Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް.. 6 ވަނަބައި

Shiya
October 1, 2017
3 Mins Read
41 Views
2 Comments

 

” އަހަރެން ޖުމާނާ އަށް އަނިޔާ މިކުރީ ކީއްވެކަން މި ބުނަނީ…. އަހަރެންގެ ފޯނުން އަހަންނަށް ސިއްރުން ޝިޔާޒް ކިޔާ މީހަކަށް ޖުމާނާ ގުޅީމެއްނު….ޖުމާނާ ހީކުރީ އަހަންނަށް ވަގަށް ފޯނު ހިފައިގެން ދިޔައިރު އަހަރެން އޮތީ ހަމަރަނގަޅަށްވެސް ނިދާފައ ކަމަށްތަ؟… ފޯނު ކޮށްފަ އައިސް ފޯނު ބާއްވާފަ ދިޔައީމަ، ގުޅާފައި އޮތް ނަންބަރަށް އަހަރެން ގުޅީމޭ….  އޭނަ ބުނި ޖުމާނާ ކޮންމެ ދުވަހަކުވެސް ގުޅައޭ… އަދި އެ ޝިޔާޒް ބުނި އޭނާއަކީ ޖުމާނާގެ ކުރޭގެ ލޯބިވެރިޔާއޭވެސް..”  އިމްރާން އެހެން ބުނުމުން ޖުމާނާ ވަރަށް ހައިރާން ވިއެވެ.

އަމިއްލަ  ދިފާއުގައި އެއްވެސް އެއްޗެކޭ ބުނެވޭނެ ޖާގައެއް  މިހާރު ޖުމާނާ އަކަށް ނެތެވެ. ދެލޮލުން ކަރުނަތަށް ފޮހެލަމުން ޖުމާނާ އިސްޖަހައިލިއެވެ.

” އަހަންނަށް ސިއްރުން ޖުމާނާ ކޮންހާ ކަންތައްތަކެއްތަ ތިކުރަނީ؟.. އަހަންނާ އިނދެގެން ތި ފަޑު ފާޑަކަށް ނޫޅެވޭނެ… ޖެހޭނީ އަހަރެން ބުނާގޮތެއް ހަދައިގެން މަޑު މަޑުން ގޭގައި އިންނަން ….. އަހަރެން ނިންމައިގެން މިހުރީ ފޯނެއްވެސް ގަނެދޭން…. އެކަމަކު މިހާހިސާބުން ފޯނު ގަނެދިނުންވެސް މި ނިމުނީ…. އަހަރެން ދެން ޖުމާނާގެ ކަންތައްތަކަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލާނަން…… އަދި ބުނަންތަ؟.. މީގެ ފަހުން އެލިމްޔާއާ ވެސް ޖުމާނާ ވާހަކަ ދައްކައިގެން ނުވާނެ … އެގެއަށް ގޮސްގެންވެސް ނުވާނެ….” ވަރަށޤ އަމުރުވެރިކަމާއިއެކު ޖުމާނާއާ ދިމާއަށް އެހެން  ބުނުމަށްފަހު  އިމްރާން ކޮޓަރިން ނިކުމެގެން ދިޔައެވެ.

އިމްރާން ދިއުމުން ޖުމާނާ އެނދުމައްޗަށް ވެއްޓިގަތެވެ.މޫނުގައި ބާލީސް އަޅައިގެން އޮވެ  ޖުމާނާ ވަރަށް ގިނަ އިރު ވަންދެން ރުއެވެ. އަމިއްލަ ދިރިއުޅުމާއި ދޭތެރޭ ޖުމާނާ ވިސްނަންފެށިއެވެ.

*****************

”ޖުމާނާ އަހަންނަށް ނުގުޅިނަމަ އަހަންނަށް މިހެން ނުވީސް …. ނަޖޫގެ ސަބަބުން އަހަރެން ހުރީ ޖުމާ މަތިން ކޮންމެވެސް ވަރަކަށް ހަނދާން ނެތިފަަ…. ހުރިހާ ކަމެއް ބަދަލު ވެގެން  މިދިޔައީ ޖުމާ އަހަންނަށް ގުޅަން ފެށީމަ…. ޒެއިނާ! އަހަރެން ދޮގު ނުހަދާ ތެދަށް މިބުނަނީ… މިހާރު އަނެއްކާވެސް އަހަރެންގެ ހިތް ޖުމާގެ ލޮތްބަށް އެދެން ފަށައިފި ….  މީގެ ކުރިންވެސް ޖުމާގެ ލޮތްބަކީ ދިރިހުރުމަށް ފެން ބޭނުންވާ ފަދައިން އަހަންނަށް ބޭނުންވި ލޮތްބެއް …ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ މާޒީ..  އެދުވަސްތަޢް އަލުން އަނބުރާ ނުހޯދޭނެ ކަންވެސް އިނގޭ… އެކަމަކުވެސް އަހަރެންގެ ހިތް ޖުމާގެ ލޮތްބަށް އެދޭވަރު ކިހިނެއް ބުނެދޭނީ؟…” ޝިޔާޒް ވަރަށް ސީރިއަސް ކަމާއެކު ދައްކަމުން ދިޔަ ވާހަކަތަށް ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހަން ޒެއިނާ އިނެވެ.

ޝިޔާޒް އިނީ ހަމައެކަނި ސީރިއަސް ވެފައެއްވެެސް ނޫނެވެ. އޭނާ އިނީ ދެރަވެސް ވެފައެވެ. އެކަން ޝިޔާޒްގެ މޫނަށް ބަލައިލާ ކޮންމެ މީހަކަށްވެސް އިނގޭނެ ހާ ވަރުވެއެވެ. ޝިޔާޒަކީ މީގެ ކުރިން ވަރަށް މަޖާކޮށް އުޅޭ މީހެކެވެ. އޭނާ އެހާ ބޮޑަށް ކަންކަމާއި ވިސްނާ ތަނެއް މީގެ ކުރިން ޒެއިނާ އަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން ޝިޔާޒް ދައްކަމުން ދިޔަ ވާހަކަތަށް އަޑުއަހަން އިން ޒެއިނާ ހައިރާންވިއެވެ.

ޝާނާއާއެކު ޖުމާނާ ދިޔައީ ލަމްހާގެ  ގެއަށެވެ.  ލަމްހާ އަކީ ޝާނާގެ ތިމާގެ ކުއްޖެކެވެ.  ލަމްހާއަކީ ވަރަށް މޮޅަށް ފަހާ ކުއްޖެކެވެ.  ޖުމާނާ ދިޔައީ ހެދުމެއްފަހަން ފޮތިކޮޅެއްވެސް ހިފައިގެންނެވެ.  ގެއަށް ވަންއިރު ލަމްހާ އިނީ ހެދުމެއް ފަހާށެވެ.

” ލަމްހާ!..” ޝާނާ ގޮވާލިއެވެ.

” އަނހަ.!.. ޝާނާ! ކަމަކުތަ ތިއައީ؟ އަވަހަށް އާދޭ އިށީންނަން!..” ލަމްހާ އެހެން ބުނަމުން ތެދުވެ ޝާނާމެން އިށީންނަން ދެ ގޮނޑި ގެނެސް ބެހެއްޓިއެވެ. ޝާނާއާއި ޖުމާނާ އިށީނެވެ. ” މިއައީ ލަމްހާ އަތަށް ހެދުމެއްފަހަން ދޭންވެގެން” ޝާނާ ބުންޏެވެ.

” އެހެންތަ؟ ކާކުގެ ހެދުމެއް؟ ޝާނާގެތަ؟ ނޫނީ ޖުމާގެތަ؟  ހީލަމުން ލަމްހާ އެހިއެވެ.

” ޖުމާގެ ހެދުމެއް…  ވަރަށް ރީތިކޮށް ފަހައިދޭންވާނެ އިނގޭ! އޭރުން މިހާރަށް ވުރެވެސް ބޮޑަށް  ޖުމާއަށް ހިތް ކިޔާނީ..”  ހިނިތުންވެލަމުން ޝާނާ އެހެންބުނީ މަޖަލަކަށެވެ. އެހެންނަމަވެސް ،  ލަމްހާ ވަރަށް  ސީރިއަސްވިއެވެ.. ލަމްހާ ވަރަށް ނުރުހުންވެފައި ޖުމާނާގެ މޫނަށް ބަލައިލިއެވެ.

” ކިތަންމެ ރީތި ހެދުމެއް ލިޔަސް ލޯބި ނުވާ މީހަކަށް އިމްރާންގެ ހިތެއް ނުކިޔާނެ… އިމްރާންގެ ހިތް އެދޭނީ  ހަމައެކަނި އެއްމެ މީހަކަށް…” ލަމްހާ ބުންޏެވެ. ޖުމާނާ ވަރަށް ހައިރާންވެފައި ލަމްހާގެ މޫނަށް ބަލައިލިއެވެ. ލަމްހާ އެހެން ބުނުމުން ޝާނާވެސް އިނީ ވަރަށް ހައިރާންވެފައެވެ.

”ކީއްވެ ލަމްހާ ތިހެން ތިބުނީ؟..”  ޝާނާ ލަމްހާ ކުރެން އެހިއެވެ.

” އަހަރެން އެހެން ބުނި ސަބަބު ހޯދަން ނޫޅުނިއްޔާ ރަނގަޅުވާނީ… ދެން އެވާހަކަ ނުދައްކާ!.. ކޮބާ ފޮތިގަނޑު؟” ލަމްހާ ބުންޏެވެ. ޖުމާނާ އިނީ ލަމްހާ އެހެން ބުނުމުން ހިސާބަކަށް ހިންހަމަ ނުޖެހިފައެވެ.  އެހެންނަމަވެސް ޖުމާނާ ލަމްހާ އަށް  ފޮތިގަނޑު ދިނެވެ. ލަމްހާ ފޮތިގަނޑު އެއްކޮށް ނިއުޅުވައިލިއެވެ. ފޮތިގަނޑަށް ބަލަންހުރެފައި ލަމްހާ ދެން ބަލައިލީ ޖުމާނާގެ މޫނަށެވެ. އޭރު ޖުމާނާވެސް އިނީ ލަމްހާގެ މޫނަށް ބަލަހައްޓައިގެންނެވެ.

” މިފޮތިގަނޑު އެހާ ރީއްޗެއްނޫން.. ހަޑި ފޮތިގަނޑެއްގައި ކިތައްމެ ރީތިކޮށް ހެދުން ފެހިޔަސް ރީތިވާނެހެން ހިއެއް ނުވޭ..  އަދި ޖުމާަ އަކާ ނުވެސް ގުޅޭ މިފޮތިގަނޑެއް މީ ފެހިކުލައިގެ ފޮތިގަނޑެއްނު…އިމްރާނަށް ރީތިވާނީވެސް ރަތްކުލައިގެ ހެދުން ލީމަ…” ލަމްހާ ބުނެލިއެވެ.

ޝާނާޢާއި ޖުމާ ނަޒަރު ހިންގައިލީ ލަމްހާ ލައިގެން ހުރި ހެދުމަށެވެ. ލަމްހާ ލައިގެން ހުރި ރަތް  ކުލައިގެ ހެދުމެކެވެ. އަދި ލަމްހަ އާންމުކޮށް  ލައި އުޅެނީވެސް  ރަތް ކުލައިގެ ހެދުމެވެ. ” ލަމްހާ އައްތަ އިނގޭނީ  އިމްރާނަށް ރީތިވާ ކުލައެއް؟ ލަމްހާތަ އިމްރާނާ އިނދެގެން އުޅެނީ؟” ޖުމާނާ ގާތަށް އައީ ހަމަށަކު ރުޅިއެއްނޫނެވެ. ” ރުޅިއައީތަ؟ ޖުމާ ވަރަށް ރުޅިވެސް ގަދައޭ ދޯ! އެއީ އަހަރެން ކޮށްލި ސަމާސާ އެކޭ….. ތިވަރުވާކަށް ނުވާނެއްނު… އަހަރެން ނޫޅެން ޖުމާ އަތުން އިމްރާން ޖަހައިގަންނާކަށް..” ސަމާސާ އަކަށް ނަމަވެސް ލަަމްހާ އެންމެފަހުން އަނެއްކާވެސް ބުނީ ޖުމާނާ ރުޅި އަންނަ ކަހަލަ ޖުމްލައެކެވެ. ” ގެނޭ ތިފޮތިގަނޑު!” ޖުމާނާ ލަމްހާ  އަތުން ފޮތިގނަޑު ޖަހައިގަތެވެ. އަދި ބުންޏެވެ. ” ލަމްހާ ހީކުރީ ލަމްހަ އެކަނި ކަމަށްތަ މިރަށުގަ މޮޅަށް ފަހާމީހަކަށް ހުރީ؟….. މި ރަށު އެންމެން ލަމްހާ ކައިރިއަށް ހެދުން ފަހަން އަންނާތީ ތިމާ ވަރެއްނެތިގެން ބޮޑާވެގެން  ތި އުޅެނީ… އަހަރެން ނޫޅެން ލަމްހާ ލައްވާ ހެދުން ފަހާކަށް ..” ވަރަށް ރުޅިއައިސްފައި ހުރެ ޖުމާނާ ލަމްހާ އާ ދިމާއަށް ބުނެލިއެވެ. ” އަހަރެން ނޫޅެން ޖުމާއަށް ހެދުން ފަހައިދޭ ހިތަކުންވެސް…. ވަރަށް ފޫހިވޭ..” ލަމްހާ ރުޅިއައިސް ހުރެ ޖުމާނާ އަށް ޖަވާބު ދިނެވެ. ޖުމާނާ އަދި ލަމްހާ އާއި ދެމެދު ހިނގަމުންދިޔަ ދެބަސްވުން އަޑުއަހަން ހުރި ޝާނާ ހުރީ ހައިރާންވެފައެވެ. ” ޖުނާ ދެންހިނގާ ދާން !…” ޖުމާނާގެ އަތުގައި ހިފަމުން ޝާނާ ބުންޏެވެ. ޝާނާ އާއި އެކު ޖުމާނާ އެގެއިން ނިކުންނަން ހިނގައިގަތެވެ. ޖުމާނާމެން ގެއިން ނިކުންނަންދެން ލަމްހާ ހުރީ ރުޅިއައިސްފައި ބަލަހައްޓައިގެންނެވެ. ” ލަަމްހާ ކީއްވެތަ އެގޮތަށް އެވާހަކަ ދެއްކީ؟.. އޭނައަށް އިމްރާންގެ ހާދަ ގިނަކަންތައްތަކެއް އިނގެއޭ ދޯ!” ގެއިން ނިކުމެވުމާއި އެކު ، ޖުމާނާ ބުންޏެވެ. ” އާނ!   ލަމްހާއަށް  އިމްރާންގެ ވަރަށް ގިނަ ކަންތައްތއް އިނގޭހެން އޭނަގެ ވާހަކަތަކުން ހީވަނީ…. އަނެއް ކޮޅުން އޭނަ އެހުރީ ޖުމާއާ ދޭތެރޭ ވަރަށް ޖެލަސްވެފަ… އެހެންނޫންނަމަ އޭނަ އެގޮތަކަށް ޖުމާއަކާ ވާހަކަ ނުދައްކާނެ”

” ލަމްހާ ކީއްވެ އަހަރެންދެކެ ޖެލަސް ވާންވީ؟…” ޖުމާނާ ، ޝާނާ އާއި ސުވާލު ކުރިއެވެ.

” ސަބަބެއް ނޭނގެ… އެކަމަކު ލަމްހާގެ ވާހަކަތަކުން އަހަންނަށް ހީވަނީ ލަމްހާ އާއި އިމްރާނާއި ދެމެދު ކޮންމެވެސް ކަހަލަ ގުޅުމެއްވާހެން..”

” ޝާނާ ތިހެން ބުނިނަމަވެސް އަހަންނަށް ތި ވާހަކަ ޤަބޫލުކުރަން ވަރަށް އުނދަގޫ..  ސަބަބަކީ އިމްރާނަކީ ވަރަށް މަދުން ނޫނީ އަންހެން ކުދިންނާ ވާހަކަ ދައްކާވެސް އުޅޭ މީހެއްނޫން…. އަދި އިމްރާނާއި ލަމްހާ  ވާހަކަ ދެއްކި ތަނެއް އަހަރެން ދުވަހަކުވެސް ނުދެކެން..” ޖުމާނާ އެހެން ބުނުމުން ޝާނާ ހިނިތުން ވެލިއެވެ.

” ޖުމާ ހާދަ މޮޔައޭ ދޯ! ޖުމާއަށް ސިއްރުން އިމްރާން ކުރާކަންތައް ޖުމާ އަށް އިނގޭނެތަ؟ އަހަންނަށް އިނގޭހާވެސް އެއްޗަކީ އެއްވެސް ކަމެއްނެތި ލަމްހާވެސް އެކަހަލަ އެއްޗެހި ނުކިޔާނެކަން… ބައެއް ފިރިހެނުން އަދި ބައެއް އަންހެނުންނަކީވެސް ވަރަށް މަކަރުވެރި ބައެއް… ޖުމާ ނުވާނެ އިމްރާނަށްވެސް އެހާ އިތުބާރު ކުރާކަށް… ޖުމާ ވިސްނާ ނުލާ ހުއްޓާ އިމްރާނުގެ ފަރާތުން ކޮންމެ ފަދަ ދެރައެއްވެސް ލިބިދާނެ … މިހާރުވެސް އިމްރާން ޖުމާއާ ދޭތެރޭ ކަންތަށް ކުރަނީ ކިހާ ގޯސްކޮށް!…އިމްރާން ޖުމާ އަށް ކިހާއަނިޔާއެއްވެސް ކުރޭ!… ވިސްނަބަލަ އިމްރާން ޖުމާ ދެކެ ލޯބިވާނަމަ ޖުމާ އަށް އަނިޔާ ކުރާނެތަ؟.. އަހަންނަށް އިނގޭހާވެސް އެއްޗަކީ ލޯބިވާ ފިރިއަކު އަނިޔާއެއް ނުކުރާނެކަން…” ޝާނާ ބުނެލިއެވެ.

އެހާދިސާގެ ހިޔާލުތަކާއި ޖުމާނާއަށް ދުރުވެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑުއިވުމުންނެވެ. ޖުމާނާ ބަލައިލި އިރު އިމްރާން ކޮޓަރިއަށް ވަންނަނީއެވެ. އިމްރާން އެއާގޮތަށް އައިސް އެނދުގައި އޮށޯތެވެ. އިމްރާން އޮތީ ޖުމާނާއަށް ފުރަގަސް ވާގޮތަށެވެ. ޖުމާނާ އޮތީ ވަރަށް ދެރަވެފައެވެ.

” ޝާނާ ބުނިހެން ލަމްހާ އާއި އިމްރާން އާއި ގުޅުމެއް އޮންނަނީބާ؟ އަހަންނަކީ އިމްރާނަށް އެއްވެސް މީހެއްނޫން!.. އިމްރާން ހުންނަނީ އަބަދުވެސް އަހަރެންދެކެ ރުޅިއައިސްފަ… އަހަންނާއި ރީތި ކޮށް ވާހަކަ ދައްކާލާނީވެސް ވަރަށް މަދު ފަހަރަކު… އިމްރާން ބުނާ ކޮންމެ ކަމެއް އަހަރެން ކޮށްދޭންޖެހޭ …. މިހާވަރުން އުޅޭއިރުވެސް އިމްރާން އެންމެފަހުން އަހަންނަށް ބޭވަފާތެރި އެވީ…” ޖުމާނާގެ ހިތަށް އަރަމުން  ދިޔައެވެ. އަދި އެވަގުތު ޖުމާނާ އަށް ރޮވެން ފެށުނެވެ.

ޖުމާނާ ހަނދާން ވާން ފެށީ ޝިޔާޒް މަތީންނެވެ.  ޖުމާނާ ތެދުވެ އިށީނެވެ. އަދި ހިތަށް އެރިއެވެ ” އަހަންނަށް ޝިޔާޒާއި ވަކިނުވެ ކައިވެނި ކުރެވުނު ނަމައެވެ.  ޝިޔާޒާއި ކައިވެނި ކުރެވުނުނަމަ އަހަރެން އުޅޭނީ މިހިއްދަތި ހާލުގައި ނޫންކަން ހަމަ ޔަޤީނެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ. މިހާރު މިވަނީ ވަގުތު ފާއިތު ވެފައެވެ. ކުރީގެ އުފާވެރި ދުވަސްތަށް ދެން  އަލުން އަނބުރާ ނުހޯދޭނެތާއެވެ. އަހަރެންގެ ދިރިއުޅުމަކީ މިހާރު އެއްވެސް އުފާވެރިކަމެއްނެތް ދިރިއުޅުމެވެ. މި ދިރިއުޅުމުގައި އަހަންނަށް ކެއްތެރި ވުން ނޫން އިތުރު ގޮތެއްނެތެވެ.”

ޖުމާނާ ނިދޭތޯ އެނދުގައި އޮށޯތެވެ. އަދި ބާލީހުގައި ނިކަން ބާރަށް ބައްދައިލިއެވެ. ޖުމާނާގެ ހިތް އެދެނީ ހުވަފެނުގައި ވެސް ޝިޔާޒްގެ  މޫނު ދުށުމަށެވެ. މިހާރު ޖުމާނާގެ ހުރިހާވެސް ހިތްހަމަޖެހުމަކީ ޝިޔާޒްގެ ހަނދާންތަކެވެ.

***********

” ދަރިފުޅާ ! ރީތިކޮށް ހުރެބަލަ!..” ނަޖުވާ ހުރީ މަލްޝާގެ ބޮލުގައި ފުނާ އަޅުވައިދޭށެވެ. ” މަލޫ!” މަލްޝާ ސަކަރާތް ޖަހަންހެދީމަ ނަޖުވާ ބުނެލިއެވެ.” ކިހިނެއްތަ ތިއުޅެނީ؟ މަންމަ ފުނާ އަޅުވާ ނިމެންދެން  ސަކަރާތް ނުޖަހާ މަޑުން ހުރެބަލަ! ތިހެން  އުޅެން ހެދީމަ މަންމައަށް އުނދަގޫވޭ!… އަވަހަށް ބަސް އަހައިގެން މަޑުން ހުރޭ އިނގޭ!” ނަޖުވާ ރީތިކޮށް ބުނުމުން މަލްޝާ ފުނާއަޅުވައި  ނިމެންދެން ބަސްއަހައިގެން ހުއްޓެވެ ” ހޫން… މިހާރު ވަރަށް ރަނގަޅު ! ދަރިފުޅުތީ ހާދަ ބަސްއަހާ ކުއްޖެކޭ” ނަޖުވާ ބުންޏެވެ.

” މަންމަ ވެސް ބަސްއަހަމެއްނުން އެހެންވެ މަލޫވެސް ބަސްއެހީ” މަލްޝާ ބުނެލިއެވެ. ނަޖުވާ ހީލަމުން މަލްޝާގެ ކޮލުގައި ލޯބިން ބޮސްދިނެވެ. އެވަގުތު ނަޖުވާގެ ފޯން ރިންގ ވާން ފެށިއެވެ. ނަޖުވާ ޖީބުން ފޯނު ނެގައި ކަންފަތުގައި ޖެހިއެވެ.

” ހަލޯ” ނަޖުވާ ނުންޏެވެ.

” ހަލޯ ނަޖޫ ކިހިނެއްތަ؟”

” ހޫން ޝާނާ ދޯ! ކޮންތާކު ތިއުޅެނީ؟”

އެކޮޅުން ވާހަކަ ދެއްކީ ޝާނާ ކަން އެނގުމުން ނަޖުވާ ވަރަށް އުފާވެފައި ހުރެ އަހާލިއެވެ.

” އަހަރެން މިއުޅެނީ ރަށުގައި ” ޝާނާ ޖަވާބުގައި ބުންޏެވެ. ” ރަށުގައޭ! ނަޖުވާ ހައިރާންވެފައި ހުރެ އެހިއެވެ. ” އާން… ދެތިން ދުވަސް ވެއްޖެ އައިފަހުން.. މަންމަ ބަލިވެގެން ހަމަ ކުއްލިއަކަށް އަންނަން ޖެހުނީ….”

” ޝާނާ ހާދަ ގޯހޭ އަހަރެން ގާތު ބުނެލާފަ ދިޔަނަމަ…..  އަހަރެން ވަރަށް ދެރަވެއްޖެ” ނަޖުވާ ހަގީގަތުގައިވެސް ވަރަށް ދެރަވިއެވެ.

” އަހަރެން ތި ފޯނަށް ގުޅީމޭ! … އެކަމަކު ފޯނު ނުނަގާތީ އަޅާނުލީ އަނެއްކާ ވަރަށް ބިޒީކޮށް އުޅުނީވެސް އެހެންވެ ފަހުންވެސް ނުގުޅުނީ ސޮރީ އިނގޭ!..”

” އާން .. ދެން މިފަހަރު އޯކޭ! އެކަމަކު ދެން ފަހަރަކުން ތިހެން ނުހަދައްޗޭ! މަންމަގެ  ހާލު މިހާރު ކިހިނެތް؟”

” މިހާރު ކުޑަކޮށް ރަނގަޅު މަންމަ މާ ބޮޑަށް ކަންތައްތަކާއި ދޭތެރޭ ވިސްނަނީ….  ބައްޕަ މަންމަ ވަރިކުރީމަ އެކަމާ މަންމަ ބަލި ބޮޑުވެގެން އެއުޅެނީ…..  ހިއެއްނުވޭ އަހަންނަކަށް އަވަހަކަށް މާލެ އަށް ދެވޭނެހެނެއް!.. ނަޖޫ!.. ކޮބާ ޝިޔާޒް؟” ޝާނާ އަހާލިއެވެ.

”ޝިޔާޒް އޮފީގައި”

” ނަޖޫ ކިޔައިދިނީމެއްނުން ޝިޔާޒް ކުރިން ރައްޓެހިވި ޖުމާއެއްގެ ވާހަކަ… އެޖުމާއަކީ ކޮންރަށެއްގެ ކުއްޖެއްތަ؟” ޝާނާ  ކުއްލިއަކަށް  ކުރި ސުވާަލަކުން ނަޖުވާގެ  ބޮލުގައި  ރިއްސައިލިއެވެ.

 

*ނުނިމޭ*

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shiya

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ހަޤީގީ 37 (ސަތުތިރީސްވަނަ ބައި)

Next

އީލާމް-08

Next
October 2, 2017

އީލާމް-08

Previews
October 1, 2017

ޔާރު މިވަނީ ލޯތްބޭ ހަޤީގީ 37 (ސަތުތިރީސްވަނަ ބައި)

2 Comments

  1. ? says:
    October 1, 2017 at 8:26 pm

    Story was supb… waiting ???

    1. Shiya says:
      October 1, 2017 at 8:32 pm

      Thank you…

Comments are closed.

All Right Reserved!