”އެކްސް ކިއުޒް މީ..” ޒޯޔާ ތަންކޮޅެއް ބާރަށް ބުނެލުމުން އެމީހާ ހުއްޓުނެވެ. ޒޯޔާއަށް އެމީހާ ފެނުމާއެކު ހިލައިގެ ބުދެއްހެން ހުއްޓުން އެރިއެވެ. އެހާ ދޮންނޫން އެ ފިރިހެން ކުއްޖާގެ އަޅިކުލައިގެ ޖާދޫވީ ދެލޯ ފެނިފައި ޒޯޔާ ހައިރާންވިއެވެ. އިސްތަށިގަނޑު އެއްވެސް ގޮތަކަށް ސްޓައިލް ކޮށްފައި ނެތުމުން ބޮޑަށް ވައްތަރީ އާދައިގެ ކުއްޖަކާއެވެ. ”ކިހިނެއްވީ؟” އެކުއްޖާ ޒޯޔާއާ ދިމާއަށް އެނބުރި އަހާލިއެވެ. ޒޯޔާއަށް ހޭވެރިކަންވީ އެކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. ”ތ.. ތޭންކްސް..” ޒޯޔާ ހަމަޖެހިލަމުން ބުނެލިއެވެ. ”ހެހެ.. އެއީ މާ ބޮޑު […]
ކުރީގެ އަދަދާއި ގުޅޭ: ” ދެން ކުރިއަށްހުރި ސެޝަންތަކަށްވެސް އަންނައްޗޭ.. ކޮންނަމެއް ކިޔަނީ؟ ” ޔަޒްދާންއަށް އަހައިލެވުނެވެ. ” ޒާރާ. ” ނަންބުނެފައި އަވަސްއަވަހަށް ޒާރާ އެތަނުން ބޭރަށް ނުކުތެވެ. ” ޒާރާ.. ނަންވެސް ރީތި.. ނަމާ އެއްވަރަށް ޒާރާވެސް އެހާ ރީތި.. ” ޒާރާ ބޭރަށް ނުކުމެގެން ދާތަން ބަލަންހުރި ޔަޒްދާންއަށް ހިތާހިތުން ކިޔާލެވުނެވެ. ޔަޒްދާންހުރީ ކުރިއަށް އޮތް ސެޝަންތަކުގައި ޒާރާއާ އަދިވެސް ބައްދަލުވާނެކަމުގެ ފޮނިއުންމީދުގައެވެ. އެދުވަހުގެ ފަހުން ސެޝަންތަކުން ޒާރާ ފެނޭތޯ ކިތަންމެ ވަރަކަށް […]
ތަފާތެވެ. ވަރަށް ތަފާތެވެ. ކޮންމެ ހަރަކާތެއް ތަފާތެވެ. ބަސް ބުނެލާ ގޮތް ތަފާތެވެ. އެހެން އެންމެނާ އެ އަންހެން ކުއްޖާ ތަފާތެވެ. އެކަމަކު އިހްސާސްތައް ތަފާތެއްނޫނެވެ. ދެރަވެއެވެ. އުފާވެއެވެ. ހިންހަމަޖެހެއެވެ. ރުޅިއާދެވެއެވެ. ކުރާ ކޮންމެ ހަރަކާތަކީ މައުސޫމް ކަމާއެކު ކުރާ ހަރަކާތެކެވެ. ހިނިތުންވެލުމާއެކީ ކުރާ ހަރަކާތެކެވެ. އެއްވެސް ޝަކުވާއަކާ ނުލާ ކުރާ ހަރަކާތެކެވެ. ކުށެއްނެތެވެ. މައުސޫމެވެ. އެހެންނަމަވެސް….. އެ ކުއްޖާއަށް ލިބެމުން އެދަނީ ކާކު ކުރި ކުށެއްގެ ޝަޒާ ހެއްޔެވެ؟. ނޫނީ އެ ކުއްޖާއަށް ނޭގި ކުށެއް […]
ޒީކް ކާކޮޓަރިއަށް އައިސް ވަތްވަގުތު އަލްޔަންއާއި ނަދީމް ސައިބޮއި ނިންމާލުމަށްފަހު ނިކުންނަނީއެވެ. “ފަހަރި އަތުން ހެދި މަސްހުނި ވަރަށް މީރު” ނަދީމް ޒީކްއަށާއި އަލްޔަންއަށް ޖެއްސުންކޮށްލިއެވެ. ޒީކްއަށް އަލްޔަންއާއި ދިމާއަށް ބަލާލެވުނެވެ. ނަދީމް އެހެން އެބުނީ ކީއްވެގެންތޯ އަހާލާފަދަ ގޮތަކަށެވެ. ރުއާންއާއި ނީލާ ތިބީ ހުޅުމާލެ ފެރީގައެވެ. ޕިކްނިކް ހަދާލަން ރައްޓެހިކުދިންނާއެކުގައި ދަމުން ނީލާވެސް ގޮވައިގެން އައީއެވެ. “އަހަރެން އެނގެން ބޭނުން ބައިވަރު އެއްޗެހި އެބަހުރި” ނީލާ ރުއާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ނީލް ވަގުތު […]
ޝަނުމް މީކާއިލްގެ ފަހަތުން ސިޑިން އަރަމުން ދިޔައެވެ. މީ ރީމްގެ ގެ ހުންނަ އިމާރާތަށް ވިޔަސް އެއީ ކޮން ފަންގިފިލާއެއްކަން ޝަނުމް އަށް ނޭނގެއެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކުރެ މީކާއިލްގެ ފަހަތުން ދިޔައެވެ. “އަހަރެންތަ ދޮރުގަ ޓަކި ދޭންވީ” ދެވަނަ ފަންގިފިލާއަށް އަރައި މަޑު ނޫކުލަ ލާފައިވާ ގޭގެ މައި ދޮރު ކައިރީ ހުއްޓިލަމުން މީކާއިލް އަހާލިއެވެ. “އަހަރެން ނޫނެއްނު މިއައީ އަންހެން ކުއްޖެއް ގުޅާލާ އިރަށް ކެތްނުކުރެވިގެން” މީކާއިލްއާއި ދިމާލަށް ލޯއަޅާލަމުން ޝަނުމް ބުނެލިއެވެ. […]
އަޒެލްއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދަމުންދިޔަ އެލައިޝާއަށް އެކަން ކާމިޔާބުވާގޮތް ނުވީ ފަހަރަކު މީހަކުގޮސް އަޒެލްއާއި ވާހަކަދައްކަމުންދާތީއެވެ. “ކާކުތަ ތިހޯދަނީ މާވަރަކަށް.. އަހަރެންތަ..” ފަހަތުން އިވިގެން ދިޔަ ދަންނަ އަޑާއިއެކު އެލައިޝާ ފަހަތަށް އެނބުރިލިއެެވެ. ފަހަތުގައި ހުރީ އިބާންއެވެ. “ހާދަ ހާސްވެފަ.. ކަމެއް ވީތަ އަނެއްކާ..” އިބާން ބުނެލިއެވެ. އެލައިޝާ ކަމެއް ނުވެއޭ ބުނުމައްފަހު އަނެއްކާވެސް އަޒެލް ހޯދަންފެށިއެވެ. އާލޯކްއާއި ވާހަކަ ދައްކަން އިން އަޒެލް ފެނުމުން އެލައިޝާ އޭނާއާއި ދިމާއަށް ދާން ހިނގައިގަތެވެ. އިބާން އެލައިޝާގެ […]
ހިންދު މާކޯނި ގެޔަށް އައީ އަޝްވާ އާއި ބައްދަލުކޮށްލާށެވެ. ދެރައްޓެހިންގެ މެދުގައިވާ ނުތަނަވަސްކަން ނިމުމަކަށް ގެންނާށެވެ. ހިންދު އައިއިރު އަޝްވާ ހުރީ ކޮޓަރީގައި ކަމުން ހިންދު މަޑުކޮށްލީ ސިޓިންރޫމުގެ ސޯފާގައެވެ. “ހިންދު ދައްތާ!!!!” ހިންދު މަޑުކޮށްގެން މާ ގިނަ އިރެއް ނުވަނީސް އީޝް އޭނާއަށް ގޮވަމުން އެތަނަށް އައެވެ. އަތުގައި އޮތް ފޯނާއި އެކު ހިންދު ކައިރިއަށް ސޯފާއަށް އެރިއެވެ. “ބަލާ، ދައްތަ ތިއްތިކަން” އަޝްވިންގެ ފޯނު ހިންދުއާއި ދިމާލަށް ދިއްކޮށްލަމުން އީޝް ބުނެލިއެވެ. ހިންދު އަށް […]
ނިހާއަށް ގޮވަމުން އުއްޑުން ޖަހާލުމާއެކު ކަރު ދަށުގައިވާ ވަކީގެ ނިޝާންތައް ފެނުނެވެ. ނިހާއަށް ގޮވާގޮވާ ހަބަރެއް ނުވުމުން ނިހާ ނޭވާލާތޯ ބަލާލިއެވެ. ނިހާ ނޭވާނުލާހެން ހީވުމާއެކު ނިކާލްގެ ވަށައިގެން މުޅި ދުނިޔެ ބާރަށް އެނބުރި ގަތްހެން ހީވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވެގަތެވެ. އިންޝާ ފެންވަރައި ލައިގެން ނުކުތް އިރު ނަޒީލް ފެންނާކަށް ނެތެވެ. ރޫ ޖެހިފައިވާ އެނދުމަތި ފެނުމާއެކު އޭނާގެ ހަނދާނަށް އައީ ރޭގެ ހާދިޘާއެވެ. އެ އެނދުމަތިން ލިބުނު […]
ގެއަށް ދިޔަ މަގުމަތީގައިވެސް އެކަކުވެސް ވާހަކަ އެއްނުދައްކައެވެ. މައިލީން އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ހުޅުވާލާ ވަންނަންދެން ޔުއާން ބަލަން ހުއްޓެވެ. އެނބުރި ދިޔަ މަގުމަތީގައިވެސް ޔުއާން ހުރީ ހަދަން ވީ ގޮތް ނޭގިފައެވެ. އޭނާ ގެ ބޯ ހާސްވަމުން ދިޔައެވެ. “ޔެސް. އަހަރެން ދިޔައިމަ މިކަންތައްނިމުނީ. އަދި ހާސްވާކަށް ނުވޭ… އަދި ހާސްވާކަށް ނުވޭ ޔެސް. އަދި ހާސްވާކަށް ނުވޭ” ޔުއާން ގެ ސިކުނޑި ހީވަނީ ފަޅައިގެންގޮސްދާނެހެންނެވެ. އޭގެފަހުން މައިލީން ގުޅަ ގުޅާވެސް ޔުއާން ފޯނެއްނުނަގައެވެ. […]