Skip to content
އެސްފިޔަ

ސިއްރު – 2

ކުއްލިޔަކަށް އަހަރެން ސިހިގެން ދިޔައީ އަންހެން ކުއްޖެއްގެ ތޫލި ހަޅޭކުގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރުމުންނެވެ. ޔަގީނުންވެސް އެއީ އާޔާ ނޫން އިތުރު އެހެން ކުއްޖެއް ނޫނެވެ. އަހަންނަށާއި އާހިލް އަށް ލިބުނު ހައިރާންކަމާއި ސިހުމާއިއެކު އަޑު އައި ދިމާލެއް ނޭނގިގެން ތިބީއެވެ. ކުއްލިއަކަށް ފެނުނީ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބައެއް ސްކޫލް މުވައްޒަފުންވެސް ސްކޫލުގެ ސިޑިއަކާއި ދިމާލަށް ދާތަނެވެ. އަހަންނާއި އާހިލްވެސް އެދިމާލަށް ދުއްވައިގަތީމެވެ. އަދިވެސް އަހަރެމެންގެ ޙައިރާންކަން ނުފިލައެވެ.

މީހުންގެ ތެރެއިން އުނދަގުލުން އެތެރެއަށް ވަދެވުނެވެ. ނަމަވެސް އެވަގުތު އަހަންނަށް ފެނުނު މަންޒަރަކުން އަހަންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ކުރިމަތީގައި އެއޮތީ ދެންމެ ހީލާފައި އަހަރެމެންނާއި ވާހަކަ ދެއްކި އާޔާއެވެ. ހަންއޮމާން، ކުލަ އަލި މޫނު މަތި ފޮރުވާލެވިފައިވަނީ ލެއިންނެވެ. ކަޅުފޮއެ ރެއެއްފަދަ ކަޅު އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މުޅި ގައިގެ އެތަން މިތަން ވަނީ ހަލާކުވެ، ލޭ ހިލިފައެވެ. އަހަރެންގެ ލޮލަށް ކަރުނަތަށް ބޮނޑިވެގަތެވެ. އާޔާގެ އެ ޙާލު ފެނިފައި އަހަންނަށް ވަކި ކެތް ކުރެވޭނެހެއްޔެވެ؟ އިންސާނިއްޔަތުކަން ހުރި އެކަކަށްވެސް މި މަންޒަރު ބަލާކަށް ކުޅަދާނައެއް ނުވާނެވެ. އަހަރެންގެ ލޮލުން ފައިބައިގެން އައި ކަރުނަތިކި ކޮލަށް ބޮސްދެމުން އައިސް ދަތްދޮޅިއާއި ހިސާބުން ވެއްޓުނެވެ. އަހަންނަށް ހުރެވުނީ ގޮތް ހުސްވެފައެވެ. ރޯންފަށަންވީތޯ ނުވަތަ ނޫންތޯވެސް ނޭނގިފައެވެ. ނަމަވެސް މިއީ ގަދައަށް ނުރޮއެ ހިތްވަރު ކުރަންވީ ވަގުތުކަން އަމިއްލަ ނަފަސަށް ވިސްނައިދީ ހަމަޖެހިލީއެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އާޔާގެ މުއްކަވާލައިފައިވާ ކަނާއަތުގައި އޮތް ކަރުދާސް ގަނޑެކެވެ. އެއީ އޭނާ ބުނި އޭނާގެ އަސްލު މައިންބަފައިންގެ ފޮޓޮއެއްކަން އެވަގުތު އަހަންނަށް ދެނެގަނެވުނެވެ. އަވަސް އަވަހަށް އަހަރެން ތިރިވެލުމަށްފަހު އާޔާގެ އަތުން އެ ފޮޓޯގަނޑު ނެގީމެވެ. މިނެޓެއްވެސް ލަސްކޮށްލިނަމަ އެ ފޮޓޯ އަހަންނަކަށް ނުފެނުނީހެވެ. ސްކޫލްގެ މުވައްޒަފުން އާޔާ ނަގައިގަނެގެން ގެންދިޔައީއެވެ. އަހަރެންވެސް އަވަހަށް އެ ފޮޓޯ އެވަގުތު ނުބަލާ ޖީބަށް ލުމަށްފަހު އާހިލް ހޯދަން ހިނގައިގަތީމެވެ.

އަހަރެން ހިނގަ ހިނގާ ހުއްޓާ މީހަކު އައިސް އަހަރެންގެ ކޮނޑުގައި އަތްލި ކަމުގެ އިޙުސާސް ކުރެވުނެވެ. ސިހުމަކާއިއެކު އަހަރެން ފަހަތަށް އެނބުރިލީއިރު ހުރީ އާހިލް އެވެ. އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އެވަގުތު އޭނާގެ މޫނަށް ބަލައިލައިފި ކޮންމެ މީހަކަށްވެސް އެ މޫނުމަތީގައިވި ހިތާމައިގެ ކުލަވަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. ވާނީވެސް އެހެންތާއެވެ. ތިމާގެ ގާތް އެކުވެރިއަކަށް ދެރަގޮތެއް ވާން އެދޭނީ ކާކުހެއްޔެވެ؟ ” އާހިލް.. އަހަރެމެން އެބަ ޖެހޭ އާޔާ ގެންދިޔަ ހޮސްޕިޓަލަށް ދާން.. އެކަމަކު ހިޔެއް ނުވޭ ސްކޫލުން އަހަރެމެން ފޮނުވާނެހެނެއް.. އެހެން ވީމަ ޖެހޭނީ ސިއްރުން ދާން.. ” އަހަރެން އާހިލް ގާތު ބުނީމެވެ. ” އޯކޭ.. ހިނގާ.. ” އާހިލްވެސް ނަސީބަކުން އަހަންނާއި އެއްބައިވެލިއެވެ.
***
އަހަރެންގެ ހިޔާލީ ދުނިޔެއިން ހޭލެވުނީ އާހިލް އަހަރެންގެ އަތުގައި ކޮށްޓާލުމުންނެވެ. ” ޑޮކްޓަރ.. ” އަހަރެން ގާތު އާހިލް އެހެން ބުނި އިރު ޑޮކްޓަރ އަހަރެމެންގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުއްޓިލައިގެން ހުއްޓެވެ. އެއިރު އާޔާއާއި ހަވާލުވެގެން އައި މުވައްޒަފެއްވެސް އެތާކު ނެތެވެ. އާޔާގެ ބެލެނިވެރިންވެސް އަދި ނާދެއެވެ. ” ޕޭޝަންޓްގެ ރައްޓެހިންތަ؟ ” ޑޮކްޓަރ އަހަރެމެންނާ ކޮށްލި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެމެން ދެމީހުން ބޯ ޖަހާލީމެވެ. ” އާޔާގެ ގަޔަށް ލޭ އަޅަން ޖެހޭ.. ހަށިގަނޑުން ފުދޭވަރަކަށް ލޭ ބޭރުވެފަ ވަނީ.. ތި ދެކުދިންގެ ތެރެއިން އެއްވެސް ކުއްޖެއްގެ ގައިގަ އެބަހުރިތަ އޯ ޕޮޒިޓިވް ލޭ؟ ވަރަށް އިމަޖެންސީ.. އެކަމަކު އަށާރަ އަހަރު ފުރިފަ ތިބިއްޔާ ވާނީ..” ޑޮކްޓަރ ގެ އެ ސުވާލުން އަހަރެމެންނަށް ހާސްކަން ގެނުވި ނަމަވެސް އަހަންނަށް އުފާވެރިކަން ވެރިވިއެވެ. އަހަރެންގެ ހުންނާނީ އޯ ޕޮޒިޓިވް ލެޔެވެ. ނަސީބަކުން މިދިޔަ މަހު އަހަންނަށް ވަނީ އަށާރަ އަހަރު ފުރިފަވެސް މެއެވެ. އެހެންކަމުން އާޔާއަށް އެހީވެވޭނެތީ އަހަރެން ވަރަށް އުފާވިއެވެ.

” ލައްބަ. އަޅުގަނޑުގެ ހުންނާނެ.. އެއިޓީން ވެސް ފުރިފަ ހުރީ.. ” އަހަރެން އަވަހަށް ޖަވާބުދިނުމުން ޑޮކްޓަރ އެތާހުރި ނަރުހެއް ދައްކާލުމަށްފަހު އޭނަޔާއިއެކު އައުމަށް އަހަރެންގާތު ބުންޏެވެ. ޑޮކްޓަރގެ އިރުޝާދާ އެއްގޮތަށް ކަންތަށް ކުރުމަށްފަހު އެނބުރި އައިސް އަހަރެން އާހިލް ގާތު އިށީނީމެވެ. ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ އާޔާގެ އަތުތެރޭގައި އޮތް ފޮޓޯ މަތިންނެވެ. އެ ފޮޓޯ ބަލާލުމަށް އަހަރެންގެ ހިތް އެދެމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ އަތް ޖީބަށް ލުމަށްފަހު އެ ފޮޓޯ ނެގީމެވެ. އެއިރު އެފޮޓޯ އޮތީ ނުބައި ފުށް މައްޗަށްކަމުން އަހަރެން އެ ފޮޓޯ ރަނގަޅު ކޮށްލީމެވެ. އަހަރެންގެ މެޔަށް ހޫނު ފެން އެއްޗެއް ޖަހާލިހެން ހީވިއެވެ. އެ ފޮޓޯގައި އެވަނީ ހަމަ އާޔާގެ މަންމަ އާއި ބައްޕަ ހެއްޔެވެ؟ ނޫނީ އަހަންނަށް މި ފެންނަނީ ހުވަފެނެއް ބާވައެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. im

    Wow vara lobi??????

    1. inan
      im

      thank you..

  2. Ri

    V reethi vaanehen heevaa vaahakaeh mee dhen vaanegothen balaalaa hinthun meenee

    1. inan
      Ri

      mi vaahaka kiyumah Ri thi bahattaa shauguverikamah varah bodah shukuriyyaa…

  3. cuty

    wow. varah reethi igey story.

    1. inan
      cuty

      thank you cuty…

  4. mishy

    Alheyy.. vrh vrh reethi.. nxt prt avas khlahchey…ly♥♥♥♥

    1. inan
      mishy

      thank you mishy… in sha allah nxt part maadhan up kohdheveytho balaanan..

    2. inan
      mishy

      thank you mishy.. in sha allah maadhan next part up kohdheveytho balaanan..

  5. Swety

    Vvvv nice. ……umeedhu kuran next part avaha kiyaalan libeyne kamah

    1. inan
      Swety

      thank you…

  6. lotus

    Wow.. v interesting.. Curiously waitin for the next part

    1. inan
      lotus

      thank you..

  7. maroon

    V reethi. They have same parents ??? ? that wud be shocking hama…

    1. inan
      maroon

      thank you.. haha.. yes, they’re brother and sister..

  8. Icy

    nice story
    eagerly waiting for the next part…

    1. inan
      Icy

      thank you Icy..

  9. ham

    Me vaahakaige 3 vana part nikuhnany kon iraku..can’t wait

    1. inan
      ham

      iraadhakurevviyyaa maadhamaa.. mi vaahaka kiyumah thi bahattaa shauguverikamah varah bodah shukuriyyaa..

  10. Pinky shifoo

    Mi part vx v reethi ???… V interesting ???… I think they are having same parents… Heheheh ???… Waiting for next part ???

    1. inan
      Pinky shifoo

      hehe.. thank you pinky shifoo..

  11. siy

    Vaahaka vv reethi
    kudakoh dhigukohllan feney

    1. inan
      siy

      thank you siy.. kuriyah huri baithah dhigu kureveytho balaanan.. in sha allah

  12. Ibsha

    Varah kamudhiya thankolheh kuru

    1. inan
      Ibsha

      shukuriyyaa… kuriyah huri baithah miahvure dhigu kureveytho balaanan..

  13. Aree

    ??wow….. Great work Inaan. ?

    1. inan
      Aree

      Thank you aree..

Comments are closed.