”އެނީވޭ.. ހުރިހާ ޝުކުރެއް ނިޝީއަށް.. ނިޝީގެ ސަބަބުން ވިއްޔާ މިތިބަ ލޯބިލޯބި ދެކުދިން ގުޅުނީ..” އަހުސަން އެއްލޯ މަރާލަމުން ބުނެލިއެވެ. އަހުސަންގެ ވާހަކައިން ހިނިނާންނަ އެކަކުވެސް އެތާކުނެތެވެ.
އާލިޔާމެން އެގެއިން އައީ ރޭގަނޑު ކައިގެނެވެ. އޭރު ހުރީ 9 ޖަހާފައެވެ. ވެފައި ހުރި ވަރުބައްޔާއެކު އާލިޔާ ހުރީ ނިދިވެސް އައިސްފައެވެ. އެހެން ކަމުން ފެންވަރާތާޒާ ވެލައިގެން އެނދުގައި އައިސް ޖައްސާލީ ނިދާށެވެ. ނަމަވެސް އިރުކޮޅަކުން ޒީހާންގެ މެސެޖްތައް ފުލުފުލުން އަންނަން ފެށުމުން އާލިޔާގެ ނިދި ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ޒީހާންއާ ވާހަކަ ދައްކަން އޮވެފައި އާލިޔާ ނިދީ ވަރަށް ލަސްވެފަ ހުއްޓައެވެ.
ކައިވެނީގެ ތައްޔާރީތައް ވަރަށް ފޯރީގައި ކުރިއަށް ދަމުންގޮސް އެންމެ ފަހުން ކައިވެނި ކުރާ ދުވަސް އަތުވެއްޖެއެވެ. އެދުވަހު އަހުސަން ޒީހާންއާ އާލިޔާ ވާހަކަވެސް ދެއްކިޔަ ނުދިނެވެ. އަހުސަން ބުނި ގޮތުގައި ޒީހާން މިއަދު އެންމެ ފުރަތަމަ އާލިޔާގާތު ބުނާނެ ބަހަކީ އަނބި ގަބޫލުކޮށްފިން ކަމުގައެވެ. އެކަމާ ހީހީފައި ޒަހީނާމެން ވެސް އުޅުނެވެ.
ހުދުކުލައިގެ ވެޑިން ޑްރެސްގައި އާލިޔާގެ ފުރިހަމަ ކަމުން ޒޯޔާއާއި ނިޝީ ހީވީ މޮޔަވެގެން އުޅުނު ހެންނެވެ. ޒޯޔާއާއި ނިޝީވެސް ގޯލްޑް ކުލައިގެ މެކްސީގައި ހީވަނީ ޕަރީންހެނެވެ. އެމީހުން އެތާ ތިއްބާ ޒަހީނާއައިސް ގާޒީއައި ވާހަކަ ބުނެލިއެވެ. އާލިޔާގެ ހިތްތެޅެން ފެށީ އަމަށަކު ވަރަކަށް ނޫނެވެ. ޒޯޔާގެ އަތުގައި ހިފާލައިގެން ހުރެ އާލިޔާ ގޮސް މޭޒުކައިރި އިށީނެވެ. އޭރު އަހުސަން ހުރީ ޒީހާންގެ ގޮނޑި ކައިރީގައެވެ. އާލިޔާ އިށީންގޮތަށް ޒީހާންގެ އަތުގައި ހިފާލިއެވެ. އޭރު އޭނާގެ އަތް ގަނޑުފެން ކޮޅެއްހާ ފިންޏެވެ. ޒީހާން އާލިޔާއާ ދިމާއަށް އެނބުރުނީ ހާސްނުވާށޭ ބުނުމަށެވެ. ނަމަވެސް ފަހަތުގައި އަހުސަން އާއި ޒޯޔާ ވިއްދާފައި ތިބުމުން އެކައްޗެކޭވެސް ބުނެވޭވަރެއް ނުވިއެވެ.
”އަނބި ގަބޫލު ކޮށްފިން..” ޒީހާން އެހެން ބުނުމުން އާލިޔާއަށް ލޯމަރާލެވުމާއެކު ހިފައްޓާފައިއޮތް ޒީހާންގެ އަތަށް ފިތާލިއެވެ. އެވަގުތު ފަހަރަކު މީހަކު އައިސް އާލިޔާއާއި ޒީހާންއާ ސަލާމް ކޮށްލުމަށްފަހު އެމީހުންނަށް މަރުހަބާ ކިޔެވެ. ނާސިޔާވެސް އައިސް އެހާގާތް ނޫން ގޮތަކަށް އާލިޔާމެނަށް މަރުހަބާ ކިޔެވެ. އެކަން ޒީހާންއަށް ފާހަގަ ނުކުރެވުނުނަމަވެސް އާލިޔާއަށް ފާހަަގަކުރެވުނެވެ.
ޒީހާންއާއި އާލިޔާއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް އެމީހުން ގޮވައިގެން އަހުސަންމެން ދިޔައިރު އެމީހުން ދިމާކޮށްލި ވަރުން އާލިޔާ ހުރީ ލަދުން މަރުވާވަރު ވެފައެވެ. ކޮޓަރިއަށް ވަދެ ޒީހާންގެ ނަޒަރުން ސަލާމަތްވާން އާލިޔާ ނިދާހެދުން ހިފައިގެން ގޮސް ވަނީ ފާހާނާއަށެވެ. އާލިޔފާހާނާއިން ނުނިކުމެ ގިނައިރު ވާން ފެށުމުން ޒީހާން ގޮސް ދޮރުގައި ޓަކި ތަޅަން ފެށިއެވެ. އާލިޔާ ނިކުތީވެސް ޒީހާން ދޮރުގަ ޓަކިތަޅަން ފެށުމުންނެވެ. ”މިރޭ ފިލަން ތަ ތިވިސްނަނީ…” އާލިޔާ ނިކުތުމާއެކުހެން ލާނެތް ގޮތަކަށް ބުނެލިއިރު އެއަޑުގައި މަސްތުކަމެއް ވީކަން އާލިޔާއަށް ފާހަގަކުރެވުނެވެ. އާލިޔާ ލަދުރަކި ގޮތަކަށް ހިނިތުންވެލާފައި ޒީހާންއަށް ބަލާލުމުން ޒީހާން އެންމެ ސިކުންތު ކޮޅެއްވެސް ނަގާނުލާ އާލިޔާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. އަލަތު ކައިވެނީގެ އުފާވެރިރޭ އަރާމާއި ލައްޒަތުން ފުރާލިއެވެ.
ހެނދުނު އާލިޔާއަށް ހޭލެވުނުއިރު ހުރީ 7ގަޑި ބައިވެފައެވެ. އޭނާ އަވަހަށް ޒީހާންއަށް ގޮވާ ހޭލެއްވިއެވެ. އަދި ޒީހާން ނިކުންނަނަ ވާއިރަށް އޮފީހަށް ދާން ލާނެ އެއްޗެއް އިސްތިރިކުރިއެވެ. ޒީހާން ނިކުތުމުން ޒީހާންއަށް ކޮފީއެއް ހަދަން އާލިޔާދާން އުޅުމުން ޒީހާން އެކަން މަނާކޮށް އާލިޔާ ފާހާނައަށް ވެއްދިއެވެ. އަދި އޮފީހަށް ގޮސް އެއްޗެއް ކާލާނެ ކަމުގައި ބުންޏެވެ.
އާލިޔާ ފެންވަރައިގެން ނިކުތް އިރު ނާސިޔާ އިނީ ޓީވީ ބަލާށެވެ. އޭރު ނިޝީ އުޅެނީ ސުކޫލަށް ދާން ތައްޔާރުވާށެވެ. އަހުސަންވެސް އޮފީހަށް ދާން ނިކުތީ އެވަގުތުއެވެ. އޭރު އަކްރަމްވީ އޮފީހަށް ގޮހެވެ. ”އަހުސަން ދަރިފުޅު ކޮންއިރަކުންތަ މީހަކާ އިންނަނީ..” ނާސިޔާ ލޮލުގެ ހިމަކޮޅުން އާލިޔާއަށް ބަލާލިކަން އާލިޔާއަށް އެނގުނެވެ. ”ކިހިނެއްވީ އަނެއްކާ މަންމާ؟..” އަހުސަންއަށްވެސް ހައިރާންކަން ގެނުވި ސުވާލަކަށް އެ ސުވާލު ވިއެވެ. ”ދަނބި ދަރިއެއް ލިބުނީމަ ކަމެއް ވަނީކީ ނޫން.. ހޭލަނީ މެންދުރު ވާ ފަހުން.. ސައިހަދަން މިޖެހެނީ އެހެން މީހުން..” ނާސިޔާ ރުންކުރު ރާގަކަށް އެހެން ބުނެލީ އާލިޔާއަށް ކަން އާލިޔާއަށް އެނގުނެވެ. ”މަންމާ.. ތީދެން ކޮންކަމެއް.. ކައިވެނީގެ ފުރަތަމަ ދުވަހު ކޮންމެ މީހަކަށްވެސް ވާނީ އެހެން… ހެނދުނު ހޭލެވޭނީ ލަހުން… މަންމަދެން އެކަމާ ޝަކުވާ ނުކުރޭ.. ދޮންބެއަށް އެނގިއްޖެއްޔާ ރުޅި އަންނާނެ…” މިހެން ބުނެފައި އިތުރަށް މަޑުނުކޮށް އަހުސަން ވެސް ދިޔައީއެވެ. ނާސިޔާ އާލިޔާއަށް ތޫނު ނަޒަރެއް ދީފައި ނިޝީ ގޮވައިގެން ދިޔައެވެ. އާލިޔާ ބިރުގަތީ ދެނެވެ. ނާސިޔާއަކީ ކޮންކަހަލަ މީހެއްކަން އަދިކިރިޔާ މިއެނގުނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.

yey….. me first
Yayy… I’m 2nd… mi part vrh reethi… but maa kurii… nxt paet kn dhuvahakun..? Avahah up khlachey nxt part…nd thankolheh dhigu kh genesdhehchey
Hii Eeman… Mi part vx varah reethi ingey… Bt next part miahvure dhigukoh genesdhehchey… Waiting for next part…
Varah reethi
Maakuru.ekam varah reethi
Please komme ves kujjeh bunedhybala dhimaa n yuan ulheny kn vaahaka eh ga tha
N kon nameh tha writer ah kiyany e story ge
Aee loa merey hindhu heevey gaathugaa vaahen. ….?? writer aky ithoo??
Dhimra*
Hi.
It’s “loa merey hidhu hyvey gaathugaa vaahen”
And the story writer is “ithoo”
?Enjoy reading. Varah rythi vaahaka eh eiy ?
Nice? whn nxt part?
Dhimra n yuan ulhey vaahaka ah kiyany ” loa merey hindhu heevey gaathugaa vaahen” story liyuny ithoo
Hmm yes… sham ge comment nufeneyey juma ah me ge comment ah reply kuri iru??
Story habeys??❤
Woowww…vvvv ryythii mi prt ves..
WoW nice
varah reethi story
Wow v reeti mi part vaxx☺
Shaugu verivaa ehves kameh adi vaahakaiga nuvey….hurihaakameh vex warah awas awhah ve nimey eba…vaahaka adi reechekey nubuneweyne ehenve….