” ނުދާނަން… އަހަރެން އެކަނިވެސް ގޮސްފާނަށް ގެއަށް… ” އަޝްރާ ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ނާއިލްއަށް ފަސްދީ ގެއަށް ދިއުމަށް ހިނގައިންތަނާ ނާއިލް އައިސް ކޮށްލި ކަމަކުން ލިބުނު ސިހުމުގައި އަޝްރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނާއިލް ލުއި ފަތެއްހެން އަޝްރާ އޭނަގެ އަތްދަނޑި މައްޗަށް އުފުލާލީއެވެ. ”ނާއިލް… ހަމަ މިހާރު އަހަރެން ބަހައްޓާ… މިބުނީނު ބަހައްޓާށޭ… މީހަކުވެސް އެބަހުއްޓޭ ބަލައިގެން… ނާއިލް ހަމަ މިހާރު އަހަރެން ތިރީގަ ބަހައްޓާށޭ… ” ރުޅިވެރިކަމާއި ހާސްކަން އެކުލެވިފައިވި އަޑަކުން އަޝްރާ އެހެން ބުނިއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ އެތަނާ މާދުރުނޫން ހިސާބެއްގައި ހުރި ގެއެއްގެ ދޮރު މަތީ ހުއްޓިލައިގެން ހުރި މީހާއަށެވެ. އެފިރިހެން މީހާގެ ނަޒަރު އެދެމީހުނަށް ސީދާވެފައިވުމުން އަޝްރާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ. އެވަރުން ތިރީގަ ބަހައްޓާށޭ ބުނުމުންވެސް އަޅާވެސް ނުލައި ނާއިލް ކާރާއި ދިމާލަށް ހިނގައިގަތެވެ. ” ނާއިލްގަނޑާ… އަހަރެން ބުނެފީމެެއްނު ތިރީގަ ބަހައްޓާށޭ… ” ނާއިލް އޭނާ ބުނި ގޮތަށް ކަންތައް ނުކުރުމުން ނާއިލްގެ މޭމަތީގައި އަތުން ތަޅާއިގަންނަމުން އަޝްރާ ރުޅިއައިސްފައިވާ ވާހަކަ ދެއްކިއެވެ. އަޑު ހަރުކޮށް ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އިތުރު މީހަކަށް އެމަންޒަރު ފެންނަން ނޭދޭތީ އަޝްރާ ވާހަކަ ދެއްކީ ދެދަތްޕިލަ ޖައްސާ ބާރުކޮށްގެންނެވެ. ” ދެން އެންމެ ފަހަރަކުވެސް ވާހަކަ ދައްކައިފިއްޔާ މިހުރި ގޮތަށް އަޝްރާ ވައްޓާލާކަށްވެސް އަހަރެން ފަހެއް ނުޖެހޭނެ އިނގޭ… އަހަރެން ކުރިން ރީތި ގޮތުގަ ބުނިންދޯ ކާރަށް އަރަން… އަޝްރާ ނޭރީނު… އިތުރަށް ލަދުގަންނަން ބޭނުންނުވާނަމަ ޖަސްޓް ކީޕް ކުއައިޓް… އޯރް އެލްސް… ” ދެބުމަ ކައިރިކޮށްލަމުން ހިތްހަމަނުޖެހުން އެކުލެވިފައިވި ރާގެއްގައި ނާއިލް އެހެން ބުނުމާއެކު އަޝްރާ އަވަސް އަވަހަށް އޭނަގެ ދެއަތުން ނާއިލްގެ ކަރުގައި ވަށާލިއެވެ. އޭރު އަޝްރާގެ މޫނުމަތިން ބިރާއި ހާސްކަމުގެ ކުލަވަރުތައް ފެނިގެންދެއެވެ. އަޝްރާގެ މައުސޫމްކަމުން ނާއިލްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެރީތި ދެލޯ ބޮޑުކޮށްލައިގެން އޭނައަށް ބަލަހައްޓާއިގެން އިން ގޮތުން އެމޫނުމަތީގައިވި މައުސޫމްކަން ފާހަގަކުރެވޭނެއެވެ. ނާއިލް ހިނިތުންވެލިތަން ފެނި އަޝްރާ އަވަސް އަވަހަށް އޭނަގެ ނަޒަރު ތިރިކޮށްލިއެވެ. ނާއިލް އާއި އެހާ ގާތުގައިވުމުން އޭނަގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ހިތް ތެޅޭލެެއް ބާރުކަމުން މޭ ފަޅާފާ ނުކުމެދާނެހެންވެސް ހީވެއެވެ. ނާއިލްއަށްވެސް އޭނަގެ ހިތުގެ ތެޅުން އިހުސާސްކުރެވޭނެކަން ގައިމެވެ. ނާއިލްގެ ސުވާލެއް އެކަމާ ގުޅޭ ގޮތުން ކުރިމަތިވެދާނެތީވެސް އޭނަގެ ހިތް ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ.

ކާރާއި ހިސާބަށް އައިސް އަޝްރާ ތިރީގައި ބެހެއްޓުމަށްފަހު ކާރުގެ ދޮރު ހުޅުވާ ކާރަށް އެރުމަށް ނާއިލް އޭނަގެ ލޮލުން އިޝާރާތްކުރިއެވެ. ހިތުގައި އުފެދުފައިވި ޖަޒުބާތުތައް ހަމައަކަށް އަޅުވަމުން ރުޅިވެރިކަން އިސްކޮށް ނާއިލްއަށް ދެލޯ އަޅާލަމުން އަޝްރާ ކާރަށް އެރިއެވެ. އަޝްރާ ކާރަށް އެރުމުން ކާރުގެ ދޮރުފަތް ލައްޕާލުމަށްފަހު ނާއިލް ގޮސް ޑްރައިވަރު ސީޓަށް އެރިއެވެ. ކާރު ދުއްވަމުން ދިޔައިރު އެދެމެދުގައިވީ ހަމަހިމޭންކަމެވެ. ” މާދަމާ ފުރަން ތައްޔާރުތަ… ” އަޝްރާގެ އެހަމަހިމޭންކަމުން އުނދަގޫވުމުގެ ސަބަބުން ނާއިލް ވާހަކަ ދައްކަން ފެށިއެވެ. ” ހޫމް… ” އަޝްރާ ޖަވާބަކަށް ހަމައެކަނި ހޫމް ލައްވާލިއެވެ. އެގޮތް ނާއިލްއަކަށް ކަމަކު ނުދިޔައެވެ. ” ފުރަތަމަ ހޮސްޕިޓަލަށް ދޯ ދާނީ… ” ނާއިލް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. ނާާއިލް އެހެން ބުނެލުމުން އަޝްރާގެ ނިތަށް ރޫތައް ޖަމާވިއެވެ. ”އެކީއްވެ… ” ސުވާލުން ފުރިގެންވީ ނަޒަރަކުން ނާއިލްއަށް ބަލައިލަމުން ހައިރާންކަމާއެކު އަޝްރާ އަހާލިއެވެ. ” އަޝްރާގެ ބީޕީ ޗެކްކުރަން… މިހާރުވެސް ނޭނގެ ހުރި ވަރެއް… މަށަށް ހަމަ ޔަގީން އަޝްރާގެ ބްލަޑް ޕްރެޝާ މަތިވާނެކަން… އެވަރަކަށް ނޫން ވިއްޔަ ތިރުޅި ގަދަވަނީ… ” ނާއިލް ކާރު ދުއްވަމުން ވާހަކަ ދެއްކިއެވެ. ނާއިލްގެ ވާހަކަ ހުރި ގޮތުން އަޝްރާ އިތުރަށް ހިތްހަމަނުޖެހުނެވެ. ” ނާއިލްއާ ހެދި އަހަރެން ރުޅިގަދަ ވަނީ… ނާއިލް ކަންތައް ކުރާ ގޮތުން… އަހަރެން ހަމަ އެކަނި ދާނަމޭ ބުނީމަވެސް ކީއްކުރަން ނާއިލް އެގޮތަށް ކަންތައް ކުރަންވީކީ… އޯ ޔެސް… އައިމް ޔުއަރ ޕީއޭ… ރައިޓް… ޕީއޭއަށް މަގުމަތިން އެކަނި ދަނިކޮށް ކަމެއް ވެެއްޖިއްޔާ މާދަމާ ބިޒްނަސް ޓްރިޕް ކެންސަލްވާނެ އެއްނުދޯ… އެހެންވެދޯ އެހެން ކަންތައް ކުރީ… ” ނާއިލް ކުރިން ދެއްކި ވާހަކައަށް އިޝާރާތްކޮށް އަޝްރާ ރުޅިގަދަވެފައި އިނދެ ވާހަކަ ދެއްކިއެވެ. ނާއިލް އިނީ އަޝްރާގެ ވާހަކަތަކުން ގަދަކަމުން ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. ” ޔެއަރ… ޔުއަރ އެބްސްލިއުޓްލީ ރައިޓް… ޕީއޭއަށް ކަމެއް ވެެއްޖިއްޔާ ބިޒްނަސް ޓްރިޕް ކެންސަލްވާނެ… ” އަޝްރާ އިތުރަށް ރުޅިއަރުވާލުމުގެ ގޮތުން ނާއިލް ބުނެލިއެވެ. ” ޕީއޭ މައި ފޫޓް… ” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން އިނދެ އަޝްރާ މަޑުމަޑުން ބުނެލިއެވެ. މަޑުން ބުނި ނަމަވެސް ނާއިލްއަށް އެއަޑު ހަމަ ރީތިކޮށް އިވުނެވެ. ” ކީކޭ… އެއްޗެކޭ ބުނިންތަ… ” އަޑުއިވުނު ނަމަވެސް ނޭނގޭ ކަމަށް ހެދެމުން ނާއިލް ސުވާލުކުރިއެވެ. ” ނޫން… އެއްވެސް އެއްޗެކޭ ނުބުނަން… ފޯކަސް އޮން ޑްރައިވިން… ” ނާއިލްއަށް ބަލައިލާ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން އަޝްރާ އެހެން ބުނެލިއެވެ. އެއާއެކު ނާއިލްވެސް ބޯ ޖަހާލަމުން ކުރިމަތިން ފެންނަން އޮތް މަގަށް ސަމާލުކަން ދިނެވެ. އަޝްރާވެސް ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިނެވެ. އޭނަގެ ސިކުނޑީގައު އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ދެބުމަ ގާތްވެފައިވީއިރު މޫނު މަތީގައިވީ މާނަކުރަން ނޭނގޭފަދަ އަސަރުތަކެކެވެ. އޭގެފަހުން ގެއަށް ދެވެންދެންވެސް އެދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. އަޝްރާގެ ގޭގެ ދޮރު މައްޗަށް ކާރު އައިސް ހުއްޓުމާއެކު އެންމެ މިނިޓެއްވެސް ލަސްކުރުމެއްނެތި އަޝްރާ ކާރުން ފައިބައި ގެއަށް ވަންނަން ހިނގައިގަތެވެ. ނާއިލް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ގެއާއި ދިމާލަށް ދިޔުމަށް ކާރު ދުއްވާލިއެވެ.

ކަޅުކަންގަދަ އުޑުގައި ހަނދު އޭގެ މަގާމުގައި އިނދެ ފުރިހަމައަށް އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ. ހަނދު އެކަނިވިޔަ ނުދީ ބައިވެރިވުމުގެ ގޮތުގެ އެތައް ހާސް ތަރިތަކެެއްވެސް ފިޔަޖަހަޖަހާ ތިއްބެވެ. ބަލާބެލުމަށް ހީވަނީ އުކާލެވިފައިވާ ޖަވާހިރުތަކެއް ހެންނެވެ. އެތަރިތައް ވިދާ ބަބުޅަމުންދިޔަ ގޮތުން ކަޅުކަންގަދަ އުޑުމަތި ފަޅުފިޅުވާލަދީފާވެއެވެ. ބެލްކަނީގައި ހުރި ހުދު ކުލައިގެ އުނދޯލީގައި އިށީންދެ އިނދެ މަޑުމަޑުން އުނދޯލި ހެއްލާލަ ހެއްލާލަ މިންހާ އިނެވެ. އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވީއިރު ސިކުނޑީގައި އެނބުރެމުން ދިޔައީ މިރޭގެ އުފާވެރި ހަނދާންތަކެވެ. އިއާންގެ ހަރަކާތްތައް ހުންނަ ގޮތުން ހަމަ ދެންމެ ދެންމެވެސް ލޯބިވާކަން ބުނެފާނެހެން ހީވެއެވެ. އިއާންގެ ދުލުން ސީދާ އެބަސްތައް އިވޭތޯ އޭނާއަށް ނުހަނު އިންތިޒާރުކުރެވެއެވެ. ދެން އިއާންގެ ދުލުން އެބަސްތައް ބުނާނެ ފަހަރަކީ އޭނަގެ ދެލުން އިއާންއަށްވެސް އެބަސްތައް ތަކުރާރުވާނޭ ފަހަރެވެ. އެހިތުގައި އިއާންއަށްޓަކައި އުފެދިފައިވި އިހުސާސްތައް އިއާންގެ ކުރިމަތީގައި ހާމަކުރާނޭ ފަހަރެވެ. އިރުކޮޅަކު އެހިމޭން މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު މިންހާ ކޮޓަރިއަށްވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިންހާ އެނދުގައި އިށީންދެ ސައިޑް ކަބަޑު މަތީގައި އިން ގްލޯބަށް ނަޒަރު ހުއްޓާލިއެވެ. އޭގައިވީ ފޮޓޯތައް ފެނި އެކި ދުވަސްތަކުގެ ހަނދާންތައް އާވެގެން ދިޔުމާއެކު ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. އެވަގުތު އެނދު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ” ނިދަނީތަ… ” ފޯނު ނަގައި މިންހާ ހަލޯއޭ ބުނުމާއެކު އިއާންގެ ފިރިހެންވަންތަ އަޑުން ވާހަކަ ދެއްކިއެވެ. ”ނޫން… އާން… ކިހިނެއްވީ އެހާ ލަަސްކޮށްލާފަ ތިގުޅާލީ… ކަމަކުތަ… ” މިންހާ ސުވާލުކުރިއެވެ. ” ހޫމް… މާދަމާ ރޭ އެބެއްތަ ވަކި ޚާއްސަ ކަމެއް… އެނީ ޕްލޭން ފޯ ރުމޯރޯ ނައިޓް… ” އިއާން އެހެން އެހުމާއެކު މާދަމާ ރެއަށް އެއްވެސް ކަމެއް އަދި ރާވާފައިނުވާ ކަމަށް މިންހާ ޖަވާބުގައި ބުނެލިއެވެ. ” ކޭން ޔޫ ގިވް ސަމް ޓައިމް ފޯ މީ… މާދަމާ ރޭ ބޭރަށް ގޮސްލާ ކާލަން ދެމީހުން އެއްކޮށް… ” އިއާން އޭނަގެ އެދުން ހާމަކުރިއެވެ. މިންހާ އުފަލާއެކު އެކަމަށް އެއްބަސްވިއެވެ. ރޭގަނޑުގެ ވަދާއީ ސަލާމްކުރުމަށްފަހު ދެމީހުންވެސް ފޯނު ކޯލު ކުރުކޮށްލިއެވެ. އިއާންގެ ފޯނު ކޯލު ނިންމާލުމަށްފަހު މިންހާ ފެންވަރާ ތާޒާ ވެލައިގެން އައިސް ނިދަން ތައްޔާރުވިއެވެ. އެނދުގައި އޮށޯވެ ދެލޯ މަރާލީ މާދަމާ ރެއަށް އިންތިޒާރު ކުރަމުންނެވެ.

އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އަޝްރާ އޮތް އަޝްރާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. މިރޭގެ ޚިޔާލުތަކުން އޭނައަށް އުނދަގޫ ކުރަމުން ދިޔުމުގެ ސަބަބުން ނަފްސުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އެންމެ ފަހުން ނުނިދުމުން އެނދުން ތެދުވެ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަންފެށިއެވެ. މޫނު މަތިން އިންތިހާއަށް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ނާއިލްއަށްޓަކައި އޭނަގެ ހިތުގައި އުފެދިފައިވި އިހުސާސްތައް ހިތުގައި ރައްކާކޮށްގެން ހުރުން ވަނީ އޭނައަށް ނުހަނު ދަތިކަމަކަށެވެ. ޚާއްސަކޮށް މިހާރަކަށް އައިސް ނާއިލްގެ އަމަލުތައް ހުންނަ ގޮތުން އެކަން އިތުރަށް އުނދަގޫވެގެންދެއެވެ. އޭނާ ބޭނުންވަނީ މިކަން ކޮންމެވެސް މީހަކާ ހިއްސާކުރާށެވެ. މިންހާ އާއި ހިއްސާކުރަން ބޭނުންވި ނަމަވެސް އޭނާއަށް ފަސްޖެހެވެނީ ނާއިލްއަށް އެކަން އިނގިދާނެތީއެވެ. މިހާވަރުން ދާނަމަ އަދި އޭނައަށް އެއިހުސާސްތައް ބޭރުކޮށްލެވޭނެއެވެ. މާދަމާގެ ދަތުރު މަތިން ހަނދާންވިޔަސް ހިތުގައިވި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއެވެ. ހަފްތާއެއްހާ ދުވަހު ނާއިލްއާއެކު ހޭދަކުރަން އޭނައަށް ހާދަ އުނދަގޫވާނެއެވެ. އޭނަގެ އިހުސާސްތަކަށް ބާރު ފޯރުވަންޖެހޭނެ އެތައް ކަމެއް ދިމާވާނެކަން ޔަގީނެވެ. މިފަދަ ޚިޔާލުތަކުން ސިކުނޑި ފުރިފައިވީއިރު އެތައް އިރަކު ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެންމެފަހުން ވަރުބަލިކަން އިހުސާސްކުރެވުމާއެކު އަޝްރާ އައިސް އެނދުގައި އޮށޯތެވެ. ނަސީބު ކަންދިމާކުރި ގޮތުން މިފަހަރު މާގިނަ އިރެއްނުވަނީސް އަޝްރާގެ ލޮލަށް ނިދި ސަވާރުވެ ދެލޯ މެރިގެން ދިޔައެވެ.

އައު ދުވަހަކަށް އިރު އަރައި އިރުގެ ރަން އަލިން ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައިރު ކާޅާއި ކޮވެލީގެ އަޑު ފަޒާގައި ގުގުމަގުގުމާ ހުއްޓެވެ. ހެނދުނު ހެނދުނާ ތެދުވެ ޝަމްހާ ސައި ތައްޔާރު ކުރުމުގައި އޭނަގެ މަންމައަށް އެހީތެރިވެދޭން ބަދިގޭގައި ހަރަކާތްތެެެރިވަމުން ދިޔައެވެ. ދަރިފުޅުގެ ފަރާތުން ފެންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން ޝާއިރާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ” ހޫމް… ތިއްޔޭ އުޅެންވީ ގޮތަކީ… މިހާރު އެބަ ރަނގަޅުވޭ… ދޮންބެ ބޭނުންވާ ކަހަލަ ޝަމޫއަކަށް އެބަވޭ މިހާރު… ” ބަދިގެ ދޮރު މަތީ އައިސް ހުއްޓުނު ޝާރިމް ފެނުނު މަންޒަރުން ބުނެލިއެވެ. އެއާއެކު ޝަމްހާ އޭނަގެ ދޮންބެއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މީގެ ކުރިން ޝަމްހާ ނިދާތަނުން ތެދުވާނީވެސް އޮފީހަށް ދާށެވެ. ބަދިގެއަށްވަދެ މަންމައަށް އެހީތެރިވުމަކީ އޭނަ ކޮށްއުޅޭ ކަންކަމެއް ނޫނެވެ. ސައި ތައްޔާރުކުރުމަށް މަންމައަށް އެހީތެރިވުމަށްފަހު ކޮފީއެއް ތައްޔާރުކޮށް ބޮއެގެން އޮފީހަށް ދިޔުމަށް ތައްޔާރުވާން ފެށިއެވެ. އޮފީހުން ދިހަ ދުވަހުގެ ޗުއްޓީއެއް ނެގި ނަމަވެސް އޭނާ އޮފީހަށް ނުކުންނަން ބޭނުންވުމުން ޗުއްޓީ ކުރުކޮށްލީއެވެ. ތައްޔާރުވެގެން ފަނަރަ މިނިޓް ކުރިން ޝަމްހާ ގޮސް އޮފީހަށް ވަނެވެ. ކޮންމެ މުވައްޒަފަކަށް އޭނާ މިއަދު ދިޔައީ ރީތި ހިނިތުންވުމެއް ހަދިޔާކުރަމުންނެވެ. އެއިން ކޮންމެ މުވައްޒަފަކުވެސް އޭނައަށް ހިނިތުންވުމެއް ރައްދުކޮށްލައެވެ. އެމީހުންގެ މޫނު މަތިން ހައިރާންކަމުގެ ކުލަވަރުވެސް ފެންނަމުން ދިޔައެވެ. އެހެނީ މިއަދު އެމީހުނަށް ފެނިގެން އެދަނީ މުޅިން ތަފާތު ޝަމްހާއެކެވެ. ކުރިން ބޮޑާކަމާއި ކިބުރުވެރިކަން ފެންނަން ހުންނަ މޫނުމަތިން މިއަދު ފެނިގެންދަނީ ހިތްހެޔޮކަމާއި އެކުވެރިކަމެވެ. ކުރިއާއި ޚިލާފަށް މިއަދު ލައިފައިވަނީ ކަކުލާ ހަމައަށް އަންނަ ހެދުމެކެވެ. ކަޅު ކުލައިގެ އެހެދުމުގައި ކުދިކުދި ހުދު ތަރިތަކެއް ޖަހާފައިވާއިރު ހެދުމާއި ގުޅޭނޭހެން ލައިފައިވަނީ ކަޅު ކުލައިގެ ލެގިންސެކެވެ. މޫނުގައި ލުއިލުއި މޭކަޕެއް ކޮށްފައިވީއިރު ބޮލުގައި ރީތި ގޮތަކަށް ޝޯލް އަޅާފައިވެއެވެ. އާދައިގެ ހިނގުމެއްގައި ގޮސް ޗެކިންވުމަށްފަހު އޭނަގެ ކެބިންއަށް މިސްރާބުޖެހިއެވެ.

ކެބިންއަށްވަދެ އެންމެ ފުރަތަމަ އޭނަ ނިންމަންޖެހޭ މަސައްކަތް ކުރުމަށް ޝަމްހާ އަވަސްވެގަތެވެ. ބައިގަޑިއިރު ތެރޭ އެމަސައްކަތް ނިންމާލުމަށްފަހު ފައިލް ހިފައިގެން ޝަމްހާ އަލޫފްގެ ކެބިންއަށް ދިއުމަށް މިސްރާބުޖެހިއެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެެއިން ވަންނާށޭ ބުނުމުން ޝަމްހާ އެތެރެއަށް ވަނެވެ. މަޑުމަޑުން ކެބިންގ ދޮރު ހުޅުވާލާ އެތެރެއަށް ވަން ޝަމްހާއަށް އަލޫފް ފެނި އިސްޖަހާލެވުނެވެ. އަލޫފް ފެނުމުން އޭނަގެ ހިތުގައި ރިހުމެއް އުފެދިގެން ދިޔައެވެ. އެލޯބި ލިބެން ނެތްކަން ހިތަށް އެރުމުން ދެލޮލަށް ކަރުނަ ޖަމާވާން ފެށީ ހިތަށް އިހުސާސްކުރެވުނު ތޫނު ތަދުންނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ޝަމްހާ އައިސް މޭޒު މަތީގައި ފައިލް ބޭއްވިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އަލޫފް ފައިލް ނަގައި އެއަށް ބަލަން ފެށިއެވެ. އަލޫފްގެ ދުރުކަމުން ޝަމްހާ މާބޮޑަށް ހިތުގައިޖެހުނެވެ. ”އަލޫފް… އައިމް ސޮރީ… އަހަރެންގެ ސަބަބުން އަލޫފްގެ ދިރިއުޅުމަށް ލިބިގެން ދިޔައީ ހިތާމަ… އަހަރެންނަށް އަލޫފްއަށް ވަރަށް އުނދަގޫ ކުރެވިއްޖެ… އިތުރަކަށް އަހަރެންގެ ފަރާތުން އަލޫފްއަކަށް އެއްވެސް އުނދަގުލެއް ނުވާނެ އިންޝާ ﷲ… އަހަރެންނަށް މިހާރު ހެޔޮ ގޮތް ވިސްނިއްޖެ… ލޯތްބަކީ ގަދަބާރުން ހާސިލްކުރެވޭނެ އެއްޗެއް ނޫންކަން އަހަރެން ގަބޫލުކުރަން… މިއަދު އަހަރެން ހިތުގެ އަޑިން މިމައާފަށް އެދެނީ… އުއްމީދުކުރަން އަލޫފް ކޮންމެވެސް ދުވަހަކުން އަހަރެންނަށް މައާފުކޮށްދޭނެ ކަމަށް… އައިމް ރިއަލީ ވެރީ ސޮރީ ފޯ އެވްރިތިން… ” އިސްޖަހައިލައިގެން ހުރެ މަޑުމައިތިރިކަމާއެކު ޝަމްހާ މައާފަށް އެދުނެވެ. އަލޫފްގެ ފަރާތުން އެއްޗެކޭ ބުނޭތޯ ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެއްވެސް އެއްޗެއްކޭ ނުބުނުމުން ޝަމްހާ އެކެބިން އިން ނުކުތެވެ. ޝަމްހާ ކެބިން އިން ނުކުމެގެން ދިޔުމުން އަލޫފް ފައިލުން ނަޒަރު ވަކިކޮށްލުމަށްފަހު ކެބިންގެ ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. ޝަމްހާގެ އަޑުގައިވި މަޑުމައިތިރިކަމާއި އޭނައަށް އައިސްފައިވި ބަދަލު އަލޫފްއަށް ފާހަގަކުރެވުނެވެ. ޝަމްހާގެ އެވާހަކަތަކުން އޭނަގެ ހިތަށް ކޮންމެވެސް ވަރަކަށް އަސަރުކުރުވިއެވެ. ހިނދުކޮޅަކު އެވާހަކަތަކާއިމެދު ވިސްނަން އިނުމަށްފަހު އަނެއްކާވެސް ފައިލަށް އޭނަގެ ސަމާލުކަން ދިނެވެ.

ހެނދުނުގެ ސައި ބޮއެގެން ތައްޔާރުވެވުމާއެކު އަޝްރާ ބަނދަރަށް ދިޔުމަށް އަވަސްވެގަތެވެ. ގަޑިން ނުވަ ގަޑި ސާޅީސް ހިނގާފާވީއިރު ފުރަން ހަމަޖެހިފައިވީ ދިހައެއް ޖަހާއިރުއެވެ. އަޝްރާ އޭނަގެ މަންމަ އާއި ބައްޕައާއެކު ބަނދަރަށް ދިޔައިރު ނާއިލް އާއި އޭނަގެ މައިންބަފައިންގެ އިތުރުން މިންހާ މަޑުކޮށްލައިގެން ތިއްބެވެ. މާގިނަ އިރެއްނުވެ އިއާންވެސް އައިސް ސައިކަލުގައި މަޑުކޮށްލިއެވެ. ލާންޗު އައުމާއެކު ފޮއްޓާއި އެއްޗެހި އަރުވާ އަޝްރާއަށް ނާއިލް އޭނަގެ އަތް ދިއްކޮށްލިއެވެ. އެހެން މީހުންވެސް އެތަނުގައި ތިބުމާއެކު އަޝްރާ ރީތި ގޮތުގައި ނާއިލްގެ އަތުގައި ހިފާ ލާންޗަށް އެރިއެވެ. އިއާން ނާއިލް އާއި ކައިރިވެލާ އަޝްރާއަށް ރަނގަޅަށް ބަލައިދިނުމަށް އެދުނެވެ. އެވަގުތު ނާއިލް ބޯ ޖަހާލިއެވެ. އަޝްރާ އެންމެ ފަހަތު ސީޓުގައު އިށީންއިރު ނާއިލް ގޮސް އަޝްރާއަށް ކުރިމަތިވާނޭހެން އިށީނެވެ. އެއާއެކު ލަސްކުރުމެއްނެތި ލާންޗު ދުއްވާލިއެވެ. އަޝްރާގެ ނަޒަރު ހުއްޓިފައިވި ނޫކުލައިގެ ސާފު ކަނޑަށެވެ. ކަނޑު މަޑުކަމުން ހީވަނީ ތަރުފާލު އަޅާފައިވާހެންނެވެ. ކަނޑުން އަންނަ ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލާއިރު ކުރުވާ އަރާމު އިހުސާސުން އަޝްރާއަށް މަޑުމަޑުން ދެލޯ މަރާލެވުނެވެ. އެހިނދު ކަޅި ޖަހާވެސް ނުލައި ނާއިލްއަށް އަޝްރާގެ އެދޮން މޫނަށް ބަލަން ހުރެވުނެވެ. އެމައުސޫމްކަމުން ބަލާ މީހެއްގެ ހިތް ފުރޭހާވެއެވެ. ދެލޯ ހުޅުވާލި އަޝްރާއަށް މީހަކު އޭނައަށް ބަލާހެން ހީވުމުން ރަނގަޅަށް ބަލައިލިއިރު ނާއިލް ކަޅި ޖަހާނުލައި އޭނައަށް ބަލަހައްޓާއިގެން އިންތަން ފެނި ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަޝްރާ އަވަސް އަވަހަށް އޭނަގެ ނަޒަރު ބަދަލުކޮށްލިއެވެ. އަޝްރާއަށް ވީގޮތް ފެނުމުން ނާއިލްގެ ގާތަށް ހިނިއައެވެ. އެހެނަސް އޭނާ ހިނިގަނޑު ހިފަހައްޓާލައިގެން އިނީއެވެ. އިރުއިރުކޮޅުން އަޝްރާ ވަށްކަޅިން ބަލާކަން އިނގުމުން އިތުރަށް ހިނިއަންނަ ގޮތްވިއެވެ. އެހެނަސް ނާއިލް ކެތްތެރިވެލައިގެން އިނެވެ.

ބައިގަޑުއިރަށްފަހު އެމީހުނަށް މަންޒިލާއި ހަމައަށް ފޯރިއެވެ. އެމީހުން ލެފިއިރު ބަނދަރު މަތީގައި އެކޮޅުގެ ކަންކަން ސްޕަވައިޒް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަރުޝަދުގެ އިތުރުން ސާޅީސް ފަސްވަރަކަށް އަހަރުގެ މީހަކާއި އެމީހުންގެ އުމުރުފުރާގެ އަންހެން ކުއްޖެއް ހުއްޓެވެ. ހެޔޮވަރުގެ އިސްކޮޅުކަކާއެކު ދޮން ހަންގަނޑެއް ލިބިފައިވި އެއަންހެން ކުއްޖާގެ ފަން އިސްތަށިގަނޑު ވަނީ ކޮނޑާއި ހަމައަށް ކޮށާލާފައެވެ. ”އަރުޝަދު އިނގޭދޯ އަޝްރާއަށް… މީ ޒާރިޔާއްތަ… ދެން މީ ޒާރިޔާއްތަގެ ޑޯޓަރ ޒަހާ… އަހަރެންގެ ފްރެންޑެއް… އަހަރެމެން ތިބެނީ ޒާރިޔާއްތަމެންގެ ގޭގަ… ” ލާންޗުން ފޭބުމަށްފަހު ނާއިލް އަޝްރާއަށް އެދެމީހުން ތަޢާރަފުކޮށްދިނެވެ. އެންމެންވެސް ހިނިތުންވުމަކާއެކު ސަލާމްކުރިއެވެ. އަރުޝާދުގެ ކާރުގައި އެންމެން ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ގެއަށް ގޮސް އެމީހެއްގެ ކޮޓަރިއަށް ފޮށި ލުމަށްފަހު ޒާރިޔާ ގޮވާލުމުން ނާއިލްމެން ސިޓިންރޫމަށް ނުކުތެވެ. އޭރު ސިޓިން ރޫމުގައި ޒަހާގެ އިތުރުން އަރުޝަދު ތިއްބެވެ. އަޝްރާ އާއި ނާއިލް އައުމުން ޒަހާ އިށީނުމަށް ބުނެލިއެވެ. އަޝްރާ ވަކިން ހުރި ސޯފާއެއްގައި އިށީންއިރު ނާއިލް ގޮސް އިށީނީ ޒަހާ އާއި ޖެހިގެންނެވެ. އެދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާ ހަދާ ގޮތުން އަޝްރާއަށް ބައެއް ފަހަރު އުނދަގޫވެއެވެ. ޒަހާ އާއި ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނަ އާއި އެހެން ވާހަކަ ދައްކާނެނަމައޭ އަޝްރާ ހިތަށް އަރައެވެ. އެފަދަ ޚިޔާލެއްގައި އިންދާ ޒާރިޔާއްތަ ޓްރޭއެއްގައި އެންމެނަށް ފިނި ޖޫހާއެކު ކާލާނެ ދެތިން ވައްތަރެއްގެ ބިސްކޯދު ގެނެސްދިނެވެ. ހޫނު ގަދަކަމުން އަޝްރާ ހުރީވެސް އެފަދަ އެއްޗެެއް ބޭނުންވެފައެވެ. ޖޫސް ބޮއެގެން ނާއިލް އާއި އަރުޝަދު އަދި އަޝްރާ ދިޔައީ މަސައްކަތްކުރާ ސައިޓްތައް ބަލާށެވެ. ގެސްޓް ހައުސްގެ މަސައްކަތް ގާތްގަނޑަކަށް ނިމި އެންމެ ފަހުގެ މަސައްކަތް ކުރެވެމުން ދިޔައިރު ރެސްޓޯރެންޓްގެ މަސައްކަތްވެސް ފުލް ސްޕީޑުގައި ކުރިއަށް ދެއެވެ. ކުޑަ ގޮތަކަށް އެތަންތަން ބަލައިލާ އެމީހުންގެ މަސައްކަތް ފެށިގެންދާނީ މާދަމާކަމުން ޝެޑުއުލް ރާވާލުމަށްފަހު ނާއިލް އާއި އަޝްރާއަށް ގެއަށް އާދެވުނުއިރު ގަޑިން ދެގަޑި ބައިވެ ބޮޑުވެެއްޖެއެވެ. އޭރު ޒަހާ އާއި އޭނަގެ މަންމަ އެދެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އެންމެން އެކުގައި މެންދުރުގެ ކެއުމަށް އިންސާފުކުރަން ފެށިއެވެ. މެންދުރުގެ ކެއުމަށް ތަފާތު ވައްތަރުތައް ތައްޔާރުކުރެވިފައި ހުއްޓެވެ. ފްރައިޑް ރައިސް އާއި އާދައިގެ ބަތުގެ އިތުރުން ކުކުޅު ރިހަ އާއި ސަލަޑް ތައްޔާރުކޮށްފައި ހުއްޓެވެ. މީގެ އިތުރުން ދެވައްތަރެއްގެ ފަނިވެސް ހުއްޓެވެ. ތައްޔާރުކުރެވިފައި ހުރި ކާތަކެތި ކިތަންމެ މީރު ނަމަވެސް އަޝްރާއަށް މާރަނގަޅަށް ކެވޭ ގޮތެއް ނުވިއެވެ. ނާއިލް އާއި ޒަހާގެ ސަމާސާތަކުން އޭނާ އިނީ އުނދަގޫވެފައެވެ. އަޝްރާ ކެއީ މާމަދުންކަމުން ޒާރިޔާ ކާއެއްޗެހި ނުބައީތޯ އަޝްރާ އާއި ސުވާލުވެސް ކުރިއެވެ. އެހެނަސް އަޝްރާ ހިނިތުންވުމަކާއެކު ހުރިހާ އެއްޗެއްވެސް ވަރަށް މީރު ކަމަށާއި އެހާ ބޮޑަށް ބަނޑުހައި ނުވަނީ ކަމުގައި ބުނެ ޖަވާބުދިނެވެ. ޒަހާ އާއި ނާއިލް މާ އޮލަ ވާހަކައެއްގައި ތިބުމުން އަޝްރާއަށް ގިނައިން ވާހަކަ ދައްކަން ޖެހުނީ ޒާރިޔާއާއެވެ. ކައި ނިމިގެން އަޝްރާ ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ވެފާހުރި ވަރުބަލިން އެންމެ ފުރަތަމަވެސް އޭނާ ބޭނުންވީ ފެންވަރާ ތާޒާވެލާށެވެ. ފެންވަރާ ތާޒާވެލައިގެން އައިސް މެންދުރު ނަމާދުކޮށްލިއެވެ. އެއަށްފަހު ވަރުބަލިވެފައި ހުރި ނަމަވެސް ފޮށީގައި ހުރި އަންނައުނުތައް އަލަމާރިއަށް އަޅާ ތަރުތީބުކުރިއެވެ. އަޞްރު ވަގުތު އައިސް ޖެހުމާއެކު އަޞްރު ނަމާދުވެސް އަޝްރާ ލަސްކުރުމެއްނެތި ކުރިއެވެ. އެއަށްފަހު ވެފައިހުރި ވަރުބަލިން އެނދުގައި އޮށޯތެވެ. ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމާއެކު އަޝްރާއަށް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ.

އަށްގަޑި ބަޔަށް ތައްޔާރުވާން އިއާން ބުނެފައި އޮތުމުން ހަތްގަޑި ސާޅީސް ފަހެއް ވުމާއެކު މިންހާ ކޮޓަރިއަށް ތައްޔާރުވާން ދިޔައެވެ. ފެންވަރާ ތާޒާވެލައިގެން އައިސް އޭނައަށް އެންމެ ރީތި އެއް ހެދުން ލިއެވެ. ހެޔޮވަރުކޮށް ފަހާފައިވި ހެދުމުގެ ފަސްބައި ފުޅާކޮށް އޮތްއިރު އަތުކުރީގަ އާއި މޭމަތީގައި މަލެއްގެ ކުރެހުން ހިމެނޭ ދަނބު ކުލައިގެ ރީތި ލޭސްފޮތިކޮޅެއް އަޅާފައިވެއެވެ. މޫނުގައި ލުއި މޭކަޕެއްކޮށްލާ ދެލޮލާއި އެސްފިޔަތައް އަނދުނުންނާއި މަސްކަރާއިން ފަވާލުމަށްފަހު ތުންފަތުގައި ފިޔާތޮށި ކުލައިގެ ލިޕްގްލޮސްއެއް ޖައްސާލިއެެވެ. ގަދަ މުށި ކުލައިގެ އިސްތަށިގަނޑުގައި ފުނާއަޅާ ހުޅިއެއް ޖަހާލުމަށްފަހު ދަނބު ކުލައިގެ ޝޯލް ރީތި ގޮތަކަށް އޮޅާލިއެވެ. ޑްރެސިން ޓޭބަލްގެ ވަތްގަނޑެއް ހުޅުވާލުމަށްފަހު އޭގެން ނެގި ދެ ބްރޭސްލެޓް ދެއަތުގައި އަޅާލިއެވެ. ދަނބު ކުލައިގެ ކުދިކުދި ތަރިތަކެއް ޖަހާފައިވި އެ ބްރޭސްލެޓް މިންހާގެ ދޮން އަތާ ނުހަނު ގުޅެއެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ގަޔަށް ސެންޓު ޖަހާލަމުން އޭނަގެ ފޯނު ހިފައިގެން މިންހާ ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުންތަނާ އިއާންގެ މެސެޖެއް ލިބިގެން ދިޔައެވެ. މެސެޖުގެ ރިޕްލައި ލިޔަމުން ސިޑިން ފޭބި މިންހާ އިއާންއަށް މެސެޖު ފޮނުވާލަމުން ސިޓން ރޫމުގައި އިން އޭނަގެ މަންމަ ގާތު ދަނީއޭ ބުނެ ގެއިން ނުކުތެވެ.

ގެއިން ނުކުންއިރު އިއާން އޭނަގެ އިންތިޒާރުގައި ހުއްޓެވެ. ދަނބު ކުލައިގެ އަތްދިގު ގަމީހަކާއި ހުދު ކުލައިގެ ސްކިނީގައި ހުރި އިރު ގަމީހުގެ އަތް ވަނީ އުޅަބޮށިން ތަންކޮޅެއް މައްޗަށް އޮޅާލާފައެވެ. ބޮލުގެ އިސްތަށިކޮޅު ރީތިކޮށް ސްޓައިލްކޮށްލާފާވާއިރު ތުނިތުނިކޮށް ބެހެއްޓިފައިވި ތުނބުޅި އާއި މަތިމަހުން އެމޫނުގެ ރީތިކަން އިތުރުކޮށްދެއެވެ. ކަޅާއި ހުދު ކުލައިގެ ސްނީކާސް ބޫޓަކަށް އަރާފައިހުރިއިރު ކާރަށް ލެނގިލައި ދެޖީބަށް އަތް ޖަހާލާފައިވާ ގޮތުން އިއާންގެ ފިރިހެންވަންތަކަން އިތުރުކޮށްދެމުން ދިޔައިރު ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް އިއާންއަށް ލެނބިގެން ދާނެކަން ޔަގީނެވެ. މިންހާ ފެނުމާއެކު އިއާންއަށް ކަޅިޖަހާނުލައި ބެލެން ފެށުނެވެ. ” ޔޫ ލުކް ބިއުޓިފުލް… ” މިންހާ އައިސް ކުރިމަތީގައި ހުއްޓުމާއެކު އިއާންގެ ދުލުން މިންހާއަށް ތަޢުރީފުގެ ބަސްތައް ރައްދުވިއެވެ. މިންހާ ކުޑަކޮށް އިސްޖަހާލައިގެން ހުރެ ލަދުރަކި ހިނިތުންވުމެއް ހަދިޔާކުރިއެވެ. ” ކޮންތާކަށް މިދަނީ… ” ލަދުވެތިކަން އެއްފަރާތް ކޮށްލަމުން މިންހާ އޭނަގެ ހިތުގައިވި ސުވާލު އިއާން އާއި ކުރިއެވެ. ”ދާތަނެއް އިނގޭނެ އަދި… ކަމް އެންޑް ސިޓް…” ކާރުގެ ދޮރުފަތް ހުޅުވާލާ އެރުމަށް އިޝާރާތްކުރަމުން އިއާން މިހެން ބުނުމާއެކު މިންހާ ކާރަށް އެރިއެވެ. އިއާންވެސް ޑްރައިވިން ސީޓަށް އަރައި މިންހާއަށް ބަލައިލާ ހިނިތުންވެލުމަށްފަހު ކާރު ދުއްވާލިއެވެ. މިންހާގެ ހިތް އަވަސްވެފައިވީ އިއާން ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ. އެހިތް ބުނަމުން ދަނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭ ކަމަށެވެ.

 

 

 

149

83 Comments

 1. ifoo

  May 19, 2019 at 10:04 pm

  Salaam dear readers ???❤️❤️❤️… Here is the next part ???… It’s more than 2000 words ???… Hope all will like this part too ???… Feel free to comment your views ???… I’m sorry for the delay ???… Last part ge comment thakah reply kohlaanan In Sha Allah maadhamaa ge vaguthehga ???… Next part In Sha Allah Wednesday night ga ???… I’m really very thankful from my bottom of my heart to all the readers who are supporting me ❤️❤️❤️????????????… It means a lot for me ????????❤️❤️❤️???… You guys are my strength ???… Waiting for comments n good night all ❤️❤️❤️???… Love you all my readers ?????????❤️❤️❤️…

  • ?daisy?

   May 19, 2019 at 10:12 pm

   Vvvvv reeethi me furst dhw

  • [email protected]

   May 19, 2019 at 10:13 pm

   Salaam you too ifoo
   ?This part is v nice ingey…
   ❤️❤️Mashaa Allah
   ❤️Love you❤️
   Waiting for the next part…

  • ifoo

   May 20, 2019 at 3:41 am

   daisy ❤️❤️❤️… Yesss dear ur first ???… Congratulations on being first ❤️❤️❤️???… N thankyou soooooo much ❤️❤️❤️?????????… V v v ufaavehje story reethi v ma ???…

  • ifoo

   May 20, 2019 at 3:42 am

   [email protected]❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often ???… Much loves ❤️❤️❤️?????????…

 2. Unknown

  May 19, 2019 at 10:07 pm

  Me first . Vrh reethi

  • ifoo

   May 20, 2019 at 3:44 am

   Unknown ❤️❤️❤️… Ur third ???… Thankyou ❤️❤️❤️?????????…

 3. Saajy

  May 19, 2019 at 10:10 pm

  Wow… V salhi.. Me first tha??

  • ifoo

   May 20, 2019 at 3:45 am

   Sajy ❤️❤️❤️… This time not first… Try next time ingey ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje story reethi v ❤️❤️❤️?????????…

 4. Yazin_07

  May 19, 2019 at 10:14 pm

  Yay… me first dho. Comment nukuriyas baraabarah kiyan mi story…. story is vvv nice.. best writer❤??????…. much more loves

  • ifoo

   May 20, 2019 at 3:47 am

   Yazin_07 ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Mifaharu comment kohleema v v v ufaavehje ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…

 5. Higalloa

  May 19, 2019 at 10:16 pm

  Thanks for the upload… v v reethi mi part…

  • ifoo

   May 20, 2019 at 3:48 am

   Thankyou soooooo much ❤️❤️❤️????????? n ur most welcome ???…

 6. hana

  May 19, 2019 at 10:21 pm

  yeyeyeye……..me first…varah reethi mi part ves…….waiting for next part….and love your hard work..

  • ifoo

   May 20, 2019 at 3:49 am

   Hana ❤️❤️❤️… This time not first ingey… Try next time ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Much loves ❤️❤️❤️?????????…

 7. ?daisy?

  May 19, 2019 at 10:22 pm

  Vvvvv reeethi me furst dhw

 8. Zuam

  May 19, 2019 at 10:27 pm

  Wow varah varah reethi……

  • ifoo

   May 20, 2019 at 3:51 am

   Zuam ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???…

 9. Aki

  May 19, 2019 at 10:31 pm

  haadha salhi ey mi part ves

  • ifoo

   May 20, 2019 at 3:52 am

   Aki ❤️❤️❤️… V v v ufaavehje ???… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???…

 10. Sharu

  May 19, 2019 at 10:32 pm

  Ifooo, ?????alhe mi part vx varah varah interesting, ???????nd varah reethi, ??? Masha Allah, ??thee hama award dhey varuge writer eh, ?????ehaa vx reethi ibaaraiy kurumaa, sifa kurun thah vx ?? kiyaalaa iru heevani hama kurimathin fenna hen ???? ehaa vx Ifoo molhu liyefa inna goiyy, ?????mi story mee hama varah kiyaa hithun kiyaa story eh, ??varah gina in beleyne mi story up vefa in thoa, ???ehaa vx interesting viyya, ??????, konme faharaku comment nukuriyas baraabarah kiyan mi story, ????????❤ midhuvas kolhu kuda kon busy kamun aslu comment eh kohnuleveni, Ifoo thee hama best writer eh, ?? lotsssssssssssss of love Ifooo ????❤✌???✌????????????

  • ifoo

   May 20, 2019 at 3:54 am

   Awwwwnn ❤️❤️❤️???… Sharu ❤️❤️❤️… Haadha loabi colourful comment ekey ❤️❤️❤️???… V v v ufaavehje ifoo ge story ehaa kamudhiyaima ???… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often ???… Sending more n more loves from me ❤️❤️❤️?????????…

 11. aysha

  May 19, 2019 at 10:35 pm

  vaahka reethi ekm heevanee konme part eh ga ves ekahjeh kiyeyhen.. scenes thah varah ehgoih.. dhekevey vaahakaige mauloo ves… and no twist.. mikan ragalhu kohleema vaahaka furihamavaane kamah feney.. positive koh nagaane kamah heekuran

  • ifoo

   May 20, 2019 at 3:58 am

   aysha ❤️❤️❤️… Situation hama akah neylheythy same topic mi dhekeveny… Once the situation gets clear things will go ahead ???… Will try to bring a change ???… Thankyou soooooo much for your opinion ❤️❤️❤️?????????… I took the comment positively ???…

 12. Maayu

  May 19, 2019 at 10:53 pm

  story is awsome ifoo.. V interesting hisaaabakun thi nimmaalyy… best of luck dear

  • ifoo

   May 20, 2019 at 4:01 am

   Maayu ❤️❤️❤️… Regular koh maayu ge comment thah ifoo ah libeythy v v v ufaavehje ???… Thankyou sooooooooo much ❤️❤️❤️?????????…

 13. Maly

  May 19, 2019 at 11:12 pm

  VVV reethi mi part

  • ifoo

   May 20, 2019 at 4:22 am

   Maly ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… It means a lot for me ???… Much loves ❤️❤️❤️?????????…

 14. DOLPHIN ?

  May 19, 2019 at 11:24 pm

  WOW IFOOO ITS SO BEAUTIFUL… IFOO NEXT PART WEDNESDAYGE KURIN UP KOHDHEVEYNETHA? ?????❤? PLEASE NEXT PART MIAH VURE DHIGU KOHLACHEY….. THIS IS THE MOST BEAUTIFUL STORY IN THE TIS SITE ??❤????❤??❤????? I CAN SAY THIS IS THE PERFECT ONE IN THIS SITE… WOWWOWWO

  • ifoo

   May 20, 2019 at 4:25 am

   Awwwwnn ❤️❤️❤️???… Thankyou soooooooooo much much DOLPHIN ❤️❤️❤️?????????… It means a lot for me ???… Neynge dear ehen bunaakah… Enme lasvegen Wednesday night ga up kureveythr balaanan ???… Hope to see ur comment more often ???… Much more loves ❤️❤️❤️?????????…

 15. AMAAN

  May 19, 2019 at 11:24 pm

  Wow mipart ves vvvv rythi…. aan aa minnu aaa gulheny….???….cant wait to read next part…. naail n ashraa aa dhemynu gulhuvaigen gennahchey erashun…… kiyaa hithu invarun neygun nimun irugaves ….. kiyaa foohi nuvey .?????… every single part i read repeatedly….❣❣❣❣ masha ahllah gud work dear keep it up…..❤❤

  • ifoo

   May 20, 2019 at 4:27 am

   Awwwwnn ❤️❤️❤️… Thankyou sooooooooo much AMAAN ❤️❤️❤️?????????… AMAAN ge faraathun libey support hama faahaga kohlevey❤️❤️❤️ ???… Story ehaa kamudhiyaima V v v ufaavehje ifoo ???… It means a lot for me ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…

 16. Mariyanbu?

  May 19, 2019 at 11:30 pm

  Thisss???
  Great job gurl✨❤️

  • ifoo

   May 20, 2019 at 4:28 am

   Thankyou sooooooooo much ❤️❤️❤️?????????.. It means a lot for me ???…

 17. Dhonthee

  May 19, 2019 at 11:36 pm

  Ifoo haadha molhey dhw readers curious kuran???????
  Anways this part is awsome⚘⚘⚘⚘ and varah kiyaahithun dhonthi mi part keeves
  I really really love your story ifoo
  ….And i really appreciate your work.
  Mi part dhigukoh genesdhineema varah ufaavey and i was so curious mi part kiyaa nimunuiru
  Okayyy ifooo
  ….Take care
  ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Love you so much

  • ifoo

   May 20, 2019 at 4:30 am

   Awwwwnn ❤️❤️❤️???… Dhonthee ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????.. Ur so sweet ❤️❤️❤️???… It means a lot for me ???… V v v ufaavehje ???… Much more loves from me ❤️❤️❤️?????????…

 18. ALP

  May 20, 2019 at 2:05 am

  Vvvv reethi igey mi part ves… Waiting waiting… Kurukoh fonikoh bunaanama obiness to the max… ???❤️❤️

  • ifoo

   May 20, 2019 at 4:32 am

   ALP ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Much loves ❤️❤️❤️?????????…

 19. malsamalkkomal

  May 20, 2019 at 2:47 am

  Mi part ves varah reethi ifoo..you are the best..?

  • ifoo

   May 20, 2019 at 4:33 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much dear ???❤️❤️❤️??????…

 20. Bestie

  May 20, 2019 at 4:04 am

  Masha Allah….❤❤vrh reethi mi part ves..curiously waiting for the next part

  • ifoo

   May 20, 2019 at 4:34 am

   Bestie ❤️❤️❤️???… Thankyou sooooooooo much ???❤️❤️❤️??????… It means a lot for me ???… Keep waiting for the next part ???… Much loves ❤️❤️❤️?????????…

 21. Shaa

  May 20, 2019 at 4:46 am

  How many parts are there now. Story varah reethi masha Allah ☺️☺️☺️??????????????❤️???

  • ifoo

   May 20, 2019 at 5:11 am

   Shaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Maybe 5 or 6 ???…

 22. yaaanaa

  May 20, 2019 at 7:46 am

  ❤❤❤❤❤wowwww ❤❤❤❤❤v v v v v v v reeeeethi ?????mashah allah ?????keeekeyy dhnn bunaanee vss ????????? bunaane ehcheh vss hama neyge ??????? hama ehaaa vss furihama ?????????? sifa kurun vsss hama habeyss ??????????????vaahakaa ga ulhevey henn hama heevaneee ???????????????? v v v ufaaveje bxy kn ulhe munn vss dhigukoh mi part genes dhineema ????? ifoo thee hama best writer mihaathanah fenunu ?????? haadha reethi hisaabakun ney dhww thi ninmaalee vss ?????????????????? next part avahah up kohdheh cheh ???????????????????????? LOVE U ?????????❤❤❤❤❤❤???????????

  • ifoo

   May 22, 2019 at 9:47 pm

   Awwwwnn yaaanaa ❤️❤️❤️???… Ifoo akah neynge bunaane ehcheh vx ???… Yaaanaa ge colourful Comment kiyaalaafa ifoo vx hama speechless v ???… V v v ufaavehje ???… Thankyou sooooooooo much for the support n love ❤️❤️❤️????????… Ur one of the best reader ey buneveynee ???… Ehaa vx yaaanaa supportive ❤️❤️❤️???… Once again thankyou sooooooooo much for appreciating my hard work ❤️❤️❤️?????????… Love you more ❤️❤️❤️?????????…

 23. Nish

  May 20, 2019 at 8:06 am

  Hama habeys. Mihaa nice story eh adhi english and dhivehi mix kollaigenves nukian. Vvvvvvvvv reethi. Best of luck. Hama kiaahithun hutta thi ninmaalee. Waiting 4 the next part

  • ifoo

   May 22, 2019 at 9:49 pm

   Awwwwnn ❤️❤️❤️???… Thankyou sooooooooo much Nish ❤️❤️❤️?????????… Ur so sweet ???… V v v ufaavehje ???… Much more loves ❤️❤️❤️?????????…

 24. Eyna ge girl ?

  May 20, 2019 at 10:29 am

  OMG WIOIIOOIIIIOOOOOOOOOOOOOIIIIIWWW ??????
  Dn kihineh baa vany.. alhey can’t wait ifoooo Darla ….alhey next part ga knme vx eh couple eh gulhuvabaa pulllyyyyyzzuuu???vvvvvvvvvvvv nice ..Masha Allah..my favy Hama thy..
  Waiting⏳⏳⏳⏳⏳???????️????

  • ifoo

   May 22, 2019 at 9:50 pm

   Girl ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Let’s see what happens ???… Now next part up kohlaifinn ???… You can read it ???… Once again thankyou sooooooooo much dear n much more loves from me ❤️❤️❤️?????????…

 25. jiji

  May 20, 2019 at 11:00 am

  Dear sorry fr the late reply???..vv bxy koh ulhuny exam v ma.ehnve up vefa inas kiyaakah tym nulibun..Btw mi part haadha hiyy gaimey??????❤❤❤???.Aan nd minnu avahah gulhuvaba ingey dear….Ashoo aa naail vec ingey…Curiously waiting fr next…Luw yuhhh???❤❤❤??????

  • ifoo

   May 22, 2019 at 9:55 pm

   Jiji ❤️❤️❤️… It’s ok lasviyas ???… Bxy koh ulhemunvx story kiyaalaafa comment eh kohlyma v v v ufaavehje ???… Thankyou sooooooooo much ❤️❤️❤️?????????… Let’s see what happens ???… Now next part kiyaaleveyne ???… Much loves ❤️❤️❤️?????????…

 26. BTS for life!

  May 20, 2019 at 11:28 am

  alheyy….. mi part ves vrh vrh vrh reethi!!! Curiously waiting for the next part!! You are my fav writer…. THANK YOU SOOOOOO MUCH!!! I LOVE YOU!!!

  • ifoo

   May 22, 2019 at 9:56 pm

   Awwwwnn ❤️❤️❤️???… So sweet of you ❤️❤️❤️???… Thankyou sooooooooo much ??????❤️❤️❤️???… V v v ufaavehje ???… Now next part kiyaaleveyne ???… Much more loves from me dear ??????❤️❤️❤️???…

 27. Nazy

  May 20, 2019 at 11:53 am

  Comments thaka reply kurachey. Eyrun vrh happy vey. N busy vaane kan ves ngey. But reply kollachey time vaa varakun. Story v nice. Love you

  • ifoo

   May 23, 2019 at 11:44 am

   Nazy ❤️❤️❤️… Yeah ???… Time vaavarakun reply kuramun mi dhany ???… Thankyou sooooooooo much ❤️❤️❤️?????????…

 28. Maaya

  May 20, 2019 at 11:59 am

  Wanna take a selfie with you. Most intelligent story writter for me. Your story just wow. Wanna hug you. Love you soo much

  • ifoo

   May 23, 2019 at 11:46 am

   Awwwwnn ❤️❤️❤️???… So sweet of you dear ❤️❤️❤️???… Heheh… V thafaathu comment eh mi libuny ???… Thankyou sooooooooo much ❤️❤️❤️?????????… Love you too dear ❤️❤️❤️?????????…

 29. maai

  May 20, 2019 at 12:33 pm

  Masha Allah……..i don’t know what to say……this part is amazing…..??????????????????knme scene ehves ehaa rythi kn hury describe kohdhyfa.?????????????????…hama hyvy Bollywood ge filmeh live o?kn balailevunu hen..????…haadha loabi ey mi part ves…this story is awesome ❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????…..your are the best best writer….ifoo darling thanks ehaa dhigu kn genesdhinyma.?????????????????….i am waiting for next part…..avahah up kolla dhechey…
  Hey..Ifoo i have a request for you….mi story nimmaalaafa ehen story eh fashaa iru e story ge charectar thakah nan dheynamennu…maai buna nameh kuriah oii story ga genesdhyba plx pls….
  “Aixaan” “reem” mi dhe name vvv rythi…pls dhen story eh liyaa iru mi dhe name use kurachey…??????????????
  Any way vvvvvvvvvv loabi mi partves..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
  Your big fan maai

  • ifoo

   May 23, 2019 at 11:59 am

   Maai ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje story kamudhiyaima ???… It means a lot for me ???… Ifoo ah thidhey support ah v v v bodah thanks ???❤️❤️❤️??????… Your one of my best reader ey buneveynee ???… Name dhw… V reethi dhe name vx… Next story ge names mihaaru ifoo decide kohfa innaaneee… Knmes story ehga name himanaaleveythr try kuraanan ingey ???… Sending more n more loves from me ❤️❤️❤️?????????…

 30. Noora

  May 20, 2019 at 3:56 pm

  Wow mi part ves v reethi. Enme interest hisaabun thi ninmaalee can’t wait for next part

  • ifoo

   May 23, 2019 at 2:58 pm

   Noora ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…

 31. afoo

  May 20, 2019 at 5:27 pm

  just like i guessed hama uraalee eyh.. ifooooo… vrh vrh lwbiey ingey.. vrh heevey zahaa and naail ashraa jealous kuran plan kohgen hen eulheny.. btw story hama awsome.. vrh reethi as usual.. keep goin gurl … mi story nimunyma ves ehn story akah vrh inthixaaru kuran.. luv yah..

  • ifoo

   May 23, 2019 at 3:03 pm

   Afoo ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Yeah ???… Ur guess was right ???… V v v ufaavehje story kamudhiyaima ???… In Sha Allah mi story nimunyma break akah fahu new story eh fenigendhaane ???… Love you too dear ❤️❤️❤️?????????…

 32. A.S.Cain

  May 20, 2019 at 6:06 pm

  reethi vaahaka eh mii ingey

  • ifoo

   May 23, 2019 at 3:04 pm

   A. S. Cain ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…

 33. ryn

  May 20, 2019 at 6:58 pm

  aleyyy mi part varah varah reethi….. cant wait for next part

  • ifoo

   May 23, 2019 at 3:04 pm

   Ryn ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Keep waiting dear ???…

 34. @Ikleel

  May 20, 2019 at 7:22 pm

  Hey its finally uploaded …❤❤????..Alhe ifoo what i can say about this…??
  I dnt know what to say…❤❤????..I dnt want say anything about this..!!! ❤❤????…You did an amazing job again and again dear..❤❤????…Mi part vex ehaa reethi vefa sifa kurun thah ehaame furihama…❤❤????..Manzaru vrh reechah sifa kurevey kiyamun dhaa iru..❤❤????…Mi part dhigu koh genesdhinyma v bodah thnx ingey..❤❤????..Hope next part vex dhigu koh genesdheyne kamah..❤❤????..Mihaathanah kiyunu emme reethi vaahaka mi ee..❤❤????…Vaahaka genesdhey gothun vrh vrh kiyaa hiyvey mi vaahaka…❤❤????…Keep it up ingey ifoo…❤❤????..Readers happy koh dhinumah bura koh ulhemun vex thi kuraa massakkathah vrh bodah thnx..❤❤????..Waiting for the next part..❤❤????…Hope next part adhi miah vure reethi vaane kamah…❤❤????…Much loves dear..❤❤????
  THE BEST STORY
  THE BEST WRITTER
  ❤❤❤❤????

  • ifoo

   May 24, 2019 at 10:30 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Much loves ❤️❤️❤️?????????…

 35. Cute Lips

  May 20, 2019 at 8:02 pm

  did u knw ifoo…. Arushadh ge name aeema… Cute Lips ge anga than mi thanah hulhuvun…mi v haa thanh ivifa nuvaa nameh… e nan Cute Lips ah adu ivuny dad faraathun kokko ah nan kiyan.. he is now 10 days old.. dhn site ifoo ge story in fenunyma… v Happy… i love it…hehehe.. miadhah vaane 10 days.. i never dream that his name would be in a story… but coincidence dw….v reethi story… kokko name aaeema needhevuny cmmnt nukoh… mi cmmnt vs deliver vehjiyaa.. kithanme haa vs rangalhu…v nudhey cmnnt thah… but i really want this cmnnt to get delivered ….. ARUSHADH…hehehe

  • someone

   May 20, 2019 at 10:10 pm

   Hehe cute lips is so cute ???????????????

  • ifoo

   May 24, 2019 at 10:37 am

   Awwwwnn ❤️❤️❤️???… Ur so cute ❤️❤️❤️???… Heheheh… V ufaavehje cute Lips ah ehaa special name eh ifoo ah use kurevunyma ???… Thankyou sooooooooo much ❤️❤️❤️?????????… Much loves ❤️❤️❤️?????????…

 36. Dhonthee

  May 21, 2019 at 3:35 am

  Ifoo wednesday ge kurin up kodhdhevidhaanetha
  ???????

  • ifoo

   May 24, 2019 at 10:38 am

   Sorry dhonthee ???… I couldn’t…

 37. Daisy girl

  May 21, 2019 at 11:18 am

  Awwwm ?????? dear ❤️❤️❤️❤️❤️❤️❤️ur just amazing ???????Ur stry is the best stry I have read ???????? it’s worth reading and waiting ????????? alhey naail haadha goahey ????Anyway,aan and minnu haadha purple ey ?????bye ???
  Lots of love ???????
  Missed you ???????????

  • ifoo

   May 24, 2019 at 10:39 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much Daisy girl ❤️❤️❤️?????????… V v v ufaavehje ???… Much more loves ❤️❤️❤️?????????…

 38. Naju

  May 22, 2019 at 4:43 pm

  wonderful ??? Ifoo mi partvx hama v v v rythi ingey ??????… I love it n keep up the good work dear ????????… I really appreciate your hard work ???????… lysm ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • ifoo

   May 24, 2019 at 10:41 am

   Naju ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Much more loves ❤️❤️❤️?????????…

 39. Anii

  May 22, 2019 at 7:43 pm

  Mirey up kohdheynan tha?

  • ifoo

   May 24, 2019 at 10:43 am

   Upload kohlaafa innaanee mihaaru ???…

 40. Jungkook

  May 22, 2019 at 8:30 pm

  Wow??? Alhey mirey up kondheveynetha Varah kiyaa hithun mihiree ?? Mihaaru 15 faharu check Kuruvihithaama hehe??

  • ifoo

   May 24, 2019 at 10:44 am

   Jungkook ❤️❤️❤️… Thankyou sooooooooo much ❤️❤️?????????… V v v ufaavehje ???…

Comments are closed.