Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (15)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 15, 2018 10 Mins Read
42 Comments

އެނބުރި ޑޮކްޓަރަށް ބަލާލި ދެމީހުންނަށް އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“ކޮންމެ ދެމަފިރިއަކަށްވެސް އެންމެ އުފާވެރި ހަބަރަކަށް ވާނެ މި ހަބަރު” ޑޮކްޓަރުގެ މި ޖުމްލަ ދެމީހުންގެ ކަންފަތުގައި ވެސް ގުގުމަމުން ދިޔައެވެ.

“ކީކޭ” ރާސިލް އަށް ހައިރާން ކަމާއެކު އަހާލެވުނެވެ. އައިލީޝް އަށް އެއްޗެކޭ ނުބުނެވޭކަން ޔަގީންވުމާއެކު އޭނާ އަތުންވެސް އިޝާރާތް ކޮށް ކީކޭ ހޭ އަހާލިއެވެ.

“މިބުނީ އައިލީޝް ބަނޑުބޮނޑޭ” ޑޮކްޓަރު އިތުރަށް ތަފްސީލް ކޮއްލަދިނެވެ. ފިރިހެން ޑޮކްޓަރަކަށްވިޔަސް ދިވެހި ޑޮކްޓަރަކަށް ވުމާއެކު ފުދޭވަރަކަށް އޭނާ ވާހަކަ ދައްކަމުން ދިޔައީ ގާތްކޮށެވެ. އެހެންނަމަވެސް އެ ދެމީހުންގެ ފަރަތުން ފެންނަމުން ދިޔަ އަސަރުތަކުން ޑޮކްޓަރަށް ވެސް ހިނިތުންވުން ފަނޑުކޮށްލެވުނެވެ.

“އެކަމަކު ކިހިނެ….”

“ޑޮކްޓަރ ޔަގީންތޯ” އައިލީޝް ގެ ޖުމް ލަ ހުއްޓުވާ ރާސިލް ވާހަކަ ދެއްކިއެވެ. އޭނާ ވެސް ވަނީ ކަންބޮޑުވެފައެވެ.

އެހެންވާނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. އައިލީޝް ގެ ލޮލަށް ކަރުނަ ޖަމާވީ އުފަލުންކަމެއް ނޫނީ ދެރަ ވެގެން ކަމެއް ނޭނެއެވެ. މީގެ ކުރިން ދުވަހެއްހެ ހަނދާނެއް އޭނާގެ ހިތަށް ވެރިވެގަތެވެ.

“ބުނެފީމެއްނު މެރިއޭޖް ރިއަލް ކުރާށޭ މިއުޅެނީ” ރާސިލް ރުޅި އައިސް ހުރެ އައިލީޝް ހިފައްޓާ އައިލީޝް އާ ކައިރިވާން މަސައްކަތް ކުރިއެވެ. އެނދުމައްޗަށް ވައްޓާލާ އެތަކެއް އަނިޔާތަކެއް ދިނެވެ. އެ އަނިޔާތަކުގެ މޭވާ މިހާ ފޮނި ވާނޭ ކަމަށް އައިލީޝް އަށް ހީކުރެވިފައިނެތީއެވެ. އެ އަނިޔާވެރި ޒަހަމް ތަކުން އޭނާ އަށް މިލިބުނީ ކޮންފަދަ ނަސީބެއްހެއްޔެވެ؟.

އޭގެ ފަހުން ދެދުވަހުވެސް އެފަދަ އަނިޔާތަކާ އޭނާ ކުރިމަތިލާން ޖެހުނެވެ.

ރާސިލް އަށް ވެސް އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭނާ ވިސްނާ ނުލާ ކުރި އަމަލް ތަކުން މިނުކުތީ ކޮންފަދަ ނަތީޖާއެއްހެއްޔެވެ؟.

އުފާވާން ވީ ކަމެއް ނޫނީ ރުޅި އަންނަން ވީ ކަމެއް ނޭނގި އޭނާ އަށް އިދެވުނީ އެ ކަމުގެ ޒިންމާ އޭނާގެ ބޮލުގައި ވެސް އެޅިފައިވީތީއެވެ.

އެއީ އައިލީޝް ގެ މައްސަލައެއްނޫނެވެ. އޭނާގެ މައްސަލައެވެ.

ވިސްނާނުލާ ރުޅިއައިސް ކުރެވުނު އަމަލުގެ ނަތީޖާ މި ނުކުތީ އޭނާ ދުވަހަކުވެސް ވިސްނާ ނުލާ އޮތް ގޮތަކަށެވެ.

“ގައިނީ ޑޮކްޓަރަކަށް ދައްކަން ފެނޭ… އަޅުގަނޑު ރިފާ ކޮއްލާނަން ޑޮކްޓަރ ހަނާ… މިގަޑީގަވެސް ދައްކާލެވިދާނެ… އޭރުން ސްކޭން އަކާ އެއްޗެހި ވެސް އިތުރަށް ހައްދާލެވިދާނެ… އެކަމަކު އަދި މާ ގިނަ ދުވަހެއް ނުވޭ… އެއްމަސް” ޑޮންޓަރު ވާހަކަ ދެއްކިއިރު އެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮއްލާފައި ވެއެވެ.

“އަޅުގަނޑު ދޭނަން ލިޔުމެއް.. ގަނިއީ ބަޔަށް ގޮސް ކައުންޓަރަށް ލިޔުން ދައްކާލީމަ ވަގުތުން ދައްކާލެވޭނެ” ދެމީހުން ކުރެ އެކަކުވެސް އިތުރު އެއްޗެއް ނުބުނުމުން ޑޮކްޓަރު ލިޔުން ލިޔެލާފައި ރާސިލް އަށް ދިއްކޮއްލިއެވެ. އަދި ރިޕޯޓް ތައް ވެސް ދިނެވެ.

ރާސިލް އާއި އައިލީޝް ނުކުތް އިރު ވެސް އެދެމެދުގައިވަނީ ނޭނގޭ ފަދަ ހިމޭންކަމެކެވެ. ކޮންމެމީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ އަނެކާ ބަހެއްބުނާނެ އިރަކަށެވެ.

އައިލީޝް ޑޮކްޓަރަށް ދައްކަން އައުމުގެ ކުރިން ކިތަންމެ ވަރަކަށް ވެސް އޭނާ އަށް ޝައްކުވާ ވާހަކަ ބުނަން ބޭނުންވިއެވެ. އަންހެނުންގެ ޑޮކްޓަރަކަށް ދައްކާ ޓެސްޓް ހަދަން ބޭނުންކަމަށް ބުނަން ބޭނުންވިއެވެ.

އެހެންނަމަވެސް ރާސިލް ގެ ފަރާތުން ފެންނާނޭ އަމަލް ތައް ނޭނގޭތީ އޭނާ ޖެހިލުންވީއެވެ. އޭނާގެ މިޒާޖަށް އަންނާނީ ކޮންފަދަ ބަދަލެއ ކަމެއް އައިލީޝް އަށް އެނގެނީއެއްނޫނެވެ. އެ ފަދަ ފުރުސަތެއް ރާސިލް އޭނާ އަކަށް ނުވެސް ދެއެވެ. ރާސިލް ގެ އެ ހަމަހީމޭން ކަމުގެ މާނަ އޭނާ ނަގަންވީ ކިހިނެތްހެއްޔެވެ؟. މިހާރުއްސުރެ އެ ދަރިފުޅާ ދޭތެރޭ ވިސްނެން ފަށިފިއެވެ. އެ ހަބަރު ޑޮކްޓަރުގެ ފަރާތުން ލިބުނު ވަގުތުން ފެށިގެން އޭނާ އަށް އެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. މައިވަންތަ ކަމުގެ ލޯބި އެ ހިތުގައި އުތުރި އަރަން ފެށިއެވެ. އަދި އެ ހިނދު އެ ހިތް ފުރިގެންދިޔަ އއުފާވެރިކަމުން ލޮލަށް ކަރުނަތަށް ޖަމާވިއެވެ.

ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލިއެވެ. އޭނާގެ ހަށިގަނޑު ތެރޭގައި އިތުރު ފުރާނައެއް ހެދިބޮޑުވަމުން ދިޔަ ކަން އެނގުނު ވަގުތު ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ފަދަ އިހްސާސް އެއްކުރެވުނެވެ. އެހެންނަމަވެސް ރާސިލް މަތިން ހަނދާން ވުމާއެކު އެ ތުންފަތަށް ވެރިވާ ހިނިތުންވުން ފަނޑުވެގެން ދެއެވެ.

އަނެއްކޮޅުން ރާސިލް ގެ އަނގައިން ހީވީ ބަސްހުއްޓިފައި ހުރިހެންނެވެ. ހަގީގަތުގައިވެސް ބުނާނެ އިތުރު އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ނޭނގޭ އިހްސާސް އެއް އޭނާ ވަށައިލި ކަމުގައި ވީނަމަވެސް އެ އިހްސާސް އަށް ދޭނޭ ނަމެއް އޭނާ އަކަށް ނޭނގުނެވެ. ބިރިގަންނަނީ ކީއްވެހެއްޔެވެ؟. އައިލީޝް އަކީ އޭނާގެ ދުޝްމަނުގެ ކޮއްކޮ އަށް ވީމަހެއްޔެވެ؟. މާދަމާ ވެސް އޭނާ އައިލީޝް ދޫކޮއްލަން ޖެހިދާނެއެވެ.

އެދުވަހަކުން އޭނާ ހަދާނީ ކިހިނެތްހެއްޔެވެ؟. ދަރިފުޅާ އެކީ އައިލީޝް ދޫކޮއްލާނީ ހެއްޔެވެ؟. ނޫނެކެވެ. އެހެން އޭނާއަކަށް ނުހެދޭނެއެވެ. އެހެންވިޔަސް އެދުވަހުން އޭނާ އަށް މަޖުބުރުވާނެއެވެ. އެ ހިތް ކުދި ކުދިކޮއްލުމަށެވެ. އެ ހިތް ހަލާކުކޮއްލާށެވެ.

އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމާއެކު ވަގުތުން ސްކޭން ކުރެވުނެވެ. އައިލީޝް ބަނޑުބޮޑުކަން ޔަގީންކުރެވުނެވެ. އެ ވަގުތު ދެމީހުންގެ ހިތުގައިވެސް އުތުރި އަރަމުން ދިޔަ އިހްސާސް ގެ ކުޑަ މިންވަރެއްވެސް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ.

އޭޑީކޭ އިން ނުކުމެގެން ކާރާ ދިމާލަށް ދެމީހުން ދިޔަ އިރުވެސް އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. އައިލީޝް އަށް އިރުއިރުކޮޅަކާ ރާސިލް އަށް ބަލާލެވެނީ އޭނާގެ ފަރާތުން ކުޑަނަމަވެސް އިޝާރާތެއް ލިބޭތޯއެވެ. އެހެންނަމަވެސް ކުޑަ އިޝާރާތެއް ވެސް ރާސިލް ގެ ފަރާތުން އައިލީޝް އަކަށް ނުލިބުނެވެ. ކާރަށް އަރާ ހަމަޖެހިލަމުން ރާސިލް ފުންނޭވާއެއްލިޔެވެ. ހީވީ ނަފްސަށް ލިބުނު ނުތަނަވަސް ކަމާ ހާސްކަން ފުންނޭވާއެއްގެ ސިފައިގައި ބޭރުކޮއްލީހެންނެވެ.

ދެންވެސް އޭނާ އެއްޗެކޭ ބުނާ ހިޔާލެއް ނުކުރިއެވެ. އައިލީޝް ލޯގަނޑުން ބޭރު ބަލާލިއެވެ. އޭޑީކޭއިން ނުކުތް ދެމަފިރިއަކު އެވަގުތު އައިލީޝް ގެ ލޮލުގައި އަޅައިގަތެވެ. ކައިރީގައި ހުރި ފިރިމީހާ ކަން ދެނަގަންނަނަށް އުނދަގޫ ނުވީ ނުވަވަރަކަށް މަސް ވެފައިވާ އެ ބަނޑުގައި ފިރުމާލާ ހީލާ އެ އަންހެންކުއްޖާ އާ ވާހަކަ ދެއްކި ގޮތުންނެވެ. އެވަގތު އޭނާ ގެ ލޮލަށް ކަރުނަތަށް ޖަމާވީ ރާސިލް އާއެކު އޭނާ އަށް އެފަދަ އުފާވެރި ދިރިއުޅުމެއް ލިބޭނެ ބާއޭ ހިތަށް އަރާ ހާލުގައެވެ. ރާސިލް ކާރު ދުއްވާލިއިރުވެސް އައިލީޝް އިނީ އެދަމަފިރިންނަށް ބަލަން ކަން ދެނެގަނެވުނަސް ދެންވެސް އިތުރުއެއްޗެއް ބުނާ ހިޔާލެއް އޭނާ ނުކުރިއެވެ.

ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތަށް އެތެރެއަށް ހިންދަން މަސައްކަތް ކުރަމުން ދިޔަ އައިލީޝް އަށް އެކަން ކާމިޔާބް ވާ ގޮތް ނުވިއެވެ. ކަރުނައަކަށް ފަހު ކަރުނައެއް ފައިބަމުން ދިޔައިރު މަޑުމަޑޫން ރޮވެން ވެސް ފަށައިފިއެވެ. އައިލީޝް ނޭފަތް ދަމާލުމާއެކު ރާސިލް އަށް ކާރުގެ ބުރަކި ޖައްސާލެވުނީ އޭނާ ރޮނީކަން ޔަގީންވުމުންނެވެ. މަގުގެ އެއްފަރާތުގައި ޕާރކް ކޮއްލަމުން އޭނާ އައިލީޝް ގެ އަތުގައި މަޑު މަޑުން ހިފާލިއެވެ. އައި އެމް ސޮރީ… އެ ކަމަކު އަހަރެންނަށް ޖެހޭނީ… ޖެހޭނީ… އައިލީޝް ދޫކޮއް… ދޫކޮއްލަން” ރާސިލް ގެ އަޑުގައިގި ޖެހިލުންވުން އައިލީޝް އަށް ފާހަގަ ކުރެވުނެވެ. އޭނާ ކަޅި ޖަހާ ނުލާ ރާސިލް ގެ ލޮލަށް ބަލަން އިން އިރު ކަރުނަތަށް ރޮނގަކަށް ފައިބަމުން ދިޔައެވެ. ކާރުތެރޭގައި އިނދް ރާސިލް ގެ ގަމީހުގައި ހިފާ އޭނާ އަށް ބާރުކޮށްލެވުނެވެ. އެހެންނަމަވެސް ދޫކޮއްލީ ރާސިލް ދެން ބުނި ވާހަކައިންނެވެ.

“އަހަރެން ބޭނުމެއްނޫން ދެން އައިލީޝް އާ އެކީ އުޅޭކަށް… ” ރާސިލް އިސްޖަހައިގެން އިނދެ އިއްވާލިއެވެ. އެހެންނަމަވެސް އޭރުވެސް އައިލީޝް އާ މެދު އެ ގޮތަށް ކަންތައް ނުކުރުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. އެ އަޑު އެހުމެއްނެތި ދެންމެ ރާސިލް އެ ބުނި ޖުމްލައިގެ ސަބަބުން އައިލީޝް ގެ ދުނިޔެ އެ ފުށް މިފުށަށް ޖެހުނު ފަދައެވެ.

ގޮނޑީގައި ލެނގިލަމުން އައިލީޝް މޫނުގައި އަތް އަޅާލީ އެ ކަރުނަތަށް ރާސިލް އަށް ދައްކަން ބޭނުންނުވީމައެވެ. އިތުރަށް ރާސިލް ގެ ކުރިމަތީގައި ބޭޒާރުވާން އޭނާ ބޭނުންމެއްނުވެއެވެ. ހިތުގައި އެތަކެއް ޝަކުވާއެއް ވި ނަމަވެސް އެ ހުރިހާ ޝަކުވާއެއް ރާސިލް އާ ކުރެވޭކަށް ނެތެވެ. އެ ކަރުނަތަކަކުން ރާސިލް އަކަށް އަސަރެއްނުކުރާނެއެވެ. ނޭވާ ކުރުވެ މީހާގެ ހަށިގަނޑުން ވަރުދޫވާހެން އައިލީޝް އަށް ހީވިއެވެ. އެ ހިތް ފިސްފިސްވެގެން ދިޔަ ފަދަ ވޭނީ އިސްސާސް އެއްކުރެވުނެވެ. އެ އިހްސާސް ރާސިލް އަށް އިނގޭނެ ނަމައޭ އެވަގުތު ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ ވާނޭ ކަމެއް ނޫން ކަން އައިލީޝް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ދުހަވަރަކަށް މިނިޓް ވީ އިރުވެސް އައިލީޝް ހުއްޓާނުލުމުން ރާސިލް ކަންބޮޑުވިއެވެ. އައިލީޝް ގެ ހިތަށް ކޮއްފައިވަނީ ކޮންފަދަ އަސަރެއްހެއްޔެވެ؟. އެހެންކަމުން އޭނާ އަށް އައިލީޝް އާ ވާހަކަ ދައްކަން މަޖުބޫރުވިއެވެ.

“އައިލީ… ހުއްޓާލާ” ރާސިލް މަޑުމަޑުން ބުނެލިއެވެ.

“ރާސިލް ވަރަށް ފަސޭހަ ދޯ ތިހެން ބުނަން… ތީ ހިތެއް އޮތް މީހެއްތަ؟. ރާސިލް އަހަރެންނާ އިނީ ލޯބިންތަ ނޫނީ އަހަރެންގެ އިހްސާސް ތަކާ ކުޅެންތަ… ކީކުރަން… ކީކުރަން؟. މިފަދަ އަގުހުރި ހަދިޔާއެއް އަހަރެންނަށް ދީފަ ތިދަނީ. ތި ދަނީ އުމުރަށް މިހިތް ރޮއްވާފަ… ދުވަހަކު މާފެއް ނުކުރާނަން… ތި ދިން އަނިޔާ ގެ ބަދަލް އަދި ރާސިލް އަށް ވެސް ލިބިދާނެ.. އެކަމަކު ދުއާ އަކީ ރާސިލް އަށް މިކަހަލަ ދުވަހެއް ނުދެއްކެވުން… އަބަދުވެސް އުފަލުގަ ހުރުން… އަހަރެންނަކަށް ނޭނގެ ކީއްވެކަމެއް ހުރިހާ އެންމެން އަހަރެންދެކެ ރުޅި އަންނަނީ…އަހަރެންނަކީ ނުކުޅެދޭ މީހަކަށް ވީމަތަ؟ އަހަރެން ކޮންކަމެއް ތަ ކުރީ… އަހަރެން ހީކުރީ އަހަރެން ގެ ދިރިއުޅުމަށް ރާސިލް އައުމުން އަހަރެންނަށް އުފާވެރިކަން ލިބޭނެކަމަށް… އެކަމަކު އެހެނެއް ނުވި… ހިތާމަތަކަށް އިތުރު ބޮޅެއް އިތުރުވީ… އިތުރަށް ކެތެއް ނުކުރެވޭނެ… އަހަރެން މަރުވެދާނެ… ނޫން… އަހަރެން ބަނޑު ގަ މިވާ ދަރިފުޅަށް ޓަކާވެސް ކެތް ކުރަން ބޭނުން” މޫނު ފޮހެލާ އައިލީޝް ބަނޑުގައި މަޑު މަޑުން އަތް ޖައްސާލިއެވެ. އަދި ލޯގަނޑުން އަނެއްކާވެސް ބޭރު ބަލާލިއެވެ.

އައިލީޝް ގެ ހިތުގައި ހިނގަމުން ދިޔަ ހައިޖާން ގަނޑެއްގެ ސަބަބުން އޭނާ ލޯ މަރާލިއެވެ. އަމާޒަކަށް ވީ ކަރުނަތަށް ހުއްޓުވުމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބް ނުވެ އެސްފިޔަތަށް ފޫދުއްވާލާފައި ކަރުނަތަށް ފައިބަމުން ދިޔައެވެ.


އަނެއްކޮޅުން ދާނިޝް ގެ ހާލަކީ ކޮބާހެއްޔެވެ؟. ރާސިލް ގެ އިންޒާރާ އެކު އޭނާ ވަނީ ކަން ބޮޑުވެފައެވެ. ރާސިލް އާ ވާހަކަ ދައްކަން އޭނާ ބޭނުމެވެ. އެހެންނަމަވެސް އެއީ ވާނޭ ކަމެއްނޫނެވެ. އައިލީޝް މަތިން ހަނދާން ވުމާއެކު އޭނާ އަށް އަނެއްކާވެސް ރާސިލް ގެ އިންޒާރު ހަނދާނަށް އައެވެ. “އައިލީޝް އަށް ހުރިހާ ހިތާމައެއް ލިބޭނީ” އެ ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހަދާނެ ގޮތް ހުސްވެ އޮތް އިރު އޭނާގެ ހިޔާލަށް އަނެއްކާވެސް ކުރީގެ ހަނދާންތައް އަންނަން ފެށިއެވެ.

ދާނިޝް މިފަހަރު އެ ހިޔާލް ތަކާ ދުރަށް ދާން މަސައްކަތް ކުރުމުގެ ބަދަލް ގައި އެ ހިޔާލް ތައް އޭނާ އަށް އުނދަގޫ ކުރާ ވަރަކަށް އުނދަގޫ ކުރަން ދެން އިނެވެ.

*****************

އިފްޝާ އާއި ދާނިޝް އާއި ދެމީހުން ހަޔާތުގެ ދުވަސްތައް އުފާވެރި ކަމާއެކު ހޭދަކުރުމަށް އަތުކުރި އޮޅަމުން ދިޔައެވެ. އެއީ ވަރަށް ވިއްސާރަ ދުވަހެކެވެ. އިފްޝާ ދެކޮޅު ހެދުމުންވެސް އެ ދުވަހު އޮތް މީޓިން އެއް ކެންސަލް ކޮއްލާފައި ދާނިޝް އިފްޝާ އާއެކު ގެއަށް ދިޔުމަށް ނިންމީ މަންމަ ބަލިވެ އުޅޭތީއެވެ. އިފްޝާ ގެ ކޮއްކޮ ވެސް ކޮންމްވެސް ވޯކްޝޮޕެއްގައި ރާއްޖޭން ބޭރަށް ތިންދުވަސް ވަންދެން ގޮސްފައި ވުމުން އޭނާ ބޭނުންވީ އިފްޝާ އަށް އެހީތެރިވާށެވެ. މާމުހިންމު މީޓީން އަކަށް ނުވުމާއެކު ދާނިޝް އެ މީޓިން ކެންސަލް ކޮއްލީއެވެ. ދެމީހުން ކާރަށް އަރަން ދިޔަތަން ބަލަން ހުރި ޒާހިދު ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަށް ބަޔާން ކޮއްދޭން ދައްޗެވެ. ދާނިޝް އަށް ވެސް އެއްލި ކަޅިއަކުން އެދިމާލަށް ބަލަން ހުރި ބައްޕަ ލޮލުގައި އަޅައިގަތެވެ. އެ ވަގުތުަކީ ވާރޭ ވެހފައި ހުއްޓާލާފައި އޮތް ވަގުތެވެ. އެހެންކަމުން ހަވިރުގެ އެވަގުތުގައި މާހައުލުގައި ހިފާފައިވަނީ އާދަޔާ ހިލާފް ތެތް ފިނިކަމެކެވެ. ދާނިޝް އަށް އެ މަންޒަރު ފެނުމާއެކު ބޯ ކަހާލެވުނެވެ. ބައްޕަގެ ސުވާލުތަށް އޭނާ އާ ކުރމަތިވާނޭކަން އެނގެއެވެ. އޭނާގެ ހިތުގައި ސުވާލެއްވެއެވެ. ބައްޕަ އަނެއްކާ އެ ގުޅުމަށް ގަބޫލުވާނެބާއެވެ. ނިކަމެތި އަންހެންކުއްޖަކަށް ވުމާއެކު އެ ގުޅުމާ ބައްޕަ ދެކޮޅު ހަދާނެކަން ގައިގަނޑަކަށް އޭނާއަށް ޔަގީންވިއެވެ.

**************

މާގިނައއިރު މާޒީގެ ހިޔާލްތަކަށް ގެއްލިފައި އޭނާ އަށް ނީނދެވުނީ ފޯން ރިންގް ވި އަޑާއެކުގައެވެ. ފޯން ބަލާލިއިރު ގުޅަނީ އިޒިކް އެވެ. އެހެންކަމުން ފޯން ނަގާ ހިތް ނުވެ އޮވެފައިވެސް އޭނާ ފޯން ނެގިއެވެ.

އިޒިކް އެދުނީ އޭނާ އާ ބައްދަލުކުރުމަށެވެ. ރޭގައި ދާނިޝް އޭނާ ކައިރިއަށް ދިޔައިރު ހުރި ހާލުން އޭނާ އަށް ކަންބޮޑުވެވެނީއެވެ. އޭނާ އަކީ ދާނިޝް ގެ ޑޮކްޓަކަށް ވިޔަސް ގާތް އެކުވެރިއަކަށް ވުމާއެކުވެސް ބޭނުންވަނީ އެ ކަމުން ދާނިޝް ސަލާމްތަ ކުރުމަށެވެ. އޭނާ ބޭނުންވީ އިތުރު ކަންތަށް ތައް ދާނިޝް އަށް އޮޅުން ފިލުވަދޭށެވެ. ދާނިޝް ހިންހަމަ ޖައްސުވާށެވެ. ކަންކަމާ ވިސްނާ ވަރަކަށް އޭނާގް ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލި ނަފްސާނީ މައްސަލަ ބޮޑުވެގެންދާނެއެވެ. އިޒިކް މަސައްކަތް ކޮއްގެން ކުރި އެރި ތަންކޮޅުވެސް އަނެއްކާ ފެނަނަށް ވެގެން ގޮސްދާނެއެވެ.


މާނިއު ގެ ފަރާތުން އެތަކެއް އަނިޔާއެއް އެ ދުވަހުވެސް ޒީޝާ އަށް ލިބުނެވެ. މެންދުރުގަޑީގައި މާނއު އޭނާގެ ގައިގައި ޖެހިތަން އެވަގުތު ގެއަށް އައިސް ވަތް މާނިއު ގެ ކޮއްކޮ ޒަރާ އަށް ފެނުނުނެވެ. އެވަގުތު އޭނާ އަށް ވެސް ބަސްހުއްޓި ހުރެވުނީ މާނިއު ގެފަރާތުން ޒީޝާ އަށް އެ ލިބުނު އަނިޔާގެ ހަގީގަތް އެނގެން ބޭނުންވީތީއެވެ. އޭނާ ގެ ކުރިމަތީގައި މާނިއު ނުކުމެގެން ދިޔުމުން ޒީޝާ އަށް އެހީވިއެވެ. ޒީޝާ އެދުނީ ޒަރާ ގާތު އެއްވެސް މީހެއް ގާތު އެ ވާހަކަ ނުބުނުމަށެވެ. ޒީޝާ ގެ އާދޭހާއެކު ޒަރާއެއްބަސްވެސްވިއެވެ.

“ދޮންބެ ދައްތާ… އަނިޔާ ލިބޭ އިރު ތިހެން އިންނާކަށް ނުވާނެ.. މައްސަލަ ހުށައަޅާ އިންސާފު ހޯދާ ދައްތާ… ބަލިކަށި ވާކަށް ނުވާނެ. އެއީ އަހަރެންގެ ދޮންބެ އަށް ވިޔަސް އޭނާ އެ އުޅެނީ ރަނގަޅަކަށް ނޫން… ދޮންބެ ދައްތައަށް އަނިޔާ ކުރުމުގެ އެއްވެސް ހައްގެއް އޭނާ އަކަށް ލިބިގެންނެއް ނުވޭ… ކޮން ފަދަ ރަހުމް ކުޑަ އަމަލެއް. ދޮރު ހުޅުވާފަ ހުރީމަ އަހަރެންނަށް ވެސް މި އެނގުނީ އެހެންނޫނީ ދޮންބެ ދައްތަ ވެސް އެކަން ސިއްރު ކުރާނެކަން އެނގޭ… އެންމެ ރަނގަޅު އަހަރެން ދޮންބެ ދައްތަ ބުނީތީ އެކަކު ކައިރީގަވެސް ނުބުނު ހުރެދާނަން… އެކަމަކު ދޮންބެ ދައްތަ ޖެހޭނެ މިކަމާ ކުރިމަތިލާން… ފައިޓް ސިސް… ފައިޓް… ޔޫ ކޭން ޑޫ އިޓް… ތިހެން މަޑުން ހުންނާތީއޭ އެމީހުންނަށް ހިތްވަރު ލިބެނީ” ޒަރާ ގެ ބަސްތަށް ޒީޝާ ގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ރޭގެ ވަގުތުގައި މާނިއު ގެއަށް އައުމާއެކު ޒީޝާ މާނިއު އާ ކުރިމަތިލިއެވެ. އަނގައިން އެއްބަސް ޒީޝާ އަށް ބޭރުކުރެވުނު އިރު މާނިއުގެ އަތުގެ ހޫނު ދެތިން ހަމަލާ ޒީޝާގެ ކޯތާފަތަށް އަރައިގެން ދިޔައެވެ. އެވަގުތު އޭނާ ގެ ހިތްވަރު އެލިގެން ދިޔައެވެ. ތިހެން އަނިޔާ ކުރަންޏާ ވަރިކުރާށޭ ބުން ބޭނުންވިއެވެ. އެހެންނަމަވެސް އެ ހިތްވަރު އޭނާ އަށް ލިބޭ ގޮތެއްނުވިއެވެ.


އައިލީޝް ގެއަށް އައި ގޮތަށް ކޮޓަރިން ނުނިކުމެއެވެ. ރާސިލް އޭރު އައިލީޝް ގެއަށް ލާފައި ދިޔަގޮތަށް އަދި ނާދެއެވެ. އެހެންކަމުން އައިލީޝް ވަނީ ކަންބޮޑުވެފައެވެ. ހިތްދަތިކަމުން އޭނާ ގެ ނަފްސު ހިސާރުކޮށްފައިވާއިރު ކާ އެއްޗެއް ވެސް ނުކައި ހުރުމުން އޭނާ އަށް ބަޑުހައިކަން އިހްސާސްކުރެވުނެވެ. ކާހިތް ނުވެފައި ހުރެވެސް ދަރިފުޅަށް ގެއްލުމެއް ވެދާނެޔޭ ހިތާ ކޮންމެވެސް ކަހަލަ މޭވާއެއް ނަމަވެސް ކާލަން އޭނާ ބޭނުންވިއެވެ. އެ ދަރިފުޅާ ދޭތެރޭ އުފެދުނު އެ އާދަޔާހިލާފު ލޯބީގެ ސަބަބުން ކުޑަވެސް ގެއްލުމެއް އެ ދަރިފުޅަށް ލިބިދާނެތީ އޭނާ ވަނީ ކަންބޮޑުވެފައެވެ.

މަޑުމަޑުން ނުހަނު ބަލައިގެން ސިޑިން ފައިބަމުން އޭނާ ދިޔައެވެ. މަތީބައިގައި ވެސް ކައްކާ ކެވެން ހުއްޓަސް އެބައި ބޭނުން ނުކުރާތީ ހުރިހާ އެއްޗެއް ހުންނަނީ ތިރީގައެވެ. އޭނާ ތިރިއަށް އައީ އެހެންވެއެވެ. އެ ވަގުތު ހިޝްމާ އުނދުން ދޮށުގައި ކޮންމެވެސް އެއްޗެއް ކައްކަން ހުއްޓެވެ. ފިޔާ ރަތް ކުރަން އަޅާލިވަގުތަކީ އައިސް އަލަމާރި ކައިރިއަށް ހުއްޓުނު އައިލީޝް އާފަލަކާ އޮރެންޖެއް ނެގި ވަގުތެވެ.

އޭގޭ ވަސް ޖެހުމާއެކު އައިލީޝް އަށް އޯކާދެމިގަނެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާ އަވަސް އަވަހަށް ޒިކްކު ކައިރިއަށް ޖެހިލިއެވެ. ހޮޑުލެވުމާއެކު ހިޝްމާ އައިލީޝް ގާތަށް ޖެހިލާ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ. އޭރުވެސް އުނދުން ޖައްސާފައި ހުރުމުން އައިލީޝް މޭނުބައި ކުރަމުން ދިޔައެވެ. އޭނާ ގޮސް އުނދުން ނިއްވާލިއެވެ. އޭރުވެސް ހިޝްމާ އައިލީޝް އަށް ބަލަން ހުއްޓެވެ. އޭނާގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ދަތުރު ކޮއްލި އެވެ.

ހިތާ ހިތުން ހެއްދެވި ފަރާތަށް ޝުކުރު ކޮއްލެވުނެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި އައިސް އުނދުން ކައިރީ ހުރި އައިލީޝް ގާތަށް މަޑުކޮއްލިއެވެ. އަދި މަޑު މަޑުން ވާހަކަ ދެއްކިއެވެ. “އައިލީ ކިހިނެތްވީ؟” ހިޝްމާ އައިލީޝް ގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އޭނާ އައިލީޝް ގެ ބޮލުގައި ފިރުމާލީ އަތް ލާން ނުލާން ހުރެފައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟. އައިލީޝް އޭނާދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫންވިއްޔާއެވެ.

އެކަމަކު މިފަހަރު އޭނާ ހީކުރި ގޮތާ ހިލާފަށް އައިލީޝް އޭނާ ގެ އަތް ފޮޅުވާލާކަށް ނޫޅުނެވެ. އެކަމާ ހިތް ހަމަ ޖެހިފައި ހުއްޓާ ސިހުނީ އައިލީޝް ދެން ކުރި ހަރަކާތެވެ.

ކުއްލިއަކަށް ފަހަތަށް އެނބުރިލުމާއެކު ހިޝްމާ ގެ ދެކޮނޑުގައި ހިފާ އައިލީޝް ހިޝްމާ ކޮއްޕާލިއެވެ. ހިޝްމާ ފަހަތަށް ދިޔަ ގޮތަށް މޭޒުގެ ކަނުގައި ބަނޑު ޖެހުނެވެ. އެވަގުތު އެރި ތަދުން އޭނާގެ އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. ދާދިފަހުން އޮޕަރޭޝަން ކޮއްފައި ޓިއުމަރެއް ނަގާފައި އިނުމުން ތަނެއްގައި ޖެހިއްޖެ ނަމަ އަދިވެސް ތަދުވެއެވެ. ޖެހުނު ލެއް ބާރުކަމުން ހިޝްމާ ގެ ލޮލުން ފެން އައެވެ. އައިލީޝް އަށް ވެސް ބަލަހައްޓައިގެން ހުރެވުނީ ކުރެވުނު ކަމާމެދު ދެރަވާ ހާލުގައެވެ. އޭނާ އެ ދިމާލަށް ފިޔަވަޅެއް އަޅާލީ ހިޝްމާ ގުދުވުމުންނެވެ. އެހެންނަމަވެސް މޑު ޖެހުނީ ހިޝްމާ އަތުން މަޑުކުރުމަށް އިޝާރާތް ކޮއްލުމުންނެވެ.

އޭނާ މަޑުމަޑުން ތަންތަނުގައ އަތް ވިއްދަމުން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރުވެސް ވޭނީ އާހް އެ އަނގައިން ބޭރުވަމުން ދިޔައެވެ.

“ހިޝް….ކިހިނެތްވީ” އެ ވަގުތު ކާގެއާ ދިމާލަށް އައި ޒާހިދު އަށް ހިޝްމާ އޮތް ގޮތުން ކަމެއް ގޯސް ވެއްޖެކަން ނަގައިގަނެވުނެވެ. އޭނާ އަށް ހިޝްމާ އާއި ގާތަށް ޖެހިލެވުނެވެ. އަދި އަތުގައި ހިފައްޓާލިއެވެ. އޭރު ހިޝްމާ ގެ ލޮލުގެ ތެރެއަށް ބޮނޑިވެފައި ހުރި ކަރުނަތަށް ޒާހިދު ގެ ލޮލުގައި އަޅައިގަތެވެ. ދެން އޭނާގެ ލޮލުގައި އަޅައިގަތީ ކާކޮޓަރިތެރޭގައި ހުރި އައިލީޝް އެވެ. އެވަގުތު އޭނާ އިތުރު އެއްޗެއް ނުބުނީ ހިޝްމާ ވޭނުގައި ތެޅެމުން ދިޔަތަން ފެނުނީތީއެވެ.

އައިލީޝް ހުރީ ޒާހިދު ފެނި ބިރުން ވިރިވިރިއެވެ. ބައްޕަ ގެ ރުޅިވެރިބަސްތައް އަމާޒުވާނެކަން އޭނާ އަށް އެނގޭކަހަލައެވެ. މަންމަ ކޮއްޕާލީ އެނާކަށް އެނގޭނަމަ ބައްޕަ އޭނާ އަށް ކުރާނީ ކޮން ފަދަ އަނިޔާއެއްކަމެއް ނޭގެއެވެ. އޭނާ އާ ދިމާލަށް ބުނާނީ ކޮންފަދަ ރަހުމް ކުޑަ ބަސްތަކެއް ކަމެއް ނޭނގެ އެވެ.

ބިރިގެންފައި ހުރި އައިލީޝް އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ޒާހިދު އެއްޗެއް ނުބުނެ ހިޝްމާ ގޮވައިގެން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހުމުންނެވެ. ކިތަންމެ ބަނޑު ހައިވެފައި ހުއްޓަސް އޭނާ ކެއުމުގެ ބަދަލް ގައި ކާކޮޓަރިން ބޭރަށް މސްރާބްޖެހިއެވެ. އެކަމަކު ވަކި ހިސާބަކުން ބަނޑުގައި އުފެދެމުން ދާ ދަރިފުޅު މަތިން ހަނދާން ވުމާއެކު އަނބުރާލާފައި ކާކޮޓަރިއަށް ވަނެވެ.


އެރޭ އެގާރަ ޖަހާ ބޮޑު ވިއިރުވެސް ރާސިލް ގެއަކަށް ނާދެއެވެ. ރާސިލް ގެ ފޯނަށް އައިލީޝް ދެތިން ފަހަރު ގުޅާލިއެވެ. އެހެންނަމަވެސް އޭނާ ފޯނެއް ނުނަގައެވެ. ފޯން ނިއްވާލާފައި އޮތުމުން އައިލީޝް ކަންތައް ބޮޑުވިއެވެ. ޖަވާބު ނުލިބޭ އަރަތެއްގެ އެތެރޭގައި އުޅެވޭ ފަދަ އިހްސާސް އެއް އޭނާ އަށް ކުރެވެމުން ދިޔައެވެ.

ވިސްނި ވިސްނުމުން އޭނާ އަށް ރާސިލް ބުނެފައިވާ ޖުމްލައެއް ހަނދާނަށް އައެވެ. ދާނިޝް ގާތު އެހުމަށް ބުނި ވާހަކަ އާ މެދު އޭނާ އަށް ވިސްނާލެވުނެވެ. ރާސިލް ދާނީ އެ ގެއަށް ކަމަށް ހީވުމާއެކު އޭނާ އަށް އެތަނަށް ދިޔުމަށް އެދެވެން ފެށިއެވެ. ރާގެނަޑު ގެ މި ވަގުތު ގޭގެ އެންމެން ތިބޭނީ ނިދާފައި ކަމަށް އައިލީޝް ހީކުރިއެވެ. އެނާ ކޮޓަރިން ބޯ ދިއްކޮއްލީ ވަރަށް މަޑުންނެވެ. ގޭތެރެއިން ދާނިޝް ގެ ހިލަމެއް ނުވުމުން އޭނާ މަޑުމަޑުން ސިޑިން ތިރިއަށް ފޭބިއެވެ. މައި ދޮރު ހުޅުވާލަމުން އޭނާ ނިންމީ ޓެކްސީއެއްގައި ރާސިލް ކުރިން އޭނާ ގޮވައިގެން ދިޔަ ގެއަށް ދާށެވެ.

ރޭގަނޑު ގެ ވަގުތަށް ވިޔަސް މަގުމަތީގައި ދުއްވާއެއްޗެހި ފުދޭވަރަކަށް ގިނައެވެ. ފިނިވަޔެއް ޖެހެމުން ދިޔައެވެ. އޭނާ އެހެން ދިޔަ ފެހި ކުލައިގެ ޓެކްސީބޯޑު ދިއްލާފައި އިން ޓެކްސީއަކަށް އަތް ނެގިއެވެ. އެހެންނަމަވެސް ޓެކްސީ މަޑު ކުރާގޮތެއް ނުވިއެވެ. މީހުން އަރުވައިގެން އެ ދިޔައީ ފެހި ބޮކި ދިއްލައިގެންނެވެ. އެހެންވެ ހިސާބެއްގެ ނުރުހުންވުމެއް އޭނާގެ މޫނުމަތިން ފާޅުވިއެވެ. އެހެން ދިޔަ ދެތިން ޓެކްސީއެއް އަތް ނެގިޔަސް އެމީހުން ވެސް މަޑެއް ނުކުރިއެވެ. އޭނާ ނިންމީ ހިނގާފައި ދިޔުމަށެވެ. ކުރިމަތިވާން އުޅެނީ ކިހާ ވަރެއްގެ ތޫފާނެއްކަން ނޭނގޭ ހާލުގައެވެ.

އަވަސް ފިޔަވަޅުތަކެއް އަޅަމުން އައިލީޝް ހިނގަމުން ދިޔައީ ހުޅުމާލޭ ޓާރމިނަލާ ދިމާލުގައި ހުންނަ އެ ގެއަށް ދިޔުމަށެވެ. ދުއްވާފައި ދާ އެއްޗެހި ގިނަޔަސް ހިނގާފައި އުޅޭ މީހުން ފެންނަނީ ތަންކޮޅެއް މަދުންނެވެ. އެހެންކަމުން ހިސާބެއްގެ ބިރުވެރިކަމެއް އޭނާގެ ހިތަށް ވެރިވެފައި ވިއެވެ. ހިތްވަރު ކޮށްފައި ކުރިއަށް ދިޔައީ ރާސިލް މަތިން ވިސްނާފައެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލަމުން އޭނާ ބާރުބާރަށް ހިނގަމުން ދިޔައެވެ. ހުޅުމާލާ ޓާރމިނަލާ ދިމާލަށް ލަނބާލަން އެތަނުގައި އޮތް ހަނި ގޯޅި އަކަށް އޭނާ ވަނުމާއެކު އެތަނުގައި ތިބި ގްރޫޕް އޭނާގެ ލޮލުގައި އަޅައިގަތެވެ. ސިގިރެޓް ރޯކޮށްގެން ތިބެފައި އެމީހުން ވެސް އައިލީޝް އާ ދިމާލަށް ބަލާލިއެވެ. އެ މަގުގައި ދުއްވާ އެއްޗެއް ނެތެވެ. ހިނގާމީހެއްގެ ހިލަމެއް ނުވެއެވެ. އެހެންވެ އައިލީޝް އައި ކޮޅަށް ދާން އަނބުރާލަން އުޅެނިކޮށް ސިހުން ގެނުވީ އެތަނުން އެކަކު ވާހަކަ ދެއްކިއަޑަށެވެ.

“އޭތް މަންޖޭ… ކޮންތާކަށް ތަ ދަނީ މަޑުކޮބަލަ” އައިލީޝް ފިޔަވަޅުތަކަށް ބާރުލަމުން ދިޔައެވެ. އޭނާ އަކީ ވާހަކަ ނުދެއްކޭ ކުއްޖަކަށް ވުމާއެކު އެމީހުން ކަމެއް ކުރިނަމަވެސް މަދަދަށް އެދި ހަޅޭއްވެސް ލަވައި ނުގަނެވޭނެއެވެ. އެކަމާ އޭނާ ކަންބޮޑުވިއެވެ. ފޯނުން މީހަކަށް ގުޅަން އުޅެފައިވެސް ވާހަކަ ނުދެއްކޭތީ އޭނާ އެ ޚިޔާލު ދޫކޮއްލިއެވެ. އަދި އޭގެ ބަދަލް ގައި ދާނިޝް އަށް މެސެޖް އެއް ކުރަން ވެގެން ލިޔަން ފެށިއެވެ. ސިއްސައިގެން ދިޔައީ ފަހަތުން އެ އައި މީހަކު އައިސް އޭނާ ގެ ގައިގައި ޖެހިގަތުމުންނެވެ. ފޯނު މާދުރަށް ވިއްސައިގެން ދިޔައެވެ.

އޭނާ ގޮސް ފޯން ނެގިއެވެ. އަދި ދުއްވައިގަތެވެ. އެމީހުން ވެސް އައިލީޝް ގެ ފަހަތުން ދުއްވައިގަތެވެ. ހަމަހޭގައި ތިބިހެނެއްހިޔެތް ނުވެއެވެ.

އައިލީޝް ފަހަތަށް ބަލަމުން ހަށިގަނޑުގައި ހުރި ވަރުލާފައި ދުވަމުން ދިޔައީ ބަނޑުގައި އޮތް ދަރިފުޅު މަތިންވެސް ހަނދާން ނެތިފައި ހުރި ފަދަ ގޮތަކަށެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނޭ އެއްފަހަރުވެސް އެ ވަގުތު އެ ސިކުނޑިއަށް ނުވިސްނުނީއެވެ.

ހިސާބަކަށް ދެވުނު ތަނާ އޭނާ މާބޮޑަށް ވަރުބަލި ވާހެން ހީވިއެވެ. އެހެންނަމަވެސް ފަހަތަށް ބަލާލުމާއެކު އެ އަންނަ މީހުން ފެނުމާއެކު އޭނާ އަށް އަނެއްކާވެސް ދުއްވައިގަނެވުނީ އަމިއްލަ ނަފްސު ސަލާމަތް ކުރުމަށެވެ.

ހުޅުމާލޭ ޓާރމިނަލް ލޮލުގައި އަޅައިގަތުމާއެކު އޭނާ އެ ދިމާލަށް މިސްރާބްޖެހީ މީހުން ގިނަ ތަންތަނުގައި އެމީހުންނަށް ކަމެއް ކުރަން ނުކެރޭނޭ ހިތާއެވެ. ޓާރމިނަލް ތެރޭގައ ފަނަރަ މިނޓް ހުރުމަށްފަހު އައިލީޝް ނުކުތް އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާ ފުން ނޭވައެއްލަމުން ކުރިއަށް ހިނގައިގަތެވެ. އެގެއާ ދިމާލަށް މިސްރާބްޖަހާ ފައި ހުއްޓާ ފަހަތުން އޭތް ސޭ ކިޔާފައި ގޮވާލި އަޑި އޭނާގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާ ދުވަމުން ގޮސް މަގު ހުރަސްކުރިއެވެ. މާނޭވާލެވެމުން ދިޔައީ އަދިވެސް ނޭވާ ހަމައަކަށް ނޭޅޭތީއެވެ. މީހާ ބިރުން ރޫރޫ އަޅަމުް ދިޔައެވެ. “ފަޅުގެއަކަށް އެ ވަނީ ރަނގަޅެއްނު” އެތަނުން އެކަކު ބުނެލި އަޑު އިވުނެވެ. އެގޭގައި ރާސިލް ނެތްނަމަ އޭނާ އެމީހުންނާ އެކީގައި އެގޭގައި ތާށިވާނެއެވެ. އެމީހުންގެ ޝިކާރައަކަށް އޭނާވެގެން ދާނެއެވެ. އެހެންނަމަވެސް ދެފަރާތުން އަންނަމުން ދިޔަ މީހުންނަށް ބަލާލާފައި އެނާ ނިންމީ ވާނެ ގޮތެއް ވާން ދޫކޮއްލާފައި އެތެރެއަށް ވަންނާށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 30

Next

ބޭނުމޭ އިޝްގާ…(ޓްރެއިލާރ)

Next
April 16, 2018

ބޭނުމޭ އިޝްގާ…(ޓްރެއިލާރ)

Previews
April 15, 2018

ނޭނގި ހިތޭ ތި އަތުލީ 30

42 Comments!

  1. lotus says:
    April 15, 2018 at 9:35 pm

    Yey! thnks himi up kolladhineema adhi nuvs kiyan.. mihaaru vx hrt thelhey varun heevanee ehen fadha kame hen.. hehe

    1. Hi Mi says:
      April 16, 2018 at 8:11 pm

      Hehe. Alhey lotus. Ur first ingey ehen v ma congrats ves kiyaalan. Hehe. Himi ge ves hiyy eba thelhey liyamun dhaairuves hehe. Much loves. ☺☺☺

  2. Hi Mi says:
    April 15, 2018 at 9:38 pm

    Salaam. Miothy 15 vana ep. So aily preg v. Do u guys remeber the scene raasil marriage real kuran ulhunu… so mihaaru ingihjje dw v goim dhen do u remem dhuvas thah faaithuvamun dhiyavarakah raasil ge faraathun ailee ah aniyaa libunukan. Hope olhun filaafikan. Dhen pls comment ur views on this part. Anf dnt forget to comment on DHEN VAANI KIHINEHBAA?.
    Thankyou guys. Jazakallah Khairan. ☺☺☺

  3. lotus says:
    April 15, 2018 at 9:54 pm

    Oh.. thats how it hpnd…. but does it mean that rasil kinda rapd ailee??? Soooooo sad… thede mi bunee baeh faharu hitha araa falhaalaafa story ethere ah vadhefaaney n say this ti rasil.” U idiot.. U actuly luvx ailee.. dnt hurt her u wil regret n cry latr”………. n pls pls pls rasil egeyga ulheyne dhw… ailee ga dhera gothe nahadha chey.. baby ah vx eyrun kihine vaane… curiously waitin… wen is the nxt part dear

    1. Hi Mi says:
      April 16, 2018 at 8:16 pm

      Yes dear. Lotus. Thats how it hpnd. And vvv happy ingey lotus kahala reader eh libunima. Hehe. Raasil adhi roane kanneyge dw. Himi akah ves neyge. Lets wait and see. Himi eba balan raasil ah visna dhevehthoa. ☺☺☺ Thanks and much loves. ☺☺☺

  4. Shaai says:
    April 15, 2018 at 10:05 pm

    Himi tnks dear. Story v taff

    1. Hi Mi says:
      April 16, 2018 at 8:18 pm

      Thanks shaai… vvv ufaavehjje. Much loves. Ingey. ☺☺☺

  5. mishy says:
    April 15, 2018 at 10:17 pm

    Alheyyy…. watt…. ailyy e vaiyy geyga rrsil ulheyne br….??? Ailii ah vrnii khnh br? Rrsil ham assu kh s aliyy dhookh lii br??? Ifshr ah assu v khnh br? Xrhidh ailii ah gothh hadhrne br?? Ailii hishmr dhek ehr rulhi annanii kiivve br??? Mrniu xeeshr ah hadhrnii khnh br?? Soo manii qstns… whn nxt prt?waitinn.. ly..♥♥♥♥

    1. Lol ? says:
      April 15, 2018 at 10:56 pm

      Haadha boring bolah undhagoo typing ekey. Rangalhah liyan ves neygeneetha?

    2. Manadhoo Beauty translated says:
      April 15, 2018 at 11:50 pm

      Alhey…. what?? Aily evan geyga raasil ulheyne baa…?? Aily ah vaany kihinehbaa? Raasil hama aslu koh ves aily dhookollybaa? Ifsha ah aslu vy kihineh baa?? Zaahidh aily ah gotheh hadhaane baa?? Aily hishma dheke ehaa rulhi annany kyvvebaa?? Maaniu zeesha ah hadhany kihineh baa?? So many questions …. ♥️♥️♥️♥️….. when next part? Waiting.. love you

    3. Hi Mi says:
      April 16, 2018 at 8:23 pm

      Thankyou dhe kudhinnn. Himi vvv ufaavehjje. Neyge bunaane ehchei ufalun. Thanks and much loves. ☺☺☺

  6. Twingirl says:
    April 15, 2018 at 10:22 pm

    Wowowo. .. vvv rythi. .. ekam raasil ailee ah ehn hadhan alhe heyo nuvaane??? dn alhe egeyga raasil ulheynama rangalhu. .. alheyy v rythi story dhaa goii himi love. .. alhe waiting waiting hama…. mi vaahaka kiyaa hithun hurevenyy eh nunn. .. love you himi??❤

    1. Hi Mi says:
      April 16, 2018 at 8:24 pm

      Alheyhhh thankyou so much twin girl. Lets see what hpns nw kiyaaleveyne. Much loves. ☺☺☺

  7. Ainthu says:
    April 15, 2018 at 10:44 pm

    V v v reethi mi part vx

    1. Hi Mi says:
      April 16, 2018 at 8:25 pm

      Thanks ainthu. V ufaavehjje. ☺☺☺

  8. Pinky shifoo says:
    April 15, 2018 at 10:45 pm

    Woww❤️❤️❤️… SUPERB ???… Mi part vx Maasha Allah v v v reethi ???… Hi Mi haadha molhey Maasha Allah ???… Hi Mi is the best ???… Pinky hadhaan eba huri thi hurihaa kameh vx ???… N haadha emotional ey ???… Car ga inn scene kiyaali iru pinky iny hama fenkalhi vefa ???… Ehaa vx asaru kuri… Feelings thah deliver kohdhinun hama OBINESS TO THE MAX ?????… Hama ekani mi story eh noon… Hi Mi ge hurihaa story ehgavx ???… V v v furihama ???… Pinky ah heevany raasil ulheyne henn e geyga… N baeh faharu hithah araa dhaanish ge dad ge atheh vx ovedhaaney ifsha rape kurumga… ???… Kihineh baa vaanee dhen??? Next part kiyaalaahithun kehmadhuvefa mihaaru vx ??????… I just love your stories Hi Mi ❤️❤️❤️???… Hi Mi akee hama best writer n v talented n a great writer ?????????❤️❤️❤️???… Dhn neynge bunaane ehcheh vx
    ???… Curiously waiting for the next part… Lots of love ❤️❤️❤️???????????????… In Sha Allah I will be always there for you to support ❤️❤️❤️?????????…

    1. Hi Mi says:
      April 16, 2018 at 8:33 pm

      Alheyhhhh pinky such a lovely comment. Vvvv ufaavehjje. Hingaa dw balamaa fhrn vaa gotheh. Hama speechless. Bunaane ehchei neygifa mihuree. Ehaa ufaavefa. Thanks and much loves. ☺☺☺

  9. My says:
    April 15, 2018 at 11:19 pm

    Jumulakoh story v. Reethi. Ekam liumuge kuh varah ginakan faahaga kurevey

    1. Hi Mi says:
      April 16, 2018 at 8:27 pm

      Thanks My. Rangalhu kohleveythoa try kohlaanan. In Sha Allah. ☺☺☺

  10. Zoya says:
    April 15, 2018 at 11:21 pm

    Yey.. Varh ufaavejje mi part up v ma.. varh reethi.. HiMi ge hurihaa vaahaka thakehvx varh reethi inge.. kn iraku next part up kohdheny?

    1. Hi Mi says:
      April 16, 2018 at 8:30 pm

      Alheyhhhhh thanks zoya. Zooo hehe. Vvvvvvvv yfaavehjje. Much much much more loves from me. ☺☺☺

  11. Sinn says:
    April 15, 2018 at 11:38 pm

    Alheyy avahah aneh part Geness dheeba..vvv salhi mi story..hurihaa baeh vex kiyamun midhanii cmnt nukollevunax..Hama habeys mi stry..vvvv wait eba kurevey..
    Vvvvvv salhi Hama
    Avahah aneh part genes dhyba Hi Mi dear..

    1. Hi Mi says:
      April 16, 2018 at 8:28 pm

      Nw kiyaaleveyne sinn. Vvv ufaavehjje thihaa laobi comment eh kohlima. Thanks and much loves. ☺☺☺

  12. sheen says:
    April 16, 2018 at 12:07 am

    Wow vvvvv salhi.. himi haa dhigukoh vaahaka up kohdhey writer eh nethey bunyas dhogakah nuvaane.. thee hama best ingey.. keep it up my dear ~♡♡♡♡♡~

    1. Hi Mi says:
      April 16, 2018 at 8:20 pm

      Alheyhhh. Thihaa thaureef haggutha?. Hehe. Vvv ufaavehjje. Neyge bunaane ehchei. Bodu koh thanks and dhen hama much loves. ☺☺☺

  13. Axy says:
    April 16, 2018 at 6:51 am

    Wow v v reethi ? Aily haadha dhera gothekey mivanee ??????
    Hi Mi Thanks ? ?????

    1. Hi Mi says:
      April 16, 2018 at 8:06 pm

      Yes dw. Axyyy… hingaa balamaa dhen vaa gotheh. Much loves from me. Ingey. Thanks bodukoh. ☺☺☺

  14. Xaaan says:
    April 16, 2018 at 8:39 am

    Masha Allah mi baives v reethi

    1. Hi Mi says:
      April 16, 2018 at 8:09 pm

      Thanks xaaaan. V ufaavehjje. Thanks again bodukoh. ☺☺☺

  15. Blue beauty says:
    April 16, 2018 at 9:35 am

    varah salhi mi part ves…dhen konirakun next part hi mi dhooni….?????❤❤????

    1. Hi Mi says:
      April 16, 2018 at 8:05 pm

      Mihaaru kiyaaleveyne. Thanks dear. Much loves from me. Bodu thankyou eh ingey. ☺☺☺

    2. Hi Mi says:
      April 16, 2018 at 8:06 pm

      Bodu*. Loves*.

  16. Rifu says:
    April 16, 2018 at 12:56 pm

    Alhey…dhn vrny kihineyy baaaa..??

    1. Hi Mi says:
      April 16, 2018 at 8:05 pm

      Alheyyy hingaa balamaa dw dear. Thankyou so much. ☺☺☺

  17. Afy says:
    April 16, 2018 at 1:53 pm

    Vv salhi mi part vs.?❤️when next part?vv kiyalahithun.alhe avahah up kollahchey hi mi ?

    1. Hi Mi says:
      April 16, 2018 at 8:03 pm

      Mihaar kiyaaleveyne dear. Vvv ufaavehjje. Thidhey support ah hama bodu thankyou eh. Much loves. ☺☺☺

  18. Any says:
    April 16, 2018 at 1:59 pm

    V v v reethi mibaives hadhamolhey vahaka liyan masha Allh himi

    1. Hi Mi says:
      April 16, 2018 at 8:01 pm

      Jazakillah dear. Vvv ufaavehjje. Thankyou . Thidhey suport ah hama fah fashun shukuriyya. Himi ah bunaane ithuru ehchei neygufa mi huree. ☺☺☺

  19. beauty suck says:
    April 16, 2018 at 4:52 pm

    Aniya kuriey bunyakas emeehun hedheekan adhi mi engunee hedhumakeeves nuruhumuga kuranyaa aniyaaeh

    1. Hi Mi says:
      April 16, 2018 at 8:00 pm

      Alhey dear. Himi ebai ehaa bodah hama gadtjuga nugenai. Thanke dear. Much loves from me. ☺☺☺

  20. love says:
    April 16, 2018 at 6:19 pm

    hiiii…….varah nice mi part vess…watin for next….n plx check ur mail…:] :]

    1. Hi Mi says:
      April 16, 2018 at 7:58 pm

      Check kohlaifin dear. Reply ves kohlaifin. Thankyou dear. ☺☺☺

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (16)←


All Right Reserved!