Skip to content
އެސްފިޔަ

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (13 ވަނަ ބައި)

“ދެން މާ ވާހަކަ ގިނަނުކޮށް ނަމާދަށް ދޭ! މި ދޮންބެވެސް ކުޑަކުއްޖެއްހެން ހުރެދާނެ ވަގުތު ފާއިތުވެގެން ދަންދެން!” އިޝިރްގެ  ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު އިޝްރާ އަވަހަށް ދޮރު ލައްޕާލީ އެނޫން ގޮތަކަށް އިޝިރް އެތަނުން ގުޑައިނުލާނެކަން އޭނާއަށް އެނގޭތީއެވެ.

އަޅައިގެން ހުރި ދޮޅިއާއި އިސްޓާކީނު ބާލައި މުސައްލައިގެ ތެރެއަށް ލުމަށްފަހު އިޝްރާ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ފޯނު ނަގާ އެކޮޓަރިއަށް އައުމަށް އެދި ލުބްނާއަށް މެސެޖް ކޮށްލަމުން މިރެއަށް ޚާއްޞަކޮށް ފެހި ހެދުން ގަޔަށް މަހާލައި ލޯގަނޑު ކުރިމަތީގައި ހުއްޓިލައި އަމިއްލަ ސޫރައަށް ބަލާލި އެވެ. އެއަށްފަހު ބޮލުގައި އޮތް ވޫލްކޮޅު ނައްޓާލާފައި ބޮލުގައި ފުނާއަަޅަން ފެށިތަނާ މީހަކު ކޮޓަރީގެ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން އަވަހަށް ފުނާއަަޅާ ނިންމާލާފައި ރީތިވާ މޭޒުމަތީގައި އޮތް ނެކް އަޅާލަމުން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ލުބްނާ ފެނުމުން އަވަހަށް އެތެރެއަށް ވައްދާ، އެތެރެއިން ދޮރު ތަޅުލާފައި އައިސް ރީތިވާ މޭޒު ކައިރީގައި ހުރީ ކުޑަ ގޮނޑީގައި ލުބްނާ ބައިންދާލުމަށްފަހު މޭކަޕްގެ ކަންތައްތައް ކުރަން ފެށިއެވެ. ދާދިފަހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލުބްނާގެ މޭކަޕްގެ ކަންތައްތައް ނިންމާލުމަށްފަހު އިޝްރާ އޭނާގެ އަމިއްލަ މޭކަޕްގެ ކަންތައްވެސް ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލިއެވެ. އޭރު ލުބްނާވެސް ރީތިގޮތަކަށް އޭނާގެ އަޅިކުލައިގެ  ޝޯލް އަޅައި ނިންމާލުމަށްފަހު އިޝްރާގެ ޝޯލް އަޅުވައިދޭން ތައްޔާރު ވަނީއެވެ. ހަމަޖެހިލައިގެން ހުރެ، ލުބްނާ، އިޝްރާގެ ޝޯލް އަޅުވައިދީ ނިމުނުއިރު ގަޑިން 07:55 ވެފައި ހުރުމުން ދެކުދިންވެސް އަވަހަށް ނަމާދުކޮށްލައިގެން ސިޓިންރޫމަށް ނުކުތްއިރު އެއްވެސް މީހަކު ސިޓިންރޫމަކު ނެތެވެ. އެހެންކަމުން ދެވަނަ ބުރިއަށް ދެކުދިން މައްޗަށް އަރައިގެން ދިޔައީ ސްޓޫޑިއޯ އިންނަނީ ދެވަނަ ބުރީގައި ކަމަށް ވާތީއެވެ. ދެމީހުން ސްޓޫޑިއޯއިން ދެ ގިޓާ ހިފައިގެން އައިސް ތިރިއަށް ފޭބިއިރު އަލީޒާ ސޯފާގައި އިނެވެ. ލުބްނާއާއި އިޝްރާ ފެނިފައި އަލީޒާގެ ލޮލުގައި ވިދައިގަތީ އުފާވެރިކަމުގެ ކަރުނަ އެވެ.

“މާޝާﷲ! ރީތިކަމުގެ ދެވަނައެއް ނުވާފަދަ ފުރިހަމަ މިސާލެއް މިއީ! ދެކުދިންނަށް މީހެއްގެ އެސްފީނާއެއް ނުޖައްސަވާށި! އެކަމަކު މިތަނުން މަންމަގެ އިޝްރާއަކީ ކޮބާތަ؟” އިޝްރާއާއި ލުބްނާ ގަސްތުގައި ރާވައިގެން ދެމީހުންގެ މޭކަޕާއި ޝޯލް އެއްގޮތަކަށް ހަދާފައި ހުރުމުން އަލީޒާއަށް ހަމަ ހަގީގަތުގައިވެސް އެ ދެމީހުން ވަކިކުރަން ނޭނގުނީއެވެ.

“މިހިރީނު ކުރިމަތީގައި! މިރޭ ޓްވިންސަކީ ބާންއާއި ލޫބޫއެއް ނޫން. މިރޭ ޓްވިންސަކީ އިޝްއާއި ލުބޫ. މިރެއަކު އެއްވެސް މީހަކު ނުހުންނާނެ ބާންއާއި ލުބޫއަކީ ޓްވިންސެކޭއެއް. ހެހެ. އެވަރުކޮށްލާފައި މިރޭ ހުންނާނީ.” ހީލަމުން އަލީޒާގެ ސުވާލަށް އިޝްރާ ޖަވާބުދިނީ ލުބްނާއަށް އެއް ލޯ މަރާލަމުންނެވެ. އެމީހުން އެކަން ކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އެއްވެސް އިތުރު މީހަކަށް ނޭނގޭނެއެވެ. އެމީހުން އެގޮތަށް ތައްޔާެރުވާނެކަމެއްވެސް އިތުރު މީހަކަށް ނޭނގޭނެއެވެ.

” ތިހެން ހެދީމައި މިރޭ ދޮންތަގެ ގައިގައި ކަމަށް އައިސް ބައްދާލެވޭނީ އިޝްގެ ގައިގައި ކަންނޭނގޭ! އެހެންވެއްޖިއްޔާ އެއީ އިޝް އަމިއްލައަށް ބޯ ބޮނޑިއެއްކަން ހަނދާންކުރާތި އިނގޭ!” ފަހަތުން އައިސް އިޝްރާގެ ކަންފަތްބުޑުގައި ލިބާން އެހެން ބުނުމުން އިޝްރާ ލިބާންއާއި ދިމާލަށް ބަލާލާފައި އޭނާގެ ދެ ބުމަ ގޮށް ޖަހާލިއެވެ.

” ހުނ! އިޝްއެއް ނޫޅެން ބާންއާއި ޒުވާބުކުރާ ހިތަކުންނެއް! މަންމާ! ކޮބާތަ އައީއާއި ދޮންބެއާ؟ މިހާ ލަސްވީ އިރު ވެސް އަންނާކަށް ނޭނގުނެއްނު! ލުބޫ! އާދެބަލަ އެމީހުން ކޮބައިތޯ ބަލަން!”  ލުބްނާގެ އަތުގައި ހިފައިގެން އިޝްރާ މައްޗަށް އަރަން ހިނގައިގަތީ މިހާ ލަސްވީއިރުވެސް އައިހަމްއާއި އިޝިރް ތިރިއަށް ނުފައިބާތީ، އެމީހުންގެ ޚަބަރެއް ބަލައިލުމަށެވެ.

” ލުބޫ! ޖެހިގެން އެހެރީ ދޮންބެގެ ކޮޓަރި. ދޮންބެއަށް ގޮވާފައި ބުނޭ އިޝް ބުންޏޭ އެއް މިނިޓް ތެރޭގައި ރީތިވާ ވަރަކަށް ރީތިވެގެން ގިޓާ ހިފައިގެން ތިރިއަށް ފައިބާށޭ! އިޝް މިދަނީ އައީ ކޮޓަރިން ނެރެންް! އޭނާ އަދި ނުނިކުންނާނެ ފަސޭހަޔަކުނެއްވެސް!” ލުބްނާއަށް އިޝިރްގެ ކޮޓަރި ދައްކާލުމަށްފަހު އިޝްރާ ދުވެފައިގޮސް އައިހަމްގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ. ހިނިއައިސްފައި ހުރެ ލުބްނާވެސް އިޝިރްގެ ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. އެވަގުތު އިޝިރްގެ ދޮރު ހުޅުވާލުމުން އިޝްރާ ދިން މެސެޖު އިޝިރްއަށް ފޯރުކޮށްދިނުމަށް ފަހު ލުބްނާ ހިނގައިގަތީ ތިރިއަށް ދާށެވެ.

” ސާބަހޭ ދޮންކަލޯ! އެއޮއް ކުޑަ ވަގުތުކޮޅު ތެރޭގައިވެސް ނިދިގަނޑެއް އަޅާލީދޯ! ހަމަ މިހާރު އާދޭ!” އައިހަމް ދޮރުހުޅުވާލުމާއެކު އަިޝްރާ އައިހަމްގެ ކަންފަތުގައި ހިފާ ދަމަމުން ތިރިއަށް ގެންގޮސް އިޝިރްގެ ކުރިމަތީގައި ބަހައްޓާފައި އައިހަމްގެ ޓައީ ރަނގަޅަށް އަޅުވައިދިނުމަށް އިޝިރްގެ ކިބައިން އެދުނެވެ. އެހިނދު އިޝިރް އެކަން ކޮށްދިން ނަމަވެސް އިޝްރާ އަދިވެސް ހުރީ އައިހަމްގެ ކަންފަތުގައި ހިފައިގެނެވެ.

” މަންމާ! އިޝް ކައިރީގައި ބުނެބަލަ އައީގެ ކަންފަތުން ދޫކޮށްލާށޭ! ހާދަ ތަދުވެޔޭ އެބަ!” ކުޑަކުއްޖެއް ފަދައިން އަލީޒާގެ ކައިރީގައި އައިހަމް ޝަކުވާކޮށް ލިއެވެ. އެވަގުތު އައިހަމްއާއި ދިމާލަށް ބަލާލާފައި އިޝްރާ އޭނާގެ ކަންފަތުން ދޫކޮށްލި އެވެ.

” މަންމަ ކައިރީގައި ނުބުންޏަކަސް ދޫކޮށްލާފާނަމޭ! ކަންފަތުގައި މި ހިފީ އައީގެ ހުރި ތަތްކަމުން! މިތާ މިއޮތީ ތިބި އެންމެން ނިމުނުއިރު ވެސް އައީއަށް އާދެވޭކަމަކަށް ނުހެދިއެއްނު!” އިޝްރާގެ ވާހަކައާއި އެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. ނަމަވެސް ލިބާން ހިނިގަނޑު ކައިރިކޮށްލީ އައިހަމްގެ ބުރަކަށީގައި ޖަހާލަމުން “ދެން އަވަހަށް ހިނގާށޭ” ކިޔާފައި އެންމެން ގޮވައިގެން ނިކުތީ ސްކޫލަށް ދާށެވެ. ގިޓާތައްވެސް ގެންދަންޖެހޭތީ އެމީހުން ދިޔައީ އިޒާން ގެންގުޅޭ ކަޅުކުލައިގެ ޕްރައިވެޓް ކާރުގައެވެ. ލިބާންގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮތުމުން އެކަން ފަސޭހައިން ހަމަޖެހޭގޮތްވީއެވެ. ޑިކިއަށް ގިޓާތައް ލުމަށްފަހު ލިބާންއާއިއެކު އައިހަމް ކުރިއަށް އެރިއިރު އިޝްރާއާއިއެކު ލުބްނާއާއި އިޝިރް އެރީ ފަހަތު ސީޓަށެވެ. ނަސީބު ރަނގަޅުކަމުން އެ ވަގުތު މާ ގިނައިން އުޅަނދުތަކެއް މަގުމަތީގައި ނެތަތީވެ، މާ ލަސްތަކެއްނުވެ ސްކޫލާއި ހަމައަށް ވާސިލްވެވުނެވެ. އަވަހަށް ޑިކިއިން ގިޓާތައް ނަގައިގެން 5 މީހުން މިސްރާބު ޖެހީ ސްކޫލް ހޯލާއި ދިމާލަށެވެ. ޝޯގެ އެންމެހާ ކަންތައްތައް ތައްޔާރުކުރެވިފައިވަނީ އެތާނގައި ކަމަށް ވާތީއެވެ.

” ދޮންތާ! އިޝްމެން ގޮވައިގެން މިތާ މަޑުކޮށްލާ އިނގޭ! އިތުރު ތަނަކަށް ނުދައްޗޭ އިނގޭ! ބާން އެބައަންނަން އިނގޭ ވަރަށް އަވަހަށް!” ލުބްނާ ކައިރީގައި ބުނެލާފައި ލިބާން ދުއްވައިގަތީ ބެކްސްޓޭޖަށެވެ. އެތާނގައި މަޑުކޮށްލައިގެން ތިބި ދެމީހުން ފެނިފައި، ދުވެލާފައި ގޮސް ލިބާން ދެމިހުންގެ ގައިގައި އެއްފަހަރާ އޮޅުލައިގަތެވެ.

” ސާބަހޭ! އިސްކޮޅުން ދިގުވެފައި ހުއްޓަކަސް މިއީ ހަމަ އޭރުގައި ވެސް ފެނުނު ކުޑަކުޑަ ބާން ދޯ!” އެތަނުގައި ހުރި އަންހެން ކުއްޖާ، ލިބާންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން ލިބާން އެމީހުނާއި ދުރުކޮށްލާފައި ބުނެލިއެވެ.

” ތުއްތަ އަކަށް ނޭނގޭނެ ބާން ތުއްތަމެން މަތިން ހަނދާންވީ ވަރެއް! އައި މިސްޑް ޔޫ ބޯތް އަ ލޮޓް! އެހެންވެގެންނޭ އޭރު ޝޯއިން ޗާންސް ދީފައި އަންނަން ބުނީ! އަދި ދޮންތަމެންނަކަށްވެސް ނޭނގޭނެ ތުއްތަމެން އަންނަކަމެއް! އައި ޑިޑިންޓް ޓެލް ދެމް! އެމީހުންނަށް ސަޕްރައިޒެއް ދޭންވެގެން ނުބުނީ! އެހެންވީމައި ތުއްތަމެން ތިބެންޖެހޭނީ ބެކްސްޓޭޖުގެ މި ފަޅީގައި. އެއީ ދޮންތަމެންވެސް މިރޭ ޕާރފޯމްކުރާނެ. ދޮންތަމެން ތިބޭނީ އަނެއް ފަޅީގައި. ބާންވެސް ހުންނާނީ ދޮންތަމެނާއެކު. އޭރުން އެމީހުންނަށް ޝައްކެއް ނުވާނީ. އެކަމަކު ދޭތެރޭ ދޭތެރެއިން ބާން އަންނާނަން މިކޮޅަށް ވެސް. އައި ވޯންޓް ދެމް ޓު ސީ ޔޫ ބޯތް އޮންލީ އެޓް ދަ ޓައިމް އޮފް ޕާރފޯމިންގް. ދެން ފަހުން ޝޯ ނިމޭއިރު މީޓްކުރެވޭނެ. ސޯ ޕްލީޒް ކޭން ޔޫ ކޯޕަރޭޓް ވިތް މީ؟” ވަރަށް ލޯބިން ދެމީހުންގެ އަތުގައި ހިފާލަމުން ލިބާން ބުނެލިގޮތުން ދެމީހުންގެ ގާތަށްވެސް ހިނިއައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. AMAAN

    Story v rythi next part avahah up kohladhehchey

    1. Ishaaa
      AMAAN

      Vaahaka upkuran fonuvaifin

  2. AMAAN

    Me first dhw….

    1. Ishaaa
      AMAAN

      Yeah you first

  3. Santhi

    Wow nice I’m second… Avahah up kolladhehchey next part love it

  4. Cute Lips

    warah obi….kobaa emme fahun firihenun neynun thah v.. eyru vs ingey vaany evar kan

  5. Kitty

    Masha allah vvvvv reethi mi part ves… I loved it ish.. ❤️❤️❤️… Alhey when next part… Cant wait

    1. a.ishaa
      Kitty

      Hey

  6. Laalu

    Haadh lahey bt nice mi part vx ingey… Ishoo BTW kyp up the gud work??????????

Comments are closed.