Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 22

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 4, 2018 9 Mins Read
43 Comments

ކާއިން އަޝްވާ ކައިރިއަށް ޖެހިލައި އަޝްވާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އަޝްވާގެ ގައިގައި ބައްދާލިއެވެ. ވަރަށް ލޯބިން ނުހަނު އޯގާތެރިކަމާއި އެކީގައެވެ.

އެމީހުން އެހެން ތިއްބައި އެތަނަށް މަލަކާ އައިސް ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. ކާއިން މަލަކާއާއި އަޝްވާ ހަވާލުކުރުމަށްފަހު ޝަނުމް ހޯދަން ދިޔައެވެ. ޓެރަހުގެ ދޮރުން ނިކުތުމުގެ ކުރިން ކާއިން އަޝްވާއަށް ބަލާލިއެވެ. މަލަކާގެ ކޮނޑުގައި ބޯ އަޅައިގެން އަޝްވާ އޮތެވެ. މޮޅިވެފައިވާ މޫނަކާއި އެކީގައެވެ.

ކާއިން އެދަނީ ޝަނުމް އާއި ވާހަކަ ދައްކާށެވެ. އަޝްވާއަށް ދެރައެއް ދިނީތީ އޭގެ ސަބަބު އަހާށެވެ. އަދި ޝަނުމްއަށް އޭނާ އަތުން އެބީވީ ކިހާ މުހިއްމު މީހެއްކަން އަންގައި ދޭށެވެ.

ލޯބިވާ މީހެއް ގެއްލުމުން ވާ އިހުސާސް ކާއިންއަށް ވެސް ކުރެވެން ފެށުނެވެ. އެބިރުވެރިކަން ވެރިވެގަތެވެ. ޝަނުމް އޭނާގެ ނިންމުން ބަދަލުކޮށް ފިނަމަ އަޝްވާ ޝަނުމްއާއި ގުޅޭނެއެވެ. އޭރުން ކާއިން ހުންނަން ޖެހޭނީ ދުރުގައެވެ. އަޝްވާ އެއިން ހާލުގައެވެ. ނަމަވެސް ކާއިންއަށް ފަރުވާލެއް ނެތެވެ. އޭނާއަށް މުހިއްމީ އަޝްވާގެ ހަމަޖެހުމެވެ. ބޭނުމީ އެ ހިތް އުފާކޮށްދޭށެވެ. އަޝްވާ ލޯބިން ހިނިތުންވެލާ ތަން ދެކޭށެވެ.

ލޯބީގެ ތައާރަފަކަށް ގުރުބާންވުން ވެސް ބުނެވިދާނެއެވެ.

ކާއިން އެގެޔަށް އައީ އޭނާގެ ލެޕްޓޮޕުގައި ހުރި މައުލޫމާތުތައް އަޝްވާ އަށާއި ޝައިމްއަށް ދައްކަން ކަމުގައި ވިޔަސް އެކަން ފަސްކޮށްލުމަށްފަހު ކާއިން އަވަސްވެގަތީ އަޝްވާއަށް އެހީވެދިނުމަށެވެ.

ކާއިން ބާރު ހިނގުމެއްގައި ގޮސް ޝަނުމް ގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ޝަނުމް އިނީ އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން އަތުގައި އޮތް ފޯނަށް ގެއްލިފައެވެ. ކާއިން އައުމާއި އެކީ ޝަނުމް ފޯނު އުގުމަތީ ބޭއްވުމަށްފަހު ކާއިންއަށް ބަލާލިއެވެ. ޝަނުމް މި ގެޔަށް ބަދަލުވީ ފަހުން ދެމީހުން އެކުގައި ހޭދަކުރި ވަގުތުތައް ގިނަވި ނަމަވެސް ކާއިން އާއި ޝަނުމް އާޢި ދޭތެރޭ އެހާ ރަގަޅު ގުޅުމެއް އުފެދިފައި ނެތެވެ. އަޝްވާ ޝަނުމް ދެކެ ލޯބިވާތީ ކާއިން ހުންނަނީ އަބަދުހެން ޝަނުމްއަށް ފާރަލާށެވެ. ކާއިން އަޝްވާ އާއި އެކީ އުޅޭތީ ޝަނުމް ހުންނަނީ ކާއިންގެ އަމަލުތައް ބަލަބަލައެވެ.

“އަޝްވާ ދެކެ ލޯބިވެއޭ ބުނެ ކޮން ދޮގުތަކެއް ހެދީ.. އަހަރެން އަޝްވާއާއި އަބަދުހެން ދިމާ ކުރަނީ އަޝްވާ ފަލަކަމުން އަޝްވާ ދެކެ ލޯބިވާނެ މީހެއް ނުލިބޭނޭ ކިޔާފަ. އެކަމަކު ޝަނުމް އައިސް ދެއްކި ދަޅައެއްގެ ސަބަބުން އަޝްވާ އުފާވި ވަރެއް ނޭނގޭތަ.. ” ރުޅި އައިސް ހުއްޓަސް ކާއިން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކީގައެވެ.

“އަހަރެން އަދިވެސް އަޝްވާ ދެކެ ލޯބިވަން.. އެކަމަކު އަހަންނަށް ނެތް އަޝްވާއާއި އެކީ އުޅެވޭކަށް… އެހެންނޫނަސް އަހަރެން ދުރަށް ދިޔައިމަ ކާއިންއަށް އަޝްވާ ހޯދަން ފަސޭހަވާނެ އެއްނު” ޝަނުމް ބުނެލިއެވެ. ހިތަށް ތަދުވި ނަމަވެސް އޭނާއަށް މި ނިންމުން ނިންމަން މަޖުބޫރެވެ. އަޝްވާގެ އުފަލަށްޓަކައެވެ.

ޝަނުމްގެ ފަހު ޖުމްލައިން ކާއިންގެ ރުޅިގަނޑު ކެކިގެން ދިޔައެވެ. އެއްވެސް ހާލަތެއްގައި އަދި އެއްވެސް ސަބަބަކާއި ހެދި އަޝްވާއަށް ދެރައެއް ލިބުމަކީ އޭނާ އެދޭނެ ގޮތެއް ނޫނެވެ. އެޔަށް ވުރެ ބޮޑަށް އޭނާ އަޝްވާއަށް އަޅާލައެވެ.

“ހަނދާން ކުރާތި.. އަޝްވާއަށް ދެރައެއް ދީފައި އެއްވެސް މީހަކަށް ހަމަޖެހިގެން ނޫޅެވޭނެ. އެއީ ޝަނުމް ކަމުގައި ވީ ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތް” ކާއިން ޝަނުމް ކައިރިއަށް ޖެހިލައި ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެވަގުތަކީ މީކާއިލް ފާހަނާގައި ހުރެފައި ނުކުތް ވަގުތެވެ. ޝަނުމް އާއި ދިމާލަށް ކާއިން އިނގިލި ދިއްކޮށްގެން ހުރުމުން މީކާއިލް ކާއިންއަށް ބާރަށް ގޮވާލިއެވެ. ޝަނުމް މީކާއިލްއަށް ބަލައި ދެކޮޅަށް ބޯ ހޫރުވާލީ އެއީ އެވަރު ކަމެއް ނޫނޭ ބުނުމުގެ ގޮތުންނެވެ.

“އެއްވެސް މީހެއް އެމީހެއް ލޯބިވާ މީހެއްގެ ހިތް ހަލާކު ނުކޮށްލާނެ.. އަދި އެހެން މީހަކަށް ދެރައެއް ދީފައި އަނެކާއަށް އުފަލުގައި ނޫޅެވޭނެ. އަޝްވާއަށް ތި ދިން ހިތާމަ ކޮންމެވެސް ދުވަހަކުން ޝަނުމްވެސް ކުރާތަން ދެކެން އަހަރެން ހުންނާނަން” މީކާއިލް ގޮވާލުމުން ކާއިންއަށް ކުރި އަސަރެއް ނެތެވެ.

“ކާއިންވެސް މީހަކާއި ދިމާލަށް ހިތުހުރިހައި އެއްޗެއް ކިޔާލުމުގެ ކުރިން ހަގީގަތް ބަލާލުން ބުއްދިވެރި” ކާއިން ވާހަކަ ދައްކާ ނިމުނު ތަނާ މީކާއިލް ބުނެލިއެވެ. މީކާއިލް އެހެން ބުނުމުން ކާއިން ސުވާލުގެ ނަޒަރުން މީކާއިލްއަށް ބަލާލުމަށްފަހު ކުރިމަތީގައި ހުރި ޝަނުމްއަށް ބަލާލިއެވެ.

ކާއިން ބަލާލުމާއި އެކު ޝަނުމް އޭނާގެ އުނގުމަތީގައި އޮތް ފޯނު ހުޅުވައި އޭގައި އިން ފޮޓޯއެއް ކާއިންއަށް ދައްކާލިއެވެ. ކާއިން ދިޔައީ ސިހިގެންނެވެ. އެތައް ފަހަރަކު އޭގައިވާ މައުލޫމާތުތައް ކިޔާލިއެވެ. ގަބޫލުކުރަން ދަތިވެފައެވެ.

ކާއިން ޝަނުމް އަތަށް އޭނާގެ ފޯނު އަބުރައި ދިނެވެ.

“އަޝްވާ އަހަރެން ދެކެ ލޯބިވޭތަ” ކާއިން ދިއްކޮށްލި ފޯނުގައި ހިފާލަމުން ޝަނުމް އަހާލިއެވެ.

އިރުކޮޅަކު ވިސްނަން ހުރެފައި ކާއިން ދެކޮޅަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ޝަނުމް ފަދައިން ކާއިންވެސް ބޭނުމީ އަޝްވާ އުފަލުގައި ބަހައްޓަން ކަމަށް ވާތީއެވެ. އަދި މި ދޮގުގެ ސަބަބުން އަޝްވާއަށް ޝަނުމް މަތިން ހަނދާން ނައްތާލަން ފަސޭހަވެގެން ދާނެ ކަމަށް ކާއިންއަށް ހީވުމުންނެވެ.


 

ޝަނުމް އާއި ވާހަކަ ދައްކާލުމަށްފަހު ކާއިން އެކޮޓަރިން ނިކުތްއިރު އަޝްވާ ނިދަން ކޮޓަރިއަށް ވަދެއްޖެއެވެ. އެހެންކަމުން ކާއިން ދެން ދިޔައީ ޝައިމް އާއި ބައްދަލުކޮށްލާށެވެ. އޭނާއަށް ފެނުނު މައުލޫމާތުތައް ހިއްސާކޮށްލުމަށެވެ.

“މިކަން ފަޅާއަރައިފި ނަމަ ކާއިންގެ ބައްޕަގެ އިތުރުން ކާއިންވެސް ޖަލަށް ލެވޭނެ..” ކާއިންއަށް ބަލާލަމުން ޝައިމް ބުނެލިއެވެ.

“އެނގޭ ތިކަން.. އެކަމަކު ބައްޕައަށް މީ ހެދުނު ގޯހެއްކަން ވިސްނި މިކަން ދޫކޮށްލަން އުޅޭތާ ކޮން ދުވަހެއް.. އަހަރެން ރޭދުވާ މިހޭދަކުރަނީ ބައްޕައާއި މިކަމާ އޮތް ގުޅުން ކަނޑާލެވޭތޯ.. ހުރިހައި ހެއްކެން ހެން ނައްތާވެސް ލެވިއްޖެ. ބައްޕަމެން އެހެން ގެޔަކަށް ބަދަލުކޮށް އެމީހާއި ބައްދަލުނުކުރެވޭނެ ގޮތް ހެދިއްޖެ.. އަހަންނަކަށް ނޭނގެ ދެން ކަންތައް ކުރަންވީ ގޮތެއް” ކާއިންގެ ވިސްނުމަށް އެއްވެސް ކަމެއް ނައެވެ. ދިރިއުޅުމުގައި ދިމާވަމުން މިދާ ހުރިހާ ކަމުން ބޯ ގޮވަން ފަށައިފިއެވެ.

“ކާއިންއަށް އަންނާނީ މަސްތުވާތަކެތީ ގެ ހުކުމެއް އެކަންޏެއް ނޫން.. މީހުން ރަހީނުކޮށްގެން މަރާލި ކަމުގެ ތުހުމަތުވެސް އަންނާނެ. އަދި ކޮބާ ޝަނުމްއަށް ލިބުނު އަނިޔާ.. އެހުރިހާ ކަމަކުން ސަލާމާތްވާން ކޮންމެވެސް ގޮތެއް ހޯދަން އެބަ ޖެހޭ.. އެކޮޅުގައި ނެތްތަ ކާއިންއަށް މިކަމުގައި އެހީވެދޭނެ މީހެއް؟ ކާއިންގެ ބައްޕަ ކުރިކަމެއް ނޫންކަން ސާބިތުކޮށްދޭނެ ވަރުގެ މީހެއް ހުރެއްޖެނަމަ މިކަމުން ސަލާމަތްވެވިދާނެހެން އަހަންނަށް ހީވަނީ” ޝައިމް އޭނާއަށް ފެންނަ ގޮތަށް ބުނެލިއެވެ. ކާއިން އޭނާގެ ބައްޕައަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް ހުންނާނެކަން އެނގޭތީއެވެ.

ޝަނުމް ހަބަރު ދިން ގޮތުން ނަމަ އެދޯނީގައި ރަހީނުކޮށްގެން ތިބި މީހުން މަރުވެފައިވަނީ މަސްތުވާތަކެތީން އޯވާރ ޑޯސްވެގެންނެވެ. ހަމަލާ ދޭން ތިބި މީހުންގެ ތެރެއިން އެއްމެ އިސްކޮށް ހުރި މީހާ ވަނީ ބާކީ ތިބި ފަޅުވެރީންގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ. އަދި ހައްޔަރު ކުރަން އުޅުމުން އޭނާވަނީ އަމިއްލައަށް މަރުވެފައެވެ. ސުވާލު އުފެދޭ ސަބަބަކީ މިއީއެވެ. ސަލާމަތް ނުވާނެކަން އެނގި އެއްމެ ދޯންޏަކުން އައިސް ހަމަލާ ދޭންވީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ މޫނުގައި އެވަނީ ކޮން ނަންބަރުތަކެއް ހެއްޔެވެ؟ އަމިއްލައަށް މަރުވާންވީ ކޮން ސަބަބަކާއި ހެދި ހެއްޔެވެ؟ މިކަމުގައި ފޮރުވިފައިވާ މާނައެއް ވާނެކަން ޔަގީނެވެ.

ޝައިމް އެހެން ބުނެލުމުން ކާއިން އެމެރިކާގައި ހުންނަ އޭނާގެ ބައްޕައަށް ވާގިވެރިވެދޭ ފަރާތަކާއި ގުޅާލިއެވެ.ހަމަލާ ދޭން ފޮނުވީ ކާއިންގެ ބައްޕައާއި ގުޅުމެއް އޮތް ބަޔެއް ތޯ ބެލުމަށެވެ.

“ކާއިންގެ ބައްޕަގެ އަތެއް މިކަމުގައި ނޯންނާނެ.. އަހަރެން މިދަނީ އެކަންތައް ވަރަށް ގާތުން ބަލަމުން.. މިކަން ކުރި ބަޔެއްގެ މަގުސަދަކީ ކާއިންގެ ބައްޕަ އަށް އިންޒާރު ދިނުން. އެމީހުންނާއި ވަކިވެއްޖެނަމަ ލިބޭނެ ގެއްލުން އަންގައި ދިނުން.. އެމީހާ ވަނީ މީގެ ކުރިން އޭނައާއި ގުޅުން ކަނޑާލި އެތައް ބަޔަކަށް އިންޒާރު ދީ އެމީހުން ދިރިއުޅެން އުނދަގޫ ވާވަރުކޮށްފަ.. އެކަމަކު ދިވެހިރާއްޖެއަށް މިދިން ހަމަލާއަކީ އޭނާގެ އެކަނި މަގުސަދެއް އޮވެގެން ކުރި ކަމެއް ކަމަށް ލަފާނުކުރެވޭ” އެމީހާ ދިން މައުލޫމާތުން ކާއިންގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދުނެވެ.

“ކީއްވެ ތިހެން ތިބުނީ.. މަސްތުވާތަކެތީގެ އިތުރުން ދެން އިތުރު ކޮން ކަމެއް އަހަރެންގެ ބައްޕަ ކޮށްގެން އުޅެނީ؟” ކާއިން އަވަސް އަވަހަށް ބުނެލިއެވެ. އަދި އިން ގޮނޑިން ތެދުވެ ބެލްކަންޏަށް ނުކުތެވެ. އެދެމީހުން ދައްކާ ވާހަކަ ޝައިމްގެ އިތުރުން އެހެން މީހަކަށް އަޑުއިވެދާނެތީއެވެ.

“ކާއިންގެ ބައްޕަ ކުރި ކަމެކޭ ނުބުނަން ދޯ.. އަހަރެން މިހެން މިބުނީ މީގެ ތިން ހަފުތާ ކުރިން އަހަރެން އޭނާ އުޅޭ ގެޔަށް ދިޔައިރު އެތަނުން ޒުވާން އުމުރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ނިކުމެގެން ދިޔަ ތަން ދުށިން.. އަހަންނަށް އެއީ ދިވެހީންކަން ޝައްކުވެގެން އެތާގައި އުޅޭ އަހަރެންގެ ރައްޓެހި ސެކިއުރިޓީ ގާރޑެއް ކައިރީ އަހާލުމުން ބުނީ އެމީހުންނާއި ހައްސާނުއާއި ގުޅުމެއް ވާހެން ހީވެއޭ.. އަހަރެން އެއީ މަސްތުވާތަކެތީގެ މައްސަލައެއް ހޭ އަހާލުމުން އޭނަ ބުނީ އެދެމީހުން އައި ބޭނުން ނޭނގޭ ކަމަށް” އެމީހާ އޭނާއަށް އެނގޭ ވަރަކަށް ކިޔައިދިނެވެ. ކާއިންގެ ބައްޕަ، ހައްސާނުއާއި ބެހޭ ގޮތުން އެދެމީހުން ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ އެއްމެ ކުޑަ މިނުން އެދެމީހުންނަކީ ކޮން ބައެއް ކަން އެނގޭ ނަމަ ކާއިންއަށް އެދެމީހުންގެ މަގުސަދު ހޯދަން ފަސޭހަވާނެއެވެ.

އެމީހާ އާއި ވާހަކަ ދެއްކުމަށްފަހު ކާއިން ސިޓިންރޫމަށް ދިޔައިރު ޝައިމް ކާއިންގެ ލެޕްޓޮޕް ނަގައިގެން އިނެވެ. ކާއިން ގޮސް އެމީހާއާއި ދެއްކި ވާހަކަތައް ޝައިމް އާއި ހިއްސާކޮށްލިއެވެ. އަދި އޭނާ ފުރާނަ ފަދައިން ލޯބިވާ ބައްޕައަށް އެހީވެދޭނެ ގޮތެއް ހޯދުމަށް ޝައިމް ކައިރިން ހިޔާލު ހޯދިއެވެ.

“ތި ކުއްޖަކީ ހަނާ އަށް ނުވާނެތަ؟ ކާއިން ބުނީމެއްނު ހަނާ އަކީ ކާއިންގެ ބައްޕަގެ ވިޔަފާރީގެ ޕާރޓުނާރުގެ ދަރިފުޅޭ.. ފަހަރެއްގަ ހަނާ އޭނަގެ ބައްޕަގެ އެދުމަށް ކާއިންގެ ބައްޕައަށް ގެއްލުމެއް ދީފަން އުޅެފާނެއެއްނު.. އަނެއްކޮޅުން ކާއިންގެ މަންމަގެ އެހީތެރިކަންވެސް އެމީހުންނަށް ލިބިދާނެ” ޝައިމް އޭނާއަށް ވިސްނުނު އެއްމެ މޮޅު ގޮތް ބުނެލިއެވެ.

“ނުވާނެ ތިހެން.. ހަނާ ރާއްޖެއިން ބޭރަށް ނުދާތާ ދެ މަސް ވެދާނެ.. ތިވާނީ ކޮންމެވެސް އެހެން މީހެއްގެ ކަމަކަށް” ފަހަރަކު ކަމަކާއި ވިސްނަން ޖެހުމުން ކާއިންއަށް އޭނާގެ ބައްޕައަށް ގެއްލުމެއް ދީފާނެ އެހެން މީހެއްގެ ނަން ހިޔާލަކަށް ނައެވެ. އެހެނަސް ކާއިން ހުރިހާ ކަމެއް މީ އެއްކަމެއްގެ ގޮތުގައި ވިސްނައިފިނަމަ އޭނާއަށް ހޯދަން އުޅޭ ޖަވާބު ލިބިދާނެ ހެއްޔެވެ؟

ކާއިން އާއި ޝައިމް ވާހަކައިގައި ތިއްބާ ޝަނުމް އެތަނަށް އައުމުން ކާއިން އޭނާ ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލިއެވެ. އެއްވެސް ކަމެއް ޔަގީން ނުވަނީސް އިތުރު މީހަކާއި މިކަން ހިއްސާކުރަން ބޭނުން ނުވާތީއެވެ.

“ޝަނުމް އެދޯންޏާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެތަ” ޝަނުމް އައިސް އެމީހުން އިށީދެގެން ތިބި ސޯފާގައި އިށީނުމުން ޝައިމް އަހާލިއެވެ. ކާއިން ހުރީ އޭގެ ވާހަކައެއް ޝަނުމް ކައިރީ ނުދައްކަން ކަމަށް ވިޔަސް ޝައްކު ނުވާނެހެން ޝައިމް އެހެން އަހާލުމުން ކާއިން ޝައިމްއަށް ބަލައި ދެލޯ ބޮޑުކޮށްލިއެވެ. ޝަނުމް އަށް ނުފެންނަ ގޮތަށެވެ.

“ދިވެހި މަސްވެރިކަމުގެ ދޯންޏެއް ކަމަށް ލަފާ ކުރެވެނީ.. އަހަރެންވެސް ޑިޔުޓީއަށް ނިކުތީމަ އިތުރު މައުލޫމާތު ލިބޭނީ” ޝަނުމް ބުނެލިއެވެ. ޝަނުމް އައުމުން ކާއިން އޭނާގެ ލެޕްޓޮޕް ލައްޕާލި ގޮތުން ޝަނުމްއަށް ކާއިން ކޮންމެވެސް އެއްޗެއް ފޮރުވަން އުޅުނު ހެން ހީވިއެވެ. އެހެންނަމަވެސް ޝަނުމް އެޔަށް މާބޮޑު ފަރުވާލެއް ނުދެއެވެ.

“ކާއިންގެ ގެއްލުނު ލެޕްޓޮޕު ފެނިއްޖެތަ މިހާރު” ތިން މީހުންގެ މެދަށް ވެރިވި ހަމަހިމޭންކަން ނަގާލަމުން ޝަނުމް ބުނެލިއެވެ.

“ކާއިން މީ އަމިއްލައަށް މާ މޮޅުވެގެން އުޅޭ މީހެކޭ.. ޕޮލިހަށް ވެސް ހުށަނާޅާ ތިމަންނަ އެކަނި މަސައްކަތްކޮށްގެން ލެޕްޓޮޕް ހޯދަނަމޭ ކިޔައިގެން އެއުޅެނީ” ކާއިންއަށް ބަލާލުމަށްފަހު ޖެއްސުމުގެ ރާގަކަށް ޝައިމް ބުނެލިއެވެ.

“ކާއިން ބޭނުން ނަމަ އަހަރެން ތިކަމުގައި އެހީވެދީފާނަން..އޭގައި ވަރަށް މުހިއްމު އެއްޗެހި ހުންނާނެތަ؟” ޝަނުމް އަހާލިއެވެ.

“އަހަރެން އެކަނި އަހަރެންގެ އަމިއްލަ ކަންތައް ކުރެވޭނެ ގާބިލްކަން އެބަ ހުރި.. އަދި އަހަރެން އެހީތެރިކަން ބޭނުން ވެއްޖެނަމަ އެކަން ކޮށްދޭނެ އެތައް ބައިވަރު ބަޔަކު އެބަ ތިބި” ކާއިން އެހެން ބުނެލުމަށްފަހު އޭނާގެ ލެޕްޓޮޕު ހިފައިގެން ދާން ހިނގައިގަތެވެ. ކާއިން އަދިވެސް ހުރީ ޝަނުމް ދެކެ ހިތްހަމަނުޖެހިފައެވެ. ޝަނުމްގެ ސަބަބު އޭނާއަށް ގަބޫލުކުރެވުނަސް މެއެވެ.


 

ޖެހިގެން އައި ދުވަހެވެ. އަޝްވާ އޮފީހަށް ދިޔުމުގެ ކުރިން ހެނދުނުގެ ސައި ތައްޔާރު ކުރުމަށް ހަފީޒާއަށް އެހީވެ ދިނުމުގައި އުޅުނެވެ.

“އަޝްވާ ދޭބަލަ ޝަނުމްއާއި މީކާއިލްއަށް ގޮވާލާފަ އަންނަން.. ދައްތަ މިދަނީ ބައްޕައަށް ގޮވާލާފަ އަންނަން” ހުރިހާ އެއްޗެއް މޭޒު މައްޗަށް ނަގާ ނިމުމާއިއެކު ހަފީޒާ ބުނެލިއެވެ. އަޝްވާއަށް ހަފީޒާގެ ބަހަށް ދެކޮޅު ހަދަން ނުކެރުމުން ތުވާލިން އަތް ފުހެލުމަށްފަހު ޝަނުމް އުޅޭ ބަޔަށް ދާން ހިނގައިގަތެވެ.

ޝަނުމްގެ ކޮޓަރީގެ ދޮރު ކުރިމަތީގައި އަޝްވާ ހުންނަތާ މިހާރު ދިހަ މިނެޓް ފާއިތުވެ ދަނީއެވެ. ހަނދާނަށް އަންނަމުން ދިޔައީ ރޭ އެ ފިޔަވަޅު މަތީގައި ހުރެ އޭނާއަށް އަޑުއިވުނު ވާހަކަތަކެވެ. އެވޭންދެނިވި ބަސްތަކެވެ.

“އަޝްވާ.. ކިހިނެތްވެފަ” މީކާއިލް ދޮރު ހުޅުވާލުމާއިއެކު އަޝްވާއަށް ސިހުން ލިބި ފަހަތަށް ޖެހުނެވެ.

“ދައްތަ ބުނި މީކާއިލްއާއި ޝަނުމްއާއި ދެމީހުން ސައިބޯން އަންނާށޭ” އެހެން ބުނެލުމަށްފަހު އަޝްވާ އުޅުނީ ދާށެވެ.

“ޝަނުމް ފެންވަރަން ހުރީ.. އަހަރެން އެބަ ޖެހޭ ސައިބޯން ދިޔުމުގެ ކުރިން ތާކަށް ގޮސްލަން. އަޝްވާ މަޑުކޮށްލަންވީނު ޝަނުމް ގޮވައިގެން ތިރިއަށް ގޮސްލަން” އަޝްވާ މަޑުކޮށްލަން ޖެހުނީ މީކާއިލް އެހެން ބުނެލުމުންނެވެ. މީކާއިލް ދިޔުމުން އަޝްވާ ގޮސް ސޯފާގައި އިށީދެލީ ޝަނުމް ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ.


 

ޝަނުމް ފެންވަރައިގެން ނިކުތް އިރު މީކާއިލް ކޮޓަރީގައި ނެތެވެ. އެއް އަތުގެ އެހީގައި ފަޓުލޫނު ލެވުނު ކަމުގައި ވިޔަސް ގަމީސް ލާން އަދިވެސް އުނދަގޫތަކާއި ކުރިމަތިއެވެ. އެހެންކަމުން ގަމީސް ހިފައިގެން ޝަނުމް ބޭރަށް ނިކުތީ މީހެއްގެ ހިލަމެއް ވާތީ  އެއީ މީކާއިލް ކަމަށް ހީކޮށެވެ.

“އޭ… ގަމީސް ލާން ކުޑަ އެހީއެއް ވެދީ ބަލަ.. އަދިވެސް އެއަތުން އެއްވެސް ހަރަކާތެއް ކުރެވޭ ވަރު ނުވޭ” އިސްޖަހައިގެން ހުރެ ޝަނުމް އެހެން ބުނެލި އިރު އޭނާއަށް އެވާހަކަ ދެއްކެނީ އަޝްވާއާއި ކަމެއް ނޭނގެއެވެ.

ޝަނުމްގެ އަޑު އިވުމާއި އެކީ އަޝްވާ ކޮޅަށް ތެދުވިއެވެ. އެތައް އިހުސާސްތަކެއް ހިތު ތެރެއަށް ޖަމާވެ މޫނުމަތިން އެ ކުލަވަރު ދައްކަން ފަށައިގަތެވެ.

“އަޝްވާ!!” މީކާއިލް އެއްޗެކޭ ނުބުނުމުން ޝަނުމް ބަލާލިއެވެ. ޝަނުމްއަށް ލިބުނީ ހައިރާންކަމެކެވެ.

ޝަނުމް އޭނާގެ ނަން ބުނެލުމުން އަޝްވާ އިސްޖަހައިގެން ހުރެ އެތަނުން ދާން ހިނގައިގަތެވެ. އަޝްވާ ހީކޮށްގެން ހުރީ ޝަނުމް އާއި ކުރިމަތިލެވޭނެ ހިތްވަރު އޭނާގެ ގައިގައި ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ޝަނުމް ފެނުމާއި އެކު އެއީ އޭނާއަށް ކުރެވުނު ކުށް ހީ އެއްކަން އެނގުނެވެ.

“އަޝްވާ ދަނީތަ” އަޝްވާ ދާން އުޅުމުން ޝަނުމް އޭނާގެ ވައަތުން އަޝްވާގެ އަތުގައި ހިފެހެއްޓިއެވެ. ޝަނުމް ހަމައެކަނި މަޑުކުރަން ބުނުމުން އަޝްވާ މަޑުނުކުރާނެކަން އެނގޭތީއެވެ. ޝަނުމް އޭނާގެ އަތުގައި ހިފުމުން އަޝްވާ އުޅުނީ ޝަނުމްގެ އަތް ފޮޅުވާލުމަށްފަހު ދާށެވެ. އެހެންނަމަވެސް ޝަނުމް ހުރީ އެކަމަށްވެސް ހުޝިޔާރު ވެގެންނެވެ. އަޝްވާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ ޝަނުމް އަޝްވާގެ ކުރި މައްޗަށް އެރިއެވެ. އަދި އަޝްވާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައި ދިނެވެ. ޝަނުމް އަޝްވާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. އެއްޗެއް ހޯދަން އުޅޭހެންނެވެ.

“އަހަންނަންނަށް މާފު ނުކުރާނަންތަ” އަޝްވާގެ މޫނަށް ބަލާލަމުން ޝަނުމް ބުނެލިއެވެ. ޝަނުމް ސީދާ އަޝްވާ ކައިރީ އޭނާއަށް އަޝްވާއާއި ކައިވެނި ނުކުރެވޭނެކަން ނުބުންޏަސް ކޮންމެވެސް ގޮތަކުން އަޝްވާއަށް އެކަން އެގިއްޖެކަން އެގެއެވެ. އެހެންނޫން ނަމަ ކާއިން އެވާހަކަތަކެއް ނުދެއްކީހެވެ.

“އަހަރެން ރުޅި އަންނަ ވަރުގެ ކަމެއް ޝަނުމް ނުކުރަމެއްނު…” ގަދަކަމުން ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.

“އެހެންވީމަ ތީގެ މާނައަކީ އަދިވެސް އަޝްވާއަށް އަހަރެން ދެކެ ލޯބިނުވެވެއޭ ދޯ” ޝަނުމް ބުނެލިއެވެ. އޭނާއަށް އަޝްވާ ލިބެން ނެތް ކަމުގައި ވިޔަސް އެލޯބިން މަހުރޫމް ވީތީ ހިތާމަ ކުރާ ހާލުގައެވެ.

އަޝްވާ އެޔަށް ވަކި ޖަވާބެއް ނުދީ ހިނިތުންވެލިއެވެ. ހިނިތުންވުމަކީ ހަމައެކަނި އުފާވެރިކަމުގެ ރަމްޒެއް ނޫނެވެ. ހިތާމައާއި ކެތްތެރިކަންވެސް އޭގެ ފަހަތުގައި ވެއެވެ. އަޝްވާގެ އެހިނިތުންވުމުގެ ސަބަބުން ޝަނުމްއަށް އޭނާގެ ޖަވާބު ލިބުނު ކަހަލައެވެ. އުއްމީދުކޮށްގެން ހުރި ޖަވާބު ކަމުގައި ނުވިޔަސްމެއެވެ.

“އަހަންނަށް މާފުކުރޭ ، އަހަރެން ލޯބިވަމޭ ބުނުމުން އަޝްވާ…” ޝަނުމްގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ އަޝްވާ ޝަނުމްގެ ތުންފަތް މަތީ ޝަހާދަތް  އިނގިލި ޖައްސާލުމުންނެވެ.

“ޝަނުމް މާފަށް އެދެންވީ ސަބަބެއް ނެތް.. ކުށް ކުރީ އަހަރެން.. މީހެއް އަހަރެން ދެކެ ލޯބިވުމަކީ އަހަރެން މާ ބޮޑަށް އުއްމީދުކޮށްގެން ހުރި ކަމަކަށް ވުމުން އަހަންނަށް  މީހެއް ދެއްކި ދަޅައަކަށް ހެއްލުނީ… އަހަރެންގެ ނަސީބުގައި ނެތް ލޯތްބެއް ހޯދަން އަހަންނަށް އުޅެވުނީ.. ” އަޝްވާ ބުނެލިއެވެ. ޝަނުމްގެ ދެލޮލަށް ބަލަމުން އޭނާގެ ވީރާނަވަމުން ދާ ހިތުގެ ޝަކުވާތައް އިއްވާލިއެވެ.

“އަޝްވާ އަހަންނަށް މިހެން ކަންތައް ކުރަން ޖެހުނީ އަހަންނަށް…” މިފަހަރުވެސް އަޝްވާ ޝަނުމް ހުއްޓުވިއެވެ.

“އާން! އެއީ ކޮންމެވެސް ސަބަބެއް އޮތީމަ އެއްނު.. އެކަމަކު ޝަނުމް! އަހަރެން ކައިރީ ސަބަބު ނުބުނާތި.. ޝަނުމް އަހަރެން ދެކެ ލޯބިވީ ކީއްވެގެންހޭ އެހީމަ ޝަނުމް ދިން ޖަވާބު މިކަމަށްވެސް ދީ.. ބުނޭ އަހަރެން ދެކެ ފޫހި ތިވީ އެއްވެސް ސަބަބެއް ނެތިއޭ.. ބުނޭ އެހެން..” އަޝްވާއަށް ރަގަޅު ގޮތަކީ މިއީ ކަމަށް ވުމުން ބުނެލިއެވެ. ވަރަށް ހިތްވަރުން ނުރޯން އަޒުމް ކަނޑައަޅައިގެން ހުރެއެވެ. ލޯބިވާން އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ޝަނުމް ބުނީ އެސަބަބު ދިޔުމުން އެލޯބިވުން ހުއްޓިދާނެތީއެވެ. ހަމަ އެގޮތަށް ފޫހިވާން ސަބަބެއް ނެތް ނަމަ އަޝްވާއަށް ޝަނުމް މަތިން ހަނދާން ނައްތާލަން ފަސޭހަވާނެއެވެ.

އެހެން ބުނެލުމަށްފަހު އަޝްވާ މަޑުނުކޮށް އެތަނުން ދާން ހިނގައިގަތެވެ. ޝަނުމް އެތައް ފަހަރަކު ގޮވުމުން ވެސް އެޔަށް އިޖާބަ ނުދީއެވެ.

ޝަނުމްއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އަޝްވާއަށް އޭނާ ހަގީގަތް ކިޔާ ދޭނީ ކިހިނަކުން ހެއްޔެވެ؟ ލޯބީގެ ކަނޑުގައި އޮޔާދަމުންދާ  ހިތަށް ލިބެމުންދާ ވޭން އަޝްވާއަށް ވުރެ ވަކި ކުޑައެއް ނުވާނެކަން ޔަގީނެވެ. އަޝްވާއަށް ނޭގުނަސް އަޝްވާއަކީ ޝަނުމްގެ ހިތުގެ މިލްކުވެރިޔާއެވެ. އެލޯތްބަކަށް ހިތް ބޭގަރާރުވަމުންދާ  މިތުރާކީ އަޝްވާއެވެ. އެ އޯގާތެރިކަމަށް ފެންބޮވައިގެންފާ ފިރުމުންތައް ލިބޭނީ އަޝްވާގެ ދެއަތުން އެކަންޏެވެ. މުޅި އުމުރަށް ޝަނުމް އަޝްވާގެ ނަން އޭނާގެ ހިތުގައި ފޮރުވާނެއެވެ. ފަޑުނުވާ ހަނދާންތަކަކާއި އެކީގައެވެ. ލޯ މަރާލާ ކޮންމެ ދުވަހަކު އެހިނިތުންވުން ޝަނުމްއަށް ސިފަވާނެއެވެ.

ނަމަވެސް ނުނިމި އޮތް އިންތިޒާރަކާއި އެކީ ޝަނުމް ދިރިއުޅޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އަޝްވާ އަކީ އޭނާގެ ހައްގަކަށް ވާން ހާދަ ބޭނުމެވެ. ނަމަވެސް ހާލު ހުރި ގޮތަކީ މިއީއެވެ.


 

ޖެހިގެން އައި ދެތިން ދުވަހު ޝަނުމް އަށް އެއްވެސް ގޮތަކަށް އަޝްވާ އާއި ބައްދަލުވާ ގޮތެއް ނުވިއެވެ. އޮފީހުގައި ނޫޅޭ ނަމަ އަޝްވާ ގިނަ ވަގުތު ހޭދަ ކުރަނީ ކާއިންގެ ކޮޓަރީގައެވެ. ނޫނީ ލައިބްރަރީގައެވެ. ރީމްމެން ގެޔަށް އަންނަން އޭނާއަށް އެތައް ދައުވަތެއް ލިބުނު ކަމުގައި ވިޔަސް އޭނާގެ ހިތަށް ލިބިފައިވާ ޒަހަމް އިތުރުވެދާނެތީ ރީމް އާއި ބައްދަލުކުރަން ބޭނުން ނުވަނީއެވެ.


 

ކޯސްގާރޑު ހުދު ޔުނީފޯރމުގައި ޝަނުމް ފެންނަމުން ދިޔައީ ވަރަށް ވެސް ހަރުދަނާ ކޮށެވެ. ގައުމުގެ ދިފާއުގައި ނިކުތުމުން އެއްމެންގެ މެދުގައި ޝަނުމްއަށް އޮތް އިހުތިރާމް ވަރަށްވެސް ބޮޑުވެއްޖެއެވެ. ޖަލްސާއަށް ހާޟިރުވި އެތައް ބަޔަކު ޖަލްސާ ފެށުމުގެ ކުރިން ޝަނުމް ކައިރިއަށް އައިސް އޭނާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ. އަދި އެއްމެހާ ދިވެހީން ޝަނުމް އެ ދެއްކި ނަމޫނާގައި ހިފައި ގައުމާއި ދީނުގެ ހައްގުގައި ތެދުވެއްޖެނަމަ އެއްވެސް އަދުއްވަކަށް މިފަސްގަނޑުގައި ފައި ނުޖެއްސޭނެ ކަމަށް ބުންޏެވެ.

ޝަނުމްއަށް އެތައް ބަޔަކު ޝުކުރު އަދާކުރަމުން ދިޔައިރު އެތައުރީފުގައި ޝަނުމް އާއި ޖެހިގެން ހުރި ހަފީޒާވެސް ބައިވެރިކުރުވިއެވެ. މަންމައާއި ބައްޕައެއްގެ ލޯބި ޝަނުމްއަށް ދީ ޝަނުމް ފަދަ ވަތަން ދެކެ ލޯބިވާ ދަރިއަކަށް ތަރުބިއްޔަތު ދިނީތީއެވެ.

“މީ ބޮޑުދައިތަގެ ހަޔާތުގައި އައި އެއްމެ އުފާވެރި ދުވަސް.. ބޮޑުދައިތައަށް ޔަގީން ދަރިފުޅުގެ މައިންބަފައިން ވެސް މިހާ އުފާވާނެކަން… ” މީހުން މަދުވުމުން ޝަނުމްގެ އަތުގައި ހިފާލަމުން ހަފީޒާ ބުނެލިއެވެ.  ޝަނުމް އެޔަށް ޖަވާބު ނުދީ ހިނިތުންވެލިއެވެ. ޝަނުމް އަކީ އޭނާގެ މަންމަމެންގެ ވާހަކަތައް މާ ގިނައިން ދައްކާ މީހަކަށް ނުވި ނަމަވެސް އެތައް ދުވަހަކު އެތައް ފަހަރަކު މަންމައާއި ބައްޕަ އޭނާ ކައިރީގައި ހުރި ނަމައޭ ހިތަށް އަރައެވެ. މަންމައާއި ބައްޕަގެ ފާފަ ފުއްސެވުމަށް އެދި ކޮންމެ ދުވަހު ﷲ ހަޟުރަތުގައި ދުއާ ދަންނަވައެވެ. ސުވަރުގެއިން ބައްދަލުވާނެ ކަމަށް އުއްމީދުކުރެއެވެ. މައިންބަފައިންގެ ލޯބިން މަހުރޫމް ވެފައިވާ ކޮންމެ މީހަކަށް ޝަނުމްގެ ހިތަށް ކުރާ އަސަރު އެގޭނެއެވެ.

ޝަނުމް އާއި ހަފީޒާ ވާހަކަ ދައްކަން ތިއްބައި ޖަލްސާ ފެށުމުގެ ކުރިން ގޭގެ އެހެން މީހުން އެތަނަށް އައެވެ. އެއްމެން އައިސް ޝަނުމް އާއި ސަލާމް ކޮށް މަރުހަބާ ކިޔެވެ. އަޝްވާ ފިޔަވައެވެ. އަޝްވާ ހުރީ ދުރުގައި ފޯނުން މީހަކާއި ވާހަކަ ދައްކާށެވެ. އެއްމެނާއި ސަލާންކޮށް ނިމުމުން ޝަނުމް އަޝްވާ ކައިރިއަށް ދިޔައެވެ. އަޝްވާ ޝަނުމްއަށް އޭނާ އެހެން ނިންމަން ޖެހުނު ސަބަބު ބަޔާންކޮށްދޭން ފުރުސަތު ނުދިނަސް ޝަނުމް ބޭނުންވަނީ އަޝްވާގެ ހިތް އޭނާއަށް ސާފުކޮށް ދިނުމެވެ. އެހެންނޫންނަމަ އޭނާއަށް އަޝްވާ ކުރިމަތީގައި އުޅެން އުނދަގޫވާނެކަން ޔަގީނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (27)

Next

ޒާރާ (20)

Next
February 4, 2018

ޒާރާ (20)

Previews
February 4, 2018

ހިތާ ފުރާނައިން… (27)

43 Comments!

  1. Mal. says:
    February 4, 2018 at 6:48 pm

    Ey me first dww… woww woww woww… ????

    1. maroon says:
      February 4, 2018 at 7:02 pm

      Balaabala anhenaa. Hama maroo ah vure kurin comment kuree ? ?? love u.. ?

    2. Mal. says:
      February 4, 2018 at 9:09 pm

      Heheh… hama hulhuvaali irah fenuny ey…? ey v rythu ingey.. anehkaa vx hama bunaa hiy vany so different ey.. v thafaathu… ekam dhera vejje gamees scene kiyaalaafa.. hama roveyhaa veye hiy mi part gaa…???? love u kore darl..❤

  2. maroon says:
    February 4, 2018 at 6:50 pm

    You can get a lot of answers from this part ?
    Thanku everyone for the lovely comments. Much love.. and do think shanum shud tell her the reason?
    Tc ??

  3. Shudha says:
    February 4, 2018 at 7:02 pm

    ކާއިން މަޅި އެއްގަ ބެދެނީތަ؟ އޭނަ ސަލާމަތުން ބަހައްޓައްޗޭ…. އަޅެ ޝަނުމް އަ މަޖުބޫރުވަނީ ކޮންކަމެއްތަ… އަޝްވާ ދެރަ ނުކުރައްޗޭ… ވަރަށް ދެރަވޭ ކާއިން އާ ޝަނުމް ރުޅިން އުޅޭތީވެ… އަޝްވާ އުފަލުގަ ބަހައްޓައްޗޭ… ވ ވ ވ ރީތި މިޕާޓް… ދެން އޮތް ޕާޓަކައް އިންތިޒާރު ކުރަން… ލަވްސް މެރޫން 3>

    1. maroon says:
      February 4, 2018 at 7:10 pm

      ޝުދާ… މެރޫން އިންނާނެ ޝުދާއަށް މެއިލް އެއްކޮށް އިނގޭ… ކާއިން މަޅިއެއްގައި ބެދެން އުޅޭހެން ވ ވ ވ ހީވޭ.. ބައްޕަ ސަލާމަތްކުރަން ކާއިން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ހަމަ… ޔެސް އަޝްވާ އުފާކޮށްދޭނަން އިނގޭ… ވަރަށް ލޯބި ކޮމެންޓެއް.. ލަވްސް ..(?(?(?… ޝަނުމްއަށް މަޖުބޫރުވާ ކަންތައް އެއީ އަދި ސިއްރެއް.. ފަހުން އެނގޭނެ..

    2. Shudha says:
      February 4, 2018 at 7:28 pm

      މެރޫން… މިހާރު އިންނާނެ ރިޕްލައި ކޮއްފަ…. ތެންކިޔު މިހާ ލޯބި ވާހަކަ އެއް ގެނެސްދޭތީވެ… 3>

  4. annoying reader says:
    February 4, 2018 at 7:07 pm

    alhey so many unanswered qsts. please maroon kaain jail ah fonuva nulachey. he didnt do anything please save him. and ashwa and shanum adhives gulhuvan nuveytha. i am eagerly waiting for that to happen. reem ah ves then hageegah anga ba. waitin for the nxt part. love it

    1. maroon says:
      February 5, 2018 at 5:32 pm

      will try my best to keep him safe ? reem ah egeyne adhi… thanku dear ?

  5. Jilaa says:
    February 4, 2018 at 7:20 pm

    Rythi……haadha kurey…next part non irakunnn

    1. maroon says:
      February 5, 2018 at 5:40 pm

      thanku jilaa ? .. next part thankolheh dhiguvaane

  6. Rose says:
    February 4, 2018 at 7:25 pm

    mibai ves varah reethi varah interesting vahakaeh keep it up maroon

    1. maroon says:
      February 5, 2018 at 5:40 pm

      thanku rose ?

  7. maikko says:
    February 4, 2018 at 7:29 pm

    Varah reeethi…..alhey kyvetha shanum ehen hadhany ashwa ah…….. ??lots of love ❤?

    1. maroon says:
      February 5, 2018 at 5:40 pm

      yes…i wonder why.. thanku maikko ? loves

  8. Icy♡ says:
    February 4, 2018 at 7:30 pm

    Nice
    Was waiting for this

    1. maroon says:
      February 5, 2018 at 5:39 pm

      thanku icy ?

  9. Hairaan says:
    February 4, 2018 at 7:54 pm

    Reem manma kurikameh reyvigen

    1. maroon says:
      February 5, 2018 at 5:39 pm

      thanku hairaan ? yes thts possible

  10. Shann says:
    February 4, 2018 at 7:59 pm

    Wow maroon mibaives hama v v loabi.. Ehbayah vure anehbai rythi.. Hama maroon molhyey bunelaany.. V v shauguveri kamaa eky mibaives mi kiyaa ninmaaly.. Kihineh vaanbaa dhw miulheny????

    1. maroon says:
      February 5, 2018 at 5:38 pm

      v bodu kameh vaan eba ulhey hama.. heehehe.. lets see dhw..thanku shann ?

  11. Pinky shifoo says:
    February 4, 2018 at 8:02 pm

    Wow… Awesome ?❤️❤️❤️… Mi part vx varah varah varah reethi ??… I really love it… Ekam varah dheravey ashvaa and shanum ah ehen vaathy… I’m curiously waiting to know the reason… Alhey shanum kiyaadhybaa ashvaa ah reason plxxxxx… Curiously waiting for the next part ??.. Tc loves ❤️??????

    1. maroon says:
      February 5, 2018 at 5:38 pm

      thanku pinky shifoo.. they will know why.. oneday… loves tc ?

  12. Shiu says:
    February 4, 2018 at 8:33 pm

    Shanum ah ashwa dehchey maroon

    1. maroon says:
      February 5, 2018 at 5:37 pm

      maybe .. thanku shiu ?

  13. Samaa says:
    February 4, 2018 at 9:20 pm

    Ashwaa aa shanum aa gulhuvabaa plx plx plx….

    1. maroon says:
      February 5, 2018 at 5:37 pm

      maybe .. thanku samaa ?

  14. Lubu says:
    February 4, 2018 at 9:24 pm

    I want the reason y shanam should do to he
    V dheravee film hadhaa kujeh miyeh film hedhiyaa i think this would be best
    Hindhu dad kamuge kurin hindhu ah marry kurevee goth hadhai dhee
    N hindhu parent kuhverikuree….
    Reem ah angaba shanam n ashwaa lobivaakan…
    Kohmevess gothah N reeem hadhaaba nubaibai kulhee meehaa ah
    It will be more parfect than…
    Thihaa reethi stry liyaathy vv shukuru..
    God bless you

    1. maroon says:
      February 5, 2018 at 5:37 pm

      filmeh(shocked)… hehe yes hind vaane protect kuran… reeme nubaivaa reasonves egen vaane ehnu dhw.. ? Thanku lubu thihaa loabi commenteh dhinyma

  15. Eyra says:
    February 4, 2018 at 10:12 pm

    Hi maroon, varah reethi mi bai ves, kuriah huri bai thah ves varah reethi vaane kamah ummeedh kuran????

    1. maroon says:
      February 5, 2018 at 5:35 pm

      Thanku eyra ?

  16. Friends says:
    February 4, 2018 at 10:21 pm

    Reethi ?????.maroon u r the best .waiting4 next part

    1. maroon says:
      February 5, 2018 at 5:35 pm

      wow.. thanku friends ?

  17. Xxxx says:
    February 4, 2018 at 10:38 pm

    Wooooowww ????????.nice dear.

    1. maroon says:
      February 5, 2018 at 5:35 pm

      Thanku xxxx ?

  18. Mixuhan says:
    February 4, 2018 at 11:48 pm

    Alhey eoh kiyaahithun indha e nimuny?shanum jeheyne reason bunan..e 2kudhin vakivaan v ma varah sad??waiting for the next part

    1. maroon says:
      February 5, 2018 at 5:34 pm

      yes maroon ves v dheravey dhekudhin dhuru kuran jehunyma.. thanku mixuhan ?

  19. Zuam says:
    February 5, 2018 at 9:04 am

    Wow… varah varah reethi..
    Waiting

    1. maroon says:
      February 5, 2018 at 5:34 pm

      thanku zuam ?

  20. Maa says:
    February 5, 2018 at 11:30 am

    Vvvvvvv interesting……. adhi vvvv gina kankan egen ebajehey dhoaaa???? So curious to know …… waiting ….keep improving ur good wrk

    1. maroon says:
      February 5, 2018 at 5:33 pm

      thanku Maa.. yes avahah dhn ekanthah egigen dhaane ?

  21. Aaakko❤❤ says:
    February 5, 2018 at 5:26 pm

    keehve reply nukurany

    1. maroon says:
      February 5, 2018 at 5:33 pm

      busy kamun miulheny.. mihaaru kuramun midhany ?

Comments are closed.

Next Episodeތިޔަ އަސަރު 23←


All Right Reserved!