Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ބުނެދޭށެ ރުހެމޭ 8

Saraa Level 910 Stories100 Comments100 Login500 Comments500 Login
March 21, 2019 4 Mins Read
17 Comments

“ބްލޫސް ކޮމްޕެނީއިން…” ނައިނާ އަނގަޔަށް ޕާން ފޮއްޗެއް ލައިގެން އަނގަހަލުވާނުލެވިފައި އިންއިރުވެސް އަވަސްގޮތަކަށް ޖަވާބުދިނެވެ. އޭރު ހައިރާ އައިސްއަލަމާރިން ބިއްލޫރި ފެންފުޅިއެއް ނަގައިގެން މޭޒާއި ދިމާލަށް އެނބުރިލަނީއެވެ. ނައިނާގެ ޖުމްލައާއިއެކު ހައިރާގެ ކަންފަތަށް ހޮނުގުގުރިއެއް އެޅިފަދައެވެ. މީހާ ސިިހިގެންދިޔަވަރުން އަތުން ފެންފުޅިދޫވެގެންދިޔައިރު ފުޅި ޓައިލްސްމަތީ ޖެހުނުގޮތަށް ތަޅައިގެންދިޔަ އަޑު ހިމޭންވެފައިވާ މާހައުލުގައި އެއްއަޑަކަށް ގުގުމާލިއެވެ. އެއަޑުއިވިފައި ސިހުނުވަރުން ނަައިނާ ވަގުތުން ފުންމައިގެން ގޮނޑިން ތެދުވިއެވެ.

“ދައްތާ ކިހިނެތްވީ…” ނައިނާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.

“ކަމެއްނުވެޔޭ… ދައްތަ އަތުން ފުޅި ދޫވީ… ނައިނާ ސައިބޯން އިށީދެބަލަ…” ހައިރާގެ ލޮލަށް ގިނަވި ދިލަ ކަރުނަތަށް ފުހެލަމުން ނައިނާ ކުރިމަތިލީ އެމޫނުން ހިނދުކޮޅަކަށް ފެނިލި އުދާސްކަން ފޮރުވަމުންނެވެ.

އޭރު ނައިނާ އެ މޫނަށް ބަލަމުންދިޔައީ ކަމެއް ދެނެގަންނަމުންދިޔަފަދަ ނަޒަރަކުންނެވެ. އެ ތޫނު ނަޒަރު މޫނާއި އަމާޒުވީގޮތުން ހައިރާގެ ހިތަށް ލިބުނު ލޮޅުމާއިއެކުވެސް ހިނިތުންވެލަން މަޖުބޫރުވިއެވެ.

ބިންމައްޗަށް ވިހުރިފައިވާ ބިއްލޫރިތަށް އެއްކުރަން ހައިރާ އުޅުނުއިރު އެ މިޖާޒަށް ކުއްލިއަކަށް ވެރިވެފައިވީ ހަމަހިމޭންކަން ނައިނާގެ ސިކުނޑިއަށް ކިތަންމެ ވަރަކަށްވެސް އުނދަގޫކުރިއެވެ. ބްލޫސްގެ ނަން އިވުމަށްފަހު ދައްތަައަށް އައި ބަދަލެއްކަން ނައިނާއަށް ފާޑަކަށް ޔަގީންވިއިރު އެއީ ކީއްވެގެން އައި ބަދަލެއްކަން ސިކުނޑިއަކަށް ނަގައެއްނުގަނެވުނެވެ.

ފެށުނީއްސުރެ ދައްތަގެ މިޖާޒު ނައިނާގެ ހިތުގައި ޝައްކުތައް އުފައްދައިފައިވެއެވެ. ދައްތަގެ އެކަނިވެރި ދިރިއުޅުމުގެ ސިއްރުތަށް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން އެހިތުގައި އުފެދިފައިވަނީ ޅައިރުއްސުރެއެވެ. އޭރުއްސުރެ ދައްތަގެ ހިތާމަތަށް އެންމެ ގާތުން ނައިނާ އައީ ދެކެމުންނެވެ. އެލޮލުން ކަރުނަ އޮހޮރޭ ކޮންމެ ފަހަރަކު ދައްތަ ރޯންޖެހޭ ސަބަބާއިމެދު ނައިނާއަށް ވިސްނެއެވެ. ބޮޑުވަމުން އައިވަރަށް ދައްތަގެ ހިތާމަތަކުގެ ސަަބަބު ހޯދަން ނައިނާ ޝައުގުވެރިވިއެވެ. މިއަދާއި ހަމަޔަށްވެސް އެ ސިއްރު ދެނެގަތުމުގައި ނައިނާއަށް ކާމިޔާބުވެފައެއް ނުވެއެވެ. މިއަދުގެ ހާދިސާއަށްފަހު އެކަން ހޯދުމުގެ ޝައުގުވެރިކަން ނައިނާގެ ހިތުގައި ދެގުނަވެއްޖެއެވެ. ނައިނާ ހިމޭނުން އިނދެގެންވެސް ދައްތަގެ އެންމެ އަނދިރި ސިއްރުތަކަށް ވާސިލްވާނެގޮތަކާއިމެދު ވިސްނިއެވެ.

**************************

އިރުއަރައިގެން އައިރު އުޑުމަތި ރީތިކޮށް އޮވެފައި ތުނިތުނިކޮށް ވާރޭވެހެން ފެށީ ނައިނާ ބްލޫސްގެ އިމާރާތާއި އަރާހަމަވީފަހުންނެވެ. ނައިނާ އިރުކޮޅެއްވާންދެން އުޑުމައްޗަށް އެއްވަމުންދިޔަ ވިލާތަކަށް ބަލަން ހުރުމަށްފަހު އިމާރާތުގެ އެތެރެއަށް ވަނެވެ. އެއްފަރާތެއްގައި ބަހައްޓާލެވިފައިވާ މެޝިންގައި ކާރޑް ޖައްސާ ޗެކްއިން ވުމަށްފަހު ނައިނާ ލިފްޓަށް އަރައިގެން 5 ވަނަ ފްލޯރއަށް މިސްރާބުޖެހިއެވެ.

އޭރު 5 ވަނަ ފްލޯރ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައިވީއިރު ސެކިއުރިޓީ ޑިފާރޓްމެންޓްގެ މުއައްޒަފުން މީޓިން ހޯލްއަށް ވަންނަމުންދިޔައެވެ. ބޮޑު ހޯލްގައި ސަފަކަށް ބޮޑީގާރޑުން އެތުރިލައިގެން ތިބިއިރު ތަންކޮޅެއް ކުރީގައި ޒިޔާން ހުރީ އެންމެންނަށް ކުރިމަތިލައިގެންނެވެ. ޒިޔާން ކޮމްޕެނީގެ ގަވާއިދުތަކާއި ޕޮލިސީތަށް ކިޔައިދެމުންދިޔައިރު މުޅި ހޯލްތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ހުރިހާ ބޮޑީގާރޑުން ކަނުލާ އަޑުއަހަންތިބިއިރު ޒިޔާންގެ ނަޒަރު ހުރިހާ މުއައްޒިފުންގެ މޫނަށް ދަތުރުކުރަމުން ދިޔައެވެ. އެ މޫނުމަތިން މިއަދު ފެނުނީ ސީރިޔަސްކަމާއި ހަރުދަނާކަމެވެ. އެ ނަޒަރުގައިވީ ހަރުކަށިކަމުން ހުރިހާ މުއައްޒަަފުންނަށް ވެސް ކޮނޑުގައި އެޅިފައި ޒިންމާއާއި މަސްއޫލިއްޔަތުގެ ބުރަކަން އަންގައިދިން ފަދައެވެ.

ބްލޫސްގެ ސެކިއުރިޓީ ޑިޕާރޓްމެންޓްއަކީ ބްލޫސްގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ މައި ތަނބެވެ. ބްލޫސްގެ ރައްކާތެރިކަން ދަމަހައްޓައިދޭ ބާރެވެ.

**********

މީޓިން ނިންމާފައި ނިކުމެ ނައިނާ ދިގު ކޯރިޑޯއިން ހިނގަމުންއައީ ފޯނަށް ގެއްލިގެން ހުރެގެންނެވެ. ފޯނުން ކޮންމެވެސް މީހަކާއި ޗެޓްކުރަމުން އައިރު އެތުންފަތް މަތީވަނީ އެންމެ ރީތި ހިނިތުންވުމެވެ. އޭރު އެއްފަރާތެއްގައި ހުރި ޗެއާރމަންގެ ރޫމްއިން ހައިޒަލް ނިކުމެގެން އައިސް ނައިނާއާއި އަރާހަމަވީއެވެ. ނައިނާ ބަލައިނުލާ އައިސް ހައިޒަލްގެ ގައިގައި ޖެހިގަތްގޮތުން އަރިއަޅާލިއިރު ހައިޒަލް ނައިނާގެ ގައިގައި ހިފަހައްޓަން އަތްދިއްކޮށްލީއެވެ. ނައިނާގެ އިނގިލިތަށް ހައިޒަލްގެ އިނގިލިތަކާއި ލާމެހިގެންދިޔައިރު އެދެލޮލުން ފެނިލި ސިހުމުގެ އަސަރުތަކުން އެލޮލުގެ ރީތިކަން ދެގުނަކޮށްލިއެވެ. ހިނދުކޮޅަކަށް ދެޒުވާނުންގެ ނަޒަރު ސީދާވެގެންދިޔައިރު ހައިޒަލްގެ ތުންފަތްމަތީ ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ. އެއާއިއެކު ނައިނާގެ އަތާއި ގުޅިފައިވާ އޭނާގެ އިނގިލިތައް ބާރަށް ދަމައިގަތުމަށްފަހު ހައިޒަލް ދުރަށްޖެހިލިއެވެ. ހަައިޒަލް ކުއްލިއަކަށް އެގޮތަށް ދުރަށް ޖެހިލުމުން އަމިއްލަ ހަށިގަނޑު ބެލެންސް ނުކުރެވި ނައިނާ ތިރިވިގޮތަށް ޓައިލްސްމަތީ ބާރަކަށް ޖެހުނު އަޑު މުޅި މާހައުލުގެ ހިމޭންކަން ނަގާލިއެވެ. އެވަގުތު ކޯރިޑޯގައި ތިބި ބައެއް މުއައްޒަފުންގެ ނަޒަރު ނައިނާއަށް ހުއްޓުނުގޮތުން ނައިނާގެ މޫނަށް ރަތްކުލަ ފާއްދާލިއިރު އިސްޖަހާލަން މަޖުބޫރުވިއެވެ. ހައިޒަލްގެ ނުރުހުމުގެ ނަޒަރާއިއެކު އެ މީހުން އަވަހަށް ރޫމްތަކަށްވަދެ ނިވާވުމުން ދެޒުވާނުން އެ ދިގު ކޯރިޑޯގައި އެކަނިވިއެވެ.

އޭރު ނައިނާ އިނީ ވެއްޓުނުއިރު އަތްވިއްދާލެވުނުގޮތުން އަތަށްތަދުވާވަރުން އަތުގައި ހިފަހައްޓާލައިގެންނެވެ. ފައި ވިއްދާލިގޮތުން ފަޔަށް ބާރުކުރިވަރުން ކުޑަހުޅުވެސް ރަތްވެފައިވެއެވެ. ހައިޒަލް ނައިނާއަށް އަތްދިއްކޮށްލުމާއިއެކު ނައިނާ ހައިޒަލްއާއި ދިމާލަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ. ހައިޒަލްގެ އަތް ފޮޅުވާލުމަށްފަހު އަމިއްލައަށް ތެދުވެ ހައިޒަލްއާއި ދިމާލަށް އެ ތޫނު ލޮލުން ކަޅިއަޅައިގަތްގޮތުން ހައިޒަލް ފިއްސާލަފާނެހެންހީވިއެވެ. އެރީތިލޮލުން ރުޅިވެރިކަމާއި އެއްވަރަށް އެހެން އަސަރުތަކެއްވެސް ފެނިލިއެވެ.

ނައިނާ ރުޅިންގޮސް މޮޔަވާވަރުވިޔަސް ހަނުހުރިއެވެ. ހައިޒަލްގެ ކުރިމަތީ އެއްޗެކޭ ބުނެގެން މިހާ ހެނދުނާއި ޒުވާބުގަނޑެއް ހިންގާލުމަށްވުރެ ކުރަން މޮޔަކަމެއް ނޯންނާނެއެވެ. ރީތިކަމާއި އެއްވަރަށް ޝައިތާނީ ސިފަތަކެއް ދެއްވާފައިވާ ނުލަފާ ފިރިހެނެކެވެ. މިއަދުވެސް ކަޅުކުލައިގެ ކޯޓްއާއި ފަޔަށް ހިމަ ފަޓްލޫނުގައި ހުރިއިރު ސްމާޓްކަމުން މިލްކުނުކުރާނޭ ހިތެއްނުވާނެއެވެ. ނަމަވެސް ނައިނާގެ ހިތުގައި އުފެދުނީ ފޫހިކަމެވެ.

“މިތަނަށް އައި ފުރަތަމަ ދުވަހުވެސް އަހަރެން ސެޑިއުސްކުރަންތަ މަސައްކަތް ތިކުރަނީ… ވާރ ޔޫ އެކްސްފެކްޓިން ސަމްތިންގް ފޮރޮމް މީ… ދީސް ގާރލްސް….” ހައިޒަލް ފަޓްލޫންގެ ޖީބަށް އަތްޖަހާލަމުން ނައިނާއާއި ދިމާކުރާފަދަގޮތަކަށް ބުމަ އަރުވާލިއެވެ.

“ދެޓް ވޯޒް ނޮޓް މައި އިންޓެންޝަން…” ނައިނާ ރުޅިވެރިގޮތަަކަށް ދެބުމަގޮށްޖަހާލިއެވެ.

“ރިއަލީ…” ހައިޒަލްގެ މޫނުމަތިން ފެނުނު މަލާމާތުގެ އަސަރުން ނައިނާ އެ މޫނުމަތި ނޮޅާލަން އެހާ ބޭނުންވީ ވަގުތެއް ނާދެއެވެ. އެއްފަހަރުން އެ މޫނުމަތީވި ބޮޑާ ހިނިތުންވުން ފޭރިގަންނަން ނައިނާގެ ހިތް އެދުނެވެ. “ބައެއް މީހުންނަށް ހީވަނީ ކަންނޭނގެ މާރިތިވީމަ ހުރިހާ އަންހެންކުދިން މޮޔަވާނޭ… ބަޓް ދެޓް ވިލް ނޮޓް ހެޕެން ޓު މީ… މިސްޓަރ ހައިޒަލް… ޒިޔާން ސަރ އެދިލެއްވީތީ ޕާރސަނަލް ކަންތަށް މިކަމުގެ ތެރެއަށް ނުވައްދަން ވަރަށް މަސައްކަތްކޮށްފިން… ޔޫ ބެޓަރ ކީޕް ޔުއަރ ހެޑް ސްޓްރެއިޓް…” ނައިނާ ހައިޒަލްއާއި ދިމާލަށް އިނގިލި ދިއްކޮށްލިއިރު އިންޒާރެއްދިންފަދައެވެ. ހައިޒަލްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ.

“ތިއީ ތްރެޓެއްތަ؟ ތްރެޓްކުރާއިރު އަހަންނަށް ތިކުއްޖާގަނޑަށް ބޭނުންކަމެއް ކުރެވިދާނެކަން އިނގޭތަ…” ހައިޒަލްގެ ދެލޯ ހަނިވެގެންދިޔައިރު އެ ރީތިލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. ނައިނާއާއި ގާތަށް ފިޔަވަޅުތަށް ނަގަންފެށިއިރު ނައިނާ މަޑުމަޑުން ފަހަތަށް ޖެހެންފެށިއެވެ. ފާރުގައި ޖެހި ނައިނާ ހުއްޓެން މަޖުބޫރުވިއިރު ހައިޒަލްގެ ދެއަތް ނައިނާގެ ދެފަރާތުން ވިއްދާލަމުން ނައިނާއަށް ސަލާމަތްނުވެވޭނެހެން ހައްޔަރުކޮށްލިއެވެ. އޭރު އެ ނުސިޔާނު ދެލޮލުން ފެނިލި ކުލަވަރުން ނައިނާ ވިރިގެން ފޭބިފަދައެވެ. ވަގުތުން ދުރަށް މޫނު އަނބުރާލެވުނީ ހައިޒަލް ކުރަން ބޭނުންކަމެއް ގަދަކަމުންވެސް ކުރާނެކަން ޔަގީންވާތީއެވެ. ނައިނާގެ ލޯމަރާ ބާރުކޮށްލިއިރު ލޮލަށް ސިފަވީ ހައިޒަލް އޭނާގެ ތުންފަތަށް ބޮސްދިން މަންޒަރެވެ. ވަގުތުން ނައިނާ ދެފަރާތަށް ބޯހޫރައިގަތެވެ. ނައިނާއަށް އަންނަމުންދިޔަ ބަދަލުތަށް ފެނި ހައިޒަލްގެ ތުންފަތްމަތީ ފަތަހައިގެ ހިނިތުންވުމެއް ދުވެލިއެވެ.

“ލުކް މިވަޒީފާ ލިބުނަސް މާ މޮޅުނުވައްޗޭ… ތިނޫނީ އަހަންނާއި އަރާރުންވި ކުއްޖެއް ނެތް… އާހް… ޔޫ ހާރޓް މައި ޕްރައިޑް…” ހައިޒަލްގެ ހޫނު ނޭވާތަށް ނައިނާގެ ކަންފަތަށް އެޅެންފެށިއެވެ. އެއަޑުގައިވީ އަސަރަކުން ނައިނާ ހިތުގައި ބިރުވެރިކަމެއް ދުވެލިއެވެ. ޖެހިލުންވެފައި ހައިޒަލްގެ މޫނަށް ބަލާލިއިރު ހައިޒަލް މަޑުމަޑުން ނައިނާއާއި ދުރުވެލަމުން ދުރަށް ހިނގައިގަތީއެވެ. ވަކި ހިސާބަކަށް ގޮސްފައި ހައިޒަލް އެނބުރި ބަލާލިއިރު އެ ތުންފަތްމަތީވީ މަލާމާތުގެ ކުލަވަރެވެ. އޭނަގެ ކުރިމަތީ ގަދަކަން ދައްކާފައިވެސް އޭނަގެ އެންމެ ގާތްވެލުމަކުންވެސް ނައިނާއަށް ވީވަރު ފެނުމުން އަމިއްލަ ނަފްސާއިމެދު ފަހުރުވެރިވެވުނީ ނުހަނު ބޮޑަށެވެ. އަމިއްލަ ބާރުވެރިކަން އިހުސާސްކުރެވި މޫނުމަތިން ކޮންމެވެސް ވަރެއްގެ ބޮޑާކަމެއްފެނިލިއެވެ.

*******************

އަލްހާންގެ ވިންޓަރ ބްރީޒްއަކީ ދެބުރިއަށް ނަގާފައިވާ ތަނަވަސް ބޮޑު ގެއެކެވެ. ގޭގެ ކުރިމަތީ އޮންނަ ބޮޑު ބަގީޗާގެ ތެރެއިން ގަނޑުވަރެއްފަދަ އެ ގެ ފެންނަލެއް ފުރިހަމަކަމުން މަގުން ދާ މީހުންގެ ނަޒަރު އެގެއަށް ހުއްޓާލަން މަޖުބޫރުވެެއެވެ. ދަގަނޑު ގޭޓްއިން ފެށިގެން ފެންޑާއާއި ހިސާބަށް ބޯދޫލައެއްފަދަ ވިނަގަނޑު ދުއްވާލައިފައިވާއިރު ކުދިކުދި މާގަސްތައް ވިނަގަނޑުތެރެއިން ބޯދިއްކޮށްލައިގެން ތިބޭއިރު ނުހަނު ރީއްޗެވެ. ބޮޑެތި ތަނބުތަކުގައި މާވެޔޮތަށް އަރުވާލައިފައިވާއިރު އެކި ދިމަދިމާގައި ގަސް ޕޮޓްތަކެވެ. ގޭޓް އިން ފެށިގެން ފެންޑާއާއި ހަމަޔަށް ދެމިގެންވާ ލޯވްންގެ ދެފަރާތުގައިވެސް އެކިކުލަ ކުލައިގެ މާގަސްތަކެވެ.      އާރކިޓެކްޗަރުންގެ ބުރަމަސައްކަތާއިއެކު އެގެ ފަރުމާކޮށްފައިވަނީ ފުދޭވަރަކަށް ޒަމާނީ ފެންވަރަކަށެވެ. ވިދާ މާބްލްތަކުން ތަޅުން ފަޅުފިލުވާލައިފައިވާއިރު ސީލިންގައި ހަރުކޮށްފައިވާ ޗާންދަލިޔާތަކުގެ ވިދުންގަދަކަމުން ލޯތަރަތަރަ ޖަހައިގެން ދާވަރުވެއެވެ. ބަގީޗާތެރެއަށް ހުޅުވާލެވޭ ފްރެންޗް ދޮރުތަކާއި ފާރުގައި ހަރުކުރެވިފައިވާ ކުރެހުންތަކަކީ ގޭގެ ހިތްގައިމުކަން އިތުރުކޮށްދޭ ބައެކެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތު ކާކޮޓަރީގެ މެދުގައި އެލުވާފައިވާ ބޮޑު ޗާންދަލިޔާއާއި ބިތްތަކުގައި ހަރުކޮށްފައިވާ ލެންޓަންތަކުގެ ހިތްގައިމު ރަން އަލިން އެތަންވަނީ އުޖާލާވެފައެވެ. ދިގު މޭޒުގެ އެއްކޮޅުން އަނެއްކޮޅަށް ތަފާތު ބާވަތްތަށް ފަތުރާލައިފައިވާއިރު ކާކޮޓަރިން އެއްފަސްވެފައިވަނީ ކާތަކެތީގެ ކުޅުދިޔާކޮށްލައިފަދަ މީރު ވަހުންނެވެ.

ދިގު މޭޒުގެ އެއްކޮޅުގައި ރޭގަނޑުގެ ކެއުމަށް އިންސާފްކުރަން އަލްހާން އިންނެވިއިރު ކަނާތްފަރާތުން އޭނައާއި އެންމެ ގާތަށް އަންހެނުން ރިހާނާ އިނެވެ. އެއްފަރާތެއްގައި ނޯކަރުން މަޑުކޮށްލައިގެން ތިބީ ކަމެއް ބޭނުންވެދާނެއަތީއެވެ. އަދަބުވެރިކަމާއި އިސްޖަހާލައިގެން ތިބިއިރު އެމީހުން ތިބީ ދޭތެރެއަކުން ރިހާނާގެ ރުޅިވެރި ނަޒަރުތަށް ހުއްޓެމުންދިޔަގޮތުން ޖެހިލުންވެފައެވެ.

އިރުކޮޅެއް ފަހުން ހައިޒަލް ކާކޮޓަރިއަށް ވަދެގެން އައިރުު އަލްހާންގެ ނަޒަރު ހައިޒަލްއަށް ހުއްޓުނެވެ. ރިހާނާގެ ނަޒަރުވެސް ހިނދުކޮޅަކަށް ހައިޒަލްއަށް ހުއްޓުުނުއިރު އެ މޫނުމަތިން އަބަދުވެސް ފެންނަ ދުރުކަން ފެނިލިއިރު އަވަސްއަވަހަށް ދުރުބަލާލީ ފޫހިވެފައިވާކަހަލަގޮތަކަށެވެ. އެ ނުތަނަވަސް ނަޒަރުން ހައިޒަލްގެ ހިތަށް ކިތަންމެ ވަރަކަށްވެސް އުނދަގޫވިއެވެ. ހިނދުކޮޅަކަށް މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އެލޮލުން އޭނާގެ މައްޗަށް ކުޑަނަމަވެސް ލޯތްބެއް ފެނިލާތޯއެވެ. އެކަމަށް އުއްމީދުކުރެވުނުވަރުންނެވެ.

“ހައިޒަލް… ބައްޕައާއިއެކު ދަރިފުޅު ކެއުމުގައި ބައިވެރިވާންވީނު…” އަލްހާން އޭނާގެ ދަރިފުޅާއި ވާހަކަދެއްކީ ގާތްގޮތަކަށެވެ. އެއާއިއެކު ހައިޒަލް ފަނޑު ގޮތަކަށް ހިނިތުންވެލަމުން ބައްޕަގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރު ނޯކަރު ކުދިން ހައިޒަލް އާންމުކޮށް އިށީންނަ ގޮނޑިއާއި ދިމާލުގައި ތަށި ބަހައްޓާ ހައިޒަލްއަށް އެންމެ މީރު ކެއުން ހުރި ތަށިތަކަށް ދާންދެން ކައިރިކޮށްލަދީފިއެވެ.

އަލްހާންގެ ޖުމްލައާއިއެކު ވަގުތުން ރިހާނާ ގޮނޑިން ތެދުވިއިރު އަލްހާން ރިހާނާގެ އަތުގައި ހިފާ ގޮނޑީގައި އަލުން ބައިންދައިފިއެވެ. އޭރު އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހަރުކަށިކަމުގެ އަސަރުތައް ފެނިލިއެވެ.

“ރިހާނާ މަޑުކުރޭ… ހައިޒަލް ހުންނަ ތަނެއްގައި ރިހާނާއަށް ނުހުރެވޭނެ ސަބަބެއް ނޯންނާނެ…” އަލްހާން ހިތްހަމަނުޖެހިފައި ބުނެލުމާއިއެކު ރިހާނާގެ ރުޅިވެރި ނަޒަރު އަލްހާންއާއި އަމާޒުވިއެވެ. އެ ނަޒަރުން އެކަނިވެސް އެ ސަބަބު އަލްހާންއަށްވުރެ ރަނގަޅަށް އިނގޭނެ ފަރާތެއްނުވާނޭކަން ރިހާނާ ހަނދާންކޮށްދިން ފަަދައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ…13

Next

ނޭނގި ޔާރު ވަކިވީހޭ…..1

Next
March 21, 2019

ނޭނގި ޔާރު ވަކިވީހޭ…..1

Previews
March 20, 2019

ބުނާށެ ލޯބި ނުވަނީހޭ…13

17 Comments!

  1. dhiraa wish says:
    March 21, 2019 at 6:17 am

    dear readers.??✨ here is part 8..i am very sorry for taking long time to upload…hope everyone will like this part tooo.???✨?? feel free to comment…? readers comment will help me to correct the mistakes and continue the storyy…….???????✨?✨ i have a sad news for the readers.? this weakend i will be not able to upload the story.????i am very sorry to tell this…?????? i am leave out of my island for my course exams and treatment. insha allah i will upload a new part as soon as i am back to my island.✨????✨ again and again i am sorry for making the readers to wait..???thanks for the support????????✨??

  2. Ain says:
    March 21, 2019 at 7:59 am

    Haira mee Haizal mom dho

    1. dhiraa wish says:
      March 23, 2019 at 6:04 am

      lets c

  3. Xaaan says:
    March 21, 2019 at 8:11 am

    Masha Allah mi partves vvvvvvvvv reethi dhiraa plx plx plx plx thankolheh avahah up kohdheeber ehme kiyaahihvi hisaabun mi nimuny

    1. dhiraa wish says:
      March 21, 2019 at 9:35 am

      thnks… i am very sorry.. dhiraa rashun beyrah daan jehigen.. i dnt think i can upload soon……. i am very very sorry… bt as soon i come back i will upload the next part

  4. maai says:
    March 21, 2019 at 11:26 am

    Hey …. mi stry vvvvv slahi ingey….keep it up dear…alah dhigu vaahaka eh liyaa kujakaa balaafa hama vv baraabaru…i luv this stry…
    Good luck to your exam..lots of love

    1. dhiraa wish says:
      March 21, 2019 at 10:36 pm

      thanks.

  5. azker says:
    March 21, 2019 at 9:50 pm

    v. reethi…keep up the good work

    1. dhiraa wish says:
      March 21, 2019 at 10:37 pm

      thnks

  6. Laalu says:
    March 22, 2019 at 7:59 pm

    V v nice mi part vx dhirooo????

    1. dhiraa wish says:
      March 22, 2019 at 9:38 pm

      thnks

  7. anaa says:
    March 24, 2019 at 1:21 am

    hey !! whn next part ?? maa shaa allah story is awsum❤️?

    1. dhiraa wish says:
      March 24, 2019 at 11:05 am

      thnks.. insha allah maadamaage vaguthehga up kohladeynan…

  8. Malaa? says:
    March 24, 2019 at 6:49 am

    Dhiraa sis mi prt ves v.lwbi ❤️❤️❤️???

    1. dhiraa wish says:
      March 24, 2019 at 11:05 am

      thnks

  9. saorise ronan says:
    April 9, 2019 at 8:14 pm

    Woww.. this reminds me of lee-Min-Ho and Park Shin-hye
    Keep up the gud work ????

  10. Bts says:
    April 11, 2019 at 9:36 pm

    V korean drama balaakujjeh dhw ? btw v salhi ?

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 9←


All Right Reserved!