Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (27)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 4, 2018 10 Mins Read
48 Comments

އަދި އަމްދުން ހިތުގެ ޑޮކްޓަރަކަށް ދައްކާނީ ހާދަ ސީރިއަސް ކަމަކަށް ވީމައެވެ. މައިލީން ދޭނެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް ޔުއާން އިނެވެ.

އޭރު އޭނާގެ ހިތުގެ ތެޅުން އަވަސްވެފައި ވިއެވެ. ނޭވާ ކުރުވެފައިވިއެވެ. ފިރިހެނަކަށް ވިޔަސް މުޅި މީހާގެ ނަފްސް ފިނިވެ ހާއްވެފައި ވެއެވެ. ފިޑިކަން އެވަގުތު އިހްސާސްވިއެވެ.

ހަމަ އެއާއެކު ޔުއާން އިނުމުން މައިލީން އިނީ އެ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެހެންނަމަވެސް އޭނާ ދެން ބުނަން އުޅޭ ވާހަކަކައިން ޔުއާން ގެ މޫނުމައްޗަށް އަރާނެ ކުލަވަރު އޭނާ އަށް ވަޒަން ކޮއްލަން ނޭގުމުން އެ ކުލަވަރު ދެނެގަތުމަށް ކުރު ޖަވާބެއް ދޭން އޭނާ ބޭނުންވިއެވެ.

“ރަނގަޅެއްނޫން” މައިލީން ބުނެލިއެވެ. ލާވިޔާ ތަފްސީލް ބޭނުންވިއެވެ. އެއާއެކު މައިލީން ބަލާލީ ޔުއާން އަށެވެ. ދެން ލާވިޔާއަށެވެ. ލޮލުގެ އެ އިޝާރާތުން މައިލީން އެ ބުނަމުންދާ ވާހަކައިން ލާވިޔާ އަށް ވެސް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. “ޑޯންޓް ވޮރީ މި ވާހަކަ ވާނީ ދެމީހުން ގެ ދޭތެރޭގެ ވާހަކަ އަކަށް. ފަހުން އެވާހަކަ ދައްކާލާނީ ދޯ” ލާވިޔާގެ ޖަވާބުން މައިލީން ހިންހަމަޖެހުނެވެ. އޭނާ އޭރު އިނީ ޔުއާން އަށް ބަލަހައްޓައިލައިގެންނެވެ. ޔުއާން ގެ މޫނުމަތިން ކެތް ތެރިކަން ކުޑަވެފައި ވާފަދަ އަސަރެއް އޭނާއަށް ފެނުނެވެ. ނޫނީ އެއީ ހީވި ހީވުމެއް ބާއެވެ.

އޭނާ އަނެއްކާވެސް ޔުއާން އަށް ނަޒަރެއް ދިނެވެ. ޔަޝްމް އާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވެފައި އިނެއްކަމަކު މި ގަޑީގައި ލާވިޔާ އާ ވެސް އެއްވެސް ސުވާލެއްކުރާކަށް ޔުއާން އަކަށް ނުކެރުނެވެ. އަދި ހަމައެއާއެކު ލާވިޔާ އެ ވާހަކަ އޭނާ ގާތުގައި ބުނާނެ ކަމާމެދު ވެސް ހިތުގައި ޝައްކު އުފެދުނެވެ. އޭނާ ގެ ހިތް ބާރަށް މިވަގުތު ތެޅެމުން އެ ދަނީ މައިލީން އެ ތަނުގައި އިނީމާ ކަމެއް ނޫނީ ޔަޝްމް ގެ ވާހަކަ އިނގުމަށް ކެތް މަދުވެފައި ހުރުމުން ކަމެއް ނޭގެއެވެ. އެ ހިތް ނުތަނަވަސްވެ ހާސްވެ ވެފައިވަނީ އޭނާ އަށް ކަންތައް ކުރެވުނު ގޮތުންކަމެއް ނޫނީ ދެން އިނގެތް އޮތް ބޮޑު ހަބަރަކުން ކަމެއް ނޭގެއެވެ. ކަންބޮޑުވެފައި އެވަނީ ކީއްވެކަން ދެނެގަންނާން ހުދު އޭނާގެ ނަފްސަށް ވެސް ނޭގެއެވެ. އެތަކެއް އިހްސާސް ތަކެއްގެ ސަބަބުން މިއަދު އޭނާގެ ހިތަށް އެބަ ގޮތެއްވެއެވެ.

އެ ހިތް އެދޭގޮތް މި ވީހާދުވަހު އޭނާއަށް އޮޅިފައިވިއެވެ. އެކަމަކު މިހާރު ފުރަތަމަ ފަހަރަށް ޔުއާން އަށް އެއްޗެއް ވިސްނަދޭން އޭނާގެ އަމިއްލަ ހިތް އެބަ މަސައްކަތް ކުރެއެވެ.

އެވަގުތު ވެއިޓަރު އައުމުން އެމީހުން ގެންނަންވީ އެއްޗެއްސަށް އޯޑަރ ދިނެވެ. ޔުއާން ވެސް މައިލީން ވެސް މިހާރު އިނީ ކާކަހަލަ މޫޑެއްގަ އެއްނޫނެވެ. އެހެންނަމަވެސް އެމީހުން އެއްޗެހި އައުމާއެކު މަޑު މަޑުން ކެއުމަށް އިންސާފުކުރަމުންދިޔައެވެ. ގިނަ ވަގުތު ވާހަކަ ދެއްކީ ލާވިޔާއެވެ. ޔުއާން އާއި މައިލީން އެއްޗެކޭ ބުނެލަނީ މަދު ފަހަރަކުއެވެ. މައިލީން އެއްޗެކޭ ބުނެލާ ކޮންމެ ފަހަރަކު ވާހަކަ ދައްކަނީ ލާވިޔާއާއެވެ. ޔުއާން އަކީ އެތާ އިންނަ މީހަކަށް އޭނާ ހަދާނުލައެވެ.

ބެރޭކް ގަޑި ނިމެން ކާރި ވުމާއެކު ތިން މީހުން ވެސް ކައިގެން ތެދުވީ އަނެއްކާވެސް ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މަސައްކަތަށް ދިޔުމަށެވެ. ޔުއާން މެންނަށް ވުރެ އަވަހަށް މައިލިން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. ލާވިޔާ ޔުއާން ގެ ފަހަތުން ވާހަކަ ދައްކަމުން ކެންޓީނުން ނުކުތުމަށް ހިނގައިގަތް ތަނާ އެތަނުގައި އޮތް ކުޑަ ގާކޮޅަކަށް އަރައި ލާވިޔާ ވެއްޓެން ދިޔައެވެ. މަޑު ހަޅޭކެއް އޭނާގެ އަނގައިން ނުކުތުމާއެކު އޭނާ ހަޅޭއްލަވައިގަތެވެ. ދެލޯ މަރާ ތަގުޅި ކޮއްލަމުން އޭނާ ދެން ވާނެ ގޮތެއް ވާން ދޫކޮއްލައިގެން ހުއްޓެވެ.

އެހެންނަމަވެސް ބިންމައްޗަށް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ހިފައްޓާލިއެވެ.

ދެލޯ ހުޅުވާލިއިރު ޔުއާން އެވެ. އޭނާ ގެ ހިތަށް އެވަގުތު ވެފައިވާ ބިރުވެރިކަމުގެ މައްޗަށް އެހެން އިހްސާސްއެއް ވެރިވިއެވެ. އެވަގުތު ކޮޅުގައިވެސް އޭނާ ބޭނުންވީ ޔުއާން އާ ގާތް ވުމަށެވެ. އެހެންނަމަވެސް ޔުއާން އޭނާއަށް އެ ފުރުސަތެއް ނުދިނެވެ.

އޭނާ ވަގުތުން ލާވިޔާ ދުރުކޮއްލިއެވެ. އެވަގުތު އެތަނުގައި ހަރަކާތް ތެރިވަމުން ދިޔަ ޑޮކްޓަރުންނާ ނަރުހުން ގެ އިތުރުން އެހެނިހެން މީހުންގެ ނަޒަރުތައްވެސް ވަނީ އެ ދެމީހުންނަށް ހުއްޓިފައެވެ. އެއްބަޔަކު ދިމާކުރާ ވައްތަރަށް ބަލަން ތިއްބެވެ. އަނެއްބަޔަކު މަޑުމަޑުން ވާހަކައްކަމުން ދިޔައެވެ.

“އޯ މައި ގޯޑް… ހީރޯ ޓް ދި ރެސްކިއު” އެވަގުތު އެތަނުން ދިޔަ އަންހެން ކުއްޖަކު ބުނެލި ވާހަކައިން ލާވިޔާގެ ތުންފަތަށް ލަދުވެތި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކުރިއަށް އޮތްތަނުގައި ޔުއާން ވާނީ ހަމަ އޭނާގެ ހީރޯއަށޭ ހިތާ ހިތުން ބުނެވުނެވެ.

އޭނާވެސް ހަމައަކަށް އެޅިލަމުން ވަށައިގެން ބަލާލިއެވެ. “އަޅެ އަސްލަށްވެސް އަހަރެންގެ ހީރޯ އަށް ވާނެ ނަމަ ދޯ” ލާވިޔާ ތުއި ވެލަމުން ބުނެލިއެވެ. އެހެނަސް ޔުއާން އޭނާގެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހިނގައިގަތެވެ. އަނގައިގެ ތުން ކޮޅު އޫކޮއްލަމުން ލާވިޔާ ޔުއާން އާ އަރާ ހަމަކުރިއެވެ.

“ލާވިޔާ… އެ ކުއްޖާ އަކީ ކޮން ކަހަލަ ކުއްޖެއްތޯ؟ ތިކަހަލަ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަނީ އަނެއްކާ ވަރަށް ސީރިއަސް ކަމެއް ހުރީތަ؟ ޔުއާން ސުވާލުކޮއްލިއެވެ. އެއާއެކު ލާވިޔާ ދިނީ ލުއި ހިނިތުންވުމެކެވެ. އޭނާ ވަކި އެއްޗެކޭ ނުބުނެއެވެ. އެހެންނަމަވެސް ޔުއާން ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރުމުން އޭނާ އަށް ޖަވާބެއް ދޭން މަޖުބޫރުވިއެވެ.

“އަސްލު އެ ކުއްޖާ ފެނުނީމަ މިހެން މިބުނީ… ވަރަށް ތަފާތު ކުއްޖެއް” ޔުއާން ލާވިޔާ ބަލާލުމާއެކު އޭނާ ގެ ހާސްކަން ފޮރުވާލަމުން ބުނެލިއެވެ. “އާ… ވަރަށް ވަރަށް ތަފާތު ކުއްޖެއް އެއީ” ލާވިޔާ އެހެން ބުނެލާފައި ބަލާލިއިރު އޭނާގެ ތުންފަތް މަތީގައި މައުނަވީ ހިނިތުންވުމެއް ވިއެވެ.

“މައިލީން ބޭނުމެއްނޫން އެ ކަން އެއްވެސް މީހަކާ ޝެއާ ކުރާކަށް އެހެންވީމަ ޑޮކްޓަރަކަށް ވެ ހުރެ އަހަރެން ނަކަށް ނުކެރޭނެ އެކަން އެ ގޮތަށް ކުރާކަށް… ޕްލަސް ޔަޝްމް އަކީ އަހަރެން ވޯކް ކުރަން ފެށީރުއްސުރެ އަހަރެންގެ ޕޭޝެންޓެއް. ހުރުހާ ކަމެއްގަ ބަލިމީހާ އާ އަހަރެންނާ ދެމެދު އިތުބާރު އޮވޭ” ލާވިޔާ ފުން ނަޒަރެއް ޔުއާން އަށް ދިނުމަށްފަހު ޔުއާން އާ ވަކިވެގެން ހިނގައްޖެއެވެ. ޔުއާން ވެސް ދެން މިސްރާބުޖެހީ އަވަހަށް އޭނާއަށް ޑޮކްޓަރަށް ދައްކަން އައިފައި ތިބި ބަލިމީހުން ބަލަން ދިޔުމަށެވެ.

ޑިއުޓީ ނިމުނުއިރު ޔުއާން އިނީ ވަރަށް ވަރުބަލިވެފައެވެ. އެހެންކަމުން އޭނާ ދެން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ.

ޑިއުޓީ ނިންމާލާފައި ހޮސްޕިޓަލް ދޮރުމަތީގައި މައިލީން މަޑުކޮއްލައިގެން ހުރީ ފޯނެއްގައެވެ. “ކޮބާތަ؟” މައިލީން ސުވާލުކޮއްލިއެވެ.

“މިހުރީ ފަހަތުގަ” އެމީހަކު ފޯނުން އެހެން ބުނެލުމާއެކު މައިލީން ފަހަތަށް އެނބުރި ބަލާލިއެވެ.

“ސާބަސް ޒިލް” މައިލީން ބުނެލިއެވެ. އެއާއކު ޖަޒިލް އައިސް މައިލީން ކުރިމައްޗަށް ހުއްޓުނެވެ. އަދި ހީލިއެވެ. އޭނާގެ ހިތަށް ބާރު ނުފޯރުވެނީ ކީއްވެހެއްޔެވެ؟ މައިލީން ފެންނަ ކޮންމެ ފަހަރު އެ ހިތަށް ވެގެން ދަނީ ބުނެދޭން ނޭގޭ ގޮތެކެވެ. ކުރީދުވަހު ކަންތައް ވީގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަން ޖަޒިލް ބޭނުންވިޔަސް މައިލީން އެ ވާހަކަ ދައްކަން ބޭނުންނުވާތީ އޭނާ ވެސް ހުރީ އެކަމާ އަޅާނުލާށެވެ.

‘ކީއްކުރަންތަ ބައްދަލުކުރަން ބުނީ” މައިލީން އަހައިލިއެވެ. މައިލީން ނުފެންނަތާ ގިނަ ދުވަސްމީވަ” ޖަޒިލް ސިއްރުވެރިގޮތަކަށް ހިނިތުންވެލިއެއެވެ.

މައިލީން ވެ ހީލިއެވެ. “ދެން ބުނަންވީ” މައިލީން ޖަޒިލްގެ ބުރަކަށީގައި ބޮނޑިއެއް އަޅަމުން ބުނެލިއެވެ. “ދެން ހަމަ ލޯބިވާތީއޭ” ޖަޒިލް މަޖަލަކަށް ހަދާފައިވެސް ބުނީ އެ ހިތުގެ އަޑެވެ. އެ ހިތް އެދިގޮވަމުން ދިޔަ ވާހަކަ ބޭރުކޮއްލެވުނީ ސަމާސާ އެއް ގޮތަށެވެ. މައިލީން ލޯ އަލާލިއެވެ. އެވަގުތު ޖަޒިލް ހިނިތުންވެލިއެވެ. އެއްޗެއް ދޭން ވެގެނޭ” ޖަޒިލް ބުނެލިއެވެ. “ކޯންޗެއްތަ؟” ޖަޒިލް އޭނާގެ ވޮލެޓް ނަގާ ކޮންމެވެސް އެއްޗެއް މައިލީން އަށް ދިއްކޮއްލިއެވެ.

މައިލީން އެއަށް ބަލާލިއެވެ. އަދި ދެލޯ ބޮޑުކޮއްލަމުން ޖަޒިލް އަށް ބަލާލިއެވެ. “ވަޓް” އޭނާ ބުނެލިއެވެ.

“ޔެސް. ތީ ސްކޫލް ގަ އުޅުނު އިރު އިލީ ގެ ފޮޓޯއެއް. ދެން މެރީ ކުރީމަ ނުވާނެ އެއްނު ތި ގެންގުޅޭކަށް އެހެންމެ ކުރިން ދުވަހު ގެ ސާފުކުރަނިކޮއް ފެނުނީ… ގެއްލިފަ އޮއްވަ. ދެން ހިތަށް އެރީ ދޭނިއްޔޭ” ޖަޒިލް އޮޅުން ފިލުވައިދިނެވެ. އެހެނަސް އެވަގުތު އޭނާގެ ހިތުގައި ކޮންމެވެސް އެއްޗެއްވިއެވެ. އެއާއެކު ސިއްރުވެރި ހިނިތުންވުމެއް މައިލީން އަށް މިފަހަރުވެސް އޭނާ ހަދިޔާ ކޮއްލިއެވެ.

މައިލީން ގެ ފޯން އެ ވަގުތު ރިންގްވއެވެ. އޭނާ އެ ފޯން ނަގާ ވާހަކަ ދައްކަން ދައްކަމުން ޖަޒިލް އަށް އިޝާރާތް ކޮއްލީ ދާންވެއްޖެކަމުގައެވެ. ޖަޒިލް ވެސް ހުއްދަ ދިނުމުން އޭނާ އަވަސް އަވަހަށް މިސްރާބުޖެހިއެވެ. އެވަގުތު އޭނާ ގެ ދަބަސްތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓުނެވެ. ޖަޒިލް އެއަށް ބަލާލާފައި މައިލީން ދިޔަ ދިމާލަށް މިސްރާބުޖެހިއެވެ.

އޭނާ ދުވެލާފައި ދިޔަކަމުގައިވިޔަސް މައިލީން ޓެކްސީއަށް އަރާ ނައްޓާލިއެވެ. އޭނާ އެ ގަނޑުކޮޅަށް ބަލާލިއެވެ. މިރޭގެ ވަގުތެއްގައި އިންނަ ޑޮކްޓަރަކަށް ދެއްކުމަށް ހައްދާފައިވާ އެޕޮއިންޓްމެންޓް މެމޯ އެއް ކަމުން އޭނާ ކޮންމެހެންވެސް މައިޅިން އަށް އެ ދޭން ބޭނުންވިއެވެ.

ސައިކަލަށް އަރާ ދުއްވާލަމުން އޭނާ ޓެކްސީ ފަހަތުން މިސްރާބުޖެހިއެވެ. މައިލީން ޓެކްސީ މަޑުކޮއްލުމާއެކު ފޭބިއެވެ. އަދި ގެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު އޭނާގެ  ނަމުން މީހަކު އައިސް ގޮވާލިއެވެ.. ބަލާލިއިރު ހުރީ ޖަޒިލްއެވެ.

“އިލީ ބޭގުން ވެއްޓުނު އެއްޗެއް” ޖަޒިލް އެ ގަނޑު ކޮޅު ދިއްކޮއްލިއެވެ. އެވަގުތަކީ ޝާލީން އަށް އައިސް އެ ތަނަށް އަރާ ހަމަވިވަގުތެވެ. އޭނާ މިއަދު ސްކޫލް ޗުއްޓީގައި ހުރެފައި ބޭރަށް ނުކުތީ އާރަ އައުމުންޔަޝްމް އާރާ ގާތުގައި ބަހައްޓާފައި ފިހާރެއިން އެއްޗެއް ގަތުމަށެވެ.

މައިލީން ގާތަށް ހުއްޓިލަމުން އޭނާ ކައިރީގައި ހުރި ޒުވާނާއަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލީ ސްކޭން މެޝިނަކުން ސްކޭން އެއް ކޮއްލާ ފަދައަކުންނެވެ.

އޭރު އޭނާގެ އަތުގައި ދެތިން ކޮތަޅު އޮތެވެ. “އުމމމ… ފެނުނު ހަނދާނެއްވޭ؟” ޝާލީން ހަނދާން ކުރަމުންދިޔައެވެ. އޭނާ މޫނަށް ގޮތެއް ހަދާލަމުން ޖަޒިލް އަށް ބަލާލީ ކާކު ހޭ އަހާލާފަދަ ގޮތަކަށެވެ. އެވަގުތު ޖަޒިލް ގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. “ޖަޒިލް” ޖަޒިލް ބުނެލިއެވެ.

“ޖަޒިލް. ޖަޒިލް… އާ ޖަޒިލް ދޯ” ޝާލީން ކުއްލިއަކަށް ހަނދާން ވާފަދައަކުން ބުނެލިއެވެ. އޭނާ ދެން އަވަސް އަވަހަކަށް ސަލާމް ކޮއްލުމަށް އަތް ދިއްކޮއްލިއެވެ. “ކީކުރަނީތަ” ޝާލީން އަހާލިއެވެ. ޖަޒިލް ކުޑަ ގޮތަކަށް ވީ ގޮތް އޮޅުން ފިލުވައި ދިނުމާއެކު ޝާލީން ޝުކުރުވެރިވިއެވެ. އަދި އެ ގެނެސްދިނީތީ ޝުކުރުވެރިވިއެވެ. ނޫނީ ޑޮކްޓަރަށް މިރޭ ނުދެއްކޭނޭ ކަމުގައި އޭނާ ބުނެލިއެވެ.

“ދެން ކޮންމެވެސް އެއްޗެއް ކާލައިގެނެއް ނޫން ދާންވާނީ. އާދޭ” ޝާލީން ޖަޒިލް އަށް އައުމަށް އިޝާރާތް ކޮއްލިއެވެ. ޖަޒިލް ބަލާލީ މައިލީން އަށެވެ. “ދެން އިލީ އަށް ބަލަން ވީ ކީ ނޫނޭ. އަރަންވީ މައްޗަށް” އޭނާ ގޭޓުން އެތެރެއަށް ދެމިގަތެވެ. ޖަޒިލް ވެސް ބޯ ކަހާލަމުން އެތެރެއަށް ވަނެވެ. “ތަފާތު ކަމުން ނުވެސް އެނގުނޭ ޒިލް އެއް” ލިފްޓް އަށް އަރަމުން ޝާލީން ބުނެލިއެވެ.

އެއާއެކު މައިލީން އާއި ޖަޒިލް ވެސް ޝާލީން ގެ ފަހަތުން ލިފްޓަށް އެރިއެވެ. ހަތަރު ވަނަ ފްލޯއަށް ހުއްޓުމާއެކު އެ މީހުން ފޭބިއެވެ.

މައިލީން ޖަޒިލް އަށް އިށީނުމަށް އިޝާރާތް ކޮއްލުމަށްފަހު އޭނާ ދިޔައީ ފުރަތަމަ ކޮޓަރިއަށެވެ. އެވަގުތު ޔަޝްމް ދެވެފައި އޭނާގެ ގައިގައި ބައްދައިގަތެވެ. އާރާވެސް ކޮޓަރީގެ އެނދުމަތީގައި ދެފައި ވަށްކޮއްލައިގެން އިނެވެ. އޭނާ ޔަޝްމް ގެ ކޮންމެވެސް ކުޅޭ އެއްޗެއް ރޭވުމައިގެން އިނެވެ.

“ކޮން ހާލެއް ޖައްސާފަ ތި އިނީ އާރާ” މައިލީން ގާތަށް ހިނި އައީ އާރާ އަނގަޔަށް ޖައްސަމުން ދިޔަ ވައްތަރުންނެވެ. އޭނާ ފޯނުން ފޮޓޮއެއް ނަގާ ރައްކާކޮއްލިއެވެ. “ދެން އިލީ… ޔަޝޫ އާ ހެދި ވާ ކަންތަކޭ… އެއް ގޮތަކަށް ތެދުވިޔަކަ ނުދިނޭ…” އާރާ ބުނެލިއެވެ. އޭރު އޭނާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ފޫހިކަމެއްވިއެވެ.

ޔަޝްމް ކުއްލިއަކަށް ބޭރަށް ދުއްވައިގތެވެ. މައިލީން ބޭގް ބަހައްޓާފައި ޔަޝްމް ގެ ފަހަތުން ސިޓިން ރޫމް އަށް މިސްރާބުޖެހިއެވެ.

އެވަގުތު ސޯފާގައި ޝާލީން އާ ވާހަކަ ދައްކަން އިން ޖަޒިލް އަށް ޔަޝްމް ލޮލުގައި އަޅައިގެތެވެ. “ސޯ ޑޮކްޓަރެއް ދޯތީ” ޝާލީން ޖުމްލަ ބުނެލާފައި ޖަޒިލް ގެ ނަޒަރު ހުރި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ.

“އޯހް… މީ ޔަޝްމް… އިލީގެ” ޝާލީން އުފަލުން ހުރެ ބުނެލިއެވެ. އެއާއެކު ޖަޒިލް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. “ދެން މައިލީން ގެ ހަޒްބެންޑް ކޮބާތަ އާދެވުނު ފަހަރު ވާނެ އެއްނު ބައްދަލު ކޮއްލަން” ޔަޝްމް ގެ ލޮލަށް ބަލަހައްޓައިގެން ހުރެފައި ޖަޒިލް ކުއްލިއަކަށް ބުނެލިއެވެ. އެއާއެކު މައިލީން ގެ ފިޔަވަޅުތައް ގަނޑުވިއެވެ. ހަމައެއާއެކު ޝާލީން ގެ މޫނުމައްޗަށް އެރި ކުލަވަރުވެސް ރީއްޗަށް ޖަޒިލް އަށް ފެނުނެވެ.

މައިލީން ގެ ހަޔާތުގައު ފޮރުވިފައިވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޖަޒިލް ގެ ހިތުގައި ސުވާލުތައް އުތުރި އަރަން އެރިއެވެ. އެހެންނަމަވެސް އޭނާ އިތުރު އެއްޗެއްނުބުނެއެވެ. ތެދުވެގެން ގޮސް ޔަޝްމް އާ ވާހަކަ ދައްކަން އޭނާ ފެށިއެވެ.

ޔަޝްމް އަނބުރާ ކޮޓަރިއަށް ދިޔުމުން އަނެއްކާވެސް އޭނާ އައިސް ސޯފާގައި ޖައްސާލިއެވެ. އޭރު މައިލީން ވެސް އިނީ ސޯފާގައި އިށީދެގެންނެވެ. އަންނާނަން ކޮންމެވެސް އެއްޗެއް ތައްޔާރުކޮއްލައިގެން” މައިލީން ހިނގައިގަތެވެ. ޖަޒިލް ގެ ނަޒަރު ހުއްޓިފައިވަނި މައިލީން އަށެވެ. ޝާލީން ގެ ތޫނުފިލި ސިކުނޑިއަށް ޖަޒިލް ގެ އެ ހަރަކާތް ވެސް ނަގައިގަތެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ޖަޒިލް އަށް ގޮވާލުމާއެކު ޖަޒިލް ދިޔައީ ސިއްސައިގެންނެވެ.

ދެން އަނެއްކާ ދެމީހުންވެސް ވާހަކަ ދައްކަން ފެށިއެވެ. ދުވަސްތަކަކަށްފަހު ދިމާވުމުން އެމީހުން ވަރަށް ބައިވަރު ވާހަކަ ތައް ހިއްސާކުރިއެވެ.

“ކޮބާ މީހަކާ އިންނާކަށް ނޫޅެންތަ؟ ކޮބާ ތަ ގާލް ފްރެންޑް” ޝާލީން އަހައިލިއެވެ. އެވަގުތަކީ މައިލީން ވެސް ދެތިން ވައްތަރެއްގެ ބިސްކޯދަތާއި ޖޫސްތައްޓެއް ތަބަކަކަށް ލައިގެން އައިސް ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުގައި ބެހެއްޓިވަގުތެވެ.

ޖަޒިލް ގެ ނަޒަރު ހުރީ ސީދާ މައިލީންއަށެވެ. “ހިތުގަ އޮވޭ ކުއްޖެއް އެކަމަކު ލިބުމެއް ނެތް” ޖަޒިލް މައިލީން އުން ނަޒަރު ވަކިކޮއްލަމުން ޝާލީން އަށް ބަލާލިއެވެ. ޖަޒިލް ގެ އެ ސިއްރު ނަޒަރު އޭނާ އަށް ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. އެ ވިސްނުން ތޫނު ސިކުނޑިއަށް ކަންތައް ތައް ނަގައިގަތް ލެތް ވަރަށް އަވަހެވެ.

“ކީއްވެ ތިބުނީ ތިހެން؟” އެނާ ސުވާލުކޮއްލިއެވެ. “އޭނާވެސް މީހަކާ އިނދެގެން އުޅެނީ މިހާރު. އެހެން ވީމަ ދެން އެއީ ބޭކާރު ކަމެއްތާ” ޖަޒިލް ގެ ވާހަކައަށް ފުރިހަމައަށް ސމާލުކަން ދީގެން އިން ޝާލީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ދެން ޓްރައި އެއްވެސް ކޮއްލީމައެއްނު އިނގޭނީ”

“ދެން އަޅާނުލާ… އިލީ ގެ ފިރިމީހާ ކޮބާތަ؟” ޖަޒިލް އަނެއްކާވެސް ސުވާލުކުރިއެވެ. އެ ސުވާލު ކުރާ ކޮންމެ ފަހަރަކު އެ މީހުންގެ މޫނުމައްޗަށް އަރަމުން ދާ ކުލަވަރު ޖަޒިލް ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. އޭނާ މައިލީން ގެ އަދި ޝާލީން ގެ މޫނުމަތި ސްކޭން ކޮއްލިއެވެ. ޝާލީން އަވަސް އަވަހަށް މޫނުމަތީގައިވާ އަސަރުތައް ފޮރުވަމުން މައިލީން އާ ވާހަކަ ދެއްކިއެވެ. “އިލީ ދޭބަލަ ފެންތައްޓެއް ގެންނަން” އޭނާ ގެ މަގްސަދަކަށްވީ މައިލީން ފޮނުވައިލުމެވެ. މައިލީން ވެސް އަވަސް އަވަހަށް ދިޔައީ އޭނާވެސް އޮގޮތް ބޭނުންވެފަ ހުރި ފަދައިންނެވެ.

ޝާލީން ޖޫސްތައްޓަށް އިޝާރާތް ކޮއްލުމާއެކު އޭގެން އެތި ފޮދެއް ޖަޒިލް ބޯލިއެވެ. އަދި ވަރަށް މީރުކަމަށް ބުނެލިއެވެ. ޝާލީން ހީލިއެވެ. އެވަގުތަކީ އާރާވެސް ނުކުމެގެން އައި ވަގުތެވެ. ޖަޒިލް ސުވާލުގެ ނަޒަރަކުން އާރާ އަށް ބަލަހައްޓައިގެން އިނެވެ. އެއާއެކު ޝާލީން އޮޅުން ފިލުވަދިނެވެ. “އާރާ އެއީ” އެއާއެކު ޖަޒިލް ހިނިތުންވެލިއެވެ. އަދި ތައާރަފްވެލިއެވެ. “އާހ…….. އަބަދު އިލީ ފަހަތުން އުޅޭނީ އައި ރިމެމްބަރ” އާރާ ހީގަނނަމުން ބުނެލިއެވެ. އެއާއެކު ޖަޒިލް ވެސް ހީގަތެވެ. އާރާގެ ކުޑައިރު ހުންނާނީ ނިކަން ފަލަކޮށެވެ. އެހެންކަމުން އޭނާ އާއި މައިލީން ގެ އެހެން ރައްޓެހިން ވެސް ނިކަން ދިމާކުރެއެވެ. އެހެންނަމަވެސް މިހާރު އާރާ ހުރީ ނުލާހިކު ހިކިކޮށެވެ.

“ކިހިނެތްތަ އެހާ ވަރަށް ހިކިފަ ތިހިރީ ޗަބީ ބެއާ” ޖައިލް ހީގަންނަމުން ވާހަކަ ދެއްކިއެވެ. އެއާއެކު އާރާ ރުޅި މޫނު ހަދާލިއެވެ. އޭނާ ވެސް ހަނދާނެއް އާ ވެގެން ދިޔައެވެ. ކުޑައިރު އަބަދުވެސް އެމީހުން އާރާ ރުޅި އެރުވުމަށް އެހެންކިޔާނެއެވެ. އާރާ އެމީހުން ފަހަތުން އިލޮށިފަތި ހިފައިގެން ދުވި ހަނދާން ވެސް ވިއެވެ. އެ ސަކަރާތުގެ އެންމެ ކުރީގައި ހުންނާނީ މައިލީންއެވެ.

“ދެން ދަނީ އިނގޭ” ސިޓންރޫމް ގައި އެތައް ވާހަކަ އެއް ދެއްކިއިރުވެސް މައިލީން ގެ ފިރިމީހާ ވީތަނެއް ނުބުނެއެވެ. އޭނާ އެންމެ ހޯދަން ބޭނުންވި ސުވާލުގެ ޖަވާބު ލިބޭ ގޮތެއްނުވިއެވެ. އަނެއްކޮޅުން ޔަޝްމް އެވެ. ޔަޝްމް ގެ މޫނުމަތިން އޭނާއަށް ފެނުނީ ޔުއާން ގެ ސިފަތެކެވެ. ހިތަށް އައި ހިޔާލު އެއްފަރާތް ކޮއްލަމުން އޭނާ ނުކުމެގެން ދިޔައެވެ.

ޔަޝްމް ގެ ލޮލުގެ ކުލައާ ޔުއާން ގެ ލޮލުގެ ކުލަ އެއްގޮތްވުމަކީ އިއްތިފާގަކަށް ވެދާނެހެއްޔެވެ؟. ނޫނެކެވެ. އެހެންނުވާނެއެވެ.

“އާރާ ތަނަކަށް ދާންޖެހޭތަ މިރޭ؟” ޖަޒިލް ނުކުމެގެން ދިޔުމާއެކު މައިލީން އާރަގާތު އަހައިލިއެވެ. “ނޫން ކިހިނެތްވީ؟ އާރާ ވެސް ބުނެލިއެވެ.

“ދޮންތަ ގޮވައިގެން ހޮސްޕިޓަލް އަށް ދާން ޖެހޭ… ދޮންތަބޭ ބުނި ފަހަރެއްގައޭ ދެވޭނީ ” މައިލީން ޖަވާބުދިނެވެ. “ޔަޝްމް އަށް ބަލާލައްޗޭ ބުނަން”

“އާނ… ދެވޭނެޔޭ ބުނީމަތާ ހެއްދީ މިރެއަށް… އެކަމަކު ކުއްލިއަކަށް މިއަދު ބުނި ފަހަރެއްގަ ނުދެވިދާނެޔޭ” މައިލީން އަށް ޝާލީން ގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ.

މަޢްރިބް ނަމާދުކޮއްލައިގެން މައިލީން އުޅުނީ އެނދުމަތި ރީތިކޮއްލާށެވެ.އެނދުމަތީއި އޮތީ ހުސް ޔަޝްމް ގެ ކުޅޭ އެއްޗިއްސެވެ. އެހެންކަމުން އޭނާ އެ އެއްޗެހި އަޅާ ބޭގް އަށް އަޅާލިއެވެ. އަދި އެ ބެޑްޝީޓް ނެގުމަށްފަހު އާ ބެޑް ޝީޓެއް އަޅާލިއެވެ.

އޭރު ޔަޝްމް ވީ ޝާލީން މެން ކޮޓަރީގައެވެ.

ޔުއާން ބޭރުގައި އުޅެފައި ގެއަށް ވަތް އިރު ގޭތެރެ އޮތީ ފަޅުކޮށެވެ. އޭރު ހަތްގަޑި ބައިވަނީއެވެ. އަފްޝީން އައިސްލާފައި ދިޔުމުން ގޭތެރެ ވަކިން ފަޅުކަމަށް ދައްކަނީ އޭނާ ހުންނަންޏާ އަބަދުވެސް ގޭތެރެ ހަލަބޮލި ވާނެތީއެވެ. އަފްޝީން ފުރިފަހުން ޒާރިވާ ވެސް ހުންނަނީ ނެގިމަޑުވެފައެވެ. އެންމެ ސިކުންތު ކޮޅަކަށްވެސް އޭން އެއްވެސް ކުއްޖަކު ދުރުގައި ހުންނާކަށް އޭނާއެއް ނޭދެއެވެ. އެހެންނަމަވެސް އެ ކުދިންގެ މުސްތަގްބަލް އުޖާލާ ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްކުރުމަށް، ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް އޭނާ ހުންނަނީ އަތުކުރި އޮޅާލާފައެވެ.

ޔުއާން އޭނާގެ ކޮޓަރިއަށްވަދެފައި ފެންވަރާ ތާޒާވެލިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓާ ފޯން ރިންގވިއެވެ. މާ ބޮޑު ސަމާލުކަމެއް ނެތަސް ފޯން އާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. ފޯން ނަގާ ބަލާލިއިރު ގުޅަނީ ރިވަމް އެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ފޯން ނެގީ ހޮސްޕިޓަލުނ ކަމަށް ވާތީއެވެ. “ހަލޯ ޔުއާން…. ވަރަށް އަވަހަށް އައިސްދޭވޭނެތަ… އެންމެ ފަހުން އޮޕަރޭޓް ކުރި ޕޭޝެންޓް ވަރަށް ކްރިޓިކަލް. ޔޫ އާ ދި ހެޑް ސާޖަން. ވީ ނީޑް ދަ ޑީޓެއިލްސް… ސޯ ޔޫ ނީޑް ތް ކަމް ހިޔަ… މިހާރު ދެވަނަ އޮޕަރޭޝަން އަކަށް ރެޑީ ކުރަނީ”ރިވަމް ވަރަށް ހާސްވެފައި ހުރެގެން ވާހަކަ ދެއްކިއެވެ.

ޔުއާން ވެސް އަވަސް ކުރަނީކަމަށްބުނެ ފޯން ބޭއްވުމަށްފަހު އަލަމާރި ދޮރުދަމާލާފައި އެއްޗެހި ނަގައިގެން ރީތިވާން އަވަސްވެގަތެވެ.

އޭނާ އަވަސް އަވަހަށް ސިޑިން ފައިބައިގެން ދަނިކޮއް އާއިކް އާ ދިމާވިއެވެ. ‘ދޮންބޭ އައި ނީޑް ތް ޓޯކް ޓް ޔޫ” އާއިކް ބުނެލިއެވެ. “ފަހުން އިކް. އެމަރޖެންސިއެއްވެގެން މިދަނީ” ޔުއާން ފައިބަމުން ދިޔަ މަންޒަރުބަލަން އެވަގުތު ޒާރިވާ ވެސް ހުއްޓެވެ. އާއިކް ވެސް އިތުރަށް އެއްޗެކޭ ނުބުނެއެވެ.

އޭނާ އަވަސްއަވަހަށް ގޮސް ކާރަށް އަރަމުން ނައްޓާލިއެވެ. މަގުމަތިން ދިޔަ އިރުވެސް ދެފަހަރަކު ރިވަމް ގުޅައިފިއެވެ. އެހެންކަމުން އޭނާ ކަންފަތަށް ހެޑް ފޯން ޖަހާލިއެވެ. “ކީކޭ ރިވަމް” ޔުއާން ވާހަހަ ދައްކަން ފެށިއެވެ. އެ ކޮޅުން ރިވަމް ދައްކަމުން ދިޔަ ވާހަކަ އަށް ޔުއާން ފަރިތަކަމާއެކު ޖަވާބުދެމުން ދިޔައެވެ.

އޭނާ ހޮސްޕިޓަލަށް އާދެވުމާއެކެ ރިވަމް ގާތު ބުނެލިއެވެ. “އައި އެމް ހިޔަރ… މިދަނީ” ޔުއާން ފޯން ކަނޑާލިއެވެ. އޭނާ ދުވެލާފައި ހޮސްޕިޓަލް އަށް ވަންނަން ދިޔައެވެ.

ޓެކްސީ މަޑުކޮއްލުމާއެކު ފައިބައިގެން މައިލީން އާއި އެކީ ހިނގައިގަތެ ޝާލީން ގެ ގައިގައި ހޮސްޕިޓަލަށް  ވަންނަ ދޮރާ ދިމާލުން މީހަކު ގައިގައި ޖެހުނެވެ. އެމީހަކު ޖަހުމުން ސޮރީ ބުނެލާފައި ނުވެސް ބުނެލާ އަވަސް އަވަހަށް ހިނގައިގަތެވެ.

“އައްދޯތް” ޝާލީން އަށް ބުނެވުނެވެ. އޭނާގެ އަޑުގައި ވަނީ ހިންހަމަ ނުޖެހުމެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެ ޖެހުނީ ޖާނުން ވަރުގަދަ ފިރިހެނެއް ވިއްޔާއެވެ. “ޖެހިގަތްފަ ދާން ޖެހޭތަ؟ އެއަށްވުރެ މަޑުން ދިޔަޔަސް ދެވޭނޭ…”ޝާލީން ކުދި ކިޔައިގަތެވެ. އެއާއެކު މައިލީން ވެސް އެދިމާލަށް ބަލާލިއެވެ. އޭނާ އަށް ފުރަގަހަތުން ވެސް ސިފަވީ ޔުއާންއެވެ. އެހެންނަމަވެސް ޔުއާން ގެ ޑިއުޓީ ނީންނާނެތީ އޭނާ އެ ހިޔާލު ސިކުނޑިން ނެރެލިއެވެ.

ޝާލީން ގޮވައިގެން ގައިނީ ޑިޕާރޓްމެންޓަށް ދާން ލިފްޓާ ދިމާލަށް މައިލީން މިސްރާބުޖެހިއެވެ. އޭނާ ދިޔައީ އެ ހޮސްޕިޓަލް ގެ ބައެއްކަންތައްތަކުގެ ވާހަކަ ޝާލީން އާ ހިއްސާކުރަމުންނެވެ. އާދައިގެ މަތިން މި ވަގުތު ހޮސްޕިޓަލް ގައި މީހުން ވަރަށް ގިނައެވެ. ރޭގަނޑު ޑޮކްޓަރުން ބަލަނީ އަށަކުން ދިހައަކަށެވެ. އެހެން ކަމުން އެ ވަގުތު ތަކުގައި ހޮސްޕިޓަލް އަށް ވަދެ ނުކުމެހަދާމީހުން އާދަޔާ ހިލާފަށް ގިނައެވެ.

ލިފްޓް އަންނަން ދެން މަޑުކޮއްލައިގެން ހުރި މައިލީން އޭރުވެސް ދިޔައީ ޝާލީން އާ ވާހަކަ ދައްކަމުންނެވެ. “ދޮންތާ ހިނގާ ދަމާ. ހަތްވަނަ ފްލޯއަށޭ ދާން ވެސް ޖެހޭނީ” މައިލީން ޝާލީން ގެ އަތުގައި ހިފާ ލިފްޓަށް އެރިއެވެ. ފަސްލިފްޓް އެތަނުގައި ހުންނަ އިރުވެސް އެހާ ބާރުބޮޑެވެ. އެތަނުން އެއްލިފްޓް އަކީ ބަލިމީހުންނަށް ހާއްސަ ލިފްޓެކެވެ.

އެމީހުންގެ އިތުރުން ދެ ފިރިހެނަކާ ތަންކޮޅެއް ބަލި ވައްތަރު ޖަހާ މުސްކުޅި އަންހެން މީހެއްވެސް ލިފްޓް އަށް އެރިއެވެ.

ލިފްޓް ހުއްޓުމާއެކު ދެމީހުން ފޭބިއެވެ. ޝާލީން ހުރީ ހައިރާންވެފައެވެ. އޭނާ އަދި މިހޮސްޕިޓަލް އަށް އައީ އަލަށެވެ. ތަނުގެ ޑިޒައިން ތަކަކީ މޮޅުހުނަރުވެރިއެއްގެ ބުރަ މަސައްކަތް ކަން ޔަގީނެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސާފުތާހިރުކަމެވެ. ތަރުތީބުކަމެވެ. ނަރުހުންނާ ޑޮކްޓަރުން އަދި އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ހުރިހާ މުވައްޒަފުން ވެސް އުޅެމުން ދިޔައީ ވަރަށް ތަރުތީބުންނެވެ. މައިލީން ކައުންޓަރަރާ ދިމާ މަތީގައި ހަރުކޮއްފައި އިން ޓީވީ އަށް ބަލާލިއެވެ. ނަސީބަކުން އަށެއްނުޖަހައެވެ. އެހެންކަމުން އަދި ޑޮކްޓަރު ބަލާކަށް ނުފަށައެވެ.

އެހެން ހޮސްޕިޓަލް ތަކާ ހިލާފަށް އެ ހޮސްޕިޓަލް ގައި ބަރާބަރު ގަޑިއަށް ޑޮކްޓަރުންގެ ޑިއުޓީ ފަށައެވެ. ގަޑިއަށް ފަރުވާތެރިވެ ފެންވަރު ރަނގަޅު ހިދްމަތް ލިބޭތީ އެ ހޮސްޕިޓަލް ވެފައިވަނީ ނުހަނު މަގްބޫލު ތަނަކަށެވެ. އޭނާ ރޫމް ނަމްބަރު ބަލާލިއެވެ. ޝާލީން އަށް ލިބިފައި އިން ޓޯކަން ނަމްބަރަކީ އެކެކެވެ.

“ކޮބާ އަދިވެސް ދޮންތަބޭ ނާދޭތަ؟” އަށެއް ޖަހަން ފަސްމިނެޓަށް ވެފައި ހުއްޓައި މައިލީން އަހައިލިއެވެ.

ޝާލީން ވެސް ދިޔައީ އިރުކޮޅަކާ ގަޑިބަލަމުންނެވެ. މިރެއަކީ ޝިޔާޒް ގެ ޑިއުޓީ އިން ރެއެވެ. އެހެން ކަމުން ޝާލީން އެކަނި އަންނަން ޖެހޭތީ މައިލީން އައީއެވެ. އެހެންނަމަވެސް އެމީހުން އައި މަގުމަތީގައި ޝިޔާޒް ގުޅާފައި ކޮންމެވެސް ގޮތަކުން އަންނަނީ ކަމަށް ބުނުމުން ޝާލީން އުފާވިއެވެ. އޭނާ ކުރިން މާޔޫސްވެފައި ހުރީ އެ އުފާވެރި ހަބަރު ލިބޭއިރު ޝިޔާޒް ކައިރީގައި ނުހުރެދާނެތިއެވެ.

އެވަގުތު ޝާލީން ގެ ފޯން ރިންގްވިއެވެ. އެއާއެކު އޭނާ ބަލާލިއެވެ. އެ ދެލޯ ދިއްލި މޫނުމަތި އުޖާލާވެގެން ދިޔައެވެ. “ހަލޯ… ޔާޒް ކޮންތާކު” ޝާލީން ފޯން ނަގަމުން އަހައިލިއެވެ.

ޝިޔާޒް ހޮސްޕިޓަލް ގައި ކަމަށް ބުނުމުން ޝާލީން އަންނަން ވީ ބައި ބުނެދިނެވެ. “އައި ނޯ… އެބަހުރި ޖަހާފަ ލިފްޓް ތަކުގެ މަތީގައި” ޝިޔާޒް ލިފްޓުން މައްޗަށް ބަލާލަމުން ބުނެލިއެވެ.

ދެން އޭނާ ލިފްޓަށް އެރިއެވެ.

އޭރުވެސް އޭނާ ހުރީ ކަންފަތުގައި ފޯން ޖައްސައިލައިގެންނެވެ.

ލިފްޓް ހުއްޓުމާއެކު އޭނާ ފޭބިއެވެ. އަދި އޭނާއަށް ފެނިލުމަށް އެދުނެވެ. މައިލީން އޭނާ އިންތަނުން ތެދުވެ ޝިޔާޒް އަށް ފެނިލިއެބެ. ޝިޔާޒް އެ ދިމާލަށް މިސްރާބުޖެހިއެވެ.

އޭނާ އަށް ގޮސް ގޮނޑީގައި ނީށީދެވި އުޅެނިކޮއް ނަމްބަރު އަރައިފިއެވެ. ޝިޔާޒް ވެސް ކޮންމެހެން އެއައީ އެވަރުގެ ކަމަކާ ޝާލީން ކުރިމަތީލާއިރު ކައިރީގައި ހުންނަން ބޭނުންވާތީއެވެ. އެތައް އަހަރަކަށް ފަހު އެ ދެމަފިރިންގެ އުންމީދު ފުރިހަމަވާން އުޅޭކަހަލައެވެ.

އެމީހުން ނުކުންނަން ދެން މައިލީން ފޯނާ ކުޅެން މަޑުކޮއްލައިގެން އިނެވެ. މާގިނަ އިރެއް ނުވެއެވެ. ޝާލީން އާއި ޝިޒާޒް ނުކުމެގެން އައެވެ. އޭރު ޝާލީން އަތުގައި ޓެސްޓް ހަދަން ދީފައި އޮތް ގަނޑު ކޮޅެއް އޮތެވެ.

މައިލީން ގާތަށް ހުއްޓިފައި އޭނާ އެ ދައްކާލިއެވެ. “ޑޮކްޓާރ ބުނި ޓެސްޓް ހަދާފަ ރިޕޯޓް ދައްކައިލަން އަންނާށޯ… ދެން ވަރަށް ގިނަ މައުލޫމާތު ދިން. ދެމަފިރިންނަށް ވީތީ އޯ” ޝާލީން މަޑު ހުނުމަކާއެކު ބުނެލިއެވެ. އެއާއެކު ދެން އެމީހުން މިސްރާބުޖެހީ ލެބޯޓްރީއަށެވެ.

ލެބޯޓްރީގައި ވަރަށް މީހުން ގިނައެވެ. ނަމްބަރެއް ނަގައިގެން އެތާ ތިބޭތާ ބައި ގަޑި އިރު ވީ އިރުވެސް ނުޖެހުނެވެ. އޭރު އަށް ގަޑި ސާޅީސް ފަހެއް ވަނީއެވެ. އަދިވެސް ބައިވަރު މީހުން އެބަތިއްބެވެ. އެމީހުންނަށް އެތަނުން އަވަދިވެވުނު އިރު ވަނީ ގަޑިން ނުވަގަޑި ބަޔަށްވުރެ ބޮޑުވެފައެވެ. ޝިޔާޒް ވެސް ނުވައެއްޖަހަން އުޅެނިކޮއް ގުޅުމުން ދިޔުމުން އެ މީހުން އެކަނިވީއެވެ.

ނިންމާލާފައި ލިފްޓާ ދިމާލަށް ދެމީހުން ހިނގައިގަތެވެ.

ޔުއާން ވެސް ކުރަން ހުރި ކަންތައް ނިންމާލުމަށްފަހު ނަރުސްކުދިން ނަށް އިރުޝާދު ދިނުމަށްފު ލިފްޓާ ދިމާލަށް ހިނގައިގަތެވެ. އޭނާ އާއެކު ރިވަމް ވެސް ހިނގައިގަތެވެ.

ގްރައުންޑް ފްލޯއަށް ލިފްޓް ހުއްޓުމާއެކު މައިލީންމެން ފޭބިއެވެ. އެވަގުތަކީ ޔުއާން އާއި ރިވަމް ވެސް ފޭބިވަގުތެވެ.

ޔުއާން އަށް އެވަގުތު ފޯނެއް އައެވެ. އޭނާ ވާހަކަ ދައްކަމުން ފޯނަށް ސަމާލުކަން ދީގެން ހިނގައިގަތް ވަގުތު ޖެހިގެން ހުރި ލިފްޓުން ނުކުތް މީހެއްގެ ގައިގައި ޖެހިފައި ފޯން ބިންމައްޗަށް ވެއްޓުނެވެ. އޭނާ އިސް އުފުލާލާ ބަލާލިއެވެ. އެވަގުތަކީ އެ އަންހެން މީހާވެސް އިސްއުފުލާލާ ބަލާލިވަގުތެވެ. އެއާއެކު އެ އަންހެން މީހާ އާއި ޔުއާން ގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

އެހަތަރުއަހަރު..1

Next

ތިޔަ އަސަރު 22

Next
February 4, 2018

ތިޔަ އަސަރު 22

Previews
February 4, 2018

އެހަތަރުއަހަރު..1

48 Comments!

  1. Aki says:
    February 4, 2018 at 6:08 pm

    haadha rangalhey hi mi dhooni kolhaa

    1. Hi Mi says:
      February 4, 2018 at 9:32 pm

      sorry dear. enem furatahama comment kohli Aki dw. wekam Hi Mi ah reply mi kohlevuni enme fahun dw:( aslu nufenuni. thans dear. and congrats v happy vehjje.

  2. Hi Mi says:
    February 4, 2018 at 6:10 pm

    Assalaamu Alaikum. Here is the next part. Mi part thankolheh foohi vedhaane. Ekam ves do read and comment ur views ingey guys. ??? In Sha Allah next part maadhan morning ga. Or afternoon ga. Thankyou all. Vvv ufaavey thidhey support ah. Thankyou all.
    Jazakallah Khairan.

  3. Naz says:
    February 4, 2018 at 6:25 pm

    Varah reetgi vaahakayeh

    1. Hi Mi says:
      February 4, 2018 at 8:03 pm

      thanks Naz. happy vehjje comment fenifa. 🙂

  4. Icy♡ says:
    February 4, 2018 at 6:36 pm

    Vrh vrh reethi
    Thankyou Hi Mi
    ☆♡☆♡

    1. Hi Mi says:
      February 4, 2018 at 8:04 pm

      thankyou ICY hi mi heeuree foohi vaane kamah, ekam happy vehjje reethi v ma. thanks dear. :):):)

  5. Leen says:
    February 4, 2018 at 6:37 pm

    Foohi parteh.. Ekam v interesting.. Avahah up kohdhy.. Kiyaahithun hureveneekee noon.. ?

    1. Hi Mi says:
      February 4, 2018 at 8:05 pm

      hehe. soory dear. ekam story ga varah muhummu part eh hama. varah bodah thanks dear. ufaavehjje.

  6. Na yer says:
    February 4, 2018 at 6:48 pm

    ?Hus jazil.. Foohi

    1. Hi Mi says:
      February 4, 2018 at 8:06 pm

      its okay dear. sorry foohi kohlevunima. leen and yuan ge bai nethyma kan vesw ingey. hehe. thankyou for ur support.

  7. Mixuhan says:
    February 4, 2018 at 6:51 pm

    Varah interesting..waiting for the next part..?good luck dear

    1. Hi Mi says:
      February 4, 2018 at 8:06 pm

      thankyou mixuhn. as usual varah haappy vehjje comment fenifa. :):):)

  8. annoying reader says:
    February 4, 2018 at 6:51 pm

    mi vaahaka varah reethi. finally yuan and shaaleen meet v dhw. alhey then vaani kihineh tha. varah curious eba vey. kiya hiy vani adhi ves. cant wait for the next episode. all the best himi ?

    1. Hi Mi says:
      February 4, 2018 at 8:07 pm

      lets see what hapns. shaaleen ge reactiona annane goi. thanks annoying reader. happy to see ur comment again. :):):)

  9. Sakeenahtha says:
    February 4, 2018 at 6:54 pm

    Yuange bai vaakudakoh annnany.. Foohi varah miadhuge part.. Uhmeedhukuran next part ga rangalhuvaane vaanekamah mibalanee.. Jazilge bai kudakoh madhukohlahchey hi mi

    1. Hi Mi says:
      February 4, 2018 at 8:09 pm

      yh. i knw right. eyi yuan and leen ge bai kuda v ma… hehe. aslu eyi ves varah muhimmu meeheh hen himi ah feel vaathy e githah e ini. thanks dear. hiyaal tahakah abadhuves maruhabaa kiyan. :):):)

  10. Pinky shifoo says:
    February 4, 2018 at 7:02 pm

    Helllllooooooo my favourite Hi Mi ❤️❤️❤️❤️… Mi part vx hama awesome… Varah varah reethi ingey ❤️❤️❤️❤️…. Bt dear varah baivaru typing mistakes eba huri ingey… After writing read it 1 or 2 times Hi Mi then u will definitely find the mistakes ??… Don’t take it in a wrong way Hi Mi.. Pinky ah faahaga veema bunely ??… Story varah reethi n intresting ❤️❤️❤️???… Waiting for next part Hi Mi… Love you Hi Mi n miss you soooooo much ❤️❤️❤️???… Hi Mi aaa bahdhalu vaane nama dhw ???… I wish I could meet you ❤️❤️❤️???… Varah meet kohlaa hihvey Hi Mi aaa ??????❤️❤️❤️.. Curiously waiting for the next part ❤️❤️❤️❤️?????????????????????

    1. Hi Mi says:
      February 4, 2018 at 8:32 pm

      hello pinky… kihinetha. hiyaalah hama varah bodah maruhabaa. vvvvvvvvvvvvv ufaavehjje. yh. avas aruvaalaafa hureema e huri kamah vaani….. wrong koh Hi Mi eh nunagaanan In Sha Allah. Hi Mi gabool kuraagothugai kuriah dhaani readers dhey hiyaal thah gabool kohgen. vvvv ufaavehjje again. ur the best hama konme part akah vesq anna commet ehaa loabi aane. am speechless. yes. meet vaane nama dw. thamks dear vvv bodah. loves more and tc. nyts…:):):)

  11. Kai says:
    February 4, 2018 at 7:04 pm

    Uthuri aran feshi ey dw kiyaani ….nyc mi part ves bt hi mi buni hen foohi gothe eba huri vedhaane mailee n yuaan ge thankolhe nethyma kama ves ?????kn irakun aneh part …waitinggg❤❤❤❤❤

    1. Hi Mi says:
      February 4, 2018 at 8:33 pm

      ks kai. hiyaal thakah hama maruhabaa.varah ufaavehjje. mistakes ves faahaga kohdhinima thaa rangalhu kohleveyni dw dear. yh. vedhaane. ekam konme vharecter akivesq varah muhinmu charecter eh hen Hi Mi ah feel vani mi story ga. ehenve e gothah genai. thanks again dear. 🙂

  12. Fathun says:
    February 4, 2018 at 7:18 pm

    Speech less… Wow… Awesome… Fabulous… Well done.. My dear hi mi

    1. Hi Mi says:
      February 4, 2018 at 8:34 pm

      thanks fathun. vvvvvvvvvvvv happy vehjje comment kohlima… 🙂

  13. N@-B says:
    February 4, 2018 at 7:43 pm

    Wow.varah salhi mi part ves…☺

    1. Hi Mi says:
      February 4, 2018 at 8:34 pm

      hello N@-B. happy to see ur comment again. thanks

  14. Zoe says:
    February 4, 2018 at 7:50 pm

    Awesome..? Varah interesting.. Hi mi bunihen mi part kudakoh foohi.. Ekam okay.. Konirakun next part.. Waiting ?

    1. Hi Mi says:
      February 4, 2018 at 8:36 pm

      yh. i knw dear. thanks and happy to see ur comment… :):):):):):)

  15. Shann says:
    February 4, 2018 at 7:55 pm

    Wow my luving Hi Mi story up kohly dhw.. V v rythi mibaives.. Masha Allah.. Thy hama number one.. Rythi kamun gos bunaane ehchehves neyngey.. Ehaaves rythi.. Story ge sifa kohdhinumaa n story kuriah gendhaa goeh v ves rythi.. Thy hama best.. Luv u

    1. Hi Mi says:
      February 4, 2018 at 8:28 pm

      yes shan. Alhamdhulillah miothy up kohlaafa. thankyou so much dear. readers eba himi speecless kohlaa comments thakun. Shann vesq hama ehen… hi mi ah bunaane ehcheives neygey. love u more dear……… tc ingey.:):):)

  16. Tee says:
    February 4, 2018 at 7:57 pm

    . V reethi. foohseh noon. Himi ge vaahaka eh vajje aa konme part ehvx kiyaahiyy vey.
    Himi . I have vaahaka eh liyan v unique haadhisaa eh. Tee beynun himi ah share kohlan. But kihineh kuraani

    1. Hi Mi says:
      February 4, 2018 at 8:26 pm

      hello. Tee. varah happy vehjje. u can email me on [email protected] varah varah varah ufaavehjje. thanks dear. hi mi heekuree foohivaane kamah. aslu v gothaki hi mi dhekey gothuga mi storyge konme charecter akives varah muhimmu charecter eh. waiting ingey dear. :):):)

  17. Blue beauty says:
    February 4, 2018 at 8:23 pm

    v.v.reethi hi mi …….next part morning ga dhw???

    1. Hi Mi says:
      February 4, 2018 at 8:40 pm

      yes. In Sha Allah… blue beauty. happy vehjje comment fenifa as usual. thaks dear

  18. Xaaaan says:
    February 4, 2018 at 8:32 pm

    Foohseh noon Masha Allah mibaives v reethi?????❤❤himi dhoonyaa shaleen gaige dhw yuaan jehuny liyaa iru kuhves hunnaane ekamakuves maabidukamakah nahadhan kiyaameehun evaru visnaigen kiyaaleema ragalhuvaane ??himi darlin haadha inthizaareh kureveyey story ah waiting next part mivaahaka kiyaairu heevany filmeh beley hen v salhi yuaan n maileen hunna goives sifavey adhives bunelan story liyan himi vareh nethey ???????????????❤❤❤❤????????

    1. Hi Mi says:
      February 4, 2018 at 8:44 pm

      thanks Xaan. aslu konme charcter aki ves varh muhimmu character eh Hi Mi ah. ehneve. and Hi MI beynumeh nuvey ehves suvaalakah javaabu nulibi story nimeykah. wehenve nimeyrirvesq ehves suvaaleh neenna varah liyeveythoa balani…. vvvvvvvvvvvvvvvvvvvvvvvvvvv ufaavehjje. neyge bunaane ehchei ves. hama speech less vehjje. aslu varah hiyy varu libey xaan ge konme comment akunves. am happy. yes. thats excatly what i want. sifavegen eyge there ah vadheven. konme part eh ves egothah genesdhevythoa try kohfa hunaane. adhi kuriah oi thanuga ves balaanan. In Sha Allah. thanks dear. 🙂

  19. Someone says:
    February 4, 2018 at 8:43 pm

    Hi mi kyve baeh kudhinge comment ah reply nukurany

    1. Hi Mi says:
      February 4, 2018 at 8:46 pm

      nun. someone. Himi hama hurihaa kudhinge comment ahves reply kuran fenifa inijjeyya. sory dear. ehen vefa inas innaane Hi Mi ah neygigen. mihaaru ves mii ini hama reply kohlanvegen. :(:(:(

    2. Hi Mi says:
      February 4, 2018 at 8:49 pm

      dhen Hi Mi bunan ba ehfaharu reply nukurevihjjeyya e vhk ves. sorry dear. 🙁

  20. Nàani says:
    February 4, 2018 at 8:45 pm

    Story varah nicr.. allahumma barik laki
    Dhenn e jazil ah maileen aai
    … kari nukurahchey

    1. Hi Mi says:
      February 4, 2018 at 8:48 pm

      hingaa balamaa dw dear. Alhamdhulillah. Hi Mi varah ufavehjje. naani ge comment eh alah kanneyge dw mi fenuni. Jazakallah Khairan.

  21. Kai says:
    February 4, 2018 at 9:01 pm

    Mi story mihaaru lyf ge part akah vehje abadhu ves visneny kihinebaa ey dnn vaani ?????

    1. Hi Mi says:
      February 4, 2018 at 9:24 pm

      hehe. kai… Hi Mi ah ves buneveyne dw ehen ehen vma. konme duvahakues eba story kiyaalan viyya. amd up kuranyaa. hehe. vvv ufaavehjje.

  22. Pinky shifoo says:
    February 4, 2018 at 9:11 pm

    I’m ok Hi Mi … Hi Mi kihinehtha??? I love your reply Hi Mi.. Knme faharakuvx ???… Varah varah ufaavey ???… Ehvx writer eh ge reply akah mivarakah inthizaareh nukuran??… Hama aslu vx… You are very very special for me Hi Mi cause you are my favourite writer ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️

    1. Hi Mi says:
      February 4, 2018 at 9:27 pm

      Alhamdhulillah. i am fine. Hi Mi ge mail inaane kanneyge bunefa dear. did u saw? utoo dear is very special for me. pinky ge konme reply eh ves. Hi Mi ves inthixaarkuran hama. ehaa loab vaane reply kone part akah ves… vvv ufaavehjje. asluves. hama bunaane ehcehi ves neygey. vvv ufaavehjje asluves. :):):)

  23. xoxo says:
    February 4, 2018 at 9:35 pm

    Himi??thnx komme dhuvahaku up koh dheythyyy.meemihar emme inthixaar kurevey vaahakayaky.adhivs thankolheh dhigukollaafa beykaaru vaahaka madhu kolladhy.keep it up dear

  24. Xxxx says:
    February 4, 2018 at 10:26 pm

    Wooooowww…v.reethi dear

  25. Maa says:
    February 5, 2018 at 11:23 am

    Vvvvvvv interesting ingey mihaaru ….. ???????? u r doing great

    1. Hi Mi says:
      February 5, 2018 at 5:37 pm

      thans dear. In Sha Allah… migothah kuriah gendheveythoa masah kai kuraanan. 🙂

Comments are closed.


All Right Reserved!