އިރު އެރުމުގެ ކުލަވަރު އުނޑުމަތިން ފެންނަމުން ދިޔައިރު އެ މަންޒަރުގެ ފުރިހަމަކަން އިތުރު ކޮށްދިނީ އުސް އިމާރާތްތަކެވެ. އެފަދަ އިމާރާތްތެއްގެ އެކާވީސް ވަނަ ބުރީގެ ބެލްކަނީގައި ހުރި ޔަމާންގެ ނަޒަރު އެ ގުދުރަތީކަމުގެ ދެވަނައެއް ނުވާ ރީތި މަންޒަރުން ވަކިނުވެއެވެ. މިއަދަކީ ހޮނިހިރު ދުވަސްކަމުން ހޭލާ އުޅޭ މީހުން މަދުކަން އަންގައިދެނީ އިމާރާތްތަކުން އަލިކަމެއް ނުފެންނާތީއެވެ. ދަނބު ކުލައަކާއި އޮރެންގު ކުލަ އެކުވެރިކަމުގެ ގޮށްޖަހާލަމުން އުޑުމައްޗަށް ފާޅުވެލިއެވެ. ހަނދު ފަރުދާވެލިއެވެ. އެ ރަނިކަމަނާއަށް އަރާމު ކުރުމުގެ ފުރުސަތު […]
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ވެއިޓިން އޭރިއާރގައި ވަގުތުތަށް ގުނަމުން ދިޔަ ދެމަފިިރިން ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް ގެނުވައިދިނީ ދެފަރާތަށް ކެހޭ ދޮރު ހުޅުވަމަށްފަހު ފޮށި ދަމަމުން ނިކުތް ޔަމާންއެވެ. ލީޒާމެން ދެމަފިރިންގެ ނަޒަރު ސީދާވެފައިވަނީ ޔަމާންއާއެވެ. އެމީހުންގެ ކުރިމަތީގައި ފިޔަވަޅުތަށް މަޑުޖައްސާލި ޔަމާންގެ ފައިން ފެށިގެން ބޮލާ ހަމައަށް އަވަސް ނަޒަރެއް ދިނެވެ. ލިޒާމެން ދެމަފިރިން އެކަންޏެއް ނޫނެވެ. އެތާނގައި ތިބި ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ ޔަމާންގެ އިސްތަށިގަނޑަށެވެ. ހުދު ކުލައަކަށްދާ މަޑު ދަންބު […]