Skip to content
އެސްފިޔަ

ސިއްރު 1

އިރުއިރުކޮޅާ މީހެއްގެ ރުއިމުގެ އަޑު އިވެއެވެ. އެއަށްފަހު ކޮންމެވެސް ބަލި މީހަކު ގެންދާތަން ފެނެއެވެ. ބައެއްފަހަރަށް އެންބިއުލާންސް އެލާމް އަޅާ އަޑުވެސް އިވެއެވެ. ޑޮކްޓަރުންނާއި ނަރުހުން އެކި ކަންކަމުގައި ޙަރަކާތްތެރިވަމުން ދިޔައެވެ. ބައެއް ޑޮކްޓަރުން ހާސްކަމާއިއެކުއެވެ. އަދި އަނެއްބައި ޑޮކްޓަރުން މަޑުމަޑުން ނިކަން ހަމަޖެހިލައިގެންވެސް އުޅޭތަންވެސް ފެނެއެވެ. އެހެންނަމަވެސް ދޭތެރެއަކުން ނަރުހަކު ނިކަން ބާރަށް ދުވެލައިފައިވެސް ގޮސްފާނެއެވެ. އަދި އިސާހިތަކު ނިކަން އަޑުގަދަވާ ފަހުރުވެސް އާދެއެވެ. މުޅިންވެސް ތަފާތު މީހުންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ޒުވާނުންނާއި ކުޑަކުދިންނެވެ. އަހަރެންވެސް މިއިނީ އަހަރެންގެ އެންމެ ގާތް މިތުރު އާހިލް އާއި އެކުއެވެ. އިމަޖެންސީ ރޫމް ކައިރީގައެވެ. ބައެއް މީހުން ހިތަށް އަރައިފާނެއެވެ. ސްކޫލް ގަޑީގައި އޭޑީކޭ ހޮސްޕިޓަލުގައި ކީއްކުރާ ކުދިންނެއް ބާއެވެ؟

އާނއެކެވެ. އަހަރެމެން ސްކޫލް ޔުނީފޯމުގައި މިތަނަށް އަންނަން މިޖެހުނީ އަހަރެމެންގެ އެކުވެރިޔާގެ ޙާލަތަށް އެހީވުމުގެ ގޮތުންނެވެ. ސްކޫލް މީހުންނަށް ނޭނގޭނެ ހެންނެވެ. ފިލައިގެންނެވެ. ސްކޫލުވެސް މުހިންމެވެ. އަހަރެންގެ މަތީ ސާނަވީ ކިޔެވުމުގެ އެންމެ ފަހު އަހަރުކަމުން އެންމެ ކްލާހެއްވެސް ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެއީ ފުރަތަމަ ދުވަހުއްސުރެ އެކުއްޖެއް ފެނުމުން އާދަޔާ ޚިލާފު އިޙުސާސެއް އަހަންނަށް ކުރުވާ އަހަރެންގެ ގާތް އެކުވެރިޔާ އާޔާއެވެ. އޭނާގެ ޙާލު ފެނިފައި އަހަންނަށާއި އާހިލް އަށް މިތަނަށް ނައިސް ނުތިބެވުނީއެވެ.

ހޮސްޕިޓަލުގެ ގޮނޑިއެއްގައި އިށީނދެލައިގެން މަޑުމަޑުން އަހަރެން އިނީމެވެ. ނަމެވެސް އަހަރެންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. ސިކުނޑިއަކަށް ކުޑަވެސް ލުއްޔެއް ނުލިބެއެވެ. ވިސްނެނީއެވެ. އާޔާ އާއި މެދުއެވެ. މިގޮތުން ވިސްނަމުން ގޮސް މީގެ ގަޑިއެއް ހާއިރު ކުރިން ހިނގާދިޔަ ހާދިސާއަށް އަހަންނަށް ފީނެން ފެށުނެވެ.

****

އާދައިގެ މަތިން އަހަންނާއި އާހިލް އިންޓަރވަލް ގަޑީގައި ކެންޓީނަށް ދިޔައީމެވެ. އެއިރު އަދި އާޔާ ނާންނާތީ، އަހަރެމެންވެސް އެއްވެސް އެއްޗެއް ނުގަނެ ސްކޫލުގައި ހުރި ބެންޗެއްގައި ތިބީއެވެ. އިރުކޮޅެއްނުވެ އާޔާ އަންނަތަން ފެނުނެވެ. ” ސޮރީ.. ދިވެހި ގަޑި މިއަދު ތަންކޮޅެއް ލަހުން ނިންމާލީމަ ލަސްވީ.. އާނ، އަދި ހަނދާން ނެތުނިއްޔޭ.. ބުނީމެއްނު ދޯ އަޔާން އާއި އާހިލްއަށް އާޔާގެ މަންމަމެންގެ ފޮޓޮއެއް ދައްކާނަމޭ.. މިއަދު ގެނައީމޭ އެ ފޮޓޯ.. މަޑުކޮށްލައްޗޭ، އަންނާނަން.. ” މިހެން ބުނެ އާޔާ އެނބުރި ދުވެލައިފައި އޭނާގެ ކްލާހާއި ދިމާލަށް މިސްރާބުޖެހިއެވެ. އާޔާ ކިޔައިދީފައިވާ ގޮތުން އޭނާގެ މަންމައާއި ބައްޕަ އޭނާ ތުއްތުއިރު ނިޔާވީއެވެ. އެހެންކަމުން އޭނާ އުޅުނީ ކުޑަކުދިންގެ ހިޔާގައެވެ. އާއިލާ މީހަކު އަޅާ ނުލީއެވެ. ދުވަސްކޮޅެއްފަހުން އެހެން ދެމަފިރިއަކު އޭނާ ގެންދިޔައީއެވެ. މިހާރުވެސް އޭނާ އުޅެނީ އެމީހުންގެ ގާތުގައެވެ. އޭނާ ބަލަނީ އެއީ އޭނާގެ މައިންބަފައިންގެ ގޮތުގައެވެ. ކޮންމެއަކަސް އާޔާގެ ދުލުން އެވާހަކަތައް ކިޔައިދިންއިރު އަހަރެމެން ތިބީ ފެންކަޅިވެފައެވެ.

ކުއްލިޔަކަށް އަހަރެން ސިހިގެން ދިޔައީ އަންހެން ކުއްޖެއްގެ ތޫލި ހަޅޭކުގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރުމުންނެވެ. ޔަގީނުންވެސް އެއީ އާޔާ ނޫން އިތުރު އެހެން ކުއްޖެއް ނޫނެވެ. އަހަންނަށާއި އާހިލް އަށް ލިބުނު ހައިރާންކަމާއި ސިހުމާއިއެކު އަޑު އައި ދިމާލެއް ނޭނގިގެން ތިބީއެވެ. ކުއްލިއަކަށް ފެނުނީ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބައެއް ސްކޫލް މުވައްޒަފުންވެސް ސްކޫލުގެ ސިޑިއަކާއި ދިމާލަށް ދާތަނެވެ. އަހަންނާއި އާހިލްވެސް އެދިމާލަށް ދުއްވައިގަތީމެވެ. އަދިވެސް އަހަރެމެންގެ ޙައިރާންކަން ނުފިލައެވެ.

(ނުނިމޭ)

ނޯޓް: މިއީ މި ސައިޓަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކިޔުންތެރިން މި ވާހަކަ ކިޔުމަށްފަހު ކޮމެންޓްކުރަމުން ގެންދިޔުން އެދެމެވެ. ކިޔުންތެރިންގެ ޚިޔާލަކީ އަޅުގަނޑު ލިޔާ ވާހަކަތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ވަރަށް މުހިއްމު އެއްޗެކެވެ. އަދި ވާހަކައިގައިވާ މައްސަލަތައްވެސް ފާހަގަވެ، ދެވަނަ ފަހަރަށް އެ ކުށްތައް ރަނގަޅުކުރަން އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. lotus

    Seems intersting.. next part kon irakun?

    1. Anonymous
      lotus

      thank you, in sha allah tommorow

  2. Thoo

    Haadha kurey…. Ekam vv reethi vaanehen heevanee

    1. inan
      Thoo

      thank you…

  3. Friends

    Heyy dear.ummmedh kuran mi site mi stry genas dhiy ninmaane kamah.me hen mibuny aneh site ga nunimuny ma.aslu v salhi stry eh miyy.keep it up .waiting nw part.????

    1. inan
      Friends

      in sha allah, mi story mi site ga nimmeytho balaanan… thank you..

  4. Swety

    Vv nice adhives bodah sifakurumuge bai ithuru kohlanikkoh vvvvv reethi vaane. …..☺

    1. inan
      Swety

      thank you… nxt part ga ebai rangalhuvaane, in sha allah

  5. Inan

    vvvv salhi . keep it . ?????

    1. inan
      Inan

      thank you..

  6. Sumaa

    Too short… But it seems that the story would be interesting

    1. inan
      Sumaa

      kuriyah huri bai thah thankolheh dhigukoh genesdheveytho masakkaiyy kuraanan.. anyway, thanks..

  7. maroon

    Basthah beynun koffa huri goiy v furihama. Jumlathah v reethikoh athuraalaafa huree. Ekam thankolheh kuree ngey. Dhigu kollaafa scene thah ithuru kollyma v furihama vaane. V curious vejje dhn vaane gotheh balan.. kon dhuvas thakegga upload kurany?
    You can do it. Keep it up. Furathama nazarun liyaathy v ufaa vey. ?

    1. inan
      maroon

      thank you maroon… dhn anna bai iraadhakurevviyyaa dhigu vaane miah vure… mi week ga balaanan konme dhuvahaku upload kureveytho… in sha allah miadhu next part up vaane…

Comments are closed.