Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 32

Saraa Level 910 Stories100 Comments100 Login500 Comments500 Login
May 25, 2019 6 Mins Read
83 Comments

އެވަގުތު ހައިޒަލް ފޯނުގައި ހުރެފައި މަގާއިދިމާލަށް ބަލާލިއިރު ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ބާރު ސްޕީޑެއްގައި ވޫސްލާފައި ނައިނާއާއި ދިމާލަށް އައި ވޭން ފެނިފައި ހައިޒަލްއަށް ވީގޮތެއްވެސް ނޭނގުނެވެ. ވަގުތުން ނައިނާއޭ ކިޔާހަޅޭލަވައިގަނެވުނުއިރު މަގުގައި ތިބި އެހެންމީހުންގެ ހަޅޭކުގެ އަޑު އިވިލިއެވެ. އޭރު ނައިނާއާއި އަރާހަމަވަމުންދިޔަ ވޭންފެނިފައި ނައިނާއަށް ލޯމަރާ ބާރުކޮށްލެވުނީ އެވަގުތުކޮޅު އޭނާ ސަލާމަތްނުވާއޭ ހީވިވަރުންނެވެ. ވޭންގެ ހެޑްލައިޓްގެ އަލިކަން ނައިނާގެ މޫނަށް އެޅިގެންދިޔައިރު ހައިޒަލް އެއްލިއަތުން ނައިނާގެ ހަށިގަނޑުގައި ހިފާ އޭނަގެ ގަޔާއި ދިމާލަށް ދަމައިގަނެވުނީ ކިރިޔާއެވެ. ކުޑަ ތަންކޮޅެއް ލަސްވިނަމަވެސް ނައިނާ ހަށިގަނޑު ވޭންގެ ފުރޮޅުތަކުގެ ދަށުވީހެވެ.

“ނައިނާ…” ހައިޒަލްގެ މޫނުމަތިން އެވަގުތު ފެނުނީ އިންތިހާދަރަޖައިގެ ހާސްކަމެވެ. ނައިނާ ގެނެސް މެޔާލައި ބޮޑިކޮށްލިއިރު ހައިޒަލް ދެލޯ ހަނިކޮށްލަމުން މަގުހުރިގޮތަށް ދުއްވާފައިގޮސް ނިވާވަމުންދިޔަ ވޭންއަށް ނަޒަރެއްދިނެވެ. ވޭންގެ ނަންބަރު ޕްލޭޓްއާއި ވޭންގައި ކުރާހައިފައިވާ ބްލޫސްގެ ލޯގޯ ފެނި ހައިޒަލްގެ ނޭވާވެސް ތާށިވިފަދައެވެ. ހިތުގައި ބިރުވެރިކަމުގެ ވިންދެން ޖަހާލިއިރު ނައިނާ އިތުރަށް އެއަތުތެރޭ ބޮޑިކޮށްލެވުނެވެ.

އެވޭތުވެދިޔަ ވަގުތުކޮޅު މުޅިދުނިޔެވެސް ހުއްޓުމަކަށް އައި ފަދައެވެ. މަގުގައި ހަރަކާތްތެރިވަމުންދިޔަ އެންމެންނަށްވެސް ޝޮކެއް ލިބުނެވެ. އެ ފަޅި ސިކުންތުކޮޅު އެކަކުވެސް ނައިނާ އެހާ ހަނިގޮތަކަށް ސަލާމަތްވެދާނެކަމަކަށް ހިޔެއްނުކުރެއެވެ.

“ޑޭމިޓް… މޮޔަވެފަތަ ނައިނާ ހުންނަނީ…” ހައިޒަލް ނައިނާގެ ދެކޮނޑުގައި ތަޅުވައިގަންނަމުން ހަރުކަށިގޮތަކަށް ބުނެލުމާއިއެކު ނައިނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ހައިޒަލް އެހާ ބާރަށް އެލަފްޒުތައް ބުނެލުމުން ނައިނާ މާބޮޑަށް ހިތުގައި ޖެހުނީހެވެ. ނަމަވެސް ހައިޒަލް ހުރީ އެކަންވިސްނޭވަރަށްވުރެ ބޮޑަށް ސިކުނޑި ހަމައިން ނައްޓާފައެވެ. އެންމެ ސިކުންތުކޮޅެއްވެސް ލަސްވިނަމަ އެ ނުރައްކާތެރި ހަމަލާގެ އަމާޒަކަށް ނައިނާ ވީހެވެ. އެގޮތަށް އެކަންވިނަމަ އޭނައަށް ދުވަހަކު އަމިއްލަ ނަފްސަށް މައާފުނުކުރެވުނީހެވެ. ރޭގައި ނައިނާ އެއަތުތެރޭގައިވީ ވަގުތުކޮޅު އަމިއްލަ ފުރާނައިން ގުރުބާންވެގެންވެސް ނައިނާގެ ފުރާނަ ރައްކާތެރިކުރާނެކަމަށް އޭނަ އަމިއްލަ ނަފްސަށްވެސް ވައުދުވިއެވެ.

ހައިޒަލް މަގުމަތީވިހުރެމުންދިޔަ ކަރުދާސްތަކަށް ފަރުވާލެއްދިނުމެއްނެތި ނައިނާގެ އަތުގައި ހިފައިގެން މަގުހުރަސްކުރަމުން ކާރާއިދިމާލަށް ހިނގައިގަތެވެ. ކާރުގެ ދޮރުހުޅުވާލައިފައި ނައިނާ އެރުމުން ކާރުގެ ދޮރު ޖަހާލެވުނީ ދުވަހަކު ޖަހާނުލެވޭހާ ބާރަށެވެ. އެކަމުންވެސް ހާމަވީ ހައިޒަލް ރުޅިގަދަވެފައި ހުރިވަރެވެ. ހައިޒަލް ސީޓްގައި ހަމަޖެހިލަމުން ނައިނާގެ މޫނަށް ބަލާލިއިރު އެލޮލަށް ގިނަވެފައިވީ ކަރުނަތައް ފެނި ހިތް ފިސްފިސްވެގެންދިޔަހެން ހީވިއެވެ. ވަގުތުން ނައިނާގެ ލޮލުގައި އިނގިލިތައް ޖައްސާލަމުން ކަރުނަތައް އައުން މަނާކޮށްލިއެވެ.

“ނައި… އައިމް ސޮރީ… އަހަރެން ރުޅިއައިސްގެނެއްނޫނޭ… ނައިނާ ކުރިކަމެއް ބަލާބަލަ… އަހަންނަށް އެވަގުތު ނައިނާގެ ހަށިގަނޑުގައި ނުހިފުނުނުނަމަ ވާނެގޮތް އިނގޭތަ… ބޭބީ… ޕްލީޒް… އަމިއްލަ ނަފްސާއިމެދު އެހާ ފަރުވާކުޑަނުކޮށްބަލަ… އެޓްލީސްޓް އަހަންނަށްޓަކައިވެސް….” ހައިޒަލް ނައިނާ ގެނެސް އެއަތުގެ ތެރޭބޮޑިކޮށްލަމުން އުނދަގޫގޮތަކަށް ދެލޯމަރާލިއެވެ. ދެންމެ ހިނގި އެ ހާދިސާ އޭނަގެ ހިތުން އަދިވެސް ފިލައިގެން ދިޔައީކީ ނޫނެވެ. އެއީ ބައްޕަގެ ފަރާތުން ލިބުނު އިންޒާރެއްކަން އިނގުނުއިރު ނައިނާގެ ސަލާމަތާއިމެދު ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ އިންތިހާއަށެވެ. އޭނަގެ މިގޮތްދޫނުކުރުމުގެ ސަބަބުން ނައިނާއަށް އަނިޔާއެއް ލިބިއްޖެނަމަ އޭނަ އަމިއްލަ ނަފްސަށް ދުވަހަކު މައާފެއް ނުކުރާނެއެވެ.

ހަލަބޮލިވެފައިވާ މަގުތަކުގައި ކާރުދުއްވަމުންދިޔައިރު ނައިނާ ހައިޒަލް ހަމަޖައްސަން ވެގެން އެތައް ވާހަކައެއް ދެއްކިއެވެ. އެތައްފަހަރަކު މައާފަށް އެދުނެވެ. އެތައް ވަގުތަކަކަށްފަހު ދެލޯބިވެރިން ސުލްހަވެގެންދިޔައިރު ހައިޒަލް ފަޓްލޫންގެ ޖީބުން ނެގި ހުދު ރަނުގެ އަނގޮއްޓި ނައިނާގެ އަތުގައި އަޅުވާލަދިނެވެ. އަނގޮޓި ދެފަރާތަށް ލެބިގެންއައިސްފައި އިންގޮތަށް އިންއިރު ދެފަރާތުގައި ހަރުކޮށްލެވިފައިވާ ހިތުގެ ބައްޓަމަށްވާ ޖަވާހިރުގައި ނައިނާ އިނގިލި ހިންގާލިއެވެ.

“ވޯވް އިޓްސް ރިއަލީ ނައިސް…” ނައިނާ ވާހަކަދެއްކި އަޑަށް ހައިޒަލް މަގުން ނަޒަރު ވަކިކޮށްލަމުން ނައިނާގެ މޫނަށް ނަޒަރުހުއްޓާލިއެވެ. އޭރު ނައިނާ ހިނިތުންވެލައިގެން އިންއިރު އެ މޫނުމަތި އުޖާލާވެފައިވީގޮތުން ހައިޒަލް ނައިނާގެ މޫނުން ނަޒަރު ވަކިކޮށްލާ ހިތެއްވެސް ނުވިއެވެ. ހައިޒަލް ނައިނާގެ އިނގިލީގައި އަޅުވާލެވިފައިވާ އަނގޮޓި އަނބުރާލަމުން ހައިޒަލްގެ ނަން ކަޑާ ނަގައިފައިވީ ތަން ދައްކާލިއެވެ. ނައިނާގެ ލޮލުން ފެނިލި ވިދުވަރާއިއެކު ހައިޒަލްގެ މޫނަށް ބަލާލީ ލޯބިން ފުރިގެންވީ ނަަޒަރަކުންނެވެ. ނައިނާގެ އަތްތިލަ ސަރަކައިގައި ހިފާލެވިފައިވާ ހައިޒަލްގެ އަތްތިލަމަތީ ބާއްވާލިއިރު ހައިޒަލް ނައިނާގެ މޫނަށް ބަލާލެވުނީއެވެ. ދެޒުވާނުން ހިނދުކޮޅަކަށް ނަމަވެސް އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެނބިގެންދިޔައިރު ހަލަބޮލިވެފައިވާ މަގުމަތިންވެސް ހަނދާން ނައްތާލެވުނެވެ.

ކުއްލިއަކަށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ކާރުގެ ކުރިމައްޗަށް އެރިއިރު ހައިޒަލް އެ އަޑަށް ސިހިފައި ސަރަކައިގައި ހިފާ އަނބުރާލިގޮތުން ފުރޮޅުތައް ކެހިގެންގޮސް މަގުގެ މެދަކަށް ކަހަލަގޮތަކަށް ކާރު މަތަވިއެވެ. ނައިނާ ކުޑަކޮށް ކުރިއަށް އެއްލިގެންދިޔައިރު މޫނުމައްޗަށް ނިވާއެޅުނު އިސްތަށިކޮޅު ރީތިކޮށްލަމުން މަގަށް ނަޒަރު ހުއްޓާލިއިރު ވަގުތުން ދެލޯބޮޑުވެގެންދިޔައެވެ.

ކަފި ހުރަސްމަތިން ހައިރާ ހިނގާފައި އައިރު ބާރުސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލު ދިޔައީ ހައިރާގެ ގައި ކައިރިން އަޅާލާފައެވެ. ސައިކަލުގެ ޒޫމްއަޑާއި ހައިރާއަށް ސިހިފައި ފަހަތަށް ފިޔަވަޅެެއް އަޅާލެވުނުއިރު ފައި އެޅުނުގޮތުން ފަހަތަށް ވެއްޓެންދިޔައިރު އަތުގައި އޮތް ކޮތަޅުތައް ދޫވެ ކޮތަޅުގައިވާހާ ސަމާނެއް މަގުމައްޗަށް ހޫރިގެންދިޔައެވެ.

“ދައްތަ…” ނައިނާ ކިޔާލުމާއިއެކު ހައިޒަލްގެ ނަޒަރުވެސް ނައިނާއާއި އެއްދިމާލަކަށް ހުއްޓުނެވެ.

“ހައިރާ ދައްތަތަ؟” ސާޅީހުގެ އަހަރުތައް ގުނަމުންދާ އަންހެންމީހާއަށް ހައިޒަލްގެ ނަޒަރު ހުއްޓުނުއިރު ނައިނާއާއި ސުވާލުކޮށްލިއެވެ. ނައިނާ ބޯޖަހާލިއިރު އަވަސްގޮތަކަށް ސީޓްބެލްޓް ނައްޓާލަމުން ކާރުގެ ދޮރުފަތް ހުޅުވާ ކާރުން ފޭބިއެވެ. އެއާއިއެކު ހައިރާއާއި ދިމާލަށް ދުއްވައިގަތެވެ. ހައިޒަލް ނައިނާގެ ފަހަތުންދާން އުޅެފައިވެސް ފަހަތުން އައި އުޅަނދުތަކުގެ ބަރުގޮނުތަކުގެ އަޑަށް ކާރު ކުރިއަށް ދުއްވާލިއެވެ.

ނައިނާ ހައިރާއަށް ތެދުވަން އެހީވެދީފައި ތެދުވެލީ މަގުމަތީ ވިހުރިފައިވާ ސާމާނުތައް އެއްކޮށް ކޮތަޅަށް އެޅުމަށްފަހުއެވެ. ނައިނާ ދުއްވާ އެއްޗިއްސަށް ތަންދެމުން ހައިރާގެ އަތުގައި ހިފާލައިގެން މަގުގެ އެއްފަރާތަށް އެރިއެވެ. އޭރު ހައިޒަލް ކާރުގައި އެހިސާބާއި އަރާހަމަވީއެވެ. ނައިނާ ހައިރާގެ ކުރިމަތީ ހުއްޓިގެން ހުރިގޮތުން ހައިޒަލްއަށް ރީތިކޮށް ހައިރާގެ މޫނެއް ނުފެނުނެވެ.

“ނައިނާ… އޯކޭތަ…” ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ހައިޒަލް ވާހަކަދެއްކި އަޑުއިވިފައި ހައިރާ އިސްއުފުލާ ބަލާލީ ސިހިފައިކަހަލަ ގޮތަކަށެވެ. ހިނދުކޮޅަކަށް އެއަޑު ހިނދުރީގައި ގުގުމާލިގޮތުން ހައިރާ ހުއްޓުންއެރިއިރު އަވަސްއަވަހަށް އެސްފިޔަތައް ހަރަކާތްކޮށްލީ ލޮލަށް ޖަމާވާން ތައްޔާރުވި ކަރުނަތައް ހުއްޓުވަން ބޭނުންވީވަރުންނެވެ.

“ދައްތައާއިއެކު ކާރަށް އަރަންވީނު…” ހައިޒަލްގެ ޖުމްލައާއިއެކު ދައްތާއޭ ކިޔާ މުހާތަބުކުރިގޮތުން ހައިރާގެ ނާރުތައް ފިތިގެން އައިފަދަ އިހުސާސްއެއްކުރެވުނު ނޭވާލާންވެސް އުނދަގޫވިއެވެ. ހިތުގައި ރިހެންފެށިގޮތުން މޭގައި އަތްއަޅާލަމުން ކާރާއި ދިމާލަށް ބަލާލެވުނެވެ. ކާރުގެ ބިއްލޫރިގަނޑުގެ އެއްބައިކަހާލެވިފައިވާއިރު ހައިޒަލްގެ މޫނުގެ އެއްފަޅި ފެންނަމުންދިޔައިރު އެ ސޫރައަށް ބަލަހައްޓައިގެން ހުރުމަށް ހައިރާގެ ހިތްއެދުނެވެ. އެތަށް އަހަރެއްފަހުން އެ ސޫރަ ހަމަލޮލަށް ފެނިލިއިރު ހައިރާގެ ހިތަށް ކުރީ ތަފާތު އަސަރެކެވެ. އެތަށް އަހަރެއްގެ އެކުވެގެން އެ ތުއްތު ހަށިގަނޑަށް އައިސްފައިވަނީ ނުހަނު ބޮޑު ބަދަލެކެވެ. އެ މޫނުމަތިން ކުރިން ފެނުނު މައުސޫމްކަން ކެނޑި ޒުވާންކަމުގެ ވިދުވަރު ފާޅުވެއްޖެއެވެ. އެތަށް އަހަރެއް ފަހުން އެ ސޫރަ އޭނައަށް އެހެން ފަރާތެއްގެ މަތިން ހަނދާންކުރަން ޖައްސައިފިއެވެ. ހައިރާގެ ލޮލަށް ބޮޑިވާންފެށި ކަރުނަތައް ހުއްޓުވަމުން ފުންނޭވާއެއްލީ މާޒީގެ ހިތިކަމުން ބޭރުވާން ބޭނުންވެފައި ހުރިކަހަލަ ގޮތަކަށެވެ. އެއާއިއެކު އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ނައިނާއަށް ބަލާލިއެވެ.

“ދައްތަ ހިނގާލައިފައި ދާނީ… އެހާ ދުރެއްވެސް ނޫނެއްނު… ނައިނާ ބޭނުމިއްޔާ ކާރުގައި އާދޭ އިނގޭ….” ހައިރާ ނައިނާއަށް ޖަވާބުދެމުން ދުރަށް ހިނގައިގަތީ އެންމެ މިނެޓަކުވެސް އެތާ މަޑުކޮށްފިނަމަ އޭނަގެ އިހުސާސްތައް ކޮންޓްރޯލްނުކުރެވިދާނެއަތީއެވެ. މިވޭތުވެދިޔަ އަހަރުތަކުގައި އޭނަ އެ އިހުސާސްތަކާއި ދެކޮޅަށް ހަނގުރާމަކުރީ ނެތް ހިތްވަރު ނެރެގެންނެވެ.

“ދައްތައާއި އެކީ ހިނގާލައިފައި ދާނީ… ބާއި ހައި…” ނައިނާ ހައިރާއާއި ދިމާލަށް ހިނގައިގަންނަމުން ހައިޒަލްއަށް އަތްހޫރާލިއެވެ. “ހައި” އެނަމާއިއެކު ހިނދުކޮޅަކަށް ނަމަވެސް ހައިރާގެ ހަށިގަނޑު ހުއްޓުންއެރިއެވެ. ވަގުތުން ފަސްއެނބުރިބަލާލެވުނުއިރު ހައިޒަލް ކާރު ދުއްވާލީއެވެ. ހައިރާގެ ހިތަށް ނޭނގޭފަދަ ވޭނެއް ލިބުނެވެ. އެހާދުވަސްފަހުން ފެނިލިއިރުވެސް އެ މޫނުގައި ފިރުމާލާނެ ފުރުސަތެއްވެސް އޭނާއަކަށް ނުލިބުނެވެ. އެހަށިގަނޑުގައި ބައްދާލާ ލޯބިވާވަރު ހާމަކޮށްދޭނޭފަދަ ހިތްވަރެއްވެސް ނުކުރެވުނެވެ. އެތަށްދުވަހެއްފަހުން ލޮލަށް ފެނިލިގޮތަށް އެސްފިޔަޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެއްލިގެންދިޔައީ ހައިރާގެ ހިތުގައި ފަސޭހަވަމުންދިޔަ ޒަހަމްތައް އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން ތާޒާކޮށްލަދީފައެވެ. އެތައް އަހަރެއް ފަހުން އަމިއްލަ ނަފްސު ކުށްވެރިކުރަން ޖައްސާފައެވެ.

*** *** *** *** *** ***

ނައިނާ ފެންވަރާލައިގެން ނިކުމެ އުނަގަނޑާއި ހަމަޔަށް އަރާ އިސްތަށިގަނޑު އޮމާންކޮށްލަމުން އައްސައިލިއެވެ. ކަންހުޅުއާއި ދިމާލުން އިސްތަށިކޮޅެއް ދޫކޮށްލާފައިވާއިރު ބޭންގްސް ކޮށާލައިފައިގޮތުން އެ މޫނު ތަފާތުކަމަށް ދައްކައެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކަޅު ޓައިޓެެއްގަައި ހުރިއިރު ސާދާ ނަމަވެސް ނައިނާ ރީތިކަމުގެ މިސާލެއްފަދައެވެ.

ނައިނާ އިރުކޮޅެއްވަންދެން ލޯގަނޑުން ފަރިބަލަން ހުރުމަށްފަހު ހައިޒަލްގެ ކޯލްއެއްގައި ހުރެގެން އެޕާރޓްމެންޓްއިން ނިކުމެގެން ގޮސް ހައިރާއަށް ހާއްސަ ބަޔަށް ވަނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަޑުއަލިކަމުގައި ދޮރަށް ފުރަގަސްވާގޮތަށް އެނދުގައި ހައިރާ އޮތެވެ. ނައިނާ މަޑުފިޔަވަޅުތަކެއްގައި ގޮސް ހައިރާއާއި ގާތްވެލަމުން ހައިރާ ނިދާފައި އޮތްކަން ޔަގީންކޮށްލިއެވެ. އެއާއިއެކު ވައި އަޑަކުން ފޯނުން ވާހަކަދެއްކިއެވެ.

“ހައި ދައްތަ އޯކޭއޭ… ނަސީބަކުން މާބޮޑު އަނިޔާއެއްނުވެއެއްނު… ދައްތައަށް މިވަގުތު ނިދިފައި އޮތީ…” ނައިނާ ފޯނުން ވާހަކަދައްކަމުން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. މަޑުމަޑުން ދޮރު ލެއްޕިގެންދިޔަ އަޑާއިއެކު ހައިރާ ލޯހުޅުވާލިއިރު ލޮލަށް ގިނަވަމުންއައި ކަރުނަތައް ކޯރެއްފަދައިން ކޯތާފަތްމައްޗަށް ބަންޑުންވެގަތެވެ. އެއާއިއެކު މަޑު ގިސްލުމެއްގެ އަޑު ކޮޓަރިތެރޭ ގުގުމާލިއެވެ. ހައިރާގެ މުށަށް ބާރުވަމުން އައިރު ހިނދެއް ހިނދަކަށް ރުއިން ބާރުވާންފެށިއެވެ. އެއަޑުއިތުރުފަރާތަކަށް އިވެން ބޭނުންނުވާތީ ހައިރާ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. އެއާއިއެކު އެންމެ ގާތަށް އޮތް ބާލީސްތެރެއަށް އަތްފޯރުވާލަމުން ހުޅުވާލެވިފައިވާ ބޯ މޮނީޓަރު ފޮތެއް ނެގިއެވެ. އެ ފޮތުގެ ހުޅުވާލެވިފައިވާ ސަފްހާގައި ހިއްޕާފައިވާ ކަޅާއި ހުދުގެ ކަރުދާސް ފޮޓޯގަނޑުގައި ހައިރާ އިނގިލިތައް ހިންގާލިއެވެ. އެފޮޓޯގައި ހުރި ކުޑަ ފިރިހެންކުއްޖާ އެހެން މީހެއްގެ އަތުގައި ހިފައިލައިގެން ހުރިއިރު ކޮންމެވެސް ކަމަކާއި ނުރުހިފައި މޫނު ހަދާލައިގެން ހުރިގޮތުން މައުސޫމްކަމުގެ އިންތިހާއެވެ.

“ހައި… ހައިޒަލް…” ހައިރާގެ ތުންފަތް ފޫދުއްވާލައިފައި ކަރުތެރެއިން ބޭރުވި ނަމާއިއެކު ވޭނީގޮތަކަށް ލޯމަރާލިއެވެ. އެއާއިއެކު ހުއްޓުމެއްނެތި ކޯތާފަތްމަތީ ކަރުނަތައް ފިރުކެންފެށީ މާޒީވި ދުވަހެއް ހަނދާންވެފައެވެ. އެދުވަހެކޭ އެއްފަދައިން އޭނަ މިއަދުވެސް އެއައީ އޭނަގެ ލޮލުގެ ނޫރު ދޫކޮށްލައިފައިވެއެވެ. އެތަށް އަހަރެއްފަހުން އެ ހިތުގައި އުތުރުއަރައިގެން ލޯބިން ދެއަތުން ކަފުންކޮށް ހިލައަށްވުރެ ހިތް ހަރުކޮށްފައެވެ. އެތަށް ދުއާއަކަށްފަހު އޭނަގެ ލޮލުގެ ފިނިކަން ފެނުނުއިރު އެ ޅަ ހިތަށް ލޯބީގެ މިންވަރެއް ނުދީ ދެވަނަ ފަހަރަށް އެ މައުސޫމްކުއްޖާ ދުރަށް އެއްލާލަފައެވެ. ހަގީގަތް އިނގިހުރެ ކަނުކަމަށް ހެދެމުން އޭނަ ފަސްދިނީއެވެ. ލޯބީގެ މައްޗަށް އަމިއްލަ އެދުން އިސްކޮށް އަމިއްލަ ހިތް ޒަޚަމްކޮށްލަމުންނެވެ. ހިތްހަލާކުވިޔަސް އޭނައަށް މިއަދު އެނޫންގޮތެއް ނެތެވެ. އޭނައަށް އޮތީ މިވޭތުވެދިޔަ ދުވަސްތަކުގައި ކެތްކުރިފަދައިން ކެތްކުރުމެވެ. ހަށިގަނޑާއި ފުރާނަ ވަކިވަންދެން ދުރު ދުރުން އެސޫރަ ދެކިގެން ހިތްހަމަޖައްސާލުން ނޫން އުފަލެއް އޭނައަށް ލިބުމެއްނެތެވެ.

*** *** *** *** *** ***

އަވަދިނެތި ދުވަހަކަށްފަހު އިރުގެ އެންމެ ފަހު ދޯދިތައް ދުނިޔެއާއި އަލްވަދާއުކިއީވެސް ޝަލީން ކޮޓަރީގައި ބަންދުވެގަނެގެން ހިތާމަކުރުމުގައި އޮއްވައެވެ. މުޅި ކޮޓަރިތެރެ އަނދިރިކަމަށް ގަންބާލައިގެން ކެއުމެއް ބުއިމެއް ނެތި ޝަލީން އޮތްއިރު އޭނަގެ ކަރުނަތަކުން ބައްޕަގެ އަޒުމްގުނޑުވާލެވޭނެކަމަށް ޝަލީން ޔަގީންކުރިއެވެ. އޭނަގެ ހިތާމަތައް ދެކެން ކެތްނުވެގެން ވަކި ހިސާބަކުން ބައްޕަ ހަތިޔާރުބަހައްޓަވާނެކަމަށް ޝަލީން ހީކުރިއެވެ. ނަމަވެސް ދުވަސްފާއިތުވެގެންދިޔައިރު ބައްޕަ އެންމެ ފަހަރަކުވެސް ކޮޓަރިއަށް ވަދެނުލެއްވިއިރު މަލެއްފަދަ ދަރިފުޅަށްވުރެ ދެއާއިލާގެ ދެމެދުގައި އޮތް ދުޝްމިނުކަން ދެމެހެއްޓުން ބައްޕައަށް މުހިންމުކަން ހާމަވެގެން ހިނގައްޖެއެވެ.

އިރުއޮއްސުނުފަހުން ޝަލީން ސްޓަޑީއަށް ވަދެލިިއިރު އިޝާރު އިންނެވީ ގޮނޑީގެ ލެގޭބަޔަށް ހަށިގަނޑު ދޫކޮށްލައިގެން ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެންނެވެ. އެ މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސް އަސަަރުތަކުން ކަމަކާއިމެދު ފިކުރުބޮޑުވެފައި އިންނެވިހެން ހީވެއެވެ. ޝަލީން ސްޓަޑީގެ ދެފަރާތަށް ހުޅުވާލެވޭ ފުޅާ ދޮރުން ވަދެގެން އައިރު ހިނދުކޮޅަކަށް ދެބަފައިންގެ ނަޒަރު ސީދާވިއެވެ.

ހިތާމައިގެ ސަބަބުން ޝަލީންގެ ރީތިކަން ފަނޑުވަމުންދާއިރު މަޑުފިޔާތޮށިކުލައިގެ ހެދުންކޮޅުގައި ޝަލީން އަތްވަށް މިލަމުންދާ ފިނިފެންމަލެއް ފަދައެވެ. އެ ރީތި މޫނުމަތީގައި ދިރުމެއްނުވާއިރު އަނދުން ފަވާލެވިފައިވާ ބޮޑު ލޮލުގައިވަނީ ކަރުނައިގެ ތެތްކަމެވެ. އެލޮލުން ފެންނަ ހާސް ހިތާމައިގެ އަސަރާއިއެކު ތުންފަތްމަތިން ކުރިން ފެންނަ ރީތި ހިނިތުންވުމެއް ނުފެނުނެވެ. ހިނދުކޮޅަކަށް މިލަމުންދިޔަ އެ މޫނަށް އިޝާރުގެ ނަޒަރު ހުއްޓާލަވާލެއްވިިއިރު ޝަލީންގެ ދެލޮލުން ފެނުނީ ޝަކުވާއެވެ. ބައްޕައާއި ދިމާލަށް ބަލަހައްޓައިގެން ހުރި ހިތްހަލާކުވެފައިވާ ނަޒަރުން ހިތަށް އުނދަގޫވެލެއްވިވަރުންނާއި އެ ކުލަވަރުތައް ދެކިލަންވަން ބޭނުންނުލެއްވިވަރުން އިޝާރު އަވަސްއަވަހަށް ދުރުބައްލަވާލެއްވިއެވެ. ދަރިފުޅުގެ މިގޮތްދޫނުކުރުމާއި ކަރުނަތައް އޭނާގެ ނިންމުމުގެ ކުރިމަތީގައި ގަދަވިޔަކަ އިޝާރު ނުދެއްވާނެއެވެ.

“ޝަލީން ހައިޒަލްއާއި ކައިވެނިކުރަން ތައްޔާރުވޭ… ޝަލީންއަށް ހައިޒަލް އިނގެއެއްނު… އަލްހާންގެ ފިރިހެން ދަރިފުޅު…. ވީހާވެސް އަވަހަކަށް މިކަން ނިންމަން އަހަރެން މިހުރީ… ކުޑަތަންކޮޅެއް ލަސްވިޔަސް އަހަރެންގެ އަންހެންދަރިފުޅު ހުންނާނީ އަހަރެންގެ އަތްނުފޯރާފަށުގައި….” އިޝާރުގެ ޖުމްލަ ނިންމާލެއްވީ ޝަލީންއަށް ބަހަކުން ޖައްސަވަމުންނެވެ. އޭރު ކަރުނައިގެ ތެތްކަން އެކުލެވެމުންދިޔަ ލޮލުން ޝަލީން ބަލަހައްޓައިގެން ހުރީ ބައްޕަގެ ނިންމެވުން ގަބޫލުނުކުރެއްވިފައެވެ. ބައްޕަ އޭނައަށް މަރުގެ ހުކުމެއް އިއްވިނަމަވެސް މިއަށްވުރެ ހިތަށްފަސޭހަވީހެވެ. ބައްޕަ އޭނަގެ ދިރިއުޅުން ބައްޓަންކުރަން އަތުކުރިއޮޅާލިއިރު އޭނަގެ ހިތަށް ކުރާނެ އަސަރާއިމެދު ވިސްނަވާނަމައެވެ. އަންހެންދަރިފުޅުގެ ހިތާމަ ބައްޕައަށް ވަޒަންނުކުރެއްވެނީ ކީއްވެހެއްޔެވެ؟

“ބައްޕަ އަޅުގަނޑަށް މައާފުކުރައްވާ އަޅުގަނޑަށް ދުވަހަކު އެހެން މީހަކާއި ކައިވެންޏެއް ނުކުރެވޭނެ…” ޝަލީން ލޯމަރާލަމުން ފުރަތަމަފަހަރަށް ބައްޕަގެ ކުރިމަތީ އެކަަމާއި ދެކޮޅުހެދިއެވެ. އޭނަ ހިމޭނުންހުއްޓާ ކަންކަން ގޯސްވެގެންދާންފެށުމުން އަމިއްލަ ދިފާއުގައި ބަހެއް ބުނަން ޝަލީންއަށް މަޖުބޫރުވީއެވެ. ބައްޕަ އެދިލައްވާގޮތަށް ކަންތައްކޮށްފިނަމަ އޭނަގެ ހިތްހަލާކުވެގެން ހިނގައިދާނެއެވެ.

އެޖުމްލައާއި އިޝާރުގެ ހަށިގަނޑު ސީދާވެގެންދިޔައިރު ވަގުތުން ގޮނޑިން ތެދުވެއްވިއެވެ. އެމޫނުމަތިން ރުޅިވެރިކަމުގެ ލިޝާންތައް ފާޅުވެގެންދާކަށް މިނެޓްކޮޅެއްވެސް ނުނެގިއެވެ.

“އަޅުގަނޑަކީ މީހެކޭ އަނތްބެކޭ ބައްޕާ….” ޝަލީން އަޑަށް ބާރުލައިފައި ބުނެލިއިރު ލޯމަރާ ބާރުކޮށްލެވުނީ ބައްޕަގެ އަތުން ހޫނުއެތިފަހަރެއް މޫނަށް އަރާނެކަން ޔަގީންވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

އައިރާ…( 8 ވަނަބައި)

Next

ލޯބިވަން 4

Next
May 26, 2019

ލޯބިވަން 4

Previews
May 25, 2019

އައިރާ…( 8 ވަނަބައި)

83 Comments!

  1. dhiraa wish says:
    May 25, 2019 at 2:45 pm

    sry for been late…. here is 32 part.. hope everyone will like this part too…. feel free to cmnt. readers view is writers motivation

  2. Winks says:
    May 25, 2019 at 3:03 pm

    me first dhw very nice just love it

    1. dhiraa wish says:
      May 25, 2019 at 7:48 pm

      thnks

  3. Mulla says:
    May 25, 2019 at 3:22 pm

    Masha Allah mi part vx v salhi ❤ … Alhe naina n haizal golhuvabe ? when next part genesh dheynii ?❤❤?

    1. dhiraa wish says:
      May 25, 2019 at 7:49 pm

      thnkx.. inshaa allah mondayga

  4. jiji says:
    May 25, 2019 at 3:31 pm

    Its ok…btw mi part V v rythi …Dhn kihineh baa vaany…I’m so curious..plc avahah up kohladhyba..waiting ?❤?

    1. dhiraa wish says:
      May 25, 2019 at 7:50 pm

      thnkx.insha allah mondayga

  5. Aff says:
    May 25, 2019 at 4:43 pm

    Part31 kobaa

    1. NAINA says:
      May 25, 2019 at 4:51 pm

      page 2 ga eba in… click authors name eyrun fehnaane hurihaa part eh

    2. dhiraa wish says:
      May 25, 2019 at 7:52 pm

      i hope u found 31st part. sry for late rpl

  6. azker says:
    May 25, 2019 at 6:31 pm

    ❤️❤️❤️❤️love it

    1. Anonymous says:
      May 25, 2019 at 6:33 pm

      Heidi azker

    2. dhiraa wish says:
      May 25, 2019 at 7:52 pm

      thnkx

  7. Ib@ says:
    May 25, 2019 at 6:45 pm

    ???Wow vvv reethi mi part Maashaa Allah sis thy one of my favourite writer ehn part takhvure ves mi part reethi.pls avahah next part up kohdehcey ly???

    1. dhiraa wish says:
      May 25, 2019 at 7:54 pm

      thnkx iba. insha allah i will

  8. Ammi Fary says:
    May 25, 2019 at 6:51 pm

    31 kobaa

    1. dhiraa wish says:
      May 25, 2019 at 7:57 pm

      click authors name. u will see all the ep

  9. ⚘?Anonymous?⚘ says:
    May 25, 2019 at 6:57 pm

    Mo prt vex vrh reethi maa shaa allah….whn nxt

    1. dhiraa wish says:
      May 25, 2019 at 8:01 pm

      thnkx

  10. ⚘?Anonymous?⚘ says:
    May 25, 2019 at 6:58 pm

    Mi*

    1. dhiraa wish says:
      May 25, 2019 at 8:02 pm

      ???

  11. @Somebody says:
    May 25, 2019 at 6:59 pm

    Habeys…. avahah next part anaane kamah hope kuran…. BTW mi story nimeyni kithah vana EP in

    1. dhiraa wish says:
      May 26, 2019 at 1:46 pm

      thnkx.. nimeynee kithah ep inkan bunaakah adi neinge cx mee adi liyamun daavaahaka ehveema

  12. @Somebody says:
    May 25, 2019 at 7:01 pm

    Curiously waiting…. Habeys story… ?

    1. dhiraa wish says:
      May 26, 2019 at 1:48 pm

      thnkx

  13. Kalhu handi says:
    May 25, 2019 at 7:21 pm

    Vaahaka v reethi . Suvaalakee bappa ah neynge kihineh marry kureveynee

    1. dhiraa wish says:
      May 25, 2019 at 8:03 pm

      thnks…… hama shaleenah ingeynee kaiveni kuri gotheh vx.

  14. bestie says:
    May 25, 2019 at 7:31 pm

    Alhe..haadha curious kohlaafa ey thi nihmaaly…. can’t wait to read next part…Masha Allah… keep up the good work

    1. dhiraa wish says:
      May 25, 2019 at 8:04 pm

      thnkx

  15. Mimmi says:
    May 25, 2019 at 9:08 pm

    Nice as always.. mihaaru heeve eba shaleen ei ishaarge dhariyeh nunhen… ei bappage valee aai laigen dhw kaiveni sahha vaanee

    1. dhiraa wish says:
      May 26, 2019 at 1:50 pm

      thnkx…….lets c

  16. Ib@ says:
    May 25, 2019 at 9:08 pm

    Acheedi mi vaahaka varah hadi what alhungadah vaahaka upload kuraneeves mi vaahaka ehn rangalhu any nugenesdiniyya istiufaa

    1. dhiraa wish says:
      May 26, 2019 at 1:51 pm

      thnkx.hope ull never use others name to cmnt. u can use ur own names

  17. Flower says:
    May 25, 2019 at 9:22 pm

    Ingey thee iba noonkan so stop trying too hard.. mi story kiyaa meehakah vihya ingeyne iba thigothah comment nukuraane kan.. author bunefa eba oih negative comments ah ves welcome eyy.. so use your own name.. instead of pretending to be others.. and dhiraa haadha reethi eyy cant wait

    1. dhiraa wish says:
      May 26, 2019 at 1:52 pm

      thnkx.

  18. eekko11 says:
    May 25, 2019 at 9:58 pm

    just love it its amazing

    1. dhiraa wish says:
      May 26, 2019 at 1:53 pm

      thnkx

  19. Dhonthee says:
    May 26, 2019 at 12:35 am

    Simply this part is amazing

    1. dhiraa wish says:
      May 26, 2019 at 1:54 pm

      thnkx

  20. Hai says:
    May 26, 2019 at 2:24 am

    Beautiful as always keep it up dhiraa ??

    1. dhiraa wish says:
      May 26, 2019 at 1:54 pm

      thnkx

  21. Mal? says:
    May 26, 2019 at 1:24 pm

    Love it????waiting for nxt part?

    1. dhiraa wish says:
      May 26, 2019 at 1:55 pm

      thnkx… insha alaah mondayga

  22. Yaal says:
    May 26, 2019 at 4:11 pm

    Silence is the best answer for this kind of people.. ekahala kanthah ekuranee ehn meehun rulhi aruvan vegen.. rulhi aima eynage magsadhu e haasilvee.. so jst ignore this fake person ?

    1. dhiraa wish says:
      May 26, 2019 at 9:08 pm

      truth…

  23. Yaal says:
    May 26, 2019 at 4:13 pm

    Dhira mee fake person ah buni ehcheh ingey

    1. dhiraa wish says:
      May 26, 2019 at 9:09 pm

      i knw yaal

  24. Ayyooshy says:
    May 26, 2019 at 6:53 pm

    Wow ma sha allah…my fav story? cant wait to read the next part??

    1. dhiraa wish says:
      May 26, 2019 at 9:09 pm

      oww thnku… insha allah will upload mondayga

  25. Shine says:
    May 26, 2019 at 7:42 pm

    Hiii…vrh reethi vaahka eh me..mi vaahaka feshigen miadhu adhi mi kiyaali..n 1st cmmnt frm me…vrh vrh vrh reethi mi vaahaka..this is 1 of my fav stry..whn is next part????????

    1. dhiraa wish says:
      May 27, 2019 at 12:41 pm

      thnkx

  26. Kanka says:
    May 27, 2019 at 6:56 pm

    Dhiaa today is Monday.. When next part

    1. dhiraa wish says:
      June 2, 2019 at 7:29 pm

      upkohlaifin..sorry for the late update

  27. Amna says:
    May 27, 2019 at 11:54 pm

    Alhe Dhiraa dhooni mi vaahakai ge kithah parts indheatha?? Mi story mulhin up ooh nimendhen mi innany kiyan ves.. furathama part kiyaaleema ves engihjje veh reethi story akh vaane kan❤️❤️❤️❤️✨ keep up the good work dear?❤️? waiting eagerly to read this beautiful story ?❤️❤️❤️

    1. dhiraa wish says:
      June 2, 2019 at 7:30 pm

      liyamundhaa vaahaka akah vaathee seedha bunaakah neynge.. heevaagothun 50 or 60 parts… thanks dear it means a lot to me

  28. Sayings says:
    May 28, 2019 at 11:12 am

    Uggg . it’s Tuesday now?

    1. dhiraa wish says:
      June 2, 2019 at 7:31 pm

      upkohffin

  29. ⚘?Anonymous?⚘ says:
    May 28, 2019 at 9:25 pm

    Dhiraa!!kobaa vrhaka….
    Waiting 4 the nxt prt

    1. dhiraa wish says:
      June 2, 2019 at 7:32 pm

      mihaaru upkohlaafa ihnaanee

  30. Shine says:
    May 28, 2019 at 9:37 pm

    Alhe plx dhn mivaahaka liyun nuhuttrthi…mi vaahka vrh vrh reethi..plx avaha up kh dheeba…waiting..??

    1. dhiraa wish says:
      June 2, 2019 at 7:34 pm

      thankss dear.. mihaaru vaahaka up kohlaifin

  31. My says:
    May 29, 2019 at 12:12 am

    Story next Monday ah adhalvytha?
    Avas beynun writter

    1. dhiraa wish says:
      June 2, 2019 at 7:36 pm

      sorry dear mihaaru up kohffin

  32. strange girl says:
    May 29, 2019 at 4:33 am

    Today is Tuesday still waiting…….☹️☹️☹️☹️

    1. ...... says:
      May 29, 2019 at 5:31 pm

      Aharumennah wednesday miadhu

    2. dhiraa wish says:
      June 2, 2019 at 7:37 pm

      upkohffin… thankss for waiting dear

  33. Shine says:
    May 29, 2019 at 12:41 pm

    Miadhu wednesday..plx up kh dhyba avaha..plx??

    1. dhiraa wish says:
      June 8, 2019 at 6:12 pm

      sry dear

  34. strange girl says:
    May 29, 2019 at 6:37 pm

    ????sorry fathis gadyga vyma neyguny

    1. dhiraa wish says:
      June 8, 2019 at 6:12 pm

      ???

  35. ??? says:
    May 30, 2019 at 8:44 am

    It’s Thursday… Dhiraa…are you oktha ?? Did anything happened to you??

    1. dhiraa wish says:
      June 2, 2019 at 7:42 pm

      mihaaru up kohlaifin… kuda kameh dhimaavegen lasvee sorry for that

  36. Yaal says:
    May 30, 2019 at 11:45 am

    Deary kihineh vee dhiraa ah.. sick or bxy??? It’s ok to be late, bt plx let us knw the reason ?

    1. dhiraa wish says:
      June 2, 2019 at 7:44 pm

      dhiraa ah kuda kameh dhimaavegen buxy vee… ehenve habareh ves nuvevunee…. mirey story up kuran dhira mi site ah vadhelee… mihaaru up kohffin…

  37. jiji says:
    May 30, 2019 at 10:30 pm

    Dhiraa did anything happened to yuh o bxy iii thr…If so let us knw kyhve kan up nukureVeny….mihaaru mi story kiyaa hithun kehmadhu vehe dhiraa….plc plc plc plc plc plc plc plc plc plc plc plc????

    1. dhiraa wish says:
      June 2, 2019 at 7:46 pm

      sorry dear.. dhiraa kudakoh busyvee… mihaaru story up kohlaifin ingey…

  38. Yaana says:
    May 31, 2019 at 1:22 am

    Mi vaahaka kiyan feshi ves mivaahaka gavaaidhun upload kuraathi. Ekm hama ehn liyuntherinneky eh gotheh dho mivaneee ?

    1. dhiraa wish says:
      June 2, 2019 at 7:45 pm

      sorry dear…

  39. Laalu says:
    May 31, 2019 at 7:06 pm

    Magey luvly Author r u k dear… Bali tha… Story up nukuraathiyve…. Laalu mihaaru mi story up nuvegen lolah nidhivx naadhey ekm vx… Waiting…… Laalu hiy bunani dhiraa sis ah konmevx kameh dhimaaviy ey… Dhoonyaa busy Tha…. If it is, tell us so we will be able to breath… Mihaaru mivaahaka nukiyeyethiy mood vx goas vefa… Dear pls pls pls pls pls pls pls up kohdhechey… ????????????????????????

    1. dhiraa wish says:
      June 2, 2019 at 7:41 pm

      alheyy dear sorry ehaa dhigu inthaazaareh kuran jehsuneema… dhira ah kuda kameh dhimaavee… mihaaru up kohlaifin vaahaka

  40. azker says:
    May 31, 2019 at 8:56 pm

    I miss dhiraa wish story…is she all right???are u OK☹️☹️☹️☹️

    1. Ib@ says:
      June 2, 2019 at 12:53 pm

      I also miss this story ..ahaalaanan igey dhiraa sis kairee ga kyvehey story up nukuree dhiraa sis balithw noony busy the ves ahaaba wait dhiraa sis javaabeh dhineema bunaany…??don’t be worried

    2. dhiraa wish says:
      June 2, 2019 at 7:39 pm

      insha allah im alright.. mihaaru up kohlaifin… kuda kameh dhimaavegen buni dhuvahah up nukohdhevunee

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 33←


All Right Reserved!