ކާއިންއާއި އަޝްވާ ގޮސް އިށީނީ ގޭގެ ވަށައިގެން ރާވާފައި ހުރި ތިރި ފާރުބުޑު މަތީގައެވެ. ރަށަކީ މީހުން މަދު ރަށަކަށް ވުމުން ރޭގަނޑުގެ މިވަގުތުގައި މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. “ކާއިން” އިށީދެ ހަމަޖެހިލުމާއި އެކު އަޝްވާ ކާއިންއަށް ބަލާލުމަށްފަހު ބުނެލިއެވެ. “އަހަރެން ބޭނުން ޝަނުމް ކައިރީ އަހަރެން ލޯބިވާ ވާހަކަ ބުނަން.. ކާއިން އަހަންނަށް އެހީވެދޭނަންތަ” އަޝްވާ ބުނެލި ޖުމްލައިން ކާއިންއަށް ލިބުނީ ހައިރާންކަމެވެ. ދެބުމަ ކައިރިކޮށްގެން އަޝްވާއަށް ބަލާލި އިރު ލުއި ހިނިތުންވުމަކާއި އެކީ […]
އަލްޔަން ވާހަކަ ދައްކަން ފެށުމުން ޒީކް ދެކަންފަތުގައި އަތް އަޅައިފިއެވެ. އަލްޔަންގެ އަޑު އިވުމުންވެސް ޒީކްއަށް އުނދަގޫވަނީ ކަންނޭގެއެވެ. ހަނދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން އަލްޔަން ނިކުމެގެން ހިނގައްޖެއެވެ. ހުދު އަލްޔަންއަށް ވެސް މިކުރެވެނީ، މިދެވެނީ ކޮންތާކަށް ކަން ނޭނގޭ ކަހަލައެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ހިނގައްޖެއެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ކަމުގައި ހީކުރެވުނު ނަމަވެސް މިއަދު އޭނާ އަންނަން އެޖެހުނީ ހުސްއަތާއެވެ. ނިކަމެތި އަންހެން ކުއްޖެއް ހިތް ކާމިޔާބު ނުކުރެވިގެންނެވެ. ކޮޓަރިއަށް […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ އިހްސާސްތައް ގުޅިފައިވަނީ ޒާރާގެ ދިރިއުޅުމުގެ ވާހަކަތަކާ.. އަހަންނަށް ޒާރާއަށް ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ދެވޭން އަންނަނީ ޒާރާ އަހަރެންގެ މީހަކަށް ހަދައިގެން.. ވީހާވެސް އަވަހަށް އަހަރެން އެކަން ކުރަން ބޭނުން.. ދެން ޒާރާ އިތުރު ހިތާމައެއް ތަހައްމަލް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ޒާރާ އެއުޅެނީ ކިހާ ހިތްދަތި ދިރިއުޅުމެއް.. ދެން އިތުރަށް އަހަންނަކަށް ކެތެއް ނުވާނެ.. ” ޑައިރީގައިވާ ޒާރާގެ ދިރިއުޅުމުގެ ވާހަކަތައް ފިލްމެއްގެ މަންޒަރުތަކެއްހެން ޔަޒްދާންގެ ލޮލަށް […]
*މީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އަޅުގަނޑު ލިޔާ ވާހަކައެކެވެ. މިވާހަކައިގައި މީހުންނަށާއި ތަންތަނަށް ދެވިފައިވާނީވެސް ހިޔާލީ ނަންނަމެވެ. މިއީ އާދައިގެ ފެށުމެކެވެ. އަދި މީއަޅުގަނޑު ލިޔާ ދެވަނަ ވާހަކަކަން ހިއްސާކޮއްލަން.. ވާހަކައަށް އިންތިޒާރުކޮށްލައްވާ……!!* ****************************** ޖެހެމުންދިޔަ މަޑުވައިރޯޅި ބާރުވަމުން ދިޔައެވެ. ހަވީރުއްސުރެ ބޯވަމުން އައިވިލާތަކުން ޖައްވުވަނީ އަނދިރިވެފައެވެ. އިރުއޮއްސެން މިދަނީ ބަނަރެއަކަށެވެ. ގަސްތަށް ވަޔާހެލެމުންދިޔައީ ބިރުވެރި ފުރޭތަތަކެއްފަދައިންނެވެ. އެ ބޮޑު ގޯތީގައި ހުރި ގޭގެ ފެންޑާގައި ހުރި އުނދޯލި މަޑުމަޑުން ހެއްލި ހެއްލި އިނެވެ. އާނއެކެވެ. އެތާ […]
ރީމާގެ މަސާޖުން ދެލޯ މެރިފައި އޮތަސް އަޔާޒުގެ ހިތްވަނީ އެލަވަޔަށް ވަދެ ހުސްވެފައެވެ. އެއާއެއްގޮތަށް ރީމާގެ ހިތްވެސް އެ ލަވަޔަށް ނަށަމުން ދިޔައެވެ. “ރީ…..” އިޝަގީ ރާގެއްގައި އަޔާޒު ގޮވާލިއެވެ. އަޔާޒުގެ ހިތް އޮބިނޯންނަވަރަށް އެމޫނުގައި ފިރުމާލުމަށް ގޮވަމުން ދިޔައެވެ. އެހެންކަމުން ރީމާގެ މޫނުމައްޗަށް ވެއްޓިފައިި އޮތް އިސްތަށި ކޮޅު އެއްފަރާތް ކޮށްލިއެވެ. ރީމާ މޫނު އަނބުރާލިއެވެ. “ކީއްވެތަ ތިހާ ލަދުގަންނަނީ ރީ…..؟ އަޔާއެއް ނޫޅެން އެއްވެސް ކަމެއްކުރަން… ތި ސްމައިލް ފެނިފަ މިހާރު ބޮލުގެ ރިހުން ރަނގަޅުވެއްޖެ…” އަޔާޒު ތެދުވެ ހިންދަމާލިއެވެ. ލަދުން އިން ރީމާ އިނީ މިހާރު ތަންކޮޅެއް ހަމަޖެހިފައެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ރީމާ ތެދުވެގެން ގޮސް ވަނީ ބަދިގެއަށެވެ. އަޔާޒުވެސް ފަހަތުން އައިސްވަނެވެ. ކުޑަދޮރު ހުޅުވާލުމުން ކެތްމަދުވެފައި ތިބި ވައިރޯޅިތަށް އެތެރެއަށް ދެމިގެންފިއެވެ. ފިޔާތަކެއް ތަށްޓަކަށް އަޅައިގެން މޭޒުކައިރީ ރީމާހުރީ އެފިޔާތަށް ނޮޅުމުގައެވެ. ޖެހިލާ ފިނި ވައިރޯޅީގައި ހޫރެމުން ދިޔަ އިސްތަށިގަނޑު ވަނީ މިނިވަންކަންމަތީގައިވެ. އެފަރިކަމަށް ހިތާހިތުން ތައުރީފް ކުރާހާލު އަޔާޒުގޮސް ރީމާކައިރި ހުއްޓުނެވެ. އެހިނދު ބޭރުން ބުޅަލެއްގެ ކޯޅުމުގެ އަޑު އިވިގެން ދިޔައެވެ. ބިރުވެރި ފާޑަކަށް ނުހަނު ބާރަށެވެ. ސިއްސައިގެން ގޮސް ރީމާއަށް އަޔާޒުގައި ބައްދާލެވުނީ ވަރަށް ބާރަށެވެ. އެކަމަށް ނުވިސްނައި ހުރި އަޔާޒު އަރިއަޅައިލައިފައި ނުވެއްޓުނީ ކިރިޔާއެވެ. ރީމާ ބިރުން ތުރުތުރު އަޅައެވެ. އަޔާޒުމަޑުމަޑުން ރީމާގެ ގައިގައި ބައްދާލީ އެ ލޯބި ކުއްޖާއަށް ހިމާޔަތާ ރައްކާތެރިކަން އިހުސަސާސްކޮށްދިނުމަށެވެ. ބިރުފިލުމުން ހުރެވުންތަން ހިތަށްއަރައި އަޔާޒުގެ މޭގައި އަޅާ ކޮށްޕާލެވުނެވެ. އަދި އަނެއްފަރަތަށް އެނބުރި ސޮރީ އޭ ބުނެވުނެވެ. އަޔާޒު ހިތަށް އަރާނީ […]
ކާރު ދުއްވަން އިން ޔުއާން ކުއްލިއަކަށް ބުރަކި ޖައްސާލުމާއެކު އަވަސް އަވަހަށް ކާރުން ފޭބިއެވެ. ލޯ މަރާލައިގެން ހުރި މައިލީން މަޑުމަޑުން ލޯ ހުޅުވާލިއެވެ. “ތަދުވިތަ” ޔުއާން އަވަސް އަވަހަށް އައިސް އިށީންނަމުން އެ ކުއްޖާ ގާތު އަހައިލިއެވެ. އެވަގުތު އެ ކުއްޖާ ގެ ލޮލާ ޔުއާން ގެ ލޮލާ ސީދާވެގެން ދިޔައެވެ. އެއާއެކު ޔުއާން ގެ ނަޒަރު ފުރަތަމަ ހުއްޓުނީ ޔަޝްމް ގެ މަޑު މުށިކުލައިގެ ލޮލަށެވެ. ދެން އެ ލޯބި މޫނަށެވެ. ޔުއާން ގެ […]
ކުރީގެ އަދަދާއި ގުޅޭ : އެހެންނަމަވެސް ހިތާމައަކީ ޒާރާގެ ޑައިރީގައި ދާންގެ އެއްވެސް ވާހަކައެއް އައިސްފައި ނެތްކަމެވެ. އެވާހަކަތައް ޑައިރީގައި އޮތްނަމަ ޔަޒްދާން ކިހާ އުފާވީސް ހެއްޔެވެ. އެހެންނަމަވެސް ޒާރާއާ ދިމާވި ފިރިހެންކުދިންގެ ތެރެއިން އެންމެ ފަހު ވާހަކައަކަށް އޮތީ ރިޝްވާންގެ ވާހަކައެވެ. އެހެންވެ، ޒާރާ ދާންދެކެ ލޯބިވާ މިންވަރާއި، ލޯބީގެ އިހްސާސްތަކާއި، ލޯބީގައި ޖެހިގެން ޒާރާ އުޅުނުގޮތުގެ ވާހަކަތައް ދެން ދުވަހަކުވެސް ޔަޒްދާންއަކަށް ނޭނގެނެއެވެ. އެއީ އެކަންވުމަށް ތަގްދީރުގައި ލިޔެވިފައިވާ ގޮތް ކަމުގައި ވާތީއެވެ. ******************** […]
ކާއިން ޝަނުމްއަށް ވުރެ ބާރަށް ސައިކަލު ދުއްވާލިއެވެ. އެމީހުންނަށް ވުރެ ކުރިން މަންޒިލާއި ހަމައަށް ދެވޭ ތޯ އެއްނޫނެވެ. ޝަނުމްއާއި އެކީ އެހެން ކުއްޖެއް އިންނަ ތަން ފެނިއްޖެނަމަ އަޝްވާ ދެރަވާނެކަން އެނގޭތީއެވެ. . އެމީހުންނަށް ދެވުނު އިރު ހިންދުއާއި އަޝްވިން އިންތިޒާރުގައި ތިއްބެވެ. “ޝޮޕިންކޮށް ނިމުނީތަ މިހާރު” ސައިކަލުން ފައިބަމުން އަޝްވާ ބުނެލިއެވެ. “އެއް ދުވަހުން ހުރިހާ ކަމެއް ނިމޭތަ. އަޝްވާވެސް މިކައިވެންޏާއި ދިމާކޮށް ވިއްޔާ ވަޒީފާއަށް ތިނިކުތީ” ހިންދު ބުނެލިއެވެ. “ދެމީހުން އެވަރަށް ޒުވާބުކޮށް […]
އާދުވަހަކަށް އިރުއޭގެ މަގާމުގައި ފިޔަޖަހަންފެށިއެވެ. ކޮވެލި ކާޅުތަށް އެކަން އިއުލާންކޮށްލަމުން އެސޮރުމުންގެ ހާލިތަށް ދޫކޮށް ނުކުތީ ބަނޑުފުރާނަ މުއްތިކުރުމަށެވެ. މިއީ ދުނިޔޭގެ އާދައެވެ. މަގުތަށް ހަލަބޮލިވެގެން ދިޔައީ ބަންދު ދުވަހެއް ނޫންކަން އަންގައިދެމުންނެވެ. ފަތިހުހޭލިގޮތަށް ނަމާދުކޮށްގެން ކިޔަވަން އިން ރީމާ ގަޑިބަލާލަމުން ޙަތިމް ލައްޕާލިއެވެ. ކޮޓަރިން ނުކުމެގެން ބަދިގެއަށް ވަންއިރު އާދައިގެ މަތިން ފާތުމަ ހުރީ ސައިހަދައިފައެވެ. މިއަދަކީ ސުކޫލަށް ދާންޖެހޭ ދުވަހެކެވެ. ރީމާމެންގެ ގްރެޖުއޭޝަން އަދި ބާއްވަން ރޭވި ޕާރޓީގެ އިންތިޒާމްތަށް ކުރަން ދިއުމަށް ދިވެހި […]