Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (އަށާރަވަނަ ބައި)

riya Level 3100 Comments10 Stories
February 3, 2018 3 Mins Read
33 Comments

އެކުޑަކުޑަ ކޮޓަރީގެ ތެރޭގައި ހުނައިފްގެ އަތުނުޖެހި އުޅެވޭނެހެއްޔެވެ. ޒީކްއާ ކައިވަމުން ހުނައިފް ކުރިއަށް ޖެހެމުންދިޔަ ވަރަކަށް ޒީކަވެސް ފަހަތަށް ޖެހެމުންދިޔައެވެ. އެންމެފަހުން ފާރުގައި ގޮސް ޖެހުމުން ފަހަތަށް ބަލައިލެވުނީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ހުނައިފްގެ ނޭވާ ޒީކްގެ މޫނަށް އެޅޭހާ ކައިރިއަށް ހުއްޓިލަމުން ޒީކްގެ ކޮނޑުގައި ބާރަށް ހުނައިފް ހިފަހައްޓާލިއެވެ.  އަދި މޫނާއި މޫނު ކައިރިކޮށްލިއެވެ. އެވަގުތު ނޭވާ ހާސްވާހެންހެންވެސް ޒީކްއަށް އިހްސާސްވިއެވެ. ތެޅިގަނެވުނެއް ކަމަކު ހުނައިފް ދޫކުރާނެ ހެއްޔެވެ. ކޮނޑުގައި ހިފާލާފައި ހުރިލެއް ބާރުކަމުގައިވިޔަސް ގަނެފައިވާ ބިރެއްގެ ސަބަބުން ތަދުވެސް އިހްސާސް ނުވާކަހަލައެވެ. އެނދުމައްޗަށް ވައްޓާލުމަށްފަހު ޒީކްގެ މައްޗަށް ޖެހިގަތީ ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. ޒީކް ގަދަހަދަމުން ދިޔަ ޒީކް ހަށިގަނޑު ހިފެހެއްޓުން ހުނައިފްއަށް އުނދަގޫ ކަމަކަށް ވެގެން ދިޔުމުން ޒީކްގެ މޫނު މައްޗަށް އަރައިގެން ދިޔައީ ބާރުގަދަ ހަމަލާއެކެވެ. ބޮލަށް އެނބުރުން އަރާހެން ޒީކްއަށް ހީވަމުންދިޔައެވެ. ވަރުބަލިވެފައިވާ ޒީކްގެ ހަރަކާތްތައް މަޑުވަމުންދިޔައެވެ. ޒީކްގެ މޫނަށް ބަލާލަމުން ހުނައިފްގެ ބޭނުން ފުއްދުމައިގެން އުޅެގެންފިއެވެ. ހާމަވަމުންދިޔަ ޒީކްގެ ހަށިގަނޑަށް ހުނައިފް ބަލަމުންދިޔައީ މަސްތުން ފުރިފައިވާ ގޮތަކަށެވެ. ހުނައިފްގެ އަތުގެ ފިރުމުންތައް ޒީކްއަށް ލިބެމުންދިޔައީ އިތުރު އަނިޔާތަކެވެ. ހަކަތަ ދެރަވެފައިވާ ޒީކްގެ ލޮލުން އޮހެރެމުންދިޔަ ކަރުނަތަކުން އެކަމަށް ބޭނުންނުވާވަރު އެނގެމުންދިޔައެވެ. ގޭގައި މީހަކު ނެތުމުގެ ސަބަބުން ހުނައިފްގެ މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހިލާފައެވެ. އަވަސް އަރުވާލައިގެން ނިންމާލުމުގެ ބޭނުމެއް ނުފެނުނެވެ.

އަލްޔަން ގެއަށް އައީ އެއްޗެހި ބަދަލުކޮށްލައިގެން ބޮޑުދައިތަމެން ގެއަށް ދިޔުމަށެވެ. ހުނައިފްގެ ސައިކަލް ބޭރުން ފެނުމުން ހިތްއަވަސްވީ ކީއްވެގެން ހުދު އަލްޔަންއަށްވެސް ނޭނގެއެވެ. ސިޓިންގރޫމްގެ ތެރެއިން ހުނައިފް ފެންނަން ނެތުމުން ބޮލުގައި ރިއްސާލިއެވެ. ޒީކްގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިތް އެކަމަށް މަޖުބޫރުކުރުވި ވަރުންނެވެ. ޒީކް ހުރީ ހެޔޮހާލުގައިތޯ ބަލަން ބޭނުންވީ ވަރުންނެވެ. ހުނައިފްގެ ގޮތް ރަނގަޅަށް އެނގޭތީއާ އެކުގައެވެ.

ޒީކްގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކީ ފެނުނު މަންޒަރު ބޮލަށް އެނބުރުން އަރާގޮތްވި ކަހަލައެވެ. ވަރުދެރަވެފައިވާ ޒީކްއަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދިޔަ ހުނައިފް ފެނުމުން އަލްޔަންގެ ލޭހޫނުވި ކަހަލައެވެ. ހުނައިފްގެ ގައިގައި ތަޅާގަނެވުނީ އިހްތިޔާރަކާ ނުލައެވެ. އަތުގައި ހުރި ބާރެއްލާފައި އަލަމާރިއާ ދިމާއަށް ކޮށްޕާލިއެވެ. ހުނައިފް ވެއްޓި ޖެހުނުގޮތަށް ހިރިވެސް ނުލެވިފައި އޮތެވެ.

“ޒީކް އާ ރޫ އޯކޭ؟” އަލްޔަން ޒީކް ކައިރީގައި އެނދުގެ މަގަތުގައު އިށީންނަމުން އަހާލިއެވެ.

“ޒީކް” ޒީކްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ރަޖާގަނޑު އަޅައި ހާމަވަމުންދިޔަ ހަށިގަނޑު ނިވާކޮށްލަދިނެވެ.

ކޮނޑުގައި ހިފާލިވަގުތު މަޑުއާހެއްގެ އަޑު ޒީކްގެ އަނގައިން ބޭރުވެގެން ދިޔައެވެ. އަލްޔަންއަށް ޒީކްގެ ކޮނޑަށް ރަނގަޅަށް ބަލައި ލެވުނީ ދެނެވެ. ރަތްވެފައިވާ ކޮނޑުން ހުނައިފްގެ އަތުގެ އިނގިލިތައް ޖެހިފައި ހުރިތަންތަން ރީތިކޮށް އެނގެން ހުއްޓެވެ.

ޒީކް މޫނު އަނެއް ފަރާތައް އަނބުރާލިއެވެ. އެފަދަ ހާލަތެއްގައި ވަނިކޮށް އަލްޔަން ފެންނާކަށް އޭނާ ނޭދެއެވެ. އަލްޔަން އޭނާއާ ދޭތެރޭ ވިސްނާކަން ނަސީބޭ ހިތަށްއެރިއެވެ. އެހެން ނޫންނަމަ އޭނާގެ އަތުގައިވާ އެންމެ އަގުބޮޑު ހަދިޔާ ޒީކްގެ އަތުން ގެއްލިދިޔައީހެވެ.

“ޒީކް ޕްލީޒް ބުނެބަލަ.   އެހެންނޫނީ ދީމްއަށް ގުޅަނީ” ޖީބުގައި އޮތް ފޯނު ނަގަމުން އަލްޔަން ބުނެލިއެވެ.

“ލީމް މީ އެލޯން” ތުރުތުރު އަޅަމުންދިޔަ ދެތުންފަތް ހަރަކާތްކޮށްލައިފިއެވެ. އެހިނދު ކަރުނަތައް އަނެއްކާވެސް އޭގެ މަގާމުދޫކޮށް އޮހޮރިގެންފިއެވެ.

“އަހަރެން ފަހުން އަންނާނަން އިނގޭ. މިތަނުން ދުރަކަށް ނުދަން ކައިރީގަ އެބައުޅެން” ބިރުގަނެފައިވާ ޒީކް ހުނައިފްއަށް ބަލާލުމުން އަވަސް އަވަހަށް އަލްޔަން ބުނެލިއެވެ. އަދި ހުނައިފްގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ނެރެގެން ގެންގޮސްފިއެވެ.

ކާރު މަޑުކޮށްލުމާއެކު މިސައިބާ ހަލުވިކަމާއެކު ކާރުން ފައިބައިފިއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޭތެރެއަށް ވަދެގެން ދިޔައިރު ހިތުގައިވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ. އަލްޔަން މިއަދު ހެނދުނު އެހާ ރީތިކޮށް ވާހަކަ ދެއްކިއެވެ. ނަމަވެސް އެންމެ ފަހުވަގުތު އެހެން ހެދުމުން ހިތުގައި ޝަކުވާއުފެދުނެވެ. ގެއިން ނިކުންނަމުން ހަވީރު ގުޅާލުމުންވެސް އިރުކޮޅަކުން ދާނެކަމަށް ބުންޏެވެ. އެވަގުތު ސިޓިންގރޫމްގެ ތެރެއަށް ނިކުމެގެން އަންނަ އަލްޔަން ފެނިފައި މިސައިބާއަށް ހުއްޓެވިއްޖެއެވެ. އަލްޔަން އަދިވެސް ހުރީ އޮފީސް ހެދުމުގައި ކަމުން ގެއަށް އައީ ދެންމެ ކަމަށް ވެދާނެކަމަށް މިސައިބާއަށް ހީކުރެވުނެވެ.

“މޮމް! ސޮރީ މިރޭ އަހަރެން އެކަނި ވިޔަސް އެގެއަށް ޖައްސާލާނަން” މިސައިބާ އެއްޗެކޭ ބުނުމުގެ ކުރިން އަލްޔަން ވާހަކަ ދެއްކިއެވެ.

“މަންމަ ކައިރީގަ ބުނެބަލަ ދާނެމޭ ބުނެފަ ނުދެވުނީ ކީއްވެގެންކަން” މިސައިބާ އަލްޔަންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“މޮމް ޒީ . . . މާބޮޑަށް ވަރުބަލިވީ” އަލްޔަން ވީގޮތް ބުނަން އުޅެފައިވެސް ބަހަނާއެއް ހަދާލިއެވެ. މިސައިބާއަށް އަލްޔަންގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރު ތަކުން އަލްޔަން ބުނީ ތެދެއް ނޫންކަން ޔަގީންވިއެވެ.

“އެންމެ ރަނގަޅު އެގެއަސް ފޮނުވަންވެފައި ހުރި އެއްޗެއްވެސް ހުންނާނެ. ދަރިފުޅު ދަމުން ގެންގޮސްދީ އިނގޭ” މިސައިބާ ކޮޓަރިއާ ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ. އޭރު ކާރު ޕާރކްކުރުމަށްފަހު އާލިންވެސް އެތެރެއަށް ވަދެގެން އާދެއެވެ.

“މިއަދު ކިހެނެއްތަ ތިހެދީ” އަލްޔަންގެ ކޮނޑުގައި ޖަހާލަމުން އާލިން ބުނެލިއެވެ.

“ޑޭޑް ވަރަށް ޓަޔަޑް އެހެންވެ” އަލްޔަން އެހެން ބުނެލުމުން މިސައިބާގެ ފަހަތުން ކަހަލަ ގޮތަކަށް އާލިންވެސް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

އަލްޔަން ހިނގައިގަތީ ޒީކްގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ކޮޓަރިތެރެއަށް ވެރިވެފައިވާ ކަޅު އަނދިރިކަމުގެ ތެރެއިން އަލްޔަންއަށް އެއްވެސް އެއްޗެއް ވަކިކުރާކަށް ނޭނގުނެވެ. ފޯނުން އަލިކޮށްލަމުން ގޮސް ލައިޓް ދިއްލާލިއެވެ. ކޮޓަރިއަށް ފެތުރިގެންދިޔަ ހުދު އަލިކަމާއެކު އެނދުމަތީގައި އިށީދެލައިގެން އިން ޒީކް އަލްޔަންގެ ލޮލުގައި އަޅައިގަތެވެ.

“ޒީކް” ޒީކްއަށް ގޮވާލަމުން އަލްޔަން އެނދުމަތީގައި ޒީކްގެ ކައިރީގައި އިށީދެލިއެވެ.

އަލްޔަންގެ އަޑު އިވުމުން އޭނާގެ މޫނަށް ބަލާލަމުން އިސްޖަހާލިއެވެ. ވާހަކަ ދައްކަން ބޭނުން ވިޔަސް ޒީކްގެ ދޫ ހަރަކާތް ނުކުރި ކަހަލައެވެ. އެންމެ ކުޑަ މިނުން ޝުކުރިއްޔާއޭ ބުނެލަން ޒީކް ބޭނުންވެއެވެ. ނަމަވެސް ދުލާ ހަމައަށް އެ ބަސްތަކެއް ނައެވެ.

“އަދިވެސް ބިރުންތަ؟” ޒީކް އިންގޮތުން އަލްޔަންއަށް އެކަހަލަ އެއްޗެއް ހީވުމުން ބުނެލިއެވެ.

ޒީކް ދެފަރާތަށް ބޯހޫރާލަމުން އޭނާ އިނީ ބިރުގަނެފައި ނޫންކަން އަލްޔަންއަށް ޔަގީންކޮށްދިނެވެ.

“ޒީކް ސޮރީ” އަލްޔަން ޒީކްގެ މަޑު އަތްތިލަ މަތީގައި އޭނާގެ އަތްބާއްވާލިއެވެ. މިފަހަރު ޒީކްވެސް އަތް ދުރަށް ގެންދާކަށް މަސައްކަތެއް ނުކުރެއެވެ. ހަމަކުރިންވެސް އިންގޮތަށް އިނީއެވެ.

“އަހަރެން ހިޔެއް ނުކުރަން ހުނައިފް އެއީ އެހާ . . .” އަލްޔަންއަސް އޭނާގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ދައްކަން އެހާ ފަސޭހަ ވާހަކައަކަށް ނުވީ ކަންނޭގެއެވެ.

“އެއްވެސް ތާކަށް ތަދުވޭތަ؟” ޒީކްގެ އެމަޑުމައިތިރިކަމުން ނަގަންވީ ކޮންމާނައެއް ކަމެއް އަލްޔަންއަކަށް ނުވިސްނުވެއެވެ. އަލްޔަންގެ މޫނަށް ބަލާލުމަށްފަހު ޒީކް އަނެއްކާވެސް އިސްޖަހާލިއެވެ.

“ޒީކް އަހަރެން މިތާގައި އިނުމުން ކެތްވާވަރުގެ ކަމަކަށް ނުވަނީތަ؟ ބުނެބަލަ އަހަރެން ހިނގައި ދާނަމޭ” އަލްޔަން އެނދުން ތެދުވަމުން ބުނެލިއެވެ.

“ނޫން” އަލްޔަން ހިނގައި ގަތުން ޒީކް ބުނެލިއެވެ. ޒީކްގެ އެއަޑު އަލްޔަންއަށް އިވުނު ވަގުތު އަލުން އާ ފުރާނައެއް އެޅުނު ފަދަ ފޮނި އިހްސާސެއް ކުރެވިގެން ދިޔައެވެ. އަދި އެނބުރި އައިސް އެނދުމަތީގައި އިށީދެއްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ތިޔަ ލޯބިން ލިބުނު ހަދިޔާ

Next

ކެތްކުރީމޭ އެހެނަސް 2 ވަނަ ބައި

Next
February 4, 2018

ކެތްކުރީމޭ އެހެނަސް 2 ވަނަ ބައި

Previews
February 3, 2018

ތިޔަ ލޯބިން ލިބުނު ހަދިޔާ

33 Comments!

  1. Ainth says:
    February 3, 2018 at 11:09 pm

    V salhi bt maa kury when nxt part

    1. riya says:
      February 4, 2018 at 8:58 pm

      Thank u? ainth, next part dhigu kohlaanan ?

  2. Sweetie says:
    February 3, 2018 at 11:10 pm

    Varah habeyxxxc

    1. riya says:
      February 4, 2018 at 9:19 pm

      ?Thank u sweetie

  3. Mai says:
    February 3, 2018 at 11:14 pm

    Nice

    1. riya says:
      February 4, 2018 at 11:08 pm

      thank you

  4. riya says:
    February 3, 2018 at 11:14 pm

    helo readers, here is the new part. pls do comment ur views after reading this part . Thank u for reading and n liking my story.

    1. Jeyz says:
      February 4, 2018 at 12:16 pm

      Yes varah kuru dear riya

  5. Xa says:
    February 3, 2018 at 11:15 pm

    V reethii

    1. riya says:
      February 4, 2018 at 11:08 pm

      thank you 🙂

  6. Nàani says:
    February 4, 2018 at 12:11 am

    Varah reethi.. kuru ekam

    1. riya says:
      February 4, 2018 at 11:09 pm

      ، thank you 🙂 sorry for that

  7. Firoo says:
    February 4, 2018 at 12:22 am

    Nice. .. keep it up riya

    1. riya says:
      February 4, 2018 at 11:10 pm

      thank you 🙂

  8. Hairaan says:
    February 4, 2018 at 12:29 am

    Varah reethi

    1. riya says:
      February 4, 2018 at 11:10 pm

      thank you 🙂

  9. Icy♡ says:
    February 4, 2018 at 5:00 am

    WOW
    I just love this stor
    ♡☆♡☆♡

    1. riya says:
      February 4, 2018 at 11:11 pm

      thank you 🙂

  10. Anonymous says:
    February 4, 2018 at 8:59 am

    varah reethi ekam haadha kurey

    1. riya says:
      February 4, 2018 at 11:11 pm

      thank you 🙂
      sorry for that

  11. Pinky shifoo says:
    February 4, 2018 at 11:13 am

    Varah reethi ??.. Waiting for next part

    1. riya says:
      February 4, 2018 at 11:12 pm

      sorry for that

    2. riya says:
      February 4, 2018 at 11:12 pm

      thank you 🙂

  12. Sana says:
    February 4, 2018 at 12:02 pm

    Bunaane ehcheh ves neynge
    Ehaaves reethi mi story
    When next part?
    Keep it up?

    1. riya says:
      February 4, 2018 at 11:13 pm

      thank you 🙂

  13. Aki says:
    February 4, 2018 at 1:10 pm

    varah furihama ekamu thankolhe kuree mi part… miadhu ge part up kohla dheebaa pls pls

    1. riya says:
      February 4, 2018 at 11:13 pm

      thank you 🙂

  14. kiyaa says:
    February 4, 2018 at 2:55 pm

    vaahaka varah reethi.ekam kobaatha kaiaa vaahaka..keeve update nuvanee evaahaka

    1. riya says:
      February 4, 2018 at 11:15 pm

      THANK U, mivaahaka ninmaalafa evaahaka publish kuran fashan nin maigen mihuree

  15. Leo3910 says:
    February 4, 2018 at 4:44 pm

    Alheyyyyy….hadha kurey…vvvvvv kiyaa hithun indhaa e nimuny??

    1. riya says:
      February 4, 2018 at 11:15 pm

      sorry

  16. Blue beauty says:
    February 4, 2018 at 8:30 pm

    wow varah reethi akam kuree…….????dhen konirakun next part……. riya

    1. riya says:
      February 4, 2018 at 11:16 pm

      THANK U

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ނަވާރަވަނަ ބައި)←


All Right Reserved!