އެނދު މައްޗަށް އަލްޔަން ވެއްޓިގަނެފިއެވެ. އެހިނދު މަޑުމަޑުގެ އެނދުގެތެރެއަށް އޭނާ ގެނބިގެން ހިނގައްޖެއެވެ. އަލްޔަން ވަނީ ނުހަނު ބޮޑަށް މާޔޫސްވެފައެވެ. ޒީކްގެ ކުށްހީ ފިލުވަދޭން އޭނަ ހަދާނީ ކިހެނެއް ހެއްޔެވެ. ޒީކްދެކެ ލޯބިވާވަރު ހާމަކޮށްދޭން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. އެނދުމަތީގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހިންގައި ލައިގެން އަލްޔަން އޮތްއިރު ހިތުގަ ތެރޭގައި އުތުރިއަރަމުންދިޔަ އުދާސްތައް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ހަމަހިމޭންކަމާއެކު ވަގުތުކޮޅަކަށް ފަހު އެނދުކައިރީގައި ހުރި މޭޒުގެ ވައްގަނޑު ދަމާލުމަށްފަހު އޭގެ ތެރެއިން ފޮޓޯގަނޑެއް ނަގައިފިއެވެ. […]
ފިހާރަޔަށްގޮސް ފޯރީގައި ވިޔަފާރިކުރަމުން ދިޔައިރު ރީމާއާ ފާތުމަވެސް ރީމާގެ ހެދުން ތައްޔާރުކުރުމުގައި އަވަދި ނެތި އުޅުނެވެ. އެރޭގެ ޖަލްސާއަށް ހަނާ ރީމާގެ ސްޕީޗް ލޔެދީފިއެވެ. އަދި އެޖަލްސާއަކީ ރީމާއަށް ނުހަނު ހާއްސަ ޖަލްސާއެކެވެ.އެހެންކަމުން ފާތުމަ ބެލީ ވަރަށް ފުރުހަމަކޮށް އެ ހެދުން ނިންމޭތޯއެވެ. އެމީހުންނަށް އެހެދުން އެއްކޮށް ނިންމާލެވުނީ ފަސްގަޑިބައިވެބޮޑުވިފަހުންނެވެ. އަޔާޒާ އަހުނަފަށް ވެސް ގެއަށް ދެވުންއިރު ބަންގިގޮވަނީއެވެ. ގަޑީގެ ކަށި ބުރަކަށްފަހު ބުރެއް ހަމަކުރަމުން އައިސް ޖަލްސާފެށެން ކުޑައިރުކޮޅަކަށް ވެއްޖެއެވެ. އަހުނަފާ އަޔާޒު މަޑުކޮށްގެން ތިބީ […]
ކުރީގެ އަދަދާއި ގުޅޭ: ރިޔާއާ އެކުވެރިވެފައި އަހަރެން ރިޔާއަށް އާހިލްގެ ވާހަކަ ކިޔާދިނީމެވެ. ކުރީގައިވެސް ރިޔާއަކީ އަހަރެންގެ ރައްޓެއްސެކެވެ. އެހެންނަމަވެސް އޭރު އަހަރެންނާ ރިޔާއާ އެހާ ގާތް ގުޅުމެއް ނޯވެއެވެ. އޭރު އަހަރެން ބޮޑަށް ގާތްވާނީ ޝީނާއާއެވެ. އަހަރެންނަށް ލިބޭ ހަމައެކަނި އުފަލަކީވެސް އާހިލްއާ ރިޔާއާ ވާހަކަދައްކާލެވުމުން އެލިބޭ އުފަލެވެ. އަހަރެން ބޭނުންވީ ވީހާވެސް ގިނައިން އެމީހުންނާ ވާހަކަދައްކާށެވެ. އެހެން ވިސްނުންތަކުން އަހަރެންގެ ސިކުނޑި ސަލާމަތްކުރާށެވެ. އެހެންނަމަވެސް ބައްޕަ އައިސް ރަށުގައި މަޑުކުރާ ދުވަސްތަކަކީ އަހަންނަށް ބިރުވެރި […]
އޭނާ ވިސްނި ވަރަކަށް ސިކުނޑި ދިޔައީ ހާސްވަމުންނެވެ. އެ ހިތް އެދިގޮވަމުން ދިޔައީ މައިލީން އެމޭ ގައި ފޮރުވާލުމަށެވެ. ކުރެވިފައިވާ ކޮންމެ ކުށަކަށް ވަކިވަކިން މާފަށް އެދުމަށެވެ. އެދެއަތުގެ ހިމާޔަތް މުޅި އުމުރަށް ދިނުމަށެވެ. އޭނާގެ ސަބަނުން ވެއްޓުނު ކޮނެމެ ކަރުނަތިއްކެއްގެ ބަދަލް ދިނުމަށެވެ. ދުނިޔޭގައި ދެވެންޏާ ދެވޭހާ އުފަލެއް ދިނުމަށެވެ. އެހެންނަމަވެސް….. މިއަދު މާލަސްވެއްޖެއެވެ. އިތުރަށް މައިލިން ގެ ހަޔާތުން އޭނާއަށް ޖާގައެއްނެތެވެ. އެހެންނަމަވެސް އެ ހިތުގައި އަދިވެސް ޔުއާން އަށް ނަފްރަތުގެ ޒައްރެއްގެ މިންވަރުވެސް […]
ދިވެހި މިބިމުގައި ޝަހީދުވި ހުސެއިން އާދަމް ފަދަ ބަތަލުންގެ ޒިކުރާއިން އިބުރަތް ހާސިލްކޮށްގެން އަދުގެ ދިވެހި ސިފައިން ދިވެހި ބިމުގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނެއް ވާން ތައްޔާރަށް ތިބެއެވެ. އަޅުގަނޑުމެންނަށް އެބޭކަލުންގެ މަސައްކަތް ކައިރިން ނުފެނުނު ކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި އެބޭކަލުން ނުހަނު ބުރަ މަސައްކަތް ކުރެއެވެ. ނޮވެމްބަރ ތިނެއް ތަކުރާރު ނުވަނީ ދިވެހި ފަސްގަނޑަށް ފާރަވެރިވާ ދުޝްމަނުން ނުތިބޭތީ އެއް ނޫނެވެ. މިއަދުވެސް ފެނިގެން މިދިޔައީ އެފަދަ މަންޒަރެކެވެ. ޝަނުމް އޭނާގެ ފުރާނަ […]
އިލްހާމް ސިކުނޑީގައި ކަންތައްތައް ރާވާލަމުން ނަޒީލަށް އެންގީ މައްޗަށް ދިޔުމަށެވެ. އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ފަހަތަށް އެނބުރުނުއިރު ދޮރުމަތީގައި ހުރި ފައިރޫޒް ފެނުމާއެކު އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ފައިރޫޒްއާ އެކު އިތުރު ދެފުލުހަކުވެސް ހުއްޓެވެ. އިލްހާމް ވަގުތުން ހަމަޖެހިލައި، މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. އޭނާގެ މޫނުމަތީގައި ހިތާމަވެރި ތަސްވީރެއް ކުރަހާލި ކަހަލައެވެ. “..ދަރިފުޅާ! މަގޭ ނިހާ ފަކީރު ދުވަސް ދުއްވާލައިފި..” އިލްހާމްގެ އަޑުގައި ހުރީ މަޑުމޮޅިކަމެވެ. އިލްހާމް ބާރަށް ގޮސް ފައިރޫޒް ގައިގާ ބައްދައިގަތެވެ. ފައިރޫޒް […]
ރީމާ ކޮށިއަރައިގަންނަ ކަހަލަ ގޮތެއްވިއެވެ. ލާނެތް ހުނުމަކާއެކު ހަނާ ފެންތަށްޓެއް ރީމާއަށް ދިއްކޮށްލިއެވެ. ރީމާ ލަދުން އިސްޖަހާލިއެވެ. ސައިބޮއެގެންވެސް ވާހަކައިގައި އެތަށް އިރަކު ތިއްބެވެ. އެންމެން ސަޔަށްފަހު ސިޓިންރޫމްގެ ކައުޗްތަށް ފުރާލިއެވެ. ފާތުމަ ގަޑިބަލާލަމުން ފިހާރަޔަށްދާންވީކަމުގައިި ބުނެލިއެވެ. ހުކުރު ދުވަސް ކަމުން އާދައިގެ މަތިން ކެއްކުންގަނޑެއް ހެދުމަށް އެއްޗެހި ގަންނާށެވެ. އެއީ ދިވެހިންގެ ވަރަށް ކުރިއްސުރެ އޮންނަ އާދައެކެވެ. ހުކުރު ދުވަހުގެ މެންދުރަށް ކެއްކުމެވެ. ހަނާއާ ރީމާވެސް ދާން ތައްޔާރުވުމުން ފާތުމަ ބޭރަށް ނުކުންނަން ހިނގައިގަތެވެ. “އަޔާވެސް […]
ކުރީގެ އަދަދާއި ގުޅޭ : ” ދަރިފުޅާ ތިހެން ބުނާކަށް ނުވާނެ.. މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެ.. މަންމައާ ބައްޕަގެވެސް ތިހިރީ ދަރިފުޅު އެކަނި.. އެހެންވީމާ ބައްޕަވެސް ދަރިފުޅު ދެކެ ލޯބިވާނެއެއްނު.. އަނެއްކާ ބައްޕަ އިންދާ ތިވާހަކަ ނުދައްކައްޗޭ.. އޭރަށް ބައްޕަ ދެރަވެދާނެ.. ދަރިފުޅާ އެކީ ބައްޕަ ވަގުތު ހޭދަކުރަންޏާ ދަރިފުޅު ވާންޖެހޭނީ އުފަލެއްނު.. ބައްޕައިންވެސް ޖެހޭނެއޭ ދަރިންނާއެކީ ވަގުތު ހޭދަކުރަން.. ” މަންމަ ހިނިތުންވެލާފައި އެހެންބުނުމުން އަހަންނަށްވެސް ފޭކްކޮށް ހީލެވުނެވެ. މަންމަ ދިން ޖަވާބުން […]
“އަހަރެންގެ ދިރިއުޅުން ހުހެއްނޫނޭ ދޮންތާ… ލައިފް ޕާރޓް ނާރ އެއްނެތަސް އަހަރެން ގެ ދިރިއުޅުމުގައި ދޮންތަމެން އެބަތިބި… އަހަރެން ގެ ދިރިހުރުން ކަމުގައިވާ ދަރިފުޅު އެބަހުރި. މިވަރުން އަހަރެންނަށް ފުދޭ ދޮންތާ. އިތުރު އެއްޗެއް އަހަރެންނެއް ބޭނުމެއްނޫން” މައިލީން ބުނެލިއެވެ. މައިލީން ގެ ފޮޓޯ ގަނޑަކަށް ބަލަހައްޓައިގެން އިން ޔުއާން ގެ ހިތް ނުތަނަވަސް ވަނީއެވެ. ނޭގޭ ޖަޒްބާތުތަކެއް އެނާގެހިތުގައި އުތުރި އަރަނީއެވެ. ޖަވާބު ޔަގީން ވި ކަމުގައި ވިޔަސް މައިލީން ގެ ފަރާތުން އެހުމަށް އެ […]