
ތިޔަ އަސަރު 21
ލޯބީގެ އިޝްގުގައި ޖެހި އަޝްވާގެ ހިތުގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ޝަނުމްއަށް އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން ބޭނުމެވެ. ބޭގަރާރުވަމުން ދާ ހިތަށް ހަމަޖެހުމެއް ހޯދަދޭން ބޭނުމެވެ.
އިއްޔެ ހޮސްޕިޓަލުގައި ދެމީހުން އެކަނި ވަގުތު އަޝްވާ އޭނާގެ ލޯތްބަށް އިއުތިރާފްވާން އުޅުނެވެ. އެހެންނަމަވެސް އެވަގުތު އެތަނަށް ރީމްގެ މަންމަ އަމީހާ އައުމުން ހާލަތު އެކަމަށް ތަންނުދިނީއެވެ. އޭރުން ފެށިގެން އަޝްވާ މަސައްކަތް ކުރަމުން ދަނީ ޝަނުމް އާއި އެކަނި ވެލެވޭނެ ވަގުތެއް ހޯދުމަށެވެ. ކާއިން އަޝްވާއަށް އޭނާގެ ބަސްތަކުން ހިތްވަރު ދެމުން ދިޔައިރު މީކާއިލް ޝަނުމްއަށް އެހީވެދެމުން ދިޔައެވެ.
އެހެންނަމަވެސް އެމީހުންނަށް އެފުރުސަތު ލިބިގެން ނުދިޔައެވެ. ޝަނުމް ކުރި އަގުނުކުރެވޭ ހިދުމަތަށް އޭނާއަށް ޝުކުރު އަދާ ކުރުމަށް ރައްޓެހިންނާއި ދިފާއީ ބާރުގައި އުޅޭ އެތައް ބަޔަކު އަންނަމުން ދިޔައެވެ.
“ނިޔަފަތި ނުކެޔަސް ޝަނުމް ލިބޭނެއޭ.. ތިހާ ހާސްވެގެން ނޫޅެބަލަ” ކާއިން އަޝްވާގެ އަތް އަނގައާއި ދުރުކުރަމުން ބުނެލިއެވެ. އަޝްވާގެ އަތުގައި ވި ފިނިކަން ކާއިންއަށް އިހުސާސްވިއެވެ. އެމީހުން ޝަނުމް އޮތް ކޮޓަރީގެ ބޭރުގައި މަޑުކޮށްގެން ތިބީ ޝަނުމްއާއި އެއްކޮށް މަސައްކަތް ކުރާ ސިފައިންގެ އޮފިސަރުން ޝަނުމްއާއި ބައްދަލުކޮށްލަން ތިބުމުންނެވެ.
“ހާސް ނުވެ އަހަރެން ކޮން ކަމެއްތަ ކުރަންވީ.. އަހަންނަށް ހީވަނީ އަހަރެން ލޯބިވާކަން ޝަނުމްއަށް ހާމަނުކުރެވެނީސް އެހެން ހުރިހާ އެއްމެންނަށް މިކަން އެނގޭނެހެން.. ކާއިންގެ އިތުރުން މަލަކާއާއި މީކާއިލްއަށް ވެސް އެގިއްޖެ.. ދެން އިއްޔެ އަހަރެން ޝަނުމް އަތުގައި ހިފަހައްޓައިގެން އިންދައި އަމީހާ ދައްތައަށް ފެނުނު، ނޭނގެ ރީމް ކައިރީ ނުބުނާ ކަމެއް ވެސް” ކާއިންއަށް ބަލާލަމުން އަޝްވާ އެހެން ބުނެލީ ކަންބޮޑުވުމުގެ ރާގަކަށެވެ.
“ރީމް އަށް އެގިގެން އަޝްވާއަށްޓަކައި ޝަނުމްއާއި ދުރުނުވެއްޖެނަމަ ، އަޝްވާ ރީމް އާއި ރައްޓެހިކަން ބާއްވަންވީ އެއްވެސް ސަބަބެއް ނެތް. އެކަހަލަ ރައްޓެއްސެއް އަޝްވާ ތިގެންގުޅޭ ސަބަބެއް އަހަންނަކަށް އެއްވެސް ގޮތަކަށް ނުވިސްނުނު” އަޝްވާ ބަލާލުމުން ކާއިން ބުނެލިއެވެ.
“ރީމް އެހެން އުޅުނަސް ވަރަށް ރަގަޅުވާނެއޭ.. މިކަންތަކުގަ ރީމްއާއި އެއްވަރަށް އަހަންނަށްވެސް ގޯސް ހެދިއްޖެ.. އެއްމެނަށް ސިއްރުކުރަން އުޅުމުން އެއްމެ ފަހުން ލަޑު ލިބޭ ތަން ފެންނަނީ” އަޝްވާ ބުނެލިއެވެ. އެތައް ފަހަރަކު ހަގީގަތް ރީއްޗަށް ކިޔާ ދެވުނު ނަމައޭ ހިތަށް އަރައެވެ. އެހެން ނޫން ނަމަ މި ހާލަތު އަންނާކަށް ނުޖެހުނީއެވެ.
“ވެލް، އައި ޖަސްޓް ހޭޓް ހާރ.. ” ކާއިން އެހެން ބުނެލުމުން އަޝްވާއަށް ހެވުނެވެ. އެއީ އެތައް ބަޔަކު ރީމްއާއި ދޭތެރޭ ދެކޭ ގޮތެވެ. އެހެންނަމަވެސް ރީމް އާއި އެކީ އުޅެވުމުން މަންޒަރު ތަފާތު ވާނެކަން އަޝްވާއަށް އެނގެއެވެ.
މިއަދަކީ ދެ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމަށްފަހު ޝަނުމް ގެޔަށް ދޫކޮށްލާ ދުވަހެވެ. ޝަނުމް އަންނަން ވާއިރަށް އަޝްވާ މުޅި ގޭތެރެ ފޮޅައި ސާފުކުރިއެވެ. ނަދީމާގެ އެހީތެރިކަމާއި އެކު ބާޒަރަށް ގޮސް ތަރުކާރީ އާއި މޭވާ ގަނެ ފުރިޖު ފުރާލިއެވެ. މިދުވަސްކޮޅު ޝަނުމްއަށް އެއްމެ ބޭނުންވާނީ ސިއްހަތަށް ފައިދާ ހުރި ތަކެތި ކަމަށްވާތީއެވެ. އަދި ޝަނުމްއަށް އެއްމެ މީރުވާނެހެން ހީވާ ތަކެތިން ރޭގަނޑުގެ ނާސްތާއަށް މޭޒުމަތީގެ ފަޅުކަން ފިލުވައި ދިނެވެ.
ގޭގެ ބެލް ރިންގުވާން ފެށުމާއި އެކު އަޝްވާ އޭނާ އަތުގައި އޮތް ފޮތިގަނޑުން އަތް ފުހެލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ.
“ޝަނުމް” ދޮރުހުޅުވާލުމާއި އެކު އަޝްވާ އަވަސް އަވަހަށް ބުނެލީ ދޮރުގެ އަނެއް ފަރާތުގައި ހުރީ ޝަނުމް ކަމަށް ހީކޮށެވެ.
“މީ ޝަނުމް އެއް ނޫނޭ.. ” ހެވިފައި ހުރެ އެތެރެއަށް ވަންނަމުން ރީމް ބުނެލިއެވެ.
“ހާދަ މީރުވަސް ދުވެއޭ… ޝަނުމްމެން އަންނަން ވާއިރަށް ކައްކާލަނީ ދޯ ” ސިޓިންރޫމުގައި ހުރެ ބަދިގެޔާއި ދިމާލަށް ބަލާލަމުން ރީމް ބުނެލިއެވެ.
ރީމްވެސް ތައްޔާރުވެގެން އެއައީ ޝަނުމްއާއި ބައްދަލުކޮށްލާށެވެ. ހޮސްޕިޓަލަށް ދެތިން ފަހަރަކު ދިޔަ ނަމަވެސް ޝަނުމްއާއި ރަނގަޅަށް ވާހަކަ ދައްކާލެވޭ ގޮތެއް ނުވުމުންނެވެ. ހިތްވަރު އެލުވާ ނުލައި ރީމް އަދިވެސް މަސައްކަތް ކުރަމުން ދަނީ ޝަނުމް ހާސިލްކުރުމަށެވެ. ރީމް ކުރާ އެތައް މެސެޖަކަށް އަދި ބައްދަލުވާ ހިނދު ދައްކާ އެއްވެސް ވާހަކައަކަށް ޝަނުމް އިޖާބަ ނުދޭތީ ރީމް ހުންނަނީ ހިތް ބިރުގެންފައެވެ. މޫނުމަތިން މާ ގަދަ ހަދައިލައިގެން އުޅުނު ކަމުގައި ވީނަމަވެސް މެއެވެ. ޝަނުމް އޭނާ ލޯބިވާ ކުއްޖެއް ހުންނަ ވާހަކަ ބުނެފައިވާތީ އާއި އެކީގައެވެ. ރީމްގެ ހިތް އަވަސްވެފައިވަނީ އޭނާއަށް ޝަނުމް ލިބުމުގެ ކުރިން އެކުއްޖަކަށް ޝަނުމް ލިބިދާނެތީއެވެ.
އެއްމެންނަކީ ހަނދު ފަދަ ބައެކެވެ. ކޮންމެ މީހެއްގެ ވެސް އަނދިރި ފަރާތެއް އޮންނާނެއެވެ. ރީމް މީގެ ކުރިން ލޯބިވެރިއެއް ގެންގުޅެފައި ވީ ނަމަވެސް ކުއްޖާއާއި ވަކިވާން ޖެހުނު ހަނދާންތައް އަދިވެސް ހަނދާނުގައި އެބަ ހުއްޓެވެ. ރީމް އޭނާގެ މުޅި ހިތް އެކުއްޖަކަށް ހިބަކުރުމުން އޭނާއަށް ކުރިމަތިލާންޖެހުނީ ހިތް ދަތިކަމާއި އެވެ. ނަފުސާނީ އަދި އެތައް ޖިސްމާނީ އަނިޔާތަކާއި ކުރިމަތިލާން ޖެހުނެވެ. ދުނިޔޭގެ އުފާ ހޯދުމަށް އެކުއްޖާ އުޅުމުން ރީމްއަށް ލިބުނީ ކެއްސެވެ. ވޭނާއި ތަދެވެ. އެވޭނާއި ތަދުން ހަރުވެފައިވާ ހިތަށް މިއަދު ބޭނުންވަނީ ލޯތްބެވެ. އެހަނދާންތަކާއި ދުރުކޮށްދޭނެ އޯގާތެރިކަމެވެ. އެހެންނަމަވެސް ލޯތްބަކީ ގަދަ ބާރުން ހޯދޭ އެއްޗެއްކަން ރީމްއަށް ނޭނގެނީ ހެއްޔެވެ؟
ރީމް އާއި އަޝްވާއަށް ރަނގަޅަށް ވާހަކަ ދައްކާނުލެވެނީސް ޝަނުމް ގޮވައިގެން އަސްރާރުގެ ދެމަފިރިންނާއި މީކާއިލް އައެވެ. މީކާއިލްއާއި އާއި ހަފީޒާ ޝަނުމް ގޮވައިގެން ކޮޓަރިއަށް ގެންދިޔައެވެ. ރީމް އެމީހުންގެ ފަހަތުން ދިޔައިރު އަޝްވާ ބަދިގެޔަށް ދިޔައީ ޝަނުމްއަށް ކާން ދޭން ޓްރޭ ބަލައެވެ.
ކާ ތަކެއްޗާއި އެކު ޓްރޭ ބަރުކޮށްގެން އަޝްވާ ކޮޓަރިއަށް ވަންއިރު ރީމް ޝަނުމްއާއި ވާހަކަ ދައްކަން އެނދުގައި އިށީދެގެން އިނެވެ.
“ގެނޭ އަހަރެން ޝަނުމްއަށް ކާންދޭނަން” އަޝްވާ އައުމުން ރީމް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ޓްރޭ ދިނުމުގެ ބަދަލުގައި އަޝްވާ ބަލައިލީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އޮތް ޝަނުމް އަށެވެ. އަޝްވާއަށް ނޫނެކޭ ނުބުނެވެނީސް ރީމް އަޝްވާ އަތުން ޓްރޭ އަތުލައިގެން ޝަނުމް ކައިރީ އިށީނެވެ. އަދި މޮޑެފައި ހުރި ބަތްތަށިން ސުވާއެއް ނަގައި ޝަނުމްއަށް ދިއްކޮށްލިއެވެ.
“އަހަރެން ނުކާނަން” ދެކޮޅަށް ބޯހޫރުވާލަމުން ޝަނުމް އެހެން ބުނެލީ އަޝްވާ އާއި ނަޒަރު ސީދާކުރަމުންނެވެ.
އަޝްވާ މަޑު ހިނގުމެއްގައި ގޮސް އެނދުގެ އެއް ފަރާތުގައި ހުރި މޭޒު ކައިރީގައި ހުއްޓިލިއެވެ. ދެމީހުންގެ ނަޒަރުން އެތައް ވާހަކަ ތަކެއް ކިޔައިދެމުންނެވެ. އަޝްވާ ވެސް ބޭނުމީ ރީމް އިން މަގާމުގައި އިންނާށެވެ. އޭނާ އަތުން މޮޑެފައި ހުރި ޝަނުމް އަށް އެއްމެ މީރު ރިހައާއި ބަތް ކާން ދިނުމަށެވެ. އެހެންނަމަވެސް ހާލަތާއި ވަގުތު އެކަމަށް އަދި ތަން ނުދޭތީ އިތުރު ވާހަކައެއް ނުބުނެ އެމަންޒަރު ބަލަން ހުރީއެވެ. ހިތަށް ތަދުވާ މަންޒަރަކަށް ވީ ނަމަވެސް މެއެވެ.
ޝަނުމްއަށް އަޝްވާގެ ސީދާ އިއުތިރާފެއް ނުލިބުނު ނަމަވެސް އަޝްވާ އޭނާގެ އަތުގައި ހިފަހައްޓައިގެން ދެއްކި ހުރިހާ ވާހަކަތަކެއް ދެންމެ ވީ ކަމެއްހެން ހަނދާނުގައި އެބަ ހުއްޓެވެ. އަޝްވާގެ ލޯބި އޭނާއަށް ލިބޭނެ ކަމުގެ ފެހި ސިގުނަލާއި އެކީގައި ޝަނުމްވެސް އިންތިޒާރު ކުރަމުން އެދަނީ އެހިނދު ކޮޅަށެވެ.
“ދަރިފުޅާ.. ދަރިފުޅަށް އެކަނި ނުކެވޭތީ އޭ ރީމް ކާން ދޭން އުއުޅެނީ.. ހަވީރު ސައި ނުބޮއި ހުރީމަ އެތިކޮޅެއް ނަމަވެސް ކާލައިގެން ނިދަންވާނީ އިނގޭ” ހަފީޒާ ބުނެލިއެވެ. ހަފީޒާ ވަނީ ރީމްގެ ވާހަކަ ޝަނުމް ކައިރީ ކުރިންވެސް ދައްކާފައެވެ. ރީމް އާއި ޝަނުމް ގުޅުމަކީ ދެއާއިލާއިންވެސް ވަރަށް ރުހޭ ކަމަކަށް ވުމުން ހަފީޒާ ވީހާވެސް ބޮޑަށް އެބަލަނީ ޝަނުމްގެ ހިތް ރީމްއަށް ލަންބުވާލުމަށެވެ. ޝަނުމް އޭނާގެ ބުނެފިނަމަ އެއްވެސް ފަސްޖެހުމެއް ނެތި ރީމް އާއި ކައިވެނި ކުރާނެކަން އެނގުނު ނަމަވެސް ހަފީޒާ އެއްވެސް ކަމެއްގައި ޝަނުމްއަށް މަޖުބޫރު ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ ދައްކާ ކުއްޖެއް ނޫނަސް ޝަނުމް އަމިއްލައަށް ކުއްޖެއް ހޮވައިފިނަމަ ހަފީޒާ އެކުއްޖަކާ ރުހި ގަބޫލުވާނެއެވެ.
ބޮޑުދައިތަ ގޮތް ދޫނުކުރާނެކަން އެގޭތީ ޝަނުމް ރީމް އަތުން ޓްރޭ އަތުލިއެވެ. އަދި ގަދަކަމުން ކާން އުޅުނެވެ. ޝަނުމްއަށް އަނިޔާ ލިބުނީ އޭނާގެ ކަނައަތަށް ކަމުން ކެތްނުވާވަރަށް ތަދުވަމުން ދިޔައެވެ. ނަމަވެސް ޝަނުމް ބޭނުމީ އޭނާގެ ގޮތުގައި ހިފަހައްޓާށެވެ. ރީމް ކަހަލަ މީހަކާއި ކުރިމަތިލާންޖެހޭނީ މިގޮތަށެވެ.
ޝަނުމް ކާން އިރު މޫނުމަތިން ދައްކަމުންދާ ކުލަވަރުން ކޮޓަރީގެ އެއް ފަރާތުގައި ހުރި މީކާއިލްއަށް ހެވެން ފެށުނެވެ. ޝަނުމް މީކާއިލްއަށް ހުރިހާ ވާހަކައެއް ކިޔާދޭތީ ޝަނުމް އަށް ކުރިމަތިވެފައި ވާ ހާލަތު އޭނާއަށް އަންދާޒާ ކުރެވުނެވެ. ލޯބިވާ ކުއްޖާ ކުރިމަތީގައި ހުރިއިރު ޝަނުމްގެ ފަހަތުން ލޯބި ހޯދުމަށް އާދޭސްކުރަމުންދާ ކުއްޖާ އެއިނީ ޖެހިގެންނެވެ.
“މީކާއިލް!!! ޝަނުމް އާއި ދިމާނުކޮށް ހުރޭ… ފުރާނައިން ގުރުބާންވެގެން މިފަސްގަނޑު ސަލާމަތްކުރަން މަސައްކަތްކޮށްދިން ކޮންމެ މީހަކަށް އަހަރެމެން ޖެހޭނެ އިހުތިރާމް ކުރަން.. އެ އަދުއްވުންގެ އަތްދަށު ވެ ޝަނުމް ސަލާމަތްނުވި ނަމަ އަހަރެމެން މިއަދު ތިބެން ޖެހޭނީ ރޮއިރޮއި.. މީ ޝުކުރުކޮށް ހަމްދުކުރަންވީ ވަގުތު.. ދޭ ނަމާދަށް އަރައި ޝަނުމްއަށް ހެޔޮ ދުއާކޮށްދޭން” މީކާއިލް ހޭން ފެށުމުން ހަފީޒާ ގާތަށް ރުޅިއައެވެ. ހަފީޒާގެ ބޭބެ އޭނާއާއި ހަވާލުކުރި އަމާނަތް ކަމަށްވާ ޝަނުމްއަށް މިއަދުވެސް ހަފީޒާ ރައްކާތެރިވިއެވެ. އަމިއްލަ ދަރިއެއްހެން ޝަނުމްއަށް ލޯބިދެއެވެ.
މީކާއިލް ބޯ ކަހާލައިފައި ދާން ހިނގައިގަތުމުން އަޝްވާ އޭނާގެ ފަހަތުން ދިޔައެވެ. ހަފީޒާ ރީމްއާއި ޝަނުމްއަށް އެކަނިވެލުމަށް ފުރުސަތު ދެމުން ދިޔައެވެ. އެއްމެން ދިޔުމުން ރީމް ޝަނުމްއާއި ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް ޝަނުމް އެއިން އެއްވެސް އަޑެއް އޭނާއަށް ނީވޭ ކަމަށް ހަދައިލައިގެން އިނެވެ. ރީމް އޭނާގެ އަތުގައި ކޮށްޓާލިޔަސް އެއިން ކަމަކަށް ފަރުވާލެއް ނުދީއެވެ.
ދެމީހުން އެތާ ތިއްބައި އަމީހާ އެތަނަށް އައެވެ. ރީމް ހެން އަމީހާވެސް އުޅެނީ ރީމްއަށް ޝަނުމް ހޯދައިދެވޭތޯއެވެ. ޝަނުމްއާއި ހަފީޒާގެ ދެމަފިރިން މާގާތްކޮށްގެން އުޅެނީ އެހެންވެއެވެ. އަމީހާ އަކީ ރީމްގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުންނަ މަންމައެކެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެއޭ ބުނާ ބަހުގެ ފުރިހަމަ މިސާލު އަމީހާއާއި ރީމްގެ ގުޅުމުން އެއްމެ ފުރިހަމައަށް ފެނިގެންދާނެއެވެ.
“ރީމް ދޭބަލަ ޝަނުމްއަށް ފެން ތައްޓެއް ހިފައިގެން އަންނަން.. “ޝަނުމް ކައިރީގައި ހުރި ފެންތަށި ހުސްވެފައި ހުރުމުން އަމީހާ ބުނެލިއެވެ. ރީމް ދިޔުމުން އަމީހާ ޝަނުމް ކައިރިން ހާލު އަހާލިއެވެ. އަދި އޭނާ އަތުގައި އޮތް ވޮލެޓް އަޝްވާއާއި ހަވާލުކުރުމަށް ޝަނުމް އަތަށް ދިނެވެ.
“އަޝްވާ އެބަ އުޅޭ ގޭގަ.. ގޮސް ހަވާލުކޮށްލާ” ޝަނުމް ބުނެލިއެވެ. އަމީހާ އެތަނުން ފޮނުވާލުމަށެވެ.
“އަހަރެން މިއައީ އަޝްވާ އުޅޭ ތޯ ބަލާފައޭ.. ފެންނަން ނެތުމުން ޝަނުމްއާއި ހަވާލު މި ކުރީ” ޝަނުމް އޭގައި ހިފިއެވެ. ގޭގެ އެހެން މީހަކާއި އެ ވޮލެޓް ހަވާލުނުކުރީ ކީއްވެބާއޭ ހިތަށް އެރިއެވެ.
ކައިވެނި ކުރަން ހިންދުގެ ބައްޕަގެ ވަލީ ހޯދަން ޖެހޭތީ އަޝްވިން ރަށުގައި ދިރިއުޅޭ ހިންދުގެ ބައްޕަ، އައްބާސުއަށް މީގެ ދެތިން ދުވަސް ކުރިން ގުޅާލިއެވެ. ޖަވާބު ލިބުނީ އުއްމީދުކޮށްގެން ހުރި ގޮތަށެވެ. އެހެންކަމުން ދެން އިތުރު ގޮތެއް ނެތުމުން އަޝްވިން ކޯޓަށް ދިޔައިރު ކައިވެނި ކުރަން ހުށަހަޅާ ފޯމުގެ އިތުރުން ހާކިމްގެ ވަލީ ހޯދުމަށް ވެސް ފޯމު ނެގިއެވެ. ގާޟީ އިތުރު ސުވާލެއް ކޮށްފާނެތީ ކޯޓަށް ހުށަހެޅުމަށް ހިންދުގެ އަނިޔާގެ ރިޕޯޓާއި ހުރިހާ އެއްޗެއް ތައްޔާރު ކުރިއެވެ.
ކައިވެނި ކުރަން ހުށަހަޅާ ފޯރމުގައި ވަލީވެރިޔާގެ މައުލޫމާތު ހުށަހަޅަން ޖެހިފައިވާތީ މިފަހަރު އައްބާސުއަށް ގުޅަން އުޅުނީ ހިންދުއެވެ.
“ހަލޯ ބައްޕާ” ވަރަށް ބިރުން ހުރެ ހިންދު ބުނެލީ ކިރިއާ އަޑުއިވޭ ވަރަށެވެ.
“ވަލީ އެއް ނުލިބޭނެ” ހަލޯއަށް ރައްދު ނުދީ އައްބާސު ބުނެލި ޖުމްލާއިގެ އަޑު ހަރު ކަމުން ހިންދު އަތުން ފޯނު ދޫނުވީ ކިރިއާއެވެ.
“ވަލީ ނުދިނަސް އަޅުގަނޑު ކައިރީ ބައްޕަގެ އައިޑީ ކާރޑު ނަންބަރު ބުނެދެއްވިދާނެތޯ” ހިންދު ވާހަކަ ދެއްކީ އިހުތިރާމާއި އެކީގައެވެ.
“އަހަރެންގެ އެއްވެސް އެއްޗެއް ކަލެއަށް ނުލިބޭނެ… މާލެ ދެވުނީމަ މައިންބަފައިން މަތިން ހަނދާން ނައްތާލައި ތިއުޅެނީ ކިހިނެތްވެގެންތަ.. ނޭނގޭތަ އަހަރެންމީ ކަލޭގެ ބެލެނެވެރިއާ ކަމެއް.. ކަލޭ މީހަކާއި އިނުމުގެ ކުރިން ކަލޭ އުޅޭނެ ތަނަކާއި އުޅޭނެ ގޮތެއް ނިންމާނީ އަހަރެން.. އަހަންނަށް ވުރެ މާ މަތިވެގެން އުޅޭނަމަ ހިތާމަ ކުރަން ޖެހޭނެ ދުވަސް ވަރަށް އަވަހަށް އަންނާނެ” ހިންދު ކީ އެއްޗަކަށް ސަމާލުކަމެއް ނުދީ އައްބާސު ބުނެލިއެވެ. އައްބާސު ފެންނަން ނެތަސް ހިންދުއަށް އައްބާސުގެ ރުޅިވެރިކަން އޭނާގެ އަޑުން އިހުސާސްވަމުން ދިޔައެވެ.
“ބައްޕަ އާއި މަންމަ އަހަންނަށް ކުރި އަނިޔާއާއިން ސަލާމަތް ވުމަށް އަހަންނަށް މިނޫން އެހެން ގޮތެއް ނެތް.. ބައްޕަ ބުނެބަލަ ކީއްވެގެން ކަން އަހަންނަށް ތިވަރަށް ތި އަނިޔާ ކުރަނީ؟؟ ބައްޕައާއި މަންމަގެ އެހެން ދަރިން ތިއްބަސް އެއިން މީހަކާއި ދިމާލަށް ޗުއްޕުއޭ ބުނެލާ އަޑުވެސް އަޅުގަނޑު ނާހަން.. ނުވަ މަސް ދުވަސް ދެން އަޅުގަނޑު މަންމަގެ ބަނޑުގައި ބާއްވައިގެން އަޅާލީތީ އަޅުގަނޑު ޝުކުރުވެރިވަން.. ބަނޑުގައި ރިއްސައި ދެފައި ދުޅަވެގެން މަންމަ އުޅުނު ހާލު އަޅުގަނޑަށް ނޭނގޭ.. ބައްޕަ އަޅުގަނޑަށް ކުރި ހަރަދާއި ކޮން ދިން ކަންތައް އަޅުގަނޑަށް ނޭނގޭ.. އެއިން އެއްވެސް ކަމަކަށް އަޅުގަނޑަށް ޝުކުރު އަދާނުކުރެވޭނެ… އެކަމަކު ބައްޕާ! ކޮން މައެއް ތޯ ނޫނީ ކޮން ބަފައެއް ތޯ އެމީހެއްގެ އަންހެން ދަރި މަދު ފައިސާ ކޮޅަކަށް ވިއްކާލާނީ؟ ބޮލުގައި ފިރުމާލާފަ އަނެއް ރޭ އެކުއްޖާ މަރަށް ތެޅުނު އިރު ބައްޕަ އާއި މަންމަ ތިބީ ކޮން ތާކުތޯ؟ އެރޭ އަޅުގަނޑު ރުއި އަޑު މަންމައާއި ބައްޕައަށް އަޑުނީވެނީތޯ؟ ބައްޕަމެން އަޅުގަނޑަށް ކުރި ކޮން އުއްމީދެއް ފުރިހަމަ ނުވެގެންތޯ އަޅުގަނޑުގެ އަބުރާއި އިއްޒަތް ނަގާލީ؟” ހިންދު މަޑު ޖެހިލިއެވެ. އަދި ކައިރީގައި އިން އަޝްވިންގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. ހިންދު އޭނާގެ މައިންބަފައިންނާއި ދިމާލަށް އަޑުލައި ހަދަން ވަރަށް ހިތްވަރު ބޭނުން ވެއެވެ. ކިތައްމެ އަނިޔާއެއް ތަހައްމަލް ކުރަން ޖެހުނަސް އޭނާ ހުރީ ކެތްތެރިވާން ދަސްކޮށްގެންނެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ކެތްކުރެވޭނީ ވަކި މިންވަރަކަށެވެ.
“ބައްޕަމެން އަޅުގަނޑަށް އަނިޔާކުރާ ތަން ބަލަހައްޓައިގެން ދެން އަޅުގަނޑު ނުހުންނާނަން.. އަޅުގަނޑު ހިމާޔަތްކޮށް އަޅުގަނޑަށް ލޯބިދޭނެ ފިރިއެއް ވަރަށް އަވަހަށް ލިބިގެން ދާނެ.. ” އަޝްވިންއަށް ބަލާލަމުން ހިންދު ބުނެލިއެވެ. ހިނިތުންވެލަމުންނެވެ. ޔަގީންކަމާއި އެކީގައެވެ. އަނިޔާ ލިބޭ މީހާ ހިނިތުންވެ އޭނާގެ ބަސް އުފުލައި ހިތްވަރުކޮށްފިނަމަ މޮޅުވާން މަސައްކަތް ކުރާގެ މީހާ ޖެހިލުންވާނެކަން ޔަގީނެވެ.
“ކަލޭ ހަނދާން ކުރާތި! އެއްމެ އަވަހަށް މިރަށުން ފުރާ ބޯޓަކުން އަހަރެން މާލެ ދާނަން. ހުރެބަލަ އެދުވަހަކުން އަހަރެން ކުރިމަތީ އަނގަ އަރުވަން.. މަށާއި ދިމާލަށް ޗުއްޕުއޭވެސް ބުނެފިނަމަ ކުޅި ދައްކާލާނަން” ފޯނު ކަނޑާލުމުގެ ކުރިން އައްބާސް ދިން އިންޒާރުގެ ބަސްތަކުން ހިންދުގެ މޭ އަތަށް ނައީ ކިރިއާއެވެ. އަޝްވިން އަތުން ދޫކޮށްލުމަށްފަހު ކޮޅަށް ތެދުވެ އަތުގައި އޮތް ފޯނަށް ބަލައިލީ އޭނާއަށް އަޑުއިވުނީ ތެދުތޯ ޔަގީންކުރުމަށެވެ.
“އަހަރެން ބޭނުމެއް ނޫން ބޮޑު ޕާޓީއެއް.. އަހަރެން ބޭނުމީ ހަމަ މިވަގުތު އަޝްވިންއާއި ކައިވެނި ކުރަން.. ހިނގާ ކޯރޓަށް ދާން” ހިންދުގެ ލޮލުން އޮހެރުނު ކަރުނައާއި އެކީ ބުނެލިއެވެ.
“ބައްޕަ ބުނީ ކީކޭ” އަޝްވިން ކޮޅަށް ތެދުވެ ހިންދު ކުރިމަތީ ހުއްޓިލަމުން އަހާލިއެވެ.
“އެއްމެ އަވަހަށް ފުރާ ބޯޓަކުން މާލެ އަންނަމޭ” ހިންދު ބުނެލިއެވެ. ކުޑަ ގިސްލުމަކާއި އެކީގައެވެ. ހިންދު އެހެން ބުނެލުމުން އަޝްވިންއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.
“އޯކޭ.. އަހަރެން ބައްޕައާއި ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް ކައިވެނި ކުރެވޭތޯ ބަލާނަން އިނގޭ.. ” ހިންދުގެ ބައްޕަ މާލެ އަޔަސް ހިންދުގެ ހުއްދަ ނެތި ހިންދު ގޮވައިގެން ނުދެވޭނެ ކަން އަޝްވިންއަށް އެނގެއެވެ. އެހެންނަމަވެސް ހިންދުގެ ހަމަޖެހުމަށްޓަކައި ކައިވެނި އަވަސް ކުރަން ނިންމިއެވެ. ހުރިހާ ކަމަކަށް ވުރެ އިސްކަން ދޭން ޖެހޭނީ އެކަމަށް ކަމަށް ވުމުންނެވެ.
ހިންދުގެ ބައްޕަގެ މައުލޫމާތު ހޯދާނެ އިތުރު ގޮތަކާއި މެދު އަޝްވިން ވިސްނިއެވެ.
ރީމް އާއި އަމީހާ ޝަނުމް ކައިރިއަށް ޒިޔާރަތްކޮށްލުމަށްފަހު ދިޔަތާ އެއްގަޑި އިރު ފަހުން އަޝްވާ ޝަނުމްއާއި ވާހަކަ ދައްކާލަން އެކޮޓަރިއަށް ދިޔައެވެ. ނިދަން ދިޔުމުގެ ކުރިން ހިތު އަޅައިގެން ހުރި ވާހަކަތައް ޝަނުމްއަށް އިއްވާލުމަށެވެ. ޝަނުމްގެ ކޮޓަރީގެ ދޮރު ހުރީ އެއްކޮށް ނުލައްޕާ ކަމަށް ވިޔަސް އެކޮޓަރިއަށް ވަނުމުގެ ކުރިން އަޝްވާ ދޮރުގައި ޓަކި ޖަހާލަން އުޅުނެވެ. އެހެންނަމަވެސް އަޝްވާ އިސްކުރި އަތް ދޮރާއި ހަމައަށް ނުގެން ގޮސް މަޑުޖެހިލީ އެތެރެއިން މީކާއިލްގެ އަޑު އިވުމުންނެވެ. ހީވާ ގޮތުން ނަމަ ޝަނުމް އާއި މީކާއިލް ޒުވާބު ކުރަނީއެވެ. އަޝްވާ އުޅުނީ ފަހުން އަންނަން ދާށެވެ. ނަމަވެސް އިވުނު އަޑާއި އެކު ދެލޯ ބޮޑުވެ އެތާގައި މަޑުކުރަން މަޖުބޫރު ވިއެވެ. އެއަޑު ދެވަނަ ފަހަރަށް އިވުނު އިރު އަޝްވާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
“އަހަންނަކަށް ނެތް އަޝްވާ އާއި ކައިވެނި ކުރެވޭކަށް” އަޝްވާގެ ކަންފަތުގައި ގުގުމާލަމުން ދިޔައީ އެޖުމްލައެވެ. އެބަސްތަކުން ހިތް ފޮތިފޮތި ކުރަމުން ދިޔައިރު ސިކުނޑި މަސައްކަތް ކުރަމުން ދިޔައީ އެބަސްތައް ނަގައިގަނެވޭތޯއެވެ.
” އަޝްވާއަށް އެގިއްޖެނަމަ ކިހާ ދެރަވާނެ.. ކީއްވެތަ ޝަނުމް.. އެވަރަށް ލޯބިވަމޭ ބުނެފަ ދެން ކީއްވެ ކުއްލިއަކަށް ހިޔާލު ބަދަލު ތިވީ..” މީކާއިލް އަޑު ހަރުކޮށް ބުނެލި އަޑު އަޝްވާއަށް އިވުނެވެ. އެޔާއި އެކު ކެތްތެރިކަން ކޮޅުން ލާފައިވާ މީހެއް ހެން ޝަނުމްގެ ސަބަބު އަޑުއަހަން އަޝްވާ އޭނާގެ ހުރިހާ ހިއްސެއްގެ ސަމާލުކަން ދިނެވެ. އެހެންނަމަވެސް ކަންފަތަށް އަޑެއް ނީވުނެވެ. ލޮލަށް މަންޒަރެއް ނުފެނުނެވެ.
ފެންކަޅިވެފައިވާ ހާލު ލޮލަށް ޖަމާވި ކަރުނަތަކާއި އެކު އަޝްވާ އެތަނުން ދާން ހިނގައިގަތެވެ. އެއްވެސް ރަހުމެއް ނެތި ޝަނުމް އޭނާގެ ހިތް ރޮއްވާލި ކަމަށްޓަކައި ޝަކުވާ ކުރަމުންނެވެ.
އަޝްވާ ޓެރަހަށް ދާން ދޮރު ހުޅުވާލި ތަނާ ކާއިން އޭނާގެ ލެޕްޓޮޕާއި އެކީ ދޮރު ކުރިމަތީ ހުއްޓެވެ. ކާއިންއަށް ފަރުވާލެއް ނުދީ އަޝްވާ ސިޑިން މައްޗަށް ދާން ހިނގައިގަތުމުން ކާއިން އަޝްވާގެ ފަހަތުން ދިޔައެވެ. އަޝްވާގެ ލޮލަށް ޖަމާވެފައިވާ ކަރުނައިން ކަންބޮޑުވެފައި ހުރެއެވެ. އޭނާ ރޮބެޓެކޭ ބުނެ ދިމާކުރާ އަޝްވާ ރޯލާނީ ކޮންމެވެސް ސަބަބެއް އޮތުމުން ކަމަށް ޔަގީން ކުރެވޭތީއެވެ.
އަޝްވާ ގޮސް ހުއްޓިލީ ބެލްކަނީގެ ރެއިލިން ކައިރީގައެވެ. ބުރަހަމަ ހަނދުގެ ރީތިކަމުން ނަފުސަށް ހަމަޖެހުން ލިބޭ ކަމަށް ބުނާ އަޝްވާއަށް މިއަދު އެއިން އެއްވެސް އަސަރެއް ނުކުރެއެވެ. ހަޔާތުގައި ލޯބިވި ހަމައެކަނި ރާޖާއަށް ހިތް ހިބަކުރަން ދިޔައިރު އަޑު މި އިވުނީ ކޮން ފަދަ ބަސްތަކެއް ހެއްޔެވެ؟ އެއްވެސް ސަބަބެއް ނެތި ޝަނުމްއަށް އޭނާގެ ހިތް ރޮއްވާލުމުގެ ހައްގު އެބަ އޮތް ހެއްޔެވެ؟ އަޝްވާގެ ލޯބި ހޯދާނެ ކަމަށް ބުނެ ނުލިބުމުން ޝަނުމް އެހާ އަވަހަށް އުއްމީދު ކަނޑާލީ ހެއްޔެވެ؟
ލޯބި ނުވަނީ ހެއްޔެވެ؟ ލޯބީގެ ނަމުގައި ދެއްކީ ދަޅައެއް ހެއްޔެވެ؟ އަޝްވާގެ ސިކުނޑި އެތައް ހިޔާލު ތަކަކުން ބަރު ކުރަމުން ދިޔައެވެ. މުޅި ހަށިގަނޑުވަނީ ފިނިވެފައެވެ. ހިތް އަވަސްވެފައެވެ. ވޭނީ އާހެއް ހިންދިރުވާލާ ކޮންމެ ފަހަރަކު މުޅި ހަށިގަނޑަށް ކުރަމުން ދިޔައެވެ.
ކާއިން އައިސް އަޝްވާ ކުރެން ވީ ގޮތް ދެތިން ފަހަރަކު އެއްސެވެ. އެހެންނަމަވެސް އަޝްވާއަށް އެއަޑު އިވޭހެން ހީނުވެއެވެ. އަޝްވާގެ ސަމާލުކަން ހޯދުމަށް ކާއިން އަޝްވާގެ ކޮނޑުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލިއެވެ. ކަރުނައިން އަޝްވާގެ ކޯތާފަތް ތެމި ފޯކޮށްލާފައި އޮތްތަން ފެނި ކާއިންއަށް ލިބުނު ސިހުން އިތުރުވިއެވެ.
“އަޝްވާ، ކިހިނެތްވީ” ކާއިން ކަންބޮޑުވުމުގެ ރާގަކަށް އަހާލިއެވެ. އެޔަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޝްވާ ކާއިންގެ ގައިގައި ބައްދާލިއެވެ. ވަރަށް ބާރަށެވެ.
“ޝަނުމް” ގިސްލަމުން އަޝްވާއަށް ބުނެވުނީ އެހާ ވަރަށެވެ. ކާއިން އަޝްވާގެ ބޮލުގައި ފިރުމާލަ ދިނެވެ.
“ޝަނުމް ކީކޭ ބުނީ؟؟ އަޝްވާ ބުނެފިންތަ ލޯބިވާ ވާހަކަ” އަޝްވާއަށް ހަމަޖެހެން ވަގުތު ކޮޅެއް ދިނުމަށްފަހު ކާއިން އަހާލިއެވެ.
“ނުވެސް ބުނެވުނު.. އެކަމަކު ޝަނުމް ބުނީ މެރީ ކުރެވޭކަށް ނެތޭ..” އިސްއުފުލައި ކާއިންއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.
“ސަބަބެއް ނުބުނޭތަ” ކަންބޮޑުވުމުގެ ރާގަކަށް ކާއިން އަހާލުމުން އަޝްވާ ބޯ ޖަހާލިއެވެ. އަދި ކާއިން ގައިން ދޫކޮށްލުމަށްފަހު އަތުގެ ނުފުށުން ދެލޮލުގައި ވި ކަރުނަތައް ފުހެލިއެވެ.
“އަޝްވާ…” ކާއިން އަޝްވާއަށް ގޮވާލިއެވެ. އަޝްވާ ދެން ކަންތައް ކުރާނީ ކިހިނެތްކަން އެނގޭތީއެވެ.
“ނޫން ކާއިން.. އަހަރެން ރޯން ފައްޓައިފިއްޔާ އަހަންނަށް ދުވަހަކުވެސް ޝަނުމް މަތިން ހަނދާން ނައްތާނުލެވޭނެ.. އަބަދު ހުންނަން ޖެހޭނީ ރޮއިރޮއި.. އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް އަހަރެން ރޯތަން ފެންނާކަށް.. ” ކާއިން އޭނާގެ ނަން ބުނެލި ގޮތުން އަޝްވާ ބުނެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލިއެވެ. އަޝްވާ އެހެން ބުނެލުމުން ކާއިން ފުން ނޭވާއެއް ލުމަށްފަހު ދެކޮޅަށް ބޯހޫރުވާލިއެވެ.
“ނުރޮއި ހުރުމަކީ މީހަކަށް ލިބޭ އުނިކަމެއް ނޫނޭ އަޝްވާ.. އިންސާނުން ރޮނީ އެމީހުންގެ އިހުސާސްތައް ބޭރުކުރަން.. ސިކުޑީގަ ހުރިހާ އެއްޗެއް ބަރުކޮށްގެން ހުރުމަށްވުރެ ރޯލުމުން ހިތަށް ލިބޭ ހަމަޖެހުން ބޮޑުވީމަ.. މާ ހިތްވަރު ގަދަ މީހަކަށް ވެގެން އުޅުނަސް އަޝްވާވެސް ތީ ބަލިކަށި މީހެއް.. އެހެން އެއްމެން ފަދައިން ހިތާމައާއި ދެރަ ލިބޭނެ މީހެއް. ” އަޝްވާ އެހާ އަވަހަށް ރުއިން ހުއްޓާލުމުން ކާއިންއަށް އުނދަގޫވިއެވެ. ޝަނުމްއަށްޓަކައި އަޝްވާ ވާ ލޯބި ކާއިންއަށް އެނގެއެވެ. އަލަތު ލޯބީގެ އުފަލުގައި އަޝްވާގެ މޫނުމަތީގައިވާ ހިނިތުންވުން ފަޑުނުވެއެވެ. އެ ހުރިހާ އުއްމީދެއް ފުޑުފުޑުވުމުން އެއިހުސާސްތައް ބޭރު ނުކޮށް ބަހައްޓަންވީ ހެއްޔެވެ؟
” އާން ކާއިން! އަހަރެން މީ ބަލިކަށި މީހެއް.. އަހަރެން މީ ފަލަކަމުން އެހެން މީހުން ބަލާވެސް ނުލާނެ މީހެއް. އަދި އަހަރެން މީ އެއްވެސް ހައްދެއް ނެތި މީހުންނަށް އިތުބާރު ކުރާ މީހެއް..އޭގެ މާނެއެއް ނޫން ދޯ އަހަރެންގެ ބަލި ހިތަށް އެހިތަށް ތަހައްމަލް ނުކުރެވޭ ފަދަ ވޭނެއް ދޭށޭ.. ކާއިން ބުނާނެ އަންހެނުންނޭ އޮޅުވާލަނީ.. އެކަމަކު ބަލާބަ ޝަނުމް އަހަންނަށް ހެދި ބޮޑު ދޮގު.. ބަލާބަ އަހަރެން މި ހިތަށް ދިން ވޭން.. ” މޭގައި އަތް އަޅާލަމުން އަޝްވާ ބުނެލިއެވެ.
“ދެން އަހަރެން ވީ މި ވޭނުގައި ރޭ ދުވާ ބޭކާރު ކުރަންތަ؟؟؟ ” އެހެން ބުނެލުމަށްފަހު އަޝްވާ އިސްޖަހާލިއެވެ. މުޅި ހަޔާތް ބަނަ މިކޮށްލީ ކޮން ފަދައަކުން ހެއްޔެވެ؟ ލޯ ފާރުވަން ދެން ރޯލިއަސް އަޝްވާއަށް ޝަނުމްގެ ހަނދާންތަކުން ދުރުނުވެވޭނެއެވެ. އެލޯތްބަށް ކުރި އުއްމީދުގެ ހުޅުކޮޅުގެ އަލި މުޅި އުމުރަށް ނިވިގެން ދިޔަ ނަމަވެސްމެއެވެ.
ކާއިން އަޝްވާ ކައިރިއަށް ޖެހިލައި އަޝްވާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އަޝްވާގެ ގައިގައި ބައްދާލިއެވެ. ވަރަށް ލޯބިން ނުހަނު އޯގާތެރިކަމާއި އެކީގައެވެ.
އެމީހުން އެހެން ތިއްބައި އެތަނަށް މަލަކާ އައިސް ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. ކާއިން އަޝްވާ މަލަކާއާއި ހަވާލުކުރުމަށްފަހު ޝަނުމް ހޯދަން ދިޔައެވެ. ޓެރަހުގެ ދޮރުން ނިކުތުމުގެ ކުރިން ކާއިން އަޝްވާއަށް ބަލާލިއެވެ. މަލަކާގެ ކޮނޑުގައި ބޯ އަޅައިގެން އަޝްވާ އޮތެވެ. މޮޅިވެފައިވާ މޫނަކާއި އެކީގައެވެ.
ކާއިން އެދަނީ ޝަނުމް އާއި ވާހަކަ ދައްކާށެވެ. އަޝްވާއަށް ދެރައެއް ދިނީތީ އޭގެ ސަބަބު އަހާށެވެ. އަދި ޝަނުމްއަށް އޭނާ އަތުން އެބީވީ ކިހާ މުހިއްމު މީހެއްކަން އަންގައި ދޭށެވެ.
ލޯބިވާ މީހެއް ގެއްލުމުން ވާ އިހުސާސް ކާއިންއަށް ވެސް ކުރެވެން ފެށުނެވެ. އެބިރުވެރިކަން ވެރިވެގަތެވެ. ޝަނުމް އޭނާގެ ނިންމުން ބަދަލުކޮށް ފިނަމަ އަޝްވާ ޝަނުމްއާއި ގުޅޭނެއެވެ. އޭރުން ކާއިން ހުންނަން ޖެހޭނީ ދުރުގައެވެ. އަޝްވާ އެއިން ހާލުގައެވެ. ނަމަވެސް ކާއިންއަށް ފަރުވާލެއް ނެތެވެ. އޭނާއަށް މުހިއްމީ އަޝްވާގެ ހަމަޖެހުމެވެ. ބޭނުމީ އެ ހިތް އުފާކޮށްދޭށެވެ. ބޭނުމީ އަޝްވާ ލޯބިން ހިނިތުންވެލާ ތަން ދެކޭށެވެ.
ލޯބީގެ ތައާރަފަކަށް ގުރުބާންވުން ވެސް ބުނެވިދާނެއެވެ.
74 Comments!
Comments are closed.
Yey me first v reethi cant wait for anothe ???????part love you so much
Thanku mai ?
Loves
Yay me first dhw.. adhi nuvx kiyaa mi comment kohlee. Maroon 21 eh noonehnu 23 ehnu vaanee dhw
Yh this is actually 23rd vana bai. Ekam dhn mifaharu liyevunu goiy dhw.thanku rish ?
Me 1st dhw
Mifaharu noon dhw. Ekam v ufaa vejje story kiyaalyma ?
Me 1st dhw
Not this time. But happy to know u read ?
most of thw twists in this story are related to one big matter. Hope you like this part too.. Sorry some readers .. hehe.. kusheh othiyya bunedhinun v edhen.. And why do you think he said that? And hindge dad ais hind gendhaanetha?.. loves tc
Owww. Saaadd???but v v nice eeem ge mamma shanum ah majubooru kuranee dho
Yh she might have …lets see dhw. Thanku eysha ?
ashwa aw dheragoih nahadhsaba e reem aw landeh dhyba i hate reem and hindhu n ashwin dhuru nukurahchey
Thanku hana. Ashwa in sha Allah v happy vaane. I hate her too dear. Lets plan the wedding for them hindge dad aumuge kurin ?
Wow mibaives hama v v rythi.. V kiyaalaa hithun indhe mi kiyaa ninmaalay.. Ehaaves rythi.. Maroon thy vaahaka liyan v v molhu kuhjeh.. Khonme story ehves ehaa shauguveri kamaa eky mi kiyaaleveny.. Eyee hama maroon ge molhu kamey bunelan jeheyny.. Thigothuga abadhuves dhemi hunnahchey.. Luv u
In sha Allah mi gothugai hunnaanan. Loves and v happy vejje shaugaai eky story kiyaalythy ?
Kaain aa ashvaa avahah gulhuvaa mi baives varah reethi keep it up maroon☺
Hehe. Lets see who gets her. ? thanku rose
Varah reethi……….hindhu aa ashwin aa dhuru nukurahchey…….ashwaa ah dheraeh nudhehchey…….reem and reem ge mom ah rangalhu ladeh dheythi……lots of love ❤?
Thanku maikko ? v v ufaa vejje thi gothugai maroon ah hiyvaru dheythy. In sha Allah love will find a way. Loves
Alhey it’s soooooo emotional.. Hama rovihje maroon ????????… Haadha dheravehjey ashvaa ah ehen veema ???.. I think ameehaa dhin voletga knmes ehcheh othy kanneynge… Maybe a photo.. Hehehe just guess.. N hindhu ge dad dhw… I don’t think hindhu gendhaanehenn bt heevey kaiveni huhtuvaane hennn.. Mi part vx hama varah varah varah reethi ingey… I’m really loving this story very very much ❤️❤️???… Varah varah reethi… Next part kiyaalan kehmadhuvehje mihaaru vx.. Maroon Maasha Allah haadha molhey vaahaka liyan… Mi Story ge knme parteh kiyaa nimey iru vx hunnanee next part kiyaalan curious vefa… It’s just like that it’s forcing me to read the next part… Ehaavx mi Story reethi ????… Curiously waiting for the next part… Tc loves ❤️❤️?????
Yh ekam kon kahala photo eh ovegen baa shanumge nimmun ehaa avahah badhalu kuree.? I am planing a huge wedding for them lets see if they can get married ?loves tc . So happy to see ur comment in every part
Maroooo… mal miothy icu ga…. heart break vegen gossa….??? marooo… ashwa deserve eh nukurey shanum kahala myheh.. kaain maa understanding… reem ah dhy shanum… v foohi shanum eh… i hate him…???? ashwa rovvaafa…? rovvaalaafaa hithuga jahsaafa , karunun dhelo thehmaalaafaa dhiya eee… shanum ey nukuraanan maaf eh….????
Hehehe. Nuvaane thihen. Shanum kihaa loabin ulhuny. He should have a reason. Ekam kaain dhw. He is my fav character. I will not make him sad. But emmenakah ashwa nulibeyne. Hehe. As u said dramatic. ???
Dnt read from any photos i sent u before ?
Shanum v dhera vaane malge maaf nulibijje nama ?
Ekam reem ulhey gothun heeveytha shanum dhuvahakuves fall vaane hen.. anyway much love ??? #dramatic ?
Hehehe…. shanum akah nukuraanan maaf eh. Kaain maa loabi… v rythi koh kaain sifa vx kureveny…???
Wow
Vrh vrh reethi
♡☆♡☆
Thanku icy ?
I think reeem ge mom is related to all these matters hen.. anyway I’m so happy that finally kaain is feeling love towards ashwaa. This part is also beautiful… Loved it….
Varugadha mom eh dhw reemge hunnany. Yh good to know readers like kaain.thanku choppi ?
alhey noon ashvaa ah thihen nuhadhaa .. reem mom ge makaru verikan falhaa aruvaalabaa pls pls
Hehe Aki. I hope that happens soon.thanku Aki ?
hey maroo how r you whwn is the next part curiosity is killing me and comment nukurias maroo ge hurihaa story eh ves kiyan And me hama best story mihaaru mi site ga liyamundhaa thikuraa hihvvarah hama saabas dhen avahah aneh part please ❤❤
Maroon hama best. How r u doing dear. Next part tmrw ngey. Thanku so much comment kollyma. Thanku ?
alheyyy… ashwa ah dhera gotheh nuhadhaathi… i think kaain loves ashwa… kaain aa ashwa ge ves kmveskameh eba ulhey… she suits both shanum and kaain… even if its kaain and ashwa, plsss reem aa shanum nugulhuvaathi… i hate her… shanum deserves someone better… like ashwa… ekam mihaar idk… v wait kurevey mi story ah…. loves maroon..?
Shudha. I know u ll be sad after reading this part.. but ashwa adhi in sha Allah happy vaane. Shanum ves. And kaain dhw. Yes he love ashwa. But dhemyhunna ashwa bai nukureveyne dhw.anyway v ufaa vejje ? see the mail tonight. Loves tc ?
♥♥♥♥
?
Hey maroon thimaage dhari thimaa ah dhonthufuthuvaaney innaany aslu
Btw story vrh reethi
Waiting fr nxt part
mihaaru ragalhu koffin v bodah thanku faahaga kohdhinythy ?
alhey maroon kihineh thi hedhi. ashwa ge heart break kohlli shanum and reem gulhuvan dhw ? v sad,i think reem ge mom shanum blackmail kuri hen ?
Well i have to say u will be shocked to know what shanum will do next ..
Amyhaa and reem ah visnai dheyn vy.. thanku ?
Nimey iru Ashwa Shanum aa gulhuvaathi.
vedhaaneh hama ? thanku
Thalassemia card fenunee thoahche ashwa ge. Maybe e dhemeehun carrier.. just guess hama igey.. ? anyway story hama habeys.. curiously waiting for next part.. u r great writer Ma Sha Allah.. ?❤
hehehe… nice theory.. ekam i will not say yes ? thanku dear
Alheyyyyy…….. haaadha dhera ey……. ashwa and kaaain ingey…… e shanum aa nugulhuvaaathi…. nice ingey mo part ves……. waiting for next part…..
Alheyyy. Shanum kihinei vy??
Thanku maa. ? good to see ur comment
Shanum and ashwa nugulhey….. i hate him
Mi part vs varah rythi. Avahah kaain aa ashwa gulhuvahchey
Mee kaainge fan eh dhw..thanku leez ?
Alhey Avahah shanum aa ashwa yaa gulhuva bala.. pls … alhe dhn Anna part ga gulhuvahchey ..next part kiyaahithun keii madhu vehje..avahah upkh dhehchey ..pls
Thanku mixuhan. Hehe.. shanum ge khiyaalu badhalu kuran ulhemaa ?
Hyvany aslu hindhu ge dad aky kaain ge dad hen. Kury ge part nimumaa mi bai feshumaa ehvx gulhumeh neh. Kaain lap hifaigen dhaa thanun v kiyaa hithun hury. Eyna dad thoa balan. V foohi mi vaahaka
Thanku Ash ge hiyaalah. Yes he came. But ai iru kaain ah fenuny ashwa roathan. So he went.. good to know ur opinion ?
Alhey…..??????
Ehn nuhadha bah….
Vaahakah varah reethi… waiting
❤❤❤❤
oh zuam happy to see ur comment thanku ?
Nice work?? waiting for next part ?
thanku zaaraa ?
Ashwa dheranukurey.. aee nulaahiku loabi kujjeh.. mi partwex nice❤❤❤
yes i will try my best to keep her happy thanku zaaraa ? thanku
Alheyy..Ashva nurohvaa ..and edhemyhun gulhuvahcheyy.shanum n ashva.varah reethi mi part ves
thanku dear.. #Ashum vedhaane hama story nimey thanun ves.. hehe ?
Awlhey maroon you maing me cry ???
Please dheragotheh nahadhahchey Ashum ah. Hindh aa ashwin ah ves. Reem manma haadha goahey shanum ah force kurany. Damn this is heartbreaking.
Ps. This means you are an excellent writer. Keep going ?❤ writer ah readerr ge ihusaas thaka kulheveyny v molhu v ma. Masha Allah you have that talent ❤
Ekam ves Ashum ah hope kuran varah ??
hey zuzu sorry lahun reply kureveythy.. dnt cry just a story.. and ashwin loves hind so much he will do anything to keep her safe…yes mi ameehaa gadu dhw.. ladeh dheyn vy hama. #ashum.. ? thanku
Alhey noon.. mal ge comment kyhve tha publish nuvany.. bodu bodu commnet eh kurin..????
Wooooowww ????? v.nice dear
Thanku xxxx ?
މީ މިހާރު އެސްފިޔަ ސައިޓުގަ ލިޔާ އެންމެ ރީތި ވާހަކަ
??
Haadha update nuveyey
8 ge kurin
Miadhu up kolleveynetha☺☺
Yes
when next part… haadha lahey up vaaley mihaaru kiyaa hithun hureveny eh noon maroon plx avahah up kohdheeba plx plx
8 ge kurin up vaane ngey