Skip to content
އެސްފިޔަ

ލޯބިވަން 3

އަވްޔަން ނީރާގެ އެންމެ ބަހަކަށް ވެސް ދޫނުރެއެވެ.ނީރާ ބުނާ ކޮންމެ ބަހަކަށް ރައްދުދެނީ ނީރާ އިތުރަށް ރުޅި އަންނަ ގޮތަކަށެވެ.
“އަހަންނަށް މިއަދު އެންމެ މަޖާވީ ނީ ހަވީރު ވެއްޓުނުއިރު…އޭނަ މުޅި ގަމީސް ހަލާކުކޮށްފަ ވެސް ސޮރީއޭ ވެސް ނުބުންޏޭ”އަވްޔަން އެހެން ބުނެލީ ލާނެތްގެތަކަށެވެ.
“އަހަރެން ކީއްކުރަން ސޮރީއޭ ބުނަންވީ އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫނޭ ހުރިހާ ކަމެއް ވެސް ޖެހުނީ ތި އަވްޔަންއަކާ ހެދިއޭ”ނީރާ ބުނެލިއެވެ.
“ޢާ އަހަރެން ހާދަ ބަނޑުހާ ވެއްޖެއޭ ނީ ކައިފިންތަ މިރޭ”އަވްޔަން އެހެން ބުނުމުން ނީރާ ނޫނެކޭ ބުނެލީ ދެފަރާތަށް ބޯހަލުވާލުމުންނެވެ.”ހިނގާ ކައްކަން”އެހެން ބުނެ އަވްޔަން އާއި ނީރާ ބަނދިގެއަށް ދިޔައިރު އެއީ މީގެ އިރުކުޅެއް ކުރިން އެހަހު އަނެކަކާ އަރާރުންވި ދެމީހުންނެކޭ ނުބުނާނެއެވެ.
އެހުރިހާ ވަގުތު އެއްޗެކޭ ނުބުނެ ސޯފާގައި ތިބި އަވްނީ އާއި ނާއިޝް ނީރާމެން ދިއުމުން އެކަނިވިއެވެ.އަބަދުވެސް އެދެމީހުން އެކަނިވެއްޖެ ނަމަ އޮންނަ ހިމޭންކަން މިރޭ ވެސް އެދެމެދުގަވިއެވެ.އެހިމޭން ކަމަކީ އެދެމީހުންގެ ހިތަށް ވެސް ނޭނގޭ އުފާވެރިކަމެއްގެނުވާ ކަމެކެވެ.
އެއުފާވެރި ވަގުތުން ދެމީހުން ވެސް ދުރުވާން ޖެހުނު ވަގުތަކީ ބަނދިގެ ފަރާތުން މާބާރަށް ެިވުނު އަޑަށެވެ.
އެދެމީހުންނަށް އެހިސާބަށް ނުދެވެނީސް އެމީހުންނަށް ފެނުނީ ބާރުބާރަށް ނިކުނެގެން އައި ނީރާއެވެ.
“ނީ ކޮން އަޑެއްތަ އެއީ”އަވްނީ އަވަސް އަވަހަށް އަހާލިއެވެ.”އެއީ ޔަންގެ އަތުން ތައްޓެއްވެއްޓި ތަޅައިގެން ދިޔަ އަޑު”ނީރާ ބުނެލީ އެއްވެސް އަސަރެއްނެތިއެވެ.
“އެނީ ވޭ އަވީ އަހަރެން ކުރަން އުޅުނު ކަމެއް ނުވާނެ ޔަން ހުއްޓަކާއެއް އެހެން ވީމާ ދެން ދަނީ ގެއަށް….ހިނގާ ދޮންބޭ ދާން މާދަން އޮފީހަށް ވެސް ދާން ޖެހެއެއްނޫން”ނީރާ އެހެން ބުނެ ދާން ހިނގައިގަތުމުން ނާއިޝް ވެސް އަވްނީއަށް ހިނިތުންވުމެއް ދީފައި ހިނގައިގަތެވެ.
******
އޭގެ އަނެއް ދުވަހެވެ.އޮފީހުގައި ނީރާ އުޅެމުުން ދިޔައީ އެހެން ދުވަސް ތަކެކޭ އެއްގޮތަށް ވަރަށް ބުރަކޮށެވެ.ބްރޭކް ގަޑި ގެހުމާއެކު ނީރާ އަވަސް އަވަހަށް ނުކުތީ ބޭރަށެވެ.އޭނަ ތަނަކަށް ދާން ޖެހޭތީއެވެ.
ނާއިޝްއަށް ގުޅުމުން ނާއިޝް ބީޒީ ކަމަށް ބުނުމުން ނީރާ އަވްޔަންއަށް ގުޅީ އެހެން ގޮތެއް ނެތްކަން ޔަގީންވުމުންނެވެ.
އަވްޔަން އަންނަނީ ކަމުގައި ބުނުމުން ނީރާ އޮފީހުގެ ބޭރުގައި މަޑުކޮށްލިއެވެ.
އެވަގުތު އެތަނަށް ޕުރައިވެޓް ކާރެއް މަޑުކުރުމުން ނީރާ އެދިމާއަށް ބަލާލިއެވެ.ކާރުން ފޭބި ޒުވާނާ ފެނުމުން ނީރާ ދުރުބަލާލިއެވެ.
ކާރުން ފޭބި ޒީވާންއަށް ނީރާ ފެނުނު ވަގުތު ދެބުމަގާތް ކޮށްލީ ޒީވާންގެ ދުޝްމިނެއް ފެނުމުން ދެބުމަ ގާތް ކޮށްލާގޮތަށެވެ.
ޒީކްއަށް ނީރާފެނުމުން ނީރާ ގާތަށް ދިޔައެވެ.”ކީއްކުރަނީ މިތާ”ޒީކް އަހާލިއެވެ.”މީ ޔަން އަންނަށް ދެން”ނީރާ ބުނެލިއެވެ.
ޢެވަގުތު ނީރާގެ ފޯނަށް މެސެޖެއް އައި އަޑަށް ނީރާ ބަލާލިއެވެ.އަވަޔަންގެ މެސެޖެކެވެ.ކުއްލިއަކަށް ކަމެއް ދިމާވެގެން ނާދެވޭނެ ކަމުގައި އަވްޔަން ބުނެފައި އޮތެވެ.
ނީރާ ކެންޓީނަށް ދިޔައިރު ޒީކް އާއި ޒީވާން ވާނީ އޮފީހަށެވެ.ބޮރޭކް ގަޑި ނިމެން ކައިރި ވާތީ ނީރާ ގޮސް އެލެވޭޓާގެ ފިތަށް އޮބާލިއެވެ.އިރުކޮޅަކުން އެލަވޭޓާހުޅުވުނުއިރު ޒީވާން ވެސް އެތެރޭގައި ހުއްޓެވެ.ނީރާވަދެ އޭނަ ދާން ބޭނުންވާ ފްލޯއަށް ފިއްތާލިއެވެ.
ނީރާ ފަލަތު ކަނެއްގައި މަޑުކޮށްގެން ހުރީ އަވަހަށް އެލަވޭޓާ ހިޅުވޭތޯ ދުއާ ކޮށެވެ.
ކުއްލިއަކަށް އެލަވޭޓާ ހުއްޓި ކަރަންޓު ދިޔައެވެ.އެވަގުތު ޒީވާންއަށް ކަންފަތުގައި އަތް އަޅަން މަޖުބޫރުކުރުވީ ނީރާގެ ތޫލި ހަޅޭކުގެ އަޑެވެ.
އަޭގެ ދެވަނަ ސިކުންތުގައި ނީރާ ޒީވާންދެ ހަށިގަނޑުގަައި ފަހަތުން ބައްދައިގަތީ ވަރަށް ބާރަށެވެ.އެރު ވެސް ނީރާގެ ހަޅޭއްކަކަށް ބަދަލެއްނާދެއެވެ.
“ނީރާ ނީރާ ހިމަޖެހިބަލަ އެއްވެސް ކަމެއް ނުވާނެއޭ އަހަރެން ނިހުރީނޫން”ޒީވާން ނީރާ އޭނަގެ ކުރިމައްޗަށް ގެންނަމުން ބުނެލިއެވެ.ނަމަވެސް ނީރާގެ ހަޅޭކަށް ބަދަލެއްނައެވެ.
އިތުރަށް ޒީވާންގެ ހިށިގަނޑުގައި ނީރާ ބައްދައިގަތެވެ.ޒީވާން އޭނަގެ ފޯނު ނަގާ ދިއްލާލުމުން ނީރާއަށް ޒީވާންއަށް ބަލާލެވުނެވެ.ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ޒީވާންއަށް ނީރާގެ ރީތިކަން ފުރަތަމަ ފަހަރަށް ފާހަގަކުރެވުނެވެ.
ޒީވާން މަޑުމަޑުން ނީރާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ.ޒީވާންގެ އިނގިލިތަށް ނީރާގެ މޫނުގައި ބީހުނު ވަގުތު ނީރާ ކަރަންޓު ގެހުނު މީހެއްހެން ދުރުވާން އުޅުނެވެ.
ނަމަވެސް ޒީވާން ނީރާއަށް އެ ފުރުސަތު ނުދިނެވެ.އެވަގުތަކީ ކަރަންޓު އައިވެސް ވަގުތެވެ.ނީރާ ތިރިވެ ޒީވާންގެ އަތުގައި ދަތް އަޅައުގަތުމުން ޒީވާން ނީރާއާ ދުރުވެލީ ކަރަންޓު ޖެހުނު މީހެއް ހެނެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. jiji

    Me first dhw..Vv rythi mi part vec…bt kudhi kudhi mistakes ebahuri….Hope yuh willl correct those next time…Luw yuh

    1. Ishh
      jiji

      Congrats jiji
      I will try my best to correct it
      TC luv u

  2. Mãee

    Storyy varahh salhi..kudhi kudhi typing mistake ebahuri..e ragalhu kolleemaa story hama habbbu vaane

  3. Ishh

    Thanks
    Will try my best

  4. CHAYA

    WHEN IS THE NEXT PART?

    1. Ishh
      CHAYA

      Tomorrow insha Allah

Comments are closed.