ރީކަލް ވަރަށް ފަރުވާތެރިވެ އެ ރިޕޯޓް ތައް ބަލަން ފެށިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވޭތޯ މައިލީން އިނީ ވަރަށް ފަރުވާތެރިވެއެވެ. އެހެނަސް އޭނާއަށް އެއްވެސް އަސަރެއްނުފެނުނެވެ. ހިތާހިތުން ދުއާ ކުރެވުނީ ޔަޝްމް ހެޔޮހާލުގައި ލެއްވުމަށެވެ. “އައި ވިލް ކީޕް ދިސް ވިތް މީ ފޯ އަ ވައިލް” ރީކަލް ރިޕޯޓުން ނަޒަރު ވަކިކޮއްލަމުން ބުނެލިއެވެ. މައިލީން ގެ މޫނުމަތިން ކަންބޮޑުވުން ފެނިގެން ދިޔައެވެ. އޭނާއަށް އަހާލެވުނީ މައްސަލަ އެއް އުޅެނީހެއްޔެވެ؟. ރީކަލް ނިންމީ އެ […]
“ދޮންތާ… ނަމާދުކޮއްލައިގެން ކުޑަ ވަގުތު ކޮޅެއް ދެވިދާނެތަ؟” މައިލީން ބުނެލިއެވެ. އެހެން ބުނިއިރުވެސް މައިލީން އަށް މި ބުނެވެން އުޅޭ ވާހަކައިގެ ބޮޑުކަން އިހްސާސްވަން ދިޔައެވެ. ކޮފީ ތަށި ހަދައިގެން މޭޒު ދޮށުގައި އިށީނަސް އެ ބޮވޭ ގޮތެއްނުވިއެވެ. ދޮންތަ އަށް ހަގީގަތް ކިޔާ ދިނުމުން ބަދަލް ވާނި ކޮންކަމެއްތޯ އޭނާ އަމިއްލަ ންފްސާ ސުވާލުކުރިއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. އެހެނެއްކަމަކު އިތުރަށް ހިތް ދަތި ވުން ނޫންކަމެއް ނުވާނެއެވެ. އަނެއްކާވެސް އޭނާގެ ސިކުނޑި ހާސްވުން […]
ނަމަވެސް ކެތްތެރިކަމެއްނެތި އެތާތިބި އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޑޮކްޓަރުގެ ބަހަކަށެވެ. ދަންވަރުގަޑިން 2 ޖަހަންކައިރިވެފައިވޔަސް ނިދިލޮލަށް އަންނާނެހެއްޔެވެ؟ އަޔާޒަކީ އެންމެންގެ ލޮލުގެ ނޫރުފަދަ މީހެކެވެ. ޑޮކަޓަރެއް ނުކުތުމުން އެންމެން އެއްފަހަރާ ގޮސް ކައިރިވެލިއެވެ. “އޮޕަރޭޝަން ކާމިޔާބު..އެކަމް” “އެކަމް ކިހިނެތްވީ؟” ކެތްތެރިކަންކޮޅުންލާ ހިސާބަށް ގޮސްފައިވުމުން ހަނާ އަހައިލިއެވެ.”އެކަމް ޕޭޝަންޓްގެ ހާލަތު ވަރަށް ދަށް… މީ އިޝާމް ދެއްތޯ..؟ އަޅުގަނޑާއެކު ވަޑައިގަންނަވާ.. ހިއްސާ ކޮށްލަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުރި..” ޑޮކްޓަރ އަރީފް ގެ ފަހަތުން އިޝާމް ހިނގައިގަތީ […]
ކޯސްގާރޑު ހުދު ޔުނީފޯރމުގައި ޝަނުމް ފެންނަމުން ދިޔައީ ވަރަށް ވެސް ހަރުދަނާ ކޮށެވެ. ގައުމުގެ ދިފާއުގައި ނިކުތުމުން އެއްމެންގެ މެދުގައި ޝަނުމްއަށް އޮތް އިހުތިރާމް ވަރަށްވެސް ބޮޑުވެއްޖެއެވެ. ޖަލްސާއަށް ހާޟިރުވި އެތައް ބަޔަކު ޖަލްސާ ފެށުމުގެ ކުރިން ޝަނުމް ކައިރިއަށް އައިސް އޭނާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ. އަދި އެއްމެހާ ދިވެހީން ޝަނުމް އެ ދެއްކި ނަމޫނާގައި ހިފައި ގައުމާއި ދީނުގެ ހައްގުގައި ތެދުވެއްޖެނަމަ އެއްވެސް އަދުއްވަކަށް މިފަސްގަނޑުގައި ފައި ނުޖެއްސޭނެ ކަމަށް ބުންޏެވެ. ޝަނުމްއަށް އެތައް […]
ކުރީގެ އަދަދާއި ގުޅޭ : ” ހަމަ އަސްލުވެސްތަ ބްރޯ.. އެހެންވީއިރު ތި އިޔާޒް ތީ ހާދަ ނުބައި މީހެކޭ.. ބްރޯ ހާސްނުވޭ.. އިތުރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. ” ހަގީގަތް އެނގުމުން މައުލޫމާތުތައް ސިއްރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިއާމް ދިނެވެ. ******************* ގެއަށް ވަދެގެން އައިއިރު ބަދިގެ ފަރާތުން ކޮންމެވެސް ބަޔަކު ވާހަކަދައްކާއަޑު ޔަޒްދާންއަށް އިވުނެވެ. އެހެންވެ ބަލާލާނަމޭ ހިތަށް އަރާފައި ޔަޒްދާން ބަދިގެފަރާތަށް ގޮސް ކުޑަކޮށް ބަލާލިއެވެ. ބަދިގެތެރޭގައި ޒާރާ […]
ޔުއާން އަށް އެވަގުތު ފޯނެއް އައެވެ. އޭނާ ވާހަކަ ދައްކަމުން ފޯނަށް ސަމާލުކަން ދީގެން ހިނގައިގަތް ވަގުތު ޖެހިގެން ހުރި ލިފްޓުން ނުކުތް މީހެއްގެ ގައިގައި ޖެހިފައި ފޯން ބިންމައްޗަށް ވެއްޓުނެވެ. އޭނާ އިސް އުފުލާލާ ބަލާލިއެވެ. އެވަގުތަކީ އެ އަންހެން މީހާވެސް އިސްއުފުލާލާ ބަލާލިވަގުތެވެ. އެއާއެކު އެ އަންހެން މީހާ އާއި ޔުއާން ގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. “ޔަޝްމް” އެވަގުތު އެ އަންހެންމީހާ އެހެން ބުނެވުނީ ވައިއަޑުން ކަމުގައި ވީނަމަވެސް ޔުއާން އަށް […]
“ދޮންބޭ.. ” މިއުނާ އަޑުގެނެތް ތަނަށް ހަލޭލަވައި ގަތެވެ. “މިއުނާ އެއީ އަހަރެމެންގެ މަންމައޭ… ” ލީވާން ބެލީ މިއުނާއަށް ވިސްނާދެވޭތޯއެވެ. “މަންމަ އޭ.. ކޮން މަންމައެއް.. އެމަންމަ ކޮބާ އަހަރެމެން ތިންމީހުން ދޫކޮށްލާފަ ދިޔައިރު…އެއޮއް ކުޑަކުޑަ ޔަނާ ދޫކޮށްލާފައި ދިޔައީ އެންމެ ތިންމަހުގައޭ.. އެކުއްޖާފުލުގެ ހާލުބަލާލަންވެސް މިއޮއް 5 އަހަރު ވީއިރު، އެއް އިރަކު ވެސް ނައީ ކީއްވެތަ..؟ އޭނާ ހާދާން ނޭތުނީތަ އޭނާގެ ތިން ދަރިން ދުނިޔޭގަ ތިބި ކަން ވެސް… އެވަރުންވެސް މަ […]
ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައެވެ. ފާއިތުވެގެންދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި އަލްޔަންއާއި ޒީކްގެ ގުޅުން ބަދަހިވެފައިވިއެވެ. ދެރަހުމަތްތެރިންގެ ހައިސިއްޔަތުން ކަންކަމުގައި ހިޔާލު ބަދަލުކޮށްލާ ހަދަމުން ދެއެވެ. މިސައިބާގެ އަބަދުވެސް ޒީކް އަލްޔަންގެ ކައިރީގައި ބެހެއްޓޭތޯ މަސައްކަތް ކުރަމުން ދެއެވެ. އެކީގައި ތަންތަނަށް ކަންކަމުގައި ފޮނުވުމާއި އަލްޔަންގެ ހުރިހާކަމެއް ކަހަލަ ގޮތަކަށް ޒީކްއާ ވަނީ ހަވާލުކުރެވިފައެވެ. އެފަދަ ކޮންމެ ކަމަކުން ވިޔަސް ޒީކްގެ ހިތުން އަލްޔަންއަށް ޖާގައެއް ހޯދަދިނުމަށް މިސައިބާ ހުރީ ތައްޔާރަށެވެ. ޒީކް ހިތްހެޔޮކަމާއެކު ވާހަކަ […]
ކުރީގެ އަދަދާއި ގުޅޭ : އޭރު ނަމާދަށް ނުގޮސް އަހަންނަށް އިނދެވެނީ ވިސްނާށެވެ. ނަމާދަށް ދިއުމަށް އިސްކަމެއް އަހަންނަކަށް އޭރު ނުދެވެއެވެ. އަހަންނަށް ބައެއް ނަމާދުވެސް އެހެންގޮސް އެޅުނެވެ. ދުވަސްކޮޅެއްވާންދެން އަހަންނަށް އުޅެވުނީ ހަމަ އެހެންނެވެ. އެކަމާ ފަހުން އަހަރެން ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެންގޮސް އަހަރެން ތައުބާވެސް ވީމެވެ. އަދި އޭގެ ފަހުން ނަމާދުތަކަށްވެސް އަހަރެން ވަރަށް ފަރުވާ ބަހައްޓަމެވެ. އަހަރެންގެ ހިތާމަތަކަށް ވުރެ ދީނަށް އިސްކަންދިނީމެވެ. ކުރީގައި ގްރޭޑް 9 ގައި އުޅުނު ދުވަސްވަރުގައި […]