Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޔާއިން 5

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 16, 2018 3 Mins Read
3 Comments

މިޝްކާ ގެ ނަޒަރުން

*******************

އަހަރެންގެ ހިތް އަދިވެސް ހަމަޔަކަށް ނޭޅެއެވެ. ޔާއިން ގެ އަތުތެރޭގައި އޮވެވުނީ ކަން އެނގުނު ވަގުތު ބިން ފަޅާފައި އަޑިއަށްދާނަމޭ ހިތަށް އެރިއެވެ. ނަސް ދައްތަ ގާތަށް ދިޔައީ ޔާއިން އަންނާނެކަމަށް ނޫނެވެ. ނައިރާގެ ފަރާތުން އަހަންނަށް އެނގިފައި އޮތީ ޔާއިން މަޝްހޫރު ގޭންގަކާއިގުޅިގެންއުޅޭކަމަވެ. ނައިރާމެން ގޭގައި އުޅުނެއްކަމަކު އޭނަ އުޅޭނީ ބިރަށްޓިއްސެންހެނެވެ. ޚުދު އަހަރެންގެ ދެލޮލުންވެސް އެކަންތައްތައް ދުށީމެެވެ. ކުޑައޖރުންސުރެ އަހަރެންނާއި ޔާއިން އަކީ އަރާރުންވުމުގެ އެއްވަނާގައި އުޅޭ ދެމީހުންނެވެ. އެހެން އުޅެމުން އަހަރެންގެ ބަސްނާހާ ހިތް ޔާއިން އަށް ދެވުނީ ޔާއިން ނުބައިމަގަށް އެޅުނު ދުވަސްކޮޅުގައެވެ.ޔާއިން ގޯސްކޮށް އުޅޭކަން އެނގުމުން އަހަރެން ދެރަވިއެވެ. ޔާއިން ސިނގިރޭޓް ބޮނިކޮށް ފެނުނު ދުވަހު އަހަރެން ގެ ހިތް ކުދިކުދިވިއެވެ. އެރޭ އަހަރެން ހޭދަކުރީ ރުއިމުގައެވެ. ބޯ ދިގު ކޮށް އެެރީފި ސިފަގެއްލުމުން ވެސް ޔާއިން ނޫން މީހަކަށް އަހަރެންގެ ހިތުން ޖާގައެއް ނުދެވުނެވެ. ޔާއިންގެ ދުނިޔޭން އަހަންނަށް ނުކުމެވުނި ފަހަތުން މީހިކު ގޮވާލިއަޑަށެވެ. “މިޝްކާ ކިހިނެއްވެފަ ތިހުރީ މިހާރު ކިހާއިރެއްމިތާ އިނދެ ގޮވާތާ!” ޔާއިންގެ ދުނިޔެއަށް ގެއްލިފައި ހުރެވުނުލެއް ބޮޑުކަމުން ދޮންބެ ގޮވި އަޑު ވެސް ނީވުނެވެ. އަހަރެން ވަކި ޖަވާބެއްނުދީ ދޮންބެ ފަހަތުން ހިނގައިގަތީމެވެ.”ނަސްރާދައްތަ ރަނގަޅުތަ މިހާރު؟” ސައިކަލަށް އަރާ ދުއްވާލަމުން ދޮންބެ އެހިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިީމެވެ. އަނގައިން ބުނެވޭ ވަރަށްވުރެ އަހަރެންގެ ހާލަތު ގޯހެވެ.

ގެއަށް ދިޔަގޮތަށް އަހަރެން ވަނީ ކޮޓަރިއަށެވެ. ހެދުންބަދަލުވެސް ނުކޮށް އެނދަށްވެއްޓިގަތީމެވެ.ދެލޯމަރާބާރު ކޮށްލީމެވެ. އަހަންނަށް ދެލޯހުޅުވަން މަޖުބޫރުވީ މަންމަ ގޮވާ އަޑުއިވުމުންނެވެ. ކަންނެއްގޮތަކަށް ގޮސްކޮޓަރީދޮރު ހުޅުވީމެވެ. “ދަރިފުޅާ ނަސްރާ ރަނގަޅުތަ؟ނައިރާ ކިހިނެއްވަނީ؟ހަމައަކަށް އެޅިފަތަ ހުރީ؟” މަންމަ ފަށްޗަކަށް ސުވާލުތައް އަމުނާލިއެވެ.” ޔެސް މޮމް ދައްތަ ވެސް ނައިވެސް އޯކޭ!” މަންމަ ގާތު ޔާއިން ހުރިވާހަކަވެސް ބުނަށް އުޅުނީމެވެ. ނަމަވެސް ޔާއިންގެ ނަން ދުލުން ބޭރެއް ނުވިއެވެ.މަންމަ ކޮޓަރިންނިކުތުމުން އަހަރެން ހެދުން ބަދަލުކޮށްގެން އަނެއްކާވެސް އޮށޯތީމެވެ.އެނދުގައި ޖައސާލިތަނުން ފޯނު ރިންގުވާން ފެށިއެވެ.”ކޮބާ އޭރުވެސް މަށަށް އެނގުނޭ މިޝްކާ އަށް ނުނިދޭނެކަން މިރޭ!” ފޯނު ނެގުމާއިއެކު ނައިރާ ދިމާކުރަންފެށްޓިއެވެ. “ނައްޓު އަށް ކިހިނެއް އިނގެނީ މަ ނުނިދާ ކަމެއް؟” “މިއްޓު ނިދާފައޮންނައިރު މިީހަކު އައިސް މިއްޓު ކާލިއަސް މިއްޓުއަކަށް ނޭންގޭނެ! ދެން އަދި ފޯނު ރިންގުވާ އަަޑަށް ހޭލެވޭތަ؟ އޭ ސޮރީ އިނގޭ އައި ފޮގޮޓް ޓުޓެލް ޔޫ ދޮންބެގެ ވާހަކަ މިއްޓުގެ ޕްރިންސް އަތުވެއްޖެ އައި މީން ދޮންބެ އަށް ވިސްނިއްޖެ.މިހާރު އެއީ ހަމަ ކުރީގެ ޔާއިން!” ނައިރާ ބުނި ވާހަކައިން އަހަރެން އުފަލުން ގޮސް ފޮޅުނެވެ. ޔާއިން އިސްލާހުވީކަން ޔަގީން ވުމުން ހިތާ ހިތުން ޝުކުރު ކުރުވުނެވެ.” އަދި ކިރިޔާތަ ބުނަން އިނގުނީ. އައި ތޯޓް އައި ވޯޒް ޑޭ ޑްރީމިން އެހެންވެ ފާޑަކަށް ޔާން އާއި ދިމާއަށް ބެލުނީ އަދި އެހެންހުއްޓަ ސޮރީއޭ ބުނީމަ އިތުރަށް ޝައްކުވީ އެކަމް ބީރުހޭ އެހިިީމަ އެނގިއްޖެ އަސްލަށްވެސް ޔާއިންހުރި ކަން! މިހާރު ކުރިއަށް ވުރެވެސް ޔާން ރީތި!” “މަންމަ ހޮސްޕިޓަލުން ދޫކޮށްލާފި އެހެންވެ ގެއަށް އައިސް ވެސް މަންމަ ގާތު މަށާ ދޮންބެ އާއި ތިބެފަ މިއައީ. ކޮޓަރިއަށް ވަންގޮތަށް ހިތަށް އެރީ މިއްޓު އަށް ގުޅާލާނިއޭ މިރޭ އިރު އަރާއިރުވެސް ނުނިދާނެކަށް އެނގޭވިއްޔާ!” ނައިރާ ދެންވެސް އަހަންނާ ދިމާ ކުރިއެވެ. އެރޭ ތިނެއް ޖަހަދެން ފޯނުގައި ތިބީމެވެ.އޭރު އަހަރެންގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.

**********************

ޔާއިން ގެ ނަޒަރުން

މަންމަ ހޮސްޕިޓަލުން ދޫކޮށްލުމުން އަހަރުމެންނަށް ގެއަށް އާދެވުނު އިރު ދަންވަރުއެކެއް ޖަހަނީއެވެ. މަންމަ ގާތު އިނުމަށް ފަހު ދޭއް ޖަހާކަންހާއިރު އަހަރެންވެސް ނިދާލަންކަމަށް ކޮޓަރިއަށް ދިޔައީމެވެ. އޮށޯވެގެން އޮތްތާ ބައިގަޑިއިރު ވީއިރު ވެސް ލޮލަށް ނިންޖެއްނައެވެ. ނިދީގެ ބަދަލުގައި ލޮލަށް ފެންނަނީ މިޝްކާއެވެ. އޭނާ ރުޅިއަމުން މޫނަށް ޖައްސާލޯބި ވައްތަރެވެ. އަޑުއަހާލާހިތްވަނީ މިޝްކާގެ ރީތި އަޑުން އަހަންނާ ދިމާއަށް ގްރަމްޕީމޭން އޭ ބުނެލާއަޑެވެ.

އަހަންނަށް ހޭލެވުނީ ދޮރުގައި މީހަކު ތަޅާ އަޑަށެވެ. މޯޅިއަކަށް ދެމިލަމުން ގަޑިއަށް ބަލާލީމެވެ. ކަމަކުދާކަށްނެތެވެ.ހައެއް ޖަހަން އިނީ ފަސްމިނެޓެވެ.މިޝްކާގެ ޚިޔާލުތަކުގައި އޮށްވާނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.އަވަހަށް ތެދުވެ ގޮސް ދޮރު ހުޅުވީމެވެ.”ދޮންބެ ހޭލީދޯ ނަމާދަށް ގޮވަން މިއައީ ނައި އަށް ވެސް ތަންކޮޅެއް ލަހުން ހޭލެވުނީ” އެހެން ބުނުމަށްފަހު ނައިރާ ދިޔައެވެ. ކޮއްކޮއާއި މެދު އަހަރެން ފަޚުރުވެރިވީމެވެ.ނައިރާ ކަހަލަ ކުދިން މިޒަމާނުގައި މަދުވާނެއެވެ. އަހަރެން އަވަސްކޮށްލައިގެން ފަތިސްނަމާދު ކުރީމެވެ. ޖަމާޢަތަށް ނުދެވުމުން ދެރަވިއެވެ.ނަމާދުކޮށް ނިންމާލައިގެން ފޯނު ބަލާލިއިރު ފަސް ފަހަރު ރީހާމް ގުޅާފައި އޮތެވެ.އަހަރެން ވަގުތން ރިހާމަށް ގުޅީމެވެ. “އޭ ޔާން ހިނގާމޫދަށް އެރެންދާން ލައްކަ ދުވަސްވެއްޖެ ދެ މީހުން އެއްކޮށް މޫދަށް ނުދާތާ ލެޓްސް ގޯ” “ހިނގާ އަވަހަށް މަ ރެޑީވެގެން މިފައިބަނީ ރިމްވެސް ފައިބާ އިނގޭ!” އަހަރެން އަވަސް ވެ ގަތީ މޫދަށް ދާން ތައްޔާރުވާށެވެ. އާސެނަލް ޖާރޒީ އެއްލައިގެން ތިރިއަށް ފޭބީމެވެ. އޭރު ރިހާމް ވެސް ތައްޔާރު ވެގެން ފައިބާ ހުއްޓެވެ. އަހަރެމެން ދެ މީހުން ގޭން ނުކުންނަން ދޮރުހުޅުވާލިއިރު ޕޮލިސް ދެ އޮފިސަރުން ގެއަށް ވައްނަނީއެވެ. އަހަރުމެން ފެނުމުން އެ ދެ މީހުން މަޑުކޮށްލިއެވެ. އެދެ ފުލުހުންނަށް ހިނިތުންވުމަށްފަހު އަހަރުމެން ހިނގައިގަތީމެވެ. ނަމަވެސް ހުއޓެން މަޖުބޫރުވީ އެތަނުން އެއް ފުލުހަކު ސުވާލެއް ކުރުމުންނެވެ. “މުހައްމަދު ޔާއިން ޔުނާން އުޅެނީ ކޮން ފަންގިފިލާއެއްގައި؟”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

aakko
Previous

އެ ރޭގަނޑު ކިޔުންތެރިންނަށް

Next

ކެތްކުރާނަން އުއްމީދުގައި 7

Next
April 16, 2018

ކެތްކުރާނަން އުއްމީދުގައި 7

Previews
April 16, 2018

އެ ރޭގަނޑު ކިޔުންތެރިންނަށް

aakko

3 Comments!

  1. S says:
    April 16, 2018 at 6:07 am

    Hatha kurey mebaa then in bai theguko the che pls pls ekam varah reeth

  2. Anonymous says:
    April 16, 2018 at 12:39 pm

    Slm all aslu kiyara varah try kuran dhigukureveytho ekam vx hama ghigukoh nugenesdheveny vvvv bodah sorry

  3. Crazy says:
    April 17, 2018 at 9:10 am

    Nice storyy.. Dhen kihinehbaa vaany dw

Comments are closed.

Next Episodeޔާއިން 6←


All Right Reserved!