އޮރެންޖުކުލައިގެ ދޯދިތަކުން އިރު ދުނިޔެ މައްޗަށް މަރުހަބާކި ވަގުތު އެ ރީތި މަންޒަރަށް ގެއްލިފައި ޒީކްއަށް ހުރެވުނެވެ.ދެއަތުން ރެއިލިންގގައި ހިފަހައްޓައިގެން ހުރިއިރު ފަހަތަށް ދޫކޮށްފައި އޮތް ފަން ދިގު މުށި އިސްތަށިގަނޑު ޖެހެމުން ދިޔަ މަޑުވަޔާ އެކު ވިހުރެމުން ދިޔައެވެ.
“ގުޑް މޯރނިންގ ޒީކް”ބެލްކަންޏަށް ނުކުތް ޒީވާންއަށް ޒީކް ފެނުމުން ބުނެލިއެވެ.”ގުޑް މޯރނިންގ”ޒީކް ޖަވާބުގައި ބުނެލިއެވެ.”ޑިޑް ޔޫ ސްލީޕް ވެލް”ޒީވާން އަހާލުމުން ޒީކް ބޯހަހާލިއެވެ.ޒީވާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.ޒީކް ރާއްޖެ ދެކެ ފޫހިވަނީ ކީއްވެ ބާއޭ ޒީވާންގެ ހިތަށްއެރިއެވެ.
“ދޮންބޭ މިއަދު ހަވީރު ކީއްކުރަނީ”ޒީވާންއާވީ ފަރާތަށް އެބުރެމުން ޒީކް ވަރަށް މައުސޫމް ގޮތަކަށް އަހާލިއެވެ.ޒީކް މޫނަށް ޖެއްސިވައްތަރު ފެނި ޒީވާންއަށް ހީލެވުނެވެ.ހަވީރަށް ތައްޔާރުވާނެކަމަށް ބުނެ ޒީވާން ދިޔައެވެ.
******
ސޯފާއަށް ދެފައި އަރުވައިގެން ޓީވީއިން ދައްކަމުން ދިޔަ ފިލްމެއް ބަލަން އިން ނީރާގެ ކަޅުކަންގަދަ ބޯޑު ދެލޯ އިތުރަށް ބޮޑުކޮށްގެންއިނެވެ.ކުއްލިއަކަށް ނީރާއަށް ހަލޭލަވައިގަނެވުނީ މީހަކު އޭނަގެ ކަންފަތް ކައިރީ ހަޅޭއްލަވައިގަތުމުންނެވެ.ހަމަޔަކަށް އެޅެމުން ނީރާ ބަލައިލިއިރު އަވްޔަން ހޭންހުއްޓެވެ.
“ޔަން””ކިހިނެތްވީ”ނީރާގެ ހަޅޭކުގެ އަޑަށް އައި ފަހީމާއަށް އަހާލެވުނެވެ.ވީގޮތް ފަހީމާއަށް ނަގައިގަނެވުނީ އަވްޔަން އާއި ނީރާ ތިބި ގޮތް ފެނިފައެވެ.”އަނެއްކާ ވެސް އަވްޔަން ނީރާއަށް ކަނެއްކުރީދޯ”ފަހީމާ ތެފަރާތަށް ބޯ ހަރަކާތް ކުރަމުން އަހާލިއެވެ.”ނޫން ދައްތާ އަހަރެން އެއްވެސް ކަމެއް ނުކުރަން ނީ މާ ބިރުވެރި ފިލްމެއް ބަލާފަ މާ ބާރަށް ހަޅޭއްލަވައިގަތީ އަހަރެން ހަމަ ވަން ވަގުތު”އަވްޔަން އެހެން ބުނުމުން ނީރާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
އައި ރުޅީގައި ނީރާ އަވަޔަންއޭ ކިޔާ އަވްޔަން އާއި ދިމާއަށް ދުއްވައިގަތުމުން އަވްޔަން ދުވެފަ ގޮސް ވަނީ ނާއިޝްގެ ކޮޓަރިއަށެވެ.
“އާ ނީރާ”ދެފަރާތަށް ބޯ ހަރަކާތް ކުރަމުން ކޮޓަރި ތެރެ ބަލާލި އަވްޔަންއަށް ދެލޯ ބޮޑުކުރެވެވުނީ އޭނައަށް ވަދެވެވުނީ ނީރާގެ ކޮޓަރިއަށް ކަން އެގުމުންނެވެ.އޭރު ނީރާ ބޭރުގަ ހުރެ ކޮޓަރީގަ ޓަކިދެމުން ދިޔައެވެ.”ޔަން ހުޅުވަންވީ މިދޮރު ކީއްކުރަން އަހަރެންގެ ކޮޓަރިއަށް ވަދެގެން ތިއުޅެނީ ހުޅުވާށޭ މިދޮރު”ނީރާ ޓަކި ދިނުން ހުއްޓާލީ އޭނަގެ އަތުގައި ރިއްސަން ފެށުމުންނެވެ.
“ދޮރު ހުޅުވާނީ އަހަރެންގައިގަ ނުޖަހާ މަތިން””ޖަހާނަން”ނީރާ ވަގުތުން ބުނެލިއެވެ.އަވްޔަން އެހެން ގޮތެއް ނެތުމުން ދޮރު ހުޅުވާލިއެވެ.އަވްޔަން ނުކުތުމާ އެކު ނީރާ އަވްޔަން ގައިގަ ތަޅައި ގަތެވެ.”ނީ ހިނގާ މިއަދު ހަވީރު ތަނަކަށް ދާން”އަވްޔަން އެހެން ބުނުމުން ނީރާ އަސްލުހޭ އަހާ ދުރުވެލިއެވެ.”އާ ދެމީހުން އެކަނި ދޯ ދާނީ””ނޯ އަވީ ގޮވައި ދާނީ”
******
ހަވީރުގެ ވަގުތެވެ.ޒީކް ރަސްފަންނަށް ދާން ބޭނުންވުމުން ޒީވާން ޒީކް ގޮވައިގެން ރަސްފަންނަށް ދިޔައެވެ.އެވަގުތު އެތަނުގައި މީހުން ގިނަކަމުން އެދެ މީހުން ވެސް ހައިރާންވިއެވެ.
ކުއްލިއްކަށް ޒީވާންއަށް ފަހަތަށް ބަލައިލެވުނީ ފެންތަކަކުން އޭނަ ތެމުނުހެން ހީވުމުންނެވެ.ޒީވާންއަށް ފެންފުޅިއެއްގައި ހިފަހައްޓައިގެން އަނގަމަތީ އަތް އަޅައިގެނަ ހުރި ކުއްޖާ ފެނުނެވެ.ޒީވާން އެއްޗެކޭ ބުނަން ހުވުވާލި އަނގަ ލައްޕާލެވުނީ އެކުއްޖާ އެއްވެސް އެއްޗެކޭ ނުބުނެ ދުއްވައިގަތުމުންނެވެ.
“ދޮންބޭ އާރ ޔޫ އޯކޭ..ވެޓް އެއްޗެހީގަ ނުހުރެވޭބެބޫން ހިނގާގެއަށް ދާން”ޒީކް އެހެން ބުނުމުން ޒީވާން ދާން ހިނގައިގަތެވެ.
“ޒީވާން”އެވަގުތު އެހިސާބަށް އެރި ނާއިޝްއަށް ޒީވާން ފެނުމުން ގޮވާލެވުނެވެ.”ނާއިޝް ކީއްކުރިނީމިތާ”ޒީވާން ނާއިޝް ގައިގަ ބައްދާލަމުން އަހާލިއެވެ.”އަހަރެންއެއްނު ތި ސުވާލު ކުރަންވީ ރޭ ބުނީ މާލެ އައިސްފީމޭ އެއަށްފަހު ވީ ގޮތެށް ނޭނގުނު”ނާއިޝް ބުނެލިއެވެ.”ގުޅަންށޭ އުޅުނީ އެކަމް ރުފިޔާއެއްނެތޭ ފޯނުގަ މިރޭ އަންނަށް ވީނު އަހަރުންގެއަށް ބައިދަ ވޭ މީ އަހަރެންފެ ސިސް ޒީކް”ޒީވާން ބުނެލިއެވެ.”އާ ދޮންބޭ މީ ފުރަތަމަ ފަހަރެއް ނޫނެއް މޫން އަހަރެން ނާއިޝް އާއި ބައްދަލުވާ އެނީ ވޭ ނައިސް ޓް މީޓް ޔޫ”ޒީކް ސަލާމަށް އަތްދިއްކުރުމުން ނާއިޝް ޒީކް އާއި ސަލާން ކުރިއެވެ.
“ނާއިޝް ހެލްޕް އެ މޮޔަ ނީރާ އިތުރަށް މޮޔަވެގެން އެބައުޅޭ”އަވްޔަން އެހެން ބުނެ ނާއިޝްގެ ފުރަގަހަށް ވަނެވެ.
“އާ”ނީރާގެ ހަޅޭކުގެ އަޑަށް ޒީވާންއަށް ވެސް އެފަރާތަށް ބަލާލެވުނެވެ.އެވަގުތަކީ ނީރާއަރި އަޅާލާފައި ވެއްޓެންއައި ވަގުތެވެ.ނީރާ ޒީވާންގެ މައްޗަށް ވެއްޓުނުއިރު ނީރާގެ އަތުގައި އޮތް އައިސްކޯން ޒީވާން ލައިގެން ހުރި ގަމީހުގައި އުގުޅުނެވެ.
އަވްޔަން އަޑުންއަޑުނަގާ ހޭންފެށި އިރު ޒީކްއަށް ވެސް ހީލެވުނެވެ.އަވްނީ ނީރާ ތެދުކުރަން އެހީވި އިރު ނާއިޝް ޒީވާން އަށް އެކީވިއެވެ.
“ޔޫ އަގައިން މިފަހަރު ވެސް އެއްޗެކޭ ނުބުނެ ދުއްވައިގަންނާނީތަ”ޒީވާންއަށް ނީރާގެ މޫނު ފެނުމުން ބުނެލިއެވެ.”ކުރީ ފަހަރުވެސް ގަޔަށް ފެންޖަހާފާ ދުއްވައިގަތީ”ޒީވާން ހުއްޓާލިއެވެ.
“އަހަރެން ކޮންމެހެން ނޫޅެމޭ ތިމީހާ ގަޔަކަށް ފެންޖަހާކަށް މިހުރިހާ ކަމެއް މިޖެހުނީ މި ޔަން އަކާ ހެދިއޭ”ނީރާ އެހެން ބުނެ އުޅުނީ އަވްޔަން ގައިގަ ޖަހާށެވެ ނަމަވެސް އެކަމަށް ހުރަސްއެޅީ ނާއިޝްއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



wow… varah salhi…:)
when next part
Dear mii kurin I mean 17 may ga genesdhin baeh noonthr??
Ekm kudakoh dhigukollaaha dhw miee??
First meeting dhw?? vara reethi mi part vas waiting for next part ???❤️
Congrats mal?
Mashallah vvv reethi feshun❤❤❤❤❤❤❤ ummeedhu kuran story nimendhen geness dheyne kamah ❤❤❤❤❤❤❤ when next part ❤❤❤❤❤❤curiously waiting ❤❤
Thanks leen
Next part will be upload soon
luv u
wow varah reethi
Thanks
Kudhi kudhi mistakes ebahuri typing ga.. bt stry is nice.. mistakes rangalhu kollyma vvv reethi vaane… Nxt prt kn irakun?? Waiting..
Thank u
Will try my best
Ishh grade kihaavareh
The cover photo is fill with Korean celebrities ?? gosh.. Now I love this story.. I’m not only counting on the cover also this story.. It’s so beautiful.. Well done!