ސޫރަ 3
އެއް މަސް ފަސް….
” މަންމާ… ކޮބާ ޔާނީ ” ފުޓުބޯޅަ ކުޅެނިންމާފައި ދުވެފައި ގެއަށް ވަދެގެން އައި އީތަން އޭނާ މަންމަ ރާނިޔާ ކުރެން އެއްސެވެ. ” ސައިބޯން އިނީ ….އީތަންވެސް ފެންވަރައިގެން ސައިބޯން ދޭ އަވަހަށް..” ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅުނު ރާނިޔާ ބުންޏެވެ. މަންމަގެ ޖަވާބު އަޑުއެހުމަށް ފަހު އީތާން ގޭތެރެއަށް މިސްރާބު ޖެހިއެވެ.
ބަދިގެ މޭޒު ކައިރީ އިށީނދެގެން ރޮށްޓާއި ގަރުދިޔަ އަތުން މޮޑެގެން ކަމުން ދިޔަ އަޔާނީ އިނީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. މަންމަގެ ކުއްލި ވަކިވެދިޔުމުގެ އަސަރު އޭނާގެ ހިތުން އަދިވެސް ނުފިލައެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި އީތަންގެ ލޮލުގައި މިމަންޒަރު އަޅައިގަތެވެ. އަޔާނީގެ މައުސޫމު މޫނަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. މީގެ އެއްމަސް ކުރިން އަޔާނީ އީތަން މެންގެއަށް ބަދަލުވީއްސުރެއް އޭނާގެ ހިތުގައި އަޔާނީއަށް ޙާއްސަ މަގާމެއް ދެވިފައި ވާކަމަކީ އޭނާ އަށް ނޭނގޭ ކަމެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ބަލާލާ ނަޒަރަށް ވުރެ ތަފާތު ނަޒަރަކުން މީހަރު ބެލޭ ކަމަށް އެ ހިތަށް ވިސްނައިދޭން އުޅުނަސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
ހިތަށް ވެރިވަމުން ދިޔަ ތަފާތު ހިޔާލު ތަކާ ދުރުވުމުގެ ގޮތުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. އަޔާނީ އަކީ ހަމައެކަނި އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އެނޫން ނަޒަރަކުން އޭނާ އަށް އަޔާނީ ނުފެންނާނެކަމަށް އީތަން އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދެމުން ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ” އީތަން….. ” ޙިޔާލެއްގައި އިނދެފައި އަޔާނީ މަޑުމަޑުން އީތަންގެ ނަން ކިޔާލިއެވެ. އީތަންގެ ފިޔަވަޅުތައް ހުއްޓުމަކަށް ގެނުވީ އަޔާނީއެވެ. ” މަށަށް ގޮވިންތަ.. ކިހިނެތްވީ ” އަޔާނީގެ ފަރާތުން އިތުރު އެއްޗެއް ނީވުމުން އީތަން އަހާލިއެވެ. އަޔާނީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް އީތަންއަށް ގޮވާލެވުނީ އޮޅިގެންނެވެ. ” ހަމަ ގޮވާލީ ” އިނގިލީގައި ދަތް އަޅާލަމުން އަޔާނީ ބުނެވުނުހާވެސް އެއްޗަކީއެއީއެވެ. އެދެމެދުގައިވި ” އޯކްވާޑު” ހިމޭންކަން ކަނޑުވައިލީ އީތަންއެވެ. ” ހަދާދިބަ ޖޫސްތައްޓެއް ” ބޯކަހާލަމުން އީތަން ބުނެލިއެވެ. އީތަން ބުނި ކަންތައް ކުރަން އަޔާނީ އަވަސް ވެގަތެވެ. އީތަން ގޮސް މޭޒުމަތީގައި އިށީނދެލީ އޭނާގެ ޖޫސްތަށްޓައް އިންތިޒާރު ކުރަމުންނެވެ. ބަދިގޭ ސިންކު ކައިރީ ހުރެ ޖޫސްތަށި ހަދާ ނިންމާލުމަށްފަހު އީތަންއަށް ޖޫސްތަށި ދޭން ހިނގައިގަތް އަޔާނީއަކަށް ބިންމައްޗައް އެޅިފައި ހުރި ފެނެއް ނުފެނެއެވެ. އެވަގުތަކީ މޭޒުމަތިން ފައިބައިގެން އީތަންވެސް ސިންކާ ދިމާލައް ދިޔަ ވަގުތެވެ. ބިންމަތީގައި ހުރި ފެންތަކު މައްޗައް އެރި އަޔާނީ ކައްސާލިއެވެ. ކައްސާލި ބާރުމިނުގައި އޭނާ ވެއްޓުނީ ކުރިމައްޗައް އެރި އީތަން ގައިމައްޗަށެވެ. ޖޫސްތަށި އީތަންގެ ގަޔަށް ބުރައިގެން ދިޔައެވެ. ލޯމަރައި ތަގުޅިކޮށްގެން އޮތް އަޔާނީ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނާއަށް މިއޮވެވުނީ އީތަން ގައިމަތީގައިކަން ރޭކާލީ ދެނެވެ. އެކަކު އަނެކަކަށް ގެއްލިފައި ތިބި ދެމީހުންވެސް ސިއްސައިގެން ދިޔައީ ކުޑަ ކުއްޖަކު އަތް ޖަހާއަޑަށެވެ. އީތަންގެ ކޮއްކޮ ކައިލް ހުރީ ހުނުން ކޮންޓްރޯލް ކޮށްލައިގެންނެވެ. އީތަން ގައިމަތިން ތެދުވަން އަޔާނީ އުޅެގަތެވެ. ” ތަނަކަށް ތަދުވިތަ ” އީތަން ލަދުން ހުރެ އަހާލިއެވެ. ބޯ ދެފަރާތައް ހޫރާލަމުން ބިންމައްޗަށް އެޅިފައި ހުރި ޖޫސް ސާފުކުރަން އަޔާނީ އަވަސްވެގަތެވެ. އީތަންވެސް ގަތް ލަދުން އިތުރު ވާހަކައެއް ނުދައްކާ ކޮޓަރިއަށް ދިޔައެވެ. އީތަން ދިޔަކަން ޔަގީންވުމުން އަޔާނީ އޭނާގެ އަމިއްލަ މޫނުގައި ހިފައި ތޫލި އަޑެއް ލައްވާލިއެވެ. އޭނާގެ ހުރިހާ ހަރަކާތެއް ބަލަން ކޮސްވެފައި ކައިލް ބަލަހައްޓައިގެން ހުރިކަން ނޭނގޭ ހާލުއެވެ.
*********************************************
މިސްކިތުން ހުކުރު ނަމާދަށްފަހު ހުރީހާ ފިރިހެންވެރިން ނިކުންނަމުން ދިޔަ ވަގުތެވެ. އީތަންވެސް އޭނާގެ ބައްޕައާއެކު މިސްކިތުން ފައިބައިގެން ސައިކަލުގައި ގެއަށް ދިއުމުގެ ދަތުރު ފެށިއެވެ. އަޔާނީ ދެކިލުމަށް އެ ހިތް ދިޔައީ ބޭގަރާރު ވަމުންނެވެ.
އަޔާނީގެ ހާލުވެސް ވަކި ތަފާތެއްނޫނެވެ. އީތަން އަންނާނެ އިރަކަށް ގަޑީގެ ކޮންމެ ސިކުންތެއްވެސް އޭނާ ގުނަމުން ދިޔެއެވެ. ގަޑީގެ ކަށި ހިނގާލެއް މިއަދު މާ ލަސްހެންވެސް އޭނާއަށް ހީވަމުން ދިޔައެވެ. އޭނާގެ މަންމަ އާމިރާ މަރުވުމުން އޭނާގެ ހުރީވެސް މީހަކީ އީތަންއާ އީތަންގެ އާއިލާއެވެ. އީތަން މެންގެއަށް ބަދަލުވުމުން އީތަންއާ އެކު ހޭދަކުރެވޭ ވަގުތު ގިނައެވެ. ކޮންމެ ދުވަހަކުވެސް އިރު އަރައިގެންގޮސް އޮޮއްސެނީވެސް އީތަންގެ ސޫރަ ފެނުމުންނެވެ. ދުވަސްތައް ހިނގާލެއް އަވަސް ހެންވެސް އޭނާއަށް ހީވެއެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ހިތުގައި އުފެދެމުން ދިޔަކަން އާޔާނީއަށް ރޭކާނުލައެވެ.
މެންދުރު ކެއުމުގެ ސުފުރާ މަތީގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. އީތަންގެ ވާތް ފަރާތުގައި އަޔާނީ އިން އިރު ކަނާތް ފަރާތުގައި އިނީ ދޮންތަ އީނާޝްއާ ދޮންތަބެ ނިމާލްއެވެ. ކުރިމަތީގައި މަންމަ ބައްޕަ ތިބިއިރު އީތަން އަށް ބޮޑުބޭބެ ކިޔާ ދެކުދިންވެސް ހިމެނެއެވެ. ކުޑަ ނަމަވެސް އުފާވެރި އާއިލާއެކެވެ. އެ އުފާވެރި އާއިލާގެ މެންބަރަކަށް ވުމަކީ އަޔާނީއަށް ލިބުނު ފަޙުރެކެވެ. އީތަންއާއި އަޔާނީ އެދެމީހުންގެ އަމިއްލަ ވާހަކައިގައި ތިބެ ސަކަރާތް ޖަހަމުން ދިޔައިރު ސުފުރާމަތީ ތިބި އެހެން އާއިލާ މެމްބަރުންގެ ނަަޒަރުތައް އެ ދެމީހުންނަށް ހުއްޓިފައިވާކަމެއް ނޭނގެއެވެ. ސުފުރާމަތި މާ ހިމޭންވީހެން އީތަން އަށް ފާހަގަވިއެެވެ. ރަނގަޅަށް ބަލާލިއިރު މަންމަމެން އެންމެގެން ނަޒަރުތައް ވަނީ އެދެމީހުންނާ ގުޅިފައެވެ. އީތަން ބައްޕަ ރިޔާޒު އޭނާއާ ދިމާލަށް އެއްބުމަ ހިއްލާލިއެވެ. ލަދުގަތް ކަމަށް އެއްބަސް ނުވުމަށްޓަކައި އީތަން އޭނާގެ ހުދު މުތީތަކެއްފަދަ ބައްތިރީސް ދަތްޕިލަ ދައްކާލިއެވެ. އަޔާނީ ވަގުތުން ރަތް ވިއެވެ. އީތަން އަޔާނީ އަށް ބަލާލީ އާޝޯޙުވެފައެވެ. އޭނާ އަދިވެސް ހުރީ ދަތްޕިލަ ދައްކައިގެންނެވެ. ” އީތަން މިއަދު މާ މޮޅު ދަތް އުނގުޅާ ބޭހެއް ބޭނުންކުރި ދުވަހަކީތަ..” ދިމާ ކޮށްލުމުގެ ގޮތުން ދޮންތަ އީނާޝް ބުނެލިއެވެ. ” ދޮންތައަށް ވުރެ މޮޅު ވާނެ މަ ބޭނުންކުރާ ބޭސް ” އީނާޝް އާ ދިމާއަށް ތުންއަނބުރާލަމުން އީތަން ބުންޏެވެ. ދެރަ ގަބޫލު ނުކުރަންވެގެންނެވެ. އެ ދެބެން ދަތް އުނގުޅާ ބޭހާ ބެހޭ ގޮތުން ބަހުސް ކުރަމުން ދިޔައިރު ބާކީ ތިބިއިރު ދެން ތިބި މީހުން ތިބީ ކުޅިބަލާށެވެ. އަޔާނި ހިތާ ހިތުން އީތަންގެ ވާހަކަ ދެއްކުމުގެ ހުނަރަށް ތަޢުރީފު ކޮށްލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.

yey i got first
nice story… curiously waiting for the nxt part
Congratulations you are the first ?❤
Thank you ?
salhi
man waitin fo the next part
Batthirees dhai pila…
Yes that was a mistake ☺
I will correct it next time ❤
Thank you ?
Bahthirees dhaiyy… Nt bahthirees dhaiy pila….
Thank you for correcting me❤
Masha allah stry v salhi.
Thiyy 5 ga ulhey kujje kytha buny.ehen vihya v molhu igey aslu vex.
Keep it up.kon irakun nw part vaany.waiting waiting.- salaam-???
Yes I’m from grade 5? and thank you so very much ❤
Next part on Tuesday. Salaam- friends –
Next part pls avas kohdheeba
Love you Ninninaal
Next part one Tuesday day I will try to publish as soon as possible on Tuesday. ☺
Love you more ham ❤❤
Kokkiii… vrh reethi mi prt s nghh…ekm enme fahun bunef eyniinu edhebn dhaiyy ungulhr beyhr beyhey gothn bahus krmn dhiya iru brkii thibi iru dhnthibi miihun thibii kukhi balrshey… eyge badhal edhebn dhaiyy ungukhr beyhr behey gothn bahus krmn dhiya iru dhn thibi miihun thibii kulhi balrshey buniim e sntnce ham jehenii ngh.. mii ham mishii kokki kairii buneli ehchh..eethan and ayrnii eii kn age ehge dhekudhin thr?…this strii is fantastic…. nxt prt tue ga dhwh… waitin for tue… luv yuh kokkii..♥♥♥♥♥♥
Thank you.. will try to improve it next time I write a sentence like that. ❤
Love you too mishy and all my readers
And no ethan and ayaani are just best friends from childhood ? and when ayaani’s mother died there was no one to take care of her. So ethan and his family invited ayaani to live in there house .?
Hello friends ?
Here is the 3rd part of the story SOORA . It maybe short to some readers. My word limit is between 500 to 600 words.
Next part is on Tuesday insha allah☺
Salaam
Thank you
-ninninaal-?
Nice story. Can’t wait for the next part ..?
amazing kokki