް…. ނޫން…. އިތުރަށް ދެން އަހަންނާ ދުރަށް ދާން މަސައްކަތް ނުކުރޭ…. މިހާރު ވާ ވަރަށް ދުރުގައި އުޅެވިއްޖެއެއްނު…. އަހަރެން ވަރަށް ކެތްކޮށްފިން….. އެކަމަކު، ދެން އިތުރަކަށް ޔާލްއާއި ދުރުގައެއް ނުހުރެވޭނެ….. އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ….” ކުރިއަށް ފިޔަވަޅެއް އަޅައިލަމުން، ޝައުން ދެއްކި ވާހަކަތަކުން، ޔަލްވީއަށް ލިބުނީ ސިހުމެވެ. ހައިރާންވެފައި، ޝައުންގެ މޫނަށް ބަލަން ހުރެވެނީ، ޙަރަކާތެއްވެސް ގެންނަން ނޭނގިފައެވެ.

“ޝައުން…..” އިރުކޮޅަކު ޝައުންގެ މޫނަށް ބަލަން ހުރެފައި ޔަލްވީ، ޝައުންގެ ނަމުން ގޮވާލީ، އޭނާ ދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވުމުންނެވެ. ޔަލްވީގެ ބަލައިލުމުން ޝައުނަށް އެކަން ދެނެގަނެވުނެވެ.

“ޔާލް…. ރަނގަޅަށް ތި ހީވީ… އަހަރެން ޔާލްދެކެ ވަރަށް ލޯބިވޭ…. ވަރަށް ބޮޑަށް ލޯބިވޭ…..” ސީދާ ޔަލްވީގެ ދެ ލޮލަށް ބަލަން ހުރެ ޝައުން ބުނެލިއެވެ. ހައިރާންވެފައި، ޝައުނަށް ބަލަންހުރި ޔަލްވީގެ ދެ ލޯ ބޮޑުވެގެން ދިޔައިރު، އެ ދެ ލޮލުގެ ތެރެއިން ކަރުނަ ފޭދިގެން އައީ އޭނާ ނުވެސް ދެނެހުއްޓައެވެ. އެހެނަސް، އެއީ އުފާވެރިކަމުގެ ކަރުނައެވެ. މިރަށަށް އައީއްސުރެ، އެމީހަކަށްޓަކައި، އޭނާގެ ހިތުގައި، ވިންދު ޖަހާލި ހަމައެކަނި މީހާގެ ދުލުން، ލޯބިވެއޭ ބުނުމުން، ވީ އުފަލެއްގެ ބޮޑުކަމުން، ދެ ލޮލުން ކަރުނަ ނީރާލީއެވެ. ރޮވެމުން ދިޔަ ޙާލު ހިނިތުންވެލަމުން، ޔަލްވީ، ދޫ ޙަރަކާތް ކޮށްލީ ވާހަކަ ދެއްކުމަށެވެ. އެހެނަސް، ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން، އޭނާއަށް ވާހަކަ ދެއްކުމަށްވެސް އުނދަގޫވިއެވެ. ކުރެވުނުހާވެސް ކަމަކީ، އަނގަމަތީ އަތްއަޅައިލައިގެން ހުރެ، މަތި ބަލައިލަމުން މާތްﷲގެ ކިބަފުޅަށް ޙަމްދުކޮށްލުމެވެ. ޔަލްވީގެ މި ޢަމަލުން، އަނގައިން އެއްޗެއް ނުބުނި ކަމުގައިވިޔަސް އޭނާ ބޭނުންވާ ގޮތް، ޝައުނަށް ހާމަވިއެވެ. އެހެނަސް، އޭނާ ބޭނުންވީ އަދިވެސް ބޮޑަށް ޔަޤީން ކުރާށެވެ.

“ޔާލް، އަހަރެން ދެކެ ލޯބިވޭތަ…..؟؟؟؟؟” މަޑު ރަތްކުލައެއް ވެރިވެފައިވާ ޔަލްވީގެ މޫނަށް ބަލަން ހުރެ ޝައުން އަހައިލިއެވެ. ލޯބިވެތި ގޮތަކަށް ޝައުން ބަލައިލުމުން، ޔަލްވީ ރަކިވިއެވެ. އިސްޖަހައިގެން ހުރެ މަޑުމަޑުން ބޯ ޖަހާލީ، އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ޝައުން، ހީލި އަޑު އިވުމުން ޔަލްވީ އިތުރަށް ލަދުގަތެވެ. އިސް އުފުލާ ޝައުނަށް ބަލައިވެސް ނުލާ އޭނާގެ އަތުގައި އޮތް ގަނޑު، ދަމައިގަނެގެން ގޮސް ޔަލްވީ އިށީނީ ގޮނޑީގައެވެ. ޔަލްވީގެ މި އަދާއިން ޝައުންގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އެތައް ދުވަހަކަށްފަހު، އިންތިޒާރު ކުރަމުން އައި ލޯބި ކާމިޔާބުވުމުން ޝައުންވެސް މާތްﷲގެ ޙަޟްރަތަށް ޝުކުރުވެރިވިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ދެ ޖީބަށް އަތް ޖަހާލަމުން އޭނާގެ މޭޒު ދޮށަށް ދިޔައީ، ހިތްހަމަ ޖެހިފައި ހުރެއެވެ. ޔަލްވީގެ ގާތަށް ނުދިޔައީ އޭނާ މާ ބޮޑަށް ލަދުގަނެފައި އިނުމުން އިތުރަށް ލަދުގަންނަވާ ނުލަންވެގެންނެވެ.

********************

 

“ދޮންބޭ…. ލަކްޝްމީ ނެތް ގެއަކު….. ކަމަކުތަ ތި ގޮވަނީ…..؟؟؟؟” ބޮޑުކޮޓަރީގައި ޓީވީ ބަލަން އިން މިޝްޔާ ބާރަށް ގޮވާލީ، މިޝަލް ލަކްޝްމީއަށް ގޮވަން ފެށުމުންނެވެ. އަދި ޓީވީ ނިވާލުމަށްފަހު، އެ ފަރާތަށް ނުކުތީ، މިޝަލް ކުރާ ކަމެއް ބަލައިލުމަށެވެ. އެހެނަސް، އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ މިޝަލްގެ ގާތުގައި މޭޒުދޮށުގައި އިން ރާހިލް ފެނުމުންނެވެ. އެވަގުތު، ރާހިލަށްވެސް މިޝްޔާއާއި ދިމާއަށް ބަލާލެވުމުން، ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔައެވެ. ހަމަ އެހިނދުމެ ރާހިލް އަވަސްއަވަހަށް މިޝްޔާގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު، އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. ރާހިލް އެގޮތަށް ކަންތައްކުރުމުން މިޝްޔާ ދެރަވިއެވެ. އޭނާއާއިމެދު، ރާހިލް، ހިތްހަމަ ނުޖެހިފައިވާކަން އެނގުމުން، އެ ހިތަށް އުނދަގޫވިއެވެ. ކުރީ ދުވަހުގެ ބައްދަލްވުމަށްފަހު، ދެ މީހުން ދިމާވި މީ އަދި ފުރަތަމަ ފަހަރެވެ. އެ ދުވަހު ކަންތައްކުރެވުނު ގޮތުންނާއި، ކިޔުނު އެއްޗެހި ހިތަށް އެރުމުން، ރާހިލްގެ ކިބައިން މާފަށް އެދެން މިޝްޔާ ބޭނުންވިއެވެ. އެހެނަސް، ދެން އެ ހިތްވަރު ކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ.

“ކޮންތާކަށްތަ ލަކްޝްމީ ދިޔައީ…..” ރާހިލަށް ބަލަން ހުރި މިޝްޔާ ސިހިގެން ދިޔައީ، މިޝަލް ވާހަކަ ދެއްކުމުންނެވެ. މޭޒުމަތީގައި ހުރި ލެޕްޓޮޕަށް ބަލަން އިނުމުން، އެތަނުގައި ހިނގަމުންދާ ކަންތަކެއް މިޝަލަށް ރޭކާ ނުލައެވެ.

“ފިހާރައަށް ގޮސްވީ…..” މިޝަލަށް ޖަވާބުދެމުން، މިޝްޔާ ހަމަޖެހެން މަސައްކަތްކުރިއެވެ.

“މިޝް….. ދެ ކޮފީތަށި ގެނެސްދީފާނަންތަ….؟؟؟؟” އެއިންގޮތަށް އިނދެ މިޝަލް އެހެން ބުނުމުން، މިޝްޔާ އެތަނުން ދިޔައެވެ. އިރުކޮޅެއް ފަހުން ކޮފީތަބައް ހިފައިގެން މިޝްޔާ، އައިއިރު މިޝަލް އެތާކު ނެތެވެ. މޭޒުމަތީ، ތަބައް ބެހެއްޓުމަށްފަހު، އޭގެއިން އެއްތަށި މިޝްޔާ، ރާހިލަށް ދިއްކޮށްލިއެވެ. މިޝްޔާއަށް ބަލައިލުމަށްފަހު، ރާހިލް، މިޝްޔާގެ އަތުގައި ހުރި ކޮފީތަށްޓަށް ބަލައިލިއެވެ. އެއަށްފަހު، ތަބަކުގައި ހުރި ކޮފީތަށި ނަގައި އޭގެއިން އެތިފޮދެއް ބޯލިއެވެ. ރާހިލް ކަންތައް ކުރި ގޮތުން މިޝްޔާ ހިތުގައި ޖެހުނެވެ. އޭނާ އެ ވާހަކަތައް ދައްކައިގެން ރާހިލަށް އެހާ ބޮޑު ބަދަލެއް އަންނާނެކަމަކަށް، މިޝްޔާ ހިއެއް ނުކުރެއެވެ. ދެ ލޯ ފެންކަޅިވާން ފެށުމުން، އަތުގައި ހުރި ކޮފީތަށި ތަބަކަށް ލުމަށްފަހު، އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް، މިޝްޔާ އެ ތަނުން ދިއުމަށް ހިނގައިގަތެވެ. މިޝްޔާ ދިޔަ ދިމާއަށް ރާހިލް ބަލައިލިއެވެ. ބޭނުން ނުވިކަމުގައިވިޔަސް، އޭނާ އެގޮތަށް ކަންތައް އެ ކުރަނީ، އެއީ މިޝްޔާ ބޭނުންވާ ގޮތްކަމުގައި ވީތީއެވެ. އޭނާ ގާތްވުމުން މިޝްޔާއަށް ޒިކާންގެ ހަނދާންތައް އާވާ ކަމުގައިވާނަމަ، އެކަން ކޮށްގެން މިޝްޔާގެ ހިތްދަތިކުރުވަން އޭނާ ބޭނުން ނުވަނީއެވެ. އެންމެ ފަހަރަކުވެސް، މިޝްޔާ، ފަސް އެނބުރި ބަލައިލިނަމަ، ރާހިލްގެ ދެ ލޮލުގައި ވީ ވޭން އޭނާއަށް ފެނުނީހެވެ.

 

ކޮޓަރިއަށް ވަދެވުމާއިއެކު، ދޮރު ލައްޕާލުމަށްފަހު، މިޝްޔާ ދޮރުގައި ލެނގިލިއެވެ. ދެ ލޯ މަރާލުމާއިއެކު، އެސްފިޔަތައް ފޫ އަޅުވާލުމަށްފަހު، ކަރުނަތައް ފައިބަތްގަންއިރު، އަނގަމަތީ އަތްއަޅައިލެވުނީ އަޑު ބޭރުވެދާނެތީއެވެ. ހިތް ފުރޭވަރަށް ރޯލެވުމުން، މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު، ލޮލުން އައިސްފައިވާ ކަރުނަތިއްކެއް އިނގިލީގެ ކުރިން ނެގުމަށްފަހު، އެއަށް ބަލާލިއެވެ. އަނެއްކާވެސް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއިރު، އޭނާގެ ހިތުގައި ސުވާލު އުފެދުނީ، ރާހިލް އެގޮތަށް ކަންތައްކުރުމުން އޭނާ ހިތުގައި ޖެހި ރޮވެންވީ ސަބަބާމެދުއެވެ. ރާހިލް މިހާރު ކަންތައް އެ ކުރަނީ އޭނާ ބޭނުންވާ ގޮތަށްކަމަށް ހިތަށް ވިސްނައިދިންނަމަވެސް، އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ.

********************

 

ވަޒީފާއަށް ކުރިމަތިލީ ކުދިންގެ ތެރެއިން، އިންޓަރވިއުކޮށްގެން، އެ މަޤާމަށް ހޮވުނީ ޝިއުރީއެވެ. އެގޮތުން މިއަދަކީ، ޝިއުރީ އޮފީހަށް ނުކުތް ފުރަތަމަ ދުވަހެވެ. ފުރަތަމަ ދުވަހުވެސް އޮފީހުގެ މުވައްޒަފުންނާއި ވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުން ޝިއުރީ ހިތްހަމަ ޖެހުނުނަމަވެސް، މިޝަލް ފެންނަ ހިސާބުގައި އުޅެންވުމުން، އޭނާގެ ހިތް ނުތަނަވަސްވިއެވެ. އެހެނަސް، މިޝަލްގެ ޙާލަކީތޯއެވެ. ޝިއުރީ އޮފީހަށް ވަނުމުން، އެކަމާ އެންމެ އުފާވީ އޭނާއެވެ.

********************

 

ޔޫސުފްގެ ދެމަފިރިންނާއި ހުސްނާ އިނީ ކާގޭގައި، ހެނދުނުގެ ނާސްތާއަށް އިންސާފްކުރާށެވެ. އިރުއިރުކޮޅާ ޔޫސުފް، ދޮރާއި ދިމާއަށް ބަލައިލަނީ، އަޔާނީ ސައިބޯން ނުނުކުންނާތީއެވެ. އެންމެފަހުން، ނީނދެވިގެން އަޔާނީ ކޮބައިތޯ އަމްހާ ގާތުގައި އަހާލިއެވެ. އަޔާނީ ބަލައި ދިއުމަށްޓަކައި، އަމްހާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ.

ދެ ފަހަރަކު ޓަކި ޖަހާލުމުންވެސް އަޔާނީގެ ޚަބަރެއް ނުވިއެވެ. ދޮރު ތަޅުގައި، ހިފާލިހާއިރުން ދޮރުހުޅުވިގެން ދިޔައެވެ. ކޮޓަރި ތެރޭގައި އަޔާނީ ފެންނަން ނެތުމުން އަމްހާ، ދެން ބެލީ ފާހާނާއެވެ. ފާހާނައިގައި ނެތުމުން އޭނާ ވާނީ ބެލްކަނީގައި ކަމަށް ހީކޮށް އެތަންވެސް ބެލިއެވެ. އެހެނަސް، އެތާނގައިވެސް އަޔާނީ ނެތުމުން، އަމްހާއަށް ހައިރާންކަން ލިބުނެވެ. ކޮޓަރިން ނުކުންނަން ދިޔަ އަމްހާއަށް ހުއްޓުން އެރިއެވެ. އަދި ފަސް އެނބުރި ބަލައިލީ، އެއީ އޭނާއަށް ހީވި އެއްޗެއްތޯ ޔަޤީންކޮށްލުމަށެވެ. ނަމަވެސް، އަލަމާރީގެ ދޮރުހުޅުވާފައި ހުރުމުން، އެއީ ހީވުމެއް ނޫންކަން ޔަޤީންވިއެވެ. އެންމެ ހައިރާންވީ، އަޔާނީ އާންމުކޮށް ލައިއުޅޭ ބައެއް ހެދުން އަލަމާރީގައި ނެތުމުންނެވެ. އަމްހާއަށް ވާނުވާ ކޮންމެވެސް ވަރަކަށް ރޭކާލާން ފެށުމުން ދެން ބަލައިލީ، ރީތިވާ އެއްޗެހި ބަހައްޓާފައި ހުރި މޭޒާއި ދިމާއަށެވެ. މޭޒުމަތީގައި އެއްވެސް އެއްޗެއް ނެތުމުން އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ދެ ލޯ ބޮޑުވެގެން ދިޔަހިނދު، ދުވެފައި ދެވުނުގޮތްވެސް ނޭނގުނެވެ.

“ޔޫސުފް….. ޔާނީ ފިލައިފި…..” އަމްހާގެ އަޑަށް ކާ މޭޒުދޮށުގައި ތިބި ދެ މީހުންނަށް އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (17)

Next

ތިޔަ ދިން އުފާ 21

Next
October 2, 2017

ތިޔަ ދިން އުފާ 21

Previews
October 2, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (17)

89 Comments!

  1. Shaai says:
    October 2, 2017 at 10:15 pm

    First ?

    1. Eemyaa says:
      October 2, 2017 at 10:38 pm

      Yes ☺

  2. Eemyaa says:
    October 2, 2017 at 10:17 pm

    Assalaam Alikum ☺☺
    Kiyuntherinnah mi part ves kamudhaane kamah ummeedhu kuran.. mi baiga v kuh gina vaane kanne.. rangalhu kohlan v thankolheh iniyya bunelaidheythi ??
    Baajaveri reygandakah edhemun vakivelan ???
    Lov u all TGC ❤

  3. Sin SIN says:
    October 2, 2017 at 10:24 pm

    Woww 2nd ??. Vaahaka v v best thanku Eem swty ???

    1. Eemyaa says:
      October 2, 2017 at 10:39 pm

      Thanks Sin ☺☺☺
      Wc dear ???

  4. Maii says:
    October 2, 2017 at 10:26 pm

    Yayyyyy… Me first dhw…
    Alhe v kiyaa hithun indhaa e nimuny… Dhn Anna part ves avahah up kohdhehchey….. Ly…

    1. Maii says:
      October 2, 2017 at 10:27 pm

      Sorry not first dhw

    2. Eemyaa says:
      October 2, 2017 at 10:41 pm

      Yeah Maii, nt this time
      Hehe ☺
      Yes I’ll try ?
      LY too dear ???

  5. Malaa says:
    October 2, 2017 at 10:28 pm

    Yeyyy.. thankiu eem love awhah up koh dinyma… story hama wrh reethi.. ❤️?

    1. Eemyaa says:
      October 2, 2017 at 10:42 pm

      Hehe U r mst wc dear ☺
      Malaa, Thanks a lott ???

  6. Reader says:
    October 2, 2017 at 10:29 pm

    ????

    1. Eemyaa says:
      October 2, 2017 at 10:43 pm

      ?

  7. Shaai says:
    October 2, 2017 at 10:32 pm

    Varah varah reethi… eem nimmaalaani vs aneh part ah ehaa shaugu veri vaa gothah.. avah genesdhehchey… ??

    1. Eemyaa says:
      October 2, 2017 at 10:45 pm

      Thanks Shaai ☺☺☺
      Hehe ? In Sha Allah avahah up kohla dheynan ???

  8. Some one says:
    October 2, 2017 at 10:33 pm

    Woww!!! Perrrefct! V salhi dhaa goiy! N knme dhuhuku eba up khdhey!! Alhe thnkxx!! Bodu koh hama!??❤❤❤

    1. Eemyaa says:
      October 2, 2017 at 10:47 pm

      Thanks dear ☺☺☺
      Hehe u r mst wc ???

  9. Xee says:
    October 2, 2017 at 10:42 pm

    Wow vvvv reethi
    ❤❤??????????
    nxt part pls avahah up kobba mee enme inthizaaru kurevey story hama habehys?and ❤️ you eem TGC and Good night ?

    1. Eemyaa says:
      October 2, 2017 at 10:48 pm

      Thanks Xee ☺☺☺
      Avahah up kohlaidheveytho try kuraanan ?
      LY too dear ???

  10. Zuam says:
    October 2, 2017 at 10:51 pm

    Masha Allah. … varah reethi. ..❤❤❤❤❤

    1. Eemyaa says:
      October 3, 2017 at 7:35 pm

      Thanks Zuam ☺☺☺

  11. Ellie says:
    October 2, 2017 at 10:51 pm

    Dhn dho… Ayaany gud job my love!!! Mainbafain dgeke kithanme loabi viyas thima hiyy edhey meehakaa marry kuran islam dheenuga ves huhdha. Adhi main bafain ekamah inkaaru ves nukureveyne kamah vanee. But avahah annahchey mom men dhera vaane ennu dho ehn noony… And eemyaa…. Thank you for updating three days without a break… And yeah… Alhugandu kurin parteh ga ves edhunin iyaaz ge baeh nethyma.. Plx iyaz ge baeh genesdhybal… I will really appreciate it

    1. Aashi says:
      October 3, 2017 at 5:24 am

      Islam dheenaku noavey hiley firihenun naa eku filaakah…

    2. Ellie says:
      October 3, 2017 at 7:45 am

      Meega liyefa obei tha eyna yaa eky ey filee??? Faharugai aflaak ah neyngi kamah ves vedhaane dhw.. Dheenuga onna haa gothakah tha mehun mi ulheny. Dheenuga noave hiley firihenun naa rahttehive bahdhalu kurumeh. Ekm ehn noolheny madhu meeheh.. Aharen miah comment kuree as a reader.. And mibunee dhogeh noon kanneynge.. Mikahala kan kamah magufahi vaanethy dheenuga ves e kan kan manalee.. V salaam aashiya ah!!!!

    3. Eemyaa says:
      October 3, 2017 at 7:38 pm

      Wc dear ☺
      Next part ga iyaaz ge bai annaane ?

  12. Me says:
    October 2, 2017 at 10:52 pm

    Wowww. … story vrh reethi… vrh dhuvas vejje comment eh nukohleveythaa. .. ekamu hama gavaidhun kiyan…. yaanee saabahey…. thee ey hageegee loehbaky????❤?? waitingsss n gud nyt u 2 eem…

    1. Eemyaa says:
      October 3, 2017 at 7:39 pm

      Thanks dear ☺☺☺

  13. Sidhu says:
    October 2, 2017 at 10:53 pm

    V reethi…….shiu dhn mishal ah ehen nuhadha enage loabi gabool kohbaa

    1. Eemyaa says:
      October 3, 2017 at 7:40 pm

      Thanks Sidhu ☺☺☺

  14. Lam says:
    October 2, 2017 at 11:06 pm

    Oo…hama habeys ….avahah upnkodeh chay…plx

    1. Eemyaa says:
      October 3, 2017 at 7:41 pm

      Thanks Lam ☺☺☺

  15. Boabi says:
    October 2, 2017 at 11:09 pm

    WOAH ?

    1. Eemyaa says:
      October 3, 2017 at 7:41 pm

      Thanks Boabi ☺☺☺

  16. nium says:
    October 2, 2017 at 11:15 pm

    Alhamdhu lillih vaahaka varah salhi… eem haada molhaa… keep goin’ ???

    1. Eemyaa says:
      October 3, 2017 at 7:42 pm

      Thanks nium ☺☺☺

  17. mal says:
    October 2, 2017 at 11:27 pm

    Woww. Speechless..??

    1. Eemyaa says:
      October 3, 2017 at 7:43 pm

      Thanks mal ☺☺☺

  18. khajja says:
    October 2, 2017 at 11:44 pm

    Wow masha allah stry v v superb ??? whn nxt prt avaskolladhechchey pls n yaany edhiyaee aflaak aai ekubaa ehenkamavvaanama mihaaru dhen yaany mom mennah kommes ehcheh visni e 2 myhun dhurukuran ulhey sababu bunedheven vejje ennu dhw? mish ves dhen goiy dhookoffa raahyl aa gulhebala maruvefa oiy myhaku naannaane dhw stry v rythi gud nyt ly??❤??

    1. Eemyaa says:
      October 3, 2017 at 7:46 pm

      Thanks khajja ☺☺☺
      Thi hurihaa kameh ved knmeves eh kolhegga adhi jeheyne ?
      Lets wait for tht moment dw ??
      LY too dear ???

  19. Sheii says:
    October 2, 2017 at 11:59 pm

    Awlhey eem. It was superb. Wen next part??♥️ Up kurahchey avahah

    1. Eemyaa says:
      October 3, 2017 at 7:47 pm

      Thanks Sheii ☺☺☺

  20. Sheru says:
    October 3, 2017 at 1:09 am

    Wow vaahaka v rythi …. Shiu plz dhen mishal ah thihen nahadhaaa.. . .

    1. Eemyaa says:
      October 3, 2017 at 7:50 pm

      Thanks Sheru ☺☺☺
      Adhi rangalhu vaane kamah balamaa dw ??

  21. Song joong ki... KOREAN says:
    October 3, 2017 at 5:44 am

    Wowww. Eeem u’re the best.. Neih mi part kiyaalaafa dhn ithurah bunaane ehcheh vx. N I’m so happy. Shaun n yaal gulhunydhw.. ?? When nxt part???? Avahah up khdhehchey ????? love you

    1. Eemyaa says:
      October 3, 2017 at 7:52 pm

      Thanks Song ☺☺☺
      Hehe finally ekaku anekaku dheke loabivaakan enguny dw ?
      LY too dear ???

    2. Song joong ki... KOREAN says:
      October 3, 2017 at 7:55 pm

      Yeah. Dhn ehaa iru loabi foruvaigen nuulheveynu dhw. ??BTW, whn nxt part??? ?

    3. Eemyaa says:
      October 3, 2017 at 10:04 pm

      Yeah dw
      Maadhan nuny maadhamaa rey In Sha Allah ???

  22. Aisha says:
    October 3, 2017 at 5:46 am

    Vrh salhi. Shaun my yaal ge luv story vrh reethi. Vrh realistic????i, wanna be yaaal hahaaaa. Lol

    1. Eemyaa says:
      October 3, 2017 at 7:53 pm

      Thanks Aisha ☺☺☺
      Haha ?

  23. Xander lucas says:
    October 3, 2017 at 7:55 am

    Aharen ge dhiriulhumaa v gulhun huri part eh mihaar thi gen dhaneee…

    1. Eemyaa says:
      October 3, 2017 at 7:55 pm

      Aww asluves tha?? Mithanun kon kujjeh ge life aa gulhu hury?? Bunedhevenyaa bunaany ingey ?

  24. KUKAA says:
    October 3, 2017 at 8:27 am

    wow..

    1. Eemyaa says:
      October 3, 2017 at 7:55 pm

      Thanks KUKAA ☺☺☺

  25. Aashi says:
    October 3, 2017 at 9:18 am

    Myhunaa rahttehi vegn ulhun evx rangalhu kameh nun..hama ehothah mi kahala vaahaka liyun vx huhdha eh nuvey…mi vaahakaiga dheeny ehvx kamakh samaalu kan dheytha…mi site ga hunna romantic vaahaka thah gina kudhin kiyaa hiyh vanee…n vaahaka eh liyaa iru vx dheenee kan kamh samaal kan dhygen liyaanama miheneh nuvis..n myhaku ulheyhaa gothakh ilhey kahvx nujehey….heekuran dhn oiyythaa dheenee kankamah faruvaa bahattaane kamah…

    1. Huh says:
      October 3, 2017 at 1:04 pm

      Vaahaka ga ulhey enmen namaaehu kuraa vaahaka aa Quran kiyava vaahaka detail kon genes dhyn jehey kamakah nudhken AASHIYA too much igey
      Mee ga ulhey enmen dheenee kankamah samaalu kan nudhey kameh vaahaka in igeny kihinei…
      Gamu maa fashion vgen ulhey kujjeh ves noolhe miaku
      Konhaa vaahaka eh dhakkaakah

    2. Eemyaa says:
      October 3, 2017 at 8:02 pm

      Aashi, eem mi vaahaka liyany kiyaa kushinnah wrong msg eh dheykah nun.. n kiyaa kudhin ves mi vaahaka in wrng msg eh nunegun edhen
      Mi vaahakaiga hunnaane dheenee kankamah samaal kan dheefa.. mee ge hurihaa part eh kee nama Aashi ah ves ekan ingeyne..
      Ehn nunas mi vaahakaiga gai goalhi vegen nuny e nunves neydhevey amal thah kuraa vaahaka genessa eh neenaane.. mi vaahaka liyefa ves innaany e kamah v bodu samaal kameh dheegen..
      Dhn ves vaahaka liyaany dheenee kankamah faruva bahattaigen In Sha Allah

  26. Mai says:
    October 3, 2017 at 9:32 am

    Omg… Yaany filiyey… Hahthahaa yaanyge dad rulhi an na goi dhw e v… I feel happy for yalvee n mishal… Yaal ah loabi libuny dhw… I think v awahah mishal ah wx eynaage loabi libeyne… N raahil too.. Eem u r too gud… Just love the twist that u put in stories…lg..??

    1. Eemyaa says:
      October 3, 2017 at 8:50 pm

      Thanks Mai ☺☺☺ hehe ❤

  27. Malsha says:
    October 3, 2017 at 9:33 am

    Alhey..eem thiha bxy koh ulhemunves up koh dheythy v v happy vey. .eem dheke mivany loaybey hagygy, eem dheke mivany loaybey hagygy ..luv u eem..story hama habeys..Thanks mish and raahil ge baeh genesdhinyma. .Adhives e dhekudhinge baeh ithuru kohlahchey..story was awesome as always. .bye.ly

    1. Eemyaa says:
      October 3, 2017 at 8:56 pm

      Thanks Mal ☺☺☺
      LY too dear ❤
      Thanks a lott dear ?
      Hehe
      Yeah will try ???
      LY too dear ?

  28. immo says:
    October 3, 2017 at 9:36 am

    i dont think zeek maruvefe othy bcs raahil kannege eii zeek aky ena hadhan nethifakannegenu e hury i think migothakannege vaany anyways story is superb when next part

    1. Eemyaa says:
      October 3, 2017 at 9:08 pm

      Thanks immo ☺☺☺

  29. Nish says:
    October 3, 2017 at 10:05 am

    Awwn?yaal nd shaun? mi part ves hama superb?..eem ur the best???keep going LY?

    1. Eemyaa says:
      October 3, 2017 at 9:09 pm

      Thanks Nish ☺☺☺
      LY too dear ???

  30. k says:
    October 3, 2017 at 10:15 am

    eem. again you made me run out of words, story vvvvv furihama, im speechless.. keep it up.

    1. Eemyaa says:
      October 3, 2017 at 9:10 pm

      Aww ❤ Thanks k ☺☺☺

  31. Zish says:
    October 3, 2017 at 11:03 am

    Eem….6 vana para ge 17 vana line ge ebain vvv alhaigai thankolhe…mishal onnanv thanegga shaun jehifa iny…hehehehehehe…
    Story is awsome…

    1. Eemyaa says:
      October 3, 2017 at 9:11 pm

      Hehe e thanko rangalhu koglan v dw ?
      Thanks Zish ☺☺☺

  32. Zish says:
    October 3, 2017 at 11:05 am

    Innanv*

  33. Bestie says:
    October 3, 2017 at 11:12 am

    This part also suprb as lyk the other parts ??
    Vrh loabi vrh intresting??
    Exam v ma stry nukiya hurefa today exam nonaathy mi kiyaaly… Vrh sad vi kuryge bai thah ehaa lahun kiunyma and mi part ah ekani comment kurevuny ma??
    Bt anyways kiyaalan libuny ma am happy ? and i love ur stories❤❤
    Ehen part thah ves nyc vaane kamah hope kuran?
    Good job❤?

    1. Eemyaa says:
      October 3, 2017 at 9:53 pm

      Thanks Bestie ☺☺☺
      ❤

  34. Xidhan says:
    October 3, 2017 at 12:03 pm

    Wow nycc part… yaani ge bappa aflaak ayi nugulhey sababaki aflaak aki ehaa thanavas meehaku kamugai nuvaathi kaneynge
    Dhen thankolheh avahah mishal yaa shiuree gulhuvaidheebala??

    1. Eemyaa says:
      October 3, 2017 at 9:58 pm

      Thanks Xidhan☺☺☺

  35. click a shot ? says:
    October 3, 2017 at 12:37 pm

    yayyy finally yaal aa shaun aa hulhunydhw..yaany rangalha kaneyge ehedhy?..mifadha vaguthega dhen hedheyne gothe noanaane dhw..fahun adhi amahaa menah visneyne☺️…mi part ves hama obiness..?❤️

    1. click a shot ? says:
      October 3, 2017 at 5:18 pm

      *gulhunydhw…I don’t think yaany will do it

    2. Eemyaa says:
      October 3, 2017 at 9:54 pm

      Thanks Click ☺☺☺

  36. Xna says:
    October 3, 2017 at 12:43 pm

    Eeem??..v rythi. Bunelan beynun vanee Thivareh nethey , Hama baarah kuriah dhaaashey ?.Ava’s avahah up kohdheythee❤⭐+100..

    1. Eemyaa says:
      October 3, 2017 at 9:55 pm

      Thanks Xna ☺☺☺

  37. Adha? says:
    October 3, 2017 at 12:55 pm

    Ey.. keekey… ?yaany filee ey… eheneh noon kanneynge aslu vaany vedhaanu yaany vazeefa trip akah dhiyaa kamah…
    Nd im so happy finally yaal nd shaun gulhuny❤??
    This part was one of the bestest part?
    Waitingss ❤❤❤❤

    1. Eemyaa says:
      October 3, 2017 at 9:56 pm

      Lets see dw Adha ??
      Hehe Thanks dear ☺☺☺

  38. Aiminath juveydha says:
    October 3, 2017 at 1:15 pm

    Alhey mi part ves varah reethi.. 2 faharah mi part kiyaalevihje… varah reethi….

    1. Eemyaa says:
      October 3, 2017 at 9:57 pm

      Thanks dear ☺☺☺❤

  39. Nappudding says:
    October 3, 2017 at 1:23 pm

    Masha allah keep going eeem… Luv yuh lotx… Awahah next part up kohdhehchey….

    1. Eemyaa says:
      October 3, 2017 at 9:59 pm

      Thanks dear ☺☺☺

  40. Roo says:
    October 3, 2017 at 4:10 pm

    Finally shaun and yaal ebbas vejje dhw loabivaa kamah!! ? So happy.. mi part ves varah reethi.. keep it up eem.. Next part ves avahah up kohladhehchey ☺️☺️??

    1. Eemyaa says:
      October 3, 2017 at 9:59 pm

      Thanks Roo ☺☺☺

  41. Malsha says:
    October 3, 2017 at 6:01 pm

    Eem when next part? ??Avas koh up kohlahchey. .plx plx. .

    1. Eemyaa says:
      October 3, 2017 at 10:00 pm

      Maadhama nuny maadhamaa rey In Sha Allah ☺

  42. Nashuu says:
    October 3, 2017 at 6:16 pm

    Masha Allah…Eym mi vaahaka varah reethi keep it up and plx next part thah veehaa vx avahakah up kohlachey…i loved ur story…keet it up <3 <3 <3 🙂 🙂

    1. Eemyaa says:
      October 3, 2017 at 10:01 pm

      Thanks dear ☺☺☺
      ❤

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ 39 (އޮނަސާޅީސްވަނަ ބައި)←


All Right Reserved!