Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ؟ (8)

Kyleen Level 110 Stories
August 17, 2018 3 Mins Read
7 Comments

{ކިޔުންތެރިންނަށް: އަޅުގަނޑު ވަރަށް ބިޒީކޮށް އުޅެން ޖެހުމުގެ ސަބަބުން ވާހަކަ މެދު ކަނޑާލެވުނީތީ މަޢާފަށް އެދެމެވެ. އުންމީދުކުރަނީ މަޢާފު ކޮށްދޭނެ ކަމަށެވެ. އިރާދަކުރެއްވިއްޔާ މިވާހަކައިގެ ދެން އޮތްބައި މިރޭ އަޕް ކޮށްދެވޭތޯ ބަލާނަމެވެ.}

(1 ހަފްތާ ފަސް)…

އަހަރެން އިނީ ބޭރުގައެވެ. ޖޯލިފަތީގައި އިށީނދެލައިގެންނެވެ. ޚިޔާލުގައިވަނީ މިއަދު ވާންއުޅޭ ކަންތަކެވެ. މިއަދު ކޯޓުން ވަކި ގޮތެއް ކަނޑައަޅާނެއެވެ. ހެކި ސާބިތުވެއްޖެނަމަ ކައިސަން ޖަލުން ދޫކޮށްލާނެއެވެ. އޭގެ ބަދަލުގައި ކައިލާން އެހެންނޫނީ ޝީންއަށް ޖަލަށް ދާން މަޖުބޫރު ވެދާނެބާއެވެ؟ ނޫނީ އަގެއް ދީގެން އެދެމީހުން ކުރެ އެކަކުވެސް ޖަލަށް ނުދާގޮތަށް ބެހެއްޓިދާނެހެއްޔެވެ؟ ބަދަލުގައި އެއްޗަކަށް އެދެން ޖެހިއްޖެނަމަ އަހަރެން ބުނާނީ ކީކޭބާވައެވެ؟ ކައިސަން ގާތު އަހައިފިއްޔާ ކައިސަން ބުނާނީ ކީކޭބާވައެވެ؟

ޚިޔާލުތައް އެއްފަރާތް ކުރުމަށްފަހު އަހަރެން ގޭތެރެއަށް ވަދެލީމެވެ. ފެންޑާގައި ހުރި ގަޑިއަށް ކަޅިއެއްލީމެވެ. 8 ޖެހީއެވެ. ކޯޓަށް ދިއުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2 ޖަހާއިރު ކަމުން ވަގުތު އަދި އެބައޮތް ކަމަށް ގަބޫލުކުރަމުން ގޮސް ކޮޓަރިއަށް ވަނީމެވެ. ކައިލް އޮތީ ނިދާފައެވެ. ކައިލް އަށް ގޮވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މިހެންވެ އަހަރެން އަނެއްކާވެސް ނުކުތީ ބޭރަށެވެ. ކުއްލިއަކަށް އަހަންނަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެ ފޯނުހިފައިގެން ނުކުތީމެވެ. ކައިލާންއަށް ގުޅާލީމެވެ. “ހަލޯ! ކިހިނެތްވީ ކައި؟” ވާހަކަ ދެއްކީ ކައިލާންއެވެ. އަހަރެން ކުރަންއުޅޭ ކަންތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. އަދި އެކަން ކުރުމަށް އަހަރެންގެ ގެއަށް އައުމަށް އެދުނީމެވެ.

“ކައިއަށް ވަރަށް ވިސްނޭ! ކައިސަން ވަރަށް އުފާވާނެތާދޯ!” ކައިލާން މިހެން ބުނެލުމާއެކު ‘މަންމީ’ އޭ ކިޔާ ގޮވާލި އަޑު އިވުނެވެ. ފޯނު ބޭއްވުމަށްފަހު އަހަރެން އަވަސްވެލީ ކައިލާން އަންނަން ވާއިރަށް ކައިލް ފެންވަރުވާ، ރީތިކޮށް ކާންދޭށެވެ. އަހަރެން ނިމުނުއިރު 10 ޖެހީއެވެ. ކައިލާން ވަދެގެން އައީ އެވަގުތުއެވެ. ކައިލް މަންމަގެއަށް ފޮނުވާލީމެވެ.

ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. އެއްވެސް ދިރުމެއް ނުވާކަހަލައެވެ. އަހަރެންގެ ކަޅި ހުއްޓުނީ ކާމޭޒާ ދިމާ މަތިން ހަރުކޮށްފައި ހުރި ފޮޓޯއަށެވެ. އެއީ އަހަރެންނާއި ކައިސަންއެވެ. ކައިވެނި ކުރި ރެއެވެ. އުފާވެރި ރެއެވެ. އުފާވެރިކަމުގެ އިންތިހާއެވެ. އެކަހަލަ ދުވަހެއް ދެން އަންނާނީ ކޮންއިރަކުބާއޭ ހިތަށް އެރިއެވެ.

“ކައި.. އަދިވެސް ނުފަށަންތަ؟ އަވަސްކުރީމަ އަވަސްވާނީ..” އަހަރެން ސިހިގެން ދިޔައީ ކައިލާންގެ އަޑަށެވެ. “އާނ ދޯ! ފުރަތަމަ ކޮޓަރި ދޯ؟” ކުލަފާޓާ ކޮޅަކާ އެއްދެހި ހިފައިގެން އަންނާނަން ކަމަށް ބުނުމުން އަހަރެން އަވަސްވެލީ ކޮޓަރިތެރެ ސާފު ކުރުމަށެވެ. ކަބަޑުތަކުންނާއި އަލަމާރިތަކުން އެއްޗެހި ނެރުނީމެވެ. ފޮށްޓަކަށް އަޅާފައި ބޭރުގައި ބެހެއްޓީމެވެ. އެނދު އެހާ ބަރުނުވުމުން އެނދުވެސް ބޭރަށް ނެރެ އަވީލީމެވެ. ކައިލާން އައީ އެވަގުތުއެވެ. “ކައިއަށް އެ އުފުލޭތަ؟” “ހްމްމް.. އެ އެހާ ބަރެއް ނޫނޭ!” ކުލަ އެތި ހިފައިގެން އަހަރެމެން ކޮޓަރިއަށް ވަނީމެވެ. ފަންކާ ސާފުކޮށްލީމެވެ. ފާރުގައާއި ސީލިންގުގައި ކުލަ ލީމެވެ. ވަރަށް މަޑު ބްރައުން ކުލައެކެވެ. ދެން އަލަމާރިތަކާ އެއްޗެހި ފޮޅާލީމެވެ. ކޮޓަރިތެރެ ފޮޅާ މޮއްޕުއަޅާ ނިންމުމަށްފަހު ކައިލާންއާއެކު ފޮށިތައް އެތެރެއަށް ވެއްދީމެވެ. އެއްޗެހިތައް ފޮޅަމުން ކަބަޑުތަކަށް ލަމުން އަހަރެން އުޅުނީމެވެ.

އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ކުރިމަތީ އޮތް ފޮތް ފެނިފައެވެ. އެއީ އަހަރެންގެ ޑައިރީއެވެ. ކައިލާންއަށް ފޯނެއް އައީ އެވަގުތުއެވެ. އެބަ އަންނަން ކަމުގައި ބުނެ ކައިލާން ބޭރަށް ނުކުތެވެ. ހާދަ ބިޒީ މީހެކޭ އަހަރެން ހިތަށް އެރިއެވެ. ޑައިރީ ހިފައިގެން އަހަރެން ބިންމަތީ އިށީނދެލީމެވެ. އެންމެ ފަހުން ލިޔެފައިވާ ތަންކޮޅު ކިޔާލީމެވެ. “ކެހިވެރިން މީ ގިނަތަނެއް އިނގޭ، ދުނޔެމީ ދަސްކުރޭ، ގާތުގާ ހީފާ އުޅޭ ރައްޓެހިން ވާނޭ ފަހުން ބޭވަފާ” އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަރިމަތީ އަޅުވާލާފައި އިން ގަލަން ނަގާ ލިޔަންފެށީމެވެ.

މިއަދަކީ އަނެއްކާވެސް އުފާވެރި ދުވަހަކަށް ވާނެކަން ކަށަވަރެވެ. އަހަރެންގެ ޙަޔާތުގެ އަޑިވަޅުގަނޑުން އުސްގަނޑަކަށް އަރާނެ ދުވަހެވެ. އިރާދަކުރެއްވިއްޔާ މިއަދު މިހިތުގެ ޝިފާ އަހަރެން ކައިރިއަށް އުމުރު ދުވަހު ދިރިއުޅުމަށް އަންނާނެއެވެ. ކައިސަންއެވެ. އަހަރެން މިހާރު ގޭތެރެ ސާފުކުރަނީއެވެ. ކައިސަން އަންނަންވާއިރަށެވެ. މަރުހަބާ ކިޔުމަށެވެ. އެކުވެރިޔާއެވެ. އަހަރެންނާއެކު މިއުފަލުގައި ބައިވެރި ވުމަށް ދައުވަތު އަރުވަމެވެ. އެކުވެރިޔާ ނުބުންޏަސް އަހަންނަށް އެނގެއެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށެވެ. އުސްގަނޑަށް ފަހު އަޑިގަނޑުވެސް އަންނާނެއެވެ. މިކަން ހަނދާން ނައްތައެއް ނުލާނަމެވެ. އުފާވެގެންގޮސް ހައްދުފަހަނައެއް ނާޅާނަމެވެ. އުފާވާން ވަކި އިމެއް ކަނޑައަޅާނަމެވެ. އެކުވެރިޔާއެވެ. އަހަރެން ދެން ދަނީއެވެ. ދޮންބެ ބުނިހެން އަވަސްވާނީ އަވަސް ކުރީމައެއްނޫންހެއްޔެވެ؟ އިންޝާ ﷲ މީގެފަހުން ޙަޔާތުގެ ވާހަކަ އަނެއްކާވެސް އެކުވެރިޔާއަށް ޚިއްޞާކުރާނަމެވެ. އަހަރެން ތިޔަ އެކުވެރިޔާއަށް އިތުބާރުކުރަމެވެ.

ޑައިރީ ލައްޕާލުމަށްފަހު އަނެއްކާވެސް އަހަރެންގެ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. ފޮށިގަނޑުތަކުގައި ހުރި ހުރިހާ އެއްޗެއް ކަބަޑުތަކަށް ލާ ނިންމުމަށްފަހު ފޮށިގަނޑުތައް ބޭރު ކުނިވަށިގަނޑު ކައިރީ ބެހެއްޓީމެވެ. އަހަރެން ގޭތެރެއަށް ވައިން ވަގުތު ކައިލާންވެސް އައިސް ވަނެވެ. “ހާދަ ލަހޭ؟” އަހަރެން ޝަކުވާ ކޮށްލީމެވެ. ކައިލާންގެ އަތުގައި ކޮތަޅެއް އޮތެވެ. “މިއައީ ވަރުބަލިވާނެތީ ކާނެއެއްޗެއް ވެސް ހިފައިގެން.. ޝުކުރު ކޮށްބަލަ!” ކައިލާން ހޭންފެށިއެވެ. “އޯކޭ އޯކޭ! ޝުކުރު” އަހަރެންވެސް ފެށީ ހޭށެވެ. “އެނދު ވައްދަންވީނު؟” އަހަރެމެން އެނދު ވެއްދީމެވެ. ބެޑްޝީޓާއި ބާލިހުގަ އުރަތައް ލައްވާ ނިމުނުއިރު މެންދުރު ނަމާދަށް ބަންގި ގޮވީއެވެ. ކައިލާން ދިޔައީ މިސްކިތަށެވެ. އަހަރެން ނަމާދުކޮށް ނިންމާލައިގެން ކާން ހެދީމެވެ.

“ހަލޯ! މަންމާ.. ކައިލް އަށް ކާންދެއްޗޭ.. މިގަޑިއަކު ނުދެވޭނެ..” އަހަރެން އަވަސްވެލީ ކާން ހަދާށެވެ. ކައިލާން ގެނައި އެއްޗެހި ކާމޭޒު މައްޗަށް ނެގީމެވެ. ކައިލާން އައުމުން އަވަހަށް ކައި ނިންމުމަށްފަހު އަނެއްކާވެސް މަސައްކަތް ފެށީމެވެ. ބާކީ ހުރި ދެކޮޓަރީގައިވެސް ކުރިން ކަންތައް ކުރިހެން ކުރީމެވެ. އެކަމަކު މާ ބޮޑަށް ސާފު ކުރާކަށް ނުޖެހުނެވެ. ބަދިގޭގައިވެސް ކަބަޑުތަކުގެ އެތެރެއާ އެއްޗެހި ސާފުކޮށް، ކުލަލާ، ފޮޅާ މޮއްޕު ޖަހާ ނިންމާލީމެވެ.

ސިޓިން ރޫމަށް ނުކުއިން ތަނާ ސަލާން ގޮވި އަޑު އިވުނެވެ. “އައްސަލާމްޢަލައިކުމް!” “ވަޢަލައިކުމްސަލާމް!” ޖަވާބުދެމުން އަހަރެން ބޭރަށް ނުކުތީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

އެ ރޭގަނޑު 5

Next

ލޯބީގެ އިރުއޮއްސުނީމަ

Next
August 17, 2018

ލޯބީގެ އިރުއޮއްސުނީމަ

Previews
August 17, 2018

އެ ރޭގަނޑު 5

7 Comments!

  1. ☺? says:
    August 17, 2018 at 5:05 pm

    me first….stry v salhi….wen next

  2. Twinkle? says:
    August 17, 2018 at 5:16 pm

    Yay me scnd… kaakubaa ae??? Kyleen ah abadhuvs maaf kuraanan insha allah… mi part vs hama habeys… ???

    1. Kyleen says:
      August 17, 2018 at 6:28 pm

      thanks.. really inspired.. mirey up kuraanan next part insha Allah

  3. yaaa says:
    August 17, 2018 at 8:40 pm

    ☺??

  4. FLY says:
    August 17, 2018 at 10:23 pm

    SALIHI….. EKAM HAADHA DHUVASKOHLAAFA EY DHW

    1. Kyleen says:
      August 18, 2018 at 2:42 pm

      yeah.. sorry for that.. ?

  5. Ayesher.9 says:
    August 23, 2018 at 12:05 pm

    Awsome?p

Comments are closed.

Next Episodeކުށަކީ ކޮބާ؟ (9)←


All Right Reserved!