Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއެހެނިހެން

އެހަތަރުއަހަރު..1

Uhthoo Level 210 Stories100 Comments100 Login
February 4, 2018 4 Mins Read
15 Comments

ކުއްލިއަކަށް އިވެންފެށީ ބޭރުދޮރުގައި ތަޅައިގަތް އަޑެވެ. ޓިނު ދޮރެއްކަމުން އެއަޑު އައީ ވަރަށް ބިރުވެރިކޮށެވެ. އަނެއްކާ މިއޮތް ވިއްސާރައިގައި ކާކުބާއޭ ސުމާގެ ހިތަށްއެރިއެވެ. އަނެއްކާވެސް އެއަޑުއައެވެ. ތެޅިތެޅި އޮތްހިތަކާއެކު ސުމާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ދޮރު ހުޅުވާލުމާއެކު ދޮރުން އެތެރެއަށްވަނީ ފަޔާޒެވެ. އެއީ ސުމާގެ މަންމަ ހަސްނާގެ ދޮށީ ފިރިހެން ދަރިއެވ. ހަސްނާވަނީ ސުމާގެ ބައްޕަޔާއިނުމުގެ ކުރިން އެހެން މީހަކާ އިނދެ 2 ދަރިން ތިބެއެވެ. ހަމަ އެގޮތަށް ސުމާބައްޕަ އަލީވެސް ކުރިން މީހަކާ އިނދެ 3 ކުދިން ތިބެއެވެ. ހަސްނާއާ އަލީގެ އެންމެ ދޮށިވާނީ ސުމާއެވެ.

“ތިއަށްވުރެ އަވަހަށް މިދޮރު ހުޅުވަން ނޭނގުނީ..؟” ހަރުކަށި މިޒާޖެއްގެ ފަޔާޒު ގައިން ފެންތަށް ފޮޅަންފެށިއެވެ. އެއީ އާދަކަމުން ސުމާ އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތީ ބަދިގެއަށެވެ. ސުމާ އަސްލު ހީކުރީ ފަޔާޒު ނިދީކަމަށެވެ. ފަހަތުން ފަޔާޒުވެސް ވަނެވެ. އަމުއްލަޔަށް ކާން އަޅަން އާދަވެފައި ވުމުން ފަޔާޒު އަމިއްލަޔަށް ކާން އަޅައިގެން ގޮސް ކާން އިނެވެ. ސުމާވެސް ކައިގެން ގޮސް ނިދަން އެރިއެވެ. އޭރު ސަނާވެސް ނިދައިފިއެވެ. ފިނިރެއެއްކަމުން ފަސޭހަކަމާއެކު ނިދީގެ މީރުކަން ހާސިލްކުރެވުނެވެ.

އެރޭ ދަންވަރުގެ ވަގުތެވެ. ސުމާއަށް ހޭލެވުނީ މޫނުގައި ފިނި ފެންތިކިތަށް ބީހެންފެށުމުންނެވެ. އޭނާއަށް ހުރެވުނީ ސަހަރާތެރޭގައެވެ. އޭރުވެސް ތުނިކޮށް ވާރޭވެހެމުންދިޔައެވެ. ވަށައިގެންވި އަނދިރިކަން ފެނުމުން ސުމާ ބިރުން ރޫރޫއަޅަން ފެށިއެވެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ސުމާ ވަކި މިސްރާބެއް ނުބަލާ ދުއްވައިގަތެވެ. އަނދިރިގަނޑުތެރޭ އޭނާއަށް ދުވެވޭ ކޮޅެއްވެސް ނޭނގެއެވެ. ދުވުން މަޑުކޮށްލަމުން ސުމާ ފަހަތްބަލާލިއެވެ. “މާތްކަލާކޯ…” ސަހަރާތެރެއިން ބިރުވެރިފާޑުޖަހާ އެއްޗެހިތަކެއް ސުމާގެ ފަހަތުން އެބައާދެއެވެ. ހިތްވަރުކޮށްފައި ސުމާ އަނެއްކާވެސް ދުއްވައިގަތެވެ. ނަމަވެސް ވަދެވުނީ ގަސްތަކުން ފުރިގެންވީ ވަލުތެރެއަށެވެ. މިވަނީ ކީއްހެއްޔެވެ؟ ސުމާ ދުވަމުން ގޮސް މަޑުކޮށްލީ ބޮޑު ނިކަގަހެއްގެ ކައިރީގައެވެ. ވަރުބަލިވެގެންގޮސް ސުމާއަށް ނޭވާލާންވެސް އުނދަގުލެވެ.  އެކިދިމަދިމާ ހޯދަމުންދިޔަ ސުމާސިއްސައިގެން ދިޔައީ ނިކަގަހުން މުލެއް އައިސް އޭނާގެ ފައިގައި އޮޅުމުންނެވެ. އަނގަވަތަށް ވެއްޓުން ސުމާގެ ގައިމައްޗަށް ކުދި ސޫފާސޫފި އަރައިގަތުމުން އަޑުގެނެތްކޮޅަށް ހަޅޭލަވައިގަނެފައި ލޯ ހުޅުވާލިއެވެ.

އޮވެވުނީ އަމިއްލައެނދުގައިކަމާއި އެފެނުނީ ހުވަފެނެއްކަން އެނގުމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ.މުޅި މީހާ އޮތީ ދަލުން ފޯވެފައެވެ. ސުމާ އެދުގައި އިށީނދެ ހަމަޖެހެން މަސައްކަތްކުރަމުން ދިޔައެވެ. ކަރުހިއްކައިގެންފައިވަނީ މެރެތަން ރޭހެއްގައި ދުވެފައިއައި މީހެއްފަދައިންނެވެ. އެހެންކަމުން ތެދުވެގެން ހިގައިގަތީ ބަދިގެޔާ ދިމާއަށެވެ. ސުމާގެ ފަހަތުން ފާޅުވީކަޅު ހިޔަނި އެގޮތުގައި ހުރެ ސުމާގެ ފަހަތުން އެބަދެއެވެ. ފަހަތުން މީހެއްގެ ހިލަންވެ ސުމާ އެންބުރިބަލާލިއެވެ. އެކަކުވެސް ފެންނާކަށްނެތެވެ. ކަމަކަށް ނަހަދައި ގޮސް އައިސް އަލަމާރިން ފެންފުޅިއެއްނަގައގެން ދޮރުލައްޕާލިއިރު ސުމާއަށް ނުފެނުނަސް ރަހުމުކުޑަ ގޮތަކަށް ދެފައި އުފުރާލައިފައި އިން ބިރުވެރި ފާޑެއްގެ މީހަކު އެތާއިނެވެ. ބޮލުންތިރިއަށް މޫނުމަތިން ތާޒާ ލޭފައިބަފައިބާ ހުއްޓެވެ. ސުމާ ފެންފުޅިހިފައިގެން ގޮސް އެނދުގައި އިށީނދެ ދެތިންކޯވަރު ބޯލިއެވެ.  ހުވަފެނާ ދޭތެރޭވިސްނާލިއެވެ. ހުވަފެނުން ފެނުން ގޮތަށް އޭރުވެސް ތުނިކޮށް ވާރޭ ވެހެމުންދިޔަ އަޑު އިވެއެވެ. ފުންނޭވަތަކެއް ދޫކޮށްލަމުން ސުމާ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން 2.30 ވަނީއެވެ. އެރޭގެ ބާކީބައި ސުމާ ހޭދަކުރީ ނުނިދައެވެ. ނަމަވެސް ތަފާތު އުނދަގުލެއް ސުމާގެ ހަށިގަނޑަށްވާކަން ސުމާއަށް އިހުސާސް ކުރެވެއެވެ. ބައެއް ފަހަރަށް ހޫނުވެއެވެ. އަނެއްބައިފަހަރަށް ބުނެދޭން ނޭނގޭކަހަލަ އުނދަގުލެއް އަތުގެ އިނގިލިތަކަށް ވެއެވެ.

އާދުވަހަކަށް އިރު ފެނުންތޮޅެލީ ހަސްނާގެ ހަޅޭކުގެ އަޑުން މުޅިގޭތެރެ ގުގުމަމުންނެވެ. ފުންމައިގެންތެދުވެ ގަޑި ބަލައިލަމުން ސުމާ ޔުނިފޯރމްނަގައި  ފެންވަރަން ވަންނަން ތައްޔާރުވެލިއެވެ. ނިދިމޫނަކާއެކު އިން ސުމާއެއިނީ ސަނާ ގިފިލީގައި އުޅޭތީއެވެ. “ދެންތަންމަތިވެސް ނާޅައި ސުކޫލަށްދޭ…” ހަސްނާ އެހެން ބުނަމުން ގޮސް ބަދިގެއަށްވަދެއްޖެއެވެ. ނިހާންވެސް ހޭލައިގެން ދެލޯ އުނގުޅަމުން ކޮޓަރިން ނުކުމެގެން ގޮސް ބަދިގެއާ ދިމާއަށް ގޮއްސިއެވެ. މިއަދުއޮތީ ސުމާމެންގެ އިނގިރޭސީ ޓެސްޓެވެ. ނިދި ހަމައަށް ނުލިބުމުން ސުމާގެ ބޮލުގައި ރިހުމެއް ހުއްޓެވެ. ފެންވަރަން ގިފިއްޔަށްވަދެ އެއްޗެހި ބޭލުމުން ވަކިން ހައިރާންކަން ބޮޑުވެގެން ދިޔައެވެ. މުޅިހަށިގަނޑުގެ އެތަން މިތަނުން ވަނީ ފިތްނަގައި ބައެއްތަންނަނުން ކަނޑައިގެންގޮސް ލޭއައިސްފައެވެ. ފެންވެރުމުން ވަކިން ދިލަބޮޑުވިއެވެ. ނަމަވެސް ސުމާ މީންވާހަކައެއް ގޭ އެކަކުކައިރީވެސް ނުބުނެއެވެ. ސުމާ ފެންވަރައި ރީތިވެގެން އިމްތިހާނަށްގޮސް އިންއިރުވެސް ވިސްނަމުން ދިޔައީ ރޭގެ ހުވަފެނާމެދުގައެވެ. އަޖައިބު ކުރުވަނިވި ހުވަފެނެކެވެ. ހެނދުނު ފެނުންކަންތަކާ ރޭގައި ފެނުން ހުވަފެނާ ގުޅުމެއްވާކަން ސުމާގެ ޅަސިކުނޑިއަށްވިސްނުނެވެ.

ނަމަވެސް އެވާހަކަ ހިއްސާކޮށްލާނީ ކާކާހެއްޔެވެ؟ ސުމާގެ ގާތް ރައްޓެއްސެއް ނުހުރެއެވެ. ކްލާހުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ހުންނާނީ ބާކީކޮށްލާފައެވެ. އެކަމާ ސުމާ ހިތާހިތާ ޝަކުވާވެސް ކުރެއެވެ. ދުނިޔޭގެ އާދައެވެ. ނަމަވެސް އޭނާ ޝުކުރު ކުރެއެވެ. ކުދިންގެ ފަރާތުން ބުލީގެ އެތަށްކަމެއް ކުރިމަތިވެއެވެ.މަންމަ ކައިރީ އޭގެން ވާހަކައެއްބުންޏަސް ގިނަފަހަރު ބުނާނީ އަޅާނުލާށޭއެވެ. އެކަނިވެރި އެދިރިއުޅުމުގައިވީ ހަމައެކަނި އޭނާގެ ލޯބިވާ ކޮއްކޮ އެކަންޏެވެ. އޭނާގެ ވާހަކަތަށް އަހައި އެ އިހުސާސްތަކަށް އިހުތިރާމް ކުރަން ހުރީވެސް ސަނާއެވެ. ފުންހިޔާލުތަކަށް ގެނބިފައި އިން ސުމާ ހޭވެރިކަންވީ ރަނގަބީލު ޖެހުމުންނެވެ. ޓީޗަރު ޕޭޕަރު ނެގުމުން އެހެންކުދިންތަކެކޭ އެއްގޮތަށް އޭނާވެސް ހޯލުން ނުކުމެގެން ހިނގައިގަތެވެ. އިންޓަވަލް ގަޑިއަށް ނުކުމެގެން އައި ސަނާ އައިސް ސުމާގެ އަތުގައި ހިފާލިއެވެ. ގްރޭޑް 2 ގައި ސަނާ ކިޔަވަމުން އަންނައިރު ސުމާ އުޅެނީ ގްރޭޑް4ގައެވެ.

“ކީއްވެތަ އަނގަ ޗޭވެފަ ތިހިރީ؟” ސަނާ އަހާލިއެވެ. ސުމާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިނަމަވެސް އެއްޗެކޭ ނުބުނެވުނީ ސަހަރާ ފެނުމުންނެވެ. ސަހަރާ އިންނަނީ ސުކޫލުގެ ކުރިމަތީގައެވެ. “ހޯން ދެން ގެޔަށް ގޮސް..” އެހެންބުނަމުން ސުމާ ސަނާގެ ކޮނޑުގައި އަތްއަޅުވައިލައިފައި ހީލިއެވެ. ސަނާގެ ކުދި ކުދި ޖޯކުތަކުން އިރުއިރުކޮޅާ ސުމާހެއްވާލައެވެ. ސުކޫލާ ގެ އެހާ ދުރެއް ނުވާނެއެވެ. ސުމާ ގެއަށްވަދެ އެއްޗެހި ބަދަލުކުރުމަށްފަހު ސައިބޯން އިށީނެވެ.

ސުމާގެ މަންމަ ހަސްނާއަކީ ވަރަށް މޮޅަށް ފަހަން އިނގޭ މީހެކެވެ. އާދައިގެ މަތިން މަންމަ އެދުވަހުވެސް އިނީފަހާށެވެ. ސުމާ ސައިބޯން އިނދެފައި ހަސްނާއާވާހަކަ އަޅުވައިލިއެވެ. “މަންމާ..އިއްޔެ ޓެސްޓަށް އިންދާ ވަރަށްފާޑެއްގެ ގޮތެއްވި އަތުގެ އިނގިލިތަކަށް..” “އެވާނީ އެހައި ގިނައިރުވަންދެން ލިޔަން އިނީމަ އަކުނިވަޔަށްދެމީކަމަށް” ހަސްނާ އިނީ ފެހުމާވަރަށްގަޔާވެފައެވެ. އެއީއަޔޮޑިން މަދުވުމުންވާ ކަމެއްކަމަށާއި ޑޮކްޓަރަށް ދައްކަންވާނެކަމަށް ހަސްނާ ބުނެލިއެވެ. އިތުރު ވާހަކައެއް ބުނަން ސުމާބޭނުންނުވީ ހަސްނާގަބޫލު ނުކޮއްފާނެތީއެވެ. ސުމާގެ ގައިގައި އަދިވެސް ދިލަ ރިހުމެއްވިއެވެ. ސައިބޮއެގެން ބަދިގެއަށްގޮސް ތަށިދޮންނަން އުޅެނިކޮށް ކަނައަތަށް އެހެންކަހަލަ އުނދަގުލެއްވިއެވެ. ނާރުތަކުތެރޭ ހިނި ކަހަލަ އެއްޗެހިތަކެއް ދުވާހެން ހީވިއެވެ. ވާންވެ ތަދުވާންފެށި އަތް މަޑުމަޑުން އަނެއް އަތަށް އެނބުރެން ފެށިއެވެ. ވަރަށް އުނދަގުލުން ސުމާ ހަސްނާއަށް ގޮވާލުމުން ހަސްނާ ވެސް ވައިރޯޅިއެއްހައި ހަލުވިކޮށް އައެވެ. އޭނާވެސް ފެށީ ސުމާގެ އަތްރަނގަޅުކުރެވޭތޯއެވެ. ނަމަވެސް ހަރުވެ ހިލަގަނޑެއްހެން ހީވާއެއަތް ރަނގަޅުވީ އެތަށް އިރަކުންނެވެ. ސުމާ ބިރުން ރޫރޫ އަޅައެވެ. ރޮވެންވެސް ރޮވުނެވެ. ނުރޮވޭނީ ކާކަށްހެއްޔެވެ؟ ކުއްލިއަކަށް ސުމާގެ އެކަނިވެރި ދިރިއުޅުމަށް މިއައީ ކޮންފަދަ ޒަލްޒަލާއެއްކަމެއްވެސް ނޭނގެއެވެ. ބަލިވެގެން ޑޮކްޓަރަށްދައަކަން ދިއުމަކީ ސުމާ އެހައި ކުރާހިތްވާކަމެއްނޫނެވެ.

ބައްޕަގެއަށް އައުމުން ޑޮކްޓަރަށް ދައްކާވާހަކަ މަންމަ ދެއްކިއެވެ. ބައްޕައެއައީ ވަޒީފާގައި އުޅެފައެވެ. ބައްޕަވެސް މިޗުއްޓީގައި މާލެ ފޮނުވަންވީދޯ އޭބުނުމުން ސުމާ ވަރަށް އުފާވިއެވެ. ޅަ ސިކުނޑިއަށް މިވަނީކީއްކަން ނުވިސްނުނަސް މާލެދާހިތުން ހުރެވެނީކީއެއްނޫނެވެ. ފޮނިކަނޑަކަނޑައިފައި

އެވާހަކަ އޭނާގެ ކޮއްކޮ ސަނާ ކައިރީވެސް ބުނެލިއެވެ.

ދުވަހެއް ދުވަހަކަށް ސުމާގެ އަތް ސަކަރާތްވެ މިހާރު ފަޔަށްވެސް ގޮތްގޮތްވެއެވެ. ސުމާއަށް ނުވެސް ނިދެއެވެ. ގައިން ދިލަނެގުމުގެ އިތުރަށް ސުމާއަށް މީހަކު އޭނާއާ ދާދިކައިރީ އަބަދުވެސް އުޅޭކަމުގެ ހޫނު އިހުސާސް ކުރެވެއެވެ. މީން އެއްވެސް ވާހަކައެއް ސުމާ މީހެއްކައިރީ ނުބުނީ ގަބޫލްނުކޮށްފާނެތީއެވެ. އާނއެކެވެ. ސުމާގެ އިހުސާސްތައް ދެނެގަންނަން ހުރީ ފަހެކާކު ހެއްޔެވެ؟ ވޭން އަޅައިގަންނަ ކޮންމެ ފަހަރަކު ސުމާ އެކަނިމާ އެކަނި ހުރެގެން ރުއިމުން ވޭން މައިތިރި ކުރިޔަސް އެކަމަށް މީހެއްގެ ފިރުމުން ބޭނުމެވެ. ނަމަވެސް ސުމާގެ ދުލުގައި ތަޅެއްލެވިފައިވާ ފަދައެވެ.

އާދައިގެމަތިން ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ސުމާއާ ސަނާގެ އިތުރުން ނިހާންވެސް ގޯތިތެރޭ ކުޅެން އުޅުނެވެ. ހަސްނާ އިނީ ފަހާށެވެ.ސުމާގެ ބައްޕަ އުޅެނީ ރަށު އިންޖީނުގޭގައިކަމުން އޭނާވީ ރީޑީންގް ނަގަން ރަށުތެރެއަށް ގޮހެވެ. “މަންމާ….” ފަހަންއިން ހަސްނާގެ ކަންފަތުގައި ޖެހުނީ ސަނާގެ ތޫލި ހަޅޭކުގެ އަޑެވެ. ދުވެފައި ބޭރަށް ނުކުތް ހަސްނާގެ ލޮލުގައި އަޅައިގަތީ ބިންމައްޗަށް ވެއްޓިފައި އޮތް ސުމާއެވެ. “ސުމާ ؟ ކިހިނެތްވީ ތުއްތަޔަށް؟” ހަސްނާ ގެ ސުވާލު އަމާޒުވީ ސަނާއާއެވެ. “ނޭނގެ ކުޅެން ހުއްޓައި ވެއްޓުނީ…” ހަސްނާ މަގުންދިޔަ އޭނާގެ ތިމާގެ މީހަކަށް ގޮވައިގެނެސް ސުމާ ނެގިތަނާ ހަށިގަނޑަށް ބާރުގަނޑެއް އަރައިފައި ނޭވާ ނުލެވިގެން ތެޅޭހެން ތެޅިގަތެވެ. ހަސްނާ ހުރީ ގޮތް ހުސްވެފައެވެ. ވަގުތުން އަލީއަށް ގުޅައިފައި ކަންތަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ.އެމީހާ ގޮތެއް ހަދައިލުމުން ސުމާ ރަނގަޅުވެއްގެއެވެ. އަދި މަޑުމަޑުން ލޯހުޅުވައިލިއެވެ. ހަސްނާ ސުމާއާ ސުވާލުކުރިއެވެ. “ނޭނގެ ސުމާ ދުވެދުވެ ހުއްޓާ ކުރިމަތިން އަނދިރިގަނޑެއް ފެނުނީ ދެން ނޭނގެ ވީގޮތެއް…..” ހަސްނާ ޔަގީންކުރީ އޭނާ ބޮލަށް އެނބުރުން އެރުމުން މޫނުމަށްޗަށް އަނދިރިވެގެން ވެއްޓުނީކަމަށެވެ. ނަމަވެސް ސުމާއަށް ކޮންމެވެސް ކަމެއްވާކަން ހަސްނާގެ ދެވަނަ ހިއްސުބުނަމުންދިޔައެވެ. އޭނާގެ ދަރިފުޅަށް އަންނަމުންދިޔަ ބަދަލުތަކުގެ ފަހަތުގައި ބޮޑު ކަންތައްގަނޑެއްވާކަން ހަސްނާގެ ހިތް ބުނަމުން ދިޔައެވެ. އަލީގެއަށް އައުމުން ހަސްނާ އެހުރިހައި ވާހަކައެއް ކިޔައިދިނުމުން އަލީ ބޭނުންވީ ސުމާ ގޮވައިގެން ވަގުތުން މާލެ ދިއުމަށެވެ. އަދި އޭނާގެ ދަރިފުޅު އެކަމުން ސަލާމަތް ކުރުމަށެވެ. އެރޭވެސް ސުމާއަށް އެހެންވުމުން އޭނާ އެރަށު ސިއްޙީމަރުކަޒުގައި ފަރުވާ ދެވުނެވެ. ސުމާގެ ހާލު ވަރަށް ދަށެވެ. ފިޓް ޖެހެނީކަމުގައި ޑޮކްޓަރު ބުންޏެވެ. ސުމާގެ ހަށިގަނޑުގައި ވޭން އަޅަމުން ނުދާތަނެއް ނެތެވެ. ހޫނު އަތަކުން ފިރުމާހެން ހީވެއެވެ. މޭ ފިތޭހެން ހީވެ ނޭވާ ނުލެވޭހެންވެސް ހީވެއެވެ. ކާން އުޅެ އުޅެ އެކަމެއްވެސް ނުވިއެވެ.

ތުންތުން މަތިން މުޅިރަށުތެރެއަށް މިވާހަކަ ފެތުރި ވަރަށް ގިނަބަޔަކު ސުމާގެ ހާލު ބަލަން އައެވެ. އެއްދުވަސް މަރުކަޒުގައި ހޭދަކުރިއިރުވެސް ސުމާއަކަށް ލުޔެއް ނުލިބުމުން ޑަކްޓަރުގެ އިރުޝާދުގެ ދަށުން ސުމާ މާލެ ގެންދިއުމުގެ މަސައްކަތް އަލީ ފެށިއެވެ. ތަނަވަސް އާއިލާއެއް ނޫންކަމުން ސުމާ މާލެ ގެނެވުނީ ވަރަށް އުނދަގުލުންނެވެ. ސުމާގެ މަންމައަކަށް ނާދެވެއެވެ. ސުމާގެ ކަންތަކުގައި ގެނެއީ ސުމާގެ އެއްބަނޑު ދައްތައެވެ. ދުވަސްތައް ހޭދަވަމުން ދިޔައީ ވޭނާއި ތަދު އެއީ ކޯއްޗެއްކަން އެ ކުޑަކުޑަ ހިތަށާއި ފުރާނަޔަށް އިހުސާސް ކުރުވަމުންނެވެ. ސުމާއަކަށް ހަމަނިދިލޮލަކަށް ނުލިބެއެވެ. އަދި ހަމަޖެހިގެން އެއްޗެއް ކެވެނީއެއްވެސް ނޫނެވެ. ފަހަކަށް އައިސް ސުމާއަށް ވަނީ އެހެންކަހަލަ ގޮތެކެވެ. މީހުނާ ވާހަކަ ދައްކާހިތް ނުވުމާއި އެކަނި ވަގުތުތަށް ހޭދަކުރަން ފެށުމެވެ. ސުމާގެ ބައްޕަ އަލީއަށް މިކަންތަށް ފާހަނގަ ކުރެވި ގިނައިން ސުމާގޮވައިގެން ބޭރަށް ނުކުމެ ހަދަން ފެށިއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ކެތްކުރީމޭ އެހެނަސް 2 ވަނަ ބައި

Next

ހިތާ ފުރާނައިން… (27)

Next
February 4, 2018

ހިތާ ފުރާނައިން… (27)

Previews
February 4, 2018

ކެތްކުރީމޭ އެހެނަސް 2 ވަނަ ބައި

15 Comments!

  1. thuhoo says:
    February 4, 2018 at 5:29 pm

    Different type ge story eh veema kudakoh liyan undhagoo.. ehnve lasvee. Ehenveema vaahaka hama jehenyaa vs bunahchey…?

  2. Pinky shifoo says:
    February 4, 2018 at 5:52 pm

    Nice…

  3. Shann says:
    February 4, 2018 at 6:08 pm

    V kiyaahiyvaa story eh mee.. Thafaathu story eh v ma v v interesting.. Hyvany v rythi vaanehen mi story..

    1. thuhoo says:
      February 4, 2018 at 6:47 pm

      Thanks ❤️iraadha kurehviyyaa v furihama koh genes dheveythw balaanan ?

    2. thuhoo says:
      February 4, 2018 at 7:18 pm

      Thanks balaanan varah furihama koh genes dheveythw ?

  4. dheem says:
    February 5, 2018 at 3:16 pm

    varah intresting

    1. thuhoo says:
      February 5, 2018 at 4:44 pm

      Thanks ?

  5. Uney says:
    February 6, 2018 at 11:34 am

    V salhi
    Waiting for the next part

  6. Shiya says:
    February 6, 2018 at 8:22 pm

    Nice ????????dhn in part up kohdheyny kn dhuvahakun?

    1. thuhoo says:
      February 6, 2018 at 8:44 pm

      trying my best.dear.bxy dhuvaskolheh veema asluves varah try kuran ehba ready kurevunuhaa avahakah up kohdheynan inshallah

  7. Dheem says:
    February 9, 2018 at 12:52 pm

    V kiyaa hivvey eba.v haa ves avahakah dhen oi part genes dhevey tho balaathi

  8. Sana says:
    February 10, 2018 at 9:33 am

    Kobaa next part?
    Waiting?

  9. ... says:
    February 16, 2018 at 7:05 pm

    Waiting for next….!

  10. Rikza says:
    February 24, 2018 at 5:50 pm

    Nice

  11. Xoona says:
    May 20, 2019 at 7:20 pm

    Vrh nice story

Comments are closed.



All Right Reserved!