Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ބުނެދޭށޭ ރުހެމޭ 7

Saraa Level 910 Stories100 Comments100 Login500 Comments500 Login
March 19, 2019 5 Mins Read
21 Comments

“ޔޫ… ކަލޭ…” ނައިނާއާއި ހައިޒަލް ހަޅޭލަވައިގަތީ އެކުއެކީގައެވެ. އެއަޑު ބާރުކަމުން މިކްޔާލްއާއި ޒިޔާންގެ ކަންފަތްމަތީ އަތްއަޅާލަން މަޖުބޫރިވިއެވެ.

“ވަޓް… ކަލެއޭ…” ހައިޒަލްގެ ބުމަގޮށްޖަހާލިއިރު އަނގަޔަށް ގޮތެއްހަދާލިއެވެ.

“ޔޫ ވެސް ބުނީ ކަލެއެކޭ ނޫންތަ؟ ޔޫ މީންސް ކަލޭ ހަމަ…” ނައިނާ ހިމޭންވެފައި ހުރެފައިވެސް ފެށުމުން ހައިޒަލްއަށް ޝޮކެއް ލިބުނެވެ. އޭނައަކީ ކާކުކަން އިނގުމަށްފަހު ނައިނާއަށް އެފަދަ ހިތްވަރެއްކޮށްލަން ކެރިދާނޭކަމަކަށް ހައިޒަލް ހިޔެއްނުކުރެއެވެ. މީގެ އިރުކޮޅެއް ކުރިން ނައިނާ ހިމޭންވެފައި ހުރިގޮތުން ހައިޒަލް ފެނިފައި، ކުރިން ކިޔާލެވުނު އެއްޗެހިން ލަދުގަނެފައި ހުރިހެން  ހިނދުކޮޅަކަށް ހީވިނަމަވެސް އެއީ  އޭނައަށް ކުރެވުނު ކުށްހީއެއްކަން ނައިނާ ޔަގީންކޮށްދީފިއެވެ.

“ވެއިޓް… ތި ދެމީހުންނަށް ކުރިން އެކަކު އަނެކަކު އިނގޭތަ؟” ނައިނާއާއި ހައިޒަލްގެ އަރާރުންވުން ފެނި ހައިރާންވެފައި އިން ޒިޔާން ސުވާލުކޮށްލިއެވެ. އޭރު މިކްޔާލް އިނީ ކުރިމަތިން ނިއުޅެމުންދާ ޑްރާމާ ފެނި ނުލަފާ ހިންޏެއް އައިސްފައެވެ.

“ނޯ…. ޔެސް…” ނައިނާ ވަގުތުން ދެކޮޅުހެދިއިރު ހައިޒަލް އެއްބަސްވީއެވެ. އެއާއިއެކު ނައިނާއަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ.

“ނޯ… ރިއަލީ… ޔޫ… ސެލްފޯން… ޖޮބެއް ހޯދަން އައުމުގެ ކުރިން ތަޅާލި މަގޭ ކާރަށް ކޮމްޕެންސޭޓް ކުރަންވީ ގޮތަކާއި މެދު ވިސްނަންވީނު…” ހައިޒަލް އިނީ އަދިވެސް ބުމަގޮށްޖަހައިލައިގެންނެވެ. ގޮނޑީގައި ލެގިލައިގެން ހަށަން ބަދެލައިގެން އިންއިރު އެ ރުޅިވެރި ނަޒަރު ސީދާވެފައިވީ ނައިނާގެ މޫނަށެވެ.

“ސަރ… ސަރގެ ސަބަބުން އަޅުގަނޑަށް ގެއްލުނު ޖޮބްގެ ބަދަލަށް ކޮމްޕެންސޭޓްކޮށްދިނުމާއިމެދު ވިސްނުން ކިހިނެތްވާނެތޯ؟” ނައިނާ އަދަބުވެރިކަމާއިއެކު ވާހަކަދެއްކީ ދަތްތަކަށް ބާރުކޮށްލައިގެން ހުރެއެވެ. މީގެ އިރުކޮޅެއްކުރިން މި ވަޒީފާއަށް އާދެވުނު މޮޔަ ހީވިނަމަވެސް ނައިނާ މިހާރު ހުރީ ފާޑެއްގެ ފޯރިއެއް އައިސްފައެވެ. ހައިޒަލް އިއްޔެ ކުރިކަންތަކަށް ނުބައި ބަދަލެއް ހިފާލާނެގޮތް މިހާރުވެސް ސިކުނޑީގައި ރޭވެންފަށައިފިއެވެ.

“ޕާރސަނަލް ވާހަކަތައް ބަހައްޓާފައި އިންޓަރވިއުއަށް ފޯކަސްކުރަންވީނު….” ޒިޔާން އަތުގައި އަޅާފައިވާ ގަނޑިއަަށް ނަޒަރެއް ދެމުން ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ.

“އޯކޭ… ސޯ އައިޝަތު ނައިނާ ނިހާން…” ހައިޒަލް މޫނުހަދައިލައިގެންއިންގޮތުން ނައިނާއާއި އިންޓަރވިއު ނުކުރާނެކަން ޔަގީންވާތީ މިކްޔާލް ފެށިއެވެ. “ނައިނާ…” ނައިނާ ހިނިތުންވެލިއެވެ.

އިންޓަރވިއު ކުރިއަށް ދިޔައިރު ނައިނާގެ މޫނުމަތިން ފެނުނީ ސާބިތުކަމެވެ. ކުރެވެމުންދިޔަ ސުވާލުތަކަށް ޖަވާބު ދެމުންދިޔައީ ވަރަށް ހަމަޖެހިލައިގެން ވަރަށް ޔަގީންކަމާއިއެކުގައެވެ. އިންޓަރވިއުގައި ނައިނާއާއި ގިނަ ސުވާލުތަށް ކުރީ ޒިޔާންއެވެ. އެ ހުރިހާ ސުވާލުތަކަށްވެސް ނައިނާގެ ފަރާތުން ޒިޔާން ހިތްހަމަޖެހޭފަދަ ޖަވާބުތަކެއް ލިބުނެވެ.

އިންޓަރވިއު ކުރިއަށް ދިޔަ ވަގުތު ހައިޒަލްގެ ތޫނު ނަޒަރު ހުއްޓިފައިވީ ނައިނާގެ މޫނަށެވެ. އެ ނަޒަރުން ނައިނާ ސްކޭންކުރަމުންދިޔަހެން ހީވިއެވެ. ހައިޒަލް ހީކުރިގޮތާއި ހިލާފަށް އެ ތޫނު ބެލުމުން ނައިނާގެ އަޒުމް ގުޑުވައެެއް ނުލެވުނެވެ. ކާމިޔާބުކަމާއިއެކު ނައިނާ އިންޓަރވިއު ނިންމާލައިފައި ހައިޒަލްއާއި ދިމާލަށް ކަޅިއަޅާލައިފައި ދިޔަ ގޮތް ފެނި ވަގުތުން ހައިޒަލްގެ ހަށިގަނޑު ސީދާވެގެންދިޔައިރު މިކްޔާލް ގަދަކަމުން ހިނިގަނޑު ހިފަހައްޓާލިއެވެ.

ދޮރު ލައްޕުނު އަޑާއިއެކު މިކްޔާލް ބާރުބާރަށް ހީނގަތްފައި ގޮނޑިއަށް ވެއްޓިގަތްއިރު ހައިޒަލްގެ ނުރުހުމުގެ ނަޒަރު އޭނައާއި އަމާޒުވިއެވެ. ޒިޔާން ގާތަށްވެސް ހިނިއައިރު އަވަހަށް ނުވާކަމަށް ހަދަމުން ފައިލްބަލާކަމަށް ހެދުނީ ހައިޒަލް ހިތްހަމަނުޖެހިދާނެއަތީއެވެ.

“ހެހެ… ދެޓް ގަޓްސް އޮފް ހާރ… ހައި ކުޑަ ކޮށްލިގޮތެއް ދޯ… ދުވަހަކު ހައިއާއި ޗެލެންޖްކޮށްލަން ކެރުނު ކުއްޖެއް މި ނޫނީ ނެތް… ޒިޔާ ކޮންމެހެންވެސް ނައިނާ ނަގަންވާނެ… އޭރުން މިދެމީހުން އޮފީހުގައި ހިންގާލާނޭ ކަންތައް ހިތަށް އަރާފައިވެސް ފޯރި އަރައިފި…” ހައިޒަލްގެ ނަޒަރުން މިކްޔާލްއަށް މައިތިިިރިވާން އެންގިނަމަވެސް މިކްޔާލް އިނގޭކަމަށް ހަދާނުލާ އޮވެ ހައިޒަލްއާއި ދިމާކުރިއެވެ.

“ނައިނާމެދު ވަރަށް ހިތްހަމަޖެހޭ… ބޮޑީގާރޑްއަކަށްވާއިރު ނައިނާއަށް މާޝަލް އާރޓްސް އިނގުމަކީ ޕްލަސް ޕޮއިންޓެއް… ނައިނާއާއި އަދިވެސް އެބަހުރި ވަރަށް ހިތްހަމަޖެހޭ ކުއްޖެއް… އިތުރު ރައުންޑަކަށް ނުގޮސް ދެކުދިން ނެގޭނެހެން ހީވަނީ…” ޒިޔާން ފައިލްއަށް ބަލަން އިނދެ ވާހަކަދެއްކިއެވެ. އިރުކޮޅެއް ފަހުން ޒިޔާން ފައިލްތަށް ހިފައިގެން އިންޓަރވިއު ރޫމްއިން ނިކުމެގެންދިޔުމުން ހައިޒަލްއާއި މިކްޔާލް އެކަނިވިއެވެ. އޭރު މިކްޔާލް އަޑު ނީއްވާ ހެމުންދިޔަގޮތުން ހައިޒަލް އިނީ ރުޅިގަދަވާގޮތްވެފައެވެ.

“މިކް… އިޓްސް އިނަފް…” ހައިޒަލް ނުރުހިފައި ބުނެލުމަށްފަހު ގޮނޑިން ތެދުވެ ހިނގައިގަތުމާއިއެކު މިކްުޔާލްވެސް ގޮނޑިން ފުންމައިލައިގެން ދުވެފައި ކަހަލަގޮތަކަށް އައިސް ހައިޒަލްގެ ކޮނޑަށް އަތްވައްޓާލިއެވެ. ހައިޒަލްގެ ސީރިޔަސް ނަޒަރު އެ މޫނާއި ސީދާވީގޮތުން މިކްޔާލް މޫނުމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއިރު ހައިޒަލް މިކްޔާލްގެ ބުރަކަށީގައި އަތުން ބޮޑިއެއް އެޅިއެެވެ. އެވަގުތު ހައިޒަލްގެ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލީ ނައިނާ މަތިން ހަނދާންވެފައިހެން ހީވެއެވެ. އެ އަންހެން ކުއްޖާގެ ގޮތްދޫނުކުރުމުގެ މިޒާޖާއިއެކު ބަދަލު ހިފާލާނެގޮތް ސިކުނޑީގައި ރާވާލެވުނުއިރު ހައިޒަލްގެ ތުންފަތްމަތީވީ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އޭނަ ނައިނާގެ މިޒާޖު އޭނަގެ ގޮތްދޫނުކުރުމުގެ މައްޗަށް ގަދަވިޔަ ނުދޭނެއެވެެ. ނައިނާގެ އޭނާގެ ކުރިމަތީ ދައްކާލި ކެރުންތެރިކަމުގެ ބަދަލު އޭނާ ހޯދާނެއެވެ.

**************************

ދަންވަމުންދިޔައިރު ފަރުބަދަފަޅިތަކެއްވަރުގެ ކަޅު ވިލާތަކުން އުޑުމަތި ބައްދާލިގޮތަށް ހިނދެއް ހިނދަކަށް ވާރޭ ބޯކުރަމުންދިޔައެވެ. ވާރެޔާ ތެމެމުންދިޔަ ގަސްތަށްވެސް އަންނަ ބާރު ކޮޅިގަނޑުގައި ދެފަރާތަށް ހެލިގަންނަނީ ވަޔާއިއެކު އަންނަ ވާރޭގެ ރަހުމުކުޑަ ހަމަލާތަކަށް ކެތްނުކުރެވިގެންނެވެ. ދޭތެރެއަކުން ބަރުވެފައިވާ ގޮފިތަށް އެކަތި އަނެކައްޗާއި ޖެހިގަންނަ އަޑުން މާހައުލުގެ ހިމޭންކަން ނަގާލުމުގައި ކާމިޔާބުކުރެއެވެ. ވާރޭގެ ބޮޑެތި ތިކިތައް ފުރާޅުތަކަށް ހަމަލާދެމުންދިޔައިރު އެއަޑުއިވިލަނީ ބަރު ގޮތަކަށެވެ.

ދަންވަރުގެ އެ ގަނޑީގައި ކޮޓަރި ތެރެއަށް ވެރިވެފައިވާ ކަށިތައް ތޮރުފާލާފަދަ ފިނިކަމެވެ. އޭސީގެ ފިނިކަމާއިއެކު ވެހެމުންދިޔަ ވާރޭ އެކުވެގެން ކޮޓަރީގެ ފިނިކަން ދެގުނަކޮށްލާފައިވެއެވެ. ކޮޓަރިތެރެ ހުޅުދާންކޮށްލައިފައިވާ ފަނޑު ރީތި އަލިކަމުގައި އެ ފުރިހަމަ ކޮޓަރީގެ ކޮންމެ ދިމާލެއްވެސް ފެންނަނީ ކުރުހާލެވިފައިވާ ތަސްވީރެއްހާ ފުރިހަމަކޮށެވެ.

މަޑު ބާލިސްތަކާއި ކުޝަންތަށް އަތުރާލެވިފައިވާ އަރާމު ދާނެއްގައި ހައިޒަލް ނިދާފައި އޮތްއިރު މިފިނީގައިވެސް އެ ތަނަވަސް ނިއްކުރިމަތިން ދާތިކިތައް ފާއްދާލައިފައިވެއެވެ. އެ ދޮންމޫނު ދަލުން ފެންވެރެމުންދިޔައިރު ނިދީގައި އޮވެ ދެފަރާތަށް ބޯހޫރަމުންދިޔައީ ކޮންމެވެސް ކަހަލަ ވޭނެއް ތަހައްމަލްކުރަމުންދާފަދަ ގޮތަކަށެވެ. މަރާލެވިފައިވާ ދެލޯ ހަރަކާތްކުރަމުންދިޔައީ ފެންނަމުންދިޔަ ބިރުވެރި ހުވަފެނުން ހޭލަން ބޭނުންވެފައިވާ ކަހަލަގޮތަކަށެވެ. ހަށިގަނޑަށް އަންނަމުންދިޔަ ލޮޅުންތަކާއިއެކު ކިލްޓްއާއިއެކުއާއިއެކު މުށްކަވާލެވިފައިވާ ދެެއަތަށް އިތުރަށް ބާރުވަމުން އައެވެ. އެއާއިއެކު މަރާލެވިފައިވާ  އެސްފިޔަތަށް ފޫދުއްވާލައިފައި ފޭބިކަރުނަތައް ކޯތާފަތްމަތީ ފިރުކެންފެށިއެވެ.

“ނޫން… ނޫން….” ހައިޒަލް ކުއްލިއަކަށް ފުންމައިގެން ތެދުވިއިރު އޭނައަށް އޮވެވުނު ތަން ދެނެގަންނަންވެސް އުނދަގޫވިއެވެ. ހާސްކަމާއިއެކު ދެފަރާތަށް ނަޒަރު ހިންގަން ފެށުނީ އަދިވެސް ހުވަފެނުގެ ތެރޭގައި އުޅެވޭހެން ހީވާންފެށުމުންނެވެ. އެނދުގެ ވަށައިގެން ހެއްލެމުންދިޔަ ސަދުވާގެ ތެރެއިން ފަޑު އަލިކަަމަށް ގެނބިފައިވާ ކޮޓަރިތެރެ ފެނުމުން ހިތަށް ހަމަޖެހުމެއްލިބުނުއިރު މޭގައި ފިރުމާލެވުނެވެ. އޭރުވެސް މޭގެ ތެރޭ ބާރުބާރަށް ހިތް ތެޅެމުންދިޔައީ އެހުވެފެނުން ހިތަށް ލިބިފައިވާ ސިހުމުގެ ބޮޑުކަމުންނެވެ. އަތްފޯރުވާލައިފައި ސައިޑް ޓޭބަލްމަތީ ހުރި ފެންފުޅި ނަގައި ކަރު ތެރެ ތެއްމާލަމުން އަމިއްލަ ނަފްސް ހަމަޔަށް އެޅުވޭތޯ ހައިޒަލް މަސައްކަތްކުރިއެވެ.

އިރުކޮޅަކު އެގޮތަށް ވޭތުވެގެން ދިޔުމަށްފަހު ހައިޒަލް އެނދުން ފައިބައިގެން ގޮސް ބެލްކަނި ދޮރު ކަހާލުމަށްފަހު ބެލްކަންޏަށް ނިކުމެލިއެވެ. އޭރު ބާރު ވަޔާއި ބުރުއްސަމުންއައި އެތަށް ހާސް ފެންްތިކިތަކުން ހައިޒަލް ތެމިފޯވާން ސިކުންތެއްވެސް ނުނެގިއެވެ. ވާރެއާއި މުޅިން ތެމި ފެންތިކިތަށް އެ ބައިމަތި ފުޅާ ހަށިގަނޑުގައި ވިދަން ފެށިއިރު ހައިޒަލް އެކަމަކަށް ސަމާލުކަމެއް ނުދިއެވެ. ރެއިލިންގައި ދެއަތުން ހިފަހައްޓަމުން ލޯމަރާލިއިރު ފިނި ފެންތިކިތަށް ރީތި މޫނުގައި ބޮސްދޭންފެށިއިރު އެތެރެހަށީގައި އުފެދެމުންދިޔަ ހޫނުކަމާއި ނުތަނަވަސްކަން ކުޑަކޮށެއްނުދިނެވެ. ލޯކުރިމަތިން ފްލޭޝްވަމުންދިޔަ ފުސް މަންޒަރުތަކާއިއެކުވެސް އެ ހުވަފެނާއިމެދު ވިސްނަން މަޖުބޫރުވިއެވެ. އަބަދާއި އަބަދު އެއް ހުވަފެެނެއް ފެނުމުގެ މާނައަކީ ކޮބައިހެއްޔެެވެ؟ އެ ހުވަފެނުން މަސައްކަތްކުރަނީ ކަމެއް އަންގައިދޭން ހެއްޔެވެ؟ ނޫނީ މާޒީގެ ހަނދާނެއް އާކޮށްދޭން ހެއްޔެވެ؟

*******************

އިރުގެ ރަންއަލިން ފަޒާ ރަންކުރަމުންދިޔައިރު ފަތިހުގެ ދުން ފިނީގެ އަސަރު ހިނދެއް ހިނދަކަށް ފަނޑުވަމުންދިޔައެވެ. މެޔާއި ހަމައިން ތުވާލި އަނދެލައިގެން ނައިނާ ފާހަނައިން ނިކުުތްއިރު ފިނިވެގެންގޮސް ދަތްދޮޅިއަށްދާންދެން ރޫރޫ އަޅަމުންދިޔައެވެ. ތެތް އިސްތަށިގަނޑު ނިތުމައްޗަށް ފައިބައިފައިވާއިރު ފެންތިކިތައް އޮމާން މޫނުގައި ބޮސްދިނުމުގެ ޝަރަފު ލިބިގަންނަމުން ދިޔައިރު އިރުގެ ރަންއަލި ފަރުދާތަކުން ފުރޭނިގެން އައިސް އެ މޫނަށް ވެރިކޮށްލައިފައި ކުލަ އަޖައިބެއްހާ ނަލައެވެ.

ނައިނާ ގަނޑިއަށް ނަޒަރެއްދެމުން ތައްޔާރުވާންފެށިއެވެ. ހުދުކުލައިގެ ގަމިހަކާއި ކަޅުކުލައިގެ ބެލްސްގައި ދަށަށް ޖަހާލުމަށްފަހު މަތިން ކަޅު ސޫޓް ލުމުން ޝަހްސިއްޔަތު ވަރުގަދަވެފައި ހަރުދަނާކަމަށް ދެއްކިއެވެ. މޫނުން ހަރުވައްތަރު ޖަހާލިއިރު ލޯގަނޑު ކުރިމަތިން ފެނިލީ އެހެން އަންހެންކުއްޖެއްހެން ހީވިއެވެ. އެ ދިގު ބޯ އެސްފިޔަތަކުގައި މަސްކަރާ އަޅާލުމަށްފަހު ތުންފަތުގައި މަޑު ފިޔާތޮށި ކުލަ ފަވާލުމުން ވަކިން ރީތިކަމަށް ދެއްކިއެވެ. ފަން އިސްތަށިގަނޑު މައްޗަށް ކަހާލެވިފައިވާގޮތުން އެ ދޮން ވިދާ ކަނދުރާވެސް ހާމައަށެވެ.

ނައިނާ ހިތްހަމަޖެހޭވަރަށް ތައްޔާރުވެ ނިމުމުން ދިގު ވާގަނޑުލީ އަތްދަބަސް ކޮނޑުގައި އަޅުވާލައިގެން ކޮޓަރިން ނިކުތެވެ. އޭރު ސިޓިންރޫމާއި އިންވެގެންހުރި ކާބައިން ތަށިތަށް ތެޅޭއަޑު އިވެމުންދިޔައިރު ނައިނާގެ ފިޔަަވަޅުތަށް ބެހެއްޓީ ކާބަޔާއި ދިމާލަށެވެ. ހައިރާ ދޮރަށް ފުރަގަސްދީގެން މޭޒުމަތީ ތަށިތައް އަތުރަން ހުރިއިރު މުޅި ތަނުގައި ހިފަމުންދިޔަ ކާއެއްޗެހީގެ މީރުވަހުން ނައިނާއަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ.

“ދައްތާ…” ނައިނާ ގޮވާލުމާއިއެކު ހައިރާ ފަސްއެނބުރި ބަލާލިއިރު އެ މޫނުމަތީވީ އެންމެ ރީތި ހިނިތުންވުމެވެ. އެވަގުތު ނައިނާގެ ނަޒަރު މޭޒުމަތީ އަތުރާލެވިފައިވާ ކާއެއްޗެހި އަޅާފައިވާ ތަށިތަކަށް ހުއްޓުނުއިރު ދެފަރާތަކަށް ބޯހޫރާލިއެވެ.

“މިހާ ހެނދުނާއި ތެދުވެ ދައްތަ މިބުރަ ނުއުފުލިނަމަ….” ނައިނާ އާދައިގެ މަތިން އޭނަކުރާ ޝަކުވާ ފެށުމާއިއެކު ހައިރާ ނައިނާގެ ވާހަކަ މެދުކަނޑާލިއެވެ. “ނައިނާއަށް ކޮށްދޭ އެއްވެސްކަމަކީ ދައްތައަށް ބުރަކަމަކަށް ނުވާނޭ… އަބަދު ތިހެން ނުބުނެބަލަ… ދައްތަ ވަރަށް ލޯބިންނޭ ނައިނާއަށް ހުރިހާކަމެއްވެސް މިކޮށްދެނީ…” ހައިރާ ކުރިއަށް ފިޔަވަޅެއް އަޅާލުމަށްފަހު ނައިނާގެ މޫނުގައި އެއްއަތުން ހިފަހައްޓާލިއެވެ. ނައިނާގެ މޫނަށް ނަޒަރު ހުއްޓާލިއިރު އެ ލޮލުން ނައިނާގެ މައްޗަށް މައިވަންތަކަމުގެ ލޯބިފަދަ މަތިވެރި ލޯތްބެއް ފެނިލިއެވެ.

ހައިރާ ނައިނާމެންގެ އާއިލާއާއިއެކު އުޅެމުންއަންނަނީ ނައިނާ ހަނދާން ހުންނަން ފެށީއްސުރެއެވެ. އޭރުއްސުރެ ނައިނާގެ ހިތުގައި ހައިރާއަށް ބޮޑުދައިތައެއްގެ ދަރަޖަ ދެވިފައިވެއެވެ. އެންމެ ތުއްތުއިރުއްސުރެ ހައިރާ ނައިނާދެކެ ލޯބިވަމުން އައީ މަންމައަކު ފަދައިންނެވެ. އެ ލޯތްބާއި ގާތްކަމާއިއެކު ތުއްތުއިރު ނައިނާގެ ހިތުން ޖާގައެެއް ހޯދުމުގައި ހައިރާ ކާމިޔާބުކުރިއެވެ. ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނައިނާގެ މަންމައާއި ބައްޕަ ދުނިޔެދޫކުރިއިރު ހައިރާގެ ފަރާތުން ލިބުނު ގާތްކަން އެއީ އެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ސަބަބެވެ. ނައިނާގެ ހިތުން ހައިރާއަށް މަތިވެރި މަގާމެއް ދެވުމުގެ ސަބަބެވެ. އެދުވަހުގެެ ފަހުން މިއަދާއި ހަމަޔަށްވެސް ހައިރާ އައީ މައިންބަފައިން ނެތުމުގެ ފަޅުކަން ނައިނާއަށް އިހުސާސްވިޔަނުދީ އޭނައަށްވީވަރަކުން ފޫބައްދައިދެމުންނެވެ. ނައިނާގެ ކޮންމެ ހިތާމަައަކާއި އުފަލެއްގައި އެންމެ ފުރިހަމައަށް ހިއްސާވަމުންނެވެ. ހުރިހާ އެދުމެއް ވީވަރަކުން ހާސިލްކޮށްދެމުންނެވެ.

“ދައްތަ މިވަރުން ތައްޔާރުކުރީމަ ކޮންމެވެސް ވަރަކަށް ކާންވާނެ އިނގޭ… ފުރަތަމަ ދުވަހު ރަނގަޅަށް ނާސްތާކޮށްގެން ދާންވާނީ…” ހައިރާ މޭޒު ކައިރީ އިން ގޮނޑި ދުރުކޮށްލާ ނައިނާ ގޮނޑީގައި ބޭންދުމަށްފަހު ތަށިތައްވެސް ކައިރިކޮށްލަދިނެވެ. “ނައިނާ ލަންޗްބޮކްސްއެއް ބޭނުންވާނޭކަމަށް ދައްތަ ތައްޔާރުކޮށްދީފައި މިހިރީ އިނގޭ… ކުރީއްސުރެ ކެންޓީންތަކުން ކާން ދަރިފުޅު ބޭނުމެއްނުވެއެއްނު…” ހައިރާ ތައްޔާރުކޮށްފައި ހުރީ ލަންޗްބޮކްސް ދައްކާލުމާއިއެކު ނައިނާ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެން އިނދެ ބޮޑުވައި އިނގިލި ދައްކާލިއެވެ. އެއާއިއެކު ހައިރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“ކޮންތަނަކުންތަ ވަޒީފާ ހަމަޖެހުނީ… ދައްތައަށް އަހާވެސް ނުލެވުނޭ….” ހައިރާ ސުވާލުކޮށްލިއެވެ. “ބްލޫސް ކޮމްޕެނީއިން…” ނައިނާ އަނގަޔަށް ޕާން ފޮއްޗެއް ލައިގެން އަނގަހަލުވާނުލެވިފައި އިންއިރުވެސް އަވަސްގޮތަކަށް ޖަވާބުދިނެވެ. އޭރު ހައިރާ އައިސްއަލަމާރިން ބިއްލޫރި ފެންފުޅިއެއް ނަގައިގެން މޭޒާއި ދިމާލަށް އެނބުރިލަނީއެވެ. ނައިނާގެ ޖުމްލައާއިއެކު ހައިރާގެ ކަންފަތަށް ހޮނުގުގުރިއެއް އެޅިފަދައެވެ. މީހާ ސިިހިގެންދިޔަވަރުން އަތުން ފެންފުޅިދޫވެގެންދިޔައިރު ފުޅި ޓައިލްސްމަތީ ޖެހުނުގޮތަށް ތަޅައިގެންދިޔަ އަޑު ހިމޭންވެފައިވާ މާހައުލުގައި އެއްއަޑަކަށް ގުގުމާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ސިއްކަ

Next

ބީރަށްޓެހި ލޯބި 6

Next
March 19, 2019

ބީރަށްޓެހި ލޯބި 6

Previews
March 19, 2019

ސިއްކަ

21 Comments!

  1. dhiraa wish says:
    March 19, 2019 at 6:19 am

    Good Morning dear readers??????here is a new part… this part will be long as i mentioned before?✨??? hope everyone will like this part tooo.??? feel free to comment after reading the story.? readers comment will help me to continue the story?thanks for the support?????????✨?will upload a next part soon..

  2. Usha says:
    March 19, 2019 at 6:34 am

    V v reethi..next part koh irak 🙂

    1. dhiraa wish says:
      March 21, 2019 at 6:20 am

      thnkx.??

  3. Malaa? says:
    March 19, 2019 at 6:34 am

    Good morning to you also.. I was waiting for this prt.. v.salhi.?????♥️♥️♥️♥️♥️

    1. dhiraa wish says:
      March 19, 2019 at 9:41 am

      hehehe thnks dear??✨

  4. Leena says:
    March 19, 2019 at 7:56 am

    OMG OMG ?????? varah reethi mi part ves????reethi kamun obi noave?????love it nd keep it up

    1. dhiraa wish says:
      March 19, 2019 at 9:42 am

      thnks dear??????

  5. Xaaan says:
    March 19, 2019 at 8:15 am

    Masha Allah mi partves vvvvvvvvvvv reethi waitin next part

    1. dhiraa wish says:
      March 19, 2019 at 9:48 am

      thnks. ??insha allah maadan upkohla deynan??

  6. Haa says:
    March 19, 2019 at 8:41 am

    Ma Sha Allah.. Vrh vrh reethi mi part vx.. Dhiraa wish ge liyumuga vrh reethi gotheh hurey..sifakoh dhinun thah vx vrh reethi.. Luv this story. .. Next prt vrh avahaa kiyaalan libeyne kamah ummeedh kuran???❤❤

    1. dhiraa wish says:
      March 19, 2019 at 9:50 am

      thnks dear..?? insha allah maadan upkohla deynan??✨?

  7. jiji says:
    March 19, 2019 at 1:23 pm

    This is really interesting stry??????..dhiraa ge mi stry kiyaa hithun kiyany????????❤❤❤..Gud job grl..Daily koh up kohdheyn masahkaiy kuraathy vrh ufaa vey..Ly sis

    1. dhiraa wish says:
      March 21, 2019 at 6:23 am

      thnks…??? i dnt think daily koh upkohla deveyne ey. becaus duvahuge shedule inna gothun….?✨??

  8. azker says:
    March 19, 2019 at 2:56 pm

    cant wait to read nxt part….luv ur story

    1. dhiraa wish says:
      March 19, 2019 at 4:54 pm

      heheheh thnks..?? be patient?? it won’t take much time???i will upload next part 2mwrw insha allah??✨?

  9. Laalu says:
    March 20, 2019 at 8:04 am

    V loabi dhiraa mi part vx…. Luv ya ??????????????

    1. dhiraa wish says:
      March 20, 2019 at 11:59 am

      thnks ???

  10. Just curious says:
    March 20, 2019 at 8:53 pm

    This issss aweeessomeee??? Loooking forward to the next episode..❤️❤️
    Anywayyy.. Why is your name dhiraa wish? ?

    1. dhiraa wish says:
      March 21, 2019 at 6:19 am

      thnks… ???

  11. ? says:
    April 15, 2019 at 6:29 pm

    ?

  12. IsHa says:
    August 29, 2019 at 10:05 am

    salhi

Comments are closed.

Next Episodeބުނެދޭށެ ރުހެމޭ 8←


All Right Reserved!