Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 28

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 18, 2018 4 Mins Read
9 Comments

އަންޖަލް ބުނެގެން ފެން ފޮދެއް ބަލައި ބަދިގެއަަށް ވަން މާނީއަށް އާރާޝް ބުނި ވާހަކަ އަޑު އިވުނެވެ. އެއާއެކު އޭނާގެ ހިތުގައި ޖެހުނެވެ. އާރާޝް ކުރިން ވެސް އެހެން ބުނެއެވެ. ގިނަ ފަހަރަށް ބުނާނީވެސް އޭނައާ ދިމާއަށެވެ. އެހެނަސް މިއަދު ވީ ފަދަގޮތެއް ނުވެއެވެ.

ބަދިގޭ ދޮރުމަތީ ހުރި މާނީ ފެނުމުން އާރާޝްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މާނީއަށް އެ ވާހަކަ އަޑު އިވުމުން އާރާޝް ދެރަވާގޮތްވިއެވެ.

“މާނީ އާރާޝް ބުނީ މާނީއަކާ ނީންނާނަމޯ!” އަހުސަމް އާރާޝް އިތުރަށް ރަކިކޮށްލަން އެހެން ބުންޏެވެ. “ސޯ؟ ދެން ދުނިޔޭން މީހުން ހުސްވީތަ؟މާނީވެސް ނޫޅެމޭ ވެމްޕަޔަރަކާއި އިންނާކަށް” ހުރިހާ ބޮޑެތި މީހުން ތިއްބައި މާނީ އެހެން ބުނުމުން އާރާޝް ހައިރާންވިއެވެ. އޭނާ އިތުރަށް އެއްޗެކޭ ނުބުނީ މަންމަ އާއި ބައްޕަ އެތާ ތިބީމައެވެ. މާނީވެސް ފެންތަށްޓެއް ހިފައިގެން އަވަހަށް އެ ތަނުން ދިޔައެވެ.

“އަހޫ އެ ދެމީހުންނެއް ނުދެވޭނެ އިންނަތާ ސިކުންތެއްގެ ތެރޭގަ ތިބޭނީ ވަރި ފަށުގަ” އެންމެން އާރާޝާ ދިމާ ކުރާތީ އޭނާ ހުރީ ރަކިވެފައެވެ. އަފްރާމެން ތިއްބައި އެހެން ދިމާކުރާތީ އޭނާ އިތުރަށް ރަކިވިއެވެ. އެހެންވެ އަވަހަށް ކައި ނިންމައިގެން ބޭރަށް ނުކުތެވެ.

“އެ ދިޔައީ ރަކިވެގެން ދޯ” އާރާޝް ދިއުމާއެކު އައްމާރު ބުންޏެވެ.

ހުރިހާ ފިރިހެން ވެރިން ކައިގެން ސިޓިންރޫމަށް ދިއުމުން އަންހެން ވެރިން ކާންއެރިއެވެ. ފިރިހެން ވެރިންނާއި ޚިލާފަށް އެ މީހުން ކޭއިރު މާގިނަ ވާހަކައެއް ނުދައްކައެވެ. އެހެންވެ ދިހަ ވަރަކަށް މިނެޓުތެރޭ އެންމެން ކައި ނިމުނެވެ.

ތަށިތައް ނަގައި ހެދުމަށް ފަހު އަންހެން ވެރިންވެސް ސިޓިން ރޫމަށް ނުކުތެވެ. އޭރު އައްޒާމާއި ދާނިޝް ތިބީ ފީފާ މެޗެއް ކުޅޭށެވެ. ދެން ތިބި މީހުން ތިބީ އެމީހުންނަށް ސަޕޯޓުކުރާށެވެ. ކުޅެވެމުން ދިޔައީ ޔުވެންޓަސްއާއި ބަޔާން މިޔުނިކްގެ ފޯރިގަދަ މެޗެކެވެ. ދާނިޝްގެ ޓީމަކީ ޔުވެންޓަހެވެ. އައްޒާމްގެ ޓީމަކީ މިޔުނިކެވެ. އިރު އިރު ކޮޅުން ހަޅޭއްލަވައި ގަންނައިރު ހީވަނީ އަސްލު މެޗެއް ކުޅޭހެނެވެ. ގޯލް ނުޖެހުމުން ކަރު އެލުވާލާއިރު ވެސް ހަމަ އެފަދައެވެ. އަންހެން ވެރިން އައުމުން މެޗު ހުއްޓާލިއެވެ.

“ހިނގަ ދާން މިހާރު ތިނެއް ޖަހަނީ. އަފޫ މަޑުކުރަނީތަ މިގޭގަ؟” އަފްރީން ބޭނުންވީ ކުދިން ގެއަަށް ފޮނުވާލުމަށްފަހު އަފްރާއާއި ވަކިން ވާހަކަ ދައްކާށެވެ. އަރްޝާދް ބުނި ވާހަކައަކީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއްތޯ ބަލާށެވެ. “ނޫން މިއަދު ދެން ގެއަށް ދާނީ. ޒާމް ހިނގާދާން” އަފްރާ އައްޒާމްގެ އަތުގައި ހިފައި ސޯފާއިން ނަގަމުން ބުންޏެވެ. “އަރްޝާދް ދާންވީނު އިޝްކޮ ގޮވައިގެން ގެއަށް މައެބަޖެހޭ ތާކަށް ދާން އާފޫއަށް އުނދަގޫ ނޫނިއްޔާ އާދެވިދާނެތަ؟” އައްޒާމަށް ބަލާލުމަށްފަހު އަފްރާ އާއެކޭ ބުންޏެވެ. ” އައްޒާމް ބައްޕަ ގޮވައިގެން ދޮންކަލޯމެން ގެއަަށް ޖައްސާލަ ދީބަ!” އައްޒާމް ވަގުތުން ސުހެއިދު ގޮވައިގެން ދިޔައެވެ. “އިސްރާ ކިހިނެއް ހަދަނީ؟” މާނީ އިސްރާ ގާތު އެހިއެވެ. “އިސްރާ އަދި އިރުކޮޅަކު މަޑުކޮށްލަންވީނު. ބައްޕަ ގާތު ބުނޭ މިގެއަށް ބަލާ އަންނާށޭ!” ޖަވާބު އައީ އާލާގެ ފަރާތުންނެވެ.

އިސްރާ ފިޔަވާ އެންމެން ގެއަށް ދާން ނުކުތެވެ. އެންމެން އެންމެނާއި ސަލާން ގަލާން ކުރުމަށް ފަހު އެމީހެއްގެ މަންޒިލަށް ދާން ދަތުރު ފެށިއެވެ.

އަރްޝާދްމެން ލޮލުކޮޅަށް ގެއްލުމުން އަފްރީން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަފްރާ ގޮވައިގެން ރަސްފަންނާ ދިމާއަށް މިސްރާބް ޖެހިއެވެ. އަފްރާ ވެސް ސުވާލެއް ނުކޮށް އަފްރީން އާއި އެއްކޮށް ދިޔައެވެ.

ގެއަށް ވަނުމަށްފަހު އަރްޝާދް އެދުނީ އިޝްމާ އާއި އާރާޝް އޭނައާއެކު އައުމަށެވެ. އަޝްވާ ބޭނުންވީ މާނީއާ އެއްކޮށް އެބަޔަށް ދާން ކަމުން އަޝްވާ މާނީއާ އެއްކޮށް އޭނާ ފޮނުވީއެވެ.

ރައުފާ ކޮޓަރިއަށް ވަނުމުން ދާނިޝް ނަވްޔާއަށް ގޮވާލިއެވެ. އަދި އަކްމާލާއި ދެކުދިން އޭނައާއި އެކު ސިޓިންރޫމްގައި މަޑު ކުރަން އެދުނެވެ.

އައްމާރުއާއި އާލާގެ އެތައް ސުވާލުތަކެއް އިސްރާއާއި ކުރިމަތިވިއެވެ. ކޮންމެ ސުވާލަކަށްވެސް ފަރުވާތެރިކަމާއެކު އިސްރާ ޖަވާބު ދެމުން ދިޔައެވެ.

އަރްޝާދް ގާތުން ހުއްދަ ހޯދުމަށްފަހު އަޝްވާ ގޮވައިގެން ގޭކައިރީ ހިނގާލަށް މާނީ ނުކުތެވެ. ފުދޭވަރަކަށް އަވި ގަދައެވެ. އަޝްވާ ހުއްޓާނުލައި އަނގަތަޅަމުން ދިޔައެވެ. މާނީވެސް އަޝްވާ ދައްކަމުން ދިޔަ ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ. އޭރު މީހެއްގެ ކެހިވެރި ދެލޯ އޭނާއަށް ހުއްޓިފައި ހުރި ކަމެއް މާނީއަކަށް ނޭންގެއެވެ.

އަފްރާ އާއި އަފްރީން ގޮސް އިށީނީ ރަސްފަންނުގައި އިން ހަޓެއް ދަށުގައެވެ. އަފްރީން އޭނަ ގޮވައިގެން އެތަނަށް އައުމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އަފްރާއަށް އެނގުނެވެ. “އަފޫ އަދިވެސް އަރްޝާދް ދެކެ ލޯބިވޭތަ؟” އަފްރީން ކުރި ސުވާލުން އަފްރާ ހައިރާންވިއެވެ. އޭނާގެ ހިތް ހީވީ މޭ ފަޅައިފައި ނުކުމެ ދާނެހެންހެންވެ. “އަދިވެސް ލޯބިވޭ ދޯ!” އަފްރާ އެއްޗެކޭ ނުބުނުމުން އަފްރީން އަނެއްކާވެސް ބުނެލިއެވެ. “ދައްތައަށް ކިޔާދީފާނަންތަ އަސްލު ކިހިނެއްކަން ވީ؟” އަފްރީންގެ އެ ސުވާލުން އަފްރާގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އެތަށް އަހަރެއް ކުރީގެ އެ ހާދިސާ ލޮލަށް ސިފަވާން ފެށުމާއެކު ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. “މިއަދު އެ ވާހަކަ ދައްކާގެން ވާނެ ފައިދާއަކީ ކޮބާ އަހަރެން ބޭނުމެއްނޫން ދައްތައާއި އަރްޝާދްގެ ދިރިއުޅުން ހަލާކު ކުރާކަށެއް. އިޓްސް ބެޓާ އިފް ވީ ލެޓް އިޓް ގޯ!” “އިޓްސް ނޮޓް. އާރާޝަށް ޓަކައި ވެސް ވީ ގޮތް ކިޔާދީބަ؟” އަފްރީން އޭނާއަށް ހަގީގަތްް ކިޔާދިނުމަށް އަނެއްކާވެސް އެދުނެވެ.

“ނަވްޔާ ކޮންއިރަކުން މަންމަ ގާތު އެ ވާހަކަ ބުނާނީ؟ އަކްމަލްވެސް؟ ބައްޕައަށް ފެންނަނީ މިއަދު ބުނަން” ދާނިޝް އެ ބުނީ ކީކެކަން އެނގުމުން އަކްމަލް ބޯ ކަހާލިއެވެ. ބައްޕަ އެ ބުނީ ދޮގެއްވެސް ނޫނެވެ. މަންމަ ގާތު އިޝްމާ ވާހަކަ ބުނަން ޖެހޭނެއެވެ. ނަވްޔާއަށް ދާނިޝް ދެއްކީ ކޮން ވާހަކައެއް ކަމެއް ނޭންގެއެވެ. އެހެންވެ ދާނިޝް ކުރެން ކޮންވާހަކައެއްތޯ އެއްސެވެ. “މާއިޒްގެ ވާހަކަ. ބައްޕަައަށް އެނގެޔޭ ދަރިފުޅު އުޅެނީ މާއިޒުއާ ރަށްޓެހިވެގެން ކަން އަދި މިހުރެ އަކްމަލްވެސް އުޅެނީ އެގޭ އިޝްމާއާ ރަށްޓެހިވެގެންކަން” ދާނިޝް ހިނިއައިސް އިނދެ އެހެން ބުނެލިއެވެ. އެއާއެކު ނަވްޔާ ދެލޯ ބޮޑުކޮށްގެން އަކްމަލާއި ދިމާއަށް ބަލާލިއެވެ. އަކްމަލް ވައި އަޑުން މާއިޒްއޭ ބުނީ ބުންޏެވެ.

“ކޮން އިރަކުން މަންމަ ގާތު ބުނާނީ؟” އަރްޝާދް އިޝްމާ ގާތު މެންދުރު ކެއުމުގެ ތެރެއިން ދެކެވުނު ވާހަކަ ކިޔާދިނެވެ. އިޝްމާ އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އަކްމަލަށް އޭނާގެ ބައްޕަ ވާތު އެވާހަކަ ބުނަން ކެރުނީމައެވެ. އިޝްމާ މިއަދު މަންމަ ގާތު އެ ވާހަކަ ބުނާނެ ކަމަށް ބުންޏެވެ. “ދަރިފުޅާ މީހަކަ ރަށްޓެހިވެގެން އުޅޭއިރު ވަރަށް ވިސްނާތި. ބައްޕައަށް އެނގޭ އަކްމަލަކީ ގޯސް ކުއްޖެއް ނޫންކަން އެކަމުވެސް ވިސްނާގެން އުޅޭތި. މީހެއްގެ ގޮތެއް ނޭންގޭނެ. މާ ބޮޑަށް އިތުބާރު ނުކުރާތި” އަރްޝާދް އިޝްމާއަށް ނަސޭހަތްލައިދިނެވެ. އޭނާ ގާތު އާރާޝްވެސް އެ ނަސޭހަތްތައް އަޑު އަހަން ހުއްޓެވެ. “އިޝްކޮ އެކަންނަކަށް ނޫން އިނގޭ މި ނަސޭހަތް މި ލައިދެނީ އާރާޝްއަށްވެސް.” އަރްޝާދް ފުދޭވަރަކަށް އިރު ވަންދެން އެ ދެކުދިންނާއި ވާހަކަ ދައްކަން ތިއްބެވެ. އަދި މިރޭގެ ވަގުތެއްގައި އަފްރީން ގާތު އަކްމަލްގެ ވާހަކަ ބުނަން އިޝްމާ ގާތު ބުންޏެވެ.

އަޝްވާ ގޮވައިގެން ގެއަަށް ވަންނަން އުޅުނު މާނީ ހުއްޓުން އެރީ އޭނާގެ އަތުގައި މީހަކު ހިފުމުންނެވެ. ލަސް ލަހުން ފަހަތަށް އެނބުރި ބަލާލީ އޭނާގެ އަތުގައި ހިފައިގެން އިނީ ކާކުތޯއެވެ.

ފާއިފުވީ މަދު ވަގުތު ކޮޅު ތެރޭ އިސްރާއާއި އާލާގެ ގުޅުން ބާދަހިވެގެން ދިޔަައެވެ. އިސްރާ އާލާއަަށް އޭނާގެ ދިރިއުޅުމުގެ އެތަށް ވާހަކައެއް ހިއްސާ ކުރިއެވެ .އިވާންގެ ވާހަކައިން ފެށިގެން އަހުސަމާއި އޭނަ ރަށްޓެހިވީ ކިހިނެކަން ވެސް ކިޔާދިނެވެ .އާލާވެސް އޭނައާއި އައްމާރުގެ ވާހަކަތައް އިސްރާއަށް ކިޔާދިނެވެ. ނައުޝާދް ބަލާ އައުމުން އިސްރާ ގެއަށް ދިޔައެވެ. އޭނާ ހުރީ ވަރަށް އުފަލުންކަން އިސްރާގެ މޫނު ފެންނަ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ރައުފާ ސިޓިން ރޫމަށް ނުކުތުމުން ދާނިޝް ނަވްޔާއަށް ބަލާލިއެވެ. ނަވްޔާ އަކްމަލަށް ބަލާލުމުން އަކްމަލް ބޯ ޖަހާލުމަށްފަހު ރައުފާއަށް ގޮވާލިއެވެ.

ގޭކައިރީ ސައިކަލު ޕާކު ކުރުމަށްފަހު ގެއަށް ވަންނަން ހިނގައިގަތް އައްޒާމްގެ ދެފައި ހީވީ ތެރަސްލައި ބިމުގައި ތަތްކިރިހެންނެވެ. ގޭގެ ދޮރުމަތީގައި މާނިގެ އަތުގައި އޭނީ ރަޒީން ނޫން ދެވަނަ މީހެއް ނޫނެވެ. މާނީ އިން ގޮތުން އެކުއްޖާ ހުރީ ވަރަށް ބިރުންކަން އެނގެއެވެ. އަޝްވާވެސް ހުރީ ރޮވެން ކައިރިވެފައެވެ. އައްޒާމް ބާރު ހިނގުމެއްގައި ގޮސް ރަޒީންގެ އަތް ނައްޓުވާލިއެވެ. އަދި ރަޒިނަށް ބެލުމެއް ނެތި މާނީއާ އަޝްވާ ގޮވައިގެން ގޭތެރެއަށް ވަނެވެ.

އިޝްމާ ވިސްނަމުން ދިޔައީ އަފްރީން ގާތު އެވާހަކަ ބުނާނެ ގޮތަކާއި މެދުގައެވެ. އާރާޝް މޮޅު ޚިޔާލެއް އިޝްމާއަށް ދިނެވެ.

އަކްމަލާއި ނަވްޔާ ރައުފާއަށް މާއިޒާއި އިޝްމާގެ ވާހަކަ ކިޔާދިނެވެ. ރައުފާ ދާނިޝަށް ބަލާލީ އޭނާއަށް ހުރިހާ ކަމެއް އެނގޭހެއްޔޭ އަހާފަދަ ގޮތަކަށެވެ. ދާނިޝް މަޑު މަޑުން ބޯ ޖަހާލިއެވެ. ރައުފާ އެނާގެ ދެ ދަރިންގެ ހޮވުމަށް މަރުހަބާ ކިޔެވެ.

މާޒީގެވާހަކަ ކިޔައިދެމުން ދިޔައިރު އަފްރާއަށް ގިސްލެވެމުން ދިޔައެވެ. ރަސްފަންނުގައި މީހުން މަދުކަން އެއީ ނަސީބެކެވެ. އަފްރާ އެކޭ އެއްވަރަށް އަފްރީނަށްވެސް ރޮވެމުން ދިޔައެވެ.

މާޒީ….

އަރްޝާދް ދިޔުމާއެކު އަފްރާއަަށް އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. އަފްރާ އޯނެ ވަރަކަށް ރޯން އައްޒާމް ބޭންދިއެވެ. ވިއްސަކަަށް މިނެޓު ފަހުން އަފްރާ ރުއިން ހުއްޓާލުމުން އައްޒާމް އަފްރާ ގޮވައިގެން އަފްރާގެ ގެއަށް ދިޔައެވެ. ނަސީބަކުން ފަރީހާ އެ ވަގުތު ގެއަކު ނޫޅެއެވެ. އައްޒާމް އެތަށް ވާހަކައެއް ދެއްކުމުން ވެސް އަފްރާ އަނގަޔަކުން ނުބުންނެވެ. ގާވެފައި އިން ގޮތަށް އިނީއެވެ. އެހެން އިނދެފައި ކުއްލިއަކަށް އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވިންދު ލޯބިން 1

Next

ލޯބި ވީމޭ ސިއްރު ސިއްރުން (18

Next
August 18, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (18

Previews
August 18, 2018

ވިންދު ލޯބިން 1

9 Comments!

  1. Alexia says:
    August 18, 2018 at 12:33 pm

    Hey your story is very nice. But plx up kohdheeba fast koh. Kiyaa ge story kiyaahithun hureveneekee noon. Love you kiyaa. Bodu koh❤❤❤❤??

  2. Navya says:
    August 18, 2018 at 12:55 pm

    Nice..ekam ehaa dhuvas kohfa up kuri iru i thought v dhigukoh kamah up kuraany..????anywaysv rythi ekam next part avahah up kohdhehchey kiyaa dear????????v rythi stry eh mee.next part ga aarash and maany ge baii ginain himanahchey…ly..

  3. Ukhthu fathima says:
    August 18, 2018 at 1:00 pm

    Ma Sha Allah…. Grt stry

  4. Sasha says:
    August 18, 2018 at 1:22 pm

    When is the next part? Cant wait 🙂

  5. Anonymous says:
    August 18, 2018 at 7:03 pm

    Kiyaaa. ….?this prt is awwwsm. ……..?N thankolheh avahah up kohladheefiyya salhi vaane …☺keep it up sweetie kiyaa….we were with u …….U r a bright ?……. n once again this is awwwsm n superb….??❤?luv yuh ……❤?❤

  6. Kiyaa ge fans❤ says:
    August 18, 2018 at 7:03 pm

    Kiyaaa. ….?this prt is awwwsm. ……..?N thankolheh avahah up kohladheefiyya salhi vaane …☺keep it up sweetie kiyaa….we were with u …….U r a bright ?……. n once again this is awwwsm n superb….??❤?luv yuh ……❤?❤

  7. Kiyaa ge fans❤ says:
    August 18, 2018 at 7:06 pm

    Stry ga ulhey navya tha miulhenii???

    1. Navya says:
      August 19, 2018 at 4:40 pm

      Yahhh i am stry ga ulhey navya…

  8. Aesh says:
    August 19, 2018 at 11:01 am

    Maa sha Allah.. Vrh Vrh Vrh furihama.. ❤️❤️❤️❤️❤️?????????????? keep it up the good work dear.. Bura koh ulhemun ves vaahaka up kolladheythy Vrh Vrh ufaavey.. Jazakillah khairan dear.. ??❤️❤️❤️?????

Comments are closed.

Next Episodeރާސްތާ 29←


All Right Reserved!