Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (18)

Crystal Level 210 Stories100 Comments
February 3, 2018 6 Mins Read
10 Comments

ކުރީގެ އަދަދާއި ގުޅޭ: އެހެންވިއަސް އަހަރެން އެވާހަކަތައް ރިޔާއަށް ކިޔައިދޭން މިހާރު ބޭނުމެވެ. އަހަރެންނަށް ލިބޭ މިއުނދަގޫތަކުން ކިރިޔާވެސް ލުޔެއް ލިބޭނީ މިވާހަކަތައް އަހަންނަށް މީހަކަށް ކިޔާދެވިގެންނެވެ.

އެއާއި ޖެހިގެން އައި ދުވަހު ސްކޫލަށް އަހަރެން ދިޔައީ ވަރަށް ކަންބޮޑުވެފައި ހުރެގެންނެވެ. މިހާރު ރިޔާ ހިތަށް އަރާނީ ކީކޭކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ވިސްނެމުންދިޔައީ އެކަމާއެވެ.

އެހެންނަމަވެސް ގަޑިޖެހިގެން ގޮސް ސްކޫލް ގޭޓް ބަންދުކުރިއިރުވެސް ރިޔާއެއް ކްލާހަކަށް ނާދެއެވެ. އަނެއްކާ ރިޔާ ސްކޫލަށް ނައީ ކީއްވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

ގެއަށް ގޮސްފައިވެސް އަހަންނަށް ރިޔާގާތުގައި ވީ ކިހިނެއްތޯ އަހާކަށް ނުކެރުނެވެ. ފަހަރެއްގައި ރިޔާ އަހަންނާ ވާހަކަދައްކަން ބޭނުންނުވެފައިވެސް ހުރެދާނެއެވެ. އެހެންވެ އަހަރެން އަޅައެއް ނުލަމެވެ.

އަހަންނަށް ރިޔާ ފެނުނީ އެދުވަހު އިރުއޮއްސޭއިރު ޓިއުޝަނަށް ގޮސް އިންދައެވެ. ރިޔާ ފެނުނުތަނާ އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުވިކަން އަހަންނަށް ފާހަގަކުރެވުނެވެ. ރިޔާވެސް އިނީ ދެރަވެފައެވެ. ރިޔާގެ މޫނުމަތިން އެކަން ފާޅުވޭވެ ހުއްޓެވެ.

އެހެންނަމަވެސް ރިޔާ ހީކުރަނީ ކީކޭކަން ނޭނގޭތީ އަހަންނަށް ރިޔާއާ އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަހަރެން ގޮސް އިށީނދުނީވެސް ރިޔާއާ ދުރުގައެވެ. އަހަރެން އެވަރަށް ރިޔާއަކަށް ނުބަލަމެވެ. އެކަމަކު ރިޔާ އަހަންނަށް ބަލާލައެވެ.

އެރޭ ގެއަށްގޮސްފައި އޮންލައިންވި ތަނާ ރިޔާ އަހަންނާ އޮންލައިންއިން ވާހަކަދައްކަން ފެއްޓިއެވެ.

” ޒާރާ.. އަހަރެން އޭތި ކިޔައިފިން.. އެ ކިޔާފަ އަހަރެން ވަރަށް ދެރަވެއްޖެ.. ” ރިޔާ ބުނެލިއެވެ. “އޭތި ވީދާލާފަ އެއްލާލައިފިންތަ؟ ” އަހަންނަށް ކުރެވުނީ ސުވާލެކެވެ.

” އާނ.. އަހަރެން އޭތި ކިޔާފަ ވީދާފަ ލައިފިން ޑަސްބިނަށް.. ޒާރާ.. މިހުރިހާ ދުވަހު އަހަރެން ހީކުރީ ޒާރާ ބައްޕަ ޒާރާއަށް ވަރަށް ރަނގަޅުކަމަށް.. ” އަހަރެންގެ ބައްޕަގެ ހަގީގަތް އެނގުމުން ރިޔާ ބުނެލިއެވެ.

” ހުމްމް.. އެއީ މީހުންނަށް ހީވެފަ އޮންނަގޮތް.. ” އަހަރެން އެއަށް ޖަވާބުދިނީމެވެ.

” ޒާރާ.. ހިނގާ ޕޮލިސް ސްޓޭޝަނަށް ގޮއްސަ ބުނަން.. އަހަރެން ގޮސްފާނަން ޒާާރާއާއެކު.. އެއްވެސް އިތުރު މީހަކަށް އެނގޭތަ؟ ” ރިޔާ ހުރީ އަހަންނަށް އެހީވެދޭން ތައްޔާރަށެވެ.

” އިތުރު މީހަކަށް ނޭނގޭނެ.. އަހަންނަކަށް ނުކެރޭނެ ޕޮލިސް ސްޓޭޝަނަށް ދާކަށް.. އެހެން މީހުން ގަބޫލްކުރާނެ ކަމެއްވެސް ނޭނގެއެއްނު.. އަހަރެން ވަރަށް ބިރުގަނޭ.. ބައްޕައަށް އެނގިއްޖިއްޔާ އަހަންނަށް ކޮންމެ ގޮތެއްވެސް ހަދާފާނެ.. މަންމައަށްވެސް ކޮންމެ ގޮތެއްވެސް ހަދާފާނެ.. ހެއްކެއްވެސް ނެތޭ.. ބައްޕައެއް ނުވާނެ އެއްބަހެއް.. އޭރަށް އެންމެން ދިމާކޮށްލަފާނެ އެއްނު އަހަންނާ.. އެމީހުން ގަބޫލްވެސް ނުކޮށްފާނެ.. ޕޮލިހުންގެ ޕްރޮސެސް އޮންނަނީ ކިހިނެއް ކަމެއްވެސް އަހަރެމެންނަކަށް ނޭނގެއެއްނު.. އަހަރެން ބުނާ އެއްޗަކަށް ހެކި ނުލިބިއްޖިއްޔާ.. އަހަރެންވެސް ކުށްވެރިވެސް ވެދާނެއެއްނު.. އޭރަށް ދެން އަހަންނަށް މާނުރައްކާވާނެ.. އޭރަށް ބައްޕައަށް ޕޮލިސް ސްޓޭޝަނަށް ދިޔަކަންވެސް އިނގުނީ..” ރިޔާ އެހެންބުނުމުން އަހަރެން ވަރަށް ހާސްވިއެވެ.

ޕޮލިހުން އެކަންތައް ގެންދަނީ ކިހިނެއް ކަމެއް ހަގީގަތުގައި އަހަންނަކަށް ނޭނގެއެވެ. އެހެންވެ  ރިޔާ އަހަރެން ގޮވައިގެން ގޮސްދާނެތީ އެކަމާވެސް އަހަރެން ވަރަށް ބިރުގަތެވެ.

އެހެން ހުއްޓަކަސް ބައްޕައަކީ ވަރަށް އަނިޔާވެރިވެސް މީހެކެވެ. ރުޅިއައިސްގެން ޒުވާބުކުރާ ފަހަރު ފަހަރުގައިވެސް މަންމަގެ ގައިގަ ޖަހާފާނެއެވެ. ނޫނީ ކަރުގައިވެސް ހިފާފާނެއެވެ. އެކަހަލަ މަންޒަރުތައް ފެނިފެނިވެސް އަހަރެންގެ ބިރުގަތުންވީ އިތުރެވެ.

މަންމަވެސް ބައެއްފަހަރު އަހަންނާ ދިމާއަށް ވަރަށް ދެރަވާކަހަލަ އެއްޗިހި ބުނެލާނެއެވެ. އެކަމާވެސް އަހަރެން ވަރަށް ދެރަވިއެވެ.

” ޒާރާމެންނަށް ދެން ދަރިން ލިބުނީމާ އުނދަގޫ ކުރާނީ މަށަށް.. މަ ބަލިކުރަން.. މަށަކަށް ޒާރާގެ ދަރިންނެއް ނުބެލޭނެ.. ” އެއީ މަންމަ އެއްދުވަހަކު އެހެންހުރެލާފައި ރުޅިއައިސްގެން އަހަންނާ ދިމާއަށް ބުނެލި ބަސްތަކެކެވެ.

އެކަމާ އަހަރެން ދެރަވި މިންވަރެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. މިއުޅެނީ އަދި މީހަކާވެސް ނުއިނދެއެވެ. އަދި ދަރިއަކު ލިބޭނީ ކޮންދުވަހަކުން ހެއްޔެވެ؟

އެކަމަކު މަންމަ އެހެންބުނީތީ އަހަރެންގެ އެއްވެސް ދަރިއެއްގެ ކަމެއް ކުރަން މަންމައަށް ނުޖެއްސެވުމަށް އަހަރެން ދުއާ ކުރީމެވެ. އަހަރެންގެ ދަރީންގެ ހުރިހާކަމެއްވެސް އަހަންނަށް ކުރެވޭނެ ކުޅަދާނަކަން ދެއްވުމަށްވެސް އަހަރެން ދުއާ ކުރީމެވެ.

މަންމަ ނުރުހޭއިރުގައި މަންމައަށް އެފަދަކަމެއް ޖެހޭކަށް އަހަރެން ބޭނުމެއްވެސް ނޫނެވެ. އޭރަށް ހުރިހާ ރުޅިއެއް އަމާޒުވާނީ އަހަންނާ އަހަރެންގެ ދަރިންނަށެވެ. ނޫނީ ފިރިމީހާއަށެވެ.

އެކަމަކު ދެރަވެގެންގޮސް މަންމަ އެހެންބުނިވާހަކަ އަހަންނަށް އާހިލް ގާތުގައި ބުނެވުނެވެ. އެކަމާ އެހާވަރަށް ނުވިސްނާށޭ ބުނެ އާހިލް އަހަންނަށް ހިތްވަރުދިނެވެ. އާހިލް ހިތްވަރު ދިނީތީ އަހަރެން ހިތްހަމަ ޖެހުނެވެ.

” އެކަމަކު ޒާރާ.. ތިހެން ނުބުނެ ހުއްޓާ ރޭޕްވެސް ކޮށްފާނެއެއްނު.. އޭރަށް މާ ދެރަވާނެ.. އަހަރެން ޒާރާއާމެދު ވިސްނާތީ މިބުނީ މިހެން..” ޕޮލިސް ސްޓޭޝަނަށް ދާން އެއްބަސްނުވުމުން ރިޔާހުރީ ކަންބޮޑުވެފައެވެ.

” މަންމަ އޮއްވާ ރޭޕްކުރާކަށް ނުކެރޭނެ.. އޭރަށް  އެގަޑީގައި މަންމައަށްވެސް ހޭލެވޭނެއެއްނު.. ބައްޕައެއް ބޭނުމެއްނުވާނެ މަންމައަށް އެނގޭފަދަ  ކަމެއް ކުރާކަށް.. މަންމަ އޮއްވާ ރޭޕްކުރާނެނަމަ މިހާރު ކޮށްފީީސް.. އެކަހަލަ ކަމެއްވެއްޖިއްޔާ ބައްޕަވެސް ލަދުގަންނަންވެސް ޖެހޭނެއެއްނު.. އަހަރެން ބަނޑުބޮޑުވީމަ.. ބައްޕަ ބޭނުންވާނީ އަސްލު މަތި އޮމާންކޮށްގެން މިކަންތައް އަބަދުވެސް ކުރިއަށް ގެންދެވޭނެ ގޮތެއްހަދަން.. ” އެކަން އަަހަންނަށް ވިސްނިފަަަަައިވާ ގޮޮޮޮޮތަކަށް އަހަރެން ރިިިޔާ ގާާާާާާާތުގައި ބުނީމެެެވެ.

” އެކަމަކު ދެން އެކަހަލަކަމެއް ކުރަން އުޅެފިއްޔާ ޕޮލިސް ސްޓޭޝަނަށް ދާން އަހަރެންވެސް އެއްބަސް.. ބައްޕައަށް ހައްގު އަދަބުދޭން އަހަރެންވެސް ބޭނުން.. އެކަމަކު އަދި އަހަރެމެންނަށްވެސް ހަދަންވީގޮތް އަސްލު ނޭނގެއެއްނު.. އަހަންނަކަށް ނޭނގޭ ޕޮލިހުގައި އުޅޭ އަހަންނަށް އިތުބާރު ކުރެވޭ މީހެއްވެސް.. ފުރަތަމަ އަހަރެން ބޭނުމީ އެމީހުން އަހަންނަށް އެހީވެދޭނީ ކިހިނެއްތޯ ބަލަން.. އެކަމަކު އެޔެއް ވެސް އެނގޭނީ އެތަނުން މީހެއް ގާތުގައި އަހައިގެންތާ.. އެހެން އަހާއިރަށް ވީ ކިހިނެއްތޯ އެމީހުން އަހާނެ.. އޭރަށް ޖެހޭނީ ކިޔާދޭން.. ނުކިޔާދިނަސް ވެގެން އުޅެނީ އެކަހަލަ ކަމެއްކަން އެމީހުންނަށް އިނގޭނެ.. އެމީހުން ތިބޭނީ އެގޮތަށް ޓްރެއިނިންގް ކޮށްފައި. އިތުރު އެއްޗެއް ނޭނގުނަސް އަހަންނަށް އެކަން އެނގޭ.. ރިޔާ ފްރެންޑެއް ނޫޅޭތަ ޕޮލިހުގައެއް؟” އެހެންބުނެފަަައި އަހަރެން ރިޔާ ގާާާާާާާާތުގައި އަހާާާލީމެެެވެ.

” އާނ.. އަހަރެން ދަންނަ މީހެއް ނޫޅޭ.. ” ރިޔާ ވިސްނާލާފައި ބުނެލިއެވެ.

” ރިޔާ ކޮންމެސް ކޮންމެސް މީހެއް ގާތުގައި މިވާހަކަ އެހަށް ނުދައްކައްޗޭ.. ޕޮލިހުގައި އުޅޭ ތަންކޮޅެއް  އަހަރެމެންނަށް އިތުބާރުކުރެވޭ މީހަކު ހޯދަންޖެހޭނީ.. ރިޔާ ތިހީކުރާ ވަރަށްވުރެ ނުރައްކާ ކަމެއް މިއީ.. ބައްޕަ އަހަންނާ ބެހޭ ކަަަންތައް.. އެއީ އެންމެކަމެއް.. އެކަމަކު ބަަަަަައްޕައަކީ އެެެެެހެންްްްކަންތައްވެެެސް ކުރާ މީހެއް.. ރިޔާއަށް އަަަދި ތިިިިިިިއެނގެނީ ބަަައްޕަގެ އެެެންމެ ސަަައިޑެއް.. އަދިވެެެެސް އިތުރު ސައިޑްސް އެބަހުރި.. އެވާހަކަތައްވެސް ރިޔާއަށް އަދި ކިޔައިދޭނަން.. ” ރިޔާއަށް އެވާހަކަތައް ވެސް ކިޔާދޭން އަހަރެން ނިންމީމެވެ.

ބައްޕަގެ ވާހަކަތައް ހަގީގަތުގައި ރިޔާއަށް ކިޔާދެވުނީ ބައްޕަ އަމިއްލައަށް އެކަންތައް ކުރުން ހުއްޓާލި ފަހުންނެވެ. ލިޔެގެންވެސް ކިރިޔާވެސް ބުނަން ހިތްވަރެއް ލިބުނީ އެދުވަސްކޮޅުއެވެ.

އެހެންނަމަވެސް އެކަންތައް ކުރުން ހުއްޓާލީއެކޭ ކިޔާފައި އަހަރެން ބައްޕައަކަށް އިތުބާރެއްވެސް ނުކުރަމެވެ. އަހަރެން އަބަދުވެސް ފަހުންވެސް ބަލަނީ ބައްޕައާ ދުރުގައި ހުރެވޭތޯއެވެ.

ހަގީގަތުގައި ބައްޕަ ވަރަށް ކުރީއްސުރެ އަހަރެންނާއި ބެެހެއެވެ. އަހަރެން ކުޑަކަމުން އަހަރެންނަށް ނޭނގެނީއެވެ. އަހަރެން ބުނެވޭނީ ގްރޭޑް 6 އަކުން ފެށިގެން ބައްޕަ އަހަންނާ ބެހޭކަމުގައެވެ. އެއީ އެކަމުގެ އެންމެ ކުރީގެ ހަނދާންތައް އަންނަން ފަށަނީ އެއަހަރުން ފެށިގެން ކަމަށް ވާތީއެވެ.

އެއީ އެކަހަލަ ކަމެއްކަން ނޭނގޭއިރު އަހަންނަށް ހުރެވެނީ އަހަރެންގެ ހަށިގަނޑު ބައްޕައަށް ދީގެންނެވެ. އޭރަކު އަހަންނަށް އުނދަގުލެއްވެސް ނުވެއެވެ. އަހަރެން އޭރު އަބަދުވެސް އުޅެނީ ކިޔެވުމާގެންނެވެ. އެހެން ކަމެއްގެ މަތިން އަހަރެން ހަނދާންވެސް ނުހުރެއެވެ.

އަހަރެން އެބަ ހަނދާނެއް ވެއެވެ. އެއްދުވަހަކު ބައްޕަ އަހަރެންގެ ހަށިގަނޑާ ދިމާއަށް ގުދުވެގެން އޮއްވައެވެ. އޭރަކު އަހަރެންގެ ގަޔަކު ހަރުވާޅެއްވެސް ނެތެވެ. އެކަމަކު އިތުރަށް އެކަމާ ބެހޭ އެއްޗެއް އަހަރެން ހަނދާނެއް ނެތެވެ.

އަދިވެސް އެހެން ދުވަހެކެވެ. ހަމަ ކުރީގެ ހަނދާނެކެވެ. ” މަންމާ .. ބައްޕަ ޒާރާގެ..” އަހަރެން ދެން އޮތްބައި ބުނަންވާއިރަށް މަންމަ ފާހާނާއަށް ވަދެއްޖެއެވެ. “މިތަނާ ކުޅެނީ”  އެބައި މަންމަ އަކަށް ނީވުނެވެ.

އެދުވަހު އަހަރެން އެހެން ބުނީ ބައްޕަވެސް އަހަރެންގެ ގާތުގައި އިންދައެވެ. ” ޒާރާ.. އެކަހަލަ  ވާހަކަ މަންމަ ގާތުގައި ނުދައްކާނެ އިނގޭ..” އެހެން އަހަންނަށް ބުނެވޭއިރަށް ބައްޕަ އަހަރެން ގާތުގައި ބުނެލިއެވެ.

ބައްޕަ އެހެން އަހަރެން ގާތުގައި ބުނީ ވަރަށް ރީތިކޮށެވެ. އިންޒާރުދޭފަދަ ގޮތަކަށް ވެސް ނޫނެވެ. އަދި ބައްޕައަކީ ބައްޕައަށް ވީތީވެސް އަހަރެން އެވާހަކަ ގަބޫލްކުރީމެވެ.

އަހަންނަށް އެވާހަކަ މަންމަ ގާތުގައި ބުނެވެން އުޅުނީ އަހަރެންގެ އަނގަގަދަ ކަމުންނެވެ. އޭރު އަހަންނަށް އެއްވެސް އުނދަގުލެއްވެސް ނުވެއެވެ. އެކަމަކު އުމުރުން ވަރަށް ކުޑަކަމުން އަހަރެން ވަރަށް އަނގަގަދަ ވާނެއެވެ.

އެއްދުވަހަކު އަހަރެން ކުޑައިރު ޕާޓީއަކަށް ދާންވެގެން ރީތިވާން ހުއްޓާވެސް ބައްޕަ އައެވެ. ޒާރާ ހާދަ ރީއްޗޭދޯ ބައްޕަ ބުނެލިއެވެ. ބައްޕަ އަހަރެން ރީއްޗޭ ބުނުމުން އަހަރެން އުފާވިއެވެ. އަހަރެން ހިނިތުންވެލީމެވެ.

އޭރު އަހަންނަށް ބައްޕަގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ. އެކަމަކު މިހާރު އެގިއްޖެއެވެ. އޭރުވެސް ބައްޕަ އަހަންނަށް ބެލީ ދަހިވެތި ނަޒަރަކުންނެވެ.

އޭރުވެސް ނިދާގަޑީގައި ބައްޕަ އަހަރެން ލައިގެން ހުންނަ ހެދުމުގެ ގޮށްތަށް ނައްޓުވައިގެން ހަށިގަނޑުގެ އެތަން މިތަނަށް ބޮސްދެއެވެ. އޭރުވެސް އަހަރެން ނިދަނީ ބައްޕަ ގާތުގައެވެ.

އަހަންނަށް ބައްޕަކުރާ ކަންތައް އަސްލު އެނގުނީ ގުރޭޑް 8 ނިމެން އުޅެނިކޮށެވެ. އެކަންތައް އެނގުމުން އެހެންކުދިން ފަދައިން އަހަރެންވެސް މަރުވާ ހިތްވިއެވެ.

ދުނިޔޭގައި ހުރުމަކީ ބޮޑު ވޭނެއްހެން ސިފަވާން ފެށިއެވެ. އަހަންނަކީ ވަރަށް ނަޖިސްވެފައިވާ މީހެއްކަމުގައި ހީކުރެވެން ފެށިއެވެ. އަހަންނަކީ މަންމައަށް ޖެހިފައިވާ އުނދަގުލެއް ކަމުގައި ހީކުރެވެން ފެށުނެވެ. އަހަންނަށް ނުކިޔެވޭތީ އަހަންނަކީ އެއްވެސް ބޭނުމެއް ނުހިފޭނެ މީހެއް ކަމުގައި ހީކުރެވެން ފެށުނެވެ. އަހަންނަކީ މީހުން ގެންގުޅޭ ކުޅޭކުޅޭ ބުދެއްފަދަ އެއްޗެއްހެން ހީވާންފެށިއެވެ.

އަހަންނަކީ ބައްޕަގެ ދަރިއެއް ކަމާމެދުވެސް ޝައްކުއުފެދުނެވެ. އަނެއްކާ އުފަންވި ގަޑީގައި އަހަރެން ބަދަލުކުރީ ނޫން ބާއޭވެސް ހިތަންއަރަންފެށިއެވެ. އެހެންނޫނީ ބައްޕަ އަހަންނަށް އެވަރުގެ ބޮޑު ގެއްލުމެއް އެ ދެނީ ކީއްވެގެން ބާއޭ ހިތަށް އަރަންފެށިއެވެ. އަމިއްލަ ދަރިއަކަށް މީހަކު އެހެން ހަދާފާނެ ހެއްޔެވެ؟ އަހަރެންގެ ހިތުގައި އެސުވާލުވެސް އުފެދުނެވެ.

އަހަރެން ވަރަށް ބުރުސޫރަ ހަޑި މީހަކަށް ބަދަލުވާނެ ނަމައޭވެސް ހިތަށް އެރިއެވެ. ގައިމުވެސް އޭރުން ބައްޕައެއް އަހަރެންގެ ހަށިގަނޑަށް ދަހިވެއްޗެއް ނުވާނެތާއެވެ.

މޭކަޕްކުރުމުގެ ކަންތައްވެސް އަހަރެން އެއްކޮށް ހުއްޓާލީމެވެ. އެންމެ ކުޑަމިނުން ތުންފަތުގައި ލިޕްސްޓިކް ކޮޅެއްވެސް ނުކާއްތަމެވެ. އެކަންދެކެ މިހާރު އަހަރެން ވަރަށް ފޫހިވެއްޖެއެވެ. ރީތިވާ ހިިިތްވެސް ކެނޑިިިއްޖެެެެެއެވެ.

ކުރީގައި އަހަރެން މޭކަޕްކޮށް އުޅެމެވެ. އޭރުގައިވެސް އަހަރެން އެކަން ކުރަނީ ކޮންމެހެން މީހަކަށް ދައްކާކަށް ނޫނެވެ. ފިރިހެން ކުދިންނަށް ފޮނިދައްކާކަށް ނޫނެވެ. އެއީ އަހަރެންގެ އަމިއްލަ އުފަލަށްޓަކައި އަހަރެން ކުރާ ކަމެކެވެ.

” ޒާރާ ލިޕްސްޓިކް ނުޖެއްސިއަސް ވަރަށް ރީތި.. އަހަންނަށް ރީތީވެސް ޒާރާ ލިޕްސްޓިކް ނުޖައްސާ ހުންނައިރު ހުންނަގޮތް.. ” އެއީ އާހިލް އަހަންނާ ދިމާއަށް ބުނެފައިވާ ވާހަކަތަކެވެ.

ލޯތްބަކީ ކޮންއެއްޗެއްކަން އަހަރެންނަށް ދަސްކޮށްދިނީ އާހިލްއެވެ. ބައްޕަ އަހަންނާމެދު ކަންތައްކުރާގޮތް އަހަންނަށް ވިސްނުމުން އާހިލް ނޫން އެހެން ހުރިހާ ފިރިހެން ކުދިންދެކެ އަހަރެން ބިރުގަންނަންވެސް ފެށިއެވެ.

އަހަރެން އެވާހަކަ އާހިލްއަށް ކިޔާދޭހިތްވިއެވެ. އެކަމަކުވެސް އަހަރެމެންގެ މެދުގައި މައްސަލަވެސް ޖެހެއެވެ. އެހެންވެ ބައްދަލު ކުރަން އޮންނަ ދުވަސްދުވަހުގައި އަހަރެން އެވާހަކަ ދައްކާހިތެއް ނުވެއެވެ.

އާހިލްއާ އެގޮތަށް ބައްދަލުކޮށް އުޅޭ ކޮންމެ ވަގުތުކޮޅަކީ އުފާވެރި ވަގުތުކޮޅަކަށް ވާން އަހަރެން ބޭނުންވިއެވެ. އަހަރެން ބޭނުންވީ އަބަދުވެސް އާހިލް ގާތުގައި ހުންނާށެވެ. އަހަންނަށް ލިބޭ ހަމައެކަނި އުފަލަކީވެސް އެއީއެވެ.

ބައްޕައަކު ކޮށްގެން ނުވާނެ ކަންތައްތައްވެސް އަހަންނަށް ދަސްވީ އާހިލްއާ ރައްޓެހިވެގެން އުޅެން ފެށިފަހުންނެވެ. އާހިލް އަހަރެންގެ ތުންފަތަށް ބޮސްދިނަސް ބައްޕައަށް އެކަން އަސްލު ނުކުރެވޭނެކަން އަހަންނަށް ދަސްވީ އޭރުއެވެ.

އެކަހަލަ ކުދިކުދި މައުލޫމާތެއްވެސް އަހަންނަކަށް ކުރިއަކު ނުވެސް އެނގެއެވެ. އަހަރެންގެ އަނގަގަދަ ކަމުން މަންމަވެސް އެކަހަލަ އެއްޗިއްސެއް އަހަންނަކަށް ނުކިޔާދެއެވެ.

ކުޑައިރު މަންމަ ބުނާނީ މީހަކު ގައިގަ އަތްލިޔަނުދެއްޗެވެ. އަތްލިއްޔާ މަންމަގާތުގައި ބުނައްޗެވެ. އެހެންނެވެ. އިތުރު އެއްވެސް އެއްޗެއް މަންމަ ކިޔައެއް ނުދެއެވެ.

އަހަރެންވެސް ދާތާކަށް ގޮސްފައި އައިސް މީހަކު އަތްލިއްޔާ އަތްލި ވާހަކަ ބުނަމެވެ. ދެން މަންމަ އަހާނީ އަތްލީ ކޮންތަންތާކުތޯއެވެ.

އަހަރެން ގައިގަ އަތްލަނީ ކުޅެން އުޅޭއިރުގައި އަހަންނާ އެކީ ކުޅެން އުޅޭ ކުދިންނެވެ. އަހަންނަށް އެއްވެސް އެހެން މީހެއްގެ ފުށުން އެކަހަލަ ކަމެއް ނުވެއެވެ. ކުޅެން އުޅޭ ކުދިން ކުޑަކަމުން އަހަރެން ގައިގަ އެހެން އަތްލާ ހަދާނެއެވެ. މަންމައަށްވެސް އެކަން އެނގެއެވެ. އެހެންވެ މަންމަ އަޅައެއް ނުލައެވެ.

އެއްވެސް މީހަކު އަތްލިޔަ ނުދެއްޗޭ ބުނާތީ ބައްޕަ އަތްލައިގެން ހުންނަ ގަޑީގައި އަހަރެން މަންމައަށް ބަލާލަމެވެ. މަންމަ އެއްޗެއް ބުނޭތޯއެވެ. އެކަމަކު މަންމަ ދާނީ ހީލާފައެވެ. އެންމެފަހަރަކުވެސް އަތްލިޔަ ނުދޭށެކޭ ނުބުނާނެއެވެ.

އެހެންވެ އަހަރެން ހީކުރީ ބައްޕައަށް އެކިގޮތްގޮތަށް އަތްލަން ހުއްދަވާނެ ކަމުގައެވެ. އަދި ބައްޕަ އަތްލަން އުޅޭއިރުން އަހަރެން އަމިއްލައަށް ވެސް ދައްކަން ވާނެކަމުގައެވެ. ބައްޕަ ނުބުނި ކަމުގައިވިއަސް އަހަރެން އަމިިއްލައަށް ބައްޕަގެ އިހްސާސްތައް ދަނެގެން ބައްޕައަށް އަހަރެންގެ އަމިއްލައަށްވެސް ހަށިގަނޑު ދައްކަން ވާނެކަމުގައެވެ. އެެހެންނޫނީ ބައްޕަގެ ބަސް ނޭހީކަމުގައި ވާނެކަމުގައެވެ. އެހެންވެ އަހަރެންނަށް ހީވެފައިވާ ގޮތަށް އަހަރެން އަަަމަލުކުރީމެވެ.

މަންމަ ނޫޅޭއިރުގައި ބައްޕަ ބައެއްފަހަރު ކޮޓަރިވެސް ތަޅުލާނެއެވެ. އަދި މީހަކު ދޮރުގައި ޖަހާފިނަމަ އަވަހަށް އަހަރެންގެ ހެދުންވެސް ރީތިކޮށް ދީފައި ދޮރު ހުޅުވާނެއެވެ.

ދޮރު ހުޅުވާފައި ކުރިމަތީ ފެންނަން ހުރި މީހާ ގާތުގައިވެސް ބައްޕަ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާނެއެވެ.

އެހެންވެ އަހަރެންވެސް ހީކުރީ އަހަރެންވެސް އަމަލުކުރަން ޖެހޭނީ އެހެން ކަމުގައެވެ. ބައްޕަގެ ބަސްއަހާ ކުއްޖަކަށް ވާނީ އޭރުންކަމުގައެވެ.

އެހެންވެ އަހަރެން ބައްޕަ ގާާތަށް ދަމުން ކޮޓަރިން އެތެރެއަށް ވަދެ ތަޅުލަމެވެ. އަދި ދޮރުގައި ޖަހާނަމަ ހެދުން އަމިއްލައަށް ރީތިކޮށްލަމެވެ. އަދި ދެން ހުންނަ މީހެއް ގާތުގައި އެކަހަލަ އެއްވެސް ވާހަކައެއްވެސް ނުދައްކަމެވެ. ގުރޭޑް 6 އަކުން ފެށިގެން ގުރޭޑް 8 ނިމެންދެންވެސް އަހަރެން އުޅުނީ އެހެންނެވެ.

އެއީ އަހަންނަށް އެރި ކިހާބޮޑު އޮޅުމެއްކަން ވިސްނުނީ އަހަންނަށް ހަގީގަތް އެނގުނީމައެވެ. އެކަމާ މިހާރު އަހަރެން ހާދަ ހިތާމައެއް ކުރަމެވެ.

ކޮންމެ ދުވަހަކު އެތައްފަހަރަކު ބައްޕަ އެއުފާތަށް އަހަރެންގެ ކިބައިން ހޯދިއެވެ. އެވެސް ކިތަށް އަހަރުދުވަސްވަންދެން ހެއްޔެވެ.

ހަގީގަތް ފުރަތަމަ އެނގުމުން އަހަރެންގެ ބޯހާސްވެ އަހަރެން މޮޔަވާވަރުވިއެވެ. ބައްޕަ އަހަރެންގެ ކިބައިން އެ ފޭރިގަތީ ހަމައެކަނި އަހަރެންގެ ވާންހުރި ފިރިއަކަށް ހުރި ހައްގުތަކެކެވެ.

ހަލާލު ފިރިމީހާއަށް ނޫނީ އަހަރެންގެ ކިބައިން އެފަދަ އުފާތަކެއް އެއްވެސް މީހަކަށް ލިބިގަތުމުގެ ހުއްދައެއް ނޯންނާނެ ކަން އެނގުނު ދުވަހު އަހަރެން ހިތާމަކުރި މިންވަރެއްވެސް އެއްވެސް މީހަކަށް ނޭނގޭނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ކުރިން އެނގުނުނަމަ (ސަތާރަވަނަ ބައި)

Next

ތިޔަ އަސަރު 21

Next
February 3, 2018

ތިޔަ އަސަރު 21

Previews
February 3, 2018

ކުރިން އެނގުނުނަމަ (ސަތާރަވަނަ ބައި)

10 Comments!

  1. mishy says:
    February 3, 2018 at 3:40 pm

    ♥♥♥♥♥♥♡♡♡♡♡♡
    ★★★★★★☆☆☆☆☆☆

  2. Shuhu says:
    February 3, 2018 at 3:48 pm

    Nice story

    1. Crystal says:
      February 3, 2018 at 5:21 pm

      Thankyou shuhu ☺???

  3. Icy♡ says:
    February 3, 2018 at 4:01 pm

    Nice
    ♡☆

  4. Aish says:
    February 3, 2018 at 4:24 pm

    Nice

  5. Crystal says:
    February 3, 2018 at 5:12 pm

    Thankyou mishy.. icy & Aish ☺???

  6. Yulia says:
    February 3, 2018 at 6:16 pm

    Story writer is a girl ?!

    1. Crystal says:
      February 3, 2018 at 6:50 pm

      Yeah Yulia I’m a girl..

  7. Zaaraa says:
    February 3, 2018 at 8:50 pm

    Good work ?? waiting for next part ????

    1. Crystal says:
      February 3, 2018 at 11:54 pm

      Thankyou zaara ☺???

Comments are closed.

Next Episodeޒާރާ (19)←


All Right Reserved!