ކާއިން އަޝްވާ ކައިރިއަށް ޖެހިލައި އަޝްވާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އަޝްވާގެ ގައިގައި ބައްދާލިއެވެ. ވަރަށް ލޯބިން ނުހަނު އޯގާތެރިކަމާއި އެކީގައެވެ. އެމީހުން އެހެން ތިއްބައި އެތަނަށް މަލަކާ އައިސް ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. ކާއިން މަލަކާއާއި އަޝްވާ ހަވާލުކުރުމަށްފަހު ޝަނުމް ހޯދަން ދިޔައެވެ. ޓެރަހުގެ ދޮރުން ނިކުތުމުގެ ކުރިން ކާއިން އަޝްވާއަށް ބަލާލިއެވެ. މަލަކާގެ ކޮނޑުގައި ބޯ އަޅައިގެން އަޝްވާ އޮތެވެ. މޮޅިވެފައިވާ މޫނަކާއި އެކީގައެވެ. ކާއިން އެދަނީ ޝަނުމް އާއި ވާހަކަ ދައްކާށެވެ. […]
އަދި އަމްދުން ހިތުގެ ޑޮކްޓަރަކަށް ދައްކާނީ ހާދަ ސީރިއަސް ކަމަކަށް ވީމައެވެ. މައިލީން ދޭނެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް ޔުއާން އިނެވެ. އޭރު އޭނާގެ ހިތުގެ ތެޅުން އަވަސްވެފައި ވިއެވެ. ނޭވާ ކުރުވެފައިވިއެވެ. ފިރިހެނަކަށް ވިޔަސް މުޅި މީހާގެ ނަފްސް ފިނިވެ ހާއްވެފައި ވެއެވެ. ފިޑިކަން އެވަގުތު އިހްސާސްވިއެވެ. ހަމަ އެއާއެކު ޔުއާން އިނުމުން މައިލީން އިނީ އެ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެހެންނަމަވެސް އޭނާ ދެން ބުނަން އުޅޭ ވާހަކަކައިން ޔުއާން ގެ މޫނުމައްޗަށް އަރާނެ […]
ކުއްލިއަކަށް އިވެންފެށީ ބޭރުދޮރުގައި ތަޅައިގަތް އަޑެވެ. ޓިނު ދޮރެއްކަމުން އެއަޑު އައީ ވަރަށް ބިރުވެރިކޮށެވެ. އަނެއްކާ މިއޮތް ވިއްސާރައިގައި ކާކުބާއޭ ސުމާގެ ހިތަށްއެރިއެވެ. އަނެއްކާވެސް އެއަޑުއައެވެ. ތެޅިތެޅި އޮތްހިތަކާއެކު ސުމާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ދޮރު ހުޅުވާލުމާއެކު ދޮރުން އެތެރެއަށްވަނީ ފަޔާޒެވެ. އެއީ ސުމާގެ މަންމަ ހަސްނާގެ ދޮށީ ފިރިހެން ދަރިއެވ. ހަސްނާވަނީ ސުމާގެ ބައްޕަޔާއިނުމުގެ ކުރިން އެހެން މީހަކާ އިނދެ 2 ދަރިން ތިބެއެވެ. ހަމަ އެގޮތަށް ސުމާބައްޕަ އަލީވެސް ކުރިން މީހަކާ […]
އެކުޑަކުޑަ ކޮޓަރީގެ ތެރޭގައި ހުނައިފްގެ އަތުނުޖެހި އުޅެވޭނެހެއްޔެވެ. ޒީކްއާ ކައިވަމުން ހުނައިފް ކުރިއަށް ޖެހެމުންދިޔަ ވަރަކަށް ޒީކަވެސް ފަހަތަށް ޖެހެމުންދިޔައެވެ. އެންމެފަހުން ފާރުގައި ގޮސް ޖެހުމުން ފަހަތަށް ބަލައިލެވުނީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ހުނައިފްގެ ނޭވާ ޒީކްގެ މޫނަށް އެޅޭހާ ކައިރިއަށް ހުއްޓިލަމުން ޒީކްގެ ކޮނޑުގައި ބާރަށް ހުނައިފް ހިފަހައްޓާލިއެވެ. އަދި މޫނާއި މޫނު ކައިރިކޮށްލިއެވެ. އެވަގުތު ނޭވާ ހާސްވާހެންހެންވެސް ޒީކްއަށް އިހްސާސްވިއެވެ. ތެޅިގަނެވުނެއް ކަމަކު ހުނައިފް ދޫކުރާނެ ހެއްޔެވެ. ކޮނޑުގައި ހިފާލާފައި ހުރިލެއް ބާރުކަމުގައިވިޔަސް […]
ގަޑިއަކީ ދަންވަރު 12:30 ވިއިރެވެ. އަޒްކާ ހޭލެވުނީ އޭނަގެ ގޭގެ ކައިރީގައި ހުރި ޖަންގައްޔަކުން ކުޑަކުޑަ ކުއްޖެއް ގޮވައިލި އަޑަށެވެ. އަޒްކާގެ ހިތައް އެގަޑީގައި ބިރުވެރިކަމެއް އައެވެ. އަޒްކާ އަވަސް އަވަސްއަވަހައް ދުވެފައި ގޮސް އޭނަގެ ކުޑަ އަންހެން ދަރިފުޅު ސާރާގެ ކޮޓަރިއަދިޔައެވެ، ދިޔައިރު ކަމަކުދާކަށް ނެތެވެ. ކޮޓަރިތެރެ ހުރީ އެހެން މިހެންނެވެ. ކޮޓަރިތެރެބަލައިލިއިރު ސާރާ ފެންނާކަށް ނެތެވެ. އެވަގުތު އަޒްކާ ހުރީ ބިރުން ފިނިވެފައެވެ. އަޒްކާ އަޒްކާގެ ދަރިފުޅު ހޯދަމުން ދަނިކޮއް ބޭރުގައިހުރި ބަންކެޔޮ ގަހެއްގެ […]
ކުރީގެ އަދަދާއި ގުޅޭ: ހަލާލު ފިރިމީހާއަށް ނޫނީ އަހަރެންގެ ކިބައިން އެފަދަ އުފާތަކެއް އެއްވެސް މީހަކަށް ލިބިގަތުމުގެ ހުއްދައެއް ނޯންނާނެ ކަން އެނގުނު ދުވަހު އަހަރެން ހިތާމަކުރި މިންވަރެއްވެސް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއްދުވަހަކު ބައްޕަ ސިޑިއަކުން ވެއްޓުނެވެ. ސިޑިން ވެއްޓިގެން ފައި ބިންދައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެހެންވީ ބައްޕަ މަސައްކަތްކުރަން އުޅުނު ރަށުގައި އުޅެނިކޮށެވެ. ފައިބިންދައިގެން ނުދިޔަ ކަމުގައި ވިއަސް ފަޔަށް އޮތީ ވަރަށް އަނިޔާވެފައެވެ. ބައްޕަ އެކަމާ ދެރަވެގެން އަހަރެންގެ ގާތުގައި އެވާހަކަދެއްކިއެވެ. […]
“ޔުއާން އެވެ. މައިލީން ހުއްޓުވާށެވެ. އެއީ ތިހުގެ ލޯތްބެވެ. ދޫކޮއްނުލާށެވެ. ހިފައްޓާށެވެ. ލޯބި ވާވަރު ހާމަ ކޮއްދޭށެވެ. މާފަށް އެދޭށެވެ. މައިލީން މާފު ކުރާނެއެވެ. މައިލީން ގެ ހިތުގައި ވަނީ ހަމަ އެކަނި ތިޔަ ލޯތްބެވެ. ކުރިމަތިލާށެވެ. ފަހަތުން ދާށެވެ. ޔުއާން އެވެ. ފަސްނުޖެހޭށެވެ. ޔުއާން ދިން ކޮންމެ ހިތާމައަކަށް ޔުއާންގެ ސަބަބުން އެ ދެލޮލުން އޮހޮރުނު ކޮންމެ ކަރުނަތިއްކަކަށް ވާވަރަށް ލޯބިދީ އެ ހިތް އުފަލުން ފުރާދޭށެވެ. އެހެންނަމަވެސް ޔުއާން ހުރިގޮތަށް ހުރިއެވެ. މައިލީން ގޮސް […]
ލޯބީގެ އިޝްގުގައި ޖެހި އަޝްވާގެ ހިތުގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ޝަނުމްއަށް އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން ބޭނުމެވެ. ބޭގަރާރުވަމުން ދާ ހިތަށް ހަމަޖެހުމެއް ހޯދަދޭން ބޭނުމެވެ. އިއްޔެ ހޮސްޕިޓަލުގައި ދެމީހުން އެކަނި ވަގުތު އަޝްވާ އޭނާގެ ލޯތްބަށް އިއުތިރާފްވާން އުޅުނެވެ. އެހެންނަމަވެސް އެވަގުތު އެތަނަށް ރީމްގެ މަންމަ އަމީހާ އައުމުން ހާލަތު އެކަމަށް ތަންނުދިނީއެވެ. އޭރުން ފެށިގެން އަޝްވާ މަސައްކަތް ކުރަމުން ދަނީ ޝަނުމް އާއި އެކަނި ވެލެވޭނެ ވަގުތެއް ހޯދުމަށެވެ. ކާއިން އަޝްވާއަށް އޭނާގެ […]
ކުރީގެ އަދަދާއި ގުޅޭ: އެހެންވިއަސް އަހަރެން އެވާހަކަތައް ރިޔާއަށް ކިޔައިދޭން މިހާރު ބޭނުމެވެ. އަހަރެންނަށް ލިބޭ މިއުނދަގޫތަކުން ކިރިޔާވެސް ލުޔެއް ލިބޭނީ މިވާހަކަތައް އަހަންނަށް މީހަކަށް ކިޔާދެވިގެންނެވެ. އެއާއި ޖެހިގެން އައި ދުވަހު ސްކޫލަށް އަހަރެން ދިޔައީ ވަރަށް ކަންބޮޑުވެފައި ހުރެގެންނެވެ. މިހާރު ރިޔާ ހިތަށް އަރާނީ ކީކޭކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ވިސްނެމުންދިޔައީ އެކަމާއެވެ. އެހެންނަމަވެސް ގަޑިޖެހިގެން ގޮސް ސްކޫލް ގޭޓް ބަންދުކުރިއިރުވެސް ރިޔާއެއް ކްލާހަކަށް ނާދެއެވެ. އަނެއްކާ ރިޔާ ސްކޫލަށް ނައީ ކީއްވެގެން ބާއޭ […]